(63 ވަނަ ބައި) “އަހަރެން ބުނީމެއްނު ޖަވާބެއް ނުދެނީސް ހުޔޫއަށް ދެވުނަކަ ނުދޭނަމޭ.. ކީއްވެ އެވަރަކުން ނުދެވިގެން ތިއުޅެނީ؟ އަހަރެންދެކެ ލައިކް ނުވަނީތަ؟ އެލެގެންޓްސްއިން ދިމާވިގޮތަށް މިހާރު ދެމީހުން މިވަނީ ދުރަށް ނުދެވޭނެހާ ކްލޯޒްވެ ފައި… ހުޔޫއަށް ހީވެދާނެ އޭރު ޒޭން ކަންތައްކުރިގޮތުން ޕިޓީވެގެންނޭ އަހަރެން ހުޔޫއަށް ހާއްސަގޮތެއް ބެހެއްޓީ… އެކަމް ފުރަަތަމަ ދުވަހުވެސް އަހަންނަށް ހުޔޫ ހާއްސަވި.. އެކަމަކު އޭރު ސީރިޔަސްވާނޭ ވިސްނުމެއް ގެންގުޅެން އަހަރެން ބޭނުން ނުވީ.. ބަޓް.. ނައު އައި މީން އިޓް.. […]
(62 ވަނަ ބައި) “ޝެރީން!!!” އައިޝަމްގެ ބާރު އަޑަށް ޝެރީން ސިހިގެންދިޔައިރު އެންމެންގެ މޫނުމަތީންވެސް ފާޅުވެގެންދިޔައީ ހައިރާން ކަމެކެވެ. އައިޝަމްގެ ހަޅޭކުގެ އަޑާއިއެކު ލިވިންރޫމްގެ ސޯފާތަކުގައި ތިބެފައި އެންމެންނަށްހެން ތެދުވެވުނުއިރު ޝެރީން އިނީ ހުއްޓުންއަރާފައެވެ. އައިޝަމް އަކީ ދުވަހަކުވެސް އެގޮތަށް ޝެރީންްއާއި ދިމާލަށް ހަޅޭލަަވައިހެދި މީހެއްނޫނެވެ. އަމުދުން އާއިލާ މެންބަރުންގެ ކުރިމަތީގައި އެފަދަގޮތަކަށް ޝެރީންގެ ޤަދަރު ކުޑަކޮށްލުމަކީ އައިޝަމްއާއި ނުބައްދަލު ސިފައެކެވެ. “ކޮއްކޯ…” އައިޝަމް ހަލުވި ފިޔަވަޅުތަކެއްގައި ސިޑިން ފައިބަމުން އައިރު އެ މޫނުމަތީން ފާޅުވާންހުރީ އިންތިހާ […]
(61 ވަނަ ބައި) ކޮޓަރީގެ ދޮރުމަތީގައި ހުރެފައި ޝެރީން ހީވީ އުދުހިލާފައި އައިހެންނެވެ. އޭނަ ހުޔޫންގެ އަތުގައި ހިފާ އެނދުން ތެދުކޮށްލިގޮތަށް އަތުގައި އޮތް ބޮޑު ޓެޑީ ބެއަރ ޖަހައިގަތްގޮތުން ހުޔޫންގެ އަތަށްވެސް ތަދުވިއެވެ. ހުޔޫން އެވަގުތު ޝެރީންއާއި ދިމާލަށް ބަލާލާފައިވެސް އެއްޗެކޭ ބުނާކަށް ގަސްތެއްނުކުރިއެވެ. ޔޫލީންގެ މައްޗަށް އޭނަ ވަކާލާތުކުރާވަރަށްވުރެ ޝެރީންގެ ހައްޤު ބޮޑުވާނެކަން އޭނައަށް އެހެންނޫނަސް އިނގެއެވެ. ޝެރީން ކިތަންމެ އޮޅުވާލަން މަސައްކަތްކުރިޔަސް ޔޫލީންއަކީ އައިޝަމްގެ ދަރިއަކަށްނުވާނެއެވެ. “ޔޫލްގެ މަޤާމަށް އާދެވިދާނެކަމަށް ހީނުކުރާތި… ކަލޭ […]
(60 ވަަނަ ބައި) “ޖަވާބުދޭށޭ ޔުމްނު..” އިރުކޮޅެއްވަންދެން ހިޒްޔާންގެ މޫޫނަށް ނަޒަރު ހުއްޓާލައިގެން ހުރުމަށްފަހު ޔުމްނު ދުރަށް ހިނގައި ގަތުމާއެކު ހިޒްުޔާން ހަރުކަށިކަމާއިއެކު އިއްވާލަމުން ޔުމްނުގެ އަތުގައި ހިފާ އޭނައާއި ގާތަށްދަމައިގަތެވެ. ޖަވާބެއްދިނުމެއް ނެތި އެހާ ފަސޭހައިން ޔުމްނު ދުރަށްދާކަށް އޭނައަކަށް ދުލެއްނުކޮށްލެވޭނެެއެވެ. ޔުމްނުއަށް ޖެހޭނީ އޭނަގެ ކުރިމަތީގައި ހުރިހާ ކަމަކަށް އިއުތިރާފްވާށެވެ. މިއަދު ޔުމްނުއަށްޓަކައިވެސް އޭނަގެ ހަރުކަށިބައި ދޫކޮށެއްނުލާނެއެވެ. “ޒޭން… ދަރިފުޅު… ދޮންތަމެން ހޮސްޕިޓަލަށް އިނގޭ މިދަނީ…” ކަރުނުން ފުރެމުންދިޔަ ދެލޮލުން ދެލޯބިވެރީން އެކަކު އަނެކަކުގެ […]
(59 ވަނަ ބައި) ސިއްސައިގެންދިޔުމާއިއެކު ޑައިނިންރޫމްގެ މުށިތައް މަތީ ކޯރުދެމިފައިވާ ކިރުތައް ފޮތިގަނޑުން ފުހެން އުޅުނު ލިޒީއަށް އިސްއުފުލާ ބަލާލެވުނެވެ. އުނދުންމަތީ އުދާފައިވާ ތެލި ކެކިގަނެގޮސް އުނދުންމަތިންނާއި ކައުންޓަރުމަތީން ފައިބައިގަތް ކިރުތަކުން މުށިތައްމަތިި ހަޑިވެފައިވީއިރު ތެލިވެސް އޮތީ މާދުރަށްގޮސް ވިއްސައިގެންގޮސްފައެވެ. ތެއްޔަށް ހުއްޓިފައިވާ ނަޒަރު ހުޅުވިފައިވާ ބޭރުގެ ދޮރަށް ހުއްޓިގެންދިޔުމާއިއެކު ލިޒީގެ ޅަނދޮޅު މޫނުން ހާސްކަންފާޅުވެގެންދިޔައެވެ. ރިސޯޓްއަށް ފުރައިގެންދަމުން ލިޒީއަށް އެޕާރޓްމެންޓްގެ ތަޅުދަނޑި ހަވާލުކުރިއިރުވެސް ބޭރުން އަންނަ މީހުންނަށް ދޮރު ހުޅުވައިނު ދިނުމަށާއި ގެއަށް ނުވެއްދުމަށް ރީހާން […]
(58 ވަނަ ބައި) “ޔުމް… ވަޓްސް ރޯންގް… ބުނެބަލަ… އަހަންނަށް ނޭނގޭ އިތުރުކަމެއް އުޅެނީތަ؟” ޖީންސްގެ ޖީބުގެ ތެރޭގައި އަތްތިލަ ފޮރުވާލަމުން ހިޒްޔާން އެވަގުތު ޔުމްނުގެ މޫނަށް ބަލާލީ ވަަރަށް ތަފާތު ނަަޒަރަކުންނެވެ. ޔުމްނުގެ އަމަލުތަކުންވެސް އޭނަގެ ސިކުނޑީގައި އިންޒާރުގެ ރަނގަބީލެއް ޖަހާލައިފިއެވެ. އޭނަ އަތްލުމުން ޔުމްނު މިގޮތަށް އުނދަގޫވެގެން އުޅުނު ހަނދާނެއް އޭނަ ނުވެއެވެ. ކުރީން ޔުމްނުގެ ފަރާތުން މިފަދަ ނުތަނަވަސްކަމެއް ފާޅުވީ ކޮންމެ ފަހަރަކުވެސް ޔުމްނު އޭނައަށް ކަމެއް ސިއްރުކުރިއެވެ. މިފަހަރުވެސް ޔުމްނު އޭނައަށް […]
(57 ވަނަ ބައި) “އަަހަރެން ހީކުރީ އެކަކަށް އަންޑަރސްޑޭންޓް ނުވިިޔަސް ޒެލްއަށް ވިިސްނޭނެކަމަށް… އެކަމަކު ޒެލްއަށްވެސް މުހިންމުވީ އަމިއްލަ އެދުން ދޯ… އީގޯ… މީ ޒެލް ބޭނުންވާގޮތެއްނު…” ޒެލްއަަކީ ދިމާލަށް އިނގިލިދިއްކޮށްލަމުން އެހާ ބޮޑު ތުހުމަތެއް އެޅުވިގޮތުންވެސް ޒެލްވެސް ސިހުނެވެ. ހިނދުކޮޅަކަށް އޭނައަށް ބުނާނެ އެއްޗެއްވެސް ނޭނގުނެވެ. އޭނަ އައިލީދެކެ ލޯބިވިޔަސް ފަހުން އައިލީ ހާސިލްކުރަން ކުރިކަމެއް ނޯންނާނެއެވެ. އައިލީއަށްޓަކައި އެކުވެރިއެއްގެ ގޮތުގައި އޭނަ އަބަދުވެސް ހުރެދިނެވެ. “ހީނުކުުރައްޗޭ ހިޒްޔާން އަހަރެން ދޫކޮށްލިޔަސް ޒެލްއަށްވެސް އަހަރެން ލިބޭނޭ… […]
(56 ވަނަ ބައި) ފާރުގައި ދަމާލެވިފައިވާ ފަރުދާތައް އެއްފަރާތްކޮށްލަމުން މިލާންގެ އަތްފައި ބަދެފައިވާ ބަރު ހިލިހިލާގަނޑު ދަމަމުން ގެނެސް ފަރުދާތަކުގެ ފަަަހަތުގައިވާ ބޮޅުތަކުން ބޮޅެއްގައި ހައްޔަރުކޮށްލަމުން ރީހާން މަޑުމަޑުން ހިންދެމިލިއެވެ. އޭރުވެސް މިލާން އޮތީ ހޭހުސްވެފައެވެ. އަތުގައި އޮތް ތަޅުދަނޑި ފައިދޮށަށް ވައްޓާލަމުން އޭނަ ފައިން ޖަހާ އެ ތަޅު ދަނޑި ދުރަށް ވިއްސާލިއެވެ. ބަރު ހިލިހިލާގެ ކަސްތޮޅުން ސަލާމަތްވާންވެގެން މިލާން އެ ކުޑަކޮޓަރިތެރޭގައި ތެޅޭ މަންޒަރަކީ އޭނައަށް ބަލާ ހިތްވާނޭ މަންޒަރަކަށްވާނެއެވެ. މަޑުމަޑުން ދެއަތުން މޫނުމަތީގައިވީ […]
(55 ވަނަ ބައި) ޑޮކްޓަރގެ ފަހަތުން ގޮސް ކެބިންއަށް ވަތްއިރު ކެބިންގެ ތެރޭގައި ފުލުސް އޮފިސަރުންވެސް މަޑުކޮށްލައިގެން ތިއްބެވެ. އެތަނުގައި ތިބި ދެ އޮފިސަރުން ބޯ ޖަހައިލުމަށްފަހު ގޮނޑިތަކުގައި ހަމަޖެހިލި ވަގުތު ޑޮކްޓަރު ފުންނޭވާއެއްލުމަށްފަހު ހިޒްޔާންގެ މޫނަށް ބަލައިލިއެވެ. “ވީއަރ ސޮރީ… މިކޮޅަށް ޕޭޝަންޓް ގެެނެވުނުއިރުވެސް އަޅުގަނޑުމެންނަށް ކުރެވޭނެކަމެއްނެތް.. އޭރުވެސް ޕޭޝަންޓް ނިޔާވެފައިވަނީ… ހަމަލާގައި ޕޭޝަންޓްގެ އެތެރެހަށީގެ ގުނަވަންތަކަށްވަނީ ވަރަށް ބޮޑަށް ގެއްލުންވެފައި… އެ ގެއްލުން ތަކާއިއެކު ހަށިގަނޑުން އެހާ ބައިވަރު ލޭ ބޭރުވުމުގެ ސަބަބުން ނިޔާވީ…” […]