އެޒުވާނާގެ ފިޔަވަޅުތައް އޭނާ އާއި ކައިރިވާކަން އެނގުމުން އައިކާ އަށް ދެލޯ މަރާލެވުނެވެ. ޝޯލުން ބޮލާއި އެކު ކަރު ނިވާވެފަައިވީ ނަމަވެސް ހަށިގަނޑު ގައި ނުވާކަމެއް ނެތް ކަމުގެ އިހުސާސް ކުރެވުމުން ދިޔައެވެ.
*****************
ދެލޯ މަރާ ބާރުކޮށްލައިގެން އޮތް އައިކާ އަށް ދެލޯ ހުޅުވާލެވުނީ އެއްޗެއް ވެއްޓިގެން ދިޔަ އަޑު އިވުމުން ނެވެ.އެއާއި އެކު ބިއްލޫރި ތެޅުނު އަޑު އިވުނެވެ.ކަނު އަނދިރީގެ ތެރެއިންވެސް ދުރަށް ވެއްޓިފައި އޮތް ދިޔާން އައިކާ އަށް ފެނުނެވެ. ދިޔާންގެ ކައިރީގައި ހުރި ޒުވާނާ ވެސް އޭނާ އަށް ފެނުނީ ދެނެވެ.ކަޅު ކުލައިގެ ޓީޝާޓަކާއި އެކު ހަމަ އެކުލައިގެ ޖީންސް އެއް ލައިގެން ހުރި އެޒުވާނާ އޭނާ އާއި ދިމާލަށް ބަލައިލި އިރު ވެސް އޭނާގެ ދެލޮލުން ރުޅިވެރިކަން އިންތިހާއަށް ފާޅުވަމުން ދިޔަ އެެވެ.
ގުޅަ އަކަށް ބިއްލޫރި ތަކުގެ މައްޗަށް ވެއްޓިފައި އޮތް އެ ނުދަންނަ ޒުވާނާ އަށް ރުޅިވެރި ނަޒަރެއް ދިނުމަށް ފަހު ދުވެފައި ކަހަލަ ގޮތަކަށް އަލީކް އަަށް އައިކާ އާއި ދިމާލަށް ދެވުނެވެ.އޭރު ވެސް އައިކާގެ ދެލޮލުގައި ކަރުނަތިކިތައް ވިދަމުން ދިޔަ ގޮތް ފެނުމާއި އެކު އެ ނުދަންނަ ޕާޓޭ އެއް ފަދަ ޒުވާނާ ދެކެ އޭނާ އަށް އާދެވުނީ އަމަށަކު ރުޅި އެއް ނޫނެވެ. އައިކާ އަަށް ކޮށްފައި ވާ އަސަރު ފެނުމާއި އެކު އަލީކް އައިކާގެ ކައިރީގައި ކުޑަ ކަކޫ ޖަހާލިއެވެ.
އައިކާގެ ދެލޮލުގައި ބަބުޅަމުން ދިޔަ ކަރުނަތިކި ތައް ލޯތްބާއި އެކު ފުހެލަ ދިން އިރު އައިކާ ގެ ހިތުގައި އަޅަމުން ދިޔަ ވޭނާއި އެއްވަރަށް އަލީކްގެ ހިތުގައި ވޭން އަޅަމުން ދިޔަ އެވެ.މުޅި ދުނިޔޭން ވެސް ހަމަ އެކަނި ލޯބިވި އަންހެން ކުއްޖާ އިން ހާލު ފެނުމުން އަލީކް ގެ ހިތަށް އުނދަގޫ ވިއެވެ.އައިކާގެ ހަށިގަނޑު އޭނާ އާއި އަލީކް އަށް ގާތް ކޮށް ލެވުނީ ބޭއިޚްތިޔާރުގައެވެ.
އަލީކްގެ އެ އަމަލުން އައިކާ އަަށް އިހުސާސް ކުރެވުނީ ހިމާޔަތާއި ރައްކާތެރިކަމެވެ. އަލީކް އާއި އިތުރަށް ގާތް ވެލަމުން އައިކާ އަށް އަލީކްގެ ހަށިގަނޑުގައި އޮޅުލައިގަނެވުނީ ވަގުތާއި ހާލަތުގެ ގޮތުންނެވެ.
އައިކާ އޭނާގެ ހަށިގަނޑާއި ގާތް ކޮށްލައިގެން އިން އަލީކްގެ ޓީޝާޓު އައިކާގެ ކަރުނަތަކުން ތެމެމުން ދިޔަ އެވެ.އައިކާ ރޯނެ ވަރަކަށް ރޯން ފުރުސަތު ދީގެން އިން އަލީކް އަށް އައިކާގެ ރޮއުމާއި ގިސްލިމުގެ އަޑު އެހުންވީ އޭނާ އަށް ކެތްކުރަން ދަތި ކަމަކަށެވެ.
ގޭތެރެ އަށް ވަދެގެން އައި ނަވްޔާ އަށް ގޭތެރެ އިން ފެނުނީ ހިިމޭން ކަމެވެ. އެ ހިމޭން ކަމުން އެކަނި ވެސް ޒީވާ އާއި ނާއިޝް ނިދަން ވަދުނީ ކަން ނަވްޔާ އަށް ޔަގީންވިއެވެ.ނަވްޔާގެ ފަހަތުން އައި ނުކްޝާން ވެސް އޭނާގެ ކޮޓަރި އާއި ދިމާލަށް ދާން ހިނގައިގަތީ ދެފައި ކާއްތަމުން ކަހަލަ ގޮތަކަށް ށެވެެ.
ނުކްޝާން އޭނާ ހުރަސް ކޮށްފައި ދިޔަ އިރު ވެސް ނަވްޔާ އަށް ހުއްޓުން އަރާފައި ހުރެވުނީ އެވެ. އަތުގައި އޮތް ފޮޓޯގަނޑަށް ބަލާލަމުން އެ އަށް ނަވްޔާ އަށް ބާރު ކޮށްލެވުނެވެ. ނުކްޝާން ގެ ގާތު އެ ފޮޓޯ އާއި ބެހޭ ގޮތުން ސުވާލު ކުރަންވީ މިވަގުތު ކަމެއް ނުވަތަ އެ ސުވާލު ކުރަންވީ ފަހުން ކަމެއް ނަވްޔާ އަކަށް ނޭނގުނެވެ. ފޮޓޯ އަށް ބަލާލުމަށް ފަހު ނަވްޔާ ނުކްޝާން އާއި ދިމާލަށް ބަލައިލި އެވެ.އެންމެ ފަހުގެ ނިންމުން ނަވްޔާ ނިންމާލީ ފުން ނޭވާ އަކާއި އެކުގައި އެވެ.
“ދޮންބޭ”ނަވްޔާ ގެ އަޑު އޭނާގެ ކަންފަތުގައި ޖެހުމާއި އެކު އެ ހުރި ގޮތަށް ހުރެ ނުކްޝާން ނަވްޔާ އާއި ދިމާލަށް ބަލައިލީ ކިހިނެތް ވީ ހެއްޔޭ އަހާލާ ފަދަ ގޮތަކަށް ށެވެ.”ޒީކް ކުރިން އެއްވެސް މީހަކާ އެކީ ރިލޭޝަން އަކަށް ދިޔަ ތަ؟”ނަވްޔާ ގެ ސުވާލުން ނުކްޝާން އަށް އޭނާގެ ހަށިގަނޑު ސީދާ ކޮށްލެވުނެވެ. އެއީ އަޑު އިވި ދާނެ ކަމަށް އޭނާ އަށް ހީކުރެވިފަައި ނުވާ ސުވާލެއްކަން ނަވްޔާ އަށް ޔަގީންވީ ނުކްޝާން ގެ މޫނުމަތިން ފެނުނު ސިހުމުގެ އަަސަރުންނެވެ.
“ދޮގު ނަހަދައްޗޭ”ނަވްޔާ ބުނެލި ޖުމުލަ އިން ނުކްޝާން އަށް ހިންދިރުވާލެވުނީ އެވެ. ނުކްޝާން ގެ ޖަވާބު އަޑު އަހަން ކެތް މަދުވެފައި ހުރި ނަވްޔާ އަށް ހިތާ ހިތުން ޗުސްތަޅާލެވުނީ ނުކްޝާން އޭނާ އަަށް ޖަވާބު ނުދީ ލަސްވާން ފެށުމުންނެވެ.ދެން ޒީކާން ކުއްޖަކާއި ރައްޓެހި ވިއްޔާ ރައްޓެހިވިޔޭ ބުނެބަލާށެވެ. ގައިމު އެހެން ބުންޏަސް ގައިން ބައެއް މަދެއް ނުވާނެ އެވެ.
“ޒީކް ކުއްޖަކާއި އެކީ ރިލޭޝަން އަކަށް ދިޔަ” ނުކްޝާން ގެ ޖަވާބުން ނަވްޔާ އަށް ނިއް އަރުވާލެވުނީ އެވެ.ހީވީ އިތުރަށް ކިޔާލަ ދޭށޭ ބުނެލި ފަދަ އެެވެ.”ރައި އާ ދޯ” ނަވްޔާ ގެ ޖުމުލަ އިން ނުކްޝާން އަށް ދެލޯ ބޮޑު ކޮށްލެވުނެވެ. ހީވި ނަވްޔާ އަށް ބުނެވުނީ ބުނަން ނުވާ ވަރުގެ ޖުމުލަ އެއް ހެންނެވެ.”ރައި އަކާ އެއް ނޫން”ދެ ބުމަ ކައިރިކޮށްލަމުން ނުކްޝާން އެތާ މަޑު ކުރުމެއްނެތި ދާން ހިނގައިގަތީ ނަވްޔާގެ އިތުރު ސުވާލުތައް އޭނާ އާއި ކުރިމަތި ވެދާނެ ތީ އެވެ.
“ދެން މީ ކާކު؟”ނަވްޔާ ނުކްޝާން ގެ ކުރިމަތީގައި މަޑުކޮށްލަމުން އަތުގައި އޮތް ފޮޓޯ ދައްކާލި އެވެ.”ނާޔާ އަށް ކޮންތާކުން މި ފޮޓޯ ފެނުނީ”ނަވްޔާ ކޮށްލި ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި ނުކްޝާން ވެސް ކޮށްލީ ސުވާލެކެވެ. ނަވްޔާގެ އަތުން އެ ފޮޓޯ ޖަހައިގަތުމަށް ނުކްޝާން މަސައްކަތް ކުރުމާއި އެކު ނަވްޔާ ނުކްޝާން އާއި އެ ފޮޓޯ ދުރުކޮށްލީ ނުދޭނަމޭ ބުނެލާ ފަދަ ގޮތަކަށް ށެވެ.
“ދޮންބެ ނުބުނެފިއްޔާ ޒީކް ކައިރީ އަހާނީ” ނަވްޔާ އެއްބަމަ އަރުވާލީ ނުކްޝާން އޭނާ އަށް”ބްލެކްމެއިލް”ކޮށްލާ ފަދައިން ނުކްޝާން ވެސް ބެލެކްމެއިލް ކޮށްލުމަށްށެވެ. “އެއީ ރައިނާ އެއް ނޫން.ޒީކް ކައިރީގަ އަހައިގެން ވެސް ނުވާނެ”ނުކްޝާން ގެ އަޑުން ނުރުހުންތެރިކަން ފާޅު ވީ ނަވްޔާ ޒީކާން ގާތު އަހާ ވާހަކަ ބުނުމުންނެވެ.
ދެމީހުން އެވަރަށް ދެބަސް ވާ އިރު ވެސް މި ނޫނީ ނުކްޝާން އެހާ ނުރުހުންވެފައި ހުރި ފަހަރެއް އަދި ނާދެއެެވެ.އެހެން ކަމުން އޭގެ ފަހަތުގައި ސިއްރެއް ވާ ކަމަަށް ނަވްޔާ ގެ ހިތް ބުނެލި އެވެ. އަދި އެވެސް ޒީކާން އާއި ސުވާލު ކުރާނަމޭ ބުނުމުންނެވެ.
“ޒީކްގެ ކައިރީ ނާހާނަން.އެކަމު މި ފޮޓޯ ލިބޭނީ ޒީކްގެ އެކްސް އަކީ ކާކު ކަން ބުނީމަ” ނަވްޔާ ބުނެލި އެވެ. ކޮންމެ ފަދަ ގުުރުބާނީ އެއް ވެގެން ވިޔަސް އެއީ ކާކު ތޯ ބެލުމަކީ ނަވްޔާ ގެ އަޒުމެވެ. ޒީކާން ދެން ކުއްޖަކާއި ރައްޓެހިވުމުން އެއީ ކޮން ކުއްޖެއް ތޯ ކޮންމެ މީހަކު ވެސް ބަލާ ހިތް ވާނެ ތާ އެވެ.
“ތި ނާޔާ އަތުގަ ބޭއްވިއްޔާ ރަނގަޅީ ވެސް” ނުކްޝާން ނަވްޔާ އަށް ނިއް އެއްލަމުން ނަވްޔާ ފަސްދީފައި ދާން ހިނގައިގަތެވެ. ނުކްޝާން ދިޔަ ދިމާލަށް ބަލަން ހުރި ނަވްޔާ ގެ މޫނުމަތިން އެކި ކަހަލަ އަސަރުތައް ފެންނަމުން ދިޔަ އެވެ. ނުކްޝާން އޭނާގެ އަތުގައި ފޮޓޯ ބާއްވަން އެދުނީ ޒީކާން އަށް އެފޮޓޯ ފެނިދާނެތީ ހެއްޔެވެ؟ ނުކްޝާން އެނޫން އެހެން ސަބަބަކާއި ލައިގެން އެ ފޮޓޯ އޭނާގެ އަތުގައި ބާއްވާކަށް ނުބުނާނެ އެވެ. ކަނޑު ފަޅު ފީނާފައި ވެސް މީސް މީހުންގެ އެއްޗިހި ހޯދާ މީހަކު ދެން އެކަހަލަ ސަބަބަކާއި ނުލާ އެހެން ނުބުނާނެ ކަން ނަވްޔާ އަށް ޔަގީނެވެ. އެހެން ނަމަވެސް ޒީކާން އަށް އެ ފޮޓޯ ނުދައްކާ ބާއްވަން ނުކްޝާން އަށް އޮތީ ކޮން ހައްގެއް ހެއްޔެވެ؟ ޒީކާން އެއްޗެކެވެ. އަނެއްކާ އެ އަންހެންކުއްޖާ އަކީ ޒީކާން މާ ނަފްރަތު ކުރާ ކުއްޖަކީ ހެއްޔެވެ؟ އެހެން ނޫން ނަމަ އެ ފޮޓޯ ޒީކާންގެ ކުރިމައްޗަށް އެރި ނަމަވެސް ޒީކާން އަށް ކުރާނީ ކޮން އަސަރެއް ހެއްޔެވެ؟
އެކި އެކި ގޮތް ގޮތަށް ނަވްޔާގެ ހިތުގައި ސުވާލު އުފެދެމުން ދިޔަ ނަމަވެސް ނަވްޔާގެ ހިތުގައިވާ ސުވާލަށް ހަމަ އެކަނި ޖަވާބު ދެވޭނޭ ފަރާތަކީ ނުކްޝާން ނޫނީ ޒީކާން އެވެ.ނުކްޝާން ކޮޓަރި އަށް ވަދުމާއި އެކު ނަވްޔާގެ ވެސް އޭނާގެ ކޮޓަރި އާއި ދިމާލަށް ހިނގައިގަތީ ދެން އެނާ އެތާ ހުރުމުގެ ބޭނުމެއް ނެތުމުން ނެވެ.
އައިކާ ގެ ރުއިން މަޑު ވުމާއި އެކު އަލީކް އައިކާ އޭނާގެ ހަށިގަނޑާއި ދުރުކޮށްލަމުން އައިކާގެ ރަތްވެފައިވާ ދެލޮލާއި ނަޒަރު ސީދާ ކޮށްލިއެވެ. ގަދަ އަށް ރޮއުމުގެ ސަބަބުން ދުޅެވެފައި ވާ އައިކާގެ ދެލޮލާއި ދިމާލަށް ބަލައިލި އަލީކްގެ ހިތުގައި ރިއްސާލިއެވެ. އޭރު ވެސް އައިކާގެ އަނގައިން މަޑު ގިސްލުމުގެ އަޑު ނިކުމެ އެވެ.
އައިކާ ގެ ރުއިން މަޑު ވުމާއި އެކު އަލީކް އައިކާ އޭނާގެ ހަށިގަނޑާއި ދުރުކޮށްލަމުން އައިކާގެ ރަތްވެފައިވާ ދެލޮލާއި ނަޒަރު ސީދާ ކޮށްލިއެވެ. ގަދަ އަށް ރޮއުމުގެ ސަބަބުން ދުޅެވެފައި ވާ އައިކާގެ ދެލޮލާއި ދިމާލަށް ބަލައިލި އަލީކްގެ ހިތުގައި ރިއްސާލިއެވެ. އޭރު ވެސް އައިކާގެ އަނގައިން މަޑު ގިސްލުމުގެ އަޑު ނިކުމެ އެވެ
އައިކާގެ ދެލޮލުގައި ވާ ކަރުނަތައް އަލީކް ލޯބިން ފުހެލަ ދިނީ ތިމަންނަ މިހުރީ އައިކާ ގެ ކައިރީގައި އޭ ބުނެލާ ފަދައިން ނެވެ. “ލިސެން އައިކާ.ޔޫ ހޭވް ޓު ބީ ބްރޭވް. ތިހެން އެމީހަ އައީމަ ބިރުގަތީމަ އެމީހަކު އޭގެ ބޭނުން ހިފާނީ” އައިކާ އަށް ވިސްނައިދޭން މަސައްކަތް ކުރަމުން ދިޔަ އަލީކް އަށް ވެސް އެކަހަލަ ނާޒުކު ފައްތަރެއްގައި އަންހެން ކުއްޖެއްގެ އިހުސާސް އޭނާ އަށް ވެސް ނޭނގޭނެ ކަމަށް ގަބޫލު ކުރެއެވެ. އެހެން ނަމަވެސް އައިކާ އަށް މިވަގުތު ހިތްވަރު ދެވޭނެ ބަހެއް ދުލަށް ނައުމުން އޭނާގެ ދުލުން އެ ބަސްތައް ބޭރުވީ އެވެ.
އައިކާ ގެ ކޮނޑުގައި ހިފަހައްޓާލައިގެން އިން އަލީކް އޭނާގެ ޖީބުގައިވާ ފޯނު ނަގާ ބަލާލީ ވައިބްރޭޓް ވާން ފެށުމުންނެވެ.އެ އިން ގޮތަށް އިނދެ އަލީކް ފޯނު ނަގާ ބަލާލީ އެވަގުތު އޭނާ އަށް ގުޅަނީ ކާކު ތޯ ބެލުމުގެ ގޮތުންނެވެ.އަލީކާގެ ނަން އަރާފައި އިނުމާއި އެކު އެއްފަހަރު އައިކާ އަށް ދެވަނަ ފަހަރަށް ފޯނާއި ދިމާއަށް ބަލައިލަމުން އަލީކް ފޯނު ނަގާ ކަންފަތުގައި ޖަހާލި އެވެ. ހީވީ ނަގަން ނު ނަގަން ހުރެ ފައި ނަގާލި ހެންނެވެ.
“ހަލޯ ކީކޭ” އައިކާގެ ކޮނޑުގައި އެ ވަގުތު ވެސް އެއް އަތުން ހިފަހައްޓަލައިގެން އިން އަލީކް އަށް އައިކާގެ ކޮނޑުން ދޫކޮށްލަމުން ތެދުވެވުނީ އެކޮޅުން އަލީކާ ބުނެލި ޖުމުލައެއްގެ ސަބަބުން ނެވެ.”ހަމަ އަސްލު. ބައްޕަ އެބަ ހުރި ތަ ގޭގަ؟ހަމަ މިހާރު މި ދަނީ ގެ އަށް” އަލީކާ ބުނަމުން ދިޔަ ކޮންމެ ޖުމުލަ އަކަށް ރައްދު ދެމުން ދިޔަ އަލީކްގެ ނަޒަރު ހުއްޓިފައި ވަނީ ކަރުނަވީ ދެލޮލަކުން އޭނާ އާއި ދިމާލަށް ބަލަހައްޓައިގެން ހުރި އައިކާ އަށް ށެވެ. ނިއްކުރީގައި އަތް ހާކަމުން ދިޔަ އަލީކްގެ މޫނުމަތިން ކަންބޮޑުވުމުގެ އަސަރު ފެންނަން ހުއްޓެވެ.
އަލީކާ ފޯނު ބޭއްވުމާއި އެކު އަލީކް ބަލާލީ އައިކާ އާއި ދިމާލަށް ށެވެ.އައިކާ ބަހައްޓާފައި ގެ އަށް ދާކަށް އަލީކް އަކަށް ނުކެރޭނެ އެވެ. ވަކިން ޚާއްސަކޮށް މިފަދަ ނާޒުކު ދަނޑިވަޅެއްގައި އެވެ.އެހެން ނަމަވެސް އޭނާ ބަނޑު އަޅައި ވިހޭ މައިމީހާ މި ވަގުތު ވަނީ އޭނާގެ އެހީ ބޭނުންވެފައި އެވެ. “އައިކާ” އަލީކް އައިކާ އަށް ގޮވާލަމުން އައިކާގެ ކޮނޑުގައި ހިފަހައްޓާލިއެވެ.”ލެޓްސް ގޯ.ގެ އަށް ހިނގާ”އަލީކް ބުނެލީ އައިކާ އާއި ދިމާލަށް އެއް އަތް ދިއްކޮށްލަމުންނެވެ.
އަލީކް ދިއްކޮށްލި އަތަށް ބަލައިލި އައިކާ އަށް އަލީކް އެބުނީ އޭނާގެ އަމިއްލަ އަތުގައި ހިފަން ކަން ނަގައި ގަނެވުނެވެ.އަލީކްގެ އަތުގައި އައިކާ ހިފާ ކޮޅަށް ތެދުވެލި އެވެ.ޝޯލްގައި ޖަހާފައިވާ ޕިންތައް ނެއްޓިފައި ހުރި ކަން ވެސް އައިކާ ހަނދާންވީ އެވަގުތު އެެވެ.އަލީކް އާއި ދިމާލަށް އައިކާ ބަލައިލަމުން އަލީކްގެ އަތުން ދޫކޮށްލި އެވެ.
އައިކާގެ އަތުގައި ހިފައިގެން ނިކުންނަން ހިނގައިގަންނަން އުޅުނު އަލީކް އަށް އައިކާ އާއި ދިމާލަށް ބަލައިލެވުނީ އައިކާ އޭނާގެ އަތުން ދޫކޮށްލުމާއި އެކުގައި އެވެ.އައިކާ އާއި ދިމާލަށް ސުވާލުގެ ނަޒަރަކުން ބަލައިލި އަލީކް އަށް އައިކާ ޝޯލް ގައި ހިފަހައްޓާލައިގެން ހުރި ގޮތުން އެކަނި ވެސް ވީ ގޮތް ނަގައިގަންނަން ސިކުންތު ކޮޅެއް ވެސް ނުނެގިއެވެ.
ވަގުތުން އަލީކް އެހެން ދިމާލަކަށް ނަޒަރު ބަދަލު ކޮށްލި އެވެ.އައިކާ އޭނާގެ ޝޯލް ރަނގަޅު ކޮށްލަމުން އަލީކްގެ ފަހަތުން ހިނގައިގަތެވެ.އޭރު ވެސް އަލީކް ހުރީ އިސްޖަހާލައިގެންނެވެ.ހީވީ ދެވަނަ ފަހަރަށް ނުބަލާން ހުވާ ކޮށްގެން ހުރި ހެންނެވެ.
އައިކާ ސައިކަލަށް އަރާ ހަމަޖެހިލުމާއި އެކު އަލީކް ސައިކަލު ދުއްވާލި އެވެ. އައިކާމެންގެ އާއި ހިސާބަށް ދެވެން ދެން ވެސް އެދެމެދުގައި އޮތީ ހަމަހިމޭން ކަމެވެ. ދައްކާނެ ވާހަކަ އެއް ދެ ޒުވާނުން ކުރެ ޒުވާނެއްގެ ދުލުގައި ނެތް ފަދަ އެވެ.
އައިކާމެންގޭ ދޮރު ކައިރި އަށް ސައިކަލު މަޑުކޮށްލުމާއި އެކު އައިކާ ސައިކަލުން ފޭބި އެވެ.އައިކާ އަލީކް އަށް ފަސް އެނބުރި ދާން ހިނގައި ގަތް މަންޒަރު ބަލަން ހުރި އަލީކް އަށް އައިކާގެ އަތުގައި ހިފާ އޭނާ ހުރި ދަމާލަށް އަނބުރާ ލެވުނީ ބޭއިޚްތިޔާރުގައެވެ. “އައިކާ… ދެންމެ ވީ ކަންތަކާ މެދު މާ ބޮޑަށް ނުވިސްނައްޗޭ” އައިކާގެ މޫނުގައި ހިފަހައްޓާލައިގެން ހުރެ އަލީކް ބުނެލީ ސީދާ އައިކާގެ ދެލޮލާއި ނަޒަރު ސީދާ ކޮށްލަމުން ނެވެ. ތަތްވެފައި ވާ އެސްފިޔަތަކުގެ ހިޔާ އެޅިފައިވާ އެ ބޮޑު ދެލޮލާއި ދިމާލަށް ބަލަހައްޓައިގެން ހުރި އަލީކް އަށް އޭނާގެ އިހުސާސްތައް ކޮންޓްރޯލް ކުރުން ވީ ވޭނަކަށް ށެވެ.
އައިކާގެ މޫނުން އަތް ދޫކޮށްލަމުން އަލީކް ސައިކަލުގެ ހުންގާނުގައި ހިފަހައްޓާލީ އޭނާގެ އިޚްތިޔާރުން ބޭރުގައި ނަމަވެސް ގޯހެއް ހެދިދާނެ ތީ އެވެ.”ގުޑް ނައިޓް”އައިކާގެ ކޯތާފަތުގައި ފިރުމާލަމުން އަލީކް ބުނެލިއެވެ.
އަލީކް އޭނާގެ ސައިކަލުގެ ހުންގާނުގައި ހިފުމާއި އެކު އައިކާ ގޭތެރެ އަށް ވަންނަން ހިނގައިގަތީ އަލީކް ގެ އެ ހަރަކާތުން އަލީކް ދާން ބޭނުންވެފައި އިން ހެން ހީވުމުންނެވެ.
އައިކާ ގޭތެރެ އަށް ވަދުމާއި އެކު އަލީކް އަށް އޭނާގެ ސައިކަލުގެ ހުންގާނުގައި ހިފާ ބާރު ކޮށްލެވުނެވެ. އައިކާގެ ގާތުގައި ނުވިސްނައްޗެ އޭ ބުނި ނަމަވެސް އައިކާ ވިސްނާނެ ކަން އޭނާ އަށް އެނގެ އެވެ. ގެއްލި ދާން އުޅުނީ އައިކާގެ އިއްފަތްތެރިކަމެވެ. ދެން ނުވިސްނާ އައިކާ އަށް ހުރެވޭނެ ހެއްޔެެވެ؟އެންމެ ސިކުންތެއް ނަމަވެސް އޭނާ ލަސްވި ނަމަ އައިކާ އަށް ވާނޭ ގޮތް އަންދާޒާ ކޮށްލަން ވެސް ދައްޗެވެ. ތެދަށް ބުނަންޏާ އެ ޒުވާނާ އައިކާ އާއި ގާތް ވަމުން ދިޔަ ގޮތް ފެނުމުން އެ ޒުވާނާގެ ހަންގަނޑު ނޮޅާލަން ވެސް އޭނާ ބޭނުންވި އެވެ.
ޚިޔާލީ ކަނޑަށް ޣަރަޤު ވަމުން ދިޔަ އަލީކް އަށް އެ ޚިޔާލުތަކުން ނިކުމެވުނީ އޭނާގެ ޖީބުގައި އޮތް ފޯނު ރިންގުވާން ފެށުމުންނެވެ. ވަގުތުން އަލީކް ފޯނު ނެގުމުގެ ބަދަލުގައި އައިކާ މެންގެ އާއި ދިމާލަށް ވަދާޢުގެ ބެލުމަކުން ބަލާލުމަށްފަހު ސައިކަލު ދުއްވާލި އެވެ.
ސޯފާގައި އޮތް އަލީނާގެ މޫނުގައި ފެން އުނގުޅަމުން ދިޔަ އަލީކާގެ މޫނުމަތިން ފެނިގެން ދަނީ ހާސް ކަމެވެ. ގޭގައި އެއްވެސް މީހަކު ނޫޅޭ މި ވަގުތުގައި މި ކަހަަލަ ކަމެއް ދިމާ ވުމުން ހާސް ވާނެ އެއް ނޫން ހެއްޔެވެ؟
އަލީނާގެ މޫނުގައި ފެން އުނގުޅުން ހުއްޓާލުމަށް ފަހު އަލީކާ ސޯފާ ސެޓުގެ ކައިރީ ގައި ބެހެއްޓިފައިވާ ބިއްލޫރި ވަށް މޭޒުމަތީގައި އޮތް އޭނާގެ ފޯނު ނަގާ އަލީކްގެ ނަންބަރަށް ގުޅާލިއެވެ.މިއީ އޭނާ އަލީކް އަށް ގުޅާ ހަތަރު ވަނަ ފަހަރެވެ. އެއް ފަހަރު ގުޅާފައި މި ދަނީ އޭ ބުނި ގޮތަށް އަލީކްގެ ހަބަރެއް ނުވުމުން އޭނާގެ ސިކުނޑި ދިޔައީ އެކި ކަހަލަ ވަސް ވާސް ތަކުން ފުރެމުންނެވެ.
“ތިޔަ ގުޅުއްވި ނަންބަރު މި ވަގުތު ޖަވާބެއް ނުދެ.ފަހުން ގުޅުއްވާ ލައްވާ” އަލީކާ އަށް ދެން ވެސް އިވުނީ އެއް ޖަވާބު ކެވެ. ފޯނު ހިފައިގެން އިން އަލީކާ އަށް ދެން ބަލާލެވުނީ އަލީނާ އަށް ށެވެ.
އެވަގުތުވީ ގޭގެ ދޮރު ހުޅުވާލާފައި މީހަކު ގޭ ތެރެ އަށް ވަން ވަގުތަށް ވުމުން އަލީކާ ދޮރާއި ދިމާލަށް ބަަލައިލި އެވެ.”އަލީކް.. ފޯނު ނުނަގާ ކީއް ތި ކުރީ މި އޮށްފަދަ ގަޑީގަ ބޭރަށް ގޮއްސިގެން”އަލީކާގެ އަޑުން ހިތްހަމަ ނުޖެހުން ފާޅު ވިއެވެ.”ދޮންތަ ރެޑީވޭ. އެމްބިއުލަންސް އަށް މި ގުޅަނީ”އަލީކާގެ ސުވާލަށް ޖަވާބު ދިނުން އެއީ މި ވަގުތު މާ މުހިއްމުކަމެއްގެ ގޮތަކު އަލީކް އެއް ނުދެކުނެވެ.
20 Comments!
Comments are closed.




Waaa warah Reethi mi part
Rifoo thihen buneli kan a ee naseeb.mi bunee kurin part ga mihaaru upload vefa in vaahaka.
Varah Reethi Masha Allah
Mihaaru hithah mi aranee dhen kihineh baa ey vaany.next part kon irakun.rifoo aleek ge mom ah dhera gotheh nahadhahchey
Love you
Thanks anonymous
Aslu rifoo akah vx kurin neyngey
Hehe next part in sha Allah next week ge kurin genesdhevey tho mi balani rifoo
Love you more 😘
Maashaa Allah mi part vx varah varah reethi…
Aleek bahppa ah kihineii v??
Next kn irakun??
Thanks nauu
Neynge next keema ingeyny mashah vx lol 😆
Next in sha Allah next week ge kurin 😆
Hey sup rifoo
Alhey haadha reehchey lau hama bunaane ehcheh ves nei.kon irakun next.
Aleek manma ah dhera gotheh nahadhahchey aleek and aika varah gulhey
Ekam waiting for mish ge turn ingey
Love you
Dhogeh noon.rau ves mi hiry varah mish and zeek ge bai kiyaalaa hithun
I thought i was the only one who want to read mish and zeek ge bai
Hey Lau
In sha Allah next part next week ge kurin libeyne kamah balamaa dho
Hehe Rifoo vx mish ge bai liyaa hithun mihaaru mi hury.
Love you more 😘
Hey Rifoo
Varah Varah varah ves Reethi ingey mi part. Aleek ge mom ah dhera gotheh nahadhahchey. Aleek and aika ge part sad but varah cute 🥰 Rifoo avahah e dhekudhin gulhuvaba
Kon irakun next.
Good luck in your mock exam
Love you
Hey Rau
Thanks rau.hehe e dhekudhin aslu vx varah cute dho.
Rau ah vx good luck ingey
Love you more 😘
Masha Allah Rifoo ge story varah Reethi. Especially zeek and mish ge bai.zeek and mish main ah lee nama.ekam e dhekudhin main ah nuliyas vaahaka varah ves Reethi. Ekam i wish zeek and mish akee main ah v nama a.eyrun gina in e kudhin ge part kiyaalan libeyne ehnun.😊.i think zeek varah romantic vaane kanneynge.
Aleek and aika ge part ves Reethi.Aleek ge kuda koh e bai hurey dhw 😉
Next part varah avahah kiyaalan libeyne nama dhw.miadhu ves next part kiyaalan libryne nama a hithah araa.
Love you my fav author ❤️
Hehe lau ge ves hithah araa e dhekudhin main ah vee nama ey
Thanks mimmi
Hehe thi hen kudhin kiyan feshy ma rifoo vx hithah araa mish and zeek levun nama ey.you know what rifoo ge friend vx thi hen buny rifoo submit kuran feshyma.eyge kurinneh kiyaafa vx ehenneh nubuni yey.
Hehe vedhaane eh gey dhe kudhin kamah lol 😂
In sha Allah varah avahah libeyne
Love you more ❤️
mi part ves v reethi masha allah
curiously waiting for next part
keep it up
aleek ge mom ah dhera gotheh nuhadhachey
good luck for exam
kaakubaa zeek ge ex akee
aika and aleek gulhuvachey
aleeka and nuk ves
mish and zeek ves
they all are made for each other
i apprecite your hard work
ly rifoo
mi part ves v reethi masha allah
curiously waiting for next part
keep it up
aleek ge mom ah dhera gotheh nuhadhachey
good luck for exam
kaakubaa zeek ge ex akee
aika and aleek gulhuvachey
aleeka and nuk ves
mish and zeek ves
they all are made for each other
i apprecite your hard work
ly rifoo
Rifoo kobaa thr next
Dhogeh noon Rifoo where is next part
Rifoooooo…whn next part submit kohlanee?…im dying to know what happens next!!..alheyy ehaa las nukurahchey 😭
Rifoooooo…whn next part submit kohlanee?…im dying to know what happens next!!..alheyy ehaa las nukurahchey 😭
Alhey Rifoo dhen next part avahah genesdheebaa. I am dying to read that part