ސިއްރުން މިހިތާ ކުޅެނީހޭ (ސާދަވަނަބައި)
“ދަރިފުޅާ ހިނގާދެން ގެއަށްދާންދޯ. މާލަސްވެއްޖެއްނު މިހާރު” ޔާނާގެ ބޮލުގައި ފިރުމާލަމުން އާލިމާ ބުނެލިއެވެ. ނަމަވެސް ޔާނާ އިންގޮތަށް ހަރަކާތެއްވެސް ނުކޮށް އިނީއެވެ. “ތެދެއް ދެން ހިނގާ. އެހެން އިރަކުން އަންނާނީ ދެން” މިކްޔަންވެސްބުނެލިއެވެ. މިފަހަރު ޔާނާ ދެފަރާތަށް ބޯހޫރާލީ ނޫނެކޭ ބުނުމަށެވެ.
މި މަންޒަރު ފެނި ދުރުގައި ހުރި ޒިޔާދު އެތަނަށް ދިޔައެވެ. ފަހަތުން ނާސިހްވެސް ދިޔައެވެ. “ދަރިފުޅު ދެންދޭ. މާލަސްވެއްޖެ” ޒިޔާދު ޔާނާއަށް ބަލާލަމުން ބުނެލިއެވެ. މިފަހަރުވެސް ޔާނާ ދެފަރާތަށްބޯހޫރާލީއެވެ. ޒިޔާދު ފުންނޭވާއެއް ލިއެވެ. “މިކްޔަން ދަރިފުޅު ޔާނާ ގެންދޭ. މިތާ އިންނަންޏާ މާމަ މަތިން ހަނދާންވުން ނޫންކަމެއް ނުވާނެ” ޒިޔާދު މިހެން ބުނުމުން މިކްޔަން ބޯޖަހާލުމަށްފަހު ޔާނާގެ ދެކޮނޑުގައި ހިފައި ނެގިއެވެ.
ކިތަންމެ ނޫނެކޭ ބުނާހިތް ޔާނާ ވިޔަސް ދެކޮޅުހަދާނެހާވެސް ހިތްވަރެއް އެގައިގަ ނެތުމުން މިކްޔަން ގެންދިޔަވަރަކަށް ހިނގަމުން ދިޔައެވެ.
ރޮވެމުން ދިޔަ ލާރާ އަށް ޔާނާ ފެނުމުން އައިސްބައްދާލިއެވެ. ޔާނާ ވެސް ބާރަކަށް ބައްދާލީ އެހިތަށް ކުޑަކޮށްވެސް ލުޔެއް ލިބޭތޯއެވެ. އެއަށްފަހު މިކްޔަން ޔާނާ ގޮވައިގެން ހިނގައިގަތެވެ.
ފަހަތުން އައި އާލިމާ އާއި ނާސިހް ލާރާ އަށް ހިތްވަރުލައިދިނުމަށްފަހު ދިޔައީ އިޝާރާތުން ޒާއިން ކައިރިވެސް އައުމަށް ބުނެފައެވެ. “ހޭއި. ދަނީ. މާދެން އަންނާނަން. ކައްޗޭ” ޒާއިން ހިތްހެޔޮކަމާއެކީ މިހެން ބުނެ އާލިމާމެންގެ ފަހަތުން ނިކުމެގެން ދިޔައެވެ.
*****
ނަޝްވާ ދިޔައީ ނަޒީހް އަށް ގުޅަމުންނެވެ. މިއަދު ހަވީރުންސުރެ ނަޒީހް އަށް ގުޅަމުންދިޔަ ނަޝްވާއަށް ހަމަޖެހުމެއްގެ ނޭވާއެއްލެވުނީ ނަޒީހް ފޯނު ނެގުމުންނެވެ. “ހަލޯ. ކީއްތިކުރަނީ؟ ހަވީރުންސުރެ މިގުޅަނީ . މިހާރު އެޔޮށް 1 ޖެހީ”
“އެހެންވެ އަހަރެން ފޯނު ނުނަގަނީ. ނަގައިފިއްޔާ ހުސް ޝަކުވާ”
ނަޝްވާ ފުންނޭވާއެއް ލިއެވެ. “އިނގޭތަ ޔާނާ މާމަ ނިޔާވެގެން އުޅޭކަން؟. ޔާނާ ކިހާ ދެރަވާނެ. އަނެއްކޮޅުން މިކްޔަން އެއުޅެނީ އަނެއް ދެރަ ޔާނާ އަށް ދޭން. ނަޒީހް. ނަޒީހް ބޭނުންވަނީ މިކްޔަން ދެރަކުރަންވެއްޖިއްޔާ އެހެން ގޮތެއް ވިސްނަބަލަ މިކްޔަން ދެރަކުރަން. މިކަމުގައި ޔާނާގެ ކޮންކުށެއް އޮތީ؟”
“އަހަރެންނަކަށް ނޭނގޭ. އަހަރެންނަށް އިނގެނީ މިހާރު މިކްޔަން އެކުރާ ކަމަކުން ފަހުން ދެރަވާނީ ހަމަ މިކްޔަން ކަން. އަހަރެން ބޭނުމީ އޭނައަށް ލޯބިވާ މީހެއް ދިޔާމަ ވާ އިހްސާސް ކުރުވަން.”
“އެކީއްވެ ނަޒީހް؟ މިކްޔަން ކީއްކުރީ؟ އަހަރެންނަށް އިނގިގެން މިކްްޔަން އަހަރެންނޫން މީހަކަށް ރައްޓެއްސެއް ނުވެ”
“އޭނަ އާ ހެދިން އަހަރެންގެ” ނަޒީހް ފުންނޭވާއެއްލިއެވެ. “އަހަރެންނަށް ހެޔޮ ނަޝް އަހަރެން ދޫކޮށްލިޔަސް” ނަޒީހް ފޯނު ކަނޑާލިއެވެ.
ނަޝްވާ ފޯނަށް ބަލަހައްޓައިގެން ހުއްޓެވެ. ނަޒީހް އެހާ ރުޅިއަންނާނީ މިކްޔަން ވަރަށްބޮޑުކަމެއް ކުރީމައެވެ.
ހިޔާލެއްގައި ހުރި ނަޝްވާ ސިހުނީ ނުދަންނަ ނަންބަރަކުން ގުޅަންފެށުމުންނެވެ. މިގަޑީ ކާކުބާއޭ ހިތާ ނަޝްވާ ފޯނުނަގައި ކަންފަތުގައި ޖެއްސުމަށްފަހު ވާހަކަ ނުދައްކަ ހުރީ އެކޮޅުން ވާހަކަ ދައްކަންދެންނެވެ.
“ހަލޯ” އިވުނީ ފިރިހެންވަންތަ އަޑެކެވެ. “ކާކު؟ ކީއްކުރަންވީ” ނަޝްވާ އަހާލިއެވެ. “ކިހިނެއްތަ؟” އެކޮޅުން ބުނުމުން ނަޝްވާ ފޯނު ކަނޑާލީ ވީ ފޫހިންނެވެ.
*****
އާލިމާ ލައްވައި ބައްތައްޓެއް މޮޑެގެން އައި މިކްޔަން ކޮޓަރިއަށް ވަދެ ޔާނާ އިން ސޯފާގައި އިން ޔާނާ ކައިރިއަށް ގޮސް ހުއްޓުނެވެ. “ކާން އުޅޭ” މިކްޔަން ސޯފާކައިރި ހުރި މޭޒެއްގައި ގެނައި ބައްތައްޓާ ޖޫސް ތަށި ބަހައްޓާލިއެވެ.”ނެތް ކާހިތެއް” ޔާނާ ބުނެލިއެވެ.
“ކާނެ. އެހެންޏާ ގަޔަކު ވަރެއް ނުހުންނާނެ”
“ނުކެވޭނެ. ނުކާނަން”
“މާ ފޮނިނުވެ ކާންވީ. ކައިގެން ނިދާ” މިކްޔަންއަށް ބަވާލެވުނެވެ. މީހާ ހާސްވީ ކަމަށްވެސް ވެދާނެއެވެ. އެ ރުޅީގައި ގޮސް އެނދުގައި އޮށޯއޮވެ ލޯމަރާލިއެވެ.
ޔާނާ ކަރުނަ ބާލާ ހާލު ބަތް ސަމްސަލެއް ނަގައި އަނގަޔާ ކައިރި ކުރިއެވެ. ނަމަވެސް ކެވޭގޮތް ނުވުމުން އެ ބަހައްޓާފައި ސޯފާގައި އޮށޯއޮތީ ނިދޭނެކަމުގެ ޔަގީންކަން އޮތީމައެއް ނޫނެވެ. ނަމަވެސް ގިނައިރު ރުއިމުގެ ސަބަބުން ހަށިގަނޑުން ވަރުދޫވެފައިވާ ޔާނާ އަށް ނިދީގެ ތެރެއަށް ފީނާ ގަންނަން ގިނައިރެއް ނުނެގިއެވެ.
ޔާނާ ނިދީކަން ޔަގީންވުމުން މިކްޔަން ތެދުވެ ސޯފާ ކައިރިއަށް ދިޔައެވެ. އެއްމެ ބަތް ސަމްސަލެއް ވެސް ކާލާފައި ނެތް ޔާނާއާ ދިމާލަށް މިކްޔަން ބަލާލީ ހަމްދަރުދީގެ ނަޒަރަކުންނެވެ. އޭނާގެ މާމާ މީގެ އަހަރެއް ކުރިން ނިޔާވި އިރު އެހިތަށް ކުރި އަސަރު ވަރަށް ރަނގަޅަށް އޭނައަށް އިނގެއެވެ. މިކްޔަން އެނދުގައި އޮތް ބްލޭންކެޓެ ގެނެސް ޔާނާ ގައިގައި އަޅާލިއެވެ.
*****
*ހޭއި ކޭންތަ؟* ޒާއިން މެސެޖް ކޮށްލީ ލާރާއަށެވެ.
*ޖޫސް ބުއިން* ލާރާ ރިޕްލައި ކޮށްލިއެވެ.
*މާދެން ދާނަން އިނގޭ. ދެން ނިދާލާ. ގުޑް ނައިޓް*
*ވެއިޓް ޒާން ޕްލީޒް. ވާހަކަ ދައްކަބަލަ އިފް ޔޫ ޑޯންޓް މައިންޑް*
ލާރާ ކުއްލިއަކަށް މިހެން ބުނުމުން ޒާއިން އަށް ބުނާނެ އެއްޗެއް ނޭނގުމުން ސްމައިލީ ފޭސް ތަކެއް ފޮނުވާލިއެވެ.
*އިނގޭތަ މިއަދު އަހަރެން ހޮސްޕިޓަލްއަށް ދިޔައީ ފާޑަކަށް މާމަ ދެކެ ރުޅިއައިއްސަ ހުރެ. މާމަގެ ލޯބި ދަރިފުޅަކީ ދޮންތަ އޭ ބުނީމަ. އެކަމް އަހަރެން މަޖަލަކަށް ރުޅިއަންނަކަމަށް ހެދުނީ. އަހަރެންނަށް އިނގޭ މާމާ އަހަރެން ދެކެ ވަރަށް ލޯބިވާކަން. އެކަމް މާމަ ހީކުރާނީ އަހަރެން މާމަ ދެކެ ހުރީ ރުޅިއައިއްސަ ކަމަށްދޯ. އަހަރެން ކިހާ ގޯސް*
*ތިހެން ނުބުނާނެ. މާމައަށް އިނގޭނެ ލާރާ މާމަ ދެކެ ލޯބިވާވަރު. މާމާ ކައިރި ނުބުނިކަމުގައި ވިޔަސް އެނގޭނެ*
ޒާއިންގެ ވާހަކައިން ލާރާއަށް ހިތްހަމަ ޖެހުމެއް ލިބިގެން ދިޔައެވެ.
*އަހަރެން ގެއަށް އައިސް މާމާ ކައިރިއަށް ދިޔައީ ސޮރީ އޭ ބުނަން. ކޮޓަރިއަށް ދިޔައިރު ނިދާފަ ކަމަށް ހީކޮށް ގޮސް ގޮވީ. އެކަމް. އާހް. އަހަރެންނަށް ސޮރީއޭވެސް ނުބުނެވުން*
*ނުރޮއްޗޭ ޕްލީޒް* ޒާއިން ހާސްވީ ލާރާ ރޯނެތީވެއެވެ. އޭނާއަށް ލާރާ މިވަގުތު ނުފެނުނަސް ހުންނާނެ ގޮތާ އެހިތަށް ކުރާނެ އަސަރު ވަރަށް ރަނގަޅަށް އިނގެއެވެ.
*ޑޭޑް ބުނީ ޑޭޑްއާއެކީ ސިޓިންގްރޫމްގަ ވާހަކަ ދައްކަން ހުރެފަ މާމާ ދޮންތަ އަށް ގުޅީއޭ. ގުޅާ ނިމުނީމަ ނިދާލާށޭ ކިޔާފަ ކޮޓަރިއަށް ދިޔައީއޭ*
*ހޫމް. ކިހާއިރަކު މާދެން އަހަރެން ދާންވީ* ޒާއިން ވާހަކަ އޮޅުވާލިއެވެ. *ވީހާ ވެސް އަވަހަކަށް* އެރޭ ލާރާ އަދި ޒާއިން މެސެޖް ކުރަންވަރަށް ގިނައިރު އޮތެވެ. ފަހުން ލާރާގެ ރިޕްލައި ނައުމުން ނިދުނީ ކަމަށް ޒާއިން ނިންމިއެވެ.
****
ފަތިހު ހޭލި ޔާނާ ފުރަތަމަ ވެސް ނަމާދުކުރުމަށް އަވަސްވެ ގަތެވެ. މާމާގެ އެ އެދުން އޭނާ ވަރަށް ރަނގަޅަށް ފުއްދާނެއެވެ.
މިކްޔަން އަށް ހޭލެވުނީ ހެނދުނެވެ. ފުންމައިގެން ތެދުވެ މިކްޔަން ފުރަތަމަވެސް ބަލާލީ ޔާނާ އޮންނަ ސޯފާއަށެވެ. ޔާނާ ފެންނަން ނެތުމުން ޔާނާ ބޭރަށް ނިކުތީ ކަމަށް ނިންމައި މިކްޔަން ފާހާނައަށް ވަނެވެ.
ފާހާނައިން ނިކުން މިކްޔަން ކަބަޑް ކައިރިއަށް ދިޔައީ ޓީޝާޓެއް ނެގުމަށެވެ. އޭނަ މިއަދު ހޮސްޕިޓަލްއަށް ދާކަށް ގަސްތެއް ނުކުރެއެވެ. ކަބަޑު ހުޅުވާފައި ހުރުމުން ކަބަޑް ކައިރިއަށް ޖެހިލި މިކްޔަންގެ ދެލޯބޮޑުވީ އެތަނަށްވެއްޓިފައި އޮތް ޔާނާ ފެނުމުންނެވެ. ނިއްކުރި ހުރީ ފަޅައިގެން ގޮއްސައެވެ. ހީވާ ގޮތުން ވެއްޓުނު ގޮތުންނެވެ. މިކްޔަން ބަލަން ނުހުރެ ޔާނާ އަތްދަނޑި މައްޗަށް ލައިގެން ނިކުތީ އެގޭ މީހުންނަށް އަޑުގެ ނެތްތަނަށް ގޮވަމުންނެވެ.
*****
މަޑުމަޑުން ދެލޯހުޅުވާލި ޔާނާ ކައިރީގައި ހުރި މީހުންނަށް ބަލާލިއެވެ. މިކްޔަން ނޫން އެއްމެން ހުއްޓެވެ. އާލިމާ އާއި ނާސިހް އާއި ޒާއިންނެވެ. “މަންމާ ލާރާމެން ކައިރި ނުބުނައްޗޭ” ޔާނާ މަޑު މަޑުން ބުނެލިއެވެ. އާލިމާ ބޯޖަހާލިއެވެ. އިރުކޮޅެއް ފަހުން މިކްޔަން އައީ ބޭސް ހިފައިގެންނެވެ. “މަންމަ މެން ދެންދޭ ގެއަށް އަހަރެން ހުންނާނަން. މިހާރު ކިހާއިރެއްވެއްޖެ” މިކްޔަން މިހެން ބުނުމުން އެއްމެންވެސް ދެކޮޅު ހެދުމެއްނެތި އެތަނުން ނިކުތެވެ. “އޭނ. ގިނައިރޭ؟” ޔާނާ މިހެން ބުނެ އެތާ ހުރި ގަޑިއަށް ބަލާލިއެވެ. ހަވީރު 4 ޖަހަނީއެވެ. ހަމައެހާގިނައިރު އަހަރެން ހޭނެތިފައި އޮތީހެއްޔެވެ. ޔާނާ ނިއްކުރީގައި އަތްޖައްސާލީ ތަދެއް އެރުމުންނެވެ.
“މަންމާ އަހަރެން ލާރާ ކައިރިއަށް ވަދެލާފަ ދާނީ” އާލިމާ ބޯޖަހާލުމުން ޒާއިން ސައިކަލަށް އަރާ ނައްޓާލިއެވެ. ހޮސްޕިޓަލްގައި ހުންނަންޖެހުމުން އަދި މިއަދު ލާރާ ކައިރިއަށް ނުވަދެވޭތީއާއެއްކޮށެވެ.
“ކޮބާ ނުކާތީ ގައިން ވަރު ހުސްވީ ކަމަށް ޑޮކްޓަރުން ބުނަނީ” މިކްޔަން އެނދުކައިރި ހުރި ގޮނޑީގައި އިށީއިންނަމުން ބުނެލިއެވެ. ޔާނާ އެއްޗެކޭ ނުބުންޏެވެ. “ޔާނާ. އަހަރެންނަށްވެސް އިނގޭ ޔާނާ ދެރަވާނެކަން. އެކަމް ޔާނާ މާމަވެސްބޭނުމެއް ނުވާނެ ޔާނާ ނުކައި ހުންނާކަށް އެހެންނު؟” މިކްޔަންގެ އަޑުގައި ވަނީ ހަމްދަރުދީއެވެ. ޔާނާގެ ދެލޯ ފެންކަޅިވިއެވެ.
“މާމާ އަހަރެންނާ ވާހަކަ ދެއްކި އިއްޔެ ޔަން. ބުނި ވަރަށް ލޯބިވެޔޯ. އަހަރެންނަށް ކިހިނެއް އިނގޭނީ އެއަކީ މާމަގެ އަޑު އިވޭނެ އެއްމެ ފަހު ވަގުތުކަމެއް”
“ޝޫޝް. އެހާބޮޑަށް ކަންކަމާ ނުވިސްނާ ޔާނާ” ބޭއިހްތިޔާރުގައި ޔާނާގެ ކަރުނަތައް މިކްޔަންއަށް ފޮހެލަދެވުނެވެ.
“ޔަން. މާމަ ބުނި މާމަ ވަރަށް އުފާވެޔޯ އަހަރެން ދިގުހެދުން ލީމަ. އަހަރެން ހާދަ އުފާވިއޭ މާމަ އެހެންބުނީމަ. ތެންކްޔޫ ޔަން. ޔަންއާހެދި އަހަރެން މިކަހަލަ ހެދުން ލާންފެށީ އެހެންވެ” ޔާނާ މިހެން ބުނި ވަގުތަކީ ނަޝްވާ ގުޅަންފެށި ވަގުތެވެ. ވަގުތުން މިކްޔަން އަށް ފޯނު ކަނޑާލެވުނެވެ. އެއަށްފަހު ޔާނާ ގައިގައި ބައްދާލީ ހަމްދަރުދީއާއެކީއެވެ. ލޯބި ނުވިޔަސް ޔާނާއާމެދު ހަމްދަރުދީ އުފެދިއްޖެކަން ގައިމެވެ.
*****
ދުވަސްތައް ފާއިތު ވަމުން ގޮސް އެއްމަސް ދުވަސް ވީއިރު އެއްމެން ވެސް އައީ ހަމައަކަށް އެޅެމުންނެވެ. ލާރާ އަދި ޔާނާވެސް ހޮސްޕިޓަލްއަށް ނިކުންނަން ފެށިއެވެ. ނަމަވެސް އާޝިއާގެ މަތިން ހަނދާންވާ ކޮންމެ ފަހަރަކު އެމީހުންގެ ލޯކަރުނުން ފުރި އާދެއެވެ.
މިކްޔަން ގެ މަގުސަދަކަށް ވީ ޔާނާއާއެކީ ލޯބިން އުޅެފައި އޭނައާ ނަޝްވާ ވަކިނުވާކަމާ ގުޅުންއޮންނަކަން އަންގާށެވެ. އޭރުން ޔާނާ އަމިއްލޭން އޭނަ ދޫކޮށްލާފައި ދާނޭނޫންހެއްޔެވެ.
ނަމަވެސް މިހާރު މިކްޔަންގެ ހިތުގައިއޮތީ ކޯއްޗެއްކަން ހުދު މިކްޔަންއަކަށް ވެސް ނޭނގެއެވެ. ކުރީކޮޅު ޔާނާއާއެކީ ހިނިތުންވެފައި އުޅެން އުނދަގޫ ވިޔަސް މިހާރު އެހިތް އެދި ގޮވަމުން ދަނީ ހިނިތުންވެ ޔާނާއާއެކީ އުޅެލާށެވެ. މިކްޔަން ގަބޫލުކުރާ ގޮތުގައި މީ ހަމްދަރުދީއެވެ. ހަމައެކަނި ހަމްދަރުދީއެވެ. އޭނަ ލޯބިވަނީ ނަޝްވާ ދެކެ ނުންހެއްޔެވެ. ނަމަވެސް ނަޝްވާ ގުޅާ ގިނަފަހަރު ފޯނު ކަނޑާލެވެނީ ކީއްވެ ކަމެއް މިކްޔަންއަކަށް ނޭނގެއެވެ.
ނަޝްވާ ގޮތްނޭނގޭ ފިރިހެންމީހާ ގުޅާ ކޮންމެ ފަހަރަކު ފޯނު ނަގަނީ ނަޒީހް އޭނައާ ދުރުވަމުން ދާތީ ކަމަށްވެސް ވެދާނެއެވެ. ފޫހިފިލުވުމަށްޓަކައެވެ. ނަމަވެސް ފަހުން ފަހުން އައިސް ފޯނުކޯލަށް ނަޝްވާ އިންތިޒާރުވެސް ކުރެއެވެ. ނަޒީހް ގުޅަންޏާ ގުޅާލާނީ ވެސް މިކްޔަން ގެ ވާހަކައެއް އަހާލުމަށެވެ.
ލާރާ އަދި ޒާއިންތޯއެވެ. ފެންނަ ކޮންމެތާކުން ޖެއްސުންކުރުން އަނެއްކާވެސް އާދައަކަށް ހަދާލާފިއެވެ. ދެމީހުނަށްވެސް އިނގެއެވެ. ދެމީހުންގެ ހިތުގައި އެކަކު އަނެއްކަކަށްޓަކައި ވިންދެއް ޖަހާފިކަމެވެ. ނަމަވެސް އެކަކަށްވެސް ބުނަން ނުކެރެއެވެ. ލާރާ ވިސްނާގޮތުގައި ފުރަތަމަ ބުނަން ޖެހޭނީ ފިރިހެން ކުއްޖާއެވެ. ޒާއިން އަށް ހީވާގޮތުން ލާރާ ކައިރި ލޯބިވާވާހަކަ ބުނެފިއްޔާ ލާރާއާ އޮތް ގުޅުން ވެސް ކަނޑާލަންޖެހިދާނެވިއްޔާއެވެ. ލޯބި މިވެވުނީވެސް ވަރުގަދަ ކުއްޖަކާ ވިއްޔާއެވެ.
ނަޝްވާ ވާހަކަ ދައްކަމުން ދިޔައީ ގޮތް ނޭނގޭ ފިރިހެންމީހާއަށެވެ. “ޒިޔާން އަހަރެންނާ ދުވަހަކުވެސް ބައްދަލު ވިތަ؟”
“ވެފަ އާން. އަހަރެންނަށް ވަރަށް ރަނގަޅަށް އިނގެޔޭ ނަޝްވާ”
“އެހެންތަ؟”
“ކޮންއިރަކުން ބައްދަލުވެލާނީ؟ އެބައޮތޭ އެއްޗެއް ދޭންވެސް ވެފަ”
“ޒިޔާން ބުނެބަލަ”
“މާދެން ނޫނީ މާދެން ރޭ؟”
“އޯކޭ މާދެންރޭ. ހުޅުމާލޭގަތަ އުޅެނީ؟”
“ހޫމް. ވަރަށްފަހުން ހުޅުމާލެއަށް އައީ. ހަމަ ނަޝްވާއަށް ބައްދަލު ކޮށްލަން. އޭ ބަންގި ގޮވީ. ނަމާދުކުރަން ދޭ. އަހަރެންވެސް މިދަނީ” ޒިޔާން އަވަސް އަވަހަށް ފޯނުބޭއްވިއެވެ.
ނަޝްވާ ހިނިތުންވެ ހުރެ ނަމާދު ކުރުމަށް ދިޔައެވެ. ކުރިން ނަމާދު ނުކުރިޔަސް ޒިޔާން ބުނާތީ ކުރަން ފެށިފަހުން ނަޝްވާ އަށް މިހާރު ނަމާދު ކުރެވެންވެސް ފަށައިފިއެވެ.
=ނުނިމޭ=
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
74 Comments!
Comments are closed.





Hey fast dhww
Yess you are first ?❤
Bala bala in dha up vee thank ram
Hehe maan ?❤
Ehaa dhigeh noon dww.. ? Heyy guyxx.. mirey adhi eh part upkohladheynan igeyy 11 haairu.. comment beloww ?? dhn part ehga micky ah realise vaane that he loves yaanaa.. so plxx keep waiting guyxx ?❤
Vv rythi stry….alhe adhi 1 part genesdheynvnu tdy….cnt wait fr tmrw…????
Yes yes.. mireyy ?❤
Nice mi part ves waiting for next part……
Thankyou Rsh ?❤
Hyvany varah kuruhn… Bt varah rythi ingey
Kuru dww… Thankyou dear ?❤
V nice?
Thankyou dear ?❤
Alhey reychey mibaiii kobaa hyvey mikyan ehme fahunn ehkala hadi yaana rythi vaan feshii dw ram Dhooni???????
Haha.. yess dhooni ??❤
Why would you spoil it for the readers!!!!!? Why, why why whyyyy.
What lulu???
Dear koahcheh spoil vee??
V reethii. ..hama neyge bunaane ehcheh vx….hama heart broken ????
Thankyou ramlaa.. kyve heart broke vee??
Hi Ramko.. hope u ‘re great…just want to say i really appreciate ur hard workings. just speechless. n varah happy mirey adhi eh part genesdheythee.. yeyyyyy. mihaaaarunnn fehigen inthizaaruga. hahaha inthixaaruge guitar hithu thereygaa 😉 😉 luv u . RAMKO SWEETY 😀 😀 hehe 😉
Heheh sjk… thankyou so so so muchh.. i hope you are great too.. luvs more ?❤
Thin hatharu raagu kulheey [email protected]
Waiting… Varah reethi mi part ves :).
Thankyou mauuu ?❤
3:00 jehisure story up veytho bala bala indhevuni…hehe..??.asluves varah kiyaa hihvaa story eh mi..?kudhi kudhi mistakes huri..”maadhan”jahanvi thaakah “maadhen”jehifa ves in…ekahala thanthan rangalhu kohlanikoh vaahaka furihama vaane…??ziyaan ai kaakuba..? vaahakaige annan ulhey twisteh tha anehkaa..??by the way mi part ves varah loabi…mireah inthizaaru…awwn…?you’re so good ram…that’s a reason that i love you so much…you’re my favorite writer…ly..and take good care..❤️❤️❤️???
AWWW CLICK.. Thankyou… loves more ?❤
wow .. v lobii mi stry.. plx up next part …
Thankyou.. in sha allah mirey sam?❤
Yeeeeeh vvvvvv loabi
Thankyou yalv ?❤
Haadha lahey story up vileh..bt this part is obiness..waiting for next part
Aww thankyou muz ?❤
Vrh reethi .. Hama rovijje
Aww unaal.. nurohcheyy.. thankyou ?❤
Alhey…hama bunaa ne ehche neyge…vv reethi…twist eh dhw dhn othee..nashvaa ge ves
Yess lets see dww ? thankyou ?❤
Masha Allah… Ram alhe haadha reechey mibaives.. Enme fahun mikyan hithuga yaanaa ah loabi ufedheny dhw.. Nashvaa ah e gulhany ehkala iru hedhikaa gannan dhiya gadyga dhimaavi myhaa dhw.. Eynage athuga dhw v tabletves
Lets see dear..vedhaane thihen vx.. thankyou ?❤
Ram…. Haadha salhi ey….. Mi baives….
Thankyou Rii ?❤
Waiting??
Thankyou awa ?❤
Ehaa kureh nun!! Dhen konme dhuhuku up khdhey iruga mi varu ok ey!! Lahun up khfa kuriyyaa kada!! Readrss es shukuru khba dw❤❤ mirey prt ekey!!! Can’t wait!! Cmnt nukuriass kiyan ingey mi stry!! V v v v v ge es v salhi ingey mi stry! In sha allah!! N mikyan e name v v salhi alhugaa ah❤❤
Thankyou so so so much darl.. thankyouu?❤ loves ??
Alhey ram…. Vvv reethi…
Mikyan ah vx yaanaa dheke loabi veveny…. Dhw ….
Hehe hyvany ehen dww dear..lets see.. thankyou ?❤
???????????v.reethi
Thankyou xxxx?❤
Damn girl this is just lit
Ohh ❤
Vvvvvv reethi mi part ves….thanx Mirey adhi eh part genesdheydhi………waiting…..
Thankyou xim ?❤
Maadhen eh nun maadhan?Kiyaa iru varah notice vey Ethan kolhu.story varah reethi?
Okay eem ?? thankyou dear ?❤
Its nt too short… The lenght of this part is enough wen yuh upload it everyday…. Really appreciate ur hard work… This is my fav story…. Everyday i keep waiting for this story…. Btw this part is awsm…
Aww nia… thankyou so so so much… loves ?❤
Hi ramko! ❤️ Aslu ehaa kureh nooney mi part eh. ☺️ And varah ufaa vejje adhi eh part up mirey kohdheynamey bunyma ? anyways story is awesome as always.. Love you dear.. ??
Thankyou roo dear..loves more?❤
3:00 jehi sure story up veytho bala bala indhevuni…aslu egadiga comment kurin..but comment up nuvaathi kei nuvegen anehkaaves alun mikohli… mi part ves varah loabi ingey ram..?but i found some mistakes..hope you’ll correct them..ethan than rangalhu kohlanikoh vaahaka enme salhi vaane…by the way 11:00 ah inthizaaru.?..thikahala rangalhu writer ehge story kiyaalan libeythi haadha ufaaveyey..you have every features of a writer..??.i love you so so much..m proud of you…before updating the part of the story take much more care for yourself ???❤️❤️❤️???
Awww clickk.. thankyou so so so much.. loves you much more.. tc ?❤
Hey ram kihinei tha.. ☺dhuvas kolheh vejje dhw comment nukureveythaa.. sorry egey..?bt gavaidhun kiyan… n up vefa thw vx balan.. v rythi mi part vx.. ?mihaaru esfiya site in up vamun dhaa ehme best vahaka mee…?❤? mirey nunidhaa innaanan dhn in part kiyan..?⌚ hehe?
Hey maloo.. i m fine eyy.. maloo oa?? thankyou so so so much.. hehe maloo ?❤❤
Mi part ves varah lobi ? ? but thankoleh kurey but any way love the story ly ram??????????????
Thankyou min.. ly too ???????
Alhamdhulillahi, kiyaalevijje v v busy kamun vaguthu adhi mi v, maashaa Allah V V reethi mi pare ves, Asluves v v v v happy news eh waiting for 23: 00 , love u ramko
Thankyou dear… v happy vejje bxyy koh ulhemun vx kiyaalyma.. loves more ?❤
hi ram..this part ves varah salhi..varah ufaa vey mirey adhi eh part up kohdhey vhk buneema..keep up the gud work dead..migothah vhk genesdhennya kiyaa hih vaanee ves..abadhu indhevenee inthuxaaruga
Thankyou so so so much dear ?❤
Kobaa next part varah kiyaa hithun miulhenee nunidhigen avahah up kohladhee Bala plz plz
Hehe reader.. upkohlaafin??❤
vvv reethi vaahaka
Thankyou dear ?❤
admin where’s my comment..????