18 އޮގަސްޓް 2017 ވަނަ ދުވަހުގެ ބަޔާ ގުޅޭ…… އިމީގެ މޫނަށް ބަލައިލަމުން ހިޝާން އެއަތުގައި ހިފިއެވެ. ” ތިއީ ދޮންބެ ގެ ފްރެންޑެއްދޯ! އެކަމް މީގެ ކުރިން ނުދެކެން! މިގެއަކަށްވެސް ނާންނަމެއްނު!” އިމީ ހުރީ ހިޝާންއާ ވާހަކަ ދައްކާލަން ބޭނުންވެފައެވެ. ހިޝާން ބޭނުންވީ އަވަހަށް އެގެއިން ނުކުމެގެން ދާށެވެ. އިމީ އޭނާގެ އަތުން ދޫކޮށްނުލައި އެހުރި ގޮތަށް ހުރުމުން އޭނާއަށް އެކަން ކާމިޔާބުވާގޮތް ނުވީއެވެ. “ސްކޫލް ނިންމި ގޮތަށް ލިބުނު، ސްކޮލާރޝިޕްގައި ކިޔަވަން އުޅެލާފަ، ނިންމާލިގޮތަށް […]
(ނުވަވަނަ ބައި) ހަތްްއަހަރު ފާއިތުވެގެން ދިޔަލެއް އަވަހެވެ. އަލަތު ކައިވެންޏަށް ފަރިކޮށް ނަލަކޮށްފައިވާ ދުލްހަން އެއް ފަދައިން އައްސޭރިވިލާ ކުލަބޮކި ތަކުން ދިއްލާ އަޅައިފައިވެއެވެ. އިނާޒާގެ މޫނު މަތިން ފެންނަމުން ދިޔައީ އުފާވެރިކަމެވެ. ގޭގެ ބަގީޗާތެރެއަށް ޖަމާވެފައިވާ މެހެމާނުންނަށް އޭނާ މަރުހަބާ ކިޔަމުން ދިޔައީ ނިކަން ފުޅާ ހިނިތުންވުމަކާއެކުއެވެ. ގަޔަށްބާރު ދިގު ހެދުމަކާއެކު އަޅާފައިވާ ރަނުގެ ގަހަނާތަކުން އޭނާގެ ޢުމުރު ހަގު ކަމަށް ދައްކައެވެ. އެންމެ ގާތުން އަނުމްގެ މަންމަ އިނާޝާވެސް އެކި ކަންކަމުގައި އިނާޒާގެ އަތް ގާތް ކޮށް ދިނުމުގައި އަވަދިނެތިވެ އުޅުނެވެ. މަންމައާއި އިނާޒާގެ މިގާތްކަން ފެނި އެންމެ އުފަލުން އިނީ އަނުމްއެވެ. ބަލްޚާ އެކި ކަންކަން ހަމަޖައްސަމުން މެހެމާނުން ކެއުމުގެ ކަންކަން އިންތިޒާމުކުރުމުގައި ގޭގެ އެހެން ނޯކަރުންނާއެކު އަވަދިނެތިވެ އުޅުނެވެ. މި މަންޒަރު ފެނި އެންމެ ދެރަވެފައި އިނީ، އިމީއެވެ. އެވަގުތު ދޮންބެ އެތަނުގައި ހުރި ނަމައޭ އޭނަގެ ހިތަށް އެރިއެވެ. ބަލްޚާ އެގެއަށް ގެނައީ މެހެމާނެއް ކަމުގައި ދެކިގެން ނަމަވެސް އެގޮތުގައި އޭނާއަށް ދެމި ހުރެވުނީ ކުޑަ ދުވަސްކޮޅަކަށެވެ. ބަލްޚާގެ ހާލަތާމެދު ކިތައްމެ ދެރަވިޔަސް އެކަމުގައި އިމީއަށް އެއްވެސް ކަމެއް ނުކޮށްދެވުނެވެ. ގޭތެރޭގެ ޝަކުވާތަށް ބޮލަށްލައިގެން އެކަންކަން ހައްލުކޮށްދެވޭ ވަރަށްވުރެ ޠައްޔިބުވެސް އުޅެނީ އޮފީސް ކަންކަމުގައި އަވަދިނެތިވެއެވެ. މިވީ ހަތް އަހަރު ތެރޭގައި ވިޔަފާރީގައި އޭނާގެ އެންމެ ގާތް ބައިވެރިން އޭނާ ދޫކޮށްލީ ކުއްލިއަކަށެވެ. އެކަމުގެ ސަބަބުން އަޑިއަޅާލި، އޭނާގެ ވިޔަފާރި ނަގާ ކޮޅަށްޖެހުމަށް ރޭދުވާ ވަކި ނުކޮށް އޭނާއަށް ޖެހުނީ މަސައްކަތް ކުރާށެވެ. މީހާގެ ތަބީޢަތު ގޯސްވެ ހަށިގަނޑު އަރާމަކަށް އެދި ގޮވިޔަސް އެއްވެސް ފަރުވާލެއް ބެހެއްޓުމެއް ނެތިއެވެ. ” ބަލް… އަޅޭ ދެން ދޭބަލަ ރެޑީވެގެން އަންނަން…” އިމީއަށް ނުހުރެވިގެން އެންމެފަހުން ބަލްޚާގެ ގާތަށް ޖެހިލަމުން މަޑުމަޑުން ބުނެލިއެވެ. ބަލްޚާ އިނާޒާއަށް ބަލައިލިއެވެ. އެ އަންހެންމީހާ އޭނާއަށް ކުރާ ނަފްރަތު ހިތަށް އެރިޔަސް އޭނާ ބިރުން ރޫރޫއަޅައި ގަނެއެވެ. މި ހަތް އަހަރުތެރޭ ކޮންމެވެސް އެހެން ތަނަކަށް ދާން އޭނާ ކިތައްމެ ފަހަރަކު މަސައްކަތް ކުރިއެވެ. ކޮންމެ ފަހަރަކުވެސް އިމީގެ އާދޭހާއި، ޠާއްޔިބުގެ އެދުމާއެކު އޭނާ އެގޭގައި މަޑުކުރަނީއެވެ. “ބައި ދަ ވޭ… އިމީ ކިހިނެތްތަ؟” ބަލްޚާގެ ކުރިމައްޗަށް ހުއްޓިލަމުން އިމީ ނިކަން ހެވިފައި އަހާލިއެވެ. ބަލްޚާ އިމީއަށް ނިކަން ފުން ނަޒަރަކުން ބަލައިލިއެވެ. އިމީ ކުޑަކުއްޖަކުން ނޫންކަށި ޒުވާނަކަށް ވާތަން ނިކަން ގާތުން އޭނާ ދުށްޓެވެ. މި ޒުވާނާއަކީ ކާއިނާތުގައިވާ ހުރިހާ ރީތި ކަމެއް އެކުވެގެން އުފައްދަވާފައިވާ ރީތި ހުސްކުރި ފަތްމިންޏެކެވެ. ޢުމުރާއެކު އިމީގެ ހެދުން އެޅުމުގެ ވައްޓަފާޅިއާއި ހަށިގަނޑަށްވެސް ބޮޑު ބަދަލެއް އައިސްފައިވެއެވެ. ހަގީގީ އަންހެން ކުއްޖެއްގެ ހުރިހާ ސިފައެއް މިހާރު އޭނާއަށް ލިބިފައިވެއެވެ. މިރޭ އިމީ ލައިގެން ހުރި ކަޅުކުލައިގެ މަހުމާ ފޮތީގެ އިވްނިންގ ގައުންގައި އޭނާ ފެންނަލެއް ވަރަށްވެސް ހިތްގައިމެވެ. އިސްތަށިގަނޑު އެއް ފަރާތަކަށް ވާގޮތަށް ގެނެސް ކޮނޑުމަތިން މޭމައްޗާ ހަމައަށް ވައްޓާލާފައިވާއިރު އެ ދޮން ކަނދުރާގެ ބޮޑު ބައެއް ހާމަވެފައިވެއެވެ. ކުއްލިއަކަށް މުޅިތަން އަނދިރިވުމާއެކު ބަލްޚާއަށް ތެޅިގަނެވުނެވެ. ގަދަވެގެން ދިޔަ، މެހެމާނުންގެ “ސިމިސިމި” ލެއްވުމުގެ އަޑާއެކު ދިއްލުނު ސްޕޮޓްލައިޓްގެ އަލި އެޅިފައިވާ ދިމާއަށް އެންމެންގެ ނަޒަރު ހުއްޓުނެވެ. ކަޅު ޓަކްސިޑޯއެއްގައި ހުރި ޖައިޝް ފެނުމުން ބަލްޚާ ހުރި ތަނަށް ގަނޑުވާގޮތްވިއެވެ. ޖައިޝްގެ ފިރިހެންވަންތަ ބިޔަ ހަށިގަނޑާއި، ތުނިކޮށް ބާލާފައިވާ ތުނބުޅި މަތިމަހުގެ ސަބަބުން އޭނާގެ ފިރިހެންވަންތަކަން އެތައް ގުނައެއް އިތުރުކޮށްދީފައިވެއެވެ. މި ހަތް އަހަރުތެރޭ ޖައިޝްއަށް އައިސްފައިވާ ބަދަލު ފެނިފައި ހައިރާންވީ ހަމައެކަނި ބަލްޚާއެއްނޫނެވެ. އެތަނުގައި އެވަގު ތިބި ކިތައްމެ ޒުވާން އަންހެން ކުއްޖަކު، ޖައިޝް ފެނުމާއެކު ހިތާ ދިމާލުން މޭގައި އަތް އަޅާލިއެވެ. އެވަގުތު އަވަސް ފިޔަވަޅުތަކެއްގައި ދުވަމުން ކަހަލަ ގޮތަކަށް ގޮސްް އަނުމް ޖައިޝްގެ މުލައްދަނޑީގައި އަތް އަޅުވާލިއެވެ. ” ނުވެސް ގުޅޭ ދޯ؟!.. އަނުމް ހީވާނީ ދޮންބެ ގައިގަ ތަތްލަވާފަ ހުންނަ އައްޓަ މަހެއްހެން! ވަރަށް ފޫހިވޭ! އަދި ބަލާބަލަ ލާފަ ހުރި ހެދުމެއް! ހީވަނީ ހަތަރެސްކަން ފޮއްޓަކަށް ބެލޫނެއް އަރުވާފަ ހުންނަހެން!” އަނުމްދެކެ ފޫހިވެފައި ހުރެ، އިމީ ކުދި ކިޔަން ފެށުމުން ނުހޭން ހުއްޓަސް ބަލްޚާއަށް ހެވުނެވެ. ” ބަޓް ޝީ އިޒް ނޮޓް ދެޓް ބޭޑް ދޯ! އެހެން ނޫނަސް މީހެއްގެ ފިގާ ހުންނަ ގޮތާމެދު އެހާ އޯވަކްރިޓިކަލް ވާކަށް ނުވާނެ ދޫނީ!” އިމީއަށް ވިސްނައިދޭ ރާގެއްގައި އެހެން ބުނަމުން ބަލްޚާ އިމީގެ ކޮލުގައި ހިފާލިއެވެ. އެވަގުތު ޖައިޝްއާއި […]
(އަށްވަނަ ބައި) އެއީ ރަށުގެ ހޭޅިފަށާ ދިމާލުން މީހުން އެންމެ ގޮސް ނޫޅޭ ހިސާބުކަމުން އެހސާބަށް ފެތުރިފައިވާ ފަނޑު އަލިކަމުގެ ތެރެއިން ޒާހިރު ފެނުމާއެކު ހެދުމުން ވެލި ފޮޅާލަމުން ކުއްލިއަކަށް އެޑްރިއެއްލާއަށް ތެދުވެ އިށީންދެލެވުނެވެ. ” މަ ބުނީ އޮށޯވެލަންހޭ؟! ތެދުވާށެކޭ ނުބުނަމެއްނު.. ވަރަށް ބިރުގަނެއްޖެ ދޯ؟” ގާތް ގޮތަކަށް ހެމުން ޒާހިރު އެޑްރިއެއްލާގެ ގާތުގައި އިށީންދެލިއެވެ. ނުބަލަން އުޅުނަސް އެހިނދު އޭނާ ސިއްރު ނަޒަރުތަކުގެ އަމާޒަކަށްވެފައިވަނީ ހުރަހެއްނެތި ތުނި ހެދުމުގެ ތެރެއިން ފާޅުވަމުންދިޔަ އެޑްރިއެއްލާގެ ވަނާތަކަށެވެ. ހާސިލް ކުރަން ބޭނުންވާ ކަންތައް ހާސިލް ނުވަނީސް އޭނާގެ ހިތްނިޔަތް ޚަރާބުވެ، އުއްމީދުގެ ކުރިމަތީ އިސްޖަހާލަން ޖެހިދާނެތީ ޒާހިރުގެ ހިތް ނުތަނަވަސްވިއެވެ. އެވަގުތު ބޭއިޚްތިޔާރުގައި އޭނާއަށް އެޑްރިއެއްލާއާ ތަންކޮޅެއް ދުރަށް ޖެހިލެވުނެވެ. އަދި އޭނާގެ ލޮލުގެ ނަޒަރު ސީދާ ކަނޑުންނަގަމުންއައި ފިނި ރޯޅިތަކާއެކު ބަނޑި ބަނޑި ލައްވަމުން ވެލިގަނޑުގައި ފެތުރިލާފައިދާ ރާޅުތަކާދިމާލަށް ހުއްޓާލިއެވެ. އެރޭ ދެގަޑިއިރެއްހާއިރު ހޭދަވި އިރު އެޑްރިއެއްލާއާ ބެހޭ ވަރަށްގިނަ ކަންކަން އޭނާ އޮޅުންފިލުވިއެވެ. ދުނިޔެއިން ފާއިތުވަމުންދާ ކޮންމެ ދުވަހަކާއެކު ބައެއް ގުޅުންތައް ވީރާނާ ކަމުގައި ބަނދެވެމުންދާއިރު، އަނެއްބައި ގުޅުންތައް މިނެއްނެތިހެދި ފޯދެމުން ދިއުމަކީ ދުނިޔެ ދައްކާ ހަގީގަތެވެ. އެޑްރިއެއްލާގެ ހިތުން ޒާހިރުއަށް ޓަކައި ފައްކާވަމުންދިޔަ ލޯބީގައި ކުރި ޖަހައި ހެދިގަތީ އެ ކުރިތަށް ކޮށައި ވަކި ކުރުމަށް އެޑްރިއެއްލާއަށް ދުވަހެއްގެ ކޮޅުންވެސް ކުޅަދާނަ ނުވާނެ މިންވަރަށެވެ. އިޝްޤީ ލޯތްބަކީ ހިތް މޮޔަ ކުރުވާ، ސިކުނޑި ހަމައިން ނައްޓުވާލާފަދަ ބާރު ގަދަ އިހްސާސެކޭ އެބުނާ ބުނުމަކީ ކިހާ ބޮޑު ހަގީގަތެއް ހެއްޔެވެ؟ ޒާހިރުއާއެކު މަސައްކަތް ކުރަންފެށިތާ އަހަރެއްވީއިރު، އެޑްރިއެއްލާވަނީ އެ ލޯބީގައި ރަނގަަޅަށް ދިވާނާވެފައެވެ. ހިތް ދިވާނާވެފައި ވީނަމަވެސް ލޯބީގައި ބުއްދި ހަމައަށް ބެހެއްޓުމަކީ ކިހާ މުހިންމު ކަމެއްކަން އެޑްރިއެއްލާ ކުޑަކޮށްވެސް ވިސްނައެއް ނުލައެވެ. ލިބިފައިވާ ފުރުސަތުގެ ފޮނި މީރުކަން ޒާހިރު ލިބިގަންނަމުން ދިޔައީ ހައްދެއްނެތި އެވެ. ” ކޮން އިރަކުން ދެންު އަހަންނާ މެރީ ކުރާނީ….؟! އަހަރެމެންގެ މި ގުޅުމަށް އަހަރު ވާން ދެން މާގިނަދުވަހެއްނެތެއްނު…. އަހަރެން ބޭނުން ޒާހިރުގެ މައިންބަފައިންނާ ބައްދަލުކޮށްލަން..” އަބަދުވެސް ދެމީހުން ބައްދަލުކުރާ ހޭޅިފަށުގައި ޒާހީރުގެ ގާތުގައި ޖެހި ފިތިގެން އޮށޯވެ އޮވެ އެޑްރިއެއްލާ އެހެންބުނެލީ ހިތުގައި ކުރެހެމުން ދިޔަ މުސްތަގުބަލުގެ ޗާޓުގައި ހަގީގީ ކުލަ ޖެއްސުމުގެ ނިޔަތުގައެވެ. ” އެޑްރިއެއްލާއަށް އެނގެއެއްނު އަހަންނަކީ މުސްލިމެއްކަން… އަހަރެން ކިހިނެތް އެޑްރިއެއްލާއާ ކައިވެނި ކުރާނީ؟!” ޒާހިރުގެ ހިތުގައި އެޑްރިއެއްލާއާ ކައިވެނި ކުރުމުގެ އެއްވެސް ގަސްދެއްނެތެވެ. ” ޒާހިރުއާ ބައްދަލުވުމުގެ ކުރިންވެސް އަހަރެން އިސްލާމް ދީން ދަސްކުރަން ބޭނުންވި… އަހަރެން ބޭނުން އިސްލާމް ވާން!” އެ ލޯތްބަށްޓަކައި އީމާން ބަދަލުކުރަންވެސް އެޑްރިއެއްލާ ތައްޔާރެވެ. މުޅިއަކުން އެހެންނެއްވެސް ނޫނެވެ. ދިވެހިންދެކެ އޭނާވާ ލޯތްބާއި ދިވެހި ސަގާފަތްތެކެ އޭނާ ވާލޯބީގެ ތެރެއިން އިސްލާމް ދީނާމެދު އޭނާގެ ހިތުގައި ޝައުގުވެރިކަން އުފެދިފައިވާތާ ކިތައްމެ ދުވަހެކެވެެ. އެކަން ފަސްވެފައިވަނީ މިތަނުގަ އުޅެގެން އެކަމުގައި އޭނާއަށް އެހީވެދޭނެ ރަނގަޅު މީހަކު ލިބިފައި ނުވާތީއެވެ. އެރޭގެ ބައްދަލުވުން ނިމިގެން ދިޔައީ ޒާހިރުގެ ފަރާތުން ކައިވެނީގެ ވައުދެއްވެސް އަދި އިޝާރާތެއްވެސް ދިނުމެއްނެތިއެވެ. އެޑްރިއެއްލާ ދެރަވިއެވެ. ޒާހިރުއާ އޭނާ ދައްކަން ބޭނުންވެ ނުދެއްކިފައިވާ މުހިންމު ވާހަކައެއް އޭނާގެ ދުލާ ހަމައަށް ނުގެނެވުނީ އެހެންވެއެވެ. ޖެހިގެންއައި ދުވަހު ޒާހިރު އޮފީހަށް ހާޒިރުނުވާތީ، ޒާހިރުއަށް ވީގޮތް އެޑްރިއެއްލާ އޮޅުންފިލުވިއެވެ. ޒާހިރު ރިޒޯޓުން ކެނޑިގެން މާލެދާން އުޅޭ ވާހަކަ އިވުމުން އެޑްރިއެއްލާގެ ހިތް ނުތަނަވަސްވިއެވެ. ވަގުތުން ކުރަން އިން މަސައްކަތް ހުއްޓާލުމަށްފަހު ޒާހިރުގެ ކޮޓަރިއަށް އެޑްރިއެއްލާ ދިޔައެވެ. އެވަގުތު އެކޮޓަރީގައި އުޅޭ އަނެއް ދެ ފިރިހެން ކުދިން މަސައްކަތުގައި އުޅޭތީ ކޮޓަރީގައި އުޅެނީ ޒާހިރު އެކަންޏެވެ. އެނދުމަތީގައި ޕެކްކޮށްނިމިފައިވާ ދަބަސް ހުރިތަން ފެނުމުން އޭނާއަށް އިވުނީ ތެދެއްކަން އެޑްރިއެއްލާއަށް އެނގުނެވެ. “ދަނީތ؟!… ދެން ނާނާނަންތަ؟!” ހިފެހެއްޓުމެއްނެތި ހޯސްލާފައި އެޑްރިއެއްލާގެ ލޮލުން ދެމިގަތް ކަރުނަތަށް އޭނާގެ ދޮން ކޯތާފަތް ތެތްމަމުން ދިޔައެވެ. ” އާން…” އެޑްރިއެއްލާއަށް ބަލައިވެސް ނުލައި ޒާހިރު ބުނެލިއެވެ. “އެނގޭތަ އަހަރެން ޕްރެގްނެންޓްކަން؟!” ގޮތް ހުސްވެ، އާދޭސް ކުރާ ރާގެއްގައި އެހެން ބުނެލުމާއެކު ޒާހިރު ދިޔައީ ސިއްސައިގެންނެވެ. ” ކާކުގެ ދަރިއަކަށް؟!!!” ދެނެހުރިކަމަށްވެސް ހަދައިނުލައި ރަހުމްކުޑަކަމާއި ހިތް ހަރުކަމާއެކު އެޑްރިއެއްލާ އާ ދިޟާއަށް ބަލައިވެސް ނުލައި ޒާހިރު އެހެން ބުނެލުމާއެކު އެޑްރިއެއްލާ ގެ ފައިން ވާގި ދޫވިހެން އޭނައަށް ހީވިއެވެ. މުޅި ހަށިގަނޑު ފިނިވެ ހިތް އަވަސްވެލިއެވެ. ޒާހިރުގެ ފަރާތުން އެފެނުނު ލޯތްބާއި އަޅާލުމަކީ އަވާމެންދުރެއްކަން އޭނާއަށް ރޭކާލީވެސް އަދި ކިރިޔާއެވެ. […]
(ހަތްވަނަ ބައި) ” ބައްޕާާ! އެހެންވީމަަ، ބަލްޚާ މިގެއަށް ގެންނާނަންދޯ؟” ތަނަށްވެރިވެފައިވާ ހިމޭންކަމާއެކު، ކޮންމެ މީހެއްގެ މޫނުމަތިންވެސް ފެންނަމުން ދިޔައީ ތަފާތު އިހްސާސެކެވެ. ” ދަރިފުޅާ… މި ގެއަކީ ވަންނާނެ ގެދޮރު ނެތް މީހުން ވައްދަން ހަދާފަ ހުރި ޔަތީމްޚާނާއެއް ނޫނެއްނު. ތާކުން މީހަކު ފެންނަ އިރަށް ގެއަށް ވައްދަން!” ރުންކުރުކަމާއެކު ފަރުވާ ކުޑަ ރާގެއްގައި އިނާޒާ ބުނެލިއެވެ. އިނާޒާއަށް ފުރަތަމަ ފެނުނު ދުވަހުވެސް ބަލްޚާގެ ރީތިކަން ފެނި ހިތް ނުތަނަވަސްވާގޮތްވިއެވެ. ޖައިޝްއާ ބަލްޚާ ދުވަހެއްގެ ކޮޅުންވެސް […]
( ހަވަނަ ބައި) ” އަމިއްލަ ނަފްސަށްވުރެވެސް ބޮޑަށް… ” ޔަގީންކަމާއެކު ބަލްޚާ އެހެން ބުނެލަމުން ހިޝާންގެ އަތްތިލަމަތީ އޭނާގެ އަތް ބާއްވާލިއެވެ. އެހިނދު ހިޝާންގެ ހިތުތެރޭ އުތުރި އަރަމުންދިޔަ ލޯބީގެ ޖަޒުބާތުތަކުގެ މައްޗަށް ގަދަވެގަންނަމުން، އޭނާގެ އެދުމުގެ ކުރިއަށް ބަލްޚާގެ ބޭނުން އިސްކުރިއެވެ. ބަދަލުވެފައިވާ ހާލަތުގެ ސަބަބުން ބަލްޚާގެ ކިބައިން އޭނާ ބޭނުންވި ޖަވާބު ހޯދަން އޭނާ ފަސްޖެހުނެވެ. ” ބަލްޚާ! ހަދަންވީ ގޮތަކީ… ތިގެއިން ނިކުންނަންވީ!” ފުން ނޭވާއެއް ބޭރުކޮށްލަމުން ހިޝާން އެހެން ބުނެލުމާއެކު […]
(ފަސްވަނަ ބައި) 9 އޮގަސްޓް 2017 އާ ގުޅޭ.. މަޑު ހިނގުމެއްގައި ހޮސްޕިޓަލުގެ ކޮރިޑޯ ތެރެއިން ޖައިޝް އެތެރެއަށް ވަދެގެން ދިޔައިރު ބަލްޚާ ޖައިޝްއަށް ބަލަހައްޓައިގެން ތަންކޮޅެއް ދުރުގައި ހުއްޓެވެ. ސްކޫލުގެ ދެތިން ސްޓާފަކާއެކު ޠައްޔިބު ހޮސްޕިޓަލަށް ގެނައީ ބަލްޚާއެވެ. ހޮސްޕިޓަލްތެރެއަށް ވަދެގެންގޮސް ޠައްޔިބު ބާއްވާފައިއޮތް ޕްރައިވެޓް ރޫމުގެ ދޮރު ހުޅުވާލިއިރު އެ ކޮޓަރީގެ ތެރޭގައި އިނާޒާއާއި އިމީ އަދި ޠައްޔިބުގެ މަންމަ ގެ އިތުރުން އާއިލީ ދެތިން މެހެމާނަކު ތިއްބެވެ. ހޮސްޕިޓަލުގައި ފަސްވަރަކަށް ގަޑިއިރު ހޭދަވެފައިވާތީ، […]
(ހަތަރު ވަނަ ބައި) 8 އޮގަސްޓް 2017 ގެ ބަޔާ ގުޅޭ… އެހިނދު މުޅި މާހައުލު ފުސްވެ ޖައިޝްގެ ލޮލުގެ ފޯކަސް ދޮރާ ދިމާއަށް އަމާޒުވެ، މުޅިތަން ހިމޭން ވި ކަހަލަ އިހްސާސެއް ޖައިޝްއަށް ކުރެވުނެވެ. ގަދަ މެރޫންކުލައިގެ ގައުން އެއްގައި އިސްތަށިގަނޑު ހާމައަށް ދޫކޮށްލައިގެން މަޑު ހިނގުމެއްގައި ސްކޫލު ހޯލްތެރެއަށް ވަދެގެން އެ އަންނަނީ ބަލްޚާއެވެ. ލޮލުގައި އާއްމުކޮށް އަޅާ ނަންބަރު އައިނުން އެރީތި ދެލޯ މިންޖުކުރެވިފައިވާތީ އެ ދެލޮލުގެ ރީތިކަން އިތުރުކޮށްދެއެވެ. ލުއި މޭކަޕެއްގައި […]
(ތިންވަނަ ބައި) 07 އޮގަސްޓް 2017 އާ ގުޅޭ… ވެގެން އުޅޭގޮތް ބަލްޚާއަށް ރޭކާލީ ލޮލުގެ އިޝާރާތުން ވެގެން އުޅޭގޮތް ބަޝީރު އަންގައިދިނުމުންނެވެ. އެވަގުތު ގޮޑީގައި ފޫޖެހޭ ހިސާބުން ބަލްޚާގެ ސްކާޓްގައި ތަތްލަވާފައި އިން ގަނޑުކޮޅު ބަލްޚާ ނައްޓުވާލިއެވެ. ” ވީ އާރ މޭޑް ފޯރ އީޗް އަދަރ….ހިޝާން & ބަލްޚާ” ލިޔެ އެ ގަނޑުކޮޅުގެ ތިރިއަށް އަޅާާފައިވާ ދިޔާ ޕޯސްޓަރ ކަލަރ އިން ރަތް ތައްގަނޑެއް ބަލްޚާގެ ސްކާރޓަށް އަރާފައިވެއެވެ. ޓީޗަރ ރުޅިއައިސްގެން ފަޅައިގެންދާ ވަރަށް […]
(ދެވަނަ ބައި…) 3 އޮގަސްޓް 2017 ވަނަ ދުވަހުުގެ ބަޔާ ގުޅޭ… ޖައިޝްގެ އެހިމޭކަން އޭނާ ތަރުޖަމާކުރާނީ ކޮން ގޮތަކަށް ހެއްޔެވެ؟ އޭނާއަށް އެހާ ނަފްރަތު ކުރާ މީހެއްގެ ސިކުނޑީގައި ގަތަމުން އަމުނަމުން އެދަނީ ކޮންމެ ފަދަ ނުބައި ކުޅިގަނޑަކަށްވެސް ވެދާނެއެވެ. މަޑުމަޑުން ވެހެންފެށި ވާރޭ ބޯކުރަމުންގޮސް ގަދަކޮޅިގަނޑަކަށް ބަދަލުވުމާއެކު ޖައިޝް، އަނުމް ގެ އަތުގައި ހިފައިގެން އެމީހުންގެ ގެއާވި ދިމާއަށް ދުއްވައިގަތެވެ. ލޮލުކޮޅަށް ގޮސް އޮބާލަންދެން ޖައިޝް ދާ ދިމާލަށް ބަލަންހުރުމަށްފަހު ބަލްޚާ ގުދުވެ ބިންމައްޗަށް […]