Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

އެ ތޫފާނީ ރޭ (10)

Psenhi Level 410 Stories100 Comments100 Login
July 18, 2017 9 Mins Read
23 Comments

“ކޮއްކޯ!” ޝިމްލާގެ ކޮނޑުމަތީ އަތް ބާއްވާލަމުް އެމީހަކު ޝިމްލާއަށް ގޮވާލިއިވެ.

“ނޭނގުނު ކާކުކަމެއް!” ޝިމްލާ އެމީހަކާއި ދިމާއަށް ނަޒަރު ހުއްޓާލައިގެން ހުރެ ބުނެލިއެވެ.

“ކޮއްކޮ ތީ މާލޭ ކުއްޖެއްތަ؟” ކައިރީގައި ދެން ހުރި މީހާ ސުވާލުކޮށްލުމުން ޝިމްލާ ނޫނެކޭ ބުނުމުގެ ގޮތުން ދެފަރާތައް ބޯހޫރާލިއެވެ. އެމީހާގެ މޫނަށް ފުންކޮން ނަޒަރުހިންގާލުމުން ކޮންމެވެސް ތަނަކުން ފެނުނު މީހެއްހެން ހީވިއެވެ. ދެން އެމީހަކު ބުނި އެއްޗަކުން ޝިމްލާގެ ދެބުމަ ހިއްލާލެވުނެވެ.

“ތިއީ ދޮންއާދަނާ ޒުލައިޚާގެ ދަރިފުޅުތަ؟” އެމީހާ އަނެއްކާވެސް ސުވާލުކުރިއެވެ. އެއާއިއެކު ޝިމްލާ ދެލޯ ބޮޑުކޮށްލަމުން އެމީހުންނާއި ދިމާއަށް ބަލާލީ ހައިރާންކަމާއި އެކުއެވެ.

“ލައްބަ! އެކަމަކު އަޅުގަނޑަކަށް ނޭނގުނު ތިއީ ކޮންބައެއްކަމެއް.” ޝިމްލާ ޖަވާބުދިނީ ހަޤީގަތަށެވެ. އެއީއިއެކު އެދެމީހުންގެ މޫނުމަތިން ފުޅާ ހިނިތުންވުމެއް ފެނުނެވެ. ދެމީހުން ދެފަރާތުން ޝިމްލާގެ ގައިގާ ފިރުމަމުން ދައްކަމުންދިޔަ ވާހަކައިން ޝިމްލާ އިތުރަށް ހައިރާންވިއެވެ.

“ދަރިފުޅަކަށް ބޭބެމެންނާއި ދުވަހަކުވެސް ދިމާލެއް ނުވޭ. އެކަމަކު މިއީ ދަރިފުޅުގެ ވަރަށް ގާތް ބައެއް. މިއީ ދަރިފުޅުގެ އަންކަލް. ދެން މިހިރީ އަންކަލްގެ ވައިފް ފަތީނާއްތަ. ދަރިފުޅުގެ މަންމައަކީ އަންކަލްގެ ދޮންތަ. އަންކަލް ބޭނުން ދަރިފުޅުގެ ބައްޕައާއި ވާހަކަ ދައްކާލަން.” ސަޢީދު ވާހަކަދައްކަމުން ދިޔައިރު ފެންކަޅިވެފައިވާތަން ޝިމްލާއަށް ފެނުނެވެ. އަދި ފަތީނާގެ ލޮލުން ހިފެހެއްޓުމެއްނެތި ފައިބުމުންދިޔަ ކަރުނަތައް އިރުއިރުކޮޅާ އަތުގެ ނުފުށުން ފުހެލާތަން ފެނެއެވެ. ޝިމްލާގެ މަންމަފަރާތުގެ އެހާ ގާތް ބަޔަކު ދުނިޔޭގައި ތިބިއިރު ބައްޕަ އެކަން ސިއްރުކުރުމުން ކޮންމެވެސް ބޮޑުކަމެއް މާޒީގައި ހިނގާފައިވާކަމަށް ޝިމްލާގެ ހިތް ބުންޏެވެ.

ޝިމްލާ ސަޢީދުއަށް ދޮންއާދަނުގެ ނަންބަރު ދިނެވެ. ސަޢީދު  ޝިމްލާގެ ކިބައިން އެދުނީ އެމީހުންގެ ކާރުގައި ގެއަށް ދިއުމަށެވެ. ގެހުންނަނީ ވަރަށް ކައިރީގައި ކަމަށްބުނެ ޝިމްލާ އިންކާރުކުރުމުންވެސް ސަޢީދު ކުރުނުކުރުމުން އެންމެފަހުން އެދެކުދިން ކާރަށް އެރިއެވެ.

ކިހާ ހިސާބެއްގަ ގެހުންނަނީ؟ ސަޢީދު ސުވާލުކޮށްލިއިވެ.

ސްނޯކްލިން ރެސްޓޯރެންޓް ކުރިމައްޗަށްވާގޮތައް. ޝިމްލާ ޖަވާބުދިނެވެ. ގެއަށް ދެވެންދެންވެސް ސަޢީދު ޝިމްލާގެ ދިރިއުޅުމާއިގުޅޭ ތަފާތު ސުވާލުތައްކޮށް ރަށުގެ ކަންތައްތައް އޮޅުންފިލުވާ ހެދިއެވެ.

ކާރު ގޮސް މ. ސްނޯ މައުންޓަން ގޭގެ ދޮރުމައްޗަށް މަޑުކޮށްލުމުން ދެކުދިން ކާރުންފޭބިއެވެ. ސަޢީދު ވަރަށް ފުންކޮން އެގެއާއި ދިމާއަށް ނަޒަރު ހިންގާލިއެވެ. ދެންފެނުނީ އޭނާގެ އަންހެނުން ފަތީނާގެ މޫނަށް ބަލާލިތަނެވެ. ފަތީނާވެސް ހައިރާންކަމާއިއެކު އެއްފަހަރު އެގެއަށް އަނެއްފަހަރު ސަޢީދުއަށް ބަލާލައެވެ. ޝިމްލާއަށް ހުރެވުނީ ވާނުވާ ނޭނގިފައެވެ. ސަޢީދުމެން ދިޔައީ އަދި ބައްދަލުވާނެކަމަށް ބުނެ ޝިމްލާގެ ފޯނު ނަންބަރުވެސް ހޯދައިގެންނެވެ.

ގެއަށް ވަދެގެންގޮސް ޝިމްލާ ފުރަތަމަވެސް ބެލީ ޢުލްޔާއާއި ބައްދަލުވޭތޯއެވެ. ފެންނަން ނިތުމުން ގުޅިއިރު ޢުލްޔާ އިނީ ރައްޓެއްސެއްގެ ގޭގައިކަމުން ޝިމްލާ ދައްކަންއުޅުން ވާހަކަ ދެއްކޭގޮތެއް ނުވިއެވެ.

ކޮޓަރީގައި އެކަނި އޮންނަންވުމުން ފޫހިވެގެން ޝިމްލާ ގަސްތުކުރީ އަލްވިންގެ އެޕާރޓްމެންޓަށް ވަދެލާށެވެ. އަލްވިން މިފަހަރު ސިންގަޕޫރަށް ގޮސް އައިފަހުން ޝިމްލާ އެ އެޕާޓްމެންޓަކަށް ނުދެއެވެ. އެދެމެދުގައި ކުރިންވީ ގާތްކަން މިހާރު ނެތީއެވެ. ނަމަވެސް މިއަދު ޝިމްލާ އަލްވިންއާއި ވާހަކަދައްކާލަން ބޭނުންވީ ކީއްވެކަމެއް ނޭނގެއެވެ.

އަލްވިން ލެޕްޓޮޕަށް ގެއްލިފައި އިންދާ ބެލްއަޅާއަޑު އިވުމުން ލެޕްޓޮޕްއިން ހަދަންއިން ޕްރެޒެންޓޭޝަން ކްލޯޒް ކޮށްލުމަށްފަހު ގޮސް ދޮރުހުޅުވާލިއެވެ. އުންމީދުވެސް ނުކޮށް ހުއްޓާ ޝިމްލާ އެތަނަށް އައުމުން އަލްވިންއަށް ހައިރާންކަމެއް ލިބުނެވެ. އަލްވިން ސިންގަޕޫރަށް ދިޔަ ދުވަހުއްސުރެ ޝިމްލާވަނީ އަލްވިން ދުރުކޮށްލާފައެވެ. ޚުދު އަލްވިންވެސް މިހާރު މަސައްކަތް ކުރަމުންއެދަނީ ޝިމްލާއާއި ވީހާވެސް ދުރުގައި ހުރުމަށެވެ. ނަމަވެސް އެންމެ ހިތް އެދޭ ސޫރަ އެހާ ގާތުން ފެނުމުން ދެހިތަށްވެސް އަސަރުތަކެއް ކޮށްފިއެވެ.

“އެތެރެއަށް ވަންނާކަށްވެސް ނުބުނާނަންތަ؟” ދެމީހުންގެ ދެމެދުގައިވީ ހަމަހިމޭންކަން ނެތިކޮށްލީ ޝިމްލާގެ އަޑެވެ.

“ނޫނޭ އަވަހަށް ވަދޭ އިށީނދޭ! މިއީ ޝިމްލާގެވެސް…” އަލްވިންއަށް ބުނެވުނީ އެހާވަރަށެވެ. “ކަމަކުތަ؟” އަވަސްއަވަހަށް މަޢުލޫ ބަދަލުކޮށްލިއެވެ.

“ނޫން! ހޫމް! ނޭނގެ! ފޫހިވެގެން” ޝިމްލާ ދިން ޖަވާބުން އަލްވިންއަށް ބޭއިޚްތިޔާރުގައި ހެވުނެވެ. ނަމަވެސް ޝިމްލާއަށް ފެނުމުގެ ކުރިން ސީރިއަސްވެލަމުން ކިހިނެތްވީތޯ ސުވާލުކޮށްލިއެވެ.

“އެނގޭތަ މިއަދު ދިމާވި މީހަކު ބުނީ އެއީ އަހަރެންގެ އަންކަލް…” ސޯފާގައި އިށީނދެ ވާހަކަ ދައްކަމުން އަނެއްފަރާތަށް މޫނު އަނބުރާލި ޝިމްލާއަށް ފެނުނު މަންޒަރުން ދޫ އިތުރަށް ހަރަކާތްކުރުން ހުއްޓުން ފަދައެވެ. ދައްކަންއައި ވާހަކަވެސް ހަނދާންނެތިއްޖެއެވެ.

އަލްވިންއަށް ޝިމްލާއަށް ވީގޮތްފެނި ދެބުމަ ހިއްލާލެވުނެވެ. އަވަސް ފިޔަވަޅުތަކެއްގައިގޮސް ލެޕްޓޮޕްގެ ކައިރިއަށް ނުދެވިގެން އުޅެނިކޮށް ޝިމްލާގޮސް ލެޕްޓޮޕްގެ ސްކްރީންގައި އަތްހިންގާލިއެވެ.

“ވަޓް އިޒް ދިސް؟” ޝިމްލާގެ އަޑުއައީ ތަންކޮޅެއް ބާރަށެވެ. އަލްވިންއަށް ހުރެވުނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ކުށްވެރިއެއް ފަދައިން އިސްޖަހައިގެންހުރެ އަލްވިން ހުރިއިރު އޭނާ ވިސްނަމުންދިޔައީ އޭނާގެ ވާހަކަ ފަށާނެ ގޮތަކާއިމެދުއެވެ.

“އެއީ އަލްވިން އެޑިޓްކޮށްފަހުރި ފޮޓޯއެއްތަ؟ ކީއްވެ؟” އަލްވިންއާއި އެކު ހުދުކުލައިގެ ބޮޑު ވެޑިން ޑްރެސްއެއް ލައިގެން އެހުރި މީހަކީ ކާކުކަން ނޭނގިހުރެ ޝިމްލާ އެފޮޓޯއާއި ބެހޭގޮތުން ސުވާލުކުރަމުންދިޔައެވެ. އަލްވިން ނޫނެކޭ ބުނުމުގެ ގޮތުން ބޯހޫރާލުމަށްފަހު މަޑުމަޑުން ޝިމްލާއާއި ކައިރިވަމުންދިޔައެވެ. އަލްވިންގެ މިޢަމަލުގެ ސަބަބުން ޝިމްލާގެ ހިތް ނެގިނެގިފާ ޖެހޭހެން ހީވިއެވެ. އެޕާޓްމެންޓްގައި އެދެމީހުން ފިޔަވާ އިތުރު އެއްވެސް މީހަކު ނެތްއިރު އަލްވިންގެ ލޮލުން ފެންނަމުންދިޔަ މަސްތުކަމެއްގެ ސަބަބުން ޝިމްލާގެ ހިތް ބިރުގަތީ އިންތިހާއަށެވެ. ފަހަތަށް ފަހަތަށް ޖެހެމުންގޮސް ހުއްޓެވުނީ ކައިރީގައިހުރި ފާރުގައި ބުރަކަށި ޖެހުމުްނެވެ. އޭރު އަލްވިންގެ ހޫނު ނޭވާތައް ޝިމްލާގެ މޫނަށް  ބޮސްދެމުންދިޔައެވެ. ޝިމްލާ އަލްވިންގެ މޭގައި އަތް އަޅާ ކޮށްޕާލުމުން މިކަމަށް ނުވިސްނާހުރި އަލްވިން ފަހަތަށް ނުވެއްޓުނީ ހަމަ ކިރިޔާއެވެ. ވަގުތުގެ ބޭނުންހިފާ ޝިމްލާ ދޮރާ ދިމާއަށް ދުއްވައިގަތް ނަމަވެސް އަލްވިން ހުށިޔާރުކަމާއިއެކު ޝިމްލާގެ އަތުގެ މުލަށްދަނޑީގައި ހިފާ ހުއްޓުވިއެވެ.

“އަލްވިން ނޫޅެމޭ ކަމެއް ކުރާކަށް. އައި ހޭވް ސަމްތިން އިމްޕޯޓަންޓް ޓު ޓެލް. ޔޫ ނީޑް ޓު ނޯ ދިސް. އިޓްސް ނޮޓް ޔޫ އިން ދަ ޕިކްޗަރ.” އަލްވިންގެ ބަސްތައް އަޑުއިވުމުން ޝިމްލާ ފަހަތަށް އެނބުރި ބަލާލިއެވެ. “ސީރިއަސްލީ! އަހަރެން ހީކުރީ އަހަންނަށް ހަނދާންނެތޭބަލި ޖެހުނީކަމަށް” މަލާމާތުގެ ރާގެއްގައި ޝިމްލާ އަލްވިންއަށް އިއްވާލިއެވެ. އަދި އަލްވިންގެ އަތުގެ ތެރެއިން އޭނާގެ އަތް ދަމައިގަންނަމުން ކުރިއަށް ހިނގައިގަތެވެ.

ޝިމްލާގެ ހިތުގައި އަލްވިންއާއިމެދު ނަފްރަތު ވާކަން އިޙްސާސްވުމުން އަލްވިން މާޔޫސްވިއެވެ. އެހިތް ޝަކުވާއިން ފުރުނީ އެއްވެސް ކުށަކާއިނުލާ އަނިޔާ ލިބެމުންދާތީއެވެ. ނަމަވެސް އޭނާ ކެތްތެރިވާނެއެވެ. އޭނާ މިހާރު އިންތިޒާރު ކުރަމުން އެދަނީ ނިޢުމަތު އަންނަންދެނެވެ. މާދަމާ ނިޢުމަތު އައުމަށްފަހު ހުރިހާކަމެއް ދެން ދާނީ ރަނގަޅަށްކަމަށް އޭނާގެ ހިތް ބުނެއެވެ.

***

އަރައިގެން އައި އިރާއިއެކު ސަޢީދުގެ ދެމަފިރިން ތައްޔާރުވަމުން ދިޔައީ ޝިމްލާ ގެންނަންވާއިރަށް އޭނާއަށް ޚާއްސަކުރި ކޮޓަރި ތައްޔާރުކުރާށެވެ. ދޮންއާދަނު އެކަމަށް އެއްބަސްވުމުން އެދެމަފިރިން މިއަދު ހޮސްޕިޓަލުން ޗުއްޓީނެގީ ޝިމްލާއާއިއެކު ގިނަވަގުތު ހޭދަކުރަން އެދިގެންނެވެ. އެމީހުން ތިބީ ނުހަނު އުފަލުންނެވެ. ޝިމްލާގެ ސިފައިގާ އެމީހުންގެ ދަރިފުޅު އަލުން ލިބުނީކަމަށް ދެކިގެންނެވެ.

***

އިއްޔެގެ ހާދިސާއަށްފަހު އަލްވިން ނިދިން މަޚްރޫމްކޮށްލިއިރު ޝިމްލާގެ ހާލު ވަކި ދެރައެއްނޫނެވެ. ނިދީގައި އިރުއިރުކޮޅާ ސިހިގެންދާއިރު ހީވަނީ ބިރެއްފެނިގެން އުޅޭހެންނެވެ. އެހެންކަމުން ފަތިސް ނަމާދަކަށްވެސް ނުހޭލެވުނެވެ.

އަލްވިން ހެނދުނުގެ ސަޔަށް އިންސާފްކުރުމަށްފަހު ކާކޮޓަރިން ބޭރަށް ނިކުމެ އެކި ކޮޅުކޮޅަށް ނަޒަރު ހިންގާލީ ޝިމްލާގެ އެއްވެސް އަސަރެއް ފެންނަން ނެތުމުންނެވެ. މިކަން ޢުލްޔާއަށް ފާހަގަކުރެވިގެން ޝިމްލާ ހޭލައިގެން އަންނަނީ ކަމަށް ބުނުމުން ޢުލްޔާއަށް ހިނިތުންވުމެއް ހަދިޔާކުރުމަށްފަހު އަލްވިން ގެއިން ނިކުމެގެން ދިޔައެވެ.

ސަޢީދުމެން ދެމަފިރިން ކާރުން ފައިބައިގެންގޮސް މ. ސްނޯ މައުންޓަން ގޭގެ ދޮރުއަށިން ވަން މަންޒަރު ކާރުގައި ދުއްވާފައިދިޔަ އަލުވިންއަށް ލޯގަނޑުން ފެނުނެވެ. ނަމަވެސް މަޑުކޮށްނުލާ ދިޔައީ އޮފީހުގައި އޮތް މީޓިންއަކަށް ދިއުން ލަސްވެގެން ޖިހާދު ދެފަހަރަކު ގުޅީތީއެވެ.

މީޓިން ނިމުންގޮތަށް އަލްވިން ޢުލްޔާއަށް ގުޅާ ވެގެންއުޅޭގޮތް އޮޅުންފިލުވިއެވެ. ސަޢީދުމެން ދެމަފިރިންނަށް އިއްޔެ ޝިމްލާ އާއި ބައްދަލުވި ވާހަކައާއި ދޮންއާދަނުގެ އިޒުނައާއިއެކު ޝިމްލާ ބަލައި އެމީހުން އައި ވާހަކަ ބުނުމުން ޝިމްލާ އިއްޔެ ދައްކަންއައި ވާހަކައަކީ އެއީކަން އަލްވިންއަށް އެނގުނެވެ. ޝިމްލާ ދިއުމަށް އިންކާރުކޮށް ޙަފްތާއެއްވަރު ދިނުމަށް ބުނެ އެމީހުން ހިތްހަމަޖައްސައިދިނުމަށް އެގެއަށް ދިޔަ ވާހަކަ ބުނުމުން އަލްވިންގެ ހިތަށް ލުޔެއް ލިބުނެވެ. އަދި ދެން އޭނާގެ މާޒީގެ ކަޅު ޞަފްހާތައް ޝިމްލާގެ ކުރިމަތީ ހުޅުވިގެންދާން މާގިނަ ވަގުތެއް ނެތްކަމުގެ އިޙްސާސްވިއެވެ. އެމީހުން އެދުވަސް ޝިމްލާއަށް ސިފަކޮށްދީފާނެ ގޮތަކާއި ދޭތެރޭ ފިކުރުކޮށްލަން މަޖުބޫރުވިއެވެ. ޢުލްޔާ އެކޮޅުން ފޯނު ކަނޑީލުމުންވެސް އަލްވިންއަށް ހުރެވުނީ ފޯން ކަންފަތުގައި ޖެހިގޮތަށް ގަނޑުވެފައެވެ. ދެން ކުރިމަތިވެދާނެ ތޫފާނަކަށް އޭނާ ތައްޔާރުވާންވީ ކިހިނެތްބާއެވެ!

***

ސަޢީދުގެ ކާރުގޮސް މަޑުކޮށްލީ ބާރަބުރީގެ އިމާރާތެއްގެ ކުރިމަތީގައެވެ. ‘ގ. ހުވަފެން’ ޖަހާފައިވާ ނަންބޯޑު ޝިމްލާގެ ލޮލުގައި އަޅައިގަތެވެ. ޝިމްލާ ފަތީނާއާއިއެކު ކާރުން ފޭބުމުން ސަޢީދުވެސް ކާރު ގަރާޖަށް ލުމަށްފަހު އެމީހުންގެ ފަހަތުން ގޭތެރެއަށްވަނެވެ. ބޭރު ދޮރުއަށިން އެތެރެއަށް ވަދެގެންދިޔައިރު ލޮބީގެ ދެފަރާތުގައި ޕޮޓްގައި އިންދާފައިހުރި ބަގީޗާ ގަސްތަކެއް ބަހައްޓާފައި ހުއްޓެވެ. އެމީހުން ދިޔަގޮތަށްގޮސް އެރީ ލިފްޓަށެވެ.

ތިންވަނަ ފްލޯގެ ދޮރު ހުޅުވުމާއިއެކު އެންމެންގެ ލޯ އަމާޒުވެގެންދިޔައީ މަޑު ފިޔާތޮށި ކުލައިގެ ދިގު ޖިލްބާބަކާއިއެކު ރަތްކުލައިގެ ޝޯލްއެއް އަޅައިގެންހުރި ޝިްލާއަށެވެ. ޝިމްލާއަށް ލަދުން އިސްޖަހާލެވުނެވެ. އާއިލާގެ އެންމެންނާއި އެއްފަހަރާ އެގޮތަށް އެހާއަވަހަށް ބައްދަލުވެދާނެކަމަކަށް އޭނާ އުންމީދުކޮށުފައެއްނެތެވެ. ހުރިހާ އެންމެންގެ މޫނުމަތިން ފެންނަނީ ހައިރާންކަމެވެ.

އުފާވެރި މޫނަކާއިގެން އެންމެ ފުރަތަމަ އައިސް ޝިމްލާގެ ގައިގާ އޮޅުލައިގަތީ އޭނާގެ މާމަ ޒަރީނާއެވެ. ޒަރީނާގެ ފަހަތުން ފަހަރަކު މީހަކު އައިސް ޝިމްލާގެ ގައިގާ ފިރުމަފިރުމާފައި ސަލާމްކުރިއެވެ. އެންމެންގެ ދުލުކުރީގައިވަނީ ޝިމްލާ ޒުލޭޚާއާއި ވައްތަރު ވާހަކައެވެ. އެއްވެސް މީހަކު މައިޝާގެ ވާހަކަ ދައްކައިގެން މާހައުލުގެ އުފާވެރިކަން ގެއްލުވާލަން ބޭނުންނުވީއެވެ. އެވަގުތު އެމީހުންނާއި ތަންކޮޅެއް ދުރުގައި ހަށަން ބަނދެލައިގެން ހުރި އަމްޖަދު ޝިމްލާގެ ލޮލުގައި އަޅައިގަތެވެ. ޝިމްލާއަށް އެދުވަހު އޭނާ އެހާވަރަށް ބެލީ ކީއްވެކަން ވިސްނުމުން ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ. އަމްޖަދުވެސް ގަދަކަމުން ހީލިއެވެ.

“މައި ދޮންތީ!” އައިހަމްގެ ދުލުން އެބަސްތައް ބޭރުވީ ބޭއިޚްތިޔާރުގައެވެ. ފަތީނާ އަވަސްއަވަހަށް އައިހަމް ގޮވައިގެން އެތެރެއަށް ދާން ހިނގައިގަތެވެ. އައިހަމް ލޮލުކޮޅަށް ގެއްލެންދެންވެސް ޝިްލާއަށް ހުރެވުނީ ބަލަހައްޓައިގެންނެވެ. އެކުއްޖާ އެހެން އެބުނީ އޭނާއަށެވެ. އޭނާގެ އަތުގައި ހިފާލާފައި ބުނިއިރު އެލޮލުގައިވީ އާދަޔާ ޚިލާފް އަސަރެކެވެ. ލޮލުކޮޅަށް ގެއްލެންދެންވެސް އެކުއްޖާ އޭނާއާއި ދިމާއަށް ކަޅިޖަހާނުލާ ބެލިއެވެ. އަދި އެކުއްޖާ އެބުނި އެއްޗެއްގެ ސަބަބުން އެންމެންގެ މޫނުގެ ކުލަވަރު ބަދަލުވިތަން އޭނާއަށް ފެނުނެވެ. “މައި ދޮންތި! ކާކުބާ؟” ޝިމްލާ އަމިއްލަ ނަފްސާ ސުވާލުކޮށްލިއެވެ.

“އެއީ ކޮންކުއްޖެއް؟” ލުމްނާގެ އަތުގައި ހިފާލަމުން ޝިމްލާ ސުވާލުކުރިއެވެ. “އެއީ ފަތީދައްތަގެ ކޮއްކޮ ދަރިއެއް. އައިހަމް. އޭނަ މަންމަ މީގެ އަހަރެއްވަރުކުރިން ވައިރަލްފީވާ ޖެހިގެން މިދުނިޔެ ދޫކޮށްދިޔަފަހުން ފަތީދައްތަ އެކުއްޖާ ގެންގުޅެނީ. ކުރިން ވަރަށް ހަލަނިކޮށް އުޅުނީ އެކަމަކު މީގެ އަށެއްކަ މަސްކުރިން ދިމާވި ހާދިސާއެއްގެފަހުން އައިއްކޮ ހުންނަނީ ނެގިމަޑުވެފަ.” ލުމްނާގެ މޫނުމަތިން ފެންނަންހުރީ ހިތާމައެވެ. ޝިމްލާ އެކަން އިތުރަށް އޮޅުންފިލުވަން ބޭނުންވި ނަމަވެސް އެވަގުތު ޘަނާޔާ އައިސް އެދެކުދިންގެ އަތުގައި ހިފައިގެން ކާކޮޓަރިއާއި ދިމާއަށް މިސްރާބު ޖެހުމުން އިތުރަށް އެމަޢުލޫއަށް ވާހަކަ ދެއްކޭގޮތެއް ނުވިއެވެ.

***

ގަޑިން ރޭގަނޑު އަށެއްޖެހީއެވެ. އަލްވިން ގޭދޮރުމަތީގައި ހުރީ ޝިމްލާގެ އިންތިޒާރުގައި ދެކޮޅަށް ހިނގާލަ ހިނގާލައެވެ. ސަޢީދުމެންގެ ގެއަށް ހެނދުނު ދިޔަގޮތައް ނައިސްގެންނެވެ. މިހާރު ހައެއްކަ ފަހަރު ގުޅިއްޖެއެވެ. ގެއާ ވަރަށް ކައިރީކަމަށް ކަމަށް ބުނިފަހުންވެސް ފަނަރަ މިނެޓް ފާއިތުވީއެވެ. އަލްވިން އަނެއްކާވެސް ޝިމްލާގެ ނަންބަރަށް ޑައިލްކޮށްލީ ހާސްކަމާއިއެކުއެވެ.

“މިސްވީތަ މާބޮޑަށް؟” ދޮރުއަށިން ވަދެގެންއައި ޝިމްލާ  ތުންފިއްތާލަމުން ބުނެލިއެވެ. އަލްވިން ލާނެއްގޮތަކަށް ހީލަމުން ޝިމްލާގެ ފަހަތުން ގޭތެރެއަށްވަނެވެ.

އަލްވިންއާއި ދިމާއަށް ބަލާލަމުން ޝިމްލާ ބުމަ އަރުވާލީ ގޭތެރޭގައި ތިބި ނުދަންނަ ދެމީހަކު ފެނުމުން އެއީ ކޮންބައެއްހޭ އަހާކަހަލަ ގޮތަކަށެވެ. އަލްވިން ޝިމްލާގެ ގާތަށް ޖެހެލަމުން އެމީހުންނަށް ޝިމްލާ ތަޢާރަފްކޮށްދިނެވެ. އަދި ސިޓިންރޫމްއާއި ޖެހިގެންހުރި ކުޑަ ކޮޓަރިއަށް ވަނުމަށް ޢިޝާރާތްކުރިއެވެ. އެމީހުން އެތެރެއަށް ވަނުމުން ލިފްޓާއި ދިމާއަށް ދާންއުޅުނު ޝިމްލާގެ ކުރިމައްޗަށް އަރާ ކޮޓަރިއަށް ވަނުމަށް އިޝާރާތްކުރިއެވެ. ޝިމްލާގެ ދެބުމަ ގޮށްޖެހުނެވެ. ދެލޯ ހަނިކޮށްލަމުން “ނޯ ވޭ!” އޭ ބުނެލިއެވެ. ނަމަވެސް ހަމަ އެވަގުތު ކާކޮޓަރިން ނިކުމެގެންއައި ޢުލްޔާ ޝިމްލާގެ އަތުގެ މުލައްދަނޑީގައި ހިފައިގެން ގެންގޮސް ކޮޓަރިއަށް ވެއްދިއެވެ.

މުޅި ގޭތެރޭގައި ގުގުމާލާފައި ހުރީ ކަހަފް ސޫރަތުގެ މޫރިތި އާޔަތްތަކުގެ އަޑުންނެވެ. އެއަށްފަހު ސިހުރުގެ އާޔަތްތައް ތަކުރާރުކޮށް ކިޔަވަމުން ދިޔައިރު ދޭތެރެ ދޭތެރެއިން ޝިމްލާގެ ހަޅޭކުގެ އަޑުވެސް އިވެމުންދިޔައެވެ. އެންމެފަހުން އެއަޑުތައް ކެނޑި އަލްވިން އޭނާގެ އެކުވެރިންނާއިއެކު ބޭރަށް ނިކުތެވެ.

“ޝިމްލާއަށް ވަނީ ސިހުރުގެ އަސަރު ކޮށްފަ. އަހަރެން ދޭނަން ކިޔަވަންވީ ތަކެއްޗާއި ކަންތައް ކުރަންވީގޮތް ލިޔެފައިވާ ލިޔުމެއް. އެއާއި އެއްގޮތަށް ކުރިއަށް ދިޔައީމަ ދާނީ ރަނގަޅަށް. އަޞްރުގެ ފަހުން ފެންވަރަން ނުވަނުން ރަނގަޅީ. އަދި ދެނަމާދު ދޭތެރޭ އެއްގޮތަކަށްވެސް ފެންވެރިޔަ ނުދޭތި. ކިޔަވަންވާނީ އޭނާ އަމިއްލައަށް. ފެނަށް ކިޔަވާފެ ފެން އަޅާނީ. އަދި ހަނދާންކޮށް ހެނދުނާއި ހަވީރުގެ ޛިކްރުތައް ކޮންމެ ދުވަހަކު ކިޔުވާތި. އެއްގޮތަކަށްވެސް ނަމާދަށް ފަރުވާކުޑަކުރިޔަ ނުދޭތި. ވަރަށް އުޅޭނެ ނަމާދާ ދުރުވާން. އިރާދަކުރެއްވިއްޔާ ރަނގަޅުވާނެ.” އަލްވިންގެ ކޮނޑުމަތީ އަތް ބާއްވާލަމުން ނިޢުމަތު ކަންތައް ކުރަންވީގޮތް ބުނެދިނެވެ. އެވާހަކަތައް ވަރަށް ކަނުލާ އަޑުއަހަންހުރި އަލްވިން ނިޢުމަތަށް ޝުކުރު އަދާކުރުމަށްފަހު އެނބުރި ކޮޓަރިއަށް ވަންއިރު ޢުލްޔާ އިނީ ޝިމްލާގެ ބޮލުގައި ފިރުމާށެވެ. ޢުލްޔާގެ ލޯ ކަރުނުން ތެންމަމުން ދިޔައިރު އަލްވިންގެ ލޮލަށްވެސްދިޔައީ ކަރުނަތައް ޖަމާވަމުންނެވެ.

***

“މިކަން މިއަށްވުރެ އަވަސްކުރަން އަހަރެން ބޭނުން. މިއަދު އެމީހުން އޭނާ ގެއަށް ގެނެސްގެން އުޅުނީ. މާދަން ނޫންކަމެއް ނޭނގެ ހުރިހާ މުދަލެއް އޭނަގެ ނަންމައްޗަށް ބަދަލުކުރާނީ.” ބެލްކަނީގައި ސިނގިރޭޓެއް ތުމުގައި ޖަހައިގެންހުރި އަމްޖަދުގެ އަޑުގައިވީ ހަރުކަށިކަމެވެ. ބަކުރު އަނގައިންނާއި ނޭފަތުން ފަޒާގެތެރެއަށް ދުންތައް ބޭރުކޮށްލުމަށްފަހު ވާހަކަދެއްކީ ހިތް ހަމަނުޖެހިފައެވެ. “ކަލޭމެންނަށް ހީވަނިއްޔޭ މިއީ ދުލުން ބުނެލާހާ ފަސޭހަ ކަމެކޭ. މިރޭވެސް އޭނާގެ ގާތުގައި ބަޔަކު ކަމެއް ކުރި. އަދި އެމީހުންދަނީ އަހަރެމެންގެ މަސައްކަތް ނައްތާލާނެ ގޮތްތައް ޕްލޭން ކުރަމުން. ވީއިރު މިކަން ދެން އިތުރަށް އުނދަގޫވާނެ.” ބަކުރުގެ ބަސްތައް އަޑުއިވުމުން އަމްޖަދުގެ މޫނު ރަތްވިއެވެ. އޭނާ ހަމަހިލާ އެހެން ވިޔަކަ ނުދޭނެއެވެ. “ކަލޭމެން އަގެއް ކިޔާފަ އަވަހަށް މިކަން ނިންމަންއުޅޭ. ދެން ލަސްކުރާނެ ކަމެއްނެތް. ކަލޭމެން ބުނި ވަރަކަށް އަހަރެން ނޫޓު ދޭނަން. އަހަރެންގެ އެހީއެއް ބޭނުންވަންޏާވެސް ބުނަންވީ. އައި ވޯންޓް ހާރ ޑެޑް ސޫން.” އަމްޖަދު ސިނގިރޭޓުގެ ބާކީއޮތްބައި އަތުގެ ކޮޅަށް ހޫރާލަމުން ބުނެލިއެވެ. އޭނާވަނީ ރުޅިއައިސް ރަތްވެފައެވެ. ބަކުރުގެ މޫނުމަތިން ފެންނަނީ އުފާވެރި ހިނިތުންވުމެކެވެ. އޭނާ އިންތިޒާރުކުރި ޖަވާބު އަމްޖަދުގެ ދުލުން ނިކުތުމުން އޭނާގެ މަސައްކަތް އެވަސްކުރަންވީ ވަގުތު އައިސް ޖެހުނީކަން އޭނާ ޔަޤީންކުރިއެވެ.

ހަފްތާއެއް ފަސް

***

ޝިމްލާ ގެއިން ނިކުމެގެން ގޮސް ކާރަށް އަރަމުން އަދި އެއްފަހަރު ގެއާއި ދިމާއަށް ބަލާލީ މީހަކު އަންނާނެކަމަށް އިންތިޒާރުކުރާފަދަ ގޮތަކަށެވެ. އާއެކެވެ! މިއަދަކީ ޝިމްލާ ބޮޑުބޭބެގެ ގެއަށް ބަދަލުވާ ދުވަސްކަން އެނގޭއިރުވެސް އަލްވިން އޭނާ ފެންނަ ހިސާބަށްވެސް ނާދެއެވެ. ބައްދަލުކުރަން ނައުމުން އޭނާ ހީކުރީ ބެލްކަނިން ނަމަވެސް އޭނާ ދާ މަންޒަރު ދެކެން އަލްވިން ހުންނާނެ ކަމަށެވެ. ނަމަވެސް އަލްވިން ބެލްކަނީގައިވެސް ނެތްކަން އެނގުމުން ޝިމްލާގެ ހިތަށް މާޔޫސްކަން ވެރިވިއެވެ. އަލްވިންއާއި ދުރުގައި ހުންނަން ބޭނުންވާކަން ޝިމްލާ އަމަލުން ދެއްކިއަސް ހަޤީޤަތުގައި އޭނާގެ ހިތް އަލްވިންއާއި ދުރަށް ދާކަށް ނޭދެއެވެ. ޝިމްލާ މަޑުމަޑުން ގޮސް ކާރަށް އެރިއެވެ. އަދި ޢުލްޔާއާއި ދިމާއަށް ހީލުމަށްފަހު ހަތްހޫރާލިއެވެ.

ޝިމްލާ އެރި ކާރު ލޮލުކޮޅަށް ގެއްލެންދެން އަލްވިން ކުޑަދޮރުތައް ކައިރީގައި ހުއްޓެވެ. ދެން މަޑު ހިނގުމެއްގައި ގޮސް ޑްރެސިން ޓޭބަލްގެ ކައިރީ ހުއްޓި އަމިއްލަ ސޫރައަށް ބަލާލިއެވެ. އެވަގުތު އޭނާގެ ރަތްވެފައިވާ ދެލޮލުން ފައިބަމުންދިޔަ ކަރުނަތިކިތަކަށް ނަޒަރު ހިންގާލަމުން އަތުގެ ނުފުށުން ދެލޯ ފުހެލިއެވެ.

***

ދުވަސްތައް ހަފްތާތަކަށް ބަދަލްވަމުންގޮސް ޝިމްލާ ގ. ހުވަފެނަށް އައިފަހުން މަސްދުވަސް ފާއިތުވެއްޖެއެވެ. އެގެއިން ޝިމްލާއަށް ލިބެމުންދިޔައީ އޭނާ ހުވަފެނެއްގައިވެސް ލިބުމަށް އުންމީދުކޮށްފައިނުވާފަދަ ލޯތްބެކެވެ. އޭނާއަށް މިފަދަ ހިތްހެޔޮ އާއިލާއެއް ލިބޭނެކަމަކަށް ދުވަހަކުވެސް ހީވެފައެއްނުވެއެވެ.

ޝިމްލާ އެގެއަށް ދިޔަ ދުވަހު ޢުލްޔާވަނީ ޝިމްލާއަށް ދިމާވެފައިވާ ސިހުރުގެ ކަންތައް ސަޢީދުއާއި ހިއްސާކޮށް ޝިމްލާގެ ފަރުވާއަށް ފަރުވާކުޑަ ނުކުރުމަށް އެދިފައެވެ. ވީމާ އެދެމަފިރިން އެކަން ވަރަށް ރަނގަޅަށް ބަލައެވެ. އެމީހުންނަށް ލިބުނު މި ދަރިފުޅަށް އެއްވެސް ގެއްލުމެއް ލިބޭކަށް އެމީހުން ބޭނުމެއްނޫނެވެ. ނަމަވެސް އެގެއަށް އައިފަހުން ޝިމްލާއަށްވާ އުނދަގޫ އެތަށް ގުނައަކަށް އތުރުވެފައިވެއެވެ.

އަނެއްކޮޅުން ބަކުރުވެސް އޭނާއަށް ކުރެވުނު އެންމެ ރަނގަޅަކަށް އޭނާގެ މަސައްކަތް ކުރަމުންދަނީ އަމްޖަދު އޭނާއަށްޓަކައި ކުރާ ބޮޑު ހަރަދުގެ ބަދަލު އަދާކުރެވޭތޯއެވެ. ނަމަވެސް އެކަން އަދި މުޅީން ކާމިޔާބުވާގޮތެއްނުވެއެވެ. މިހާރަކަށް އައިސް ޝިމްލާއަށްވާ އުނދަގޫތަކުގެ އަސްލަކީ އެއީއެވެ. މިރޭވެސް ބަކުރު ތައްޔާރުކުރަމުން އެދަނީ ޝިމްލާ ޤަތުލުކުރުމަށް ހަތިޔާރެކެވެ.

***

ޝިމްލާ އިނީ މާމަގެ އެދުމުގެ މަތިން މާމަ ގެންގުޅޭ އަލްބަމް ދައްކާށެވެ. ގަނޑަކަށްފަހު ގަނޑެއް އުކަމުން ދިޔައިރު ފޮޓޯތަކުގައިވާ މަންޒަރުތަކުން މާޒީގެ އެކިއެކި ކަންތައްތައް ހަނދާންކޮށްކޮށްފައި ޒަރީނާ ޝިމްލާއަށް އެވާހަކަތައް ކިޔައިދެއެވެ. އެއްފަހަރަކު ދަރިން ކުދިއިރުގެ ވާހަކައިގެ ތެރެއިން ޒުލޭޚާގެ ވާހަކަ ބުނެވުމުން ޒަރީނާގެ އަޑު ބެދުނެވެ. ދެން އިވެންފެށީ ޒަރީނާގެ ގިސްލުމުގެ އަޑެވެ. އެވަގުތަކީ ސަޢީދުވެސް އައިސް އެކޮޓަރީގެ ދޮރުމައްޗަށް ހުއްޓުނު ވަގުތެވެ. ޒަރީނާއަށް ވީގޮތް ސަޢީދުއަށް އެނގުމުން އަވަހަށް އައިސް ޒަރީނާގެ ބޮލުގައި ފިރުމަމުން ހަމައަކަށް އެޅުވޭތޯ ބެލިއެވެ.

ޒަރީނާއަށް ނިދުނީކަން ޔަޤީންވުމުން ސަޢީދު ޝިމްލާގެ ގާތުގައި އަންކަލްއާއިއެކު އަންނާށޭ ބުނުމުން މާމަގެ އެނދުމަތީ އޮތް އަލްބަމް ހިފައިގެން ޝިމްލާ ސަޢީދުގެ ފަހަތުން ހިނގައިގަތެވެ.

ޓެރެސްގައިހުރި ބެންޗެއްގައި އިށީނދެލަމުން ސަޢީދު ޝިމްލާގެ ގާތުގައި އެތާ އިށީނުމަށް އެދުނެވެ. ޝިމްލާ އިށީނުމުން ސަޢީދު އޭނާގެ ވާހަކަ ފެށިއެވެ.

***

އެއީ މީގެ އަހަރުތަކެއް ކުރި. އޭރު އަންކަލް އުޅެނީ ޤްރޭޑް ނައިންގަ. ދޮންތަ އުޅެނީ އިލެވެންގަ. އަދި ތުއްތަ އޭރު އުޅެނީ ޤްރޭޑް ފައިވްގަ. އަހަރެމެން ތިންކުދިންވެސް އުޅުނީ ވަރަށް އެކުވެރިކޮށް ވަރަށް ލޯބިން. ބަލާ މީހަކަށް ހީވާނީ އެއްއުމުރުގެ ތިންކުދިންހެން. ދޮންތަ އަބަދުވެސް ހުންނާނީ އެއުމުރު ކުދިންނަށްވުރެ ކުރުކޮށް. ތުއްތަ އެއުމުރު ކުދިންނަށްވުރެ ދިގުވެފަ ބޮޑުކޮށް ހުންނާތީ އަންކަލްއާއި ތުއްތަ ވާނީ އެއްވަރެއް. ދޮންތައާ އަންކަލް ވަރަށް ވައްތަރުކަމަށް އެންމެންވެސް ބުނާނެ. އަންކަލްމެން ކާފަޔާ ވައްތަރުވެފަ ތުއްތަ ވައްތަރީ މާމަޔާއޭ ބުނާނީ. ތުއްތަ އެކަމާ ރުޅިއައިސްގެންވެސް އުޅޭނެ.

އެއަހަރު ގެއަށް ގެނައީ ރާއްެތެރޭ ރަށެއްގެ ވަރަށް ނިކަމެތި ކުއްޖެއް. މަންމައާއި ބައްޕަ ނިޔާވެފަ އާއިލާގެ އިތުރު އެއްވެސް މީހަކުނެތް ޔަތީމްކުއްޖެއް. އެކުއްޖާ އައީ ގޭގައި މަސައްކަތު މީހެއްގެ ގޮތުގައި. އެއީ ދަރިފުޅުގެ ބައްޕަ. ދޮންއާދަނުގެ އުމުރު ދޮންތައާއި އެއްވަރެއްވާނީ. އެހެންވީމަ އޭނަވެސް އަހަރެމެންނާއިއެކު ބަެއްފަހަރު ކުޅުމުގައި ބައިވެރިވާނެ. މަންމަވެސް ބައްޕަވެސް އެކަމާއި އެއްޗެއް ނުބުނަނީ އަހަރެމެންގެ އުފަލަށްޓަކައި.

އޭގެ އަހަރެއް ފަހުން ދޮންތަގެ ކިޔެވުން ނިމިއްޖެ. ބައްޕަ ބޭނުންވީ ދޮންތަ އިންޑިޔާއަށް ފޮނުވައިގެން ކިޔަވައިދެން. އެކަމަކު ދޮންތަ އެގޮތް ބޭނުމެއްނުވި. ދޮންތަ ބުނީ ދޮންތަ ބޭނުމީ ރާއްޖެއިން ކިޔެވުނު ގޮތަކަށް ކިޔަވާށޭ. ފަހުން ބައްޕަމެންނަށް ދޮންތައާއި ދޮންއާދަނާއި ދެމެދު ލޯބީގެ ގުޅުމެއް އޮންނަކަން. ބައްޕަ ސުވާލުކުރުމުން ދެމީހުންވެސް އެކަމަށް އެއްބަސްވެ ކައިވެނިކުރަން ބޭނުްވާހަކަ ބުނީ ބައްޕަ އެކަމަށް އެއްބަސްވާނެކަމުގެ ފޮނި އުންމީދުގައި. އެކަމަކު ބައްޕަ ލޮންތައަށް އެންގީ ދޮންއާދަނާއި ހުރިހާ ގުޅުމެއް ކަނޑާލަން.

ބައްޕަ އެހާ ރުޅިއައިއްސަ ހުރި ދުވަހެއް އަންކަލް ދުވަހަކުވެސް ނުދެކެން. އެދުވަހު ބައްޕަ ދޮންއާދަނު ގާތު އެދުނީ ދާނެ އެހެންތަނެއް ހޯދައިގެން އަވަހަށް ދާން. ދޮންއާދަނު އަނގައިން ބަހެއްވެސް ނުބުނެ ދިޔައީ. އެކަމަކު އޭގެފަހުން ދޮންތަ ވަރަށް ރޮއި ހިތާމަކުރި. ނުކައި ނުބޮއި އަބަދު ރޯތީ އެންމެފަހުން ދަރިފުޅުގެ މާމަ ހިތަށް ކެތްނުވެގެން ކާފަގާތު ބުނެގެން ކައިވެނި ކުރުވީ. ކޯޓުން ނިކުތް ގޮތަށް ބައްޕަ ދޮންތައަށް އެންގި ދެން ދުވަހަކުވެސް ބައްޕަ ފެންނަ ހިސާބަށް ނާންނާށޭ. ބައްޕަގެ ޒުލޭޚާ ކިޔާ ދަރިއެއް ދެން ނުހުންނާނެޔޯ. ދޮންތަ ވަރަށް އާދޭސްކުރުމުންވެސް ބައްޕަގެ ނިންމުން ބަދަލެއް ނުކުރި. މަންމަވެސް ވަރަށް އާދޭސްކޮށް ރޮއި ހެދި. އަހަރެމެންވެސް ވަރަށް ރުއިން. އެކަމަކު ބައްޕަދިނީ ބީރު ކަންފަތެއް. އެންމެފަހުން ދޮންތަ ދޮންއާދަނާއިއެކު ގެއިން ނިކުމެގެން ދިޔައީ. އޭގެ ފަހުން އެތަށް ދުވަހެއްވީއިރުވެސް މަންމަ ދޮންތަގެ ހަނދާން ކޮށްކޮށްފާ ރޯނެ. އެކަމަކު އެއްވެސް މީހަކަށް ބައްޕަގެ ކުރިމަތީ ދޮންތަގެ ނަންގަންނާކަށް ވެސް ނުކެރޭ. އޮޅުމަކުން ބުނެވުނަސް ބައްޕަގެ ރުޅިއައިސްފައިވާ ދެލޯ އަމާޒުވާނެ އެމީހަކަށް. ނުވަ އަހަރު އަހަރެމެން ހޭދަކުރީ ދޮންތަގެ ހަނދީންވިއަސް އެވާހަކަވެސް ނުދައްކާ.

ނުވަ އަހަރު ފަހުން ބައްޕަ މާބޮޑަށް ބަލިވި. ބައްޕަގެ ބަލިބޮޑުވެ ރަނގަޅު ނުވާނެހެން ހީވުމުން އެއްދުވަހަކު އަހަރެން ގެންގޮސް ބުނީ ބައްޕަ ދޮންތަ ދެކެ އަބަދުވެސް ވަރަށް ލޯބިވަމޯ. އެހެން ހެދުނީ ދެރަވެގެންނޯ. ދޮންތަ ވީތަނެއް ބަލައިދޭށޯ. އަހަރެން ވަރަށް މަސައްކަތްކުރިން ދޮންތަ ފެނޭތޯ. ދޮންއާދަނުގެ ރަށަށްވެސް ދިޔައިން. އެކަމަކު އެމީހުންގެ ޚަބަރެއް އެނގޭ އެއްވެސް މީހަކު އެރަށުގައިވެސް ހުރިކަމަކަށް ނުވި.

ދެން ބައްޕަ މާބޮޑަށް ހާލުދެރަވެގެން އިންޑިޔާއަށް ގެންދިޔަ ދުވަހު ނިޔާވެއްޖެ. އޭގެ ފަހުންވެސް އަހަރެން ވަރަށް މަސައްކަތްކުރިން ދޮންތަގެ ޚަބަރެއް ލިބޭތޯ. އެހެނަސް ދޮންތަގެ ޚަބަރެއްވީ އެޭޭޭޭގެ އަހަރެއްްްްވަރު ފަަަަަހުން.

އެދުވަހު އަންކަލް ވަރަށް ދެރަވި. އަންކަލް ބަނދަރުމަތީގައި އުޅެނިކޮށް ދަރިފުޅުގެ ބައްޕަ އަންހެނެއްގެ އަތުގައި ހިފައިގެން ދަނިކޮށް ފެނިގެން އެދިމާއަށް ދިޔައީ ވަރަށް އުފަލުން. އެވަގުތު ދޮންއާދަނުގެ ކޮނޑުގައި އަތް އަޅާލަމުން ފިރިހެނަކު ގޮވާލި. އެދެމީހުން ދެއްކި ވާހަކަތައް އަންކަލްއަށް ސާފުކޮށް އަޑުއިވުން. އެމީހުން މލެއައީ ދޮންއާދަނާއި ދޮންތަގެ ދަރިފުޅު ބަލިވެގެންކަމާއި އެދުވަހު ނިޔާވި ވާހަކަ. ދޮންތަވެސް ނިޔާވިތާ އަހަރަކާ ދުވަސްކޮޅެއްވީ ވާހަކަ. ދެވަނަ ކައިވެންޏެއް ކުރެވުނު ވާހަކަ. އަހަންނަށް ދެން ދޮންއާދަނާއި އިތުރަށް ކުރިމަތިލާނެ ހިތްވަރު ނުލިބުމުން އެތަނުން ދިޔައީ ކަރުނަ އަޅަމުން.

***

“އަންކަލްމެންނަކަށް ނޭނގެ ދޮންތަގެ އިތުރު ކުއްޖަކު ހުރިކަމެއް. އެދުވަހު ވަރަށް ދެރަވި ކުރިން ދޮންތަ ހޯދަން ނޫޅެވުނީމަ. ދަރިފުޅުގެ މާމަ އަބަދުވެސް ދަރިފުޅުގެ މަންމަގެ ހަނދާން ކޮށްކޮށްފައި ރޯނެ. އެކަމަކު އަންކަލް ފިނޑިކަމުން ކާފަގެބަހާއި ދެކޮޅަށް ދޮންތަ ހޯދަން ނުކެރުނީ. އަދި ދޮންއާދަނުގެ ގާތަށް އެދުވަހު ދެވުނުނަމަ ދަރިފުޅާއި ބައްދަލުނުވެ މިހާ ދުވަސް ހޭދަކުރާކަށް ނުޖެހުނީސް. އެކަމަކު މިއަދު އަންކަލް ވަރަށް އުފާވެއްޖެ ދަރިފުޅާއި ބައްދަލްވީމަ.” ސަޢީދު

ޝިމްލާގެ ބޮލުގައި ފިރުމާލަމުން ތެދުވެގެން ހިނގައިގަތީ އޭނާގެ ލޮލުން ފައިބައިގަންނަން ތައްޔާރަށްހުރި ކަރުނަތައް ޝިްލާއަށް ދައްކަން ބޭނުންނުވީތީއެވެ.

ސަޢީދު ދިއުމުން ޝިމްލާ އޭނާގެ އުނގުމަތީ އޮތް އަލްބަމް ހުޅުވާލިއެވެ. މަންމަގެ ތަސްވީރުތަކަށް ބަލަމުން މަޑުމަޑުން ގިސްލެވެން ފެށިއެވެ. ފަހަރަކު ގަނޑެއް އެއްލަމުންގޮސް ފެންނަން އޮތް ތަސްވީރަށް ފުންކޮށް ނަޒަރު ހިންގާލިއެވެ. ޤަބޫލްކުރަން ދަތިވެފައި ދެފަހަރަކު ލޯ އުނގުޅާލުމަށްފަހު އަނެއްކާވެސް ބަލާލިއެވެ. މިއީ ޝިމްލާއަށް ކުރިންވެސް ފެނިފައިވާ ފޮޓޯއެކެވެ.

“މިއީ ކިހިނެތްވާނެ ކަމެއް؟” ޝިމްލާއަށް މި އުޅެވެނީ ހުވަފެެނެއްގައިބާއޭ އޭނާގެ ހިތަށް އެރިއެވެ.

-ނުނިމޭ-

Share Article

Follow Me Written By

Psenhi

Level 410 Stories100 Comments100 Login

Writing is my hobby. I love to read and write stories of different styles. An informative writing come from lot of readings.

Other Articles

Previous

ހިތް ބޭނުމޭ

Next

ހިތުގެ މިލްކުވެރިޔާ (އަށްވަނަ ބައި)

Next
July 18, 2017

ހިތުގެ މިލްކުވެރިޔާ (އަށްވަނަ ބައި)

Previews
July 18, 2017

ހިތް ބޭނުމޭ

23 Comments!

  1. Psenhi says:
    July 18, 2017 at 8:26 pm

    Here is ” E thoofaany rey” 10th episode. Nimun gothah check nukoh upkurymi so v mistakes hunnanehen hyvey BT v Gina vaguthu check kuran nagane n eha tym dheven nethyma. Hope u like it. 🙂

  2. maroon says:
    July 18, 2017 at 8:43 pm

    This part feel different than the rest of the parts. Just a feeling cnt describe it.. I like it… much better and beautiful… ❤ good luck

    1. Psenhi says:
      July 18, 2017 at 8:55 pm

      Thnkyou maroon. 🙂

  3. aish says:
    July 18, 2017 at 8:50 pm

    V reethi.. Shimla & maisha twins hen hyvany

    1. Psenhi says:
      July 18, 2017 at 8:56 pm

      Twins hen hyveytha? :-0 thankx aish

  4. Shima says:
    July 18, 2017 at 9:11 pm

    No I think shimla ge aslu name Aki??
    Maisha kanege dhen dhimaavi haadhisaaehga hadaanun foheveny kaneynge?? ……varah confidence aa eku mibunany migothashey vaany???btw varah reethi mi story dhaathee goi….
    Mi part ves varah loabi……adhives bodah biruveri kohlyma okey vaane

    1. Psenhi says:
      July 18, 2017 at 9:46 pm

      He he let’s c dhw. Thnkx shima

  5. Anonymous says:
    July 18, 2017 at 9:12 pm

    Can anyone tell me the meaning of idk

    1. Adha? says:
      July 18, 2017 at 10:17 pm

      I DONT KNOW ??

  6. Shif says:
    July 18, 2017 at 9:18 pm

    Nxt episode??

    1. Psenhi says:
      July 18, 2017 at 9:47 pm

      Thursday insha Allah

  7. Adha? says:
    July 18, 2017 at 11:22 pm

    Ey alhugandah ves heevany shimla eyee aslu maisha hen..? v.v.v.v.v.v.v.v.v.v reethi mi part ves it’s fabb!❤ pls next part avahah up kohdhehchey? waiting ?

    1. Psenhi says:
      July 19, 2017 at 9:53 am

      Thnkx. Let’s c dhw

  8. khajja says:
    July 19, 2017 at 12:28 am

    Wow masha allah v rythi v furihama stry eh cusinse v ma ves baeffaharu v vaththaruvey dhw egothun kanneynge ehaavaththary ginafaharu girls ah libeyny mom ge rythikan anyway stry v speechless mihaaru mi site ga gavaaidhun up kuraa stry thah nimijje dhen mistry egothah up kolladhevvun kihineiyvaane baa pls midhuvas kolhu stry thah end ve nw stries up nuvaathy v bouring plx egothah up kodhdheveytho try kolla bala plx plx n gud nyt❤❤❤❤❤?????????

    1. Psenhi says:
      July 19, 2017 at 9:56 am

      Dhw. Thnkx. Sry dr mipartvs dhigukoh liyevuny kuranhuri baeh masakai bahattafa. Psenhi story liyany free tym akunoon. Liyahithun Ehen baeh kankan kuragadyga vaguthu huskohgen. Asl v bxy. Ehenve konme dhuvahak upkohdheynamey bunakah nukerene. Ekmvs liyevun varakun upkuraanan inge

  9. އަޙްމަދު ފަޔާޟް says:
    July 19, 2017 at 10:19 am

    V reethi… Alhugandah reyga mi vaahaka fenigen kiyaalee comment eh kohlan liye liye huttaa 4nu nivunee??? alhugandah ves hama heevanee shimla aai maisha twins hen… Hafthaage kn dhuvas dhuvaheh ga thr up vanee

    1. Psenhi says:
      July 19, 2017 at 10:44 am

      He he. Thnkx. Let’s c dhw. Satday Tuesday Thursday insha Allah

  10. inaya says:
    July 19, 2017 at 12:36 pm

    amjadhuge nulafaakamun shimlaa salaamah kuraathi

    1. Psenhi says:
      July 19, 2017 at 2:54 pm

      Let’s hope for good. Thankyou

  11. Nern says:
    July 19, 2017 at 6:08 pm

    but i dnt think that shimlaa is maaishaa

  12. Nern says:
    July 19, 2017 at 6:09 pm

    BTW vaahaka vrh vrh vrh reethi.. hama habeys..

    1. Psenhi says:
      July 19, 2017 at 10:39 pm

      Thnkx Nern

  13. Aashaa says:
    July 20, 2017 at 3:30 pm

    Story ehkkoh liyfa up kohllaanama v easy vaane ehnnu. Just an idea.. Vaahaka v reethi.. Neynge dhen mi comment ves upload vaane dhuvaheh..

Comments are closed.


All Right Reserved!