ލިޔުނީ: މަރިޔަމް ރައުހާ (ފުރަތަމަ ބައި…) ވެހެމުންދިޔަ ހިމަފޮދު ވާރެއިން ތެއްމަމުން ދިޔަނަމަވެސް ވާރެއިން ސަލާމަތްވާން ބަލްޚާ އެއްވެސް މަސައްކަތެއް ނުކުރެއެެވެ. ވާރޭ ފެންފޮދެއްގައި ޖެހިދާނެކަމަށް ބިރުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އަސްކަނިތަކުގެ ހިމާޔަތް ހޯދި މީހުން ގިނަކަމުން ބަލްޚާއަށް މަގުމަތިވަނީ “ހިތަކަށް” ލިބިފައެވެ. ކޮނޑުގައި އަޅުވާފައި އޮތް ދަބަސް އެއްވަރުކޮށްލަމުން ބަލްޚާ ފަހަތް ބަލައިލިއެވެ. ހުދު ޔުނީ ފޯމްގެ ދިގުއަތް އޮޅާލައި ބޮލުމެދުން ފަހަތަށް އައްސާލެވިފައިވާ ފަން ދިގު އިސްތަށިގަނޑު، ވޫލްކޮޅުގެ ޤައިދުން ވަކިކުރެވި މިނިވަންކަމަށް ދޫކޮށްލިއެވެ. […]