Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބިން އަންނާށޭ ކަލާ (ސަތާރަ ވަނަ ބައި)

Rau Level 210 Stories100 Comments100 Login
September 4, 2017 2 Mins Read
10 Comments

އަނުމްގެ އެބަސް ހިތަށް ހަރާލި ތޫނު ހަންޖަރެއް ފަދައިން، އެހިތް ރަނގަޅަށް ޒަޚަމްކޮށްލިއެވެ. އަނުމް އެ ބުނި ބަހަށް އެއްޗެއް ނުބުނެ އިން ޖައިޝްއަށް ބަލާލަމުން ނާއުންމީދާއެކު އެތަނުން ދިއުމަށްޓަކައި ބަލްޚާއަށް ދުއްވައި ގަނެވުނެވެ. އަމިއްލަ ހިމާޔަތުގައިވާ ހުރިހާ އުފާތަށް ބީވުމުން ގިސްލާ ރޮމުންނެވެ. އެ ހިތް ރޯވަރު ޖައިޝްއަށް ނޭނގުނަސް، މިއަދު އެއްކަމެއް އޭނާއަށް ޔަގީންވިއެވެ. ކިތައްމެ ލޯބިވާ މީހަކުވެސް، ތިމާގެ ފުށުން ބޭނުންވާ ކަމެއް ހާސިލް ނުކުރެވުމުން ތިމާ ބާކީކޮށްލާނެކަމެވެ. ދެއްކުންތެރިކަމާއި މުނާފިގުކަމުން، މުޅި ދުނިޔެވަނީ ފުރާލެވިފައެވެ. ހަގީގީ ލޯތްބަކީ ހަމަ ބިލާހެކެވެ. އެފަދަ ޚިޔާލްތަކެއްގައި ބަލްޚާގެ ސިކުނޑި ބަނދެލެވުމުން، ކޮޓަރިއަށްވަދެ އެނދުކައިރީ ބިންމަތީ އިށީދެލަމުން، އެދުގައި ބޯއަޅާލައިގެން އިދެ އޭނާ ހިތް ފުރޭ ވަރަށް ރުޔެވެ. ހަލާކުވެފައިވާ ހިތެއްގައި އަޅާލެވޭ ބޭސްގަނޑެއް ފަދައިންނެވެ. ބައެއް ފަހަރު ކަރުނަކީ ނަސީބެކެވެ. ހިތް ހަލާކު ވުމުން ލޮލުން އޮހޮރޭ ކަރުނުން އެ ހިތަށް ކުޑަ ނަމަވެސް ތަސައްލީއެއް ލިއްބައިދެއެވެ.

” ބަލްޚާ ކަހަލަ މީހެއް އަހަންނަށް ލިބޭ ދަރިއެއްގެ ދޮންމަންމަގެ ގޮތުގައި ހުންނަންވެސް އަހަރެން ބޭނުމެއްނޫން… އެކަހަލަ މީހަކު އަބަދު ކައިރީގައި އުޅޭންޏާ ބޮޑުވަމުން ދާ ވަރަކަށް ދަރިފުޅަށްވެސް ދަސްވާނީ އެގޮތް…” މުސްތަޤުބަލަށްޓަކައި އަނުމް ކުރަހާފައިވާ ހުދާ ކަޅުގެ ޚިޔާލީ ކުރެހުން ކުލައިން ފަވަމުން، ޖައިޝްގެ ސިކނޑި ގަޑުބަޑުކޮށްލަން އަނުމް މަސައްކަތްކުރިއެވެ. އެއިރުވެސް ޖައިޝްއިނީ އެއްޗެއް ނުބުނެ އިސްޖަހާލައިގެންނެވެ.

“ދޮންބޭ އިމީއަށް ހީވަނީ އަނުމް އެބުނީ މުޅިއަކުން ގޯސް ވާހަކައެއް ނޫންހެން…” އަނުމްއާ އެއްބައިވެލަމުން އިމީވެސް ބުނެލިއެވެ. އިމީގެ ބަދަލުވެފައިވާ މިޒާޖު ފެނުމުން އިނާޒާ އިނީ އުފަލުންނެވެ. ކުރިން ބަލްޚާގެ ހަށިފާރަވެރިއެއް ފަދައިން ބަލްޚާއަށްޓާކައި އަންނަ ކޮންމެ ހަމަލާއަކުން އޭނާ ދިފާޢުކޮށްދެން އެންމެ ގާތުގައި ހުންނަނީވެސް އިމީއެވެ. ނަމަވެސް އެމީހަކަށްޓަކައި އިމީގެ ހިތް ހަމައެކަނި ހަދިޔާކުރެވުނު، ހިޝާންއާއި ބަލްޚާގެ “ގުޅުން” އެނގުމުން އިމީ ގެ ހިތުގައި ބަލްޚާއަށްޓަކައި ހަސަދައިގެ އޮއިވަރެއްވެސް ހިނގާލައިފިއެވެ.

“ދަރިފުޅާ!! މަންމަވެސް އަނުމްއާ އެއްބަސް…. ބޭވަފާތެރިއަކަށްޓަކައި މުޅި ޢުމުރު ހުސްކޮށްލަންވީ ކީޢްކުރަން… ބައެއްފަހަރު ދިރިއުޅުމުގައި ދެމީހުން ދެމަގުޚިޔާރު ކުރަންޖެހޭ ޙާލަތު އާދޭ… ދަރިފުޅަށް މިހާރު ތި ދިމާވެފައިވަނީ އެކަމަށް އެންމެ ރަނގަޅު ވަގުތާ…” މަކަރުން ފުރިގެން އިނަސް އިނާޒާ އޭނާ ދައްކަމުން ދިޔަ ވާހަކަ ދައްކަމުންދިޔައީ ހެޔޮއެދޭ މަންމައަކު ދަރިއަކަށް ހެޔޮ ނަސޭހަތެއް ދޭފަދައިން މަޑުމައިތިރި ކަމާއެކުގައެވެ. އެކި ޚިޔާލްތަކުން ސިކުނޑި ތަޤައްޔަރުވުމުން ޖައިޝްގެ ބޮލުގައި ރިއްސާގޮތްވިއެވެ. ދިރިއުޅުން އޭނާ ގެނެސް މި ހުއްޓުވީ ކޮންފަދަ ދެއަނގޮޅިއެއްގެ ދޭތެރެއަށް ހެއްޔެވެ؟ އެއްކޮޅުގައި ވަނީ އޭނާގެ އާއިލާއެވެ. އަނެއްކޮޅުގައި އެވަނީ އޭނާ އެމީހަކުދެކެ އިންތިހާއަށް ލޯބިވާ އޭނާގެ އަނބިމީހާއެވެ. ދިމާވި ކަމަކުން ބަލްޚާ ދެކެ ކިތައްމެ ރުޅިއައިސްފައި ހުއްޓަސް ބަލްޚާ ދެކެ އޭނާވާ ލޯތްބަށް ބަދަލެއް އައިހެނެއް އޭނާ އަކަށް ހިޔެއް ނުވެއެވެ. ސިކުނޑީގައި އެނބުރޭ ޚިޔާލުތަކާހެދި އުނދަގޫވުމުން ޖައިޝް އެންމެ ފަހުން އެތަނުން ތެދުވިއެވެ. ވިސްނާލާފަ ފަހުން އެއަށް ޖަވާބު ދޭނެ ކަމަށް ބުނަމުންނެވެ.

ރޭގަނޑު ގަޑިން ބާރަޖެހުމާ ގާތްވަނީއެވެ. ކަޅު ބޯ ވިލާތަކުން އުޑުމަތި ބަނަކުރަމުން، ގަދަފަދަ ތޫފާނެއްގެ އިންޒާރުދެމުން ވިދާލާވިދުވަރާއެކު ވާރޭ އޮއްސާލިއެވެ. ޖަހާލާ ބާރު ގުގުރިއާއެކު ސިއްސައިގެން ދާކޮންމެ ފަހަރަކު ބަލްްޚާ ކަންފަތުގައި އަތް އަޅާއި ބާރުކޮށްލައެވެ. ބިރުން އެނިކަމެތި ޖިސްމު ރޫރޫއަޅަމުން ދިޔައެވެ. އޭނާ އެޙާލުގައި އިންއިރު ޖައިޝްގެ ހިލަމެއް ކޮޓަރިތެރޭގައި ނުވި ނަމަވެސް ކޮޓަރީގެ ވަށައިގެން  ގިނަ ޢަދަދަކަށް އަތުރާލެވިފައިވާ އުއްބައްތި ތަކުގެ ފަނޑު އަލީގެ ތެރޭގައި އިނދެ ނިމުމެއް ނުވާ ދިގު ވަގުތު ކޮޅަކަށް އޭނާ އިންތިޒާރުކުރަމުން ދިޔަ ފަދައެވެ. ނޯށަށް އަރާމު ގެނުވައި ހިތް މަސްތުކޮށްލާފަދަ، ލެވެންޑަރގެ މީރުވަހުން މުޅި ކޮޓަރިތެރެ އެއްވަސްވެފައި ވެއެވެ. މާވަށިތަކުގައި އަތުރާލެވިފައިވާ ރަތް ފިނިފެންމާ ތަކުން، އެކޮޓަރި ތެރެ ހީވަނީ ރަތް ފިނިފެންމަލުގެ ބަގީޗާއެއް ހެންނެވެ.

ކެތްތެރިކަމެއް ނެތި ޖައިޝްގެ އިންތިޒާރުގައި ބަލްޚާ އިންދައި ޖައިޝް ކޮޓަރީގެ ދޮރު ހުޅުވާލުމަށްފަހު ކޮޓަރިތެރެއަށް ވަދެއްޖެއެވެ. ފެނުނު މަންޒަރުން ހައިރާންވެފައި ޖައިޝްއަށް ހުރެވުނެވެ. އެނދުގައި އިށީނދެ ލައިގެން އޭނާ އާދިމާއަށް ބަލަން އިން ބަލްޚާއަށް ފުންނަޒަރަކުން އޭނާ ބަލާލިއެވެ. ކަޅުކުލައިގެ ތުނި ސިލްކް ނައިޓީގައި ބަލްޚާ ފެންނަލެއް ރީއްޗެވެ. އެ ދޮން ހަށިގަނޑުގެ ވަނާތައް ވަންހަނާވުމެއްނެތި ފާޅުވަމުން ދިޔައެވެ. ކުއްލިއަކަށް ޖެހި ބާރު ގުގުރީގެ އަޑާއެކު ދުވެފައިގޮސް ބަލްޚާއަށް ޖައިޝްގެ އަތުތެރެއަށް ވަދެވުނެވެ. މާހަވްލުގެ ޖާޒްބީ ކަމާއި، ހިތުގައި އުތުރި ބަންޑުން ވަމުންދިޔަ ލޯތްބާއެކު، ވަށައިގެންވާ ހުރިހާ ކަމެއް ޖައިޝް ހަނދާންނެތުނު ފަދައެވެ. ހަށިގަނޑުގައި ދައުރުވަމުންދިޔަ ކަރަންޓްގެ އޮއިވަރެއްފަދަ އޮއިވަރާއެކު ބަލްޚާ އޭނާގެ ގަޔާލާ ބޮނޑިކޮށްލައި ލޯބިކޮށްލެވުނެވެ.

” ބާހޯންކެ ދަަރްމިޔާ… ދޯ ޕިޔާރު މިލްރަހޭ ހޭ

ޖާނޭ ކިޔާ ބޯލެ މަން.. ޑޯލެ ސުން ކެ ބަދަން.. ދަޅުކަން ބަނީ ޒުބާން……” އެވަގުތު ކޮޓަރިތެރޭގައި ޖަހާފައިހުރި އަލްކާ ޔަގްނިކާއި ހަރީހަރަންގެ އަސަރުގަދަ އަޑުން ވިރުވާ އަޅަމުންދިޔަ އެހިތްގައިމު މަޑުމައިތިރި ލަވައިން ދެ ލޯބިވެރިއެއް ވަކިވުމުގެ ކުރިން ހިތުގެ ކެކުޅުންތައް އަސަރާއެކު ބުނެދީފައިވެއެވެ. މަޑުމަޑުން ބަލްޚާ އޭނާގެ އްތަދަނޑި މައްޗަށް ނަގައިގެންގޮސް އެނދުގައި ބާއްވާލައިފިއެވެ. ހިސާބަކަށް ވާރެއާ ތެމުމުގެ ސަބަބުން ޖައިޝްގެ ބޮލުން ފައިބަމުންދިޔަ ފެންތިކިތައް ބަލްޚާ މޫނު މައްޗަށް އެޅެމުންދިޔައެވެ. އެ ފިނިރޭގައި ބަލްޚާގެޖިސްމުގެ ހޫނުކަން ލިބުމަށް އޭނާ އިންތިހާއަށް ބޭނުންވެފައިވާފަދައެވެ. މަޑު މަޑުން އަޑު އިވެމުންދާ އެ އަސަރުގަދަ ލަވައިން ް ދެމީހުންގެ ހިތްވެސް މަސްތުކުރުވިއެވެ. ބަލްޚާއާއި ޖައިޝްގެ ދިރިއުޅުމާ އެލަވަޔާ ގުޅި ލާމެހިފައިވާފަދައެވެ. އެއަސަރުތަކާއެކު ލޯބީގެ ދާނަކަށް ޖައިޝްއާއި ބަަލްޚާގެ ދެ ޖިސްމު ގެނބެމުން ދާފަށައިފިއެވެ. އެލަވައިގައި އެބުނާ ބަސްތައް އެ ދެ ޒުވާނުންގެ ސިނކުޑީގައި ވެސް ބިންވަޅު ނަގަމުން ދިޔައެވެ. ތެދެކެވެ. އެކަކު އަނެކެއްގެ އަތުތެރޭގައި ތިބެ ދެ ލޯތްބެއް ބައްދަލުވަމުން ދަނީއެވެ. އެފަދަ ވަގުތެއްގައި ހިތް ބުނާނީ ކީކޭކަން އެނގެނީ ކިހިނެތް ހެއްޔެވެ؟

“ކުލްތޭ ބަންދު ހޯތޭ ލަބޯކީ ޔެ އަންކަހީ..

މުޖުސޭ ކެހެރެހީހޭ ކި ބަދްނޭދެ ބޭޚުދީ…

މިލް ޔޫކި ދޯޅް ޖާއޭ ނަސްނަސްމެ ބިޖިލިޔާ….”

މިއިން ދުވަހަކުވެސް ލޯބި ނުދޭ ވަރަށް އެރޭގެ އެވަގުތުގައި ބަލްޚާއާއި ޖައިޝް އެކަކު އަނެކަކާ ލޯބި ކުރަމުންދިޔައެވެ. އަބަދަށްޓަކައި ގެއްލެން އުޅޭތީ، އެ ހިތްގައިމު ވަގުތު ކޮޅު ހަނދާނުގެ ފަތްފުއްތަކުގައި ރަން އަކުރުން ލިޔެލަން ބޭނުންވެފައިވާ ފަދައިންނެވެ. ވެހެމުންދާ ބޯވާރެޔާއެކު ދޭތެރެ ދޭތެރެއިން ވިދާލާ ވިދުވަރާ އެކުވެ ދެ ޖިސްމުވެސް އެއް ޖިސްމުފަދައިން ބަނދެވި އެކުވަމުން ދިޔައެވެ. އެ ލޯބި އިހްސާސްތަކާއެކު ބަލްޚާގެ ދެލޮލުން ފައިބަމުންދިޔަ ކަރުނަތައް އެ ހުދު ބާލީސް ތެއްމަމުން ދިޔައެވެ.

“އާސްމާކޮބީ ޔޭ ހަސީ ރާޒްހޭ ޕަސަންދް….

އުލްޖީ އުލްޖި ސާސޯކީ އާވާޒްހޭ ޕަސަންދް…

މޯތީ ލުޓާރަހީހޭ ސާވަންކި ބަދްލިޔާ…

ބާހޯންކި ދަރްމިޔާ… ދޯ ޕިޔާރް މިލްރަހޭ ހޭ……”

ފަތިސް އަތަށް އަޅާލި އިރުވެސް ވާރޭ ވެހުމަށް ކުޑަވެސް ބަދަލެއް ނައެވެ. އެފިނީގައިވެސް ފާހާނާއަށްވަދެ ފެންވަރާލައިގެން ނުކުމެ، އަރާމު ނިންޖެއްގެ ތެރެއަށް ގެނބިފައިވާ ޖައިޝްއަށް އިރުކޮޅަކު ބަލަން ބަލްޚާއަށް ހުރެވުނެވެ. ދެން ހަމަ އެވަގުތު ފޮށި ނަގައިގެން އޭނާގެ ހުރިހާ އެއްޗެއް ފޮށްޓަށްއަޅާއި ނިންމާލިއެވެެ. އެންމެ ފަހުން ޠައްޔިބުގެއުނގުގައި އިށީނދެގެން އިން ޖައިޝްގެ ތުއްތު އިރުގެ ފޮޓޯއަކާއި، މިހާރުގެ ފޮޓޯއެއް ފޮއްޓަން ލަމުން އޭނާގެ ހުރިހާ އެއްޗެއް ހަމަތޯ ވިސްނާލިއެވެ. މަންމަ އެޑްރިއެއްލާގެ ހަމައެކަނި ނިޝާން ކަމުގައިވާ މުސްހަފު ނެތްކަން އޭނާ ހަނދާވީ އެވަގުތުއެވެ.  ކިޔަން ފަސޭހަކަމުން ޠައްޔިބުގެ އެދުމަކަށް އޭނާ އެ މުސްހަފު އޭނާ ދިނީ ޠައްޔިބުގެ އަތަށެވެ. ބޮކިތައް ނިވާލައި އަނދިރި ކަމުގައިވާ އެ ބޮޑު ގޭގެތެރެއިން ޠައްޔިބު ގުރުއާން ކިޔަވަން އެންމެ ގިނައިން ހޭދަކުރާ، އޭނަގެ ހާއްސަ ކުޑަ ލައިބްރަރީއެއްފަދަ ކޮޓަރިއާ ދިމާލަށް ބަލްޚާ މިސްރާބު ޖެހީ ލަސް ފިޔަވަޅުތަކެއްގައެވެ. އޭނާ ކުރަން އުޅޭ ކަންތައް އެއްވެސް މީހަކަށް އަންގަން ބޭނުން ނުވާ ފަދައިންނެވެ.

ލައިބްރަރީ ކޮޓަރީގެ ދޮރު ހުޅުވާލުމާއެކު ދޮރަށް ކުރިމަތިވާހެން ހުރި ބިއްލޫރި ކަބަޑު ތެރޭގައި އެ މުސްހަފު އޮތްތަން ބަލްޚާއަށް ފެނުނެވެ. މުސްހަފު ނަގައިގެން ކޮޓާރިއަށް ގޮސް ބަލްޚާ އެނދުގައި  އިށީނދެލައި މުސްހަފު ފޮއްޓާށްލުމަށް ތައްޔާރުވެލި ވަގުތު ހުދުކުލައިގެ ސިޓީ އުރައެއް އެ މުސްހަފުގެ ތެރެއިން ވެއްޓުނެވެ. ސިޓީއުރަ ބަންދުކޮށް ނަމެއްވެސް ނުޖަހައި އިނުމުން ބަލްޚާއަށް އެ އުރަކަނޑާކަށް ނުކެރުނެވެ. ސިޓީއުރަ އެނދުގެ އެއްފަރާތެއްގައި ކުޑަމޭޒު މަތީގައި އިން ޓޭބަލްލޭމްޕް ދަށުގައި ބޭއްވުމަށް ފަހު އޭނާ ކުރު ނޯޓެއް ލިޔެލިއެވެ. އެ ނޯޓުގައި އޭނާ ލިޔުނެވެ.

“އަހަރެންގެ ފުރާނަ ފަދަ ލޯބިވާ ޖައިޝްއަށް.

ދިރިއުޅުން މިހާހިސާބަށް އައި އިރު އަހަރެެންގެ ދެމެދުގައި މިހާބޮޑު މައްސަލައެއް ޖެހި ވަކިވާން ޖެހުމަކީ ދުވަހަކުވެސް އަހަރެން ހުވަފެނުންވެސް ދުށް ކަމެއް ނޫނެވެ. ނަމަވެސް ހަގީގަތް މުޅިން އެއްފަރާތްކޮށް ޖައިޝްވެސް ތިހުރީ އަހަރެންދެކެ އިންތިހާއަށް ރުޅިއައިއްސައެވެ. މިއަދު މިގެއިން އަހަންނަށް ލިބޭނެ އެއްވެސް ލޯތްބެއް ހަމްދަރުދީއެއްވެސް ނެތެވެ. ޖައިޝްގެ ދިރިއުޅުމުން ބޭރުކޮށްނުލަނީސް އަހަރެން އަބަދުގެ އަބަދަށްޓަކައި މި ދަނީއެވެ. މާދަމާގެ އިރު މިދުނިޔެއަށް އަރާއިރު އަހަރެން ޖައިޝް އަކަށް ނުފެންނާނެއެވެ.އަހަރެން މި ނިންމުން ނިންމީ ވަރީގެ ހުތުރު ލައްގަނޑު އަހަރެމެންގެ ދިރި އުޅުމުގެ ފަސްބައިގައި ޖައްސަން ބޭނުން ނުވާތީއެވެ. އަހަރެން މިދަނީ މި ރޭ ތިދިން ލޯތްބާއި އަޅާލުމަށް ޝުކުރު ކުރާ ހާލުއެވެ.

ޖައިޝްދެކެ އަބަދުވެސް ލޯބިވާ ޖައިޝްގެ ބަލްޚާ”

ބަލްޚާގެ ނޯޓު، މުސްހަފު ތެރެއިން ފެނުނު ސިޓީ ކައިރީގައި ބާއްވަމުން ފޮށި ހިފައިގެން އޭނާ އެކޮޓަރިން ނުކުތެވެ. އެވަގުތު ޖެހި ބާރު ގުގުރިއާއެކު ބަލްޚާގެ ފިޔަވަޅާށް ހުއްޓުން އެރިނަމަވެސް، އަލުން އެނބުރި ފަސް ބަލައި ނުލައި އޭނާ ކުރިއަށް ހިނގައިގަތެވެ.

ވެހެމުންދާ ބޯވާރެއާ ތެމެމުން، މަންޒިލެއްނެތި މިސްރާބު ގެއްލިފައިވާ މީހަކު ފަދައިން މާލޭގެ ފަޅުވެފައިވާ މަގުތަކުގައި އޭނާ ހިނގަމުންދިޔައެވެ. ލޮލުން އޮހޮރެމުންދާ ކަރުނަތައް ވާރެއާ އެކުވެ ގެއްލެމުން ދިޔައެވެ. އެވަގުތު ސައިކަލެއްގައި ކޮންމެވެސް މީހަކު އޭނާގެ ފަހަތު އަޅުވާލައިފިއެވެ. ބިރުންހުރި ބަލްޚާ ފަސް އެނބުރި ބަލައިލިއެވެ. ކަޅުކުލައިގެ ވިއްސާރަކޯޓެއްގައި އިން އެމީހާ އަކީ ކާކުކަން އެވިއްސާރައިގެ ތެރޭގައި ދެނެގަންނާކަށް ނޭނގުނެވެ. ބަލްޚާގެ ހިނގުން ބާރުކޮށްލިއެވެ. ނިކަމެތި އަންހެން ކުއްޖަކު މިކަހަލަ ވަގުތެއްގައި މަގުމަތިން ފެނިއްޖެ ނަމަ، އެފަދަ މީހަކު ކޮންމެ ކަހަލަ ކަމެއްވެސް ކޮށްފާނެއެވެ. އަންހެން ކުއްޖެއްގެ ފައިދާ ނަގަން މިމީހުން ޖެހިލުމެއް ނުވާނެއެވެ. މިފަދަ ވިސްނުމެއްގައި ބަލްޚާގެ ހިތް ބިރުގަންނަވަމުން ދަނިކޮށް ސައިކަލު މަޑުކޮށްލުމަށްފަހު އެމީހަކު އައިސް ބަލްޚާގެ ކޮނޑުގައި ހިފެހެއްޓިއެވެ.

(ނުނިމޭ)

 

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Rau

Level 210 Stories100 Comments100 Login

ވާހަކަ ލިޔުމަކީ ރައުގެ ޕެޝަންއެކެވެ ކިޔުންތެރިންގެ ޚިޔާލަކީ ވާހަކަ ލިޔުމަށް ރައު އަށް ލިބޭ ވަރަށްބޮޑު ހިއްވަރެކެވެ..

Other Articles

Previous

ޝުދޫ******* (21)

Next

ތިޔަ ދިން އުފާ 8

Next
September 4, 2017

ތިޔަ ދިން އުފާ 8

Previews
September 3, 2017

ޝުދޫ******* (21)

10 Comments!

  1. Rifu says:
    September 4, 2017 at 3:31 am

    Wow kon irakun aneh part?

    1. Rau says:
      September 4, 2017 at 8:36 am

      Insha ALLAH today fonuvaanan up kuran ingey Rifu..

  2. I says:
    September 4, 2017 at 7:40 am

    Vaahakaige nan nufennanee kyve. ADMIN please solve this issue

  3. Aki says:
    September 4, 2017 at 8:24 am

    varah furihama… ane part miadhu up kohla dheebaa pls pls

    1. Rau says:
      September 4, 2017 at 8:37 am

      Insha ALLAH aki…

  4. Hafeez says:
    September 4, 2017 at 10:30 am

    Varah Furihama. Aneh part up kohla dhechchey Avahah. Waiting.

    1. Rau says:
      September 4, 2017 at 11:05 am

      Think u hafeez..
      Miadhu liefa up kuran fonuveytho balaanan insha Allah

  5. ihoo says:
    September 4, 2017 at 11:48 am

    haadha reechey dhen vaanee kihinehbaaey hithan araa waiting for next part ????????????

    1. Rau says:
      September 4, 2017 at 1:08 pm

      Thanx ihoo dear

  6. . says:
    September 4, 2017 at 6:45 pm

    Wow v reethi mivaahaka

Comments are closed.

Next Episodeލޯބިން އަންނާށޭ ކަލާ (އަށާރަ ވަނަ ބައި)←


All Right Reserved!