
އެދިގެން ކަލާ ލިބޭތޯ 39

(39 ވަނަ ބައި)
“ލޯބިވުމަކީ ކުށެއްނޫން… އަދި އެއީ ބާރުފޯރުވޭ ޖަޒުބާތެއްވެސްނޫން… އެކަމަކު އެއްފަރާތުން ވެވޭ ލޯތްބެއްގެ މައްޗަށް ދިރިއުޅުން ބިނާއެއްނުވާނެ… އެއީ ދެފަރާތުންވެސް ހިއްސާކުރަންޖެހޭނެ އިޙުސާސެއް… ދަރިފުޅަށްވެސް އިނގެއެއްނު… އައިލީ ދަރިފުޅާއިމެދު އެފަދަގޮތަކަށް ނުދެކޭކަން.. އައިލީގެ ކައިވެނި މާކުރީންވެސް އެހެން ފަރާތަކާއި ހަމަޖެހިފައިވާކަން..” ހައިކަލް ވާހަކަަދައްކަމުންދިޔަަވަރަަކަށް ޒެލް ގެ ލޯ ތެމެމުންދިޔައެވެ. އޭނައަށް އިނގިފައިވީ ވާހަކަތަކަކަށްވިޔަސް އެހެން މީހެއްގެ ދުލުން ހަޤީގަތް އިނގުމުން އޭނަގެ ހިތަށް ކުރީ ފުންއަސަރެކެވެ. އެ ހިތި ހަޤީގަތަށް ފިލަން އޭނަ ހާދަ ބޭނުމެވެ. އެންމެ ސިކުންތުކޮޅަކަށްވެސް އައިލީއަކީ ހަމައެކަނި އޭނަގެ ހައްޤަކަށްވާނެނަމައެވެ.
“ކައިވެނި ހަމަޖެހިފައިވާ ދެޒުވާނެއްގެ ދެމެދަށް ދަރިފުޅު ވަންނާކަށް ބައްޕަކަށް އެއްބަހެއްނުވެވޭނެ… އަދި ބައްޕަ ބޭނުމެއް ނޫން ދަރިފުޅުގެ ފަރާތުން އައިލީ ހިތްހަމަނުޖެހޭފަދަކަމެއްވާކަށް… ރަޒްދާން އައިލީ ބައްޕައާއި ހަވާލުކޮށްފައި އެހުރީ ބައްޕަ އަށް ވަރަށް އިތުބާރުކުރާތީވެ.. އެއިތުބާރަށް ފަނޑުކަމެއް އަންނާކަށް ބައްޕަ ނޭނދެން..” ހައިކ…
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.