ބާރު ގަދަ އަތަކުން އަލްވިން ދުރަށް ހޫރާލިއެވެ. ހޫރާލިލެއް ބާރުކަމުން ކައިރީގައިހުރި ކޮފީ މޭޒާއިއެކު އަލްވިންގެ ހަށިގަނޑު ގޮސްޖެހުނީ ކުޑަދޮރުތަކާއި ދިމާލުން ފާރުގައެވެ. ފާރުގައި ޖެހިފައި މުށިތައް މައްޗަށް ވެއްޓުމާއިއެކު މޭޒުގެކަން އަލް ވިންގެ ނިތްކުރީގައި ވަރަށް ބާރަށް ޖެހި އެތަނުން ލޭއަންނަންފެށިއެވެ. އަލްވިން ގަދަކަމުން ލޯ ހުުުޅުވާ ޝިމްލާ ކޮބައިތޯ ބަލާލިއެވެ. ކުރިމަތިިިން ފެނުނު މަންޒަރުގެ ސަބަބުން އަލްވިން އެހާލުގައިވެސް ކޮޅަށް ތެދުވަން މަސައްކަތްކުރިއެވެ. ބޮލަށް އެނބުރުން އަރާގޮތްވުމުން ފާރުގައި ހިފަހައްޓައިގެން އަލްވިންއަށް ކޮޅަށް ތެދުވެވުނުއިރު ބޯ ފަޅައިގެން […]
އަހަރެންގެ ސިފަޖެހިގެންހުރި އެނުބައި މީހާ އަހަރެންގެ ލޯބިވެރިޔާ ގެންގޮސް ރެއިލިންގެ މަތީ ބޭންދުމަށްފަހު އަތްދޫކޮށްލީ އަހަރެންގެ ކުރިމަތީއެވެ. މައިޝާ ކައްސާލައިގެން ތިރިއަށް ވެއްޓުނުއިރު ނުކުޅެދޭ މީހެއް ފަދައިން އެދިމާއަށް އަތްދިއްކޮށްގެން އެއިންގޮތަށް އަހަރެން އިނީމެވެ. ދެން ފެނިގެން ދިޔައީ އަހަރެން ދުވަހަކުވެސް ނުދެކޭފަދަ ބިރުވެރި ސިފައެއްގައިވާ އެއްޗެކެވެ. އަހަރެންގެ ސިފައިގާ ހުރި އެތި އޭގެ އަސްލު ސިފައަށް ބަދަލުވުމަށްފަހު ވައިގެތެރެއަށް ގެއްލިގެންދިޔައީ ވަޔާދާ ސައިބޯނި ބޮކިތަކެއް ފަދައިންނެވެ. އެއާއިއެކު އަހަންނަށް ކޮޅަށް ތެދުވެވިއްޖެއެވެ. ފަޔަށް ލެވުނުހާ ބާރެއްލާފައި […]
“އަމް ސޮރީ އައި ވޯސް ރޯންގް. ބަޓް އައި ވޮނަ ނޯ އެވްރިތިން އެބައުޓް ހާރ ފްރޮމް ޔޫ.” ޝިމްލާ އަސަރާއިއެކު ބުނެލިއެވެ. ޝިމްލާގެ އަތުގައިވާ ފޮޓޯގައި އަލްވިން ހިފީ ތުރުތުރުލައި އޮތް އަތަކުންނެވެ. ފޮޓޯގަނޑަށް އެއްފަހަރު ޝިމްލާގެ މޫނަށް އަނެއްފަހަރު ބަލާލުމަށްފަހު ފޮޓޯގަނޑު ގެނެސް މޭގައި ޖައްސާލަމުން ލޯމަރާލިއެވެ. ލޯމަރާލައިގެން ސޯފާގައި އިން އަލްވިން ފެނި ޝިމްލާގެ ހިތަށް ބުނެދޭން ނޭނގޭ އިޙްސާސްތަކެއް ވެރިވިއެވެ. ލޯމަރާލައިގެން އޮތް ނަމަވެސް އެލޮލުގެ ފުރަގަހުގައިވާ ހިތާމަ ފާޅުވާފަދައެވެ. އެ […]
ސަޢީދު ދިއުމުން ޝިމްލާ އޭނާގެ އުނގުމަތީ އޮތް އަލްބަމް ހުޅުވާލިއެވެ. މަންމަގެ ތަސްވީރުތަކަށް ބަލަމުން މަޑުމަޑުން ގިސްލެވެން ފެށިއެވެ. ފަހަރަކު ގަނޑެއް އެއްލަމުންގޮސް ފެންނަން އޮތް ތަސްވީރަށް ފުންކޮށް ނަޒަރު ހިންގާލިއެވެ. ޤަބޫލްކުރަން ދަތިވެފައި ދެފަހަރަކު ލޯ އުނގުޅާލުމަށްފަހު އަނެއްކާވެސް ބަލާލިއެވެ. މިއީ ޝިމްލާއަށް ކުރިންވެސް ފެނިފައިވާ ފޮޓޯއެކެވެ. “މިއީ ކިހިނެތްވާނެ ކަމެއް؟” ޝިމްލާއަށް މި އުޅެވެނީ ހުވަފެެނެއްގައިބާއޭ އޭނާގެ ހިތަށް އެރިއެވެ. އެތަނުގައި މުޅިންވެސް ހުރީ އަންހެންކުއްޖެއްގެ ފޮޓޯތަކެކެވެ. ޝިމްލާއަށް ހީވީ އޭނާއަށް މޫނުބަލާ ލޯގަނޑެއްގެ […]
“ކޮއްކޯ!” ޝިމްލާގެ ކޮނޑުމަތީ އަތް ބާއްވާލަމުް އެމީހަކު ޝިމްލާއަށް ގޮވާލިއިވެ. “ނޭނގުނު ކާކުކަމެއް!” ޝިމްލާ އެމީހަކާއި ދިމާއަށް ނަޒަރު ހުއްޓާލައިގެން ހުރެ ބުނެލިއެވެ. “ކޮއްކޮ ތީ މާލޭ ކުއްޖެއްތަ؟” ކައިރީގައި ދެން ހުރި މީހާ ސުވާލުކޮށްލުމުން ޝިމްލާ ނޫނެކޭ ބުނުމުގެ ގޮތުން ދެފަރާތައް ބޯހޫރާލިއެވެ. އެމީހާގެ މޫނަށް ފުންކޮން ނަޒަރުހިންގާލުމުން ކޮންމެވެސް ތަނަކުން ފެނުނު މީހެއްހެން ހީވިއެވެ. ދެން އެމީހަކު ބުނި އެއްޗަކުން ޝިމްލާގެ ދެބުމަ ހިއްލާލެވުނެވެ. “ތިއީ ދޮންއާދަނާ ޒުލައިޚާގެ ދަރިފުޅުތަ؟” އެމީހާ އަނެއްކާވެސް ސުވާލުކުރިއެވެ. […]
ޝިމްލާގެ ގައިގާވާ ހުރިހާ ލޯލިތަކެއް ކޮޅަށްޖެހުނެވެ. ހަމަ އެސިކުންތު ޝިމްލާ ޚަބަރު ހުސްވެގެން ވެއްޓުނެވެ. ޝިމްލާގެ ހަށގަނޑު ތިރިއަށް ވެއްޓުމުގެ ކުރިން އަލްވިން ހުށިޔާރުކަމާއިއެކު އޭނާ އަތްދަނޑިމައްޗަށް އުފުލާލިއެވެ. އަދި ގެންގޮސް ސިޓިންރޫމް ސޯފާމަތީ ބޭއްވިއެވެ. “މަންމާ!” އަލްވިންގެ އަޑަށް ޢުލްޔާ ނިކުތީ ކުޑަކޮޓަރިންނެވެ. އޭނާއަށް ފެނުނު މަންޒަރުން ވެގެންއުޅޭގޮތް ފަހުމުވިއެވެ. އަވަސް ފިޔަވަޅުތަކެއްގައި އައިސް ޝިމްލާގެ ކައިރީ ހުއްޓެމުން ވެގެންއުޅޭގޮތް ކުރުގޮތަކަށް އަލްވިންއަށް ކިޔައިދިނެވެ. އަލްވިން އޭނާގެ ކަންފަތަށް ދެންމެ އެއިވުނު އަޑުތަކަކީ ދޮގަކަށް ވާނެނަމައޭ […]
“ތިބުނާ ކުއްޖެއްގެ ފުރިހަމަ ނަމާއި އެޑްރެސް އަދި އުމުރު މި ގަނޑުކޮޅުގައި ލިޔެލާ.” ބަކުރު ކަރުދާސްގަނޑަކާއި ގަލަމެއް އަމްޖަދުގެ އަތަށް ދިއްކޮށްލަމުން ބުނެލިއެވެ. އަމްޖަދު އޭގައި ހިފުމަށްފަހު ޖީބުން ނެގި ރުމާލުން އޭނާގެ ނިތްކުރިމަތީ ބަބުޅަމުންދިޔަ ދާތިކިތައް ފުހެލިއިރު އެ މޫނު މަތިން ފެންނަންހުރީ ހާސްކަމެވެ. “މިރޭ ޢިޝާގެ ފަހުން އާދޭ! އޭރުން ދެން ކުރިއަށް ގެންދާނެގޮތަކާއިމެދު މަޝްވަރާކުރާނީ” އަމްޖަދު ދިއްކޮއްލި ގަނޑަށް ބަލާލަމުން ބަކުރު ބުނެލިއެވެ. އަމްޖަދު އިންތިޒާރު ކުރަމުންދިޔައީ އިޝާވަގުތަށެވެ. އިޝާ ނަމާދުން މީހުން […]
“ކޮއް ކޯ! ބޭބެ ނިޔާވި ފަހުން މި ހާރު ސާ ޅީސްވެސް ވެއްޖެ.” ތުރުތުރުލާއަޑަކުން ސިއްތި އަމްޖަދުގެ ސުވާލަށް ޖަވާބުދިނެވެ. އަމްޖަދު ގޮތްހުސްވެފައިވާ ހާލު ފޯނުކަނޑާލިއެވެ. އެމޫނުމަތީ ވަނީ ބިރުވެރިކަމެވެ. އޭނާގެ ލޯކުރިމައްޗަށް ސިފަވަމުންދިޔައީ މައިޝާގެ ޗިސްޗިސްވެފައިވީ ފުރާނަނެތް ހަށިގަނޑެވެ. ނިތްކުރިމަތީ ގިނަވަމުންދިޔަ ދާތިކިތައް އިރުއިރުކޮޅާ އަތުގައިވާ ރުމާލުން ފޮހެލައެވެ. އެންމެފަހުން އޭނާގެ ކާރަށް އަރާ ދުއްވާލައިފިއެވެ. *** އެނދުމަތީ ދެފަރާތަށް ފުރޮޅިލަ ފުރޮޅިލާ އޮތް ޝިމްލާގެ ނިދި ވަނީ އޭނާއާއި މާދުރުގައެވެ. ލޯމަރާލިއަސް ފެންނަނީ އެހިތްގައިމު […]
“ސާޝާ!” ލިފްޓުގެ ދޮރު ހުޅުވުމާއިއެކު ކުރިމަތީހުރި ޒުވާނާގެ މެދުހަށީގައި އޮޅުލައިގަންނަމުން ޝިމްލާއަށް ބުނެވުނެވެ. ކުރެވުނު ކަންތައް ރޭކަލުމުން ޝިމްލާއަށް ގަތްލަދުން ސާޝާގެ ގަޔާދުރުވެލަމުން ފަހަތަށް ޖެހެލެވުނެވެ. އަދި ފުންކޮށް އެފިރިހެންވަންތަ މޫނަށް ނަޒަރުހިންގާލިއެވެ. ކަޅުކަންގަދަ ފަން އިސްތަށިގަނޑުވަނީ ތިރިއަށް ވައްޓާލެވިފައެވެ. އަޅާފައިވާ ނަންބަރުއައިނުގެ ތެރެއިން އެ ޖާދުވީ ދެލޮލުގައިވާ އަޅިކުލައިގެ ކަޅި މިހާރު ފެންނަނީ ކުރިއަށްވުރެވެސް ފުރިހަމަކޮށެވެ. މޫނުގެ ކުލަ ކުރިއަށްވުރެ އަލިވެފާ ދަތްދޮޅީގެ ވަށައިގެން ލާފައިވާ ތުނބުޅި ކުރިއަށްވުރެ ދިގުވެފައިވުމުން ފިރިހެންވަންތަކަން އިތުރުކޮށްދޭހެން ހީވެއެވެ. ކަޅިޖަހާނުލާ […]