Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ހުވަފެނަކީ ބިލާހެއް – 3

Rainoppa Level 210 Stories100 Comments
August 3, 2019 5 Mins Read
14 Comments

ދެފަރާތަށް ބޯ ހޫރުވަމުން ވިލްދާން ވެސް ތައްޔާރުވެލައިގެން ބޭރު ދޮރާށިން ނިކުމެއްޖެއެވެ. އޭރު ތަމަންނާ ހުރީ ފޯނާއި ކުޅޭށެވެ.

ގަރާޖުން ޕީސީއެކްސް ސައިކަލެއް ނެރެމުން ވިލްދާން ތަމަންނާއަށް ހެލްމެޓެއް ދިއްކޮށްލިއެވެ. ހެވި ދިއްލިފައި ތަމަންނާ ހެލްމެޓު އެޅީ ވަރަށް ޝައުގުވެރިކަމާއި އެކީއެވެ.  ވިލްދާން ވީހާވެސް ތަމަންނާއާއި ދިމާލަށް ނުބެލަވޭތޯ ބެލިއެވެ. އެއީ އޭނާގެ ހިނިތުންވުމަކީ ވައިރަސްއެއް ފަދަ އެއްޗެކަށް ވާތީއެވެ. އޭނާޔާއި އެއްކޮށް ހިނިތުންވެވެނީ ބޭއިހުތިޔާރުގައެވެ. މިފަހަރުވެސް މިވީ މިހެނެވެ. ތަމަންނާ ހެލްމެޓު އަޅަން އުޅުނު ގޮތް ފެނިފައި އޭނާ ހޭވަރަކަށް ވިލްދާންއަށް ވެސް ހެވުނީއެވެ.

“ކިހާ ރީތި ސްމައިލް ކޮށްލީމާ…”

ތަމަންނާ ސައިކަލު ފަހަތަށް އަރަމުން އެހެން ބުނެލި ވަގުތު ވިލްދާންގެ މޫނުން ހިނިތުންވުމުގެ ކުލަވަރު ފިލައި ދިޔައެވެ. އެ މޫނަށް ހިނިތުންވުމެއް އައީ ކޮން ދުވަހަކު ކަމަށް މިހާރު ހަނދާނެއް ނެތެވެ.

“މި ބްރިޖު ހާދަ ސަޅިއޭ ދޯ.. އަޅެ ފެން މަތިން ވެސް ދުއްވޭނަމަ ސައިކަލް..”

ތަމަންނާ މޮޔަ ގޮވަނީކަމަށް ވިލްދާން ހީކޮށް އޭނާ އެއްޗެކޭ ނުބުނެއެވެ. ތަމަންނާ ހީވަނީ ކުޑަކުއްޖަކަށް އައު ތަނެއް ފެނިގެން އުޅޭހެނެވެ.

“އަލަށް މިއައީ މިތަނަށް.. މިބުނީ ބްރިޖަށް..”

ވިލްދާންގެ ހިތުގައި އޮތް ސުވާލު އަޑުއިވިގެން ކަހަލަ ގޮތަކަށް ތަމަންނާ ބުނެލިއެވެ. ވިލްދާން ޖަވާބުގައި ހޫ އޭ އަރުވާލިއެވެ. ސައިކަލަށް އެރީއްސުރެ ވިލްދާންގެ ހަށިގަނޑު ވަނީ ނުތަނަވަސްވެފައެވެ. އަންހެން ކުއްޖަކާއި މިހާ ގާތުގައި  އިށީދެ އިން މިއީ ފުރަތަމަ ފަހަރެވެ. ބާރަށް ދުއްވާލާ ކޮންމެ ފަހަރަކު ތަމަންނާ އޭނާގެ ބަނޑުގައި އަތް އޮޅާލައެވެ. ކުރެވެނީ ތަފާތު އިހުސާސެކެވެ. ހިތުގައި ޖަހާ ވިންދުގެ މިސްރާބު ބަދަލުވަމުން ދިޔައީ ވިލްދާންއަށް ނޭނގިއެވެ. އެހެން އަންހެނުންނާއި ތަމަންނާ ތަފާތެވެ. އެއީ ވިލްދާންއަށް ހީވާ ގޮތެވެ. ނަމަވެސް މިދަނީ ކީއްކުރަން ހެއްޔެވެ؟ ހަމަ އަސްލުވެސް މީހެއްގެ ހިތް ހަލާކު ކުރަން ހެއްޔެވެ؟

“ހަލޯ.. މިދަނީ މިހާރު. ބޭރަށް ނިކުމޭ..”

ވިލްދާންގެ ހިޔާލުތަކުން އޭނާ މިންޖުވީ ތަމަންނާ ފޯނުން ވާހަކަ ދެއްކި އަޑު ކަންފަތުގައި ޖެހުމުންނެވެ. އާދައިގެ ދުވެއްޔެއްގައި ދުއްވަމުން ގޮސް މީހުން އުޅޭ ފުލެޓެއްގެ ކުރިމައްޗަށް ޕާކު ކޮށްލަން ތަމަންނާ އެދުނެއެވެ.

އަވަސް އަވަހަށް ތަމަންނާ ހެލްމެޓް ބޭލިއެވެ. އޭނާގެ އިސްތަށިގަނޑުގައި އަތުން ފުނާ އަޅާލިއެވެ. ހަމަ ހަޤީގަތުގައި ވެސް ތަމަންނާ އެދަނީ ބިޓަކަށް ބައްދަލުކުރަން ކަން ފަހުމުވުމުން ވިލްދާންގެ ކަންކަށި މައްޗަށް ވާންވިއެވެ.

“މަ ރީތި ތަ؟”

ތަމަންނާ ތުންފަތުގައި ވޭސްލީން ބާމުކޮޅެއް ހާކާލަމުން އަހާލިއެވެ.

“ހްމްމްމްމްމް.. ބަލައިލަން ކެރޭ..”

ވިލްދާން އެހެން ބުނެލީ ކުރިމަތީގައި މަޖާވެފައި ހުރި އަންހެން ކުއްޖާއާއި ދިމާލަށް ނުބަލައެވެ. އެއީ ބަލައިފިނަމަ އޭނާގެ ހިތުގައި އޮތް ބަސްތައް ދުލު ކުރިއަށް އައިސްދާނެތީ އެވެ. ތަމަންނާ ކިތަންމެ ހާ ވެސް ރީއްޗެވެ. އޭނާއަށް ލިބިފައިވަނީ ގުދުރަތީ ރީތި ކަމެކެވެ. ދެވަނައެއް ނުވާ ފަދަ ސޫރައެކެވެ. މައްސަލައަކީ ތަމަންނާއަށް ވެސް އެކަން މާ ބޮޑަށް އިނގޭތީއެވެ. އެހެން ނޫން ނަމަ އަބަދު ލާނެތް ވައްތަރަކަށް ފިރިހެނުންގެ ލޭ ކައްކާ ފަދަ ވައްތަރުތައް ޖައްސަނީ ކީއްކުރަން ހެއްޔެވެ؟

ދުވާރާއި ދާދި ދުރުގައި ސައިކަލެއް ކައިރި ހުއްޓިލައިގެން ހުރި ފިރިހެންމީހާ ފެނުނީ ތަމަންނާ އޭނާއާއި ދިމާލަށް ހިނގައިގަތީމައެވެ. އިސްކޮޅުން ވިލްދާންއަށް ވުރެ ކުރުވާނެއެވެ. ހަމުގެ ކުލަ ކަޅުވެފައި އޭނާ ލައިގެން ހުރީ ވެސް ކަޅު ގަމީހެކެވެ. އެޔާ ޙިލާފަށް ތަމަންނާ  ލައިގެން ހުރީ ހުދު ޓޮޕެކެވެ. ދުރުން ބަލާއިރު ހީވަނީ ރާޒުވާގެ ހުދު އަހާއި ކަޅު އަސް ސައިކަލު ކައިރީގައި ހުރިހެނެވެ. ހިތަށް އެރި އެއްޗަކުން ވިލްދާން މަޖާވެފައި ހުއްޓައި ފެނުނީ  އެ ފިރިހެން ކުއްޖާ ކަކޫ މައްޗަށް ތިރިވި ތަނެވެ. އޭނާގެ މޫނުގައި އަތް އަޅާއިގެން އަޑުން އަޑު ނަގާ ރޯން ފެށިއެވެ. ވިލްދާންއަށް ހުރެވުނު ތަންވެސް ނޭނގުނެއެވެ. ދުވާރު މަތިން ހިނގާފައި ދިޔަ މީހުންވެސް އެ މަންޒަރު ބަލަން ތިއްބެވެ. އެ ފިރިހެން ކުއްޖާ ހަށިގަނޑު ތުރުތުރުއަޅާ ހާލުގައި ހިތްދަތި ގޮތަކަށް ރޮނީއެވެ. ބޮޑު ފިރިހެނެއް އެހާ އަޑު ހަރުކޮށް ރުއި ތަނެއް އަދި މިހާ ތަނަކަށް ވިލްދާންއަކަށް ނުފެނެއެވެ. އަމިއްލަ މީހާ ލަދުގަނެ ދާހިއްލަން ވެސް ފަށައިފިއެވެ.

އެ ފިރިހެންމީހާ ރޯން ބާއްވާފައި މަޑު ހިނގުމެއްގައި ތަމަންނާ އެއަންނަނީ ސައިކަލާ ދިމާލަށެވެ. އޭނާގެ މޫނުމަތި ވަނީ މިލާ މޯޅިވެފައެވެ. ހިނގައިދިޔަ ކަންތައްގަނޑުން ތަމަންނާއަށް ވެސް ހުރީ ފުދޭވަރަކަށް އަސަރުކޮށްފައެވެ. އެހެން ނޫނީ އަންނާނީ ބޮކެއް ހެން ފުމެމުންކަން ވިލްދާންއަށް އިނގެއެވެ.

ތަމަންނާ ވިލްދާން އާއި ކައިރިވި ވަރަކަށް ވަށާއިގެން ތިބި މީހުންގެ ލޯ އޭނާޔަށް އަމާޒުވާން ފެށިއެވެ. ބިން ފަޅާފައި އަޑިއަށް ވަންނާނީ އޭ ވެސް ވިލްދާން ހިތަށް އެރިއެވެ.

“އެއީ ކަންނޭގެ ވަގު ބިޓަކީ..”

ފަހަތުގައި ހުރި އަންހެން ކުއްޖެއް ސިއްރުން ބުނެލި ޖުމުލައިން ވިލްދާންގެ ބުމައިގައި ހާހެއްހާ ރުލެއް ޖެހުނެއެވެ. މި ޖެހުނީ ދެން ކޮންފަދަ ބޮޑު މުސީބާތެއް ހެއްޔެވެ؟

ސައިކަލަށް އަރަންވެގެން ތަމަންނާ ހެލްމެޓު އަޅަން ހުއްޓާ ތެދުވެގެން އައިސް އެ ފިރިހެންމީހާ ތަމަންނާގެ އަތުގައި ހިފިއެވެ. އޭރުވެސް އޭނާގެ ލޮލުން ކަރުނަ ދިޔައީ ހިފެހެއްޓުމެއްނެތި ފައިބަމުންނެވެ. ހިންދީ ޑްރާމާއެއްގައި އުޅޭ ބަތަލާއަކާއި ވާދަކުރެވޭނެ ކަން ގައިމެވެ.

“ޓެމްސް. ތިހެން ނަހަދާ.. ބުނޭ ތީ ދޮގެކޭ… މިއީތަ އާ ބިޓަކީ؟!”

ވިލްދާންއާއި ދިމާލަށް އިނގިލި ދިއްކޮށްލަމުން އޭނާގެ އަޑު ބާރުވިއެވެ. ވިލްދާންއަށް ދަތްކުނޑި ވިކުނެއެވެ. އެ ފިރިހެންމީހާ ހުރީ ޖަހަން އަތް މަޅައިލައިގެނެވެ. ވިލްދާންއަށް ފަރުވާލެއް ނެތެވެ. ޖެހިޔަސް ވިލްދާން ހުރީ ނުޖަހާނެކަމަށް ނިންމައިގެނެވެ. އަންހެން ކުއްޖެއްގެ މައްސަލައެއްގައި އަދި އަމުދުން އިނގިލި ކުރި ވެސް ހިއްލާނުލާނަމެވެ.

“ނޫން… އެއީ މަގޭ ޑްރައިވަރ..”

ތަމަންނާ ބުނެލި ޖުމުލައިން ވިލްދާންގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އައި ރުޅިން ތަމަންނާ ބަހައްޓާފައި ހިނގައިދާނަމޭ ވެސް ހިތަށް އެރިއެވެ. ނަމަވެސް ތަމަންނާގެ އަޑުގައި ހުރި ބަލިކަށިކަމާއި އޭނާގެ މޫނުން ކުލަ ގޮސްފައި ހުރިވަރުން އެއްޗެކޭ ނުބުނީއެވެ. އަތުގެ ނުފުށުން ކަރުނަ ފޮހެމުން ހަލުވި ހިނގުމެއްގައި އެ ފިރިހެންމީހާ ފުލެޓު ތެރެޔަށް ވަދެ ގެއްލުނެވެ. މަންޒަރު ބަލަން ތިބި މީހުންވެސް ވައް ކަޅިން ބަލަމުން ގޮސް ފެތުރިއްޖެއެވެ.

ސައިކަލު ދުއްވާލަމުން ވިލްދާން ދިޔައީ ސެންޓަރަލް ޕާކަށެވެ. ހިނގައިދިޔަ ވަގުތުކޮޅު ތެރޭގައި ތަމަންނާގެ އަޑެއް ބަޑެއް ނީވެއެވެ. ވާހަކަ ދައްކާކަށް ވިލްދާންވެސް މަސައްކަތެއް ނުކުރިއެވެ. މިފަހަރު ތަމަންނާއަށް ހުރީ ފުން އަސަރުތަކެއް ކޮށްފައިކަން އޭނާޔަށް އިނގިއްޖެއެވެ. ހަލާކު ވީ ހަމައެކަނި އެ ފިރިހެންމީހާގެ ހިތް އެކަނި ހެއްޔެވެ؟

ސައިކަލު ޕާކްކޮށްލުމަށްފަހު ދެމީހުންވެސް ޕާކްތެރޭ ހިނގަންފެށިއެވެ. އިރުއޮއްސޭ ވަގުތުކަމުން ކުޑަކުދިންތައް މައިންބަފައިންގެ އަތުގައި ހިފައިގެން ގެޔަށް ދާ މަންޒަރާއި ޒުވާން ފުރައިގެ އަންހެނުންނާއި ފިރިހެނުން ޕާކް ތެރެއަށް ވަންނަ މަންޒަރު ބަލަން ތަމަންނާ ހުރީ އެއްޗެކޭ ނުބުނެއެވެ. ވަޔާއި ވިހުރޭ ކަޅު އިސްތަށިގަނޑު އިރުއިރުކޮޅާ ކަންފަތުގެ ފަހަތަށް ލައި މައިތިރިކޮށްލާނެއެވެ. ތަމަންނާގެ ކޮންމެ ހަރަކާތެއްގައި ނާޒުކު ކަމެއް ހުރެއެވެ. ދަގައްފާން ބާރެއް ހުރެއެވެ. އޭނާގެ ހިމަ ދިގު އިނގިލިތައް ހީވަނީ ހަވާގައި ނަށާހެނެވެ. އެހާ ވެސް ހަރަކާތްތައް ފުރިހަމައެވެ.  ނޫނީ މީ ވިލްދާންއަށް ހީވާ ގޮތް ހެއްޔެވެ؟

“މީ މިހާރު ބިޓު ހިއްލާ ގަޑި ދޯ؟”

ދެމީހުންގެ ދޭތެރޭގައި ވި ހިމޭންކަން ފޫއަޅުވާލީ ތަމަންނާ ލާނެތް ރާގަކަށް ބުނެލި ޖުމުލައަކުންނެވެ. ކުރިން ހިނގައިދިޔަ އެއްވެސް ކަމެއްގެ އަސަރު ހުރިހެނެއް ހިޔެއް ނުވެއެވެ.

“ބިޓު ހިއްލުނު ވަރު މަދީތަ އަދިވެސް ތަމަންނާއަށް؟”

ވިލްދާން ކޮށްލީ މަލާމާތެކެވެ. ތަމަންނާ ލަދު ގަންނަވާލަން ލިބުނު ރަނުގެ ފުރުސަތުގެ ބޭނުން ހިފުނީމާ އޭނާ އުފާވިއެވެ.

“އިޓްސް ކޯލްޑް އަ ބްރޭކް އަޕް، ދާން.. އޯ ގޯޑް. ސަޕޯޓޭ ދޭންވީ.. ދިމާ ކުރަންވީ އެއް ނޫން..”

ތަމަންނާ ތުއި ގޮތަކަށް އެހެން ބުނަމުން ވިލްދާންގެ ކުރިމަތީގައި ކުއްލިއަކަށް ހުއްޓުނެވެ.

“ޓެމްސް.. މަމީ ޓެމްސްގެ ރަހުމަތްތެރިއެއް ނޫން.. އާއިލާ މީހެއް ވެސް ނޫން.. ލޯބިވެރިޔާއެއް ވެސް ނޫން. އަހަރެން ނުދެނަހުރިން ޓެމްސްއަށް ސަޕޯޓް ކުރުމަކީ މަގޭ ވާޖިބެއް ކަމަކަށް..”

ދެބުމަ ގޮށްޖަހަމުން ވިލްދާން ބުނި ކޮންމެ ލަފުޒަކުން ތަމަންނާގެ ހިނިތުންވުންވީ ފުޅަލެވެ.

ވިލްދާންގެ މޭމަތީގައި އަތް ކާއްތާލަމުން ތަމަންނާ އިހުނަށް ވުރެ ގާތްވެލިއެވެ. މޫނު އުފުލާލުމުން ތަމަންނާގެ ލޮލު ކައިރީގައި އިން ކަޅުތިލަ ވިލްދާންއަށް ފެނުނީ ފުރަތަމަ ފަހަރަށެވެ. އޭނާގެ ތުންފަތުގެ ބައްޓަމާއި ކޮލަށް ވެރިވެފައި ހުރި ގުދުރަތީ ޖަންބު ކުލަ މިހާ ގާތުން ފެނުނު ފުރަތަމަ ފަހަރަކީ ވެސް އެއީ އެވެ.

“ދެން ދާން ވާންވީނު މަގޭ…”

އެވަގުތު ވިލްދާން ނޭވާލާން ހަނދާންނެތުނު ކަހަލައެވެ.  ބާރަކަށް ތަމަންނާގެ ކޮނޑުގައި ހިފަހައްޓާލަމުން ދުރަށް ކޮއްޕާލެވުނެއެވެ. އޭނާގެ ބޮޑު ރިހި ދެލޮލުން އެ ފެންނަ ބެބުޅުން އަމާޒުވަނީ ވިލްދާންއަށް ހެއްޔެވެ؟ ފިރިހެނަކަށް ވެސް ކެތްކުރެވޭނީ ވަކި ވަރަކަށެވެ. އަންހެނެއް ގައިގައި ދުވަހަކު އަތްލި މީހެއް ނޫންކަމުން ވިލްދާންގެ ސިކުނޑީގައި ހީވީ ހަވާ އަރުވަމުންދާހެނެވެ. އެއީ ދުވަހަކުވެސް ވިލްދާން އިހުސާސްކުރަން ބޭނުންވާ ކަމެއް ނޫނެވެ.

“ތަމަންނާ؟”

ތަމަންނާއާއި ވިލްދާނަށް ފަހަތުން އިވުނު ޒުވާނާގެ އަޑަށް އެނބުރިލެވުނީ އެއްފަހަރާއެވެ.

“ގައިޝް..”

ގައިޝާން ފެނުމުން ވިލްދާންގެ މޫނު ބަނަވެގެން ދިޔައެވެ. ގައިޝާންގެ ހާލަކީ ވެސް އެއީއެވެ. ޓެނިސް މެޗެއް ހެން އެއްފަހަރު ތަމަންނާއަށް ބަލާލިއްޔާ އަނެއް ފަހަރު ވިލްދާންއާއި ދިމާލަށް ލޯ އަޅާލައެވެ. ތަމަންނާ ވެސް އުޅޭ ގޮތުން ހީވަނީ އޭނާގެ ފިރިމީހާއަށް ވަގު ބިޓު ފަޅާއެރިހެންނެވެ. ދެލޯ އުކަމުން ހާހެއްހާ ފަހަރު އިސްތަށިގަނޑު ރީތި ކޮށްލިއެވެ.

“ލޯންގް ޓައިމް..”

ގައިޝާން ހިނިތުންވަމުން ތަމަންނާގެ އަތުގައި ހިފާލިއެވެ. އެ މަޑު އަތުގައި ފިރުމާލީ އަސަރު ގަދަ ގޮތަކަށެވެ. އޭރު ތަމަންނާ ހީވަނީ ވިރިވިރި އިން އައިސް ކްރީމެއްހެނެވެ. އޭނާ ހުރީ އެހާވެސް ހިތް އަވަސް ވެފައެވެ. ތަމަންނާއާއި ގައިޝާންގެ ގުޅުމަކީ ކޮބައި ހެއްޔެވެ؟

“ޔޫ ޓޫ.. ކޮބާ ގާލްފްރެންޑް؟”

ތަމަންނާ އެހި ސުވާލުންވެސް އޭނާ ގައިޝާންއާއި ދޭތެރޭ ދެކެނީ ކިހިނެތްކަން ވިލްދާންއަށް މޭރުވިއެވެ. އަނެއްކާ މިވަދެވެނީ ހިންދީ ޑްރާމާއެއްގެ ތެރެއަށް ހެއްޔެވެ؟

“އެބަ އުޅޭ..”

ހިނިތުންވަމުން ގައިޝާން އެހެން ބުނިއިރުވެސް ތަމަންނާގެ އަތް މޮޑެ ނިމޭކަމަކަށް ނެހެދިއެވެ. އެހެން ހުއްޓާ ބުޅި އިސްތަށިގަނޑެއްގެ ވެރި ރީތި އަންހެން ކުއްޖެއް ގައިޝާން ދަމައިގަނެގެން ގޮއްސިއެވެ. ގައިޝާން މީ ހާދަ ކާމިޔާބު މީހެއްތާއެވެ. ދަމުން ވެސް ދިޔައީ ތަމަންނާއާއި ބައްދަލުކުރާނެ ކަމަށް ވަޢުދުވަމުންނެވެ.

“ދާންގެ ކޮއްކޮ ދޯ އެއީ.. ”

ތަމަންނާ އޭނާގެ އަތުން ވަސް ބަލަމުން އެހެން ބުނެލިއިރު އޭނާގެ ލޮލުގައި ކަރުނަ ފޭދިފައި ހުރިހެން ހީވިއެވެ.

“އާނ.. އެކަމަކު ތަމަންނާގެ ކާކު؟”

ވިލްދާން އެހެން އަހާލީ  ގައިޝާންގެ ޒާތީ އެއްވެސް ކަމެއް ނޭނގޭތީއެވެ. ގައިޝާންއަކީ ވެގެންވަންޏާ ދުވަހަކު ގެޔަށް ބޯވެސް ދިއްކޮށްލަން ބޭނުންނުވާ މީހެކެވެ. މަންމަ ހުންނާތީ ކުރިން އައި ކަމަކު ރާއްޖެއަށް އައި ފަހުން އަދި އެންމެ ފަހަރަކުވެސް ގެޔަށް ނުވަދެއެވެ.

“ނުލިބުނު ލޯބި.. ދެން ދުވަހަކުވެސް ނުލިބޭނެ ކަންނޭނގެ..”

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Rainoppa

Level 210 Stories100 Comments

I'm a girl who likes writing all sorts of stories. Especially horror. 22 years old and writing relieves stress mostly. Feel free to comment and vote. :)

Other Articles

Previous

އަބަދަށް މި ހިތުގައި 1..

Next

ތިޔަ ލޯތްބާ ދުރަށް 8 ފަހުބައި

Next
August 3, 2019

ތިޔަ ލޯތްބާ ދުރަށް 8 ފަހުބައި

Previews
August 3, 2019

އަބަދަށް މި ހިތުގައި 1..

14 Comments!

  1. Shahu says:
    August 3, 2019 at 8:33 pm

    Me first dho…. Varah salhi❣️???

    1. Rainoppa says:
      August 4, 2019 at 8:04 pm

      yes, thanks. Shahu

  2. Rai says:
    August 3, 2019 at 8:54 pm

    Masha Allah.Salhi ingey.Thamanna mee kithah boys gengulhey meehehtha.When next part

    1. Rainoppa says:
      August 4, 2019 at 8:04 pm

      eheh. Guess we’ll find out soon 🙂

  3. Sparkle girl says:
    August 3, 2019 at 10:00 pm

    Salhi

  4. Yash says:
    August 4, 2019 at 1:07 am

    Mioh Tamnnah eh…?
    Anyways. I really like the guy
    He’s funny
    Waiting for next part.
    Keep it up, rainoppa

    1. Rainoppa says:
      August 4, 2019 at 8:05 pm

      Thanks, Yash. For reading
      next part very soon

  5. Sleepy puffin says:
    August 4, 2019 at 7:32 am

    ވަރަށް ރީތި. ކޮންއިރަކު ދެން އޮތް ބައި ގެނެސް ދޭނީ ؟???????

  6. ®¥N says:
    August 4, 2019 at 9:35 am

    Rainoppa ❤️❤️❤️V Reethi Mi part ves Maasha Allah ???whn next

  7. jiji says:
    August 5, 2019 at 6:31 am

    V v nice ma sha allah???..kon irakun next upkohlaanyy..Waitinnn

  8. Miuthou❤️❣️❤️ says:
    August 5, 2019 at 3:32 pm

    Nice Part❤️❤️

  9. Anonymous says:
    August 6, 2019 at 11:05 am

    V shalhi

  10. strange girl says:
    August 10, 2019 at 2:33 pm

    Hey kobaa tha next part

  11. Aho0 says:
    August 17, 2019 at 10:28 am

    Oh v salhi ❤️❤️? waiting for next part ?

Comments are closed.

Next Episodeހުވަފެނަކީ ބިލާހެއް -4←


All Right Reserved!