Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

ލޯބި ވެވުމުން ……….18

Noor💙 Level 710 Stories100 Comments100 Login500 Comments
May 19, 2017 6 Mins Read
55 Comments

ޔާނިޢުގެ އަތްދަނޑިމަތީގައި އޮތް ޝަނާޔާ ދޯނީގެ އެއްފަރާތުގައި ބޭންދުމަށްފަހު ގޮސް އަނެއްފަރާތުގައި ފިރިހެން ވެރިންގެ ގާތުގައި އިށީނދެ ޔާނިޢު ހަމަޖެހިލީ ހަމަ އެންމެ ފަހަރަކުވެސް ޝަނާޔާއަށް ބަލައިވެސް ނުލައެވެ.ޔާނިޢުގެ އެ ދުރުކަމުން ހަމަ ރަނގަޅަށްވެސް ޝަނާޔާގެ ހިތް ރޮއްވައިލައިފިއެވެ.

ހުރިހާ އެންމެން ދޯނިމަތީގައި މަޖާ ކުރަމުން ދިޔައިރު ޝަނާޔާއަށް އިރުއިރު ކޮޅާ ޔާނިޢުއަށް ބަލައި ލެވެއެވެ.ނަމަވެސް އެ މޫނުމަތިން ފެންނަމުން ދިޔަ މާޔޫސްކަމުން ޝަނާޔާގެ ހިތަށް އިތުރަށް ތަދުވަމުން ދިޔައެވެ.އުޑުމަތީގައި ހުރި ސާފު ބޯކިރު ފޮދެއްފަދަ ވިލާތައްވެސް ކަޅުކޮށްލާ ހަތަރު ފަރާތުން ބަނަކޮށްލާ ވާރޭ ވެހެން ފެށީވެސް ހަމަ ކުއްލިއަކަށެވެ.ކަނޑުގެ ރާޅުތައްވެސް ބޮޑެތިވެ އުފައްދަމުންދިޔަ ބޮޑެތި ރާޅުބާނި ތަކުން ދޯނި ހީވަނީ ބަންޑުން ޖަހާލަފާނެ ހެންނެވެ.އަންހެން ވެރިން ބިރުން ހަޅޭއް ލަވަމުން ދިޔައިރު ޝަނާޔާވެސް އަޑެއް ނުގޮއްވާލި އެއްކަމަކު އިނީ ބިރުންގޮސް ފިއްކެނޑިފައެވެ.ވައިވެސް އިތުރަށް ގަދަވެ ވެހެމުންދިޔަ ވާރޭވެސް ބޯކުރަމުން ދިޔައެވެ.

ހީކަރުވައިގަނެގެން ގޮސް ގުޑުގުޑު އަޅަމުންދާއިރު ޝަނާޔާގެ ކޯކަށިގަނޑުވެސް ހީވަނީ ނައްޓާލަފާނެ ހެންނެވެ.މަންޒަރު ބަލަން އިން ޔާނިޢު އަކަށް އިތުރަކަށް ކެތެއް ނުކުރެވުނެވެ.ޝަނާޔާގެނެސް އުނގު ތެރެއަށްލީ ލޯބިވާ އަނބިމީހާ އެހާލަށް ދޫކޮށްލަން ކެތް ނުވުމުންނެވެ.ނަމަވެސް ޔާނިޢު ޝަނާޔާ އެހާ ފަސޭހައިން ދުރުކޮށްލީތީ ޝަނާޔާގެ ހިތުގައިވެސް ވޭން އަޅަމުންދަނީ ކެތްނުވާ ވަރަށެވެ.ޔާނިޢުގެ އަތުގެ ތެރެއިން ވީއްލިގަނެގެން ދާން އުޅުނު އިރު ދޯނީގައި އެހެން މީހުން ތިބިކަންވެސް ޝަނާޔާގެ ހަނދާނުގައި ހުރި ހެނެއް ހިއެއް ނުވެއެވެ.ވާނީވެސް އެހެންތާއެވެ.ޝަނާޔާއަށް އޭނާގެ ދިފާޢުގައި އެއްޗެއް ބުނާނެ ފުރުސަތުވެސް ނުދިންތާ ކުއްލިއަކަށް އެހާ ލޯބިދީފައި އެކަނިވެސް ކޮށްލީއެވެ.ނަމަވެސް ޔާނިޢުވެސް އިނީ ވަކި ގޮތްދޫކުރާ ގޮތަކަށް ނޫނެވެ.ޝަނާޔާ ކިތަންމެ ގަދަ ހަދަމުން ދިޔަޔަސް ޔާނިޢުގެ އަތުތެރެެއިން ނިކުމެވުން އެއްފަރާތުގައި އޮއްވާ ޔާނިޢު އޭނާގެ އަތުތެރޭގައި ހައްޔަރު ކޮށްލިލެއް ބާރު ކަމުން ޝަނާޔާ އިނީ ގުޑިވެސް ނުލެވިފައެވެ.

އެންމެ ފަހުން ގޮތް ދޫކޮށްފައި ޔާނިޢުގެ އުނގުގައި އިސްޖަހާލައިގެން އިންނަން ޝަނާޔާއަށް މަޖުބޫރުވީ އެންމެންގެ ނަަޒަރު އެދެމީހުންނަށް ހުއްޓިފައި ވާތަން ފެނުމުންނެވެ.އެވަރަށް ހީކަރުވާ ފިނިބޮޑުވެފައި އިން އިރުވެސް ޔާނިޢުގެ މޭގައި ލައްނުވެ ދިމާ ތެދަށް ޔާނިޢުއަށް ފުރަގަސް ދީގެން އިން ޝަނާޔާ ކުއްލިއަކަށް ވިދާލި ވިދުވަރާއިއެކު ޖަހާލި ބާރުގަދަ ގުގުރީގެ އަޑުފައްގަނޑަށް ބިރުންގޮސް ޔާނިޢުއަށް ކުރިމަތިލަމުން ޔާނިޢުގެ ގައިގައި ބައްދައިގަތްލެއް ބާރުކަމުން އެކަހަލަ ކަމަކަށް ނުވިސްނާ އިން ޔާނިޢު އަރިއަޅާލުމުން ހަށިގަނޑު ބެލެންސް ކޮށްލަމުން އެއް އަތުން ޝަނާޔާގެ ބުރަކަށީގައި،އަނެއް އަތުން ޝަނާޔާގެ އުނަގަނޑުގައި އަތްއަޅައި ބާރަށް ބައްދާލިއެވެ.އޭރުވެސް ހަމަ ބޯކޮށް ވާރޭވެހެމުން ދެއެވެ.ޔާނިޢު ޝަނާޔާ މެއާލާ ފިއްތަމުން ދިޔައީ ހަށިގަނޑަށް ލިއްބައިދެމުން ދިޔަ އަރާމަކުންނެވެ.ޝަނާޔާވެސް ޔާނިޢުގެ ގައިގައި ތަތްވެގެން އޭނާގެ ބުރަކަށީގައި ލޯމަރައިގެން އޮވެ އަތްކާއްތަމުން ދިޔައިރު ދެންމެ ޔާނިޢުއާއި ދުރަށްދާން ގަދަހެދި ހަނދާންވެސް ނެތީ ކަންނޭނގެއެވެ.

ދެމީހުންނަށްވެސް ވެހެމުންދިޔަ ބޯވާރޭގެ ތެރެއިންވެސް ކުރެވެމުން ދިޔައީ ހޫނު އިހުސާސެކެވެ.ދޯނީގައި ތިބި އެންމެންގެ ނަޒަރު އެދެމީހުންނަށް ހުއްޓިފައިވާކަން އިހްސާސް ކުރެވުމުން ޔާނިޢު ޝަނާޔާގެ ކޮނޑުގައި ހިފައި ކުޑަކޮށް ދުރުކޮށްލަމުން ފަޅުތެރެއަށް ނަޒަރު ހިންގާލިއެވެ.އޭރު ވެހެމުން ދިޔަ ވާރޭވެސްވަނީ ތުނިކޮށްލާފައެވެ.ދޯނި ބަނދަރު ކުރުމުން ޝަނާޔާވެސް ޔާނިޢުގެ އަތުގައި ހިފައިގެން ދޯނިން ފޭބިއެވެ.ހުރިހާ އެންމެންވެސް ތިބީ ތެމި ފޯވެފައި ތިބުމުގެ ސަބަބުން ހީގަންނަގޮތް ވެފައެވެ.

ގެއަށް ދިޔަ މަގުމަތީގައި ކާރުގައި އިންއިރު ޔާނިޢު އިރުކޮޅަކާ ފިނިބޮޑުވުމުގެ ސަބަބުން ކިނބިހި އަޅަމުންދިޔަ ޝަނާޔާއަށް ބަލައިލައެވެ.ނަމަވެސް ކިތަންމެ ހާސްވެފައި އިނަސް ދުލުން ބަހެއް ބޭރުކުރަން އިނީ ނުކުޅެދިފައެވެ.ދެމީހުންގެ ދެމެދަށް ވެރިވެފައިވާ ހަމަ ހިމޭންކަން ފޫއަޅުވާލީ ޔާނިޢުގެ ފޯނު ރިންގުވާން ފެށުމުންނެވެ.ކާރުކުޑަކޮށް އެއްފަރާތް ކޮށްލުމަށްފަހު ހުސްނާޔާއި ވާހަކަ ދެއްކުމަށްފަހު މަންމަ ހަމައަކަށް އަޅުވާލަމުން ފޯނުބާއްވައި އަނެއްކާވެސް ކާރު ދުއްވާލިއެވެ.ޝަނާޔާ ހަމަ އަޑެއްވެސް ގޮއްވާނުލާ އިސްއުފުލާ ބަލައިލުމެއްވެސް ނެތި އިންގޮތަށް އިނީއެވެ.

އެތެރެއަށް ވަދެގެން އައި ޔާނިޢުއާއި ޝަނާޔާ ފެނުމުން ފިރާޝާ ގެ ހިތަށް ހަމަޖެހުން ލިބިގެން ދިޔަނަމަވެސް ދެކުދިން ތެމި ފޯވެފައި ތިބީމައި ފިނިބޮޑުވެ ބަލިވެދާނެތީ ކަންބޮޑުވިއެވެ.އެހެންވެ އަވަހަށް ފެންވަރާލައިގެން ތެތްއެއްޗެހި ބަދަލުކޮށް ގެން ކާން އަންނާށޭ ބުނެ އޭނާވެސް ގޮސް އެއްޗިހި ހޫނުކޮށް ކާތަށިތަށް މޭޒުމަތީ އަތުރަން ފެށިއެވެ.

ޝަނާޔާއަށް ކޮޓަރިއަށް ވަދެވުނު ކަމެއް ނޭނގެ ކިނބިހި އަޅަން ފެށިއެވެ.ޔާނިޢު އަވަހަށް އޭސީ ނިއްވާލީ ޝަނާޔާ ފިނިބޮޑުވެފައި ހުރިލެއް ބޮޑު ކަމުންނެވެ.ޝަނާޔާ ފެންވަރަން ނުވަދެ މަޑުކޮށްލީ ޔާނިޢުއަށް ފުރުސަތު ދެމުންނެވެ.ނަމަވެސް ޔާނިޢު ފޯނާއިކުޅެން ކަމަށް ހަދައިގެން ހުރީ ޝަނާޔާ ކުރިން ފާޚާނައަށް ވައްދަން ބޭނުންވީތީއެވެ.ދެމީހުންވެސް ދުލުން ބަހެއް ބޭރުނުކޮށް ވޭތޯ ބަލަމުން ދިޔައެވެ.

“ދަރިފުޅާ، އަވަސް ކޮށްލައިގެން އާދޭ ކާން”.މަންމަގެ އަޑު އިވުމުން ޔާނިޢު ޝަނާޔާއަށް ބަލާލާފައި އަވަހަށް ފެންވަރަން ދާށޭ ބުނެލީ އިތުރު ގޮތެއް ނެތުމުންނެވެ.ނަމަވެސް ޔާނިޢު ނިކުތީމަ އަހަރެން ދާނަމޭ ކިޔާ ޝަނާޔާވެސް ގޮތްދޫކުރާކަށް ބޭނުމެއް ނުވިއެވެ.އެކަމަކު މީހާ ހުރީ ހަމަ ރަނގަޅަށްވެސް ހީގެންފައެވެ.ޔާނިޢު ރުޅިގަދަ ވާގޮތްވިއެވެ.އަދި ޝަނާޔާގެ ތުވާލިނަގައި އޭނާގެ އުޅަބޮށީގައި ހިފައިގެން ގެންގޮސް ފާޚާނާ ތެރެއަށްލާ އެތެރޭގައި ތުވާލި އަޅުވާލުމަށްފަހު އައިސްފައި ހުރި ރުޅިން ޕައްކިޔާ ދޮރުޖެހިއެވެ.

މިފަހަރު ޔާނިޢުއަށް ރުޅިއިސްކުރެވުނީ ދަތުރުގައި ހިނގި ކަންތަކަކަށް ނޫނެވެ.ނަމަވެސް ޝަނާޔާ ފިނިބޮޑުވެފައިވާ ވަރުން ބަލިވެދާނެތީ ފިކުރު ބޮޑުވެފައިހުރި ވަރުންނެވެ. ނަމަވެސް ޔާނިޢުގެ އެ އަމަލުން ޝަނާޔާ ހިތަށް ހީވީ ކޮށި ވަޅިއެއް ހަރާލާ އުތުވަމުން ދިޔަ ހެންނެވެ.އޭނާ ޖިއާންދެކެ ލޯބިވިއްޔޭ ކިޔާފައި މިވަރުގެ ބޮޑު ހިތްދަތިކަމެއް ޔާނިޢު އެދެނީ ކޮން ޙައްޤަކާއި ލައިގެން ހެއްޔެވެ؟އެއީ ޔާނިޢު ޝަނާޔާގެ ދިރިއުޅުމަށް އައުމުގެ މާކުރިން ވެފައިވާ ކަމަކަށް ވާއިރު ޔާނިޢުއަށް އެގޮތަށް ޝަނާޔާ ކުއްވެރި ކުރެވޭނެ ހެއްޔެވެ؟އެންމެ ފަހަރަކުވެސް ޖިއާންއާއި ބެހޭގޮތުން އެއްޗެއް އޮޅުން ފިލުވަން މަސައްކަތް ނުކުރިތާ ޔާނިޢު ހިތުހުރިހާ ގޮތަކަށް ކަންތައްކުރަމުން އެދަނީ ޝަނާޔާ މިއޮއް ހުރިހާ ދުވަހު ޔާނިޢުދެކެ ވީ ތެދުވެރި ލޯބީގެ އެއްވެސް އަގެއް ނެތީމަތާއެވެ.މާގަނޑުން އޮހެމުންދިޔަ ފެންތަކުން ޝަނާޔާ އިތުރަށް ފިނިބޮޑުވަމުންު ދިޔައެވެ.ނަމަވެސް އެކަމަށް ފަރުވާލެއްނެތި މާގަނޑު ދަށުގައި ޝަނާޔާ އެގޮތަށް ހުއްޓިފައި އިންނަތާ ފާޚާނައަށް ވަނީއްސުރެ ވީއިރެއް ވެދާނެއެވެ.

ޝަނާޔާ އެޙާލަށް ދޫކޮށްލަން ޖިއާންއަށް ކެތްވަނީކީ ނޫނެވެ.ނަމަވެސް މިވަގުތު އޭނާ ޝަނާޔާގެ ކުރިމައްޗަށް ގޮސްފިނަމަ އެދެމަފިރިންގެ ގުޅުން އިތުރަށް ހީނަރުވުން ނޫންކަމެއް ނުވާނެތީ ހިތުގައި އަތްއަޅާފައި ޝަނާޔާއަށް ފުރަގަސް ދިނީ ގަދަކަމުން ކެތްކުރާ ޙާލުގައެވެ.

ކޮޓަރީގައި ދެކޮޅު ދެކޮޅަށް ހިނގާލަ ހިނގާލަހުރި ޔާނިޢު ހުރީ ހާސްވެގެން ހަދާނެ ގޮތެއް ނޭނގިފައެވެ.ޝަނާޔާ ފާޚާނައަށް ވެއްދިފަހުން ބައިގަޑިއިރު ވަނީ ވިއްޔާއެވެ.އެންމެ ފަހުން ހިތްވަރު ކޮށްލާފައި ގޮސް ދޮރު ހުޅުވާލިއިރު ޔާނިޢުގެ ދެލޯ ބޮޑުވީ ފެން ފައިބަމުން ދިޔަ މާގަނޑު ދަށުގައި ޝަނާޔާ އެއްވެސް ހަރަކާތެއް ނެތިފައި އޮތްތަން ފެނުމުންނެވެ.ޝަނާޔާ ގާތަށްދާން ދުއްވައިގަތް ޔާނިޢު ފައި ކައްސާލައިގެންގޮސް ފާރުގައިޖެހި ނިތްކުރި ފަޅައިގެން ދިޔައެވެ.ބޮލަށް އެނބުރުން އަރަމުން ދިޔަނަމަވެސް ހިތްވަރު ކޮށްފައި ޝަނާޔާގެ ތެތްހެދުން ބާލައި ތުވާލި ގައިގައި އޮޅާލައިގެން ނަގައިގަނެގެން ގެންގޮސް އެނދުގައި ބޭއްވުމަށްފަހު ތުވާލި ނަގައި ނިދާހެދުން ލެއްވިއެވެ.ޝަނާޔާ އޮތީ ހުމާ ފިހިފިހިއެވެ.އޭރުވެސް ޔާނިޢުގެ ނިތްކުރިން ލޭއަންނަމުން ދިޔައެވެ.

ނިތްކުރީގައި ފަޅައިގެން ގޮސްފައި ހުރިތަން ރީތިކޮށް ފެނުން ދޮވެލުމަށްފަހު ޑިޓޯލް ކޮޅަކުން ސާފުކޮށްލާ މަލަން ކޮޅެެއް އަޅައިލުމަށްފަހު ތެތްހެދުން ބަދަލުކޮށްލީ ފެންވަރަން ވަގުތު ނަގާނެތީއެވެ.އަވަސް ކޮށްލައިގެން ގޮސް ދޮރުހުޅުވާލިއިރު ސިޓިން ރޫމުގައި އެމީހުންގެެ އިންތިޒާރުގައި އިން ފިރާޝާއަށް ދަރިފުޅުގެ ނިތްކުރީގައި އަޅާފައިހުރި މަލަންކޮޅު ފެނުމުން ކައިރިއަށް އައިސް ކިހިނެތްވެފައި ހުރި ތަނެއްތޯ ސުވާލު ކޮށްލަމުން ކޮޓަރި ތެރެއަށް ބޯދިއްކޮށްލީ ޝަނާޔާ ފެންނަން ނެތުމުންނެވެ.ޔާނިޢު ނިތްކުރި ފެޅުނު ގޮތާއި ޝަނާޔާ ހުން އައިސްފައި އޮތް ވާހަކަ މަންމަގާތު ބުންޏެވެ.

ޝަނާޔާއަށް ގޮވައިގެން ނަގައި އޮރެންޖު ފަނި ތައްޓަކާއިއެކު ބޭސް ދިނީ އެއްޗެއް ކާން އެއްބަސް ނުވުމުންނެވެ.ފިރާޝާ އާއި ޝާހިދުވެސް ޔާނިޢުމެންގެ ކޮޓަރީގައި ތިބެތިބެފައި ނިދަން ދިޔައީ އެގާރަ ޖެހިފަހުން ޝަނާޔާ ހުންގަދަ ވަންޏާ ގޮވާށޭ ކިޔާފައެވެ.އޭރު ބޭސް ދިނުމުން ނިދުން ގޮތަށް ޝަނާޔާއަށް ހޭލެވުނީ އެގާރަގަޑި ބައިވެފައި ހުއްޓައެވެ.އޭރު ނިދި އައިސްގެން ތާއްޔާ ޖެހިޖެހި ސޯފާގައި އިން ޔާނިޢު ފެނުނެވެ.ޝަނާޔާ އެނދުން ތެދުވެގެން ރަޖާ ހިފައިގެން ގޮސް ޔާނިޢުގެ ގައިގައި އަޅައިދިނުމަށްފަހު ފުރަގަސް ދެމުން ހިނގައިގަތްތަނާ ޔާނިޢު ޝަނާޔާގެ އަތުގައި ހިފިއެވެ.ޝަނާޔާއަށް ބަލައިލެވުނު އިރު ޔާނިޢު ސޯފާއިން ތެދުވެގެން އައިސް ޝަނާޔާގާތުގައި ހުއްޓުނެވެ.ޔާނިޢުގެ ނިތްކުރީގައި ހަލާކުވެފައި ހުރިތަން ޝަނާޔާގެ ލޮލުގައި އަޅައިގަތީވެސް އެވަގުތުއެވެ.ޝަނާޔާ ހާސްވެފައި އެތަނުގައި މަޑުމަޑުން އަތް ޖައްސާލަމުން ޔާނިޢުއަށް ސުވާލުގެ ނަަޒަރުން ބަލައިލިއެވެ.ފާޚާނައަށް ވަތްތަނާ ފައި ކައްސާލައިގެން ގޮސް ފާރުގައި ޖެހުނީކަމަށް ބުނެ ކުރުޖަވާބަކުން ޔާނިޢު ނިންމާލިއެވެ.

ޝަނާޔާ އެނބުރި އޮށޯންނަންދާން ހިނގައިގަތްތަނާ ޔާނިޢު އަނެއްކާވެސް ޝަނާޔާގެ އަތުގައި ހިފައި ކުއްލިއެއް ޖެހިއެވެ.މިފަހަރު ޝަނާޔާ މޫނުގޮސް ޖެހުނީ ޔާނިޢުގެ މޭމަތީގައެވެ.ޝަނާޔާ ތެޅިގަނެފައި ދުރަށްދާން އުޅެން ފެށުމުން ޔާނިޢުގެ ކެތްތެރިކަން ކޮޅުންލާ ޝަނާޔާ ޔާނިޢުއާއި އިތުރަށް ކައިރި ކޮށްލަމުން ޝަނާޔާގެ އެ ރީތި ދޮން ކަނދުރާގައި ބޮސްދޭން ފެށިއެވެ.ޝަނާޔާއަށް އެކަމުން އުނދަގޫ ވަމުންދާކަން އެނގިހުރެވެސް ޔާނިޢުގެ ހަރަކާތްތަކުން އެކަން ނުހުއްޓާނެކަން އެނގުމުން ޝަނާޔާ ޔާނިޢުގެ މޭގައި އަތް ވިއްދާ ދުރަށް ކޮށްޕާލިއިރު އޭނާއަށް ހުރީ ހަމަ ރަނގަޅަށްވެސް ރޮވިފައެވެ.

އެއްވެސް ހިފެހެއްޓުމެއްނެތި ޝަނާޔާގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައްފެނި ޔާނިޢުއަށް ކުރެވުނު ކަންތައް އިޙްސާސްވެ ސޮރީ އޭ ބުނެލުމަށްފަހު އިސް ޖަހާލިއެވެ.އެކަމުންވެސް ޝަނާޔާގެ ހިތަށް ވީ އިތުރަށް ތަދެވެ.އެދެމީހުންގެ ދެމެދަށް ވެރިވެފައި އެވާ ދުރުކަމަކީ ޝަނާޔާއަށް ކެތްވާވަރުގެ ކަމެއް ނޫނެވެ.ނަމަވެސް ޔާނިޢު އެގޮތަށް ޝަނާޔާ ކުށްވެރި ކޮށްގެން ހުރެ އެގުޅުން އިތުރަށް ކުރިއަށް ގެންދާކަށްވެސް އޭނާއަކަށް ނުރުހެވޭނެެވެ.

“އާދޭސް ކޮށްފަ ބުނަން..ހަމަ އެންމެ ފަހަރަކު އަހަރެންގެ ވާހަކަތައް އަޑުއަހައިދީ..އެއަށްފަހު ޔާނިޢު ބޭނުން ކޮންމެ ގޮތަކަށް ނިންމިޔަސް އަހަރެން އެއްވެސް ޝަކުވާއެއް ނުކުރާނަން”ޝަނާޔާ ޔާނިޢުގެ އަތުގައި ހިފައިގެންހުރެ ވާހަކަ ދެއްކިއެވެ.ޔާނިޢުއަށް ހުރެވުނީ ބުނާނެ އެއްޗެއް ނޭނގިފައެވެ.އޭނާއަށް ޔަޤީނާއި ގާތަށް އެނގޭ ކަމަކީ ޝަނާޔާއާއި އެމީހަކާއި ލޯބީގެ ގުޅުމެއް ހިނގާފައި ވާނެކަމެވެ.އެފަދަ ވާހަކައެއް އަޑުއަހާނެހާ ހިތްވަރު އޭނާގެ ގައިގައި ހުންނާނެ ބާވައެވެ.ޝަނާޔާ އާދޭހުގެ ބެލުމަކުން ޔާނިޢުއަށް ބަލަމުން ދިޔައީ ޖަވާބަކަށް އުއްމީދު ކޮށްގެންނެވެ.

އެންމެ ފަހުން ޔާނިޢު ޝަނާޔާގެ ވާހަކަ ކިތަންމެ ގަދަކަމުން ކެތްކޮށްގެންވިޔަސް އަޑުއަހަން އެއްބަސްވީ ހިތުގެ ކަނަކުން ޝަނާޔާ ބީވިޔަ ނުދިނުމަށް އޭނާއަށް އިންޒާރު ދިނީތީއެވެ.

ޝަނާޔާ އެންމެ ފުރަތަމަ ޖިއާންއާއި ދިމާވި ހިސާބުން ފެށިގެން އެކްސިޑެންޓާއި ހަމައަށް އޭނާއާއި،ޖިއާންގެ ގުޅުމުގެ ވާހަކަ ކިޔައިދިނެވެ.އަދި ދަތުރު ދިޔަ ދުވަހު އަލުން އެ ހަނދާންތައް އައުވި ވާހަކައާއި ޔާނިޢުއަށް ލަހުން ގެއަށް އާދެވުނު ރޭ އެ ނުލަފާ އެތީގެ ކިބައިން ސަލާމަތް ވި ގޮތުގެ ވާހަކަވެސް މެއެވެ.ގޮށްމުއްކަވާ ލައިގެން އިން ޔާނިޢު އިންތިހާއަށް ދެރަވެފައި އިން އިރު،އޭނާއަށް ލިބިފައިވާ ހައިރާން ކަމެއްވެސް ކުޑައެއް ނޫނެވެ.ޝަނާޔާ ޖިންނިއެއްދެކެ ލޯބިވެ މިއޮއް ހުރިހާ ދުވަހު ޝަނާޔާއެކަން ސިއްރުކޮށްފައި ވާތީ ޔާނިޢު އިނީ ޤަބޫލުކުރަން ދަތިވެ ދުލުން ބަސް ހުއްޓިފައެވެ.ޝަނާޔާގެ ވާހަކަ އަޑުއެހުމަށްފަހު މިއަދު ޝަނާޔާ ގެނބުމުންވެސް އެ ސަލާމަތް ކޮށްދިނީ އެ ޖިންނިކަން ޔާނިޢު އަށް އެނގުނެވެ.އެވަގުތުގެ ގޮތުން އޭރު އެކަން ނަގައި ނުގަނެވުނަސް މިހާރު ޔާނިޢުއަށް އެވަނީ ޔަޤީންވެފައެވެ.ޝަނާޔާގެ ކުރިމަތީގައި ހުއްޓިލައިގެން ހުރި ޔާނިޢު އަނގައިން ހަމަ އެންމެ ބަހެއްވެސް ބޭރު ކޮށްނުލާ ގޮސް އެނދަށް އަރައި ޝަނާޔާއަށް ފުރަގަސް ދީގެން އޮށޯވެ ހަމަޖެހިލުމަށްފަހު ދެލޯ މަރާލީ އޭނާ އެހާ ފޮނި އުއްމީދުތަކާއި ަެއެކު ބިނާ ކުރި ދިރިއުޅުން ބޮއްސުންލާން ކައިރި ވެފައި ވާކަމުގެ އިހްސާސް ކުރެވުމުންނެވެ.

ލޯމަރާލައިގެން އޮތް ޔާނިޢުގެ ދެލޮލުން ތާޒާ ކަރުނަތައް ފައިބަމުން ދިޔައެވެ.އޭނާ ޝަނާޔާދެކެ ހާދަ ލޯތްބެއްވެއެވެ.އެ ލޯތްބަށްޓަކައި އޭނާ ހާދަ ބަދަލުވެސް ވެއްޖެއެވެ.ޝަނާޔާ ނޫން އަންހެން ކުއްޖަކަށް އޭނާއަށް ދުވަހަކުވެސް ލޯބީގެ ނަޒަރަކުން ނުދެކެވޭނެއެވެ.

ޝަނާޔާ އަދިވެސް އެހުރިގޮތަށް ގަނޑުވެފައި ހުރީއެވެ.އެންމެފަހުން ފައި ވާޅުވުމުން ގޮސް އެނދުގެ އަނެއް ފަރާތުގައި އޮށޯތީ މަރުވެފައިވާ ހިތަކާއިގެންނެވެ.

ޝަނާޔާ ރޯއަޑުއަހަން އޮތް ޔާނިޢުގެ ލޮލުން ފައިބަމުންދިޔަ ކަރުނައްވެސް ވަކި މަދެއްނޫނެވެ.އެހާ ލޯބިން އުޅުނު ދެމީހުން އެކަކު އަނެކަކަށް ފުރަގަސް ދީގެންތިބެން ކެތްވެސް ވަނީކީ ނޫނެވެ.ލައްކަ އިރު އެގޮތުގައި ރޮމުންދިޔަ ޝަނާޔާގެ ރުއިމުގެ އަޑު ކެނޑި މަޑު ގިސްލުމަކަށް ބަދަލު ވިއެވެ.ޔާނިޢު ފަހަރެއްގައި ވެސް ޝަނާޔާ ގަސްތުގައި ހިތާމަތަކުގެ ތެރެއަށް ދޫކޮށްލައިގެން އޮތީކީ ނޫނެވެ.އަދި އެ ޖިންނިދެކެ ޝަނާޔާ ލޯބިވުމުން އެކަމުގައި ޝަނާޔާ ކުއްވެރި ކުރެވޭނީވެސް އޭނާގެ އަނބިމީހާގެ ގޮތުގައި ހުރެ އެފަދަ ކަމެއް ކުރިނަމަތާއެވެ.ނަމަވެސް އެދެމީހުންގެ ދިރިއުޅުމަށް ޖިންނިއެއްގެ ހިޔަނި އެޅިފައިވާކަން ހިތަށް އައުމުން އެކަން ބަލައިގަންނަން އޭނާ ނޫން އެހެން މީހަކަށް ނަމަވެސް ފަސޭހައެއް ނުވީސްކަން ޤައިމެވެ.

ދެމަފިރިން އޮފީހަށްދާން ތައްޔާރު ވަމުން ދިޔައިރު ދެމީހުންވެސް ބެލީ އެކަކު އަނެކަކާއި ހަތަރު ކަޅި ހަމަނުކޮށް ވޭތޯއެވެ.ޝަނާޔާގެ ހުންގަނޑު މުޅިން ރަނގަޅު ނުވި ކަމުގައި ވިޔަސް އޮފީހަށް ނުގޮސް ގޭގައި މަޑުކޮށްފިނަމަ ފިރާޝާއަށް ރޭގައި ރޮއިރޮއި ދުޅަވެފައިވާ އެދެލޮލުގައިވާ ރިހުން ސިއްރު ނުކުރެވޭނެތީ އޮފީހަށް ދާން ނިންމީއެވެ.

ހެނދުނުގެ ނާޝްތާއަށް ކުޑަގޮތެއް ހަދައިލައިގެން ވަރަށް އުނދަގުލުން ޝަނާޔާ އެދުނު ވަރުން އޭނާ އޮފީހަށް ދިޔުމަށް ފިރާޝާ އެއްބަސްވިއެވެ.އެއީ ގޭގައި މުޅިދުވަހު އިންނަންވީމާ ޝަނާޔާ މާފޫހިވާނެތީއާވެސް އެކުގައެވެ.ނަމަވެސް ޝަނާޔާގެ ހުންގަނޑު އަދި މުޅިން ރަނގަޅުނުވާތީ އޭނާހުރީ ފިކުރުވެސް ބޮޑުވެފައެވެ.

ޔާނިޢު ކާރުގެ ދޮރުފަތް ޝަނާޔައަށް ހުޅުވައިދެމުން ބަލައިލިއިރު ޝަނާޔާގޮސް އެމަގުން އައި ޓެކްސީއެއް ހުއްޓުވައިގެން އަރަނީއެވެ.ޝަނާޔާގެ އެ ހަރަކާތުން ޔާނިޢު ރުޅިގަދަވެ ހަމައިން ނައްޓާގޮތް ވިއެވެ.އޭނާގެ އަނބީހާ އޭނާ ހުއްޓާ ޓެކްސީއެއް ނަގައިގެން އޮފީހަށް ދާންޖެހޭ ހިސާބަށް އެމީހުންގެ ކަންތައްތައް ދިޔައީ ހެއްޔެވެ؟ހިތްހަމަ ނުޖެހުނު ވަރުން ފައިން ގައި ހުރިބާރު ލާފައި ކާރުގައި ޖެހުމުންވެސް ހަމަ ތަދުވީ އޭނާގެ ފަޔަށެވެ.

“ސިޓިން ރޫމުގައި ފަހަން އިން ހުސްނާއަށް ގެއަށް އައިސް ވަތް ޝަނާޔާ ފެނުމުން،ފަހަން އިން ހެދުން އެއްފަރާތް ކޮށްލަމުން އައިސް ދަރިފުޅު ގޮވައިގެން ސޯފާގައި އިށީނެވެ.ދަރިފުޅުގެ މިލާފައިވާ މޫނާއި ރަތްވެފައިވާ ދެލޯ ފެނުމުން ހުސްނާ ހާސްވާގޮތްވެ ސުވާލު ކޮށްލިއެވެ. ޝަނާޔާ އެއީ ދަތުރުގޮސް އައިފަހުން ރޭގައި މާގަދައަށް ހުން އައިސް ބަލިވެ އުޅުނީމާ މަންމައަށް ހީވާ ގޮތެއް ކަމަށް ބުންޏެވެ.ނަމަވެސް ހުސްނާ ފިކުރު ބޮޑުވީ ހަމައެކަނި އެކަމާ އެއްވެސް ނޫނެވެ.ކައިވެނީގެ ފަހުން ޝަނާޔާ އެކަނި ގެއަށް އައިވެސް މީ ފުރަތަމަ ފަހަރެވެ.ޔާނިޢު ޝަނާޔާާއާއި އެކުގައި ނައީ އަނެއްކާ ދެކުދިން މައްސަލައެއް ޖެހުނީ ބާވައެވެ.ހުސްނާ ހިތާއި ހިތުން ކިޔާލިއެވެ.ނަމަވެސް ޝަނާޔާ ބަލިކޮށް އުޅޭތީ މާގިނަ ސުވާލުކުރަން ނަހަދާ ކޮޓަރިއަށް އަރާމުކޮށްލަން ފޮނުވަމުން އޭނާވެސް ދިޔައީ ދަރިފުޅަށް ބޯލަން ދޭން ކޮންމެވެސް ފޮރެޝް އެއްޗެއް ތައްޔާރު ކޮށްލުމަށެވެ.

އޮފީހަށް ވަގެން އައި ޔާނިޢު ހަލުވި ހިނގުމެއްގައި ގޮސް އޭނާގެ ކެބިންއަށް ވަނީ ޝަނާޔާ އެތަނުގައި އިންނާނެ ކަމަށެވެ.ނަމަވެސް ޝަނާޔާ ފެންނަން ނެތުމުން އޭނާ ހީކުރީ ނިޢުމާމެންނާއި އެކުގައި ވީކަމަށެވެ.އެހެންވެ އެތެރެއަށް ވަދެގެން ގޮސް ގޮނޑީގައި އިށީންނަމުން ފުން ނޭވާއެއް ދޫކޮށްލީ ޝަނާޔާއާއި ވާހަކަ ދައްކާ ދެމީހުން އަލުން ރީތިކޮށް އުޅުމަށް ނިންމައިގެންނެވެ.އޭނާއަށް ޝަނާޔާއާއި ނުލާ ކެބިންގައި ދިހަމިނެޓްވެސް މަޑުކޮށްލުން އުނދަގޫ ކަމަކަށް ވެފައި ވާއިރު ޝަނާޔާނެތް ދިރިއުޅުމެއްގައި ޔާނިޢު ކެތްކޮށްލާނެ ގޮތެއްވެސް އޭނާއަކަށް ނޭނގެއެވެ.ކެބިންގެ ދޮރަށް ނަޒަރު ހުއްޓާލައިގެން އިން ޔާނިޢު އިނީ ޝަނާޔާ އެތެރެއަށް ވަދެގެން އަންނާނެ ވަގުތަކަށް ކެތްމަދުވެފައެވެ.

ހުސްނާ އާދޭސްކޮށްވެސް ޝަނާޔާ އެއްޗެއް ބޯލާކަށް އެއްބަހެއް ނުވިއެވެ.އަދި ގެނައި ފޭރު ފަނި ތަށިވެސް އިރުކޮޅަކުން ބޯލާނަމޭ ކިޔައި ޑްރެސިން ޓޭބަލް މަތީގައި ބޭންދިއެވެ.ޝަނާޔާ ބުނެފި ގޮތެއްގައި ހިފަހައްޓާނެތީ ހުސްނާވެސް މާލަސްނުކޮށް އިރުކޮޅަކުން ބޯލައްޗޭ ކިޔައި ކޮޓަރިން ނިކުމެގެން ދިޔައީ ފަހަން ފަށާފައި އޮތް ހެދުން ނިންމާލުމަށެވެ.

ހުސްނާ ދިޔުމާއިއެކު ޝަނާޔާ އެނދުން ތެދުވެގެންގޮސް ކޮޓަރި ދޮރު ތަޅުލީ އޭނާ މިއަދު ގެއަށް އެއައި ބޭނުން ލަސްނުކޮށް ފުރިހަމަ ކުރުމަށެވެ.

??ނުނިމޭ??

Share Article

Follow Me Written By

Noor💙

Level 710 Stories100 Comments100 Login500 Comments

Other Articles

Previous

އެ ކޮޓަރީގެ ސިއްރު (01)

Next

އިއުނާސް (10)

Next
May 19, 2017

އިއުނާސް (10)

Previews
May 18, 2017

އެ ކޮޓަރީގެ ސިއްރު (01)

55 Comments!

  1. Aish says:
    May 19, 2017 at 11:01 am

    Yey. Me first

    1. Noor says:
      May 19, 2017 at 11:14 am

      Thanx for waiting..?

  2. lily says:
    May 19, 2017 at 11:29 am

    Yey haadha reechey v hihhamajehey mi story kiyaalevuneema thanx noor

    1. Noor says:
      May 19, 2017 at 11:39 am

      Thanx lily..?

  3. Luhan says:
    May 19, 2017 at 11:42 am

    Alhe adhi vc hyvany stry kuru hen..Stry reethi kamn vaa goii ..Nxt prt kn irkn kiyaalan libeyny..Plx avas kohdhehchey..V reethi mi stry..?

    1. Noor says:
      May 19, 2017 at 11:45 am

      Thanx Luhan..?

  4. @l says:
    May 19, 2017 at 11:56 am

    The cover photo is nice…..from where did you get it…..i also want that pic…is that a movie pic…hehehe imean from a film….this part ves v.nice???

    1. Noor says:
      May 19, 2017 at 12:03 pm

      Thanx @I…its a twilight pic..?

  5. niha says:
    May 19, 2017 at 12:14 pm

    Pls adi e part ganas diba…vvvvvv reethi

  6. Aisha says:
    May 19, 2017 at 12:25 pm

    Shanaya jiaan aar bahdhalu kuranieetha.. Varah teeth I mi part ves

    1. Noor says:
      May 19, 2017 at 1:21 pm

      Thanx Aisha..?

  7. Rainy princess says:
    May 19, 2017 at 12:35 pm

    Stry vara reethi..waiting for the next part ???

    1. Noor says:
      May 19, 2017 at 1:21 pm

      Thanx Rainy princess..?

  8. Ana says:
    May 19, 2017 at 12:43 pm

    Aaah! I think shanaya want to be meet jeeaan next nyt…waiting hw can they tolerate their feeling.????

    1. Noor says:
      May 19, 2017 at 1:22 pm

      Thanx Ana..?

  9. Ana says:
    May 19, 2017 at 1:04 pm

    Alhey… Sanaya jian aa badhalu kurias goas kameh nukuraathi..

  10. Thaa says:
    May 19, 2017 at 1:07 pm

    Wow haadha reehchey konirakun next part upkohladheynee

    1. Noor says:
      May 19, 2017 at 1:23 pm

      Thanx Thaa..?hopefully tomorrow

  11. Faree says:
    May 19, 2017 at 1:34 pm

    Wow v reethi mibaivx

    1. Noor says:
      May 19, 2017 at 1:37 pm

      Thanx Faree..?

  12. Rau says:
    May 19, 2017 at 1:42 pm

    Epic in yaniu aky kaaku …shanaya kairyga ehury jiaan tha

    1. Noor says:
      May 19, 2017 at 1:46 pm

      Shanaayaa kairy ehury Yaaniu…thanx for the comment dear.?

  13. AKI says:
    May 19, 2017 at 1:56 pm

    yaaniu and wife vaki nukuraathi

    1. Noor says:
      May 19, 2017 at 2:04 pm

      Thanx AKI..?

  14. Aish says:
    May 19, 2017 at 2:12 pm

    Hadhi vaane dhn giaan aa gulunyma

    1. Noor says:
      May 19, 2017 at 2:28 pm

      Thanx dear…19th vana partun ingeyne shanaa choose kurany kaakukan..?

  15. jam says:
    May 19, 2017 at 2:13 pm

    V v salhi

    1. Noor says:
      May 19, 2017 at 2:30 pm

      Thanx jam.?

  16. Khadheeja says:
    May 19, 2017 at 2:17 pm

    Wooow dhen kommehves gothakah yaaniuaa vakive handiaa gulhuneema slhivaane?????

    1. Noor says:
      May 19, 2017 at 2:31 pm

      Thanx khadheeja.?lets c wat happens next…

  17. shaayan says:
    May 19, 2017 at 2:28 pm

    V salhi … Maasha Allah…

    1. Noor says:
      May 19, 2017 at 2:32 pm

      Thanx shaayan.?

  18. Dhn hama bunelee says:
    May 19, 2017 at 2:52 pm

    Alhey… Sanaya jian aa meet kuriyas goas ninmumeh nuninmaathi. Konme gotheh viyas mihaaru thiee myhehgr haggeh.. Adhi firimyha ves sanaya dheke nulaahiku loabivey..

    1. Noor says:
      May 20, 2017 at 10:34 am

      Thanx dear..???

  19. song joong ki..korean says:
    May 19, 2017 at 3:25 pm

    nice story. keep it up

    1. Noor says:
      May 19, 2017 at 3:48 pm

      Thanx song joong ki..korean..?

  20. Maree says:
    May 19, 2017 at 3:32 pm

    vvv reeethi

    1. Noor says:
      May 19, 2017 at 3:48 pm

      Thanx Maree..?

  21. Niky says:
    May 19, 2017 at 4:25 pm

    Shanayaa preg test kuranhen heevany room lock kuree.heevaa enjen hama bunea lee ,story nice .waiting next part

    1. Noor says:
      May 19, 2017 at 4:27 pm

      Thanx Niky..?will up next part tomorrow…

  22. sadh says:
    May 19, 2017 at 4:29 pm

    Shanaaya lavva goas step eh nunanguvaccheh.

    Since this is my very first comment to this story, story is really really nice. Comment nukuriyas i am a regular reader. ?? good luck and waiting for the next part

    1. Noor says:
      May 19, 2017 at 4:45 pm

      Thanx sadh.happy to c ur comment..will try not to disappoint readers..?

  23. nonnx says:
    May 19, 2017 at 5:34 pm

    mirey adhi ehpart up kohdhyba plss!!

    1. Noor says:
      May 19, 2017 at 5:41 pm

      Thanx nonnx..mihaaru miliyaa part nimijjiyyaa tonight up kohdheynan..?

  24. Anonymous says:
    May 19, 2017 at 5:40 pm

    noor thank u so much miahdu vx up kohdhinythy.. varah salhi mi part.. dhn kihineh baa dhw vaay.. sanaayaa dheke inthihaayah loabivaa 2 meehun.. woww haadha rom ey.. vv salhi.. heevx nukuraa gothakah vaahaka mi dany.. waiting for another part..

    1. Noor says:
      May 19, 2017 at 5:44 pm

      Thanx Anonymous.happy to c such a cute comment..

  25. Zee says:
    May 19, 2017 at 6:23 pm

    Vvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvv nnnnnnnnniiiiiiiiiiiiiiiicccccccccccccccceeeeeeeeeeeeeeeeeee………. Noor is the best

    1. Noor says:
      May 19, 2017 at 6:26 pm

      Thanx Zee…???

  26. Aarny says:
    May 19, 2017 at 6:23 pm

    wow…. cute sweet story eh…. varah nice mi story ………..

    1. Noor says:
      May 19, 2017 at 6:27 pm

      Thanx Aarny…???

  27. nonnx says:
    May 19, 2017 at 6:27 pm

    WOW UR TOO COOL NOOR…I HOPE YUH WILL UPLOAD IT TONYT..I WILL WAIT FOR IT!!!

    1. Noor says:
      May 19, 2017 at 6:46 pm

      Thanx dear..hoping so…

  28. Thuthi says:
    May 19, 2017 at 6:56 pm

    Alheyy ??
    Yagyney mi shanaya miulheny e handigadaa bahdhal kuran Kan.. V fuhi vey.. ????

    1. Noor says:
      May 19, 2017 at 7:18 pm

      Thanx Thuthi…???

  29. roo says:
    May 29, 2017 at 2:36 pm

    varah salhi

Comments are closed.


All Right Reserved!