Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންމަޖާލޯބި

ނަން ކަލާގެ މިހިތުގެގައި ފެވިއްޖޭ…61

Anonymous Level 4100 Login10 Stories100 Comments
January 5, 2025 7 Mins Read
19 Comments

އަވަސް ހިނގުމެއްގައި ހިނގާފައި ދިޔަ ޝަހްނާ މަޑުކޮއްލީ ހަދަން ފަށާފައިވާ އިމާރާތެއްގެ ކުރިމަތީގައި އެވެ.މަގުމަތީގައިވާ އެއްވެސް މީހެއްގެ ނަޒަރު އޭނާ އަށް ހުއްޓިފައި ހުރި ތޯ ބަލާލަމުން ޝަހްނާ އެ އިމާރާތުގެ ތެރެއަށް ވަދެލީ އެވަގުތު މަގުމަތީގައި ތިބިީ މީހުންގެ ތެރެއިން އެކަކު ވެސް އޭނާ އާއި ދިމާލަށް ނުބަލާ ކަން ޔަގީން ކުރުމަށްފަހު އެވެ.

*******************

“ލައި ދެން ހިނގާ ގެއަށް ދާން.ވާ ވަރަށް ތެެމެވިއްޖެ އެއްނު”އާޔަން ބުނެލީ އޭނާގެ އިސްތަށިގަނޑުގައި ވާ ފެންތައް ދުރަށް ބުރުވާލަމުންނެވެ.އޭރު ވާރޭ ވެސް ވަނީ ފުދޭވަރަކަށް ތުނި ކޮށްލާފައި އެވެ.”ފައިވް މޯ މިނެޓްސް”ލައިނީ ބުނެލީ ފަސް އިނގިލި ދައްކާލަމުން ނެވެ.”މިހާރު ކިތަށް ފަހަރު ތިހެން ބުނެފިން.ދިހައެއްޖަހާ ބޮޑު ވެއްޖެޔޭ ލައީ”އާޔަން ގެ އަޑުގައި ކަންބޮޑުވުން އެކުލެވިގެން ވިއެވެ.މިރޭ އެވަރަށް ތެމިގެން ގޮސް ލައިނީ ރޯގާ ޖެހިދާނެ ތީ އޭނާ ކަންބޮޑުވަނީ އެވެ.”ލަ.އި.ނީ”އާޔަން ފުދޭވަރަކަށް ހަރުކަށިކަން އެކުލެވިގެން ވާ ގޮތަކަށް ގޮވާލީ ފަހަރަކު އަކުރަކަށް ވަކި ވަކިން ދަމާލަމުންނެވެ.

 

އާޔަން އޭނާގެ ނަން އެއްކޮށް ކިޔުމުން ލައިނީ އަށް އާޔަން ހިތްހަމަނުޖެހުނީ ކަން ޔަގީންވިއެވެ.އަވަސް ހިނގުމެއްގައި ގޮސް އާޔަންގެ ގާތު މަޑުކޮށްލިއެވެ.އެހެން ނަމަވެސް އޭރު ވެސް އޭނާގެ ދެލޮލުން ފާޅު ވަނީ މަޑުކުރަން ބޭނުންވެފައި ހުރި ކަހަލަ އަސަރުތަކެކެވެ.”އެހެން ރެއަކުން ދެން”އާޔަން ދެ ފަރާތަށް ބޯ ހޫރުވާލީ މަޑުކުރެވެން ނެތް ކަން ލައިނީ އަށް އަންގާލަ ދެމުންނެވެ.

 

“މަންމަ ދެން ނޭނގެ މިހެން އޮންނަ ރެއަކު ބޭރަށް ފޮނުވާނެ ކަމެއް”ލައިނީ އާޔަންގެ ފަހަތުން ހިނގައިގަތީ ދެފައި ބިމުގައި ޖަހާލަމުން ނެވެ.”ނުފޮނުވާނެ ދޯ ރޯގާ ޖެހެންޏަކާ އެއް” އާޔަން ބުނެލީ ނިއް އަރުވާލަމުންނެވެ. “ދެން ވާރޭ އާ ތެެމޭ ކޮންމެ ފަހަރަކު ލައި ރޯގާ އެއް ނުޖެހެއޭ”ލައިނީ ގެ ޖުމުލަ ކިރިޔާ ނިމުނީ އެވެ.ލައިނީ އަށް ޖައްސަ ޖައްސައިގެން ދެ ކިނބިހި އެޅުނެވެ.”ރޯގާ އެއް ނުޖެހޭނެ ދޯ ލައި ވާރޭ އާ ތެމޭ ކޮންމެ ފަހަރަކު އެއް”އާޔަން ލައިނީގެ ޖުމުލަ ތަކުރާރު ކޮށްލީ ލައިނީ ގެ ބޮލުގައި ފުށްޓައްކެއް ޖަހާލަމުން ނެވެ.

 

އާޔަން ސައިކަލުގައި އައިސް ލައިނީގެ ކުރިމަތީގައި މަޑުކޮށްލުމާއި އެކު ލައިނީ އާޔަންގެ ފަހަތަށް އަރާ ހަމަޖެހިލިއެވެ.އާަޔަންގެ ފަހަތަށް އަރާ ހަމަޖެހިލި ލައިނީ އަށް މޭގައި އަތް އަޅާލެވުނީ އޭނާ އަށް ފިނިވާން ފެށުމުންނެވެ. ވައި ފުދޭވަރަކަށް ޖެހެމުން ދާތީ ލައިގެން ހުރި ތެތް އެއްޗެހީގެ ސަބަބުން ލައިނީ ދިޔައީ ހީކަރުވާ ގޮތް ވަމުން ނެވެ.

 

“ލަހުން އައި ނަމަ އަދި ކޮބާ ސަލާމަތް” ލޯގަނޑުން އޭނާގެ ފަހަތުގައި އިން ލައިނީ އަށް ވެފައި އިން ގޮތް ބަލާލަމުން އާޔަން ބުނެލި އިރު އޭނާގެ އަޑުގައި ކަންބޮޑުވުމުގެ އަސަރު ހުއްޓެވެ.ކޮންމެ ގޮތަކަށް ކަންތައް ވެފައި އޮތް ނަމަވެސް ކޮއްކޮ އަކަށް ދެރަ ގޮތެއް ވާން އެދޭނީ ކޮށް ބޭބެއަކު ހެއްޔެވެ؟އެ އަދި ކިތަންމެ ގެއްލުން ކުޑަ ކަމެއް ވިޔަސް މެއެވެ.

 

“ލައި އަށް ދެން އެހާ ވަރެއް ނުވެޔޭ.ގެއަށް ގޮސް ހޫނުކޮށް އެއްޗެއް ކާލީމަ އޯކޭ ވެދާނެ” ލައިނީ އޭނާގެ ހާލަތު ރަނގަޅޭ ބުނި އިރު އޭނާގެ އަޑުގައި ވެސް ތުރުތުރު ލުމެއް ހުއްޓެވެ. އާޔަން އަށް ދެފަރާތަށް ބޯހޫރުވާލެވުނީ އެހާ ހިސާބުންނެވެ.ލައިނީ އަށް ކިތަންމެ ގޮތެއް ވިޔަސް އޭނާ ގޮތް ދުލެއް ނުކުރާނެ އެވެ. އެއްޗެކޭ ބުނުމުގެ ބަދަލުގައި ހިމޭން ކަން އާޔަން ޚިޔާރު ކުރީ އެސަބަބާއި ހުރެއެވެ.

 

ކަޅު ކަލައިގެ ހޫޑީ އަކާއި އެކު ހަމަ އެކުލައިގެ ޖީންސް އެއް ލައިގެން ހުރި ޔަޝާ ގެ ތުންފަތުގައި ވެސް ޖައްސާލެވިފައިވަނީ ކަޅު ކުލައެވެ.އޭނާގެ ރާޅުބާނީ އިސްތަށިގަނޑު ވަޔާއި ވިހުރެން ދޫކޮށްލެވިފައި ވާ އިރު ބޮލުގައި ކަޅު ކުލައިގެ ތާކިހަލެއް އަޅާލެވިފަައި ވެއެވެ.ކަޅު ކުލައިގެ މާސްކެއް އަޅާލަމުން ޔަޝާ ލޮލުގައި ކަޅު ކުލައިގެ އައިނެއް އަޅާލިއެވެ.އެންމެ ފަހު ކަމަކަށް ބޮލުގައި ހޫޑީ އެއް އަޅާލަމުން ޔަޝާ ކޮޓަރިން ނިކުންނަން ހިނގައިގަތީ މިވަގުތު ގޭތެރޭގައި އެއްވެސް ކަހަލަ އިންސާނެއްގެ ހިލަމެއް ނުވާނެ ކަމުގެ ޔަގީން ކަން އޮތުމުންނެވެ.

 

ގެއިން ނިކުންނަމުން ޔަޝާ އަޅާލި ފުރަތަމަ ފިޔަވަޅާއި އެކު އޭނާގެ ލޮލުގައި އަޅައިގަތީ ފިރިހެން ކުއްޖަކާއި އެކު ސައިކަލުގައި ދިޔަ ލައިނީ އެވެ.ދެލޯ ވަށް ކޮށްލަމުން އެކީ އެކައްޗަކަށް ދެލޯ ނެރިގެން ބަލަން ހުރި ޔަޝާ އަށް ފެންނަމުން ދިޔަ މަންޒަރު ގަބޫލު ކުރަން ވެސް ދަތިވިއެވެ.އެހެން ނަމަވެސް އޭގެ ސަބަބުން އޭނާގެ ބަނޑުގައި ހީވީ ކޮކާތަކެއް އުދުހެން ފެށިހެންނެވެ.ޔަޝާގެ މުޅި ހިތް ވެސް ފެންނަމުން ދިޔަ މަންޒަރުގެ ސަބަބުން އުފަލުން ނަށަން ފެށިއެވެ.އޭނާ ގެއިން ނިކުންނަން އައި ސަބަބު ވެސް ޔަޝާގެ ހިތުން ކައްސާލައިގެން ދިޔައެވެ.

 

މަގުމަތީގައި އެވަގުތު ހިނގަމުން ދިޔަ މަދު ބެއެއްގެ ނަޒަރު ޔަޝާ އަށް ހުއްޓެމުން ދިޔަ އެވެ.އެއްބައި މީހުން ވަގު ލޮލަކުން ބަލަމުން ދިޔަ އިރު އަނެއް ބައި މީހުން ފާޅުގައި އަނގަ ނަގައިގެން ބަލަން ތިއްބެވެ.ވާނީ ވެސް އެހެންތާ އެވެ.ވާރޭ ވެހޭ ވަގުތެއްގައި ކުޑަ ނެގުމުގެ ބަދަލުގައި އޭނާ އެހުރީ އަޅައިގެން އަވި އައިނެއް ވިއްޔާއެވެ.

 

ލައިނީ އާއި އެޒުވާނާ ލޮލު ކޮޅަށް އޮބާލުމާއި އެކު ހަމަހޭވެރިކަން ވީ މީހަކު ފަދައިން ޔަޝާ އިސްޖަހާލިއެވެ.އޭނާ އަވި އައިނަކާއި އެއްޗިހި އަޅައިގެން ނިކުން ނަމަވެސް އޭނާ އަކީ ކާކު ކަން އޭނާ ދަންނަ މީހަކަށް ރަނގަޅަށް ބަލާލައިފި ނަމަ އެނގޭނެ އެވެ.މޫނުގެ ބޮޑު ބައެއް އޭނާ ފޮރުވީ އިސްޖަހައިގެން ގޮސްފި ނަމަ އޭނާ އަކީ ކާކު ކަން ބަލާލާފައި މީހަކަށް ބުނަން ނުކުޅެދޭ ވަރު ކުރާށެވެ.

 

މަގުމަތިން ދަމުން ދިޔަ މަދު ބައެއްގެ ނަޒަރު ނަމަވެސް އޭނާ އަށް ހުއްޓިފައި ހުރިކަން އެނގުމުން ޔަޝާ އިސްޖަހާލަމުން ހޫޑީގެ ޖީބުގެ ތެރެއަށް އަތް ޖަހާލިއެވެ.ހަލުވި ފިޔަވަޅުތަކެއް ނަގަމުން ދިޔަ ޔަޝާ ކުޑަކޮށް ނަމަވެސް އިސްއުފުލާލަން މަޖުބޫރުވީ މީހެއްގެ ގައިގައި ލައިގަނެވުމުންނެވެ.އެހެން ނަމަވެސް އޭނާގެ ގައިގައި ލައިގަތް ޒުވާނާގެ މޫނުފެނުމުން ޔަޝާގެ މޫނު ހުދުވެގެން ދިޔަ އެވެ.”ދޮންބެ” ހިތާ ހިތުން ޔަޝާ އަށް އެހެން ކިޔަމުން ދިޔަ އިރު ޔަޝާ ގެ ހިނގުން އޭނާގެ ދޮންބެ އަަށް ފާހަގަ ނުވޭތޯ ޔަޝާ އަށް ދުޢާ ކުރެއްވުނެވެ. އެކަލާނގެ ނުުރުއްސަވާ ކަމެއް ކުރެވެން ދިޔަ ނަމަވެސް އެވަގުތު އޭނާ އަށް ސަލާމަތް ވެވެން އޮތީ އެގޮތަށް ކަން އެނގުމުން ޔަޝާ އަށް އެކަލާނގެ ފަރާތުން މަދަދަށް އެދެވުނީ އެވެ. ނަފްސު ސަލާމަތް ކުރުމަށްޓަކައި ކޮންމެ ފަދަ ކަމެއް ކުރުމަކީ އިންސާނާގެ ތަބީއަތުގައި ލައްވާފައިވާ ސިފައެއްތާ އެެވެ.ޔަޝާ އަށް ވެސް ވީ އެފަދަ ގޮތެކެވެ.

 

“ސޮރީ”ޔަޝާ އަށް ދެލޯ މަރާ ބާރު ކޮށްލެވުނީ ޔަޝާން ގެ އަޑު އޭނާގެ ކަންފަތުގައި ޖެހުމުންނެވެ.ހަމަ އެކަނި ބޯ ޖަހާލަމަކުން ފުއްދާލަން ޔަޝާ ހިނގައިތުމާއި އެކު ޔަޝާން އަށް އެއް ބުމަ އަރުވާލެވުނެވެ.އޭނާ މަޢާފަށް އެދުމުން ވެސް އެއްވެސް އެއްޗެކޭ ނުބުނުމުން ފާޑަކަށް އަނގަ ވެސް ހަދާލެވުނެވެ.

 

ޔަޝާން ފަސްދީފައި ދާން ހިނގައިގަތް ޔަޝާ އަށް ފުން ނޭވާ އެއް ލެވުނެވެ.ހީވީ މި އޮށް ހުރިހާ އިރު ނޭވާ ނުލާ ހުރި ހެންނެވެ.”ތެންކް ގޯޑް”ޔަޝާ އަށް މޭގައި އަތް އަޅާލަމުން ބުނެވުނެވެ.

 

ދުވެފައި ކަހަލަ ގޮތަކަށް ގޮސް ޔަޝާ ވެސް ޝަހްނާ ވަން އިމާރާތް ތެރެ އަށް ވަން އިރު އޭނާ އަށް އިރުއިރު ކޮޅާ ފަހަތް ބެލެމުން ދިޔަ އެވެ.”ޔަޝް ކިހިނެތް ވީ؟”އިމާރާތުގެ ފުދޭވަރަކަށް އެތެރޭގައި ފޯނުގެ ފްލޭޝްލައިޓް ދިއްލާ ލައިގެންހުރި ޝަހްނާ ބުނެލި އިރު އޭނާގެ އަޑުގައި ވަނީ ހާސްކަމެވެ. ބަޔަކު އެމީހުންނަށް ފާރަލާފާނެ ކަމުގެ ބިރު ޝަހްނާގެ ހިތުގައި އުފެދުނީ ޔަޝާ އޭނާގެ ވާހަކަ ކިޔައިދިނުމުން ނެވެ.

 

“އެެޓް ލީސްޓް ޔަޝް އިޓްސް އޯކޭ އޭ ބުނެލި ނަމަ ޔަޝާން ގާތު”ޝަހްނާގެ އަޑު މަޑު ނަމަވެސް އޭނާގެ އަޑުން ހިތްހަމަނުޖެހުމުގެ އަސަރު ޔަޝާ އަށް ފާހަގަ ކުރެވުނެވެ.”ދޮންބެ އަށް އިނގޭނެ ދޯ އަހަރެން ގެ އަޑު”ޔަޝާ ބުނެލީ ލޮލުގައި އަޅާފައި އޮތް އައިނު ލޮލުން ނަގަމުންނެވެ. ޝަހްނާ ވެސް އިތުރަށް ދެބަސް ވާން ބޭނުން ނުވީ އެކަން މައްސަލަ އަކަށް ހަދަން ބޭނުން ނުވުމުންނެވެ.

 

އެ އިމާރާތުގެ ކުރި މައްޗަށް ސައިކަލެއް މަޑުކޮށްލުމާއި އެކު ޝަހްނާ އާއި ޔަޝާ އިމާރާތަށް ވަންނަ ދޮރާއި ދިމާލަށް ދިޔައީ އެތަނަށް އެ އައީ ކޮން ބައެއްކަން އެނގުމުން ކަންނޭނގެ އެވެ.

އިމާރާތަށް ވަންނަ ދޮރާއި ދިމާލަށް ބަލަހައްޓައިގެން ހުރި ޔަޝާ ޝަހްނާ އާއި ދިމާލަށް ބަލައިލީ ދޮރުން ވަދެގެން އާ އައިސް އެމީހުންގެ ކައިރީގައި މަޑުކޮށްލި މައިރާގެ ކައިރީގައި ހުރި ބިޔަ ފިރިހެން މީހާ ފެނުމުންނެވެ.ދިގު ކޮށްލެވިފައިވާ ބުޅި އިސްތަށިގަނޑާއި އެކު އަތާއި ފައި ފުރެންދެން އަޅާފައި ހުރި ޗޭނުތަކުން ޔަޝާ އަށް ހިންދިރުވާލެވުނީ އެވެ.އެ މީހާ އަކީ މާލޭގެ ކޮންމެވެސް މަޝްހޫރު ގޭންގް އަކަށް ނިސްބަތް ވާ މީހެެއް ކަމާއި މެދު ޔަޝާގެ ހިތުގައި ޝައްކެއް ވެސް ނެތެވެ. އެމީހާގެ ތޫނު ނަޒަރު އޭނާ އަށް ހުއްޓިފައި ހުރިހެން ހީވުމުން ޔަޝާގެ ގައިން ހީބިހި ނަގައިގެން ދިޔައީ ހިތުގައި އުފެދިފައިވާ ބިރުވެރިކަމެއްގެ ސަބަބުން ނެވެ.

 

މިފަހަރު ޝަހްނާގެ ޕްލޭންގައި ބައިވެރި ވާނެ މީހަކީ އެއީ ކަން އެނގުނު ހިސާބުން ޔަޝާ ގެ ހިތުގައި ހިސާބެއްގެ ބިރުވެރި ކަމެއް އުފެދުނެވެ.އިސްޖަހާލި ގޮތަށް ހުރި ޔަޝާ އަށް އިސްއުފުލާލަން މަޖުބޫރުވީ އޭނާގެ ނަން ޝަހްނާ ޔަޝާ އަށް ކިޔާލަ ދިނުމުންނެވެ.

 

“މިއީ ދިޔާން.ޑޭން އެންމެން ވެސް ކިޔާނީ.މި ފަހަރު ޝަހްނާމެންގެ ޕްލޭން ގަ އޭނަ ހެލްޕް ވެދޭނީ”ޔަޝާ އިސްއުފުލާ ދިޔާން އާއި ދިމާލަށް ބަލައިލީ މަޖުބޫރުވެގެން ކަހަލަ އެވެ.”ދިޔާން މިއީ ޔަޝާ.ޔަޝް ބުނީމެންނުން އަދި ދެ މީހުން އަހަރުން ގެ ގްރޫޕް ގަ މެދޭ.މީ އޭގެ ތެރެއިން އެކަކު”ޔަޝާ ދައްކާލަމުން ޝަހްނާ ޔަޝާ ތައާރަފް ކޮށްލަ ދިނެވެ.

ޝަހްނާގެ ވާހަކަ ފެށުނު ފަހުން ވެސް ދިޔާންގެ ނަޒަރު އޭނާ އަށް ހުއްޓިފައި ހުރި ކަން ޔަޝާ އަށް ފާހަގަ ވެގެން ދިޔަ އެވެ.ޝަހްނާގެ ވާހަކަތައް އަޑު އަހަން އިސްޖަހާލައިގެން ޔަޝާ އަށް ހުރެވުނީ އެ ސަބަބާއި ހުރެ އެވެ.

“ދައްކާ ވާހަކަ ކޮންމެ މީހަކު ވެސް ރަނގަޅަށް އަޑު އަހާތި.އަލީކް ފައިހާ ޔާ ރުޅި ވެއްޖެ”ޝަހްނާ މައިރާ އާއި ދިމާލަށް ބަލައިލަމުން ބުނެލީ މައިރާ އަށް ވާނެ ގޮތް އެނގުމުން ކަންނޭނގެ އެވެ.”ވަޓް ވައި”ހިތުގެ ތެޅުން އިންތިހާ އަށް ބާރުވެފައި ވާ ހާލު މައިރާ އަހާލީ ޝަހްނާ އޭނާ އާއި ދިމާލަށް ބަލައިލުމުން ނެވެ.”ފައިހާ ގެ މެރިއޭޖް އެހެން މީހަކާއި ކުރެވޭތީ.ބަޓް ފައިހާ އެންޑް އަލީކް ގެ ރިލޭޝަން މިހާ ހިސާބުަން ނިމުނަކަަސް މައި އަކަށް އަލީކް އަދި ލިބޭ ގޮތެއް ނުވޭ”ޝަހްނާގެ ވާހަކަ އިން މައިރާ ފާޑަކަށް ދެބުމަ ގޮށްޖަހާލަމުން ވައި އަޑުން ވައި އޭ ބުނެލި އެވެ.

 

“ބިކޯޒް އޮފް އައިކާ.ޔަގީންތާ އަލީކް އެންޑް ފައިހާ ގެ ގުޅުން ނިމުމަށްފަހު ދެން އަލީކް ގުޅޭނީ އައިކާ ޔާ ކަން.މިހެން މި ބުނީ އަލީކް ފައިހާ ޔާ އަކީ އުޅުނަކަސް އަލީކް ގެ ހިތް މިލްކު ވެފަ އޮތީ އައިކާ އަށް ވީމަ”ޝަހްނާ ބުނެލީ ފަހަރަކު މީހެއްގެ މޫނާއި ދިމާލަށް ބަލައިލަމުން ނެވެ.”ދެން ތިބުނީ…”މައިރާ ގެ ޖުމުލަ ނިމުމުގެ ކުރިން ޝަހްނާ ވާހަކަ ފެށުމުން މައިރާ އަށް އޭނާގެ ޖުމުލަ މެދު ކަނޑާލަން މަޖުބޫރުވިއެވެ.

 

“އެކަމު ގޮތެއް އެބަ އޮތް.ވަރަށް ރިސްކީ ގޮތެއް.އަހަރުމެންގެ ތެރެއިން އެންމެ މީހަކު ފަޅާ އެރި އަސް ޖަލުގެ ތޭރިތަކުގެ ތެރޭގައި ބަންދު ވާނެ އެގޮތަށް އަމަލު ކޮށްފި ނަމަ”ޝަހްނާ ގެ ވާހަކައިން މައިރާ ގެ ނިވެމުން ދިޔަ ހުޅުކޮޅު ދިއްލުނެވެ.ޖަލުގެ ތޭރިތަކުގެ ތެރޭގައި ބަންދުވި ނަމަވެސް އަލީކް ހާސިލްކުރުމަށް އޭނާ ކޮންމެ ފަދަ ކަމެއް ވެސް ކުރާނެ އެވެ.”ކޮން ގޮތެއް؟” މައިރާ އަހާލިި އިރު އެ އަޑުން އެކަނި ވެސް މައިރާ ކެތްތެރިކަން ކުޑަ ވެފައި ވާ މިންވަރު ހާމެވެގެން ދިޔަ އެވެ.

 

“ހަމައެކަނި އެންމެ ގޮތެއް އޮތީ.މި ނޫނީ އިތުރު ޗޮއިސް އެއް ނެތް”ޝަހްނާ އޭނާގެ ޖީބަށް ޖަހާފައިވާ ވަޅި ނަގާ އުރަ ނަގާލަމުން ވަޅީގައި އަތް ހާކާލިއެވެ.”އައިކާ..މަ.ރާ..ލާނީ އޭތަ ތިބު..ނީ”ޔަޝާގެ އަޑު އައީ ކެނޑި ކެނޑިގެން ނެވެ.އޭނާގެ އަޑުން ހީވީ އެކަމާއި އޭނާ ދެކޮޅު ހެންނެވެ.”ދެން މި ނޫނީ ގޮތެއް އެބަ އޮތް ތަ؟”ޝަހްނާ އަހާލީ ޔަޝާގެ ގާތުގައި އެވެ. ޝަހްނާ އަޑުން އެކަނި ވެސް އޭނާ އެކަން ކުރަން ފަސް ނުޖެހޭނެ ކަން އެތަނުގައި ތިބި މީހުންނަށް ޔަގީންވިއެވެ.”އެކަމު އައިކާ މަރާލާފަ ދެން ވެސް މައި އަށް އަލީކް ނުލިބުނިއްޔާ…” ޔަޝާ ގެ އަޑު ކިރިޔަ ކިރިޔާ ޝަހްނާ ގެ ކަންފަތަށް އަޑު އިވުނީއެވެ.އޭނާގެ ހިތުގައި އޮތް ބިރުވެރިކަން ޝަހްނާ ކުރަން އުޅޭ ކަންތައް ކުރުމަށް އެއްބަަސް ވުމަށް ހުރަސް އަޅަމުން ދިޔައީ އެވެ.

 

“އެެހެންވީމަ ޔަޝް އެއް އެއްބަހެއް ނޫން ދޯ”ޝަހްނާ ނިއް އަރުވާލީ ޔަޝާ އަށްށެވެ. ވަގުތުން ޔަޝާ ދެފަރާތަށް ބޯ ހުރުވާލީ އޭނާ އެއްބަހޭ ބުނުމުގެ ގޮތުން ނެވެ. އައިކާ މެރުން ފިޔަވާ ކޮންމެ ކަމެއް ކުރުމަށް ޔަޝާ އެއްބަހެވެ.އެހެން ނަމަވެސް ޝަހްނާ ގެ ގާތު އެހެން އޭނާ ބުނާނީ ކޮން ދުލަކުން ހެއްޔެވެ؟ ރަޔާން ހާސިލް ކުރުމަށް ވެސް މީހަކު މެރުން ފިޔަވާ އިތުރު ކޮންމެ ކަމެއް ކުރަން ޖެހުނަސް އޭނާ ކުރާނެއެވެ.އެހެން ނަމަވެސް މީހެއްގެ ފުރާނަ ދުއްވާލަން އެއްބަސް ވާން އޭނާ އަށް ލާހިކެއް ނޫނެވެ.

 

“އަހަންނަށް އަލީކް ނުލިބުނަސް އައިކާ އަށް އަލީކް ނުލިބުނީމަ އެނިމުނީ”މައިރާގެ އަޑުން ފާޅުވަމުން ދިޔައީ ހަސަދަވެރިކަމެވެ.އޭނާ ހިތް ދިޔައީ ހަސަދައިގެ އަލިފާނުން ފޯ ވަމުންނެވެ. އައިކާ ގެ ފުރާނަ ހަށިގަނޑާއި ވަކި ވުމަށް ފަހު ޖަލުގެ ތޭރިތަކުގައި އިތުރަށް ބަނދެވިފައި ހުންނަން ވިޔަސް އޭނާ އަށް ހެޔޮލެވެ. އައިކާ އަށް އަލީކް ނުލިބުމުން އެ ނިމުނީ އެވެ.

 

މައިރާގެ ހިޔާލު ހުރީ ޔަޝާގެ ހިޔާާލާއި ޚިލާފަށް ކޮންމެ ކަމެއް ކޮށްގެން ނަމަވެސް އަލީކް ހާސިލް ކުރާ ގޮތަށް ކަން ޔަގީނެވެ.

އައިކާ ފައިލް ގެ ބޭރުގަނޑުގެ އެތެރެ ފަޅީގައި އެއްޗިހި ލާކަހަލަ ތަންކޮޅެއް ގެ ތެރޭގައި އިން ފޮޓޯ އާއި ދިމާލަށް ރަނގަޅަށް ބަލައިލީ އޭނާ އަށް ދެންމެ ފައިލް ލައްޕާލި ވަގުތު ފޮޓޯ އިން އޭނާ އަަށް ފެނުނު މަންޒަރަކީ ހަމަ ހަގީގަތެއް ތޯ ބެލުމަށްށެވެ.”ނާޔާ މީ ގަތުން ފައިލް އެއްތަ؟”އެއްޗެއް ޔަގީން ކޮށްލާ ފަދައަކުން އައިކާ އަހާލީ ފައިލް ލައްޕާަލަމުންނެވެ.

 

“ޕިސް ކިހިނެތް ވީ؟ތީ ޒީކް ދިން ފައިލް އެއް” ނަވްޔާ ބުނެލީ އައިކާ އަށް ނިއްއަރުވާލަމުން ނެވެ.ނުކްޝާންގެ ނިއް އަރުވާ ފޮނި ކެނޑުމުގެ ގޮތް ގަނޑު އޭނާގެ ކޮއްކޮގެ ވެސް ހުންނާނެ ތާ އެެވެ.”ކަމެއް ނުވޭ”އައިކާ ގެ ޖަވާބު އައި ގޮތުން ނަވްޔާ އަށް އައިކާގެ ބަސް ގަބޫލެއް ނުކުރެވުނެވެ.ކަމެއް ނުވާ ނަމަ ކުއްލި އަކަށް އެހާ މަޑުމަޑުންނެއް ނީންނާނެ ކަން ނަވްޔާ އަށް ވެސް ޔަގީނެވެ.އެވަރު ނޭނގޭކަށް އޭނާ އަކީ ވެސް ދެން ކުޑަ ކުއްޖެއް ނޫނެވެ.

 

“ތީގަ އެއްޗެއް އޮތީތަ؟”ނަވްޔާ ބުނެލީ ލެޕްޓޮޕް ލައްޕާލަމުން ނެވެ.”ނިމުނީތަ؟”އައިކާ ނަވްޔާގެ ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި ކޮށްލީ ސުވާލެކެވެ.އަައިކާ އާއި ދިމާލަށް ފަރުވާތެރިކަމާއި އެކު ބަލާލަމުން ނަވްޔާ ހްމްމްމް އަޅުވާލިއެވެ.

 

އައިކާ އާއި ދިމާލަށް ބަލަން އިރުކޮޅެއް ވަންދެން އިނުމަށްފަހު ނަވްޔާ އަވަސް ހަރަކާތަކާއި އެކު އައިކާ އަތް އަޅުވާލައިގެން އިން ފައިލް ނެގިއެވެ.ފައިލް ގައި އަތް އަޅުވާލައިގެން އިން އައިކާގެ އަތް ވަގުތުން މޭޒުމަތީގައި ޖެހުނެވެ.އަތް މޭޒުގައި ޖެހުނު ވަގުތު އަތަށް އެރި ތަދެއްގެ ސަބަބުން އައިކާގެ އަނގައިން ވޭނީ އާހެއްގެ އަޑު އިވުނެވެ.

 

“ސޮރީ”އަނގަ މަތީގައި އަތް އަޅާލައިގެން އިން ނަވްޔާ ބުނެލީ ދެލޯ ބޮޑުކޮށްލަމުން ނެވެ.”ތަދެއް ނުވެ އެހާ އެއް”އައިކާ ބުނެލީ ނަވްޔާ ހުޅުވާލި ފައިލް އާއި ދިމާލަށް ބަލަން އިނދެއެވެ.ނަވްޔާ ފަހަރަކު ގަނޑެއް އެކަމުން ދިޔަ ވަގުތު ނަވްޔާ އަށް އެފޮޓޯ ނުދެނޭތޯ ހިތާހިތުން އައިކާ އަށް ދުޢާ ކޮށްލެވުނެވެ. އެހެން ނަމަވެސް ތަގުދީރުގެ ނިޔާ އައިކާ އަށް ވެސް ބަދަލެއް ނުކުރެވޭނެ ތާ އެވެ.

 

ނަވްޔާ އަށް ވެސް އެފޮޓޯ ފެނުމާއި އެކު ވަގުތުން ހުއްޓުން އެރިއެވެ.”ވަޓް ދަ” ބޭއިޚްތިޔާރުގައި ނަވްޔާ ގެ އަނގައިން އެ ޖުމުލަ ނިކުތީ ފޮޓޯ އިން ފެންނަމުން ދިޔަ މަންޒަރު ގަބޫލު ނުކުރެވުމުން ކަންނޭނގެ އެވެ.”ވެއިޓް.އެއީ ޒީކް ތަ؟”ނަވްޔާ ގެ އަޑުން އޭނާ ވެސް ހައިރާން ވެފައި ހުރި މިންވަރު ހާމެވެގެން ދިޔަ އެވެ.

ނުނިމޭ

 

 

 

 

 

 

Share Article

Follow Me Written By

Anonymous

Level 4100 Login10 Stories100 Comments

Other Articles

Previous

މުދައްރިސްގެ އުކުޅު

Next

ބޭވަފާތެރިޔަކީމޭ 28

Next
January 6, 2025

ބޭވަފާތެރިޔަކީމޭ 28

Previews
January 3, 2025

މުދައްރިސްގެ އުކުޅު

19 Comments!

  1. Your fav bab says:
    January 5, 2025 at 2:38 pm

    This story is So nice and interesting
    Very curious!!!!!
    Keep it up!!!!!

    1. RIFSHA says:
      January 6, 2025 at 5:14 pm

      Thanks your fav bab

  2. Cutie girl says:
    January 5, 2025 at 3:52 pm

    Mi part ves v reethi masha Allah
    Curiously waiting for the next part
    Keep it up
    Zeek and mish gulhuvachey
    Lai and rayaan ves
    Aleeka and nuk ves
    Aleek and aika ves
    They all are made for each other
    Anehkaa konkahla manzareh fehnunee
    V interesting story eh
    V kiyaala hithun kiyani
    I appreciate your hard work
    Love you fav author

    1. RIFSHA says:
      January 6, 2025 at 5:15 pm

      Thanks cutie girl
      Fenunu manzaru vx next part kiyaaalyma ingidhaane thaa hehe
      Love you more

  3. Vempire girl says:
    January 5, 2025 at 4:41 pm

    Maashaa Allah mi part vx varah varah reethi….
    Manjj eii kn photo eii thr??
    Whn next

    1. RIFSHA says:
      January 6, 2025 at 5:16 pm

      Thanks vampire girl
      Dhen manjj hurey next part liben dhen kon photo eh tho balan
      Next part in sha Allah varah avahah kiyaalan libeyne

  4. Laura says:
    January 5, 2025 at 5:21 pm

    Hey rifferrrr
    Varah Reethi ingey dhen maa comment dhigu kurevey kah neh ingey.tiution ninmaigen ai gothah mi ulheni adhi filaavalhu fasheh ves eba oi.
    Shahna fulhu huvaa mi buny kathilaanan athu vejeyyaa.
    Kon irakun tha next part kiyaaalan libeynee.
    Curiously waiting for the next part
    Love you

    1. RIFSHA says:
      January 6, 2025 at 5:17 pm

      Hey lau
      Yh yh i know rifoo vx buxy veema comment kiyaalaafa reply nudhy mi hunnany free vandhen.
      Next part in sha Allah varah avahah kiyaalan libeyne kamah balamaa dho
      Love you more

  5. Rifoo ge fan ei says:
    January 5, 2025 at 5:53 pm

    Rifoooo heyo nuvaane aadheys kuran Shahna ge e plan flop kolladeythi.aika ah vaane goi hithah araafa hama dhera vanee. please 🥺.She suffers more than enough mihaaru vex.den ithurah thii hen nahadaa.Varah Reethi Story eh Masha Allah.thihaa bura koh ulhemun vex story liyelaathee varah ufaa vey.your my favourite author

    1. RIFSHA says:
      January 6, 2025 at 5:18 pm

      Thanks Rifoo ge fan ei.
      Varah ufaa vejje mi comment kiyaalaafa.
      Love you more

  6. Shimmer says:
    January 5, 2025 at 10:01 pm

    Hey rifoo
    Vv reethi mi part ves
    Plssssssss aika ah ithuru dhera eh nudhy aika and aleek gulhuvabala 🥺🥺……
    And what’s in that 🗃️??????…so suspicious 🧐🧐🧐
    But what ever is in that file please zeek and mish dhuru nukurahchey…..they are made for each other …
    Still I wonder what is nuk’s past …what happened in his life ….
    When is next????
    Curiously waiting
    Love you and all the best for your mock ❤️❤️

    1. Dhooni says:
      January 6, 2025 at 1:03 pm

      Mi part ves varah Reethi Masha Allah
      Kon irakun next

    2. Shimmer says:
      January 6, 2025 at 3:15 pm

      Actually it’s not nuk it’s zeek

    3. RIFSHA says:
      January 6, 2025 at 5:20 pm

      Hey shimmer
      Thanks shimmer
      Hehe in sha Allah zeek ge past kiyaalan libeyne varah avahah.
      Love you
      Shimmer ah vx good luck 🤞

    4. RIFSHA says:
      January 6, 2025 at 5:20 pm

      Thanks dhooni
      Next part in sha Allah varah avahah kiyaalan libeyne

  7. gurrrrl says:
    January 8, 2025 at 5:08 pm

    Very curious !!!!!
    Keep it up
    Love you rifoo 🥰

    1. RIFSHA says:
      January 9, 2025 at 2:33 pm

      Thanks gurrrrl
      Love you more ❤️

  8. Anonymous says:
    January 10, 2025 at 11:01 am

    This part is vrh loabi. I love the story
    Can’t wait for the next parttt
    Keep up the good workk

    1. RIFSHA says:
      January 10, 2025 at 9:26 pm

      Thanks anonymous
      Next part in sha Allah next week ga
      Alhugandu mi balani konme week aku part eh genesdhevey tho kithanme busy koh ulhemum vx.

Comments are closed.



All Right Reserved!