ދެފަރާތަށް ބޯ ހޫރުވަމުން ވިލްދާން ވެސް ތައްޔާރުވެލައިގެން ބޭރު ދޮރާށިން ނިކުމެއްޖެއެވެ. އޭރު ތަމަންނާ ހުރީ ފޯނާއި ކުޅޭށެވެ. ގަރާޖުން ޕީސީއެކްސް ސައިކަލެއް ނެރެމުން ވިލްދާން ތަމަންނާއަށް ހެލްމެޓެއް ދިއްކޮށްލިއެވެ. ހެވި ދިއްލިފައި ތަމަންނާ ހެލްމެޓު އެޅީ ވަރަށް ޝައުގުވެރިކަމާއި އެކީއެވެ. ވިލްދާން ވީހާވެސް ތަމަންނާއާއި ދިމާލަށް ނުބެލަވޭތޯ ބެލިއެވެ. އެއީ އޭނާގެ ހިނިތުންވުމަކީ ވައިރަސްއެއް ފަދަ އެއްޗެކަށް ވާތީއެވެ. އޭނާޔާއި އެއްކޮށް ހިނިތުންވެވެނީ ބޭއިހުތިޔާރުގައެވެ. މިފަހަރުވެސް މިވީ މިހެނެވެ. ތަމަންނާ ހެލްމެޓު އަޅަން އުޅުނު ގޮތް […]
ތަމަންނާ ގޮވާލި އަޑު ވިލްދާންއަށް އިވުނެއެވެ. އެހެން ނަމަވެސް އެއްޗެކޭ ނުބުނި ތާގައި އެނބުރި ބަލާވެސްނުލިއެވެ. އޭނާގެ ހިތުގެ ތެޅުން ވަނީ އަވަސްވެފައެވެ. ރުޅި އައިސްގެންކަމެއް ނޫނީ އެހެން އިހުސާސެއް ކަމެއް ވިލްދާނަކަށް ނޭނގުނެވެ. އެއީ އަންހެން ކުއްޖެއް އިސްނަގައިގެން އޭނާއާއި ވާހަކަ ދެއްކި ފުރަތަމަ ފަހަރެވެ. ************************************************************************************** ނިދީގައި އޮވެފައި ކުއްލިއަކަށް ހޭލެވުމަކީ މިހާރު ވިލްދާންގެ އާދައެކެވެ. ފުރިހަމަ ނިދި ނުލިބޭތާ ދިހަ މަހެއް ވަރު ވެދާނެއެވެ. ބޭސް ވެސް އެބަ ހުއްޓެވެ. އެކަމަކު ކާކަށް […]
ހަނދުވަރު ދޭ ރޭރޭގައި ބޭރަށް ނިކުމެ ބުރު ޖެހުމަކީ ވިލްދާން އަބަދުވެސް ކުރާ ކަމެކެވެ. އޭނާ ބުރު ޖަހަނީ ސައިކަލަކު ނޫނެވެ. އަދި ބައިވަރު ރަހުމަތްތެރިންތަކެއް ގޮވައިގެނެއް ވެސް ނޫނެވެ. ވިލްދާން ހިނގަނީ އެކަންޏެވެ. އެކަނި ހަނދުވަރުގެ އަލީގައި ރަސްފަންނުގައި ހިނގާލެވުނީމާ އޭނާގެ ހިތަށް ލިބުވައިދެނީ ބަޔާންކުރަން ދަތި އުފަލެކެވެ. ހައްޔަރުވެފައި އިން ދޫންޏެއް ކުޑަ ވަގުތުކޮޅަކަށް އުދުހިލަން ލިބުނީމާ ވާނީވެސް އެހެނެއް ނޫން ހެއްޔެވެ؟ ވަށައިގެން އިވެން ފެށި އުފާވެރި އަޑުތައް ވިލްދާން ކަނުލައި އަޑުއަހަމުން ގެންދިޔައެވެ. މީހުން ގިނަ ތަންތަނަށް އޭނާ ދާހިތްވެއެވެ. އެކަކު އަނެކަކަށް މަޖާކޮށް ހީ ސަމާސާކުރާ […]
ދޯންޏަށް އަރައި ހަމަޖެހިލިތަނާހެން މާއިން އިނީ ނިދާފައެވެ. ދޯންޏަށް އެރިއިރު ޝާޔާެގެ ކަތި ނަޒަރު އަހަރެންނާއި އަމާޒުވިއެވެ. ހީވަނީ އެއްޗެއް ބުނަން ބޭނުންވެފައި ހުރި ހެނެވެ. އިއްޔެއަށް ފަހު ޝާޔާ ކައިރިން ރަނާ ނުނައްޓައެވެ. އަބަދުވެސް ހަށިފާރަވެރިއެއްހެން އޭނާ ހުންނަނީ ޝާޔާއާއި ވިއްދާފައެވެ. ސަބަބެއް ނޭނގެއެވެ. ގިނައީ ވެސް އަހަރެންނަށް ނޭނގޭ އެއްޗިއްސެވެ. ޝާޔާގެ ލޮލުގައި އެތަކެއް ސިއްރެއްވާކަން ޔަޤީންވެއެވެ. އިންތިޒާރު ކުރެވެނީ އޭނާ ބުނާނެ ދުވަހަކަށެވެ. ނޫނީ އެ އިންތިޒާރަށް އަމިއްލައަށް ނިމުމެއް ގެންނާނީ ހެއްޔެވެ؟ […]
އެރޭ ދަންވަރު ބާރަ ޖަހަން ގާތްވަނީއެވެ. ފަޅު ގެޔެއްގެ އެތެރޭގައި އަހަރެން ހުރީ ތުނި ގަމީހެއް ލައިގެނެވެ. ތުންފަތުގައި ވަނީ ވިހަ ހިނިތުންވުމެކެވެ. މަސް ކައްކަން އޮންނަ ފިރިހެނެއްގެ ގައިން ދުވާ ވަސް މީނައަށް ރަނގަޅަށް އަންގާލާނަމެވެ. ބާރަގަޑި ބައިވާން ވާއިރަށް ކޮޅުކޮޅަށް ބޯ އެއްލަމުން ޝާޔާ އެބަ އާދެއެވެ. ވާރޭގެ ކަނި ޖަހަން ފެށީވެސް އެ ވަގުތެެވެ. ޖެހެމުންދިޔަ ތެތްފިނި ވައިރޯޅިން ހީބިހި ނަގައިގެން ދިޔައެވެ. ކެތްމަދުވެ ޝާޔާ ލައިގެން ހުރި ކަރުވަޅު ބޮޑު އަތްކުރު […]
ޝާޔާ އަމިއްލައަށް މަރުވަން އެ އުޅެނީ އަހަރެންނާއި ހެދިއެވެ. ޝާޔާގެ މަރު އެޅޭނީ އަހަރެންގެ ބޮލުގައެވެ. ވަގުތު ބޭކާރުނުކޮށް ގައިގައި ނެތް ހިތްވަރު ލަމުން އަހަރެން ބަކަ ތަޅައިގަތީމެވެ. ކުރެވެނީ ކީއްކަމެއް ނޭނގެއެވެ. އިނގޭ އެއްޗަކީ އަދި އަޑިއަށް ނުދާ ކަމެވެ. ފަޔާއި އަތް ހޫރަމުން އެއްލަމުން، ނޭވާ ލަމުން ޝާޔާ ގެއްލުނު ހިސާބަށް ވެސް ދެވިއްޖެއެވެ. ވެލިގަނޑުގައި ފައި ޖައްސަން މަސައްކަތްކޮށްފިއްޔާ ގެނބޭނެކަން އަހަރެންނަށް އިނގެއެވެ. ވަށައިގެން ބެލިއްޖެއެެވެ. ލޮނުގަނޑު އެތެރެއަށް ވެސް ބެލިއްޖެއެވެ. ޝާޔާގެ […]
“ކީއްވެ ތިހެން ތި ބުނީ؟” އަހަރެންގެ އަޑުގައި މަޑު ތުރުތުރުއެޅުމެއް ހުއްޓެވެ. ހަންޑި ހިނިގަނޑެއް ޖަހާލިއެވެ. އޭނާގެ މޫނުމަތިން ދޭހަވި މަލާމާތުގެ ކުލަވަރު ފެނިފައި ވަރުގަދަ ރުޅިއެއް ހަށިގަނޑުގައި އަނދަން ފެށިއެވެ. “ރައްޔާން…ޕިސް..ޕިސް.. އަހަރެން ދޮގެއް ހެދިޔަސް ތެދެއް ހެދިޔަސް އޭގެ ތަފާތު ކަލެއަށް ވަކިވާނެތަ؟” ވެލިގަނޑުގައި ދެއަތް ޖައްސާލަމުން އޭތި ބަލާލީ މާސިންގާ އުޑަށެވެ. “ކަލޭ އެރޭ މަރާލީ ކާކު؟” ވަގުތު ބޭކާރު ކުރާކަށް އަހަރެން ގަސްތެއް ނުކުރަމެވެ. ސީދާ އެހީ އެންމެ މުހިންމު ސުވާލެވެ. […]
އިސްޖަހައިލައިގެން މާއިން ދިޔަ ގޮތުންް ލާނެތް ހިނިތުންވުމެއް އަހަރެންގެ މޫނަށް ފާޅުވިއެވެ. ދޯނިން ފޭބިއިރު މުސްކުޅިވަރެއްގެ ފިރިހެނަކާއި އަންހެނެއް ހުރިހާ އެންމެންގެ އިސްތިގުބާލަށް ތިއްބެވެ. ކޮންމެ ކުއްޖަކަށް ކުރުނބަލެއް ދެމުން ހޫނު މަރުހަބާއެއް ކިއެވެ. އަސްލަމް ސަރގެ ފަރާތުން އިނގުނު ގޮތުގައި އެއީ މިރަށް ބަލަހައްޓާ ދެމަފިރިންނެވެ. ރަށް އެހާ ބޮޑެއް ނޫނެވެ. ނަމަވެސް އެއީ ޤުދުރަތުގެ ރީތި މިސާލެކެވެ. ވިދުވަރެއް ހުރި ހުދު ވެއްޔެވެ. ބިއްލޫރިއަށްވުރެ ސާފު މޫދެކެވެ. ބިޔަ ގަސްތަކާއި ދޫނި ސޫފާސޫއްޕެވެ. މާއިންގެ މޫނުގެ ކުލަވަރުވެސް ރަށުގެ ރީތިކަމުން ހަމައަކަށް އެޅުނެވެ. އަހަރެންވެސް ވަށައިގެން […]
ހަގަޑި ބައިވަންވާއިރަށް ބަނދަރު މަތީގައި ހުންނަންޖެހޭ ކަން ހަނދާންވުމުންނެވެ *************************************************************** ފަޒާގައި ވަނީ ތެތްފިނިކަން ހިފައިފައެވެ. އުޑުގަައި ޖަމާވަމުން ދިޔަ ބިޔަ ވިލާތަކުގެ ފަހަތުގައި އިރު ލަދުން ފިލިއެވެ. އިރުގެ އެންމެ ދޯއްޖެއް ވެސް އެ ވިލާތަކުގެ ފާރުން ފޫއަޅުވައެއް ނުލެވުނެއެވެ. ރަށުގެ އަންހެންވެރިން ނުކުމެ ގޯތި ކުނިކެހުމުގެ މަސައްކަތުގައި އުޅޭ މަންޒަރު އަހަރެން ބަލަމުން ދިޔައީ ފޫހިކަމާއި އެކީގައެވެ. ބަނަ އުޑަށް ބަލަމުން ކޮނޑުގައި އޮތް ދަބަސް ހެޔޮވަރު ކޮށްލީމެވެ. ގަޑިން ހަގަޑި ވިއްސެވެ. މިއަދު […]