
އެދިގެން ކަލާ ލިބޭތޯ 51

(51 ވަނަ ބައި)
އޭރު ޓެރެސްގެ ރެއިލިންމަތީން ފައިތިލަ ނެޓިގެން ވައިކަފާލައިފައި އައިސް ޔޫލީންގެ ހަށިގަނޑު ބިންމައްޗަށް ވެއްޓުނުގޮތަށް ލޯވްން މަތީގައި ލޭގެ ކޯރެއް ދަމާލައިފިއެވެ. ހުދުކުލައިގެ ގާތައް ގަދަ ރަތްކުލައިން ފެވިގެން ދާކަށް ސިކުންތުކޮޅެއްވެސް ނުނެގިއެވެ.
“ޔޫލް… ދަރިފުޅާ…” ހަރަކާތްކެނޑެމުންދިޔަ ޔޫލީންގެ ހަށިގަނޑާއި ދިމާލުން ބިމަށް ތިރިވިއިރު އައިޝަމްއަށް ހީވީ އޭނަގެ އެތެރެހަށީގައިވާ ހުރިހާ ނާރުތަކެއްހެން ކެނޑިގެންދިޔަހެންނެވެ. އޭނައަށް ބާރުބާރަށް ރޮއެގަންނަމުން އެދެއަތުގެ ތެެެރެއަށް ޔޫލީން ބޮޑިކޮށްލެވުނެވެ.
“ޑޭ…ޑީ… ސޮރީ…” އެވަގުތު ޔޫލީން މަޑުމަޑުން އަތްތިލަ އުފުލާލަމުން އައިޝަމްގެ މޫނުގައި އަތްތިލަ ޖައްސާލިއެވެ. ގަނޑުފެންކޮޅެއްފަދައިން ފިނިވެފައިވާ އެދެއަތުގައި އެއްވެސް ވަރެއްނެތެވެ. ގަދަ މުށި ކުލައިގެ ބޮޑު ލޮލުން ކަރުނަތައް ބަންޑުންވަމުން އައިވަރަށް އެދެލޮލުގެ ދިރުން ނެތެމުންދިޔައެވެ. އައިޝަމްގެ ލޯފުރިބާރުވަމުންދިޔަ ކަރުނަތައް އެ މަޑު ކޯތާފަތްމައްޗަށް ފައިބަމުންދިޔައިރު ޔޫލީންގެ ހަރަކާތްތައްވެސް ލަސްވަމުންދިޔައެވެ. އަތުގެ ތެރެއިން އެ ހަށިގަނޑުގެ ފިނިކަން އިޙުސާސްވަމުންދިޔަވަރަަ…
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.