
އެދިގެން ކަލާ ލިބޭތޯ 47

(47 ވަނަ ބައި)
“ޝެރީން… އަަހަރެން އާދޭސްކޮށްފައި މިބުނަނީ… މިތަނުންދޭ…” ޝެރީންގެ ދުލުން މީގެ އެތައްއަހަރެއްކުރީން އޭނަގެ ހިތުގެ އެންމެ ފުންމިނުގައި ފޮރުވާފައިވާ ސިއްރުތައް ނަގާ ތިލަނުކުރަނީސް ޝެރީން ހުއްޓުވަން ޔަންހާއަށް އަވަސްވެ ގަނެވުނެވެ. އެއިން އެއްވެސް ވާހަކައެއް އަޑުއެހުމުގެ ކުޅަދާނަަކަމެއް ޔުމްނުގެ ނުހުންނާނެއެވެ. ޝެރީންގެ ދުލުން އެ ދަރިފުޅުގެ ހުރިހާ ހިއްސެއްހެން ކޮށާލަފާނެއެވެ. އެވަގުތު ދެކަންފަތުގައި އަތްއަޅާ ބާރުކޮށްލަމުން ޔުމްނު ހަޅޭލަވައި ގަތެވެ. އެއަޑު ގޯތިތެެެރޭގައި ގުގުމާލާފައިދިޔައިރު އޭނަ ދެވަނަ ފަހަރެއްވެސް ހަޅޭލަވައިގަތީ ކަންފަތުގައި ގުގުމަމުންދިޔަ ޝެރީންގެ ވިހަކަންގަދަ ބަސްތަަކަށް ފަސްދޭން ބޭނުންވީވަރުންނެވެ. އެދެލޯ ވިދުވަމުންދިޔަ ކަރުނަތަކާއިއެކު ދެލޮލުގައިވީ ވޭނާއި ޝަކުވާއެވެ.
“މެހެލްއަކީ މުޅިރާއްޖެއަށް މަޝްޙޫރު އާއިލާއެއް.. އަދި އައިޝަމްއަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭވަރުގެ ވިޔަފާރި ވެރިއެއް.. ވީއިރު އައިޝަމްވެސް ބޭނުމެއްނުވާނެ ބަދުނާމެއް ބޮލުގައި އަޅާކަށް… އައިޝަމްގެ އަބަދުގެވެސް ހުވަފެނަކީ މުއްސަނދި އާއިލާއެއްގެ ތަޢުލީމީ ޒުވާނަކާއި ހުރިހަމައެކަނި ފިރ…
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
Comments (1)
Comments are closed.
waahaka rangalhu ekamaku kunnu goss