“ހިތް” ލޭ ކޮށެވިފައި……11
ފޯނުގެ ސްކްރީނަށް ރީޝް އަރާފައި އިން ތަން ފެނުމުން ކައިލާންގެ ދެބުމަ ގޮށް ޖަހާލެވުނުއިރު, ޖަޒްލީގެ ތޮބީޢަތުވެސް ގޯސްވާގޮތް ވިއެވެ.
*******
“ޖަޒްލީ…… އަހަރެންގެ އުފާތައް ގުޅިފަ ވަނީ ޖަޒްލީއާ… އަހަންނަށް އިތުބާރު ކުރޭ…. އަހަރެން ދުވަހަކުވެސް ޖަޒްލީއަށް ދެރައެއް ނުދޭނަން…. ޖަޒްލީ އެ ރިސޯޓަށް ގެންދިޔައީ އަހަރެންގެ މަންމަ ބަޔަކަށް ރުފިޔާ ދީގެން… މަންމަގެ މަޤުސަދަކީ ޖަޒްލީ އަހަންނަށް ނަފްރަތު ކުރުން…… އަހަރެންގެ ޙަޔާތުން ދުރަށް ދިޔުން..ދޮންބެ ގުޅާފަ އެވާހަކަ ބުނީމަ އަހަންނަށް ޤަބޫލުވެސް ނުކުރެވުން…. އެކަމަކު މަންމަ އަމިއްލަ ދުލުން ޖަޒްލީއަށް ހެދި ގޮތް ކިޔާދިން ވާހަކަ ބުނީމަ ވަރަށް ވަރަށް ހިތުގަ ޖެހުނު…މަންމައަށް އަހަރެމެން ދެމީހުންގެ ގުޅުން ފަޅާ އަރައިގެން އަހަރެމެން ދުރުކުރަން ކުރިކަމެއް އެއީ…. ޖަޒްލީއަަށް ކީއްވެތަ ހީވީ އަހަރެން ޖަޒްލީއަށް އެހާ އިހާނެތި ގޮތެއް ހަދާފާނޭ… ޖަޒްލީއަށްޓަކައި އަހަރެންގެ ލޯބި ހަމަ އެހާވެސް ބަލިކަށީތަ…. . ޖަޒްލީ….. ކިހިނެތް އެމީހުންގެ އަތްދަށުން ސަލާމަތް ވެގެން މާލެ އާދެވުނީ…. ޖަޒްލީ ހޯދަން އަހަރެން މާލޭގަ ނުދުއްވާ ތަނެއް ނުހުންނާނެ….. އަހަރެން މަންމަގެ ފަރާތުން ޖަޒްލީއަށް ލިބުނު ވޭނާއި ދުއްތުރާގެ ބަދަލު ނުވެސް ދެވޭނެކަން އިނގޭ… އެކަމަކު މަންމަގެ ކުށުގެ އަދަބު އަހަންނަށް ލިބުން ޙައްޤުތަ؟”
ކައިލާން ރިޝްފާ ގުޅަގުޅާ އޮއްވާ ފޯނު އޮފް ކޮށްލާފައި ޖަޒްލީގެ އަތުގައި ހިފާލުމަށްފަހު ވާހަކަ ދެއްކިއެވެ. އޭނާގެ މާޔޫސްވެފައިވާ އަޑުން ޖަޒްލީ އިތުރަށް ދެރަވުން ނޫންކަމެއް ނުވިއެވެ. ކައިލާންގެ ވާހަކަ އަޑުއަހާފައި ޖަޒްލީއަށް ހިންދިރުވާލެވުނީ ހިތަށް ކުރި އަސަރެއްގެ ބޮޑު ކަމުންނެވެ. ކައިލާން އެބުނީވެސް މުޅިއަކުން ދޮގުވާހަކައެއް ނޫން ވިއްޔާއެވެ. އޭނާއަކީ ވާހަކަ ނުދެއްކޭ މީހެއްކަން އެނގިހުރެވެސް ކައިލާންގެ ހިތް ހުޅުވާލީ ދެވަނަ ފަހަރަށް ވިސްނާލުމެއްވެސް ނެތިއެވެ. ޖަޒްލީއަށް އޭނާގެ މައިންބަފައިންނަށްފަހު ލޯބީގެ ފޮނި އިޙްސާސް ކުރެވުނީ ކައިލާން އޭނާގެ ދިރިއުޅުމަށް އައުމުންނެވެ. ޖަޒްލީއަަށް ވީ ދެރައިން ދެލޯމަރާލާ އެސްފިޔަތަކަށް ބާރު ކޮށްލެވުނީ ކައިލާންގެ މާޔޫސްވެފައިވާ ދެލޮލަށް ބަލާނެހާ ހިތްވަރު ނެތުމުންނެވެ. އެ ރީތި މޫނުމަތި މިލާފައި އެވަނީ ޖަޒްލީ ކައިލާންއަށް ކުރި ހަޤީގަތެއްނެތް ތުހުމަތު ތަކުގެ ސަބަބުންކަން އިޙްސާސް ވުމުން ޖަޒްލީއަށް އިސްޖަހާލައިގެން ހަރަކާތެއް ނުކޮށް މާގިނައިރަކު ނީނދެވުނެވެ. އޭނާއަށް ބާރުބާރަށް ރޯން ފެށުނުއިރު, އެއްއަތުން މޭގައި އަޅާލެވުނީ އެހިތަށް ކެތްކުރަން ދަތިވާވަރަށް ވުރެ އިޙްސާސްތައް މައްޗަށް ދިޔުމުންނެވެ.
“ޖަޒްލީ… ކީއްވެތަ އަނގައިން ނުބުނެ ތި ރޮނީ… އަހަންނަށް ވަރަށް އުނދަގޫ ޖަޒްލީ ރޯތަން ބަލަން……. “ކައިލާން ޖަޒްލީގެ ދެކޮނޑުގައި ހިފައި ތަޅުވާލާފައި ވާހަކަ ދެއްކިއެވެ.
“އަހަންނަށް މަޢާފް ކޮށްދީ”
ޖަޒްލީގެ ދުލުން ނިކުތްހާވެސް ބަހަކީ އެއީއެވެ. ކައިލާން ޖަޒްލީގެކަރުނަތައް ފޮހެލައި ދިނުމަށްފަހު ޖަޒްލީގެ އުނަގަނޑުގައި އަތް އަޅައި އޭނައާއި ކައިރިކޮށްލުމަށްފަހު ނުހަނު ލޯބިން ބައްދާލިއެވެ.
****
ކޮޓަރިތެރެއަށް ވެރިވެފައިވާ ހިމޭން ކަމުގެ ތެރެއިން ރިޝްފާގެ ގިސްލުމުގެ އަޑު ފިޔަވައި އިތުރު އަޑެއް ނީވެއެވެ. އެނދު ބިއްދަށުގައިހުރި ފާރުގައި ލެނގިލައިގެން ދެކަކޫ ގެންގޮސް މެޔާއި ކައިރި ކޮށްގެން ކަކުލުގައި އަތް އަޅައިގެން ރޮމުންދިޔަ ރިޝްފާގެ ރުއިމުގައި ދުނިޔޭގެ އެތައް ހާސް ވޭނެއް އެކުލެވޭ ކަހަލައެވެ. ކައިވެންޏަށް އެއްދުވަހަށް ވެފައި ވާއިރު އޭނާ ކައިލާންއާއި ދައްކަން ބޭނުން ކިތަންމެ ވާހަކައެއް އެބުހުއްޓެވެ. ނަމަވެސް އޭނާގެ އެއްވެސް ކަމަކަށް ކައިލާން މާ ބޮޑު ފަރުވާލެއް ނުބަހައްޓާތީ އޭނާއަށް ކުރެވެމުންދަނީ ހިތްދަތި އިހުސާސެކެވެ. ކަރުނަތިކި ތަކެއްގެ ސިފައިގައި ހިތުގައިވާ ހޫނު އުދާސްތައް ބޭރު ކުރަމުންދިޔައެވެ. އެގޮތުގައި ރޯން އޭނައަަށް އިނދެވުނީ ކިހާއިރަކު ކަމެއްވެސް ނޭނގުނެވެ. ނިދުނީވެސް އެހެން އިންދައެވެ.
****
ކައިލާންގެ އަތުގައި ބޯއަޅާލައިގެން ނިދިފައި އޮތް ޖަޒްލީގެ މޫނުމަތިން ވަރުބަލިކަން ފައުޅު ވަމުން ދިޔައެވެ. އޭރުވެސް ޖަޒްލީގެ ބޮލުގައި ފިރުމާލަ ފިރުމާލައޮތް ކައިލާންގެ މޫނުމަތީގައި ނިދީގެ އަސަރުވެސް ނެތެވެ. ޖަޒްލީ ރިސޯޓަށް ގެންގޮސް މަންމަ ޖަޒްލީއަށް ހަދާލި ނިކަމެތިގޮތް ޖަޒްލީގެ ދުލުން ކިޔާދިނުމުން އޭނާއަށް މިހާރުވެސް އެމަންޒަރު ސިފަވަމުން ދާކަހަލައެވެ. ކައިލާންގެ ލޯތްބަކީ ޖަޒްލީއަށް ހުރި ވޭނަކަށް ވާކަށް އޭނާ ދުވަހަކުވެސް ބޭނުމެއް ނޫނެވެ. ކައިލާން އޭނާގެ ފެންކަޅިވެފައިވާ ދެލޯ ފޮހެލިއެވެ. ޖަޒްލީއަށް ނިދުނުކަން ޔަޤީން ވުމުން ޖަޒްލީގެ ބޯދަށަށް ލާފައި އޮތް އަތް މަޑުމަޑުން ނެގުމަށްފަހު ބާލީސް ރީތިކޮށްލާފައި ބޭއްވިއެވެ. އަދި ޖަޒްލީގެ ނިތްކުރީގައި ބޮސްދިނުމަށްފަހު ބޮލުގައި ފިރުމާލާފައި ގައިމަތިން ބްލޭންކެޓް އަޅާދީފައި ކޮޓަރިން ނިކުމެގެންގޮސް ސިޓިން ރޫމް ސޯފާގައި އޮށޯވެ ހަށިގަނޑު ދަމާލިއެވެ. ހިނގާދިޔަ ކަންތައްތަކާއި ދޭތެރޭ ވިސްނާ ވިސްނާ ސިކުނޑިއަަށް ބަރުވެފައިވާތީ ކައިލާންގެ މުޅި ހަށިގަނޑަށްވެސް ދިޔައީ ލޮޑުކަން އިޙްސާސް ކުރެވެމުންނެވެ.
****
ރުހާންއަށް ހޭލެވުނީ ކޮޓަރި ދޮރުގައި މީހަކު ތަޅާ އަޑަށެވެ. އެނދުން ތެދުވެ ދެލޯ އުނގުޅަމުން އުނގުޅަމުން ގޮސް ދޮރު ހުޅުވިއިރު ކުރިމަތީގައި ހުރީ އޭނާގެ ބައްޕައެވެ. ބައްޕަގެ މޫނުމަތިން ފައުޅުވަމުން ދިޔަ ކަންބޮޑުވުން ފެނިފައި ކިހިނެތްވީތޯ ރުހާން ސުވާލު ކޮށްލިއެވެ.
“ދަރިފުޅާ…. ކައިލާންގެ ޚަބަރެއް ނުވެޔޭ އަދިވެސް… މަންމަ ރޮއި ހޭރޭ ވަރުން މިއައީ…. މިހާރު އެއޮށްގެން ފަތިސްވާން ދަނީ… ގައިމު އޭނާ ޑިއުޓީވެސް މިހާރު ނިމިދާނެ… މިހާރު ފޯނުވެސް އޮތީ ނިއްވާލާފަ……. ”
ހަސަންމަނިކު ވަރަަށް ހާސްވެލާފައި ވާހަކަ ދެއްކިއެވެ.
“ބައްޕާ…. ކައީއަކީ މިހާރު ކުޑަކުއްޖެއް ނޫނޭ.. އޭނަ ގެއަށް އަންނަން ވީމަ އަންނާނެ.. އެވާނީ ކަމެއްގަ ބިޒީވީ ކަމަށް… އެހެން ނޫނަސް ޕޮލިހުންނަކީ ކޮންމެ ވަގުތެއްގަވެސް އެލާޓަށް އަންނަން ޖެހިދާނެ ބައެއް… އެކަމަކު މަންމަވެސް އެއީ ދެން ބޮޑުވަރު….. ބައްޕަ މަންމައަަށް ވިސްނާދީބަލަ… އަބަދަކު ދެން މަންމައަކަށްވެސް ކައީ އަތުލަފިކޮށްގެން ނުގެންގުޅެވޭނެއްނު……”
ކައިލާން ހިންހަމަ ނުޖެހިފައި ބުނެލިއެވެ. އާނ.. ދަރިފުޅު ދެން ނިދާލާށޭ ކިޔާފައި ހަސަން މަނިކު ރުހާންގެ ކޮޓަރި ދޮރު ލައްޕާފައި ނިކުމެގެން ދިޔައީ ނިތްކުރީގައި އަތް ހާކަމުންނެވެ. ސަކީނާ ނޫނަކަސް އޭނާވެސް އެހުންނަނީ ކައިލާން ވީތަނެއް ނޭނގިގެން ލޮލުފިޔައެއް ނުޖެހިފައެވެ. މިހުރިހާ ކަމެއް މިދިމާވީ އެ ސުންޕާ މަންމަނުގެ ސަބަބުންނޭ ހަސަންމަނިކު ހިތާއިހިތުން ކިޔާ ޝަކުވާ ކުރަމުން ދިޔައެވެ. އެއޮއް ހަމަޖެހިލައިގެން އުޅުން އާއިލާ, މިހާރު އެކަކު އަނެކަކަަށް ރަނގަޅަށް މޫނުވެސް ހަމަކުރެވެނީކީ ނޫން ވިއްޔާއެވެ.
*****
އާދުވަހަކަށް ހެނދުނެވެ. ރިޝްފާ އޮފީހަށްދާން ފެންވަރައިގެން ނިކުމެ ބޮލުގައި އިން ތުވާލި ނަގައި އިސްތަށިގަނޑު ނިއުޅާލިތަނާ އޭނާގެ ފޯނަށް މެސެޖެއް އައެވެ. ޑްރެސިން ޓޭބަލް މަތީގައި ޗާޖަށް ޖަހާފައި އޮތް ފޯނުނަގައި ބަލާލިއިރު އެއީ ކައިލާންގެ މެސެޖެކެވެ. އެރި އިރާއިއެކު ކައިލާންގެ މެސެޖެއް ލިބުމުން ރިޝްފާގެ މޫނުމަތި އުޖާލާ ވެގެން ދިޔައެވެ. ނަމަވެސް މެސެޖު ކިޔާލުމާއި އެކު އޭނާގެ މޫނުމަތީގައިވާ ހިނިތުންވުން ފަނޑުވެގެން ދިޔައީ ބަސްބުނާހާ ހިނދުގައެވެ. މެސެޖުގައިވަނީ މެންދުރު ރިޝްފާގެ ބްރޭކް ގަޑީގައި ވަރަށް މުހިއްމު ވާހަކައެއް ދައްކަން ބައްދަލް ކުރަން ބޭނުންވާ ކަމަށް އެކަންޏެވެ. އެންމެ ޖުމްލައަކުން ކައިލާން ބުނަން ބޭނުންވާ އެތި ބުނެލީމަ ނިމުނީ ހެއްޔެވެ؟ރޭގައި އޭނާ އެހާ ދަން ކޮށްފައި ގުޅީމަވެސް ގުޅީ ކީއްކުރަންތޯވެސް އަހާލުމެއްނެތި ފޯނު އޮފް ކޮށްލާފައި, ނުވިތާކަަށް އެހެން ކަންތައް ކޮށްފައި ސޮރީއޭ ބުނެލުމެއްވެސް ނެތީ ހެއްޔެވެ؟ރިޝްފާއަށް އައިސްފައި ހުރި ރުޅިން ކުދި ކިޔާލެވުނެވެ. ކިތަންމެ ހިންހަމަ ނުޖެހިފައި ހުއްޓަސް އޯކޭ އޭ ކިޔައި ކައިލާންއަށް ރިޕްލައި ކޮށްލުމަށްފަހު ފޯނު އެނދުމައްޗަށް އެއްލާލާފައި އަވަހަށް އޮފީހަށްދާން ތައްޔާރު ވެލުމަށްފަހު ހޭންޑް ބޭގް ނަގައި ކޮނޑުގައި އަޅުވާލިއެވެ.
*****
ކައިލާން އައިސް ކޮޓަރި ދޮރުގައި ޓަކި ޖަހާލުމުން އިރުކޮޅެއް ފަހުން ޖަޒްލީ ކުޑަކޮށް ދޮރު ހުޅުވާލުމަށްފަހު ކޮޓަރިން ބޭރަށް ބޯދިއްކޮށްލިއެވެ. ރޭގަ އެހާލަހުން ނިދުނީމަ އޭނައަަށް މިއަދު ހޭލެވުނީ ފަތިސްނަމާދަށްވެސް ހޭނުލެވި އޮއްވައި ކައިލާން އައިސް ގޮވުމުން ހަތެއް ޖަހާފަ ހުއްޓައެވެ. އެހެންވެ ތެދުވެ ފެންވަރާ ލައިގެން ނިކުމެ އެއިނީ ބޭރަށް ނިކުންނަން ނުކެރިފައެވެ. ވާނީވެސް އެހެންތާއެވެ. ލާނެ ހެދުމެއް ނެތުމުން ފެން ވަރައިގެން ލާން ޖެހުނީ ކައިލާން ދިން ޓީޝާޓެކެވެ. ޖަޒްލީއަކީ އިސްކޮޅުން ކުރު ކުއްޖަކަށް ވުމުން އެ ޓީޝާޓް އޭނާގެ ކަކުލާ ހަމައަށް އާދެއެވެ. އެއީ ކައިލާން އާއްމުކޮށް ލާފައި ހުންނަ ޓީޝާޓްތަކަށްވުރެ ތަންކޮޅެއް ބޮޑު ޓީޝާޓެކެވެ. ކައިލާން އޭނާއަށް ވަދެވޭވަރަށް ދޮރު ހުޅުވާލާފައި އެތެރެއަށް ވަނެވެ. އަދި އެއްވެސް އިޚްތިޔާރަކާއި ނުލާ ޖަޒްލީގެ ރީތި އޮމާން ހާމަކަންބޮޑު ދެފަޔަށް ނަޒަރު ހިންގާލެވުނެވެ. އެވަގުތު ޖަޒްލީ ލަދުން ދެއަތް ދެއަތަށް މޮޑެން ފެށުމުން ކައިލާންއަށް ހަމަ ބިމަށް އާދެވުނެވެ.ނުވާކަމަކަށް ހަދާލަމުން ކުޑަކޮށް ކަރު ކެހިލާފައި ކޮޓަރި ދޮރުމަތީގައި ބަހައްޓާފައިހުރި ކުޑަ ފޮށި އެތެރެއަށް ގެންގޮސް އަލަމާރި ކައިރީ ބޭންދުމަށްފަހު މީގަ ޖަޒްލީގެ އަންނައުނާ އެހެންވެސް އެއްޗިހި ހުންނާނޭ ބުނެލިއެވެ. އަދި އެއްޗިހި ބަދަލު ކޮށްލައިގެން އަވަހަށް ސައިބޯން އަންނާށޭ ކިޔާފައި ކައިލާން އަވަހަށް ބޭރަށް ނިކުތީ ޖަޒްލީ އެހާ ނިވާކަންކުޑަ ގޮތެއްގައި ހުއްޓާ ފެނުމުން އޭނާގެ ކެތްތެރިކަން ކޮޅުންލާ ގޯހެއް ހެދިދާނެތީއެވެ. ކައިލާންގެ ހަރަކާތަކުން ޖަޒްލީގެ މޫނުމައްޗަށްވެސް މަޑު ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. އަދި ކައިލާންފަދަ ރަނގަޅު ބައިވެރިއަކު ލިބުނީތީ އޭނާގެ ދޮލޮލުން އުފާވެރިކަމުގެ މުތީތައް ދިއްލާލިއެވެ. މިއޮއްފަދަ ޒަމާނުގައި އެފަދަ ލޯބިވެރިއެއް ލިބޭނީ ވަރަށް ބޮޑު ނަސީބު ވެރިއަކަށެވެ. ކައިލާން އޭނާއާއި ބައްދަލްވީ އެންމެ ފުރަތަމަ ދުވަހުން ފެށިގެން މިއަދާއި ހަމައަށްވެސް ޖަޒްލީގެ ފަރާތުން ނުޙަލާލު ގުޅުމަކަށް ނޭދެއެވެ. ކިރިޔާ ނުގޮތަކަށްވެސް އޭނާގެ ހަށިގަނޑުގައި އަތްލާން, ނުވަތަ ބީހެން މަސައްކަތް ކޮށްފައެއް ނުވެއެވެ. ޖަޒްލީ އަވަހަށް ފޮށި ހުޅުވާލުމަށްފަހު, ހެދުމަކާއި ހަރުވާޅަކާ ނަގައި ލައިގެން ހުރި އެއްޗިހި ބަދަލުކޮށްލުމަށްފަހު ކޮޓަރިން ނިކުތެވެ. އޭރު ކައިލާންއިނީ ޖަޒްލީގެ އިންތިޒާރުގައި ކާމޭޒު ދަށުގައެވެ. މޭޒުމަތީގައި ހެދިކާ ތައްޓަކާއިއެކު, ދެކޮފީތަށިވެސް ހުރީ ތައްޔާރު ކޮށްފައެވެ. ދެމީހުން އެކުގައި ސައިބޮއި ނިންމާލިއެވެ.
****
“ދެން އެކަމާ މާބޮޑަށް ނުވިސްނަބަލަ…. މަށަށް ހީވަނީ ކައިލާން އެއުޅެނީ މިދިޔަ ދުވަސްތަކުގަ ރީޝްއަަށް ވަގުތު ނުދެވުނީމަ ރީޝް ދެރަވާނެތީ ހިންހަމަ ޖައްސާލަދޭންހެން… ތިންކު ޕޮޒިޓިވް ޑިއަރ….. އޭ… އެއޮއް އަންނަނީ….. ދެން ތި މޫޑު އޮފްވެފަ ނުހުރެ ސްމައިލް ކޮށްލަބަލަ….. ”
ހަނާ މަސައްކަތް ކުރަމުން ދިޔައީ ކައިލާންގެ އިންތިޒާރުގައި އޮފީސް ދޮރުމައްޗަށް ނިކުމެ ހުރި އޭނާގެ އެކުވެރިޔާ ހިތްހަމަ ޖައްސައިދެވޭތޯއެވެ. ކައިލާންއާއި ރިޝްފާގެ ގުޅުން އެންމެ ގާތުން ދަންނަ އެކަކަށް އޭނަ ވާނެއެވެ. ރިޝްފާ ކައިލާންދެކެ ލޯބިވާވަރު އޭނާއަށް އެނގެއެވެ. ވީއިރު ކައިލާންގެ ފަރާތުން ރިޝްފާއަށް އެ ލޯބި ނުލިބޭތީ އޭނާ ވަރަަށް ދެރަވެއެވެ. ކައިލާން އައިސް އެދެމީހުންގެ ކައިރިއަށް ސައިކަލް މަޑުކޮށްލިއެވެ. ރިޝްފާ ހަނާގާތު ދަނިއްޔޭ ކިޔައި ސައިކަލް ފަހަތަށް އެރުމުން ކައިލާން ހަނާއަަށް ނިއް އެއްލާފައި ސައިކަލް ސްޓާޓް ކޮށްލިއެވެ. ރިޝްފާ ފަހަތުން ކައިލާން ބަނޑުގައި ބައްދާލިއެވެ. އެވަގުތު ކައިލާންއަށް ބުނެދޭންވެސް ދަތި އުނދަގޫ ގޮތްތަކެއް ވާން ފެށިއެވެ. އެހެންވެ އޭނާއަށް ސައިކަލުގެ ސްޕީޑް ބާރުކޮށްލެވުނެވެ. ނަމަވެސް އެކަމުން ހާލަތުވީ އިތުރަށް ގޯހެވެ. ރިޝްފާ ކައިލާންއާއި އިތުރަށް ކައިރިވެ އޭނާގެ ބަނޑުގައި ބައްދާފައިވާ އަތް ބާރު ކޮށްލިއެވެ. ދެ ހަށިގަނޑު ފިތުމުން ކައިލާންއަށް ކެތް ނުކުރެވިގެން އެއް އަތުން އޭނާގެ ބަނޑުގައި އަޅާފައިވާ ރިޝްފާގެ އަތް ނައްޓުވާލިއެވެ. ކައިލާން އެހެން ކަންތައް ކުރުމުން ރިޝްފާ ލަދު ގަންނަގޮތް ވިއެވެ. އެހެންވެ އޭނާއަށް އަވަސް އަވަހަށް އަނެއް އަތް ދަމައިގަނެވުނެވެ.
ކައިލާން ޑައިންމޯއަށް ވަދެ އެންމެ ބިއްދަށަށް ކަނަކަށް ވާގޮތަށް އިން މޭޒުކައިރިއަށް ގޮސް ރިޝްފާ އިށީނުމަށް ގޮނޑި ދަމާލަ ދިނުމަށްފަހު ގޮސް އިށީނެވެ. ކައިލާން ދައްކަން އުޅޭ ވާހަކައެއް ނޭނގޭތީ ރިޝްފާއިނީ ކަންތައް ބޮޑުވެފައެވެ. ކައިލާން އެއްޗެއް ބުނަން އަނގަ ހުޅުވާލިތަނާ ވެއިޓަރު އައުމުން ކައިލާން ބޯން ކޯކާއިއެކު ދެ ބީފް ސަބްމެރިންނަށް އޯޑަރު ދިނެވެ. އެހާދުވަސް ކޮށްލާފައި ސަބްމެރިންކާން އައުމުންވެސް ކައިލާންއަށް ރިޝްފާއަށް ކަމުދާނީ ބީފް ކަން އެނގުނުހެން އޭނާގެ ހިތުގެ އެދުންވެސް ނުބުންޏަސް އިޙްސާސް ކުރެވޭނެ ނަމައޭ ރިޝްފާ ހިތަށް އެރިއެވެ.
“ހޫމް…. ރީޝް…. ދައްކަން މިއުޅޭ ވާހަކައަކީ އަހަންނަށް ބުނަން, އަދި ރީޝްއަށް އަޑުއަހަން އެހާ ފަސޭހަ ވާހަކައަކަށް ނުވާނެ…. މިވާހަކަ ދައްކަން މިހާރުވެސް މާ ލަސްވެއްޖެ. އެކަމަކުވެސް ރީޝް…. ތީ އަހަރެންގެ ވަރަށް ވަރަށް ގާތް ރައްޓެއްސެއް….. އެކަމަކު އަހަރެންގެ ހިތަކު މިގުޅުން މިއައްވުރެ މައްޗަށް ގެންދާނެހާ ބާރެއް ނެތް…. އަހަންނަށްވަނީ އެހެން މީހެއްދެކެ ލޯބި ވެވިފަ…… އަހަރެންގެ ހިތަށް އަމިއްލަ އިޚްތިޔާރެއް ނެތް….. ރީޝް…. އަހަ……… ”
“ހުއްޓާލާ….. ކައީ ކޮން ސަމާސާއެއް ތިކުރަނީ…. އަހަރެންގެ މޭގަ މިވާ ހިތޯ….. މިހިތުގަ ކައީ އަށްޓަކާ ޖަހާ ވިންދުގެ އެއްވެސް އަގެއް ނެތީތަ… ކައީ އާ ނުލާ މިހިތް ހުއްޓުނަސް ހަމަ އެއްވެސް ފަރުވާލެއް ނެތީތަ…. އަހަރެން ކައީދެކެ ވާލޯބި ބޮލާލާ ޖަހާފަ ކައީއަށް ކެރޭނެތަ އުފާވެރި ޙަޔާތެއް ފަށަން.. ”
ރިޝްފާއަށް ކެތްނުކުރެވިގެން އޭނާގެ ދެލޯ ފުރިގެން އައެވެ. އަދި ކައިލާންގެ ވާހަކަ ފުރިހަމަ ނުވަނީސް މިއޮއްހާދުވަހު އޭނާގެ ހިތުގައި ފޮރުވާފައިހުރި ޝަކުވާތައް ކައިލާންގެ ކުރިމައްޗަށް އޮއްސާލިއެވެ.
**ނުނިމޭ**
53 Comments
Comments are closed.
Dear readers.. Hama vaguthu veema liyelaafa mi update kohdhinee.. Sorry lasveema.
Thanx up kohladhineetheeve. Mi vaahaka ahh v intizaaru kurinn. V happy vehji up veema. Kiyaalaafa comment eh kohlaanann
ThanQ dear.. Mirey hama nunidhaa ovegen story mi update kohdhiny readers varah inthixaaru kuraathy hama.
V reethi..??❤❤dhen vaane gothakaa dheytherey visneny. Just luv this story ……
Happy to know that. ThanQ dear
Thnxx…vvvv salhi..?????
ThanQ dear
varah reethi??
ThanQ dear
It’s ok Noor ☺️ me first dhw ?? story v v v nice❤️❤️
jazly and Kai dhuru nukurahche
Kai n rish menn ge wedding cancel kohlaa?
Next part koniraku up vaany??
ThanQ dear.. Varah try kuraanan mirey update kohdheveytho
Noor tee hama aish noor daw.
Ehen vihyaa hulhukolhu 37 vana part ah fahu den up nuvaa sababeh ingen vvvvvvvv beynun.
Unmeed kuran ans eh v avahah libeyne kamah
No. I’m ‘Noor’. not
‘aish noor’..
Plx try to undstand the difference.
Noor. Hulhukolhu vaahaka matthin hadaan nethunee thah please upload part 38
Sorry dear its not Noor’s story.. But the story ‘Hulhukolhu’ Author is aish noor.
Story v habbu dear.. keep it up???
ThanQ dear
Its ok dear…but hulhu kolhu vaahaka vx vaguthu veema liyefa up kohdhihchey..n mi part vx v reethi…..thnkx mi part upkoh dhiny thin
ThanQ dear… Hulhukolhu Author is not me but aish noor. Sorry dear I can’t update that story
Masha allah stry hama v perfect.hassan manik bust vaa bai kiyaalan beyynu miyy.e part fahkaa vaane dhw.
keep it up noor.
waiting 4 nw part.
-salaam-???
ThanQ 4 the comment dear.
Thanks up koleethee.vaahaka v ves Furihama
ThanQ Aaan
Haadha inthizaarekey thikuruvany. But v happy vehjje story upload kohdhinima. Tnks dhooni. Story v taff
Hehe. Hama maa busykoh ulhen jehunyma. ThanQ dear
Keep it up Noor dear..?? story vv reeethi
ThanQ dear
vvv Reethi.Keep it up.Waiting for the Next part
ThanQ dear
When Next Part?
I have started writing…. But not finish yet.. Will update when done
I”ve been reading this story from the start. I really love it. Please update the next part soon❤
Happy to know that. ThanQ dear.. Will try
Vrh vrh reethi…up v hairun kiyaafin ekam dhaan jehigen comment eh nukurevunu…sorry fir that…btw story hama habeys..masha allah…mihaaru kuriyah dhaa goyy vrh vess reethi noor…..??
ThanQ 4 the cute comment dear.
Waaaaaau ekamu rishfa dheraviyas kailaan nudheythi… Vvvv habeys mi part… ??????
Hehe.. Asluves dhw
. thanQ 4 the comment dear
When next part Masha Allah v Reethi mi stry
ThanQ dear. In sha Allah today
Its over…ni next part…
Mee all writers ah vaa varu…
I’m sorry. N thanQ 4 the comment
v.fake konmeh faharaku kiyuntherin lahvaa aadheys kuruvan ulheny. vedhaane writer mashooruvaan kamehves. adhi up kuraairu kuraany ehaa kudakoh. mee dhen varah vaahaka…
Thee xoya dhekey goiy.. I respect ur opinion dear. But as a writer readers story up vaaleh lasvegen comment kuryma I don’t feel excited, but instead I feel so helpless that I don’t get enough time to write the story.
Liyan fashaify mey bunithaa ves mihaaru 2 days v…story ehkoh liyefa mifaharu up kohlany dhaw…hehe…nuvanya nuvaaney bunefa hutaalaba…eyrun readers wait eh nukuraane
Eanmea faharaku lasvaairah thi gotha ninmaakah nuvaanea dhw.Noor ah ves kamea dimaa vea daanea dhw. story v v salhi keep it up Noor
Alhugandu ge vaahaka kiyan beynun nuvanya I really request u to stop reading my story. And yes I have started writing 2 days back. But that doesn’t mean I will be continuously writing until I finish the whole part. Come on friends, that doesn’t make any sense.. Im not just a writer but a wife and a mom too.. Anyways thanQ for the comment.
ThanQ Airah 4 the concern. its nothing new to me dear.. I’m writing bcs I likes to.. So I request readers also plx give ur time to ur favorite stories instead of discouraging me. ThanQ.
So rude..myhaka kamei dhima vedhaane…ekam bunekun eves ona kameh dhaw….negative coment eh kohla irah story nukiya shey bunaka nujehey dhaw…rude answer kuran enunu iru up nukurevey sababu ves bune nula,up vaane dhuvahe ves….thidhen bodu varu…nuliyan v nu…eyrun ekakuves nukiyaane
Story update vun las vaa konme faharaku story liyun huttaalan bunaairu Aee RUDE vumah nuvaairu alhugandu opinion bunelumaky rude vun kamakah nudheken. Story liye vey varun update kohdheynamey comme vaki vaki commentehga nuliyevunas liyan vaguthu nuvegen up nukurevigen Ulhey vaahaka bunelin. Ehen noonas dhen mivaru kamakaa thihaa bodu issue akah hedhumaky varah dhera kameh. Mi story up nukohgen thi faraathuge vaguthuthah beykaaru vamun dhaathy ehen bunelevuny.. I have no any hardship 4 u. But if u still feel I was rude then I’m extremely very Sorry
Its not I can’t digest negative comments. But writer akah liyun huttaalan thihen bunumahvure dhera baheh nisbaiy kurevidhaane kamakah alhugandu nudheken.
Mi story ge 12 th part miadhu noony mireyge vaguthehga In sha Allah genesdheveytho varah varah try kuraanan. Mi story aky evves draft akaa nulaa alhugandu liyaa story akah vefai mihaaru liyamun midhaa part complete kurun vaguthuge dhathi kamaahure lasvamun dhaathy kiyun theringe faraathun varah bodah maafah edhen. Adhi vaahaka liyumuge ithurun alhugandakyves Amilla busy life eh ulhemundhaa meehakah vaathy ekan readers undstand vaanekamah heekuran. Adhi vaahaka update kurun lasvaa konme faharaku alhugandaky readers ge hathureh kamugai nudhekeyne kamah heekuran. Konme parteh kiyaalaafa readers ah haadha kurey mi part hithah eriyas, aslu ekuru part kiyun therinnaa hama ah genesdheynves dhuvaalegge ethah gadi ireh heydha vegen dhey.. And mifurusathuga alhuganduge vaahaka kiyuntheringe faraathun libey supportah varah bodah thanQ. ???
Haadha lahuney update
Sorry dear 4 the late reply.. Just now I saw ur comment.. Its now updated up to part 15