އެވަގުތު އެންމެން ކަންބޮޑުވާގޮތްވިއެވެ. ބަލްޚާ ނަގައިގަނެގެން ކޮޓަރީގެ އެނދުގައި ބޭއްވިއެވެ. ސަކީނާ ހިޝާންއަށް ގުޅުމުން ދެތިން މިނެޓްތެރޭ އޭނާ ގެއަށް އަތުވެއްޖެއެވެ. ބަލްޚާގެ އަތުގެ ވިންދު ބަލައިލުމަށްފަހު ހިޝާންގެ ތުންފަތަށްވެރިވީ ފުޅާ ހިނިތުންވުމެކެވެ. ބަލްޚާގެ ބަދުނަސީބުގެ ފެށުންކަމުގައިވި ހިތާމައަށްވެސް ނިމުންއައީއެވެ. ބަލްޚާއަށްޓަކައި ހިޝާން އުފާކުރިއެވެ. ވާނުވާ ނޭނގިފައި އިނީ ސަކީނާއެވެ. އެހެންމީހުން ބަދިގެ ފަރާތަށް ފޮނުވާލުމަށްފަހު ބަލްޚާގެ ގާތުގައި އިނީ ސަކީނާއެވެ. “ކޮންގްރެޗްލޭޝަންސް…. ޔޫ އާ ޕްރެގްނެންޓް!” އެވަގުތު ހޭވެރިކަން ވަމުންދިޔަ ބަލްޚާގެ ބޮލުގައި ފިރުމާލަމުން އުފަލުން ހިޝާން ބުނެލިއެވެ. ހިޝާން ބުނީ ކީކޭކަން އެނގުމުން ސަކީނާގެ ބޮލަށް އެނބުރުން އަރާގޮތްވިއެވެ. މި ފާއިތުވި ދޮޅު މަހެއްހާ ދުވަސްތެރޭ އުޅޭ ނޫޅޭގޮތް އެނގިވެސް ނުލައި މި ދެ ޒުވާނުންގެ ދެމެދު އެހާނުބައި ގުޅުމެއް ހިންގާލީ ހެއްޔެވެ؟ މިއީ އޭނާ އެއްވެސް ވަރަކަށް ވިސްނާފައިވާ ކަމެއްވެސް ނޫނެވެ. ފެންނަ ފެނުމަށް މި ދެ ކުދިންނަކީވެސް އަޚްލާޤު ރަނގަޅު ދެކުދިންނެވެ. ލިބުނު އުފާވެރި ޚަބަރުން ބުނަންވީ ކީކޭކަން ނޭނގި އަނގަމަތީ އަތް އަޅާލައިގެން ބަލްޚާ އިނެވެ. މާތް ރަސްކަލާނގެ ހުރިހާ އުފަލެއް އެއްފަހަރާ ގެނެސް އޭނާގެ އުނގު ފަޅުވާލަދިނުމުން އެކަލާންގެ އަށް ޝުކުރުވެރިވާ ޙާލުގައެވެ. އެވަގުތުު ޖައިޝްގެ މަތިން ހަނދާންވުމުން އެ ޚަބަރު ޖައިޝްއަށް ދޭނެ ގޮތަކާމެދު އޭނާ ވިސްނާލިއެވެ. ” ކައިވެނިވެސް ނުކޮށް ތިހާ ބޮޑުކަމެއް……..” އެއްފަހަރު ހިޝާންގެ މޫނަށް، އަނެއްފަހަރު ބަލްޚާގެ މޫނަށް ބަލާލަމުން އެހެން ނުބުނެ ސަކީނާއަކަށް ކެތެއްނުވިއެވެ. ކައިވެނީގެ ބޭރުން ހިންގާ ގުޅުންތަކަށް އޭނާ އިންތިހާއަށް ނަފުރަތުކުރެއެވެ. ސަކީނާ ކަންބޮޑުވެފައިވާ ވަރު ފެނުމުން ބަލްޚާއާއި ހިޝާންގެ ގާތަށްވެސް ހިނިއައެވެ. މި އޮއްހާ ދުވަހު ސިއްރުކޮށްފައިވާ ހުރިހާކަމެއް ސަކީނާއަށް ބުނެދޭންވީ ވަގުތު ޖެހުނީކަން ބަލްޚާއަށް އެނގުނެވެ. މަޑުމަޑުން ތެދުވެ އިށީނދެލަމުން، ހަޔާތުގެ ސަފްހާތަށް މަޑުމަޑުން ސަކީނާގެ ކުރިމަތީ ހުޅުވާލައި، އޭނާ ދިރިއުޅުމުގެ ތަޖުރިބާތައް ހިއްސާކުރަންފެށިއެވެ. މަންމަ އެޑްރިއެއްލާގެ ދިރިއުޅުމާ ހަމައިންނެވެ. ޖައިޝްއާ ބައްދަލުވެ އެގުޅުން ކައިވެންޏަކާ ހަމައަށް ދާންޖެހުނު ކުއްލި ގޮތެވެ. ދަރިން ނުލިބޭ މީހެއްގެ ގޮތުގައި ލޭބަލްވެ ދިރިއުޅުން ވިހަ އަކަށް ބަދަލުވި ގޮތެވެ. ފިރިމީހާގެ އަޅާލުމާއި ލޯބި އެންމެ ބޭނުންވި ދުވަހު، ނޭނގުމެއްގެ ތެރޭގައިވިޔަސް އެ ޒިންމާތަކުން ފިރިމީހާ ވީއްލިގަތްގޮތެވެ. ދެވަނަ ކައިވެންޏަކަށް ތައްޔާރުވެ ބަލްޚާ އެދިރިއުޅުމުން ނެރެލުމަށް އެ އަންހެން ކުއްޖާ ދިން ދަޢުވަތެވެ. އެވާހަކަތައް ކިޔައި ދެމުން ދިޔައިރު ބަލްޚާގެ ދެލޮލުން ފާއްދަމުންދިޔަ ކަރުނަތަށް މުތީތަކެއްފަދައިން އެ ދޮން ކޯތާފަތުގައި ބޮސްދެމުންދިޔައެވެ. ކުރިންސުރެ ބަލްޚާއާ ގާތްގުޅުމެއް އޮތްނަމަވެސް، ހަގީގަތުގައި ބަލްޚާގެ ނޭނގޭ އެތަށް ކަމެއް ބަލްޚާ ދެއްކި ވާހަކަތަކުން ހިޝާން އަށް އެނގިގެން ދިޔައެވެ. ދިިރިއުޅުމުގައި ކުރިމަތިވެފައިވާ އެހުރިހާ ކަމަކަށް ކެތްތެރިވެ، ކެރިގެން އެކަންކަމާ ބަލްޚާ ކުރިމަތިލީތީ، ބަލްޚާއާ މެދު ހިޝަންއަށް ފަޚުރުވެރިވެވުބެވެ. ކެތްތެރިކަމަކީ ހަގީގީ އަންހެން ކުއްޖެއްގެ ކިބައިގައި ހުންނަންޖެހޭ ވަރަށް ޚާއްޞަ ސިފައެއް ކަމުގައި ހިޝާން ދެކެއެވެ. ބަލްޚާ ދެއްކި ވާހަކަތަކުން ސަކީނާއަށް ފުން އަސަރެއް ކުރިއެވެ. އޭނާގެ އަމިއްލަ ދިރިއުޅުމުގެ ތަޖުރިބާވެސް، ގޮސް ގުޅިފައިވަނީ އެކަހަލަ ފިރިއެއްގެ ފަރުވާ ކުޑަކަމާއި ބޭވަފާތެރިކަމާއެވެ. “ހިޝާން އަހަރެން ބޭނުން މިޚަބަރު ޖައިޝްއަށް ދޭން… ޖައިޝްގެ ގާތަށް ދާން ބޭނުން…..” ހިޝާންގެ އަތުގައި މަޑުމަޑުން ހިފާލަމުން ކެތްތެރިކަން ކުޑަވެފައިވާ ގޮތަކަށް ބަލްޚާ ބުނެލިއެވެ. “އަ…އަހަރެން ދާން ބޭނުން. އެކަމަކު މި ދުވަސްކޮޅު މަރުކަޒުގަ ނެތް އިތުރު ޑޮކްޓަރެއްވެސް….. އެކަމަކު ބަލްޚާ ޖެހޭނެ ކޮންމެހެންވެސް ދާން… މާލެގޮސް ސްކޭނެއްވެސް ހެދޭނީ…..” ހިޝާން، ދާން ބޭނުންވިޔަސް މިވަގުތު އޭނާއަށް ދެވެން ނެތުމުން އޭނާ ދެރަވިއެވެ. ބަލްޚާއަށްޓަކައި އެވަރުގެ ކަމެއްވެސް ކޮށްދޭން އޭނާ ނުކުޅެދުނީތީއެވެ. “ސަކީނާއްތަ މިހުރީނު… ހަމަ ހުސްހަށި ބަޔަށް ހުންނަ މީހެއް ސަކީނާއްތައަކީ… ތިވަރުގެ ކަމެއް ނުވާންވީ ކީއްވެ؟ މިހާރު ޗުއްޓީވެސް ނަގަންވެފަ މިހިރީވެސް…” ބަލްޚާގެ ބުރަކަށީގައި ފިރުމާލަމުން ސަކީނާ ބުނެލިއެވެ. މެންދުރުގެ ހޫނުގަދަ ވަގުތެވެ. ކަނޑުގެ ލޮނުގަނޑު ކަފަމުން ރާޅުތަކުން ރެކެމުން ފެރީ ކުރިއަށް ދުވަމުންދެއެވެ. މާލޭގެ މަލަމަތި ފެންނަން ފެށުމުން ބަލްޚާގެ ހިތުގެ ތެޅުންވެސް ދިޔައީ އަވަސްވަމުންނެވެ. މި އުފާވެރި ޚަބަރު ދިނުމުން ޖައިޝް ވާނެ އުފަލާއި، އޭނާއާމެދު ކަންތައްކުރާނެ ގޮތުގެ ޚިޔާލުތަކުން ހިތް ފުރެމުން ދިޔައެވެ. ދުވަސްކޮޅަކަށްފަހު މާލެ އެރުމުން، ދުއްވާ އެއްޗެހީގެ ބަރުގޮނުގެ އަޑާއި ދުއްވާއެއްޗެހީގެ […]
ކުއްލިއަކަށް ފަސް އެނބުރި އަތުގައި ހުރި ބާރެއްލާފައި އެމީހާގެ ނޭފަތް މަތީގައި ބަލްޚާ އެތިފަހަރެއް ޖަހައިފިއެވެ. “އައްދިއްޔޯއި! ބަލްޚާ މީ މަށޭ… ހިޝާން” ނޭފަތް މަތީ އަތް އަޅަމުން ހިޝާން އެހެން ބުނިއިރުވެސް އޭނާއަށް ތަދުވެފައިވާވަރު ބަލްޚާއަށް އިހްސާސްވިއެވެ. “ސޮރީ… އަހަރެން ހީކުރީ…..” ހިޝާންގެ އަތުގައި ހިފައި ނޭފަތަށް ގެއްލުމެއްވަފައިވޭތޯ ބަލަމުން ބާލްޚާ ބުނެލިއެވެ. ހިޝާންގެ ނޭފަތުން ކޮންމެވެސް ވަރަކަށް ލޭއައިސް ވާރެއާއެކު ލޭތަށް ދޮވެވި ތުންފަތުން ތިރިއަށް ފައިބައިފައި ހުރިތަން ފެނުމުން ބަލްޚާ ހާސްވިއެވެ. “އިޓްސް […]
އަނުމްގެ އެބަސް ހިތަށް ހަރާލި ތޫނު ހަންޖަރެއް ފަދައިން، އެހިތް ރަނގަޅަށް ޒަޚަމްކޮށްލިއެވެ. އަނުމް އެ ބުނި ބަހަށް އެއްޗެއް ނުބުނެ އިން ޖައިޝްއަށް ބަލާލަމުން ނާއުންމީދާއެކު އެތަނުން ދިއުމަށްޓަކައި ބަލްޚާއަށް ދުއްވައި ގަނެވުނެވެ. އަމިއްލަ ހިމާޔަތުގައިވާ ހުރިހާ އުފާތަށް ބީވުމުން ގިސްލާ ރޮމުންނެވެ. އެ ހިތް ރޯވަރު ޖައިޝްއަށް ނޭނގުނަސް، މިއަދު އެއްކަމެއް އޭނާއަށް ޔަގީންވިއެވެ. ކިތައްމެ ލޯބިވާ މީހަކުވެސް، ތިމާގެ ފުށުން ބޭނުންވާ ކަމެއް ހާސިލް ނުކުރެވުމުން ތިމާ ބާކީކޮށްލާނެކަމެވެ. ދެއްކުންތެރިކަމާއި މުނާފިގުކަމުން، މުޅި ދުނިޔެވަނީ ފުރާލެވިފައެވެ. ހަގީގީ ލޯތްބަކީ ހަމަ ބިލާހެކެވެ. އެފަދަ ޚިޔާލްތަކެއްގައި ބަލްޚާގެ ސިކުނޑި ބަނދެލެވުމުން، ކޮޓަރިއަށްވަދެ އެނދުކައިރީ ބިންމަތީ އިށީދެލަމުން، އެދުގައި ބޯއަޅާލައިގެން އިދެ އޭނާ ހިތް ފުރޭ ވަރަށް ރުޔެވެ. ހަލާކުވެފައިވާ ހިތެއްގައި އަޅާލެވޭ ބޭސްގަނޑެއް ފަދައިންނެވެ. ބައެއް ފަހަރު ކަރުނަކީ ނަސީބެކެވެ. ހިތް ހަލާކު ވުމުން ލޮލުން އޮހޮރޭ ކަރުނުން އެ ހިތަށް ކުޑަ ނަމަވެސް ތަސައްލީއެއް ލިއްބައިދެއެވެ. ” ބަލްޚާ ކަހަލަ މީހެއް އަހަންނަށް ލިބޭ ދަރިއެއްގެ ދޮންމަންމަގެ ގޮތުގައި ހުންނަންވެސް އަހަރެން ބޭނުމެއްނޫން… އެކަހަލަ މީހަކު އަބަދު ކައިރީގައި އުޅޭންޏާ ބޮޑުވަމުން ދާ ވަރަކަށް ދަރިފުޅަށްވެސް ދަސްވާނީ އެގޮތް…” މުސްތަޤުބަލަށްޓަކައި އަނުމް ކުރަހާފައިވާ ހުދާ ކަޅުގެ ޚިޔާލީ ކުރެހުން ކުލައިން ފަވަމުން، ޖައިޝްގެ ސިކނޑި ގަޑުބަޑުކޮށްލަން އަނުމް މަސައްކަތްކުރިއެވެ. އެއިރުވެސް ޖައިޝްއިނީ އެއްޗެއް ނުބުނެ އިސްޖަހާލައިގެންނެވެ. “ދޮންބޭ އިމީއަށް ހީވަނީ އަނުމް އެބުނީ މުޅިއަކުން ގޯސް ވާހަކައެއް ނޫންހެން…” އަނުމްއާ އެއްބައިވެލަމުން އިމީވެސް ބުނެލިއެވެ. އިމީގެ ބަދަލުވެފައިވާ މިޒާޖު ފެނުމުން އިނާޒާ އިނީ އުފަލުންނެވެ. ކުރިން ބަލްޚާގެ ހަށިފާރަވެރިއެއް ފަދައިން ބަލްޚާއަށްޓާކައި އަންނަ ކޮންމެ ހަމަލާއަކުން އޭނާ ދިފާޢުކޮށްދެން އެންމެ ގާތުގައި ހުންނަނީވެސް އިމީއެވެ. ނަމަވެސް އެމީހަކަށްޓަކައި އިމީގެ ހިތް ހަމައެކަނި ހަދިޔާކުރެވުނު، ހިޝާންއާއި ބަލްޚާގެ “ގުޅުން” އެނގުމުން އިމީ ގެ ހިތުގައި ބަލްޚާއަށްޓަކައި ހަސަދައިގެ އޮއިވަރެއްވެސް ހިނގާލައިފިއެވެ. “ދަރިފުޅާ!! މަންމަވެސް އަނުމްއާ އެއްބަސް…. ބޭވަފާތެރިއަކަށްޓަކައި މުޅި ޢުމުރު ހުސްކޮށްލަންވީ ކީޢްކުރަން… ބައެއްފަހަރު ދިރިއުޅުމުގައި ދެމީހުން ދެމަގުޚިޔާރު ކުރަންޖެހޭ ޙާލަތު އާދޭ… ދަރިފުޅަށް މިހާރު ތި ދިމާވެފައިވަނީ އެކަމަށް އެންމެ ރަނގަޅު ވަގުތާ…” މަކަރުން ފުރިގެން އިނަސް އިނާޒާ އޭނާ ދައްކަމުން ދިޔަ ވާހަކަ ދައްކަމުންދިޔައީ ހެޔޮއެދޭ މަންމައަކު ދަރިއަކަށް ހެޔޮ ނަސޭހަތެއް ދޭފަދައިން މަޑުމައިތިރި ކަމާއެކުގައެވެ. އެކި ޚިޔާލްތަކުން ސިކުނޑި ތަޤައްޔަރުވުމުން ޖައިޝްގެ ބޮލުގައި ރިއްސާގޮތްވިއެވެ. ދިރިއުޅުން އޭނާ ގެނެސް މި ހުއްޓުވީ ކޮންފަދަ ދެއަނގޮޅިއެއްގެ ދޭތެރެއަށް ހެއްޔެވެ؟ އެއްކޮޅުގައި ވަނީ އޭނާގެ އާއިލާއެވެ. އަނެއްކޮޅުގައި އެވަނީ އޭނާ އެމީހަކުދެކެ އިންތިހާއަށް ލޯބިވާ އޭނާގެ އަނބިމީހާއެވެ. ދިމާވި ކަމަކުން ބަލްޚާ ދެކެ ކިތައްމެ ރުޅިއައިސްފައި ހުއްޓަސް ބަލްޚާ ދެކެ އޭނާވާ ލޯތްބަށް ބަދަލެއް އައިހެނެއް އޭނާ އަކަށް ހިޔެއް ނުވެއެވެ. ސިކުނޑީގައި އެނބުރޭ ޚިޔާލުތަކާހެދި އުނދަގޫވުމުން ޖައިޝް އެންމެ ފަހުން އެތަނުން ތެދުވިއެވެ. ވިސްނާލާފަ ފަހުން އެއަށް ޖަވާބު ދޭނެ ކަމަށް ބުނަމުންނެވެ. ރޭގަނޑު ގަޑިން ބާރަޖެހުމާ ގާތްވަނީއެވެ. ކަޅު ބޯ ވިލާތަކުން އުޑުމަތި ބަނަކުރަމުން، ގަދަފަދަ ތޫފާނެއްގެ އިންޒާރުދެމުން ވިދާލާވިދުވަރާއެކު ވާރޭ އޮއްސާލިއެވެ. ޖަހާލާ ބާރު ގުގުރިއާއެކު ސިއްސައިގެން ދާކޮންމެ ފަހަރަކު ބަލްްޚާ ކަންފަތުގައި އަތް އަޅާއި ބާރުކޮށްލައެވެ. ބިރުން އެނިކަމެތި ޖިސްމު ރޫރޫއަޅަމުން ދިޔައެވެ. އޭނާ އެޙާލުގައި އިންއިރު […]
މެހެރުގެ ނިޔަތަކީ ކޮބައިކަން ނޭނގިފައި އިން ހިޝާންގެ ބުމައިގެ މަތިން މޫނުގެ އަރިމަތިން ދަތްދޮޅިއާ ހަމައަށް އިނގިލި ހިންގާލަމުން އަދި އިހުނަށްވުރެ މެހެރު ހިޝާންއާ ގާތްވެލިއެވެ. “ވަރަށް ލޯބިވޭ……..” ” ކޮންކަމެއް ތީ…؟!” ހޭބުއްދި ފިލާފައިވާ މޮޔައަކު ފަދައިން މެހެރުއްނިސާގެ ލަދުވެތިކަން އޭގެ އިން ފަހަނަ އަޅައިގޮސް މާ ބޮޑުވަރު ނުވީ އެވަގުތު އެތަނަށް އައިސް ހުއްޓުނު އިމީގެ ސަބަބުންނެވެ. އިމީހުރީ ދެބުނަ ގޮށްޖަހައިގެން ދެއަށް ބަނޑާ ދިމާލުން އަރިމަތީގައި ޖަހާލައިގެންނެވެ. “ހޫން .. ވަރަށް ފޫހިވޭ! ދެ މީހަކަށް އެކަނި ވެލެވޭކަށްވެސް ނޯންނާނެ މި މަންޖެއަކާ ހެދި…. ” މަޑު ސޮޕޮންޖް ޖެހި ސޯފާގެ ތެރެއަށް ރަނަގަޅަށް ފޫހަރާލައިގެން ހިޝާންއާ ޖެހި ފިތިގެން އިން މެހެރުއްނިސާ ބަރުހެލިކަމާއެކު އެތަނުން ތެދުވަމުން ތުންއަނބުރާލަމުން އެތަނުންދާން ހިނގައިގަތެވެ. ދެންމެ ވާން އުޅުނު ކަންތަކާހެދި ކުއްލި ސިހުމެއްލިބި މޭމަތީގައި އަތް ޖައްސާލައިގެން ހިޝާން އިންގޮތް ފެނުމުން އިމީ ހުރީ ބަނޑުގައި އުތުރި އަރަމުންދިޔަ ހިނިގަނޑު ބޭރުވެދާނެތީ އަނގަލައްޕައި ބާރުކޮށްލައިގެންނެވެ. ” ކޮންކަހަލަ މީހެއްތަ އެއީ؟! ސައިކޯ…” ބޯކަހާލަމުން ސޯފާއިންތެދުވެ އެހެން ބުނެލަމުން ހިޝާން އިމީއަށް ބަލައިލިއެވެ. ހިޝާން އެހެން ބުނެލުމާއެކު އިމީގެ މޫނުމަތިން ސީރިއަސްކަން ދައްކަމުން އިމީ ދެލޯ ބޮޑުކޮށްލިއެވެ. ” އޯހްހްހް… އައިއެމް ސޮރީ….” މެހެރުއްނިސާއަކީ އިމީގެ ބޮޑުދައިތަކަން ހަނދާންވުމުން ނިތްކުރީގައި އަތް ކާތާލަމުން ބުނެލިއެވެ. “ހަހަހަހަ… ފިލްމުތަކުންވެސް ފެންނަނީ މުޅިންވެސް ފިރިހެނުން، އަންހެން ކުދިންގެ އިއްޒަތް ލޫޓުވާތަން… އަދި އަލަށް މިފެނުނީ އަންހެނަކު ފިރިހެނެއްގެ އިއްޒަތް ލޫޓުވާލަން އުޅޭތަން… ހަހަހަ….” ބަނޑަށް ހިންދާލައިގެން ހުރި ހިނިގަނޑު ފަޅާއިގެން ދިއުމުން ، އިމީ ހެމުން ހެމުން ބުނެލިއެވެ. ******* “މެހެރު އާންޓީ ހިޝާންއާ ހެދީ މޮޔަވެދާނެހެން ކުރިންވެސް ހީވިއޭ… ވަރަށް ޒުވާން ބިޓުން ބޭނުންވާ މީހެއް އެއީ…” ހިޝާންއާ ދިމާކޮށްލަމުން، އެވަގުތު އަނެއްކާވެސް އިމީ މެސެޖްކުރިއެވެ. ” އެ އޭޖްގަވެސް ކިހާ ހޮޓް ހުންނަލެއް.. ހެހހެހެ…” އެރޭގެ ބޮޑުބައި ޗެޓްކުރުމުގައި ހޭދަކުރުމަށްފަހު ހިޝާންއާ އިމީ ވަކިވީ ވަރަށް އަވަހަށް ބައްދަލުކުރަން ވަޢުދުވަމުންނެވެ. ހިޝާން ހުރީ އިމީ ދެކިލާހިތުން ކެތްމަދުވެފައެވެ. ދިރިއުޅުމުގައި ކުރިއަށް ފިޔަވަޅު އަޅައި، މާޒީވެ ދިޔަތަން ދޫކޮށްލައި އަލުން އާފެށުމަކުން ލޯބީގެ ދަތުރުވެސް ފަށަން ނިންމައިގެންނެވެ. ޔަގީނުންވެސް މިފަހަރު އޭނާގެ އެ ދަތުރުގެ ބައިވެރިއަކީ އިމީއެވެ. ފަލަކުގައި ރަނުގެ ދޯދިތައް ދިއްލަމުން، ކަނޑުގެ ނިވަލުގައި ފޮރުވިލަން އިރު، ތައްޔާރު ވަމުންދަނީއެވެ. އެވަގުތު އުދަރެހަށް ވެރިވެފައިވާ ތަފާތު ކުލަތަކާއެކު އޮއްސެން އެދާ އިރަށް ބަލަހައްޓައިގެން ބަލްޚާ އިނީ ޖައިޝްގެ ކޮނޑުގައި ބޯއަޅާލައިގެންނެވެ. ދިރިއުޅުން ދެކަފިވެ، ދިރިއުޅުމުގެ ހުންގާނު އަތުން ބީވާން ތައްޔާރުވަމުންދާ ކަމުގެ ވޭނީ ޢާހެއްގައެވެ. އިނާޒާގެ ހާލަތު ދުވަހަކަށްވުރެ ދުވަހެއް ގޯސްވަމުންދާތީ، އިނާޒާއަށްޓަކައި، އަނުމްއާ ދެއަންބަށް ކައިވެނިކުރަން އިނާޒާއެދެމުންދާ ދިއުމާމެދު ޖައިޝް ހުރީ ގޮތް ހުސްވެފައެވެ. ބަލްޚާ އިނީ އިނާޒާގެ އެއެދުމުން މަނާވެ ގަންނަން ޖައިޝް ކައިރީ އެދޭނެހާވެސް ހިތްވަރު ނުލިބިފައެވެ. އަމިއްލަ ނަފްސުގެ އުނިކަމާއި ނުކުޅޭދުންތެރިކަން ހިތަށް އަރާފައެވެ. އެއާއިލާގެ ދަރިފަސްކޮޅު ދެމިގެން ދިއުމުގައި ޖައިޝްއަކީ މުހިންމު މީހަކަށްވާތީ، އެކަން އޭނާ މަނާ ކުރާނީވެސް ވަކި ކޮން ދުލަކުން ހެއްޔެވެ؟ އެހާ އަމިއްލަ އެދުން ކުރިއަށް ނެރޭކަށް އޭނާ އަކަށް ނުކެރޭނެއެވެ. ” މަށަށް މައްސަލައެއްނެތް… އެކަމަކު… ޖައިޝް…… އަހަރެން ދޫކޮށް ނުލާތި…..!” އަމިއްލަ ލޯބިވާ ފިރިމީހާ އެހެން އަންހެނަކާ ހިއްސާކުރަންޖެހުމަކީ ކިހާ ބޮޑު ވޭނެއްކަން އެނގޭނީ އެފަދަ ކަމެއް ދި،މާވުމުންނެވެ. އަނުމްއާ ކައިވެނި ކުރުމަކީ ޖައިޝްވެސް އެދޭގޮތެއް ނޫނެވެ. އިނާޒާގެ އާދޭހާ ހެދި ޖައިޝް މަޖުބޫރުވެފައި ހުންނަ މިންވަރު ބަލްޚާއަށްވެސް އެނގެއެވެ. އަނެއްކޮޅުން ޖައިޝް ބައްޕަ އަކަށް ވާން ބޭނުންވާ މިންވަރުވެސް ބަލްޚާއަށް ވަނީ ވަޒަންކުރެވިފައެވެ. އެފަދަ […]
ހަށިގަނޑުގައި ފުރާނަ ހުރިނަމަވެސް، ހިމޭން ދިގު “ނިންޖެއްގައި” އޮތް ޠައްޔިބުއަށް ޖައިޝް ނިކަން ފަރުވާތެރިކަމާއެކު ބަލައިލިއެވެ. އެހިނދު ހަގީގަތަކަށްޓަކައި އޮޅުވާލެވުނު މި ބޮޑު އޮޅުވާލުމުގެ ހަގީގަތް ޖައިޝްގެ ލޯކުރިމަތީގައި ފިޔަ ޖަލާލިއެވެ. ކަޅާ ހުދުގެ މަންޒަރެއް ފަދައިންނެވެ. ******* ” ދަރިފުޅާ….. ދަރި ފުޅުގެ ދިރިއުޅުމުގެ… ހަގީގަތާ.. ގުޅޭ … ވަރަށް….. ބޮޑު…… ސިއްރެއް ވަނީ… ފޮރުވިފަ…. ބަ… ބަ… ސިޓީ………….” ޠާއްޔިބުއާ ދިމާއަށް ގުދުވެލުމާއެކު ހަށިގަނޑަށް ބާރު ލަމުން ޠާއްޔިބު ބުނަން އުޅުނު އެތި ޖައިޝްއަށް ރަނގަށް ސާފުވާ ގޮތެއް ނުވިއެވެ. ނޭވާ ނުލެވިގެން ގަދަޔަށް ހިންދެމިލަން މަސައްކަތްކުރާ މީހަކު ފަދައިން ޠައްޔިބުގެ ހަށިގަނޑު ކުއްލިއަކަށް މެއާ ދިމާލުން މައްޗަށް އުފުލުނީ އެވަގުތުއެވެ. އެހިނދު، ބޭރުވި ފުންނޭވާއާއެކު ޠައްޔިބުގެ ހިތް ހުއްޓުނު ފަދައެވެ. ހަށިގަނޑަށް ގުޅާފައިވާ މެޝިނުގެ “ބީޕް ބީޕްގެ އަޑު ކެނޑިގެން ދިޔައެވެ. ޠާއްޔިބު މި ފަނާކުރަނިވި ދުނިޔެއާ ވަކިވި ކަމުގެ އިހްސާސާއެކު ޖައިޝް ބައްޕާއޭ ކިޔާ ޠާއްޔިބުގެ ގައިގައި އޮޅުލައިގަތެވެ. ހެޔޮ ނަސީބަކީ ކިހާ ބޮޑު ނިޢުމަތެއްކަން ޖައިޝްއަށް އިހްސާސްވީ ހަމަ އެވަގުތު އެތަނުގައި ބާއްވާފައި އޮތް އެހެން ބަލި މީހަކަށްޓަކައި ހާޒިރުވި ދެ ޑޮކްޓަރުންގެ ސަބަބުންނެވެ. ކަންދިމާކުރި ގޮތުން ދެ ޑޮކްޓަރުންނަކީވެސް ޠައްޔިބުގެ ގާތް ދެ އެކުވެރިންނެވެ. ހުރިހާވެސް ޝުކުރެއް ތަޤުދީރު ރޭއްވި އެ އޯގާތެރި ތަދުބީރަށެވެ. ޖައިޝްވެސް ހިމެނޭގޮތުން އެ ދެ ޑޮކްޓަރުންގެ މަސައްކަތުން ޠާއްޔިބަށް “މަރުން” ސަލާމަތް ވެވުނު ފަދައެވެ. ހިނދުކޮޅަކަށް ހުއްޓުނު އެ ހިތުގެ ހިނގުން އަލުން ލިބިގެން ދިއުންވީ ޖައިޝްގެ ލޮލު ކުރިމަތިން ފެނުނު މުޢުޖިޒާތެއް ފަދަ ކަމަކަށެވެ. މާތްﷲ ގެ ކުޅަދުން ވަންތަ ކަމާއެވެ!. ” ބަ.. އް… ޕަ އަށް މިހެން ހެދީ…. ބައްޕަ… ދަންނަ މީހެއް……………………………” އަޖާއިބެއްފަދަ ގޮތަކަށް ލިބުނު ” ދެވަނަ ދިރުމާއެކު” މަޑުމަޑުން ލަސްވަމުންދިޔަ ހިތުގެ ހިނގުމުގެ ސަބަބުން ޠާއްޔިބުގެ ދޫ ކުއްލިއަކަށް ތަޅުލެވުނުފަދައެވެ. ޠާއްޔިބުއަށް ވީގޮތް ޖައިޝް އެނގުމުން ހަށިން ރޫޙު އުފުރިގެން ދާފަދަ ބިރުވެރި ހަރަކާތަކާއެކު ޖައިޝްއަށް ދެއަތުން ބޮލުގައި ބާރަށް ހިފަހައްޓާލެވުނެވެ. މިއީ ކޮންފަދަ އިމްތިޙާނެއްބާވައެވެ؟ ހިނދުކޮޅެއްގެ އުފާ ދިނުމަށްފަހު އެ އުފާވެސް ބީވެގެން ދިޔައީ ހެއްޔެވެ؟ ކޯމާގެ ހިމޭން ނިންޖެއްގައި ޠައްޔިބުގެ ހަށިގަނޑު ޤައިދުވެފައި އޮތް މަންޒަރު ފެނުމުން ޖައިޝްގެ ހިތް ކުދިކުދި ވި ފަދައެވެ.ބައްޕަގެ އެންމ،ެ ފަހު ލަފުޒުތަކާއެކު، އެފަދަ ނިކަމެތި ޙާލަތަކަށް އެ އޯގާވެރި އިންސާނާ ވައްޓާލި މުޖުރިމުންނާ މެދު އެކަށޭނެ ބަދަލު ހިފުމަކުން އެ ބައެއްގެ ދިރިއުޅުން ބަރުބާދުކޮށްލުމުގެ ޖޯޝް ޖައިޝްގެ ހިތުގައި އުފެދުނެވެ. “ސިޓީ…. ދަންނަ މީހެއް” އެހިނދު ޖައިޝްގެ ތުންފަތް ތަޅުވާލަމުން ބައްޕަގެ އެ ބުނުމުން އޭނާއަށް […]
ރޭގަނޑު ގަޑިން އެކެއް ޖެހުމާ ގާތްވަނީއެވެ. އެއްވެސް އިންޒާރެއް ދިރުމެއްނެތި ވެހެންފެށި ހިމަފޮދު ވާރެއިން ސަލާމަތްވާންވެގެން، ސައިކަލުން ފައިބައި ގެއަށް ވަން ނަން އިމީ ދުއްވައިގަތެވެ. ދޮރާށި ހުޅުވާލުމަށް ފަހު ކުއްލިއަކަށް އެއްޗެއް ހަނދާންވެގެން ކަހަލަގޮތަކަށް އިމީ މަގުގެ ދެކޮޅު ހޯދާ ބަލައިލިއެވެ. ” މި އޮތީ ތި ހޯދާ އެތި!” އެވަގުތު އަތުގައި އޮތް ކަޅުކުލައިގެ ފައިލް އިމީއާ ދިމާއަށް ދިއްކޮށްލަމުން ހިޝާން އިމީގެ ކުރިމައްޗަށް އައިސް ހުއްޓުނެވެ. ހިސާބަކަށް ވާރެއާ ތެމުމުގެ ސަބަބުން ހިޝާންލައިގެން ހުރި މަޑު ނޫކުލައިގެ ތުނި އަތްދިގު ގަމީސްވަނީ އެ ރީތީ ފިރިހެން ވަންތަ ހަށިގަނޑުގައި ތަތްލަވާފައެވެ. ކަރުގައި އަޅުވާލާފައިވާ ޓައީގެ ގޮއް ކޫޑަކޮށް ދޫކޮށްލެވި ފައިވުމުން ރަސްމީގޮތް ކެނޑި ކެޒުއަލް […]
ނޭވާ ނުލެވިގެން ތެޅި ފޮޅެމުންދިޔަ ޠައްޔިބު ޖައިޝްގެ އަތުގައި ހިފައި ކޮންމެވެސް އެއްޗެއް ބުނެވޭތޯ މަސައްކަތްކުރިއެވެ. ޠާއްޔިބު ދައްކަން އުޅުނު ވާހަކަ އަޑުއެހުމަށްވުރެ ޖައިޝްއަށް އެވަގުތު މުހިއްމުވީ، އޭނާގެ ފުރާނަ ސަލާމަތްކުރުމެވެ. ނިކަން އަވަސްއަރުވާލާފައި ޠާއްޔިބު ބާއްވާފައި އޮތް އެނދުގެ ބޯލާކޮޅުގައި އިން ސްވިޗްތަކުގެ ތެރެއިން އެމެޖެންސީ ސްވިޗަށް ފިތާލުމާއެކު ދެތިން މިނެޓެއްތެރޭ ޑޮކްޓާރަކާއި ނަރުހެއް އެކޮޓަރިއަށް އައިސްވަދެއްޖެއެވެ. ހާލަތު ރަނގަޅުވަމުންއައި ޠައްޔިބުގެ ހާލު ކުއްލިއަކަށް ގޯސްވުމުން ޑޮކްޓަރުވެސް ހުރީ ބުނަންވީ އެއްޗެއް ނޭނގިފައެވެ. މާ ލަސްނުކޮށް […]
“މަންމާ! ކިހިނެތްވީ؟!” ނިކަން ބާރަށް ގޮސް އިނާޒާގެ ގައިގައި ހިފަހައްޓާލަމުން ޖައިޝް ބުނެލިއެވެ. ” ދަރިފުޅާ! ބަ.. ބައްޕަ އޮފީހުން ނުކުމެ ކާރަށް އަރަނިކޮށް ބަޔަކު ބައްޕަ ގަޔަށް ވަޅި………” އިނާޒާއަށް ބުނެވުނީ އެހާ ހިސާބަށެވެ. ޖައިޝްގެ ގައިގައި އޮޅުލައި ގަންނަމުން އިނާޒާ އެހެން ބުނެލުމާއެކު، ޖައިޝްއަށް ހުރެވުނު ތަންވެސް ނޭނގުނެވެ. “ކޮބާ ބައްޕަ…؟!” ޖައިޝް ނިކަން ހާސްވެފައި ތަންކޮޅަށް ބާރަށް ބުނެލިއެވެ. އެއިރު ބަލްޚާވެސް އައިސް އެމީހުންނާ އަރާ ހަމަކުރަނީއެވެ. ލިބުނު ހަބަރުން ދޫ ތަޅުލެވިފައި ބަލްޚާއަށްވެސް […]
20 އޮގަސްޓް 2017 ގެ ބަޔާ ގުޅޭ… އެވަގުތު ޖައިޝްއާއި އިމީވެސް އެތަނަށް އައިސް ހުއްޓުނެވެ. “ކިހިނެތް ވެފަ މިތަނުގަ ތިތިބީ…؟!” ފާރުގައި ލައްވެލައިގެން ބަލްޚާ ހުރިގޮތް ފެނިފައި، ވަމުން ދިޔަ ކަންތަކުގެ ޚަބަރެއްނެތި ހުރެ ޖައިޝް އެހިއެވެ. އިނާޒާ މާނަ ފުން ނަޒަރަކުން ބަލްޚާއާއި ހިޝާންއަށް ބަލަމުން އެއްވެސް އެއްޗެއް ނުބުނެ އެތެރެއަށް ވަދެގެން ދިޔައެވެ. އިނާޒާގެ އެ އެމަލުން ބަލްޚާގެ ހިތް ބިރުގެންނުވިއެވެ. ގަދަ ފަދަ ތޫފާނުގެ ކުރިން އެފަދަ ހިމޭންކަން އަންނަ ކަމުގައި […]