“އަނީ” ގެއަށް ވަދެގެން އައި ޝާހިދު ގޮވާލިއެވެ. އެއަޑަށް ޝައިމްއަށް ދޮރުކަނީގައި ހިފައްޓައިގެން ހުރި އަތް ދަމައިގަނެވުނެވެ. އަނީސާ އަތުގައިއޮތް ބޭސްކާޑު ޝައިމްގެ އަތަށް ލައިދިނުމަށްފަހު އަވަސް ފިޔަވަޅުތަކެއްގައިގޮސް ޝާހިދުގެ ގާތުގާ ހުއްޓުނެވެ. “ކޮބާ އެމީހުން؟” ޝާހިދު ބުމައަރުވާލަމުން ސުވާލުކޮށްލިއެވެ. “ކާ ކޮޓަރީގަ.” އަނީސާގެ ޖަވާބު ނުނިމެނިސް ޝާހިދު ކާކޮޓަރިއާ ދިމާއަށް މިސްރާބު ޖެހިއެވެ. “އައްދެ! ދަރިފުޅު ހާދަ އަވަހަކަށް ތި ނިންމާލީ!” ސިޓިންރޫމަށް ވަދެގެން އައި ލައިބާފެނި ޝާހިދު ބުނެލިއެވެ. ލައިބާ ލަދުވެތި ގޮތަކަށް ހިނިތުާންވެލިއެވެ. […]
ސީމާއަށް ގެއަށް އާދެވުންއިރު ލައިބާއާއި ސަމާ ނިދަން އޮޝޯވެއްޖެއެވެ. ސީމާވެސް ހެދުން ބަދަލު ކޮށްލުމަށްފަހު އެނދުގައި އިށީނދެލިއެވެ. އަދި އޭނާގެ އަތުގައިވާ ކުޑަ ފޮށި ހުޅުވާލިއެވެ. “ވާއު. ތީ ކޮންކަމެއް” ސަމާ އަނގަގަދަ ކުރިއެވެ. އެއާއިއެކު ސީމާގެ މޫނު ރަތްވެގެން ދިޔަތަން އެދިމާއަށް އައި ލައިބާއަށްވެސް ފެނުނެވެ. “ލުކް ޝީއިޒް ބްލަޝިން. ދެޓް މީންސް” “ހީ ޕްރޮޕޯޒްޑް މީ” ލައިބާގެ ޖުމްލަ ފުރިހަމަ ކޮށްދިނީ ސީީމާއެވެ. އެއާއިއެކު ތިންކުދިންގެ ހަޅޭކާއި ހުނުމުގެ އަޑު ގޭގައި ގުގުމާލިއެވެ. ސިޓިންރޫމްގައި […]
ޝައިމް ލައިބާދެކެ އިންތިހާއަށް ރުޅިއާދެއެވެ. ސަބަބަކީ އެންމެ ފެނިލުމަކުންވެސް އެ ސޫރަ ޝައިމްގެ ހިތަށް އުނދަގޫ ކުރުމެވެ. ކޮންމެރެއަކު ހުވަފެނުގައި އައިސް ޝައިމްގެ އިޙްސާސްތަކާއި ކުޅުމެވެ. ލައިބާއަކީ ޝައިމްގެ ދިރިއުޅުމުގެ އެފަދަ މަޤާމެއް ދޭވަރުގެ ފެންވަރުހުރި ކުއްޖެއްކަމަށް ޝައިމްގެ ސިކުނޑި ޤަބޫލެއް ނުކުރެއެވެ. ޝައިމް ބިރުގަންނަނީ އެފަދަ ދުވަހެއް އަތުވެދާނެތީއެވެ. އޮފީސް ތެރެއަށް ވަދެގެންދިޔަ ޝައިމް ވަރަށް ނޫންކަމަށް ހަދާފައި އެހެން މޭޒުތަކާއި ތަންކޮޅެއް ދުރުގައިހުރި ކުޑަ މޭޒާއި ދިމާއަށް ނަޒަރު ހިންގާލިއެވެ. އެއީ ޝައިމްގެ އެދުމުގެ […]
ހެނދުނުގެ ވަގުތެވެ. މިއަދަކީ ލައިބާއަށް ބޮޑު ދުވަހެކެވެ. ނުވައެއް ޖަހާއިރު އިންޓަވިއުއަށް ކިޔާފައި އޮތުމުން ގަޑި ކައިރިވެފައިވާތީ ލައިބާ އަތްމަތި އަވަސްކޮށްލިއެވެ. އެންމެ ފަހު ވަގުތުގައި ފާޚާނާއަށް ދާން ޖެހުމުން ކުޑަތަަންކޮޅެއް ލަސްވީއެވެ. ގޭގެ ދޮރުމައްޗަށް ނިކުތްއިރު ސީމާ ސައިކަލްގައި އައިސް މޑުކޮށްލަނީއެވެ. ލައިބާ ދުވެފާ ކަހަލަ ގޮތަކަށް އެދިމާއަށް ދާތަންފެނި ސީމާއަށް ދެފަރާތައް ބޯހޫރާލެވުނީ އެކުއްޖާފުޅު ގަޑިޖެހިދާނެތީ ހާސްވެފާ ހުރުމުންނެވެ. ލައިބާ ޓެކްސީއަށް ގުޅުމުގެ ބަދަލުގައި އޮފހަށް ލައިދިނުމަށް ސީމާގެ ކިބައިން އެދުނެވެ. އައްސަލާމް އަލައިކުމް. […]
ހެދުމަށް ކިސަޑުގެ އަސަރު ފޯރާފައި ނުވުމުން ލައިބާއަށް ހިތްހަމަޖެހުމުގެ ނޭވައެއް ދޫކަށްލެވުނެވެ. ނަމަވެސް އަރައިގެން ހުރި އޮފު ކަޅު ބޫޓުގައި ކިސަޑުގެ އަސަރު ހުރުމުން ލައިބާ ދަބަހުން ޓިޝޫއެއް ނަގާ ސާފްކޮށްލިއެވެ. ވަރަށް ބޮޑާ ފޮނި މީހެއް އެއީ. އެހެންމީހުންނަށް ބަލައެއް ނުލާނެ. މާބޮޑު މުއްސަންޖެއްގެ ދަރިއެކޯ. ތުންދަމާލަމުން ސަމާ އެއްޗެހިކީ ދެންމެ ކާރު ދުއްވާފަދިޔަ ޒުވާނާއަށެވެ. ކުރިން ސަމާގެ ކިބައިން މިފަދަކަމެއް ފެނިފައިނުވާ ލައިބާއަށް ބާރަށް ހީގަނެވުނެވެ. ސަމާވެސް ހުނުމުގައި ބައިވެރިވިއެވެ. އޭރު ޓެކްސީ އައިސް […]
މުޅި ސްކޫލުން އެއްވަނަ ދަރަޖައިގާ ފާސްވެ ގަދަ ދިހައެއްގެ ހަތަރުވަނަ ލިބުން ލައިބާ ބޭނުންވީ އޭލެވެލް ކިޔެވުމުގެ ބަދަލްގައި ކޯހެއް ހަދައިގެން ބިޒްނަސް ދާއިރާއިން ކުރިއަށްދާށެވެ. އޭލެވެލް ކިޔެވުން މުހިއްމު ކަމެއްގެ ގޮތުގައި ނުދެކޭތީއެއްނޫނެވެ. ދިރިއުޅުމުގެ ހާލަތު ހުރިގޮތުން މިއަދު އެގޮތް މުހިއްމުވީއެވެ. ކިޔަވަން ދަމުން ވަޒީފާއަކަށް ދާންވެސް ލައިބާ ބޭނުންވެއެވެ. ލައިބާގެ ހުރިހާ ބޭނުންތަކެއް ފުއްދައިދިނުމަށް އޭނާގެ ބައްޕަވަނީ ވަރުބަލިކަމެއްނެތި މަސައްކަތް ކޮއްފައެވެ. ވީމާ މިއަދު ލައިބާ ބޭނުންވަނީ ބައްފައަށް އެކަން ލުއި ކޮށްދޭށެވެ. ލައިބާ […]
ބައްޕާ! ލޯ ހުޅުވާލެވުނުއިރު ލައިބާ އޮތީ ދާހިތްލާ ފޯވެފައެވެ. ބާރުބާރަށް ތެޅެމުންދިޔަ ހިތް ހީވަނީ ދެންމެދެންމެ ބޭރަށް ނިކުމެދާނެހެންނެވެ. ފުންމައިގެން ކޮޅަށް ތެދުވެ އެކި ފަރާތްފަރާތައް ނަޒަރު ހިންގާލިއެވެ. ދަރިފުޅާ! ކިހިނެތްވީ ؟ ބިރުވެރި ހުވަފެނެއް ފެނުނީތަ ؟ އަދުނާނުގެ ލޯބިން ފުރިގެންވާ އަޑު ކަންފަތުގައި ޖެހުމުން ލައިބާއަށް ހިތްހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. އަދި އާއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ. އަދި ބައްޕަގެ ގާތުގައި އިށީނދެ އަދި ކިހާއިރެއް ވާނެތޯ ސުވާލުކޮށްލިއެވެ. އަދުނާނު ބޯޓުގެ ދިރުނބާކޮޅަށް އިޝާރާތްކޮށްލުމުން […]
ވަށައިގެން ވެރިވެފައިވަނީ އަނދިރިކަމާއި ނާމާންކަމެވެ. ބޯކަށް ވެހެމުންދިޔަ ވާރޭގެ އަޑާއިއެކު އިވެމުންދަނީ މީހުންގެ ރުއިމާއި ހަޅޭކުގެ އަޑެވެ. ވިދާލާ ކަންމެ ވިދުވަރަކާއިއެކު ކޮންމެ މީހަކުވެސް އެމީހަކާއި އެންމެ ގާތުގައި އިން މީހެއްގެ އަތުގައި ބާރަށް ހިފަހައްޓާލެވެނީ ދެން އިވިގެންދާނެ އަޑަކަށް ބިރުވެރިކަމާއިއެކު އިންތިޒާރު ކުރާ ހާލުގައެވެ. މިގޮތުގައި ހޭދަވީ ކިހާ ވަގުތެއްކަންވެސް އެއިން މީހަކަށް ނޭނގެއެވެ. ކޮންމެ މީހަކުވެސް ހެއްދެވި ފަރާތަށް ވަކީލުކޮށްލައިގެން އިނީ އެ ބިރުވެރިކަމުން ސަލާމަތްވޭތޯއެވެ. ބޯޓަށްއައި ކުއްލި ލޮޅުމާއިއެކު ކަނާތްފަރާތުން ބިންދާލި ރާޅުގެ […]
ވަށައިގެން ވެރިވެފައިވަނީ އަނދިރިކަމާއި ނާމާން ކަމެވެ. ބޯކޮށް ވެހެމުންދިޔަ ވާރޭގެ އަޑާއިއެކު އިވެމުންދިޔައީ މީހުންގެ ރުއިމާއި ހަޅޭކުގެ އަޑެވެ.