ނަން ކަލާގެ މިހިތުގައި ފެވިއްޖޭ…66
ދެލޯ މަރާލައިގެން އޮތް އަލީކާ އަށް ދެލޯ ހުޅުވާލެވުނު ވަގުތު ފެނިގެން ދިޔައީ ހުދު ކުލައިގެ ސީލިންގް އެވެ. ކޮޓަރީގެ އަލިގަދަ ކަމުން އަލީކާ ގެ ދެ ލޮލަށް އުނދަގޫވި އެވެ. ރަނގަޅަށް ބަލާލުމައި އެކު އޮވެވުނީ ހޮސްޕިޓަލުގައި ކަން އޭނާ އަށް އެނގުނެވެ. އޭނާގެ އަތަށް ގުޅާފައިވާ އައި.ވީ ފުޅި ފެނުމުން އަލީކާގެ ހިތުގައި ސުވާލު މާކެއް ޖެހުނެވެ. ހޮސްޕިޓަލުގައި ބާއްވާ ވަރަށް އޭނާ ބަލިވީ ކޮން އިރަކު ހެއްޔެވެ؟
************
އެކި އެކި ދިމާލަށް އަލީކާ އަށް ނަޒަރު ހިންގަން ފެށުނު އިރު އޭނާގެ ސިކުނޑީގައި ވަނީ ހުސް ކަމެވެ. ކުރިން ހިނގާ ދިޔަ އެއްވެސް ކަމެއް އޭނާގެ ހަނދާނުގައި އެއް ނެތެވެ. އެންމެ ފަހުން ވީ ކަމެއް ހަނދާން ކުރަން މަސައްކަތް ކުރަމުން ދިޔަ އަލީކާގެ އަށް އެއް ދިމާލަކަށް ބަލަހައްޓައި ގެން އޮއެވުނީ މަޑު މަޑުން ސިކުނޑި އަށް ކަންކަން އަންނަން ފެށުމުން ނެވެ.
އެންމެ ފުރަތަމަ އެމްބިއުލަންސް އަށް އަރައިގެން އޭނާ މަންމަ އާއި އެކު ހޮސްޕިޓަލަށް އައި ހަނދާނެވެ.އެއަށް ފަހު ޑޮކްޓަރ އޭނާ އަށް މަންމަ ގެ ހާލަތު ބުނެދިން ހަނދާނެވެ. އޭގެ ފަހުން އަލީކް އަށް އެ ޚަބަރު ދިން އޭނާ ދިން ހަނދާނެވެ. އެންމެ ފަހު ކަމަކަށް އޭނާގެ ސިކުނޑި އަށް އައީ އަލީކް އޭނާ ފަސް ދީފައި ދިޔަ ހަނދާނެވެ. އޭގެ ފަހުން ވީ އެއްވެސް ކަމެއް ޚުދު އަލީކާ އަކަށް ނޭނގުނެވެ. އެހެންނަމަވެސް އޭނާ އަށް އެނގޭ އެއް ކަމެއް އެބަ އޮތެވެ. އޭނާ މި ތަނަށް ގެނެވުނީ އަލީކް އޭނާ އަށް ފަސް އެނބުރި ދިޔަ ފަހުންނެވެ.
ފާޑަކަށް ހުއްޓުން އަރާފައި އިނުމަށް ފަހު އަލީކާ އޭނާގެ ފޯނު ހޯދާލީ އޭނާ އެކަނި ކޮޓަރި އެއްގައި އޮންނަން ޖެހުމުން ނެވެ. އަދި އެވެސް ހޮސްޕިޓަލުގައި އައި.ވީ ގުޅާފައި އެވެ. ހޮސްޕިޓަލުގައި ހުންނަ އެކި ފާޑު ފާޑުގެ ކަށިތަކަކީ އޭނާ އެންމެ ބިރު ގަންނަ އެއްޗިއްސަށް ވާ އިރު އޭނާ އެކަނި ކޮށްފައި އަލީކް އާއި އަލީނާ ދާން ވޭ ހެއްޔެވެ؟ ހަނދާން ހުންނަން ފެށީއްސުރެ އޭނާ އެޑްމިޓް ކުރި އެންމެ ދުވަހަކު ވެސް ސިކުންތު ކޮޅަކަށް ނަމަވެސް އަލީނާ އާއި އަލީކްގެ އިތުރުން މިއުވާން އޭނާ އެކަނި ކޮށްފައި ނުދެ އެވެ.މި ފަހަރު އެ ތިން މީހުން އޭނާ އެކަނި ކުރުމުން އަލީކާގެ ހިތުގައި ޝަކުވާ އުފެދުނެވެ.
ހުރިހާ ކަމެއް އަލީކާ ގެ ހަނދާނުގައި ވާ އިރު ވެސް މި ވަގުތު ވަގުތު ގެ ގޮތުން އަލީނާ ދުނިޔެ ދޫކުރިކަން އަލީކާގެ ހަނދާނުން ވަނީ ކައްސާލާފައި ކަން އޭނާ ގެ އަމަލު ތަކުން ދޭހަ ކޮށްދެއެވެ.
އެނދުން ކުޑަ ކޮށް ތެދުވެލަމުން އަލީކާ އިށީނދެލީ އޭނާގެ ޖީބުން ފޯނު ނަގަމުން ނެވެ. ފޯނު ނަގާ ހުޅުވާލި އަލީކާގެ ލޮލުގައި ފުރަތަަމަ ވެސް ޖެހުނީ އަލީކް ގެ ތިން މިސް ކޯލެވެ. ހައިރާން ވެފައި އިނދެ އަލީކާ ވިސްނާލަން ޖެހުނީ ހިނދު ކޮޅަކަށް ށެވެ. އޭނާ އަށް ދެންމެ ރަނގަޅަށް ވިސްނާ ނުލެވުނު ހުރިހާ ކަމެއް ނަގައިގަނެވުނެވެ. އޭނާ ހޮސްޕިޓަލަށް އައީ އޭނާގެ މަންމަ ގޮވައިގެންނެވެ. ޑޮކްޓަރ ދިން ޚަބަރަކީ އޭނާގެ މަންމަ މި ދުނިޔެ އާއި އަލްވަދާޢު ކީ ޚަބަރެވެ.
ސިކުންތު ކޮޅެއްގެ ތެރޭގައި އަލީކާ ގެ ދެލޯ ކަރުނުން ތެންމާލި އެވެ. އަލީކާގެ ކޯތާފަތުގައި ބޮސްދީފައި ކަރުނަތައް އޭނާގެ ފޯނުގައި ޖެހެމުން ދިޔަ އިރު އަލީކާގެ ނަޒަރު ހުއްޓިފައި ވަނީ އެއް ދިމާލަކަށް ށެވެ.”މަންމާ”ކުރެހިގެން އަލީކާގެ އަޑު ނިކުތް އިރު އެ އަޑުން ފާޅުވީ ވޭނާއި ހިތް ދަތި ކަމެވެ. ދެންމެ ހަމަޖެހިފައިވާ އޭނާގެ ހިތުގައި މީހަކު ވަޅިން ޅިޔަ އަޅާލި ކަހަލަ އިހުސާސް އެއް އަލީކާ އަށް ކުރެވުނެވެ.
އިރުކޮޅެއްގެ ތެރޭގައި ރުއިމުގެ އަޑާއި އެކު މަޑު ގިސްލުމުގެ އަޑު މުޅި ކޮޓަރި ތެރޭގައި ގުގުމާލި އެވެ.އެ އަޑު އިވޭނެ މީހެއްގެ ހިތުގައި ވެސް ވޭން އަޅާނެ ކަން ކަށަވަރެވެ. އަލީކާގެ ދެލޮލުން އޮހެމުން ދިޔަ ކަރުނަތައް އޭނާގެ ކޯތާފަތުން ތިރި އަށް ފައިބުމަށްފަހު އޭނާގެ ފޯނު ސްކްރީންގައި ޖެހެމުން ދިޔަ އެވެ. ރޮއެ ރޮއެ އަލީކާގެ މޫނަށް ރަތް ކުލަ ފާއްދާލި އިރު ވެސް އަލީކާގެ ހިތަކަށް ތަސައްލީ އެއް ނުލިބުނެވެ.
އެމެޖެންސީ ރޫމް އިން ނިކުން ގޮތަށް ނުކްޝާން އެމެޖެންސީ ރޫމްގެ ދޮރު ކައިރީގައި މަޑު ކޮށްލަމުން އޭނާގެ މޫނުގައި އަތް ހާކާލި އެވެ. އޭނާ އަށް ކުރެވެމުން ދިޔަ އިހުސާސްތަކާއި މެދު ނުކްޝާން އަށް އަމިއްލަ ހިތާ ސުވާލު ކޮށްލެވުނެވެ. ދުވަހަކު ވެސް ނުކުރެވޭ ފަދަ ތަފާތު އިހުސާސް އެއް ކުރެވެމުން ދިއުމުން އެ އިހުސާސް އަށް ދޭނޭ ނަމެއް ނުކްޝާން އަކަށް ނޭނގުނެވެ. އިރުކޮޅެއް ވަންދެން އެހެން ހުރެފައި ނުކްޝާން ގެ ހިތަަށް އެރި އެއްޗަކުން އަމިއްލަ ނަފްސަށް ވެސް ސިހުން ލިބުނެވެ. ނުކްޝާން ގެ ހިތް އޭނާގެ އެ އިހުސާސްތަކަށް ދިން ނަމަކަށް ވީ ލޯތްބެވެ. އެހެން ނަމަވެސް ހިތުގެ އެ ނަމާއި ނުކްޝާން މުޅިން ދެކޮޅެވެ.
ބުނާތީ ނުކްޝާން ވެސް އަޑު އަހައެވެ. ލޯތްބަކީ އެންމެ ހީ ނުކުރާ ވަގުތު އެންމެ ހީނުކުރާ މީހާ އާއި މެދު ހިތުގައި އުފެދޭ ޖަޒުބާތުކެވެ. އަޑު އެހާފައިވާ އެތައް ކަމަކާއި އެކު ވެސް ނުކްޝާން އެ އިހުސާސް އަކީ ލޯބި ކަމަކަށް ގަބޫލު ކުރާކަށް ބޭނުމެއް ނުވި އެވެ.
ނުކްޝާން ގެ އަމިއްލަ ނަފްސާއި އޭނާގެ ހިތާއި ދެމެދުގައި ކުރެވެމުން ދިޔަ ހަނގުރާމަ ހުއްޓުމަކަށް ގެންނަމުން ނުކްޝާން ހިނގައިގަތީ ފޯނު ހުޅުވާލަމުން ނެވެ. އިތުރަށް އެކަމާއި ވިސްނުމުގެ ބަދަލުގައި ފޯނު ހިފައިގެން ނުކްޝާން ހިނގައިގަތީ އޭނާގެ ހިތް އެ ހަނގުރާމައިގައި މައްޗަށް ކުރި ހޯދާފާނެ ކަމުގެ ބިރަށެވެ. ނުކްޝާން ގަބޫލު ނުކުރި ކަމުގައި ވީ ނަމަވެސް އޭނާގެ ހިތުގައި ވަނީ އަލީކާ އަށްޓަކައި އިހުސާސް އެއް އުފެދިފައި އެވެ.
ފޯނު ހިފައިގެން އައި.ޖީ.އެމް.އެޗް އިން ނިކުންނަން ދިޔަ ނުކްޝާން ޒީކާން އަށް ގުޅާލި އެވެ. ހީވީ އޭނާގެ ވިސްނުން އެހެން ދިމާލަކަށް އަނބުރާލަން މަސައްކަތް ކުރަމުން ދިޔަ ހެންނެވެ. އެކޮޅުން ޒީކާން ފޯނު ނަގާނެ ކަމުގެ ޔަގީންކަން ހިތުގައި އޮތް ނުކްޝާން އައި.ޖީ.އެމް.އެޗް އިން ނިކުންނަ ދޮރު ކައިރީގައި މަޑުކޮށްލި އެވެ.
ނިދީގެ ފުން ޢާލަމަށް ގެނބިފައި އޮތް މިޝްޔާ އަށް ދެލޯ ހުޅުވާލެވުނީ ފޯނެއް ރިންގުވާ އަޑު އިވެން ފެށުމުން ނެވެ. މަޑު މަޑުން އޭނާގެ ދެލޯ ހުޅުވާލި މިޝްޔާ ގެ ކަންފަތުގައި ޒީކާން ގެ ފިރިހެންވަންތަ އަޑު ޖެހުމާއި އެކު ރިންގު ވަމުން ދިޔައީ ޒީކާން ގެ ފޯނު ކަން އެނގުނެވެ. މިޝްޔާ އޭނާގެ ދެލޯ ހުޅުވާލި ވަގުތު ޒީކާންގެ ނަޒަރު އޭނާ އާއި ދިމާލަށް ހުއްޓިފައި ހުރިހެން ހީވުމާއި އެކު ދެލޯ މަރާލެވުނީ ބޭއިޚްތިޔާރުގައެވެ. އޭނާ އަށް ޒީކާން ފެނުނު ކަމުގައި ވީ ނަމަވެސް ޒީކާން އަށް އޭނާ ނުފެންނާނެ ކަން އެނގުމާއި އެކު ދެލޯ މަރާލައިގެން އޮތް މިޝްޔާ އަނެއްކާ ވެސް ދެލޯ ހުޅުވާލި އެވެ.
ހަމައެކަނި ކަޅު ކުލައިގެ ޓްރެކްއެއް ލައިގެން އިން ޒީކާން ގެ ކުރިމަތީގައި އޭނާ ގެންގުޅޭ ލެޕްޓޮޕް އިން އިރު ކަންފަތުގައި ފޯނު ޖައްސާލައިގެން އިނެވެ. އަބަދު ވެސް ސީރިއަސް ކަން ވެރިވެފައިވާ މޫނުމަތިން ހިނިތުންވުމުގެ އަސަރު ފެންނަމުން ދިޔަ އެވެ. މޫނުމައްޗަށް ކުޑަ ކޮށް ރަތް ކުލަ ފާއްދާލާފައި ހުރި އިރު އަންހެން ކުއްޖަކަށް ވެސް ދޫ ނުކުރާނެ ކަން ގައިމެވެ. އެހެން ނޫނީ އަބަދު ވެސް އަސަރެއް ނުދައްކާ ހުންނަ ޒީކާން އާއި މިވަގުތު ފެންނަމުން ދިޔަ ޒީކާން ކިތަންމެ ހާ ވެސް މިޝްޔާ އަށް ތަފާތުވި އެވެ.
” ކޮންމެ ހެން އަންހެންކުއްޖަކާ އެއްކޮށް ވިލިނގިލީ ގަ އިނީމަ އެއް ނޫން. މާ ގަދަ ވެދާނެ ތީ ނުދާން މި ހިރީ”ޒީކާން އޭނާ ފޯނުން ވާހަކަ ދައްކަމުން ދިޔަ މީހާގެ ޖުމުލަތަކަށް ރައްދު ދެމުން އަނެއްކާ ވެސް މިޝްޔާ އޮތް ދިމާލަށް ބަލައިލި އެވެ. ޒީކާން އަށް ނޭނގުނު ނަމަވެސް ޒީކާން ބަލާލާ ކޮންމެ ފަހަރަކު މިޝްޔާ އާއި ހަތަރުކަޅި ބައްދަލުވަމުން ދިޔަ އެވެ. ޒީކާން އޭނާ އާއި ދިމާލަށް ބަލައިލާ ކޮންމެ ފަހަރަކު މިޝްޔާ އެހެން ދިމާލަކަށް ނަޒަރު ބަދަލު ކޮށްލަމުން ދިޔައީ ޒީކާން އަށް އޭނާ ސާފުކޮށް ފެނުނު ކަމުގައި ވީ ނަމަވެސް މިޝްޔާ އޭނާގެ ނަޒަރު ބަދަލުކޮށްލާނެ ފަދައިންނެވެ.
“ނުކް. ރައި ނޫން އިތުރު މީހަކަށް އަހަރެން ގެ ހިތެެއް އަދި ވެސް ނުލިބޭ. މިވަގުތު މި ތަނުގެ އެ ކުއްޖާ ގޮވައިގެން މަޑު ކުރަން ޖެހުނީ. އަހަރެން އެއްވަރަކަށް ވެސް ލައިކް އެއް ނުވޭ އެ ކުއްޖާ ދެކެ އެއް” ހިނިތުންވުން ވެރިވެފައިވާ ޒީކާން ގެ މޫނުގެ ކުލަވަރު އިރުކޮޅެއްގެ ތެރޭގައި ބަދަލު ވެގެން ދިޔަ އެވެ. ޒީކާން ގެ އަނގައިން އެ ޖުމުލަ ތައް ބޭރުވެގެން ދިޔަ އިރު އިރު އަޑު އަހަން އޮތް މިޝްޔާ އަށް ހީވީ އޭނާގެ ހިތުގައި މީހަކު ހިފާ ޗިސް ޗިސް ކޮށްލި ހެންނެވެ. ޒީކާންގެ ދުލުން އޭނާ އަޑު އަހަން އޮއްވާ އެހެން އަންހެން ކުއްޖެއް ދެކެ ލޯބިވާ ކަމަށް އެއްބަސްވުމުން މިޝްޔާ އަށް ދެލޯ މަރާލެވުނީ ހިތަށް ކުރި އަސަރެއްގެ ސަބަބުން ނެވެ.
ދެން އިތުރަށް ޒީކާން ދެއްކި އެއްވެސް ވާހަކަތައް އަޑު އެހުމުގެ ބަދަލުގައި މިޝްޔާ ކައިރީގައި އޮތް ބާލީހުގައި ބައްދާލަމުން ދެލޯ މަރާލި އެވެ. އިތުރަށް އޭނާގެ ހިތް ޗިސް ޗިސް ވާނޭ ފަދަ ޖުމުލަތަކެއް ޒީކާންގެ ދުލުން އަޑު އެހުމަކީ މިޝްޔާގެ ހިތަށް ކެތް ވާނޭ ކަމެއް ނޫނެވެ. މިޝްޔާ ގެ ހިތް ޒީކާން މިލްކު ކޮށްފައި ވީ ނަމަވެސް ޒީކާން ގެ ހިތް އޭނާ އަށް ނުލިބޭ ކަމީ މިޝްޔާ އަށް މިއީ ރޭގަނޑު ކަން އެނގޭ ފަދައިން ޔަޤީން ވެފައި އޮތް ކަމެކެވެ. އެހެންނަމަވެސް ޒީކާން ގެ ހިތުގައި ރަސްކަން ކުރަމުން ދިޔައީ އެހެން އަންހެން ކުއްޖެއް ކަމެއް މީގެ ކުރި އަކުން މިޝްޔާ އަކަށް އެނގިފައި އެއް ނުވެ އެވެ. މިވަގުތު ވެސް އެކަން އޭނާ އަށް ގަބޫލު ކުރަން މެޖުބޫރުކުރުވީ ޒީކާންގެ އަނގައިން ނިކުން ޖުމުލަ ތަކެވެ. ޒީކާން ނޫން އިތުރު މީހަކު ބުނި ކަމުގައި ވީ ނަމަ އެކަން އޭނާ އަށް ގަބޫލެއް ނުކުރެވުނީ ހެވެ. ނޫން ނަމަ އެއީ ހަގީގަތެއް ކަމުގައި ވީ ނަމަވެސް ހިތަށް ފަސޭހަ ވީހެވެ.
މިޝްޔާ އަށް އޭނާ އަށް ރޮއެވުން ކަން އެނގުނީ އޭނާގެ ބާލީހުގައި އޭނާ ކަރުނަ ތިކި ތައް ޖެހުމުންނެވެ. ދެލޮލުން ވެއްޓުނު ކަރުނަ ތިކި ފުހެލަމުން މިޝްޔާ ދެލޯ ހުޅުވާލީ ޒީކާން ފޯނު ބޭއްވުމުން ނެވެ. ޒީކާންގެ ކަސްރަތީ ހަށިގަނޑާއި ދިމާލަށް ބަލަހައްޓައިގެން އޮތް މިޝްޔާގެ ދެލޮލުގައި ވަނީ ވޭނެވެ. ނުބުނި ކަމުގައި ވީ ނަމަވެސް މިޝްޔާ އާއި ދިމާލަށް ބަލައިލާ މީހަކަށް އޭނާގެ ހިތުގެ ހާލަތު އޮތީ މިވަގުތު ފެންނާށެވެ.
ފޯނު ބޭއްވި ގޮތަށް ޒީކާން ދެލޯ މަރާލި އެވެ. ހިނދުކޮޅެއްގެ ތެރޭގައި ޒީކާންގެ ދެލޮލުން ބޯކޮށް ވެހެމުން ދިޔަ ވާރޭ ކަނި ތަކެއް ފަދައިން ކަރުނަތައް އޭގެ މަގާމު ދޫކޮށް ފައިބައިގަތެވެ. ޒީކާންގެ ކޯތާފަތުގައި ބީހިލުމަށްފަހު ޒީކާންގެ ޓްރެކް ގެ މަތީގައި ޖެހެމުން ދިޔަ ކޮންމެ ކަރުނަ އެއް ޓްރެކް ގެ ތެރެ އަށް އޮބެމުން ދިޔަ އެވެ. ދެލޯ މަރާލައިގެން އޮތް ޒީކާން ގެ މޫނުމަތިން ފެނިގެން ދިޔައީ ވޭނެވެ. ހިތްދަތި ކަމެވެ. އަބަދު ވެސް ސީރިއަސް ކަން ވެރިވެފައިވާ މޫނުމަތިން މިވަގުތު ފެނިގެން ދަނީ ވޭނާއި ތުރާލެވެ. ހީވަނީ އަހަރުތަކެއް ވަންދެން ބޮޑު ވޭނެއް ތަހައްމަލް ކުރަމުން ދިޔަ މީހެއް ހެންނެވެ.
“އައި ލަވް ޔޫ ރައީ”ޒީކާން އަނގައިން ވާނީ އާހެއްގެ ގޮތުގައި ބޭރުވެގެން ދިޔަ އަޑު ކިތަންމެ މަޑުން ޒީކާން ބުނި ކަމުގައި ވީ ނަމަވެސް މިޝްޔާގެ ކަންފަތުގައި ޖެހުނެވެ. ޒީކާން ގެ ކޮންމެ ހަރަކާތަކަށް ބަލަމުން ދިޔަ މިޝްޔާ ގެ މޫނުމަތިން ފެންނަނީ ބަޔާން ކުރަން ދަތި އަަސަރު ތަކެކެވެ. ކުރިމަތިން ފެންނަމުން ދިޔަ މަންޒަރު ގަބޫލު ނުކުރެވިފައި ހުރި ކަހަލަ އަސަރު ތަކެއް މިޝްޔާގެ މޫނުމަތިން ފެންނަމުން ދިޔަ އިރު އޭނާ ހިތް އެދި ގޮވަމުން ދިޔައީ ޒީކާންގެ ދެލޮލުން ކަރުނަތައް ފުހެލަ ދިނުމަށެވެ. ދެންމެއަކު ޒީކާން ބުނެލި ޖުމުލަތައް މިޝްޔާގެ ހިތުން ފުހެވިގެން ދިޔަ އެވެ. ކޮންމެ ހާލެއްގައި ވެސް ޒީކާން އާއި އެކު ވުމަށް މިޝްޔާގެ ހިތް އެދެމުން ދިޔަ އިރު މިޝްޔާ އަށް ޒީކާން ލޯބިވަނީ އެހެން ކުއްޖެއް ދެކެ ކަން ނޭނގޭ ފަދަ އެވެ. ޒީކާން ގެ ދެލޮލުން ކަރުނަ ފައިބަމުން ދިޔަ އީ މިޝްޔާ އަށް ޓަކައި އެއް ނޫނެވެ. އެއީ ޒީކާން އެހެން އަންހެން ކުއްޖެއް ދެކެ ވާ ތެދުވެރި ލޯބީގެ ނިޝާނެކެވެ. ޒީކާން ގެ ދެލޮލުން ކަރުނަ އަންނަމުން ދިޔައީ ކޮންމެ ކުއްޖަކާއި ހެދި ކަމުގައި ވީ ނަމަވެސް ޒީކާން އަށް ހިތްވަރު ދޭން މިޝްޔާ ބޭނުން ވި އެވެ.
ނުކްޝާން އާއި އޭނާ އާއި ދެމެދު ދެކެވި ދިޔަ ވާހަކަ އާއި މެދު ވިސްނާލި ޒީކާން ގެ ހިތަށް އުނދަގޫވިއެވެ. ލޮލުގައި ވާ ކަރުނަތައް ފުހެލަމުން ޒީކާން ސޯފާގައި ހަމަޖެހިލަމުން އެނދު އިންނަ ދިމާލަށް ބަލައިލި އެވެ. ފުސްވެފައިވާ ބިއްލޫރީގެ ތެރޭގައި ނިދާފައި މިޝްޔާ އޮންނާނެ ކަން އެނގުމާއި އެކު ޒީކާން އަށް އޭނާގެ މޫނުގައި އަތް ހާކާލެވުނެވެ.މަޖަލަކަށް ހަދާފައި ވެސް ޒީކާން އާއި މިޝްޔާ އަޅުވާ ކިއުމަކީ ނުކްޝާން އާންމު ކޮށް ކުރާ ކަމެއް ކަމުގައި ވީ ނަމަވެސް އެއީ އޭނާގެ ހިތުގައި އަޅާފައިވާ މަލަންތައް ނެއްޓި ފާރުވެފައި ވާ އޭނާގެ ހިތުން ތާޒާ ލޭ ފައިބާ ފަދަ ކަމެކެވެ. ނުބުނި ކަމުގައި ވީ ނަމަވެސް އެކަން ވެގެން ދަނީ ފަސް އަޅާ އޭނާ ފޮރުވާފައިވާ މާޒީ އޭނާގެ ކުރިމަތީގައި ނިއުޅިގަންނަ ކަމަކަށް ށެވެ.
ދެވަނަ ފަަހަރަށް ވެސް ޒީކާން އަަށް ދެލޯ މަރާލެވުނީ ނުކްޝާން އާއި އޭނާ އާއި ދެމެދު ދެކެވުނު ވާހަކަ އާއި އެކު އޭނާގެ މާޒީ އޭނާގެ ކުރިމަތީގައި ހުޅުވިގެން ދިއުމާއި އެކު އެވެ. ކިތަންމެ ހަނދާން ކުރަން ބޭނުން ނުވި ކަމުގައި ވީ ނަމަވެސް ޒީކާންގެ ކުރިމަތީގައި އޭނާގެ މާޒީގެ ފަތްފުށްތައް ހުޅުވިގެން ދިޔަ އެވެ.
********************
އެންމެ ކުޑަ އިރުން ފަށަަައިގެން ވެސް ޒީކާން އަކީ މަޑުމައިތިރި ކަމަށް ލޯބި ކުރާ ކުއްޖެކެވެ. މަދު މަދުން ނޫނީ ސަކަރާތް ނުޖަހާ ޒީކާންގެ ދިރިއުޅުން ކުއްލި އަކަށް ބަދަލުވެގެން ދިޔައީ ޒީކާން ގްރޭޑް އަށަކަށް ދިޔަ އަހަރުއެވެ. ގްރޭޑް އަށަކަށް ޒީކާން ދިޔަ އަހަރުވެގެން ދިޔައީ އޭނާގެ ކުލާހަށް އަލަށް ކުއްޖަކު އައި ދުވަހަކަށް ށެވެ. ފުރަތަމަ ނަޒަރުން ވެސް ޒީކާން އަށް އެ ކުއްޖާ ކަމު ދިޔަ އެވެ. މުޅި ކުލާހުގައި އުޅޭ ހުރިހާ އަންހެން ކުދިންގެ ހިތުގައި ޒީކާން ރަސްކަން ކުރަމުން ދިޔަ ނަމަވެސް ޒީކާންގެ ހިތް ދެވުނީ އަލަށް އެ ކުލާހަށް އައި ކުއްޖާ އަށް ށެވެ. ކަން ދިމާ ކުރި ގޮތުން އެކުއްޖާ ވެގެން ދިޔައީ ޒީކާން އުޅޭ ގޭގެ ކުރިމަތީގައި ހުންނަ ގެ އަށް އައި ދެމަފިރިންގެ ތިން ކުދިންގެ ތެރެއިން މެދަށް ހުންނަ ކުއްޖާ އަށް ށެވެ.
ނުނިމޭ
22 Comments!
Comments are closed.




އެކުއްޖަކީ ރައިނާގެ ދައްތަ އެއް ކަންނޭނގެ. މި ޕާރޓް ވެސް ވަރަށް ރީތި. ކޮންއިރަކު ދެންއިން ޕާރޓް.
Thanks anonymous
Vedhaane dho.dhen next part kiyaalyma ingidhane thaa dho.
Next part in sha Allah march 1st ga. Sorry ingey las vaathy.ekam ramadan ga dhe dhuvahun eh dhuvahu kiyaalan libeyne goi hedheb oii gothakee e goi v ma ehen hadhan jehuny.
masha allah mi part vs vrh reethi…..
ur my fav author rifoo….
thankolheh avahah up kolla dhehchey next part…
curiously waiting for the next part…..
take care…
ly rifoo…
❤️
Thanks pumpkin
Aww varah ufaa vejje Rifoo aky pumpkin ge fav author kan ingunyma.
Next part in sha Allah 1st march ga
Love you more <3
Anonymous buni hen i ah vex heevani
Rifoo next part thankolheh avas kolla dhehchey.
Zeek and mush ge bai varah cute 🥺. But zeek ge maazee aa hedhi dhw zeek ah move on nukurevigen e ulhenee. Hope varah avahah zeek and mish gulheyne kamah
Love you my favourite author 🥰
Thanks my fan girl
Dhen thi eh vx ingeyny next part ga thaa dho hehe. Aslu vx varah cute dho. Rifoo ah vx varah cute. Dhen hingaa vaa goi balamaa dho.
Next in sha Allah first march ga
Love you more <3
Varah Reethi mi part ves
Kon irakun next part kiyaalan libeynee
Thanks dhoonee.
Next in sha Allah first march ga
mi part ves v reethi masha allah
curiously waiting for next part
keep it up
nuk have feelings for aleeka
aika and aleek gulhuvachey
lai and rayaan ves
kobaa mihaaru kiyaan and zaa
alhey mish haadha dhera vaane ey
haadha curious kohlaafa thi ninmaaly
aslu mish and zeek v gulhey
they all are made for each other
mi part kiyaafa rovijje
i appreciate your hard work
mi part vureh next part dhigu kohlachey
your my fav author
take care
love you rifoo
Thanks cutie girl
Alhey dhen vaane gotheh balamaa dho
Rifoo balaanan dhigu kohlevey tho
Once again thanks <3
Love you more <3
Hey manjeyyy…
Kobaa kihineii….
Mi part vx varah varah reethi….
Kaley thi mishya ge hiyy halaaku kohlynu…..
Alhey nukshaan aa aleeka ah fahkaa kameiii kohlaba…,
Kon irakun next?????
Maa dhigu inthizaareh nukuru vahcheyy… manje ah inge ehnu magey keiitherikan varah dhahvaane kan….
V.salaam dhn….
Bye ey…
Eyy hmmm rangalhey.
Eii dhen Mashah vx olhigen kurevunu kamekey dhen thi hen bunan heyo nuvaane.ey dhen nexutu partu aa jehigen in part ga kameh vey tho balamaa dho.lol
Nexutu partu 1 marchuga.manje roadha mahu gina in beynumiyya mi ehbas vumuga signature kuran jehey eba.1st march ga kamah next part nereveyny.e vx ma manje ah takaa kohdhey kamekey shukuru kuraathi ehen v ma.
Hmm salaam slaam
Byee 😄
Hey Rifoo
Haadha curious kohlaafa thi nimmaalee.at least mi part ga eii kon kuhjeh kan buneli nama.i just wanna know.
Kon irakun next part kiyaalan libeynee
Curiously waiting for the next part
Love you Rifoo 💙
Hey shaayan
Ehaa curious eh noonehnun dho.aslu curious vaane kamakah nooney e thanah nimmaalafa e iny.
Next part ga dhen ingeyne thaa dho.so dhen inthizaaru kohlaa.
Next part in sha Allah Maadhan kiyaalan libeyne
Love you more <3
Maasha allah mi part ves varah reethi
Dhen in part thankolheh avahah up kohla dhehchey
Very curious to find out who’s the girl
Ly tc
Thanks ishu
In sha Allah next part maadhan kiyaalan libeyne
Hehe dhen next part ga ingeyne thaa dho
Love you more <3
Hey rifoo
After a long time
How’s things???
Story Hama 💯💯💯💯💯
Loved it
And zeek …so sad 😭😭…I hope he moves on soon with Mish
Keep it up
And all the best for your IGCSE
Curiously waiting for the next part
Love you ❤️
Hey shimmer
Yeah long time dho. Hama best hurihaa kameh. kihineh shimmer
Thanks shimmer.
Next part in sha Allah maadhan kiyaalan libeyne
Good luck shimmer ah vx
Love you more <3
Warah Reethi mi part ves
Kon irakun tho next part kiyaalan libeyny
Thanks sara
Next part in sha Allah maadhan kiyaalan libeyne
Hey rifoo mi part ves vrh reethi
Can’t wait for next
Keep it up
Love youu
Thanks gurrrl
Next part in sha Allah maadhan kiyaalan libeyne
Love you more <3