Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

ލޯބި ވެވުމުން……5

Noor💙 Level 710 Stories100 Comments100 Login500 Comments
April 27, 2017 4 Mins Read
64 Comments

ޝަނާޔާގެ ބަސްތަކުން ޖިއާންގެ ހިތް ކުދިކުދި ކޮށްލިއެވެ.ފެންކަޅިވެފައިވާ އެ ރީތި ދެލޮލުން އެންމެ ފަހުފަހަރަށް އެހިތުގެ ރާނީއާށް ބަލާލިއެވެ.

ނަމަވެސް މިލާފައިވާ ޝަނާޔާގެ މޫނު ފެނުމުންް ޖިއާންގެ ހިތަށް ލިބުނީ އިތުރު ރިހުމެކެވެ. ޝަނާޔާގެ ރުހުމެއް ދެން ޖިއާން އަށް ނުލިބޭނެކަން ގައިމެވެ.އެވަގުތު ކޮޓަރި ތެރެއަށް ހީވީ ވައިގެ ތޫފާނެއް އައި ހެންނެވެ.ހަމަ އެހާ އަވަހަށް މުޅިތަން ހަމަހިމޭންވެސް ވިއެވެ.ބިރުންގޮސް ދެލޯމަރާ ތަގުޅި ކޮށްލައިގެން އިން ޝަނާޔާ ދެލޯ ހުޅުވާލުމަށްފަހު ކޮޓަރި ތެރެއަށް ނަޒަރު ހިންގާލިއެވެ.ޝަނާޔާ އެދުނު ފަދައިން ޖިއާން ދިޔައީ ހެއްޔެވެ؟ ދެން ދުވަހަކުވެސް އެރީތި ސޫރަ އޭނައަށް ނުފެންނާނެ ހެއްޔެވެ؟އޭނާ އަށް މިވަނީ ކިހިނެތް ހެއްޔެވެ؟ޖިއާން ދިޔުމުން އެހިތަށް ހަމަ ޖެހުން ލިބުމުގެ ބަދަލުގައި ،ހިތަށް ކުރެވެމުން އެދަނީ ކޮންފަދަ ނުތަނަވަސްވެރި ކަމެއް ހެއްޔެވެ؟އޭނާގެ ހަށިގަނޑުން އެއްބައި މަދުވެފައި ވާކަލައެވެ.

ކުރެވެމުންދިޔަ ބުނަންނޭނގޭ އިހުސާސަކުން ޝަނާޔާއަށް ބާރުބާރަށް ރޮވެން ފަށައިފިއެވެ.އޭނާގެ ހިތުގައިވާ ހުރިހާ އުދާސްތަކެއް ކަރުނައިގެ ސިފައިގާ ބޭރުކުރަން މަސައްކަތް ކުރާކަހަލައެވެ.ވަގުތަކީ ހުސްނާ ދަމުނަމާދަށް ހޭލާ އުޅޭވަގުތު ކަމުން ލޯބިވާ ދަރިފުޅުގެ ކޮޓަރިން ރޯއަޑު އިވޭހެން ހީވެގެން އަވަސް އަވަހަށް ބޮލުގައި އޮތް ދޮޅިބާލާ މުޞައްލަ ތެރެއަށް ލުމަށް ފަހު ދަރިފުޅުގެ ކޮޓަރިއަށް ދިއުމަށް އަވަސްވެގަތެވެ.

އޭނާގެ ފުރާނަފަދަ ދަރިފުޅު ރޮއިރޮއި ގިސްލެވެނީއެވެ.އެ މަންމަގެ މައިލަގޮނޑި ފަޅައިގެން ނުދިޔައީ ކިރިޔާއެވެ.އަވަސް އަވަހަށް ގޮސް އެނދުގެ މަގަތުގައި އިށީންނަމުން ދަރިފުޅުގެ ކޯތާފަތްމައްޗަށް ފައިބަމުންދާ ކަރުނަތައް ފޮހެލައިދިނެވެ.ޝަނާޔާއަށް މަންމަ ފެނުމުން މަންމަގެ އުނގުގައި ބޯއަޅައިގެން އޮށޯވެ ހަމައަކަށް އެޅެން މަސައްކަތް ކުރިއެވެ. މައިނޭވާ ލަމުންދިޔަ ދަރިފުޅު ހަމަޔަކަށް އެޅެންދެން ހުސްނާވެސް އިނީ ދަރިފުޅުގެ ބޮލުގައި ފިރުމާލަ ފިރުމާލައެވެ.

\”މަންމަގެ ދަރިފުޅަށް ކިހިނެތްތަ ވީ\” ޝަނާޔާއާއި ސުވާލުކުރިއިރު ހުސްނާގެ މޫނުމަތިން ވެސް ހައިރާންކަމާއި، ކަންބޮޑުވުން ފާޅު ވަމުން ދިޔައެވެ.އެއީ މީގެކުރިން ދުވަހަކުވެސް ދަރިފުޅު އެފަދަ ހާލެއްގައި ވަނިކޮށް އެމަންމައަށް ފެނިފައި ނުވާތީއެވެ.މަންމާ އަޅުގަނޑަށް ބިރުވެރި ހުވަފެނެއް ފެނުނިއްޔޭ ބުނެ މަންމަ ހާސްވާނެވަރު އެނގޭތީ ދޮގުހެދިއެވެ.އާނއެކެވެ. ޙަޤީގަތުގައިވެސް ދަރިފުޅަށް އެވަނީ ބިރުވެރި ހުވަފެނެއް ފެނިފައެވެ.ހުސްނާ ހިތާހިތުން ކިޔާލިއެވެ.އެވަގުތު ހުސްނާ ނޫން އެހެން މީހަކު ކަމުގައިވިޔަސް އެވާހަކަ ގަބޫލު ކުރެވޭނެއެވެ.ވާނީވެސް އެހެންތާއެވެ..އޭރުވެސް ދާހިއްލާ ފޯވެފައިވާ ޝަނާޔާގެ މޫނުމަތިން ހާސްކަމާއި، ބިރުގަނެފައިވާ ވަރު ހާމަވޭވޭ ހުއްޓެވެ.

އަހަރީ ދުވަހުގެ ބަންދަށްފަހު ހުރިހާ މުވައްޒަފުންވެސް އެމީހެއްގެ މަސައްކަތްތަކާއިގެން ހެލިމޭލި ވަމުން ދެއެވެ.ޝަނާޔާވެސް ބެލީ ޕެންޑިންގައި ހުރި މަސައްކަތްތައް ތާވަލު ކުރެވިފައިވާ ގަޑިތަކަށް ނިންމޭތޯއެވެ.ނަމަވެސް އޭނާގެ ހިތާއި ސިކުނޑީގައި ރަސްކަން ކުރަމުން ދަނީ ޖިއާން އެވެ.އުމުރުގައި ފުރަތަނަ ފަހަރަށް ފިރިހެނަކަށްޓަކައި އޭނާގެ ހިތް ތެޅެމުންދަނީއެވެ.އެވެސް އޮބި ނޯންނަ ވަރަށެވެ.އެކަމަކުވެސް އޭނާގެ ބަދުނަސީބު ކަމާއިހުރެ ޝަނާޔާގެ ހިތްވަނީ މާޔޫސްވެފައެވެ.ފަރަހާވެސް ޝަނާޔާ ނެގިމަޑުވެފައި އިންނާތީ ދެތިން ފަހަރަކު ސުވާލުވެސް ކޮށްފިއެވެ. ނަމަވެސް ކޮންމެ ފަހަރަކުވެސް ކޮންމެވެސް ބަހަނާއެއް ދައްކާފަ ވާހަކަ ބަދަލު ކޮށްލަނީއެވެ.އެކުވެރިޔާއަށް ދޭނީވެސް ވަކި ކޮން ޖަވާބެއް ހެއްޔެވެ؟ އޭނާއަށް ލޯބިވެވުނު އިރުވެސް ވެވިފައި އެވަނީ ޖިންނިއެއް ދެކެވެ.އެޚިޔާލު ހިތަށް އަޔަސް ޝަނާޔާގެ ހަށިގަނޑުގައިވާ ލޯލިތައް ކޮޅަށް ޖެހެއެވެ.

ނަމަވެސް އޭނާގެ ބަސްނާހާ ހިތަށް ވިސްނާ ދޭނީ ވެސް ކިހިނެތް ހެއްޔެވެ،؟ އެހިތަށް ޖިއާންދެކެ ލޯބިވީއިރު އެއީ ކޮންތަނަކުން އައި ކާކުތޯ ބަލަން މުހިންމު ކަމަކަށް ނުވި ފަދައިން ލޯބިވެރިޔާގެ ނަސްލެއްވެސް އެހިތަކަށް މުހިންމެއް ނޫނެވެ.ނަމަވެސް އެދެވެމުން ދިޔައީ އެ އޯގާތެރި ކަމަށެވެ.އެ ބާރުަގަދަ އަތުތެރޭގެ ހިމާޔަތަށެވެ.އެ ލޯބިން ފުރިގެންވި ބެލުން ތަކަށެވެ.ބަދަލު ކުރެވެމުންދިޔަ ލޯބިވެތި ހިތުގެ ސިގްނަލް ތަކަށެވެ.

ދުވަހަކަށްފަހު ދުވަހެއް މާޒީއާއި އެކުވަމުން ދެއެވެ. ނަމަވެސް ޝަނާޔާގެ ޙަޔާތަށް އިތުރު ހުސްކަމެއް ގެނުވަމުންނެވެ.އެރެއަށްފަހު ޖިއާން ޝަނާޔާގެ ކުރިމައްޗަކަށް ނާދެއެވެ. ޖިއާންގެ ހަނދާންތަކުން މިންޖު ނުވެވިގެން އުޅެނީ ހަމަ އެކަނި ޝަނާޔާއެވެ. ޝަނާޔާގެ ދިރިއުޅުމުން ދާށޭ ބުނީމަ ، އެވަރަށް ޝަނާޔާދެކެ ލޯބިވީ ހިތަކަށް ހަމަ އެހާ ފަސޭހައިން ދެވޭނެ ހެއްޔެވެ؟ ނޫނީ އެއީ އެވަގުތަށް ޚާއްޞަ ކުރެވިފައިވި އެދުލުން ބޭރުކޮށްލި ފޮނި ބަސްތަކަކީ ހެއްޔެވެ؟ ނޫނީ ޖިއާންގެ ދިރިއުޅުމަށް އެހެން ޝަނާޔާއެއް ގެނައީ ހެއްޔެވެ؟ކޮންމެ ގޮތެއް ވިޔަސް އެރޭ އޭނާގެ ދިރިއުޅުމުން ދުރަށް ދިޔުމަށް އެދެވުނަސް، ޝަނާޔާގެ ދެ ލޯ ދުށުމަށް އެދެނީ ހަމަ އެ ރީތި ސޫރައެވެ.ނަމަވެސް ޖިއާންގެ އާދޭސްތަކުގެ އަޑު އަހަން ބޭނުން ނުވީވެސް ހަމަ ޝަނާޔާއެވެ.ވީއިރު އޭނާގެ ހިތުގެ ހަމަނުޖެހުމަށް ޖިއާން ކުށްވެރި ކުރުމުގެ އެއްވެސް ހައްޤެއް ޝަނާޔާއަކަށް މިއަދު ލިބިގެނެެއް ނުވެއެވެ.

ޖިއާން ގެ ލޯތްބަށް ފުރަގަސް ދިނީއްސުރެ ޝަނާޔާގެ ހިތުގެ ހަމަޖެހުން ވަނީ ފިލާ ގޮސްފައެވެ.އެ މޫނުމަތީ ހުންނަ ތާޒާ ކަމެއް ނުހުރެއެވެ.\”މަންމަ ބޭނުން ދަރިފުޅާ ވާހަކައެއް ދައްކާލަން\” ކޮފީތަށި ހިފައިގެން ސިޓިންރޫމްގައި ޚިޔާލަކަށް ގެއްލިފައި އިން ޝަނާޔާއަށް ފަހަތަށް ބަލާލެވުނީ މަންމަގެ އަޑު އިވުމުންނެވެ.\”ކޮން ކަމަކާ މިހާރަކަށް އައިސް ދަރިފުޅު މާބޮޑަށް ތި ވިސްނަނީ\” ކައިރީގައި ހުރި ސޯފާގައި އިށީންނަމުން ހުސްނާ އަނެއްކާވެސް ވާހަކަ ދެއްކިއެވެ.ނަމަވެސް މިދުވަސްކޮޅު އޮފީހުގައި ތަންކޮޅެެއް މަސައްކަތް ގިނަވީމަ ވަރުބަލިވެފައި ހުންނާތީ މަންމައަށް އެހެން ހީވަނީ ކަމަށް ބުނެ މިފަހަރުވެސް އެހިތުގެ ހާލު މަންމައަށް ސިއްރުކުރަން މަސައްކަތް ކުރިއެވެ.އެކަމަކު އެއީ އެދަރިފުޅު ވިހެއި މައިމީހާއެވެ. އެދަރިފުޅު ކުޑަނަމަވެސް ހިތާމައެއްގައި ވާނަމަ އެންމެ ފުރަތަމަ އެނގޭނީ އެ މަންމައަށެވެ.ނަމަވެސް ހުސްނާ ބޭނުންވީ ދަރިފުޅާ އިތުރަށްު ސުވާލު ނުކޮށް ދަރިފުޅަށް ވަގުތު ދޭށެވެ.އެހެނީ ވަގުތަކީވެސް އޭގެ ޒާތުގައި ފަރުވާއެކެވެ.

ހުދުކުލައިގެ ވިދާ ބަބުޅަމުންދާ ވެޑިން ޑްރެސްގައި ފަރަހާ ފެންނަލެއް ވަރަށް ލޯތްބެވެ.ކުދިކުދި ޕީޗް ކުލައިގެ މާތަކުން ޖަރީ ކުރެވިފައިވާ އެބޮޑު ހެދުމުގައި ފަރަހާ ފެންނަނީ ހޫރު ޕަރީއެއް ފަދައިންނެވެ.ފަރަހާ އަކީ ޝަނާޔާއާއި ޚިލާފަށް އިސްކޮޅުން ދިގު ކުއްޖެކެވެ.ކައިވެނީގެ ޙަފްލާ ނިމުނު އިރު އެގާރަގަޑި ތިރީސް ވަނީއެވެ. ޙަފްލާ އޮތީ ދަރުބާރުގޭގައި ކަމުން އެއީ ޝަނާޔާގެ ގެއާއި ވަރަށް ދުރެވެ.ޓެކްސީއެއް ލިބޭތޯ ކުރި މަސައްކަތްވެސް ވީ ބޭކާރެވެ.މަންމަ އޭނާގެ އިންތިޒާރުގައި ނުނިދާ ހުންނާނެތީ އިތުރަށް އެތަނުގައި މަޑުކުރާކަށް ޝަނާޔާ ބޭނުމެއް ނުވިއެވެ.އެހެންވެ ފައިމަގުގައި ގެއަށް ދިއުމަށް ހިނގައިގަތެވެ.

ވަކި ހިސާބަކަށް ދެވުނުތަނާ އުޑުމަތި ބަނަވެ،ވައިގަދަ ކޮށްލައިފިއެވެ.މާގިނަ އިރުތަކެއް ނުވެ ވާރޭވެހެން ފަށައިފިއެވެ.އެހެންކަމުން ޝަނާޔާ ގަސްތުކުރީ ފިހާރައެއްގެ ދޮރުމަތީ ވާރޭ ތުނިކޮށްލަންދެން މަޑުކޮށްލުމަށެވެ.އެވަގުތު ކުރިމަތީ އޮތް ގޯޅިން ހަތަރު ފިރިހެނަކު ނިކުތެވެ.އަތްފައިގާ ބަޑިތައް އަޅާފައި ވާއިރު ވާހަކަ ދައްކަމުންދަނީވެސް އަނގަ ވައްޓާލައިގެންނެވެ.އެ މީހުން ތިބީ ހަމަހޭގައި ނޫންކަން ކަށަވަރެވެ.ބިރުންގޮސް ޝަނާޔާގެ ފައި ބިންމަތީ ހަރުވެސް ނުލައެވެ.ތެމިފޯވިޔަސް އެމީހުން އަތްދަށުވާކަށް ޝަނާޔާ ނޭދެއެވެ.ލާފައިހުރި ހެދުންވަނީ ގައިގަ ތަތްލާފައެވެ.ތެމުމުގެ ސަބަބުން އަޅާފައިވާ ޕީޗް ކުލައިގެ ޝޯލްގެ ތެރެއިން ކަނދުރާގެ ކުލަވެސް ރީތިކޮށް އެނގެން ހުއްޓެވެ.\”ހާދަ ބާރަކަށް ތިދަނީ؟ ތިހާ ލޯބި ކުދިން އެކަނި ތަންތަނަށް ދާކަށް ނުވާނެ\”.އެތަނުން އެކެއްގެ އަޑު އިވުނެވެ.ދެން ތިބި މީހުން މަލާމާތުގެ ރާގަށް ހޭންފެށިއެވެ. ބިރުގަނެފައި ހުރި ޝަނާޔާއަށް ގައިގަ ހުރިބާރެއް ލާ ދުއްވައި ގަނެވުނެވެ.ނަމަވެސް މާގިނައިރު ތަކެެއްނުވެ އެ ނުލަފާ މީހުންގެ އަތްދަށު ވިއެވެ. ސަލާމަތަށް އެދި ޝަނާޔާއަށް ރޮއި ހޭރިގަނެވުނެވެ.ނަމަވެސް މަގުގެ މާ ދުރުދުރަށް ދާންދެންވެސް މީހެއްގެ ހިލަމެއް ވާކަށް ނެތެވެ.އެވަގުތު އެތަނުން އެކަކު އޭނާގެ ޖީބުގައި އޮތް ރުމާލެއް ނަގާ ހަލުވި ކަމާއިއުކު ޝަނާޔާގެ އަނގަމަތީ އައްސާލިއެވެ.އިތުރަށް އެއަޑުވެސް ބޭރުވާނެ ގޮތެއް ނެތެވެ.އެފަކީރަށް ހުރިހާ މަގެއް ބަންދުވެ ގޮތް ހުސްވި ކަހަލައެވެ.ދެލޮލުން ހޯސްލާފައި ކަރުނަތައް ފައިބަމުން ދެއެވެ.

އެމީހުން ޝަނާޔާ ގެންގޮސް ވެއްދީ ހިމަގޯޅި ގަނޑަކުންގޮސް ވަދެވުނު ކުޑަ ކޮޓަރި ގަނޑަކަށެވެ.އެތަނުން ދުވާ ކަންމޫޑުވަހާއި، ސިނގިރެޓް ފިލްޓަރ ވަހުން ނޯއް ދަމާލަން ނުކެރެއެވެ.ޝަނާޔާ ވަނީ ރޮއިރޮއި ވަރުބަލި ވެފައެވެ.އެ ނުލަފާ މީހުންގެ ކިބައިން ސަލާމަތްވުމަށް ނިކަމެތި ޝަނަޔާއަށް ކުރެވޭނެ ކަމެއް އޮންނާނެ ހެއްޔެވެ؟އެމީހުންގެ ދަހިވެތި ބެލުންތައް ހުއްޓިފައިވަނީ ޝަނާޔާގެ ހަށިގަނޑަށެވެ.\”ފަސްޓް މީ އިނގޭ\”.އެތަނުން އެކަކު ކުރިއަށް ޖެހިލާފައި ބުންޏެވެ.ބިރުންގޮސް ފަހަތަށް ޖެހެމުންދިޔަ ޝަނާޔާ ހުއްޓުންއެރީ ގޮސް ފާރުގައި ލައްވުމުންނެވެ.އެމީހާ އައިސް ޝަނާޔާގެ ބޮލުގައި އޮތް ޝޯލް ދަމައިގަތީ އެއްވެސް ރަހުމެއް ނެތިއެވެ.ދަމާގަތްލެއް ބާރުކަމުން ޝޯލްގައި ޖަހާފަ ހުރި ޕިންތައް އުފުރައިގެން އަޔެވެ.ޝަނާޔާގެ އެ ދޮން ކަނދުރާގައި ވަނީ ކޫރު އެޅިފައެވެ.އޭނާއަށް ބޭއިޚްތިޔާރުގައި މޭމަތީ އަތްއަޅާ ރޮއިގަނެވުނެވެ.އެވަގުތު ޖިއާން މަތިން ހަނދާންވުމުން އިތުރަށް ހިތުގައި ޖެހޭގޮތް ވިއެވެ..މިއަދު ޖިއާން ހުރިނަމަ އޭނާ އެފަދަ ވޭނެއްގެ ތެރެއަށް ހަމަހިލާ ޣަރަޤުވިޔަކަ ނުދިނީހެވެ. އޭނާ ރޯރުއިމަކަށް ބަދަލެއް ނާދެއެވެ.ނަމަވެސް އައްސާފައިވާ ރުމާލުގެ ތެރެއިން ޝަނާޔާގެ ރޮއިރޮއި ކުރެހިފައިވާ އަޑު ބޭރުވާނެ ގޮތެއް ނެތެވެ.ކުރެވެމުންދިޔަ ހިތްދަތި އިހުސާސުން ޝަނާޔާގެ ހިތްވަނީ ކުދިކުދި ވެފައެވެ.މިރޭ އޭނާ އެންމެ ރައްކާ ކޮށްގެން ގެންގުޅުނު ޢިއްފަތްވެސް ރަހުމުކުޑަ ބައެއްގެ ތޫނު ވަކިތަކުން ފޭރި ގަންނާނެއެެވެ.ކުރިމަތީހުރި ރަޙުމުކުޑަ މީހާ ޝަނާޔާގެ ހެދުމުގެ ކަރުގައި ހިފާ ވީދާލިއެވެ.އޭނާގެ މޭމަތިން ބޮޑުބައެއް ހާމަވެގެން ދިޔައެވެ.ޝަނާޔާ ރޮމުން،ގިސްލަމުން އެ ނުލަފާ މީހާގެ ކިބައިން ސަލާމަތްވާން މަސައްކަތް ކުރިވަރަކަށް އެ ރަޙުމުކުޑަ ބާރުގަދަ އަތުގެ ހޫނު ހަމަލާތަށް ޝަނާޔާގެ މަޑުމަޑު ކޯތާފަތް މައްޗަށް އަރަމުން ދިޔައެވެ.

ކުއްލިއަކަށް މުޅި ކޮޓަރި ތެރެ އަލިކޮށްލަމުން ހޮނުގުގުރީގެ އަޑުފަދަ ބާރު އަޑުފައްގަނޑެއް އިވިގެން ދިޔައެވެ.އެވަގުތު ޝަނާޔާގެ ލޮލުގައި އަޅައިގަތީ ކުރިމަތީގައި ހުރި ޖިއާން އެވެ.ޝަނާޔާގެ ލޮލުން ހިފެހެއްޓުމެއް ނެތި ތާޒާ ކަރުނަތަށް ރަތްވެފައިވާ ކޯތާފަތް މައްޗަށް ފާބައިގަތެވެ.ޝަނާޔާ ހުރި ޙާލުފެނުމުން ޖިއާންގެ ދެލޯ ފެންކަޅި ވެގެން ދިޔައެވެ.ޝަނާޔާގެ ކަރުގެ ހަތަރު ތަނެއްގައި ލޭފާއްދާލައިފާ ވާ މަންޒަރު ފެނުމުން ޖިއާންގެ ހިތް އެތައް ތަނަކުން ކަތިލެވުނު ކަހަލައެވެ.އެވަގުތު އޭނާގެ ރުޅިގަނޑު ކޮންޓްރޯލުން ނެއްޓިއެވެ.

ޖިއާންގެ ހަށިގަނޑަށް ހީވަނީ ތޫފާނެއް އައިސްގެން އުޅޭ ހެންނެވެ.ރުޅި އައިސްފައި ހުރިވަރުން ހަށިގަނޑުން އަލިފާން ކަނި ބުރަމުން ދެއެވެ.ދެލޮލުގެ ކުލަވެސް ވަނީ ރަތްވެފައެވެ.ލޮލުގައިވާ ބޮޑު ދެ ކަޅިވެސް ހީވަނީ ބޭރަށް ނިކުމެދާނެ ހެންނެވެ.ބަލަބަލާ ހުއްޓާ ބޮލުން ދެ ދަޅުވެސް ނިކުމެއްޖެއެވެ.ޝަނާޔާއަށް ގަތްބިރުން ދެފިޔަވަޅު ފަހަތަށް ޖެހިލެވުނެވެ.އަދި އޭނާގެ މުޅިހަށިގަނޑުން ހީބިހި ނަގައިގަތެވެ.އިސާހިތަކު ކެހެރި ފަޅާފައި އޮތް ބޮޑު ނިގުލެއްވެސް ފުރަގަހުން ފާޅު ވެއްޖެއެވެ.އިންސާނެއްގެ ސިފައިގައި ޝަނާޔާގެ ޙަޔާތަށް އައި އެ ރީތި ސޫރަ މިވަގުތު ލޮލަށް ފެނިއްޖެ ކޮންމެ މީހެއްގެ ހިއްސުތަކުގެ ބާރުކަނޑުވާލާ، ދުނިޔެއިން މޮޔަކޮށްލާހާ ވެއެވެ. ބިރުވެރިކަމުގެ ވެސް އިންތިހާއެވެ.އޭތީގެ އިނގިލި ތަކުގެ ނިޔަފަތިތައްވެސް ބިންމަތީ ކޭއްތެމުން ދެެއެވެ.

ހަތަރު މޮއްގަނޑު ޖަހައިގެން ބިރުވެރި ސިފައެއްގައި ޝަނާޔާގެ ކުރިމަތީގައި އެއޮތީ ހަމަ ޖިއާން ހެއްޔެވެ؟

**ނުނިމޭ**

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Noor💙

Level 710 Stories100 Comments100 Login500 Comments

Other Articles

Previous

ފުން އިހުސާސެކޭ 8

Next

މާހާ – ޓްރެއިލާރ

Next
April 27, 2017

މާހާ – ޓްރެއިލާރ

Previews
April 27, 2017

ފުން އިހުސާސެކޭ 8

64 Comments!

  1. Aish says:
    April 27, 2017 at 4:46 pm

    Yeyy me first

    1. Noor says:
      April 27, 2017 at 7:47 pm

      Thanx for waiting

  2. Aish says:
    April 27, 2017 at 4:47 pm

    Adhi nuves kiyan..kiyaalaafa coment kohlaanan..

    1. Noor says:
      April 27, 2017 at 9:59 pm

      ???

  3. Aish says:
    April 27, 2017 at 4:54 pm

    Woww so beautiful..

    1. Noor says:
      April 27, 2017 at 7:32 pm

      ??

  4. Anee says:
    April 27, 2017 at 5:02 pm

    4th vana part kobai

    1. Noor says:
      April 27, 2017 at 7:46 pm

      Innaane up koffa

  5. Lovegirl says:
    April 27, 2017 at 5:05 pm

    Vvv reethi mi part ves❤

    1. Noor says:
      April 27, 2017 at 7:33 pm

      ??

  6. Tara says:
    April 27, 2017 at 5:24 pm

    hey thanks dhigu koh genesdhineetha. varah reethi mibai.

    1. Noor says:
      April 27, 2017 at 7:33 pm

      ??

  7. maii says:
    April 27, 2017 at 5:32 pm

    haadha kurukon.. akam v reethi ngey…

    1. Noor says:
      April 27, 2017 at 7:34 pm

      ??

  8. shau says:
    April 27, 2017 at 5:46 pm

    Nice but 4th vana part kobaa

    1. Noor says:
      April 27, 2017 at 5:55 pm

      4th vana part ves innaane up koffa

  9. Anonymous says:
    April 27, 2017 at 6:12 pm

    Adhi mirey eh part plxxxxxx vvvv salhi.. Dhen vaa gotheh balaala hiy vany

    1. Noor says:
      April 27, 2017 at 6:27 pm

      Thanx…will try ..

  10. sheni says:
    April 27, 2017 at 6:39 pm

    wow nice i love it??? next part ves up kolachey??? ???

    1. Noor says:
      April 27, 2017 at 7:34 pm

      ??

  11. You says:
    April 27, 2017 at 6:52 pm

    V nice?

    1. Noor says:
      April 27, 2017 at 7:35 pm

      ??

  12. ReeXa says:
    April 27, 2017 at 6:54 pm

    Very interesting story

    1. Noor says:
      April 27, 2017 at 7:35 pm

      ??

  13. Rock ? says:
    April 27, 2017 at 7:02 pm

    Nice story …. ???

    1. Noor says:
      April 27, 2017 at 7:36 pm

      ??

  14. amisha says:
    April 27, 2017 at 7:33 pm

    Ausome and BTW aneh bai ves liyelaa varah kiyaa hihvey…..aneh gothun bunaanama this part left me curious..

    1. Noor says:
      April 27, 2017 at 7:40 pm

      ??

  15. fazal says:
    April 27, 2017 at 7:33 pm

    Ausome and BTW aneh bai ves liyelaa varah kiyaa hihvey…..aneh gothun bunaanama this part left me curious..

    1. Noor says:
      April 27, 2017 at 7:40 pm

      ??

    2. dho says:
      April 28, 2017 at 9:12 am

      Miothy dho kurin liyun kujja ethic copy kohfa????

  16. Nana says:
    April 27, 2017 at 7:53 pm

    Vrh salhi

    1. Noor says:
      April 27, 2017 at 8:36 pm

      ??

  17. naxo says:
    April 27, 2017 at 8:03 pm

    wow sperb v kehmadhuvehje story kiyaa hithun love u all the best noor????????????

    1. Noor says:
      April 27, 2017 at 8:38 pm

      ??

  18. mary says:
    April 27, 2017 at 8:05 pm

    v reethi mibaivess???????????

    1. Noor says:
      April 27, 2017 at 8:40 pm

      ??

  19. afaa says:
    April 27, 2017 at 8:50 pm

    v reethi story eh luv

    1. Noor says:
      April 27, 2017 at 9:55 pm

      ??

  20. Fary says:
    April 27, 2017 at 9:05 pm

    Vvvv nice next part when avaha up kola dheee plzzz nice ?

    1. Noor says:
      April 27, 2017 at 9:55 pm

      ??

  21. Rehendhi says:
    April 27, 2017 at 9:39 pm

    V v v reeethi..
    Next part dhigukohlahchey..

    1. Noor says:
      April 27, 2017 at 9:57 pm

      ??

  22. nuz says:
    April 27, 2017 at 10:07 pm

    alhey dhekudhin dhuru nukurahchay ???? n next part avahah up kohla dhehchey

    1. Noor says:
      April 27, 2017 at 10:55 pm

      ???

  23. Addu manje says:
    April 27, 2017 at 10:50 pm

    Varah reethi..
    🙂

    1. Noor says:
      April 27, 2017 at 10:55 pm

      ???

  24. Rainy princess says:
    April 27, 2017 at 11:00 pm

    Vara reethi..❤❤

    1. Noor says:
      April 28, 2017 at 5:44 am

      ???

  25. IshXyf says:
    April 27, 2017 at 11:08 pm

    Alhey…haadha reehchey..waiting for nxt part…

    1. Noor says:
      April 28, 2017 at 5:45 am

      ???

  26. athi says:
    April 28, 2017 at 7:34 am

    Wow beautiful story..waiting ?

    1. Noor says:
      April 28, 2017 at 8:37 am

      ???thanks dear

  27. dho says:
    April 28, 2017 at 9:06 am

    Kobaatha next part of this story??and by da way love da story??

    1. Noor says:
      April 28, 2017 at 9:10 am

      Hopefully will up today

  28. Yaa says:
    April 28, 2017 at 11:01 am

    Thankolheh dhigukohlla dhehchey next part. Next part ge inthizaaruga mihury. Heekuran avahah upkohlla dheyne kamah. Varah salhi story.

    1. Noor says:
      May 17, 2017 at 4:48 pm

      Thanx..?

  29. Anonymous says:
    April 28, 2017 at 8:58 pm

    Waiting

    1. Noor says:
      May 17, 2017 at 4:48 pm

      Thanx..?

  30. Sarey says:
    April 29, 2017 at 12:28 pm

    V nice

    1. Noor says:
      May 17, 2017 at 4:49 pm

      Thanx..?

  31. Nanii says:
    June 30, 2017 at 5:07 pm

    Beautiful

  32. Reem says:
    February 19, 2019 at 10:52 am

    Salhi Mi part

  33. No name? says:
    May 18, 2020 at 3:24 pm

    Keeve 6 vana part nufennany

Comments are closed.

Next Episodeލޯބި ވެވުމުން……6←


All Right Reserved!