Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

އެ ތޫފާނީ ރޭ (11)

Psenhi Level 410 Stories100 Comments100 Login
July 20, 2017 4 Mins Read
24 Comments

ސަޢީދު ދިއުމުން ޝިމްލާ އޭނާގެ އުނގުމަތީ އޮތް އަލްބަމް ހުޅުވާލިއެވެ. މަންމަގެ ތަސްވީރުތަކަށް ބަލަމުން މަޑުމަޑުން ގިސްލެވެން ފެށިއެވެ. ފަހަރަކު ގަނޑެއް އެއްލަމުންގޮސް ފެންނަން އޮތް ތަސްވީރަށް ފުންކޮށް ނަޒަރު ހިންގާލިއެވެ. ޤަބޫލްކުރަން ދަތިވެފައި ދެފަހަރަކު ލޯ އުނގުޅާލުމަށްފަހު އަނެއްކާވެސް ބަލާލިއެވެ. މިއީ ޝިމްލާއަށް ކުރިންވެސް ފެނިފައިވާ ފޮޓޯއެކެވެ.

“މިއީ ކިހިނެތްވާނެ ކަމެއް؟” ޝިމްލާއަށް މި އުޅެވެނީ ހުވަފެެނެއްގައިބާއޭ އޭނާގެ ހިތަށް އެރިއެވެ.

އެތަނުގައި މުޅިންވެސް ހުރީ އަންހެންކުއްޖެއްގެ ފޮޓޯތަކެކެވެ. ޝިމްލާއަށް ހީވީ އޭނާއަށް މޫނުބަލާ ލޯގަނޑެއްގެ ކުރިމަތީ ހުރެވުނުހެންނެވެ. އޭގެ ތެރެއިންވެސް އެންމެ ހައިރާންވީ ކުރިންފެނުނު ކައިވެނީގެ ރަސްމިއްޔާތުގެ ފޮޓޯ ފެނުމުންނެވެ.

އަޅިކުލައިގެ ގަމީހުގެ މަތިން ކަޅު ވެއިސްޓެއްލައި ކަޅު ފަޓުލޫނެއްގައި އެހުރީ އަލްވިންނޫން ދެވަނަ މީހެއްނޫނެވެ. އެ ފަން އިސްތަށިކޮޅު ކުރުކޮށް ކޮށައި ރީތި ގޮތަކަށް ސްޓައިލްކޮށްލެވިފައިވާއިރު ދަތްދޮޅީގެ ވަށައިގެންވާ ތުނބުޅިވެސްވަނީ ކުރުކޮށް ހަދާލާފައެވެ. ދިގު އެސްފިޔަތަކުގެ ތެރެއިން ފެންނަމުންދާ އަޅިކުލައިގެ ކަޅި ހުއްޓިފައިވަނީ ކައިރީގައިހުރި އަންހެން ކުއްޖާއަށެވެ.

ހުދުކުލައިގެ ބޮޑު ވެޑިން ޑްރެސްގައި އެއްއަތުން ހިފަހައްޓާލައިގެން ހުރިއިރު އަނެއްއަތުން އަލްވިންގެ އަތުގެ މުލައްދަނޑީގައި ހިފަހައްޓާލާފައި ހުއްޓެވެ. އެ ބޮޑު ވެޑިން ޑްރެސްގައާއި އަޅައިގެންހުރި ހުދުކުލައިގެ ލޭސްފޮތީގެ ޝޯލްގައި ހުދާއި ރިހި ކުލައިން ބީޑްސް ހަރުކޮށްފައިވެއެވެ. ބޮޑު ދެލޮލަކާއި ދިގު އެސްފިޔަތަކެކެވެ. ކޮށްފައިވާ މޭކަޕްގެ ސަބަބުންނާއި ތުންފަތުމައްޗަށް ގެެސްފައިވާ ހިނިތުންވުމުން އިތުރަށް ފުރިހަމަ ކަމަށް ދައްކައެވެ.

ޝިމްލާއަށް ފޮޓޯގަނޑުގައި މަޑުމަޑުން އަތްހިންގާލެވުނެވެ. އެވަގުތު އޭނާގެ ލޮލުގައި އަޅައިގަތީ އެދެމީހުންގެ ފަހަތުން ފެންނަންހުރި ލިޔުންކޮޅެކެވެ. “އަލްވިން ވެޑްސް މައިޝާ” ޝިމްލާއަށް މަޑުމަޑުން ކިޔާލެވުނެވެ. އޭނާގެ ހިތުގެ ކަނަކުން ބުނަމުންދިޔައީ އެއީ އޭނާގެ ސިކުނޑި އުނދަގޫކުރަމުންދިޔަ ސުވާލުތަކެއްގެ ޖަވާބުކަމުގައެވެ. ޝިމްލާ އަވަސްވެގަތީ އޭނާގެ ހީ ޔަޤީންކަމަކަށް ބަދަލުކުރުމަށެވެ.

ލިފްޓުގެ ކައިރީގައި އިރުކޮޅަކު ހުރުމަށްފަހު ހިތް އަވަސްވެފައިވާ ހާލު ޝިމްލާ ސިޑިއާއި ދިމާމަށް ދުއްވައިގަތެވެ. ޖަހިގެން ހުރި ފްލޯއަށް ދެވުނުއިރު ލިފްޓުގެ ތެރެއިން ނިކުމެގެން އައި ލުމްނާ ޝިމްލާގެ ލޮލުގައި އަޅައިގަތެވެ. ޝިމްލާ އަވަސް އަވަހަށް ލުމްނާގެ ގާތަށް ގޮސް އޭނާގެ އަތުގައި ހިފާލަމުން އަލްބަމުގެ ތެރެއިން ނެގި ފޮޓޯ ދައްކާލިއެވެ.

“މިއީ ކާކު؟ މީނަ ޝިމްދައްތައާއި އެހާ ވައްތަރީ ކީއްވެތަ؟ މިއީ އަލްވިންގެ ވައިފްތަ؟ މީނަ ކޮބާ މިހާރު؟ ކީއްވެ މީނަގެ ވާހަކަ އެކަކުވެސް ޝިމްދައްތަގާތު ނުދައްކަނީ؟” ޝިމްލާ އެއްނޭވައިން ހުރިހާ ސުވާލުތަކެއް އެއްފައްޗަށް އަމުނާލިގޮތުން ލުމްނާ ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އިރުކޮޅަކު އެހެން ހުރެފައި ޝިމްލާގެ އަތުގައި ހިފައިގެން ދަމަމުން ކަހަލަ ގޮތަކަށް ގެންގޮސް އެމީހުންގެ އެޕާޓްމެންޓަށް ވަނެވެ. ލުމްނާ އެދިޔަގޮތަށްގޮސް އޭނާގެ ކޮޓަރިއަށްވަދެ ތަޅުލިއެވެ. އަދި ޝިމްލާގެ ގާތުގައި އެނދުގައި އިށީނުމަށް ބުންޏެވެ.

“ތިއީ މައިދޮންތި. އަންކަލްއާއި ފަތިއްތައަށް ލިބުނު ހަމައެކަނި ދަރިފުޅު މައިޝާ. މައިދޮންތި ނިޔާވިފަހުން އަންކަލްއާއި ފަތިއްތަ ވަރަށް ހިތާމަކުރި. އެދެމީހުން އެހިތާމައިން އަރައިގަނެވުނީ ވަރަށް ދުވަހުން. އެހެންވެ އެވާހަކަ އެއްވެސް މީހަކު އަލުން ދައްކާކަށް ބޭނުމެއްނުވޭ. އަސްލު ޝިމްދައްތަ ފެނުނީމަ އެނގުނީވެސް މައިދޮންތިއާއި ވައްތަރުކަމުންނޯ. ދެން ޝިމްދައްތަ ގެއްލިދާނެތީ އަންކަލް އެދުނީ އެވާހަކަ އިހަށް ޝިމްދައްތައަށް ނާންގަން.” ލުމްނާ މަޑުމަޑުން ޝިމްލާގެ ސުވާލުތަކުގެ ޖަވާބު ދެވޭތޯބެލިއެވެ.

“ދެން! އަދި ބައެއް ސުވާލުގެ ޖަވާބު ނުލިބޭ! މައިދޮންތި ނިޔާވީ ކިހިނެތް؟ މައިދޮންތިއާއި އަލްވިންގެ ކައިވެނި ކުރެވުނީ ކޮންއިރަކު؟” ޝިމްލާ އޭނާގެ ސުވާލުތައް އެހެން މިސްރާބަކަށް ބަދަލުކޮށްލިއެވެ.

އެވަގުތު ކޮޓަރީގެ ދޮރުގައި ޓަކިދިންއަޑު އިވުމުން ލުމްނާ ޝިމްލާގެ އަތުގައިއޮތް ފޮޓޯގަނޑު އަލްބަމުގެ ތެރެއަށް ލުމަށް ބުނެ ދޮރާއި ދިމާއަށް ހިނގައިގަތެވެ.

“ދަރިފުޅާ ލުމްނާ! އަވަހަށް އާދޭ ސައިބޯން. އަހަނ ޝިމްވެސް އެބައުޅެންދޯ؟ އާދޭ އަވަހަށް ދެކުދިން. މަންމަ ހުންނާނެ ވަރަށް މީރުކޮށް ކުޅި ބޯކިބާ ފިހެފަ.” ދޮރުމަތީގައި ހުރި ޘަނާޔާ ކޮޓަރިތެރެއަށް ބޯދިއްކޮށްލަމުން ބުނެލިއެވެ.

ލުމްނާ ކުރިއަށް ކާކޮޓަރިއާއި ދިމާއަށް ހިނގައިގަތުމުން ޝިމްލާވެސް އަލްބަމް ޑްރެސިންރޭބަލްމަތީ ބޭއްވުމަށްފަހު ލުމްނާގެ ފަހަތުން ހިނގައިގަތެވެ.

ކާކޮޓަރީގައި ސައިބޯންއިން އަމްޖަދު އިސް އުފުލާލި ވަގުތު ފެނުނު މަންޒަރުން މޫނުމައްޗަށް ވިހަ ހިނިތުންވުމެއް ވެރިވިއެވެ. އޭނާގެ މަޤްސަދަށް ވާސިލްވާކަށް ދެން މާގިނަ އިންތިޒާރުތަކެއް ކުރާކަށް ނުޖެހޭނެއޭ އޭނާގެ ހިތް ބުނެލިއެވެ.

މިއަދު އަޑުއިވިގެންދިޔަ ވާހަކަތަކުން ޝިމްލާހުރީ ކާހިތްވެސް ކެނޑިފައެވެ. ނަމަވެސް ޘަނާޔާގެ އެދުމަށް ފުރަގަސްދޭން ނުކެރިގެން ކުޑަކޮށް ކާލައިގެން ތެދުވަން އުޅެނިކޮށް އަމްޖަދު ޝިމްލާ ދާން އަދި އަވަސްކަމަށް ބުނެލިއެވެ. “ދެން ކުޑަކޮށް އަނގަތަޅާލާފައެއްނު ދާނީ. މިބަޔަށް އެހާ ގިނައިން އަންނަ ކުއްޖެއްވެސް ނޫނެއްނުންތީ. ތުއްތަ ކައިރީގަ މިތާ އިށީނދެބަލަ ދޯ ޘަނާ؟” އަމްޖަދުގެ އަޑުގައި މިފަހަރުވީ ލޯބި ފާހަގަކުރެވުނީ ހަމައެކަނި ކާކޮޓަރިން ނިކުންނަންދިޔަ ލުމްނާއަކަށް ނޫނެވެ. މިއިން ދުވަހަކު އޭނާއަށް ‘ޘަނާ’ އޭ ކިޔާ ގޮވާވެސް ނުލާ މިއަދު އެނެމުން ގޮވުމުން ޘަނާޔާ އިނީ އުފަލުން ހެވިފައެވެ. އަދި އަމްޖަދަކީ ޢާންމުކޮށް އެގޮތަށް ކޮންމެކޮންމެ މީހަކާ އޯގާތެރިކަމާއިއެކު ވާހަކަދައްކާއުޅޭ މިޒާޖެއްގެ މީހެއްނޫންކަމުން ހިސާބަކަށް ހައިރާންވެސްވެފައެވެ.

ޘަނާޔާވެސް ކިޔަންފެށުމުން ޝިމްލާ ކުރިން އިން ގޮނޑިން ތެދުވެގެން ގޮސް ޘަނާޔާގެ އަނެއްފަރާތުގައިހުރި ގޮނޑީގައި އިށީނެވެ. އެވަގުތު އަމްޖަދު އޭނާގެ ޖީބުން ނެގި ކުޑަފުޅީގައިހުރި ދިޔާއެއްޗެއް ޝިމްލާގެ ސައިތަށީގެ ތެރެއަށް އެޅިއެވެ. އަދި އެސައިތަށި ކައިރިކޮށްދިނުމުން ޝިމްލާ އެ ބޯންފެށިއެވެ. އެދެމީހުން އޮލަ ވާހަކައެއްގައި ތިބުމުން އެމަންޒަރު ނުފެނުނީއެވެ. އަމްޖަދުގެ މަކަރުވެރި މަޅީގައި ޝިމްލާ ހައްޔަރުވުމުން އޭނާގެ ހިތް އުފަލުން ނަށާލިއެވެ. އޭނާގެ ހިތުގެ އެދުން ފުރިހަމަވާކަށް ދެން މާ ގިނަ ދުވަހެއް ނުވާނެކަން އޭނައަށް ޔަޤީނެވެ.

***

މަޣްރިބް ނަމާދު ކޮށްލައިގެން ޝިމްލާ އޮށޯވެލީ ބޮލުގައި ރިހުމެއް ހުރުމުންނެވެ. ނަމަވެސް އޭނާއަށް އެފޮޓޯގެ ފަހަތުގައިވާ ސިއްރުގެ އެންމެ ފުންމިނަށް ނުދެވެނީސް އެ ބޮލުރިހުމެއް ނުފިލާނެއޭ ހީވުމުން އޭނާ އެނދުން ތެދުވިއެވެ. އަދި ފޮޓޯގަނޑު އަތްދަބަހަށް ލުމަށްފަހު މޫނުގައި ފުށްމާ ކާއްތާލިއެވެ. މަޑުނޫކުލައިގެ ޝޯލްއެއް އަޅާ ގަޔަށް ސެންޓު ބުރުވާލިއެވެ. އަދި ޖިންސުފޮތީގެ ބޫޓު އަތަށް ނެގުމަށްފަހު އަނެއްއަތުން އަތްދަބަސް އަޅުވާލިއެވެ.

“ލުމްނާވެސް ތުއްތަވެސް އެވާހަކަ ދައްކަން ފެށީމަ ވާހަކަ ބަދަލުކޮށްލީ. ޒުނޭއްތައަށްވެސް އެނގޭނެ ދޯ އެހާ ގިނަދުވަހު އެގޭގަ އުުޅުނުއިރު އެފޮޓޯގެ ހަޤީޤަތް. އެކަމު އޭނަވެސް ނޭނގޭކަމަށް ހެދީ. ފަތިއްތަ ގާތު އެހިއަސް ހިއެއްނުވޭ ބުނާނެހެން. އަންކަލްވެސް އެވާހަކަ ދައްކަން މާއަވަހޯ. އެއްވެސްމީހަކު ނުވިސްނާާ އަހަންނަށް ވާ އުނދަގުލަކަށް. މާމަ ގާތު އަހާކަށް ނުވެސްކެރޭނެ. ދެން މިއީ އެންމެ ރަނގަޅު ގޮތަކީ. އޭނަ އަހަންނަށް ދޮގު ހަދާނެހެން ހިއެއްނުވޭ!” ކާރުގެ ފަހަތު ސީޓުގައި އިނދެ ޝިމްލާ އަމިއްލައަށް އަޑުއިވޭވަރަށް ޝަކުވާކުރަމުން ގެންދިޔައެވެ.

“ކޮބާ ދައްތަ؟” ގޭތެރެއަށް ވަދެގެންދިޔަ ޝިމްލާ އޭނާ އެގެއަށް އައި މަޤްސަދު ސިއްރުކުރިއެވެ. އަންކަލްމެންގެ ގެއަށް ދިޔަފަހުން އަދި މިއީ އެގެއަށް އައި ފުރަތަމަ ދުވަސްކަމުން ހިސާބަކަށް ޖެހިލުންވިއެވެ. އަދި ކުރީގެ ހަނދާންތައް އާވުމުން ބޭއިޚްތިޔާރުގައި ހިނިތުންވެވުނެވެ.

“ދައްތަ ފްރެންޑް ކައިރީ ދަނީ. ބުނީ ކުޑަކޮށް ލަސްވަނީ.” ޢުލްޔާ ގޭގައި ނެތްކަމަށް ލާރާ ބުނުމުން ޝިމްލާ އަލްވިން އުޅޭތޯ ސުވާލުކުރިއެވެ. ލާރާގެ ޖަވާބު އިވުމާއިއެކު އަވަސް ފިޔަވަޅުތަކެއްގައި ގޮސް ލިފްޓަށް އެރިއެވެ.

“މިހާރު ބެލް ޖަހަޖަހާ ވަރުބަލިވެއްޖެ! ނިދުނީ ކަންނޭ…” ޝިމްލާގެ ޖުމްލަ ފުރިހަމަވެސް ނުވަނިސް ފެނުނީ ދޮރު ހުޅުވުން ތަނެވެ.

ކޮނޑުމައްޗަށް ތުވާލިކޮޅު އެއްލާލައިގެންހުރި އަލުވިންހުރީ ކަކުލާއި ހަމައަށް އަންނަ ކަޅު ސޯޓަކާއިއެކު ހުސްގަޔާއެވެ. ދާހިތްލުމުގެ ސަބަބުން އެ ފިރިހެންވަންތަ ކަސްރަތީ ހަށގަނޑުގެ އެކި ހިސާބުތަކުގައި ދާތިކިތައް ހަރުލާފައިވެއެވެ. އެ ކަޅު ފަން އިސްތަށިކޮޅު ތެތްވުމުގެ ސަބަބުން މޫނުމައްޗަށް ބައެއް ވެއްޓިފައި އޮތްއިރު މަސްތުންފުރިގެންވާ ދެލޯ އަމާޒުވެފައިވީ ޝިމްލާއަށްކަން އިޙްސާސްވުމާއިއެކު ޝިމްލާގެ ގައިން ހީބިހި ނަގައިގަތެވެ. މުޅި މީހާ އެއްކޮށް ފިނިވިއެވެ. ނުބަލަން ކިތަންމެ މަސައްކަތެއް ކުރިއަސް އެހެން ދިމާއަކަށް ބަލަން ޝިމްލާގެ ލޯ ނުކުޅެދިފައިވިއެވެ. އަލްވިންގެ މޫނުގައިވާ ހިނިތުންވުން ފުންވެގެން ދިޔަވަގުތު ކޮލަށް އެޅުނު އަޑިކޮޅާއިއެކު ޝިމްލާގެ ކުރިމަތީ ފެންނަންހުރި ސޫރައަށް އޭނާ ހިތާހިތުން ތަޢުރީފުކޮށްލިއެވެ.

“ދުވަހަކުވެސް ފިރިހެންކުއްޖަކު ގަމިސްނުލާ ހުއްޓަކާ ނުފެނޭދޯ؟ ހަމަ އެހާ ރީތީތަ ތިވަރަކަށް ތި ބަލަނީ؟” އަލްވިން ބޭނުންވީ ޝިމްލާ ރަކިކޮށްލާށެވެ. އެކަން ކާމިޔާބުވެސްވިއެވެ. ޝިމްލާއަށް ކުރެވުނު ކަންތައް ހިތަށް އަރާ ލަދުންގޮސް މޫނު ރަތްވިއެވެ. އިސްޖަހާލިގޮތަށް އިސް އުފުލާލަންވެސް ނުކެރިފާ ހުއްޓެވެ.

“ދެން ތިތާތަ ހުންނާނީ؟ އެތެރެއަކަށްވެސް ނުވަންނާނަންތަ؟” އަލްވިން ކޮނޑުގައި އޮތް ތުވާލިކޮޅުން މޫނުގައިހުރި ދީތަށް ފޮހެލަމުން ބުނެލިއެވެ. ޝިމްލާ މަޑުމަޑުން ގޮސް ސޯފާގައި އިށީނެވެ.

“ކަމަކުތަ؟ ނޫނީ މާބޮޑަށް މިސްވެގެން ދެކެލަން އައީތަ؟” އަލްވިން ގަސްތުގައި ޝިމްލާ އިތުރަށް ރަކިކޮށްލަން ބުނެލިއެވެ. ހަޤީޤަތުގައި އަލްވިންގެ ހިތަށް ފިނިކަމެއް ލިބިއްޖެއެވެ. އެތަށް ދުވަހަކަށްފަހު އުންމީދުވެސް ނުކޮށް ހުއްޓާ ލޯބިވާ ސޫރަ ފެނުމުން އޭނާގެ ހިތަށް ބަހާރު މޫސުން އަތުވެއްޖެއެވެ.

ޝިމްލާ އިސްއުފުލާ ބަލާލީ އޭނާ ދައްކަންއައި ވާހަކަ ފަށާނެ ގޮތަކާއި ދޭތެރޭ ވިސްނާލަމުންނެވެ. ނަމަވެސް އަލްވިންގެ ސިކްސް ޕެކް ހަށިގަނޑަށް އަނެއްކާވެސް ނަޒަރު ހުއްޓުމާއިއެކު ދުލުގައި ކަސްތޮޅު އެޅުވުނެވެ. އަތްފައި ފިނިވެ ތިރީ ތުންފަތުގައި ދަތްއަޅާލެވުނެވެ. ދެއަތް ދެއަތާއިލާ ފިއްތަންފެށުނެވެ. މިމަންޒަރު ފެނުމުން އަލްވިންއަށް ބޭއިޚްތިޔާރުގައި ބާރަށް ހެވުނެވެ.

“ސޮރީ! ސޮރީ! އެބައަންނަން ފެންވަރާލައިގެން ޓީޝާޓެއް ލައިގެން. ޖިމް ޖައްސާލާފަ އައީމަ. ލަހެއް ނުވާނެ ދޯ؟” ޝިމްލާ ލޯ އަޅާލުމުން އަލްވިން ހިނިގަނޑު ކޮންޓްރޯލް ކޮށްލަމުން ބުނެލިއެވެ. ޝިމްލާ އެއްބަސްވުމުގެ ގޮތުން ބޮލުން އިޝާރާތްކޮށްލިއެވެ.

“އަދި ބުނެފިއެއްނު ސޮރީ އޭ!” އަލްވިން ދިއުމުން ޝިމްލާ ކުދިކިޔައިގަތެވެ. ދެން ފެނުނީ ހިނިތުންވެލިތަނެވެ.

ކޮޓަރީގެ ތޮރު ހުޅުވުމާއިއެކު ޝިމްލާއަށް އެދިމާއަށް ބަލާލެވުނެވެ. މެރޫންކުލައިގެ އަތްދިގު ޓީޝާޓަކާއި ޓްރެކްސޫޓެއް ލައިގެން އަވަސް ފިޔަވަޅުތަކެއްގައި ޝިމްލާއާއި ދިމާއަށް އަލްވިން އާދެއެވެ. އެމޫނުމަތީވަނީ ނުފިލާ ހިނިތުންވުމެކެވެ. އެރީތި އަޅިކުލައިގެ ކަޅި އަމާޒުވެފައިވަނީ ސީދާ ޝިމްލާގެ ދެލޮލަށެވެ. އޭސީގެ ފިނިކަމާއިއެކު ޝިމްލާގެ ހަށިގަނޑަށް އާދަޔާ ޚިލާފް ފިނިކަމެއް އިޙްސާސްވަމުންދިޔައެވެ. ޝިމްލާ އޭނާގެ ސިކުނޑިއަށް ވިސްނާދެމުން ދިޔައީ އޭނާ އެތަނަށް އައި ބޭނުމެވެ.

ކަޅު ދިގުކޮށްހުރި ޖިލްބާބާއިއެކު އަޅާފައިވާ މަޑުނޫކުލައިގެ ޝޯލްގެ ތެރެއިން ޝިމްލާގެ ދޮން މޫނާއި ރީތި ބޮޑު ދެލޯ ފެނުމުން އަލްވިންގެ ހިތުގެ ތެޅުން އަވަސްވިއެވެ. މަޑު ފިޔާތޮށިކުލައިގެ ތުނި ތުންފަތުގައިވާ ހިނިތުންވުންފެނި ލޭނާރުތަކުން ލޭދައުރުވުން ހުއްޓުނުހެންވެސް ހީވިއެވެ.

އަލްވިން އައިސް ޝިމްލާގެ އިށީނދެލައިގެން އިން ސޯފާގެ އަނެއްކޮޅުގައި އިށީނދެލިއެވެ. ޝިމްލާ އަވަސްއަވަހަށް އޭނާގެ ނަފްސު އޭނާގެ ހިމާޔަތަށް ގެނައެވެ. އަދި އަތްދަބަހުގެ ތެރެއިން ނެގި ފޮޓޯގަނޑު އަލްވިންގެ އަތަށް ދިއްކޮށްލިއެވެ.

“އަމް ސޮރީ އައި ވޯސް ރޯންގް. ބަޓް އައި ވޮނަ ނޯ އެވްރިތިން އެބައުޓް ހާރ ފްރޮމް ޔޫ.”

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Psenhi

Level 410 Stories100 Comments100 Login

Writing is my hobby. I love to read and write stories of different styles. An informative writing come from lot of readings.

Other Articles

Previous

ފުން އިހުސާސެކޭ 12

Next

ތިޔަ ނޫން އެހެން ހިތެއް ނޭދެމޭ

Next
July 21, 2017

ތިޔަ ނޫން އެހެން ހިތެއް ނޭދެމޭ

Previews
July 20, 2017

ފުން އިހުސާސެކޭ 12

24 Comments!

  1. Psenhi says:
    July 20, 2017 at 7:49 pm

    Sorry readers. Thursday test othyma story nuliyevuny. Konme Thursdayga test onnane so Dhen story upkureveyny Friday, Sunday and Wednesday ga. Hope ull understand

  2. Saandy says:
    July 20, 2017 at 8:22 pm

    V reethi mivaahaka.. So maadhamaa new episode eh libeyne dhw kiyaalan.. Waiting for the next part.. Keep it up Psenhi 🙂

    1. Psenhi says:
      July 21, 2017 at 3:46 pm

      Thnkx Friday episode Mee. Dhen Sunday insha Allah

  3. remoo says:
    July 20, 2017 at 8:50 pm

    reethi mi part….keep it up

    1. Psenhi says:
      July 21, 2017 at 3:47 pm

      Thnkx remoo

  4. Lov says:
    July 21, 2017 at 6:35 am

    Nice

    1. Psenhi says:
      July 21, 2017 at 3:47 pm

      Thnkx

  5. lai says:
    July 21, 2017 at 12:18 pm

    Omg..v rythi..cant wait for dhe nxt stwry..nxt prt thankolheh dhigu kohla dhehchey❤❤

    1. Psenhi says:
      July 21, 2017 at 3:48 pm

      Thnkx. Kuda thankolheh dhw 😉

  6. Nern says:
    July 21, 2017 at 12:22 pm

    alheeyyyy haadha reehcheyyyy. . . thankolheh avahah up kohdhehchey. . . dhn thankolheh dhigukoh. . . vrh habeys. . .

    1. Psenhi says:
      July 21, 2017 at 3:48 pm

      Thnkx Nern. Kuda thankolheh dhw I’ll try 😉

  7. Adha? says:
    July 21, 2017 at 12:28 pm

    Varah varah reethi mi part ves?.. kithanme varakah kiyass hitheh nufurey?… waiting eagerly for next part❤❤❤❤

    1. Psenhi says:
      July 21, 2017 at 3:49 pm

      Thankyou Adha. 🙂

  8. sweetie says:
    July 21, 2017 at 4:10 pm

    yageen understand vaanekan. gavaidhun up kurangnaa ufaavaane. Thank u.

    1. Psenhi says:
      July 21, 2017 at 4:17 pm

      Thankx sweetie

  9. khajja says:
    July 21, 2017 at 10:27 pm

    Masha allah v v v rythi wen nxt prt plx avahah up kolladhybala

    1. Psenhi says:
      July 21, 2017 at 11:04 pm

      Thnkx khajja. Sunday insha Allah.

  10. އަޙްމަދު ފަޔާޟް says:
    July 21, 2017 at 11:03 pm

    V reethi

    1. Psenhi says:
      July 21, 2017 at 11:05 pm

      Thnkyou

  11. Lucifer says:
    July 21, 2017 at 11:35 pm

    v reethi vaahaka

    1. Psenhi says:
      July 22, 2017 at 5:54 am

      Thnkx Lucifer

  12. maroon says:
    July 22, 2017 at 11:01 pm

    Egey sundaygakan dhn oiy part othy. Ekam mi story up vi thw irukolhu kolhaa beley. Kiyaa hiyvaa bodu kamun ???

    1. Psenhi says:
      July 23, 2017 at 2:02 am

      Hehhe thnkx maroon

  13. Beauty says:
    July 24, 2017 at 1:02 am

    Perfect

Comments are closed.

Next Episodeއެ ތޫފާނީ ރޭ (12)←


All Right Reserved!