
އެދިގެން ކަލާ ލިބޭތޯ 42

(42 ވަނަ ބައި)
“ކީއްވެ ހިޒްޔާންއަށް ފުރުސަތެއްދޭން ޔުމް ބޭނުންނުވަނީ؟ އަހަންނަށް އިނގޭ އޭނަ މިހާރު ކެފޭތެރެއިންވެސް ނުފެން ނަނީވެސް ޔުމް އެއްޗެކޭ ބުނީމަކަން… އެންމެ ފަހަރަކުވެސް މިހިތުގެ އަޑު ޔުމް އަހާބަަލަ.. ކޮންކަހަލަ ދިރިއުޅުމެއް ތިއީ؟ ކިހާ ދުވަހެއްވާންދެން ޔުމް ތިހެން ހުންނާނީ؟ ތިހެން އުޅެގެން ދުވަހަކުވެސް ޔުމްނުއަށް ދިރިއުޅުމެއް ލިބި ދާނެތަ؟ ހިޒްޔާންއަށްވެސް ލޯބިވާން ފުރުސަތެއްވެސް ދިނީކީނޫން… އެވަރުންވެސް އޭނަ އެހުންނަނީ ޔުމްނުއާއި ހެދި ދީވާނާވެފައި… މި ޒަމާނުގައި އެވަރަށް ލޯބިވާނޭ މީހަކު ހުރެދާނެތަ؟” ޔުމްނުގެ އޮމާން ކޯތާފަތްމަތީން ދެމެމުންދިޔަ ކަރުނަތައް ފުހެލަދެމުން ނެހާ އެއަތްއުފުލާލަމުން ގެންގޮސް ޔުމްނުގެ ހިތާއި ދިމާލުގައި ޖައްސާލިއެެވެ. އަތުގެ ދަށްފުށަށް އިޙުސާސްވެގެންދިޔަ ހަލުވި ހިތުވިންދާއިއެކު އުނދަގޫގޮތަކަށް ޔުމްނުގެ ދެލޯމެރިގެންދިޔައެވެ. ޤަބޫލުކުރަން ބޭނުންނުވި ޔަސް މިއަދު އެހިތުގެ ވިންދު އިންތިހާ ދަރަޖައަށް ހަލުވިވެފައިއެވަނީ ހިޒްޔާންއަށްޓަކައެވެ. އެހިތް ތެޅެމުންއެދަނީ ހަމަ އެކަނި ހިޒްޔާންއަށްޓަކައެވެ. އެ ހިތުގެ ހާސްކަމާއި ނަފްސުގައި ވަކި ހިއްޕާލާފައިވާ ނުތަނަވަސްކަން…
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.