“މޭބީ ފޯރޓީންތް ނޮވެމްބަރ އިޒް ނޮޓް ދި އެނިވަރސަރީ އިޔަރ ފޯރ އޮންލީ ޔާޝް ކުޑަބެ އެންޑް ރީއްތަ.. އިޓް ވިލް ބީ އަ ވެރީ ސްޕެޝަލް ޑޭ ފޯރ އެނަދަރ ނިއު ކަޕްލް އެންޑް އައި ވިލް މޭކް ޝުއަރ ޓު މާރކް ‘ފޯރޓީންތް އޮފް ނޮވެމްބަރ 2020’ އޭޒް އަ ޑޭޓް އޮފް ދި އެނިވަރސަރީ ފޯރ އެނަދަރ ކަޕްލް އަލޯންގ ވިތް ޔާޝް ކުޑަބެ އެންޑް ރީއްތަ..” ހިތާހިތުން އެހެން ކިޔަމުން ިޔަ ރައިޝާގެ ތުންފަތުގައި ދުވެލީ ލުއި ހިނިތުންވުމެކެވެ. އޭނާ އެ ރާވަނީ ވަރަށް ބޮޑު ކަމެއް ކުރަން ކަން ޔަޤީނެވެ.

***********************

ނިދާ ހެދުމަށް ބަދަލުކޮށްގެން ރައިޝާ ސްޓަޑީ ޓޭބަލް ދޮށުގައި އިށީނީ ހިސާބު ފޮތް ހިފައިގެންނެވެ. ހިސާބަކީ އޭނާއަށް އަބަދުވެސް އުނދަގޫ މާއްދާއެއް ކަމުން ހިސާބުން ދީފައި ހުންނަ ސުވާލުތައް އަމިއްލައަށް ހެދޭތޯ ރައިޝާ އަބަދުވެސް ބަލައެވެ. ހިސާބު ޓެކްސްޓް ފޮތް ހުޅުވާލުމަށްފަހު ރައިޝާ އޭނާގެ ނޯޓްފޮތް ހުޅުވާލިއެވެ. ޕެންސިލް ބޭގްއިން ގަލަމެއް ނަގާ، ފުންނޭވާއެއް ދޫކޮށްލުމަށްފަހު ޓެކްސްޓް ފޮތުގައި ހުރި ނަމްބަރުތައް ނޯޓްފޮތަށް ނަގައި، ހެދޭތޯ އުޅެން ފެށިއެވެ. ބުރާސްފަތި ދުވަހު ނިންމަން ދިން ކެމިސްޓްރީ ޕެއަރ ވޯރކްވެސް އަދި އޮންނާނީ ނުނިންމައެވެ. މިއަދު ނައިރާ އެ ފިލާވަޅު ހަދަން އައުމުންވެސް އުޅެވުނީ އެންމެން އެއްކޮށް ސަކަރާތްޖެހޭތޯއެވެ. ހިސާބު ފިލާވަޅު ނިންމާލާފައި، ނައިރާއާ ގުޅައިގެން ކެމިސްޓްރީ ފިލާވަޅު ހަދަން ރައިޝާ ނިންމިއެވެ.

ބައިގަޑިއެއްހާއިރުގެ ތެރޭގައި ފަނަރަވަރަކަށް ސުވާލު ހަދާ ނިންމާލެވުމުން ރައިޝާ ފޮތް ލައްޕާލީ ހިތްހަމަޖެހި ހުރެއެވެ. އާދީއްތަ ދުވަހުން ސްކޫލަށް ގޮސް ޓީޗަރަށް އެ ފޮތް ދައްކަން ނިންމަމުން ރައިޝާ ނައިރާގެ ނަމްބަރަށް ގުޅާލިއެވެ. ދެތިންފަހަރަކު ރިންގުވީތަނާހެން ނައިރާ ފޯނު ނެގިއެވެ.

“ހަލޯ.. ކީކޭ..” ނައިރާ ބުނި އަޑު އިވުނެވެ. ފޮތުގެ ގަނޑުތަކެއް އުކާ އަޑު އިވޭތީ ނައިރާވެސް ފޮތް ކިޔަނީކަން ރައިޝާއަށް އެނގުނެވެ. “އާނ.. މީ އަނޭ.. ކެމިސްޓްރީ ފިލާވަޅު ހަދަންވެގެން.. މިއަދު މެންދުރު ނޫޅެވުނީމަ.. މިގަޑީގަ ބިޒީތަ..؟ ރައިޝާ އަހާލީ އަވަހަށް ފިލާވަޅު ނިންމާލާފައި ނިދަން ބޭނުންވާތީއެވެ. “ހޫމް.. އޯކޭ..” ނައިރާގެ ޖަވާބު ކުރެވެ. މިއަދު މެންދުރު މި ގޭގަ ވީ ކަންތަކުންނޭ ހިތަށް އެރުމުން ރައިޝާ ލުއި ހުނުމަކާއެކު ފޮތް ހުޅުވާލިއެވެ. “ކީއްވެ ތި ހެނީ..؟” ޖަވާބު އެނގި ހުރެވެސް ނައިރާ އަހާލިއެވެ. “ނޫނޭ.. ކަމެއް ނުވެ..” ރައިޝާ ޖަވާބު ނުދިނީ ފިލާވަޅާ ދުރަށް ގޮސް ވާހަކައިގައި ޖެހިވިދާނެތީއެވެ. ބަދަލުގައި ނައިރާވެސް ސަފްހާ ނަމްބަރު ބުނެލުމަށްފަހު ރައިޝާއާ ބައިވެރިވެގެން ފިލާވަޅު ހަދަން ފެށިއެވެ. އެ ފިލާވަޅު ހަދާ ނިމުނީ ގަޑިން ނުވަގަޑި ބައިވަނިކޮށެވެ. ފިލާވަޅު ނިމުމުންވެސް ދެ އެކުވެރިން އެތައް އިރަކު ވާހަކަ ދެއްކުމުގައި ތިބެތިބެފައި ފޯނުކޯލް ކުރުކޮށްލީ ގަޑިން ދިހަގަޑި ބައިވުމުންނެވެ. ރޭގަނޑުގެ ތަހުނިޔާ ކިޔުމަށްފަހު ދެމީހުންވެސް ވަކިވެފައި ނިދަން އޮށޯތީ މާދަމާ ފަތިހު އަވަހަށް ތެދުވުމުގެ ބޭނުމުގައެވެ.

*******

އާދައިގެމަތިން ‘ގްރީން މެޑޯވ ހައުސް’އަށް މިއަދުވެސް އިރު އެރީ ރައިޝާއާއި ރިއާޝްގެ ކޯޅުމުންނެވެ. ދެ ބުޅާ ކޯޅޭހެން ކޯޅެން ފެށީ ރޭގައި ޔާޝް ގެނައި ޕިއްޒާއިން ބާކީވެފައި އޮތް އެންމެ ފަހު ފޮތި ލިބޭނީ ކާކަށްތޯ ނިންމުމަށެވެ.

“ރޭގަވެސް ދޮންބެ ކެއީމެއްނު ތިން ފޮތި..” ރައިޝާ ވަލަށް ދަމާލިއެވެ. ބަދަލުގައި ރިއާޝް ވަކި މަޑުން ހުންނާނެހެން ހީވޭހެއްޔެވެ؟ “ރާރާ ދައިތަގަނޑު ކެއީމެއްނު ހަތަރު ފޮތި..” ރިއާޝްވެސް ވަލަށް ދަމާލިއެވެ. “އޭ.. އެއީ ތިން ފޮތްޗާ ދެން ހަތަރު ވަނަ ފޮތި ރީއްތައާ ދެމީހުން ޝެއަރ ކުރީމޭ..” ރައިޝާވެސް ވަކި ދޫކުރާ ޚިޔާލެއް ނުކުރެއެވެ. “އެކަމުވެސް ދޮންބެއަށް ވުރެ ގިނައިން ކޭ ކަމަށް ވާނު..” ރިއާޝް ލޯއަޅާލިއެވެ. “ދެން ދޮންބޭ.. ކުޑަކުދިންނަށް އޯގާތެރިވާން ވާނޭ.. ކުޑަކުދިންނަށް ދޫކޮށްގެންނޭ އުޅެން ވާނީ..” ރައިޝާ ތުންކޮޅު އޫކޮށްލިއެވެ. “ދެން ރާރާ.. ބޮޑެތި މީހުންނަށް އިޙްތިރާމް ކުރަން ވާނޭ..” ރިއާޝް ޕިއްޒާގެ ފޮށިގަނޑުގައި ހިފައި އަނެއްކާވެސް ދަމާލިއެވެ. “ޝެއިޚް.. ތިހާ މަޚްރަޖުން އިޙްތިރާމްއޭ ނުކިޔަސް މަށަށް އިނގޭ ތީ ޤިރާއަތް ލެވެލް ހަތަރެއް ނިންމާފަ ހުރި މީހެއްކަން.. ކޮންމެހެން ތިހާ ފޮނިވާކަށް ނުޖެހޭ..” ރައިޝާ ދޫނެރެލިއެވެ. “އޭ މިއަށް ކިޔާނީ ފޮނިވުމެއް ނޫނޭ.. މިއަށް ކިޔާނީ ދަސްކުރި އެއްޗެއްގެ ބޭނުން އޭގެ އެންމެ ފުރިހަމަ ގޮތުގައި ހިފުން.. ގެޓުވޭޓަ..؟ އާނ ތިކަހަޅަ ގަޅިންނަކަށް ގެޓެއް ނުވާނެއްނު ދޯ.. އެހެންނޫނަސް…” ރިއާޝްގެ ވާހަކަ މެދުކެނޑުނީ ޔާޝް ހަޅޭލަވައިގަތް އަޑަށެވެ. “ކަލޭމެން ދެމީހުން ދެން ތި ދޫކޮށްބަލަ. ދެ ފޮތި ހާފް ކޮށްލާނީއޭ..” ޔާޝް ވާހަކަ ދެއްކިލެއް ބާރުކަމުން ރައިޝާއާއި ރިއާޝްވެސް ޔާޝްއާ ދިމާލަށް ބަލައިލިއެވެ. އެދެމީހުން ރޮއެކޮށްފައިވާ އަލިފާންގަނޑު ބޮޑުކުރަން އަޅާނެ ތެލަކަށް ޔާޝް ވީތާއެވެ. މަޑުމަޑުން “ﷲ އަކްބަރް ކަބީރަން” އޭ ބުނެވުނު އިރު ޔާޝްއަށް ހިންދިރުވާލެވުނެވެ.

“ކުޑަބޭ.. އަޅެ ކުޑަބެ ބުނެބަ މި ލާސްޓް ސްލައިސް ލިބޭނީ ރައިއަށޭ.. މި ދޮންބެގަނޑު ނުދިނޭ..” ރައިޝާ ކުސްތަޅާލިއެވެ. “ނޫން ކުޑަބޭ.. ޔޫ ލަވް މީ މޯރ ދޯ.. އެހެންވީމަ ރައި ކައިރި ބުނޭ އާޝްއަށް މި ފޮތި ދޭށޭ..” ރިއާޝްވެސް ކުސްތަޅާލިއެވެ. “ނޯ ވޭ.. ހީ އޮބްވިއަސްލީ ލަވްސް މީ މޯރ ދޭން ޔޫ…” “ވިލް ޔޫ ބޯތް ޝަޓް އަޕް!!!” ޔާޝް ހަޅެއްލަވައިގަނެފައި އައި ގޮތަށް އައިސް ރައިޝާއާއި ރިއާޝް ދަމަމުން ދިޔަ ޕިއްޒާ ފޮށިގަނޑު ޖަހައިގަތެވެ. އަދި އޭގައި އޮތް ޕިއްޒާ ފޮތި އެއްފަހަރާ އަނގަޔަށް ލުމަށްފަހު ރައިޝާމެންނާ ދިބާލަށް ބަލައިލިއެވެ. “ނައު އީޓް ދެޓް ލާސްޓް ސްލައިސް..” ޔާޝް އެހެން ބުނެފައި އެތަނުން ދިޔައެވެ. ރައިޝާއާއި ރިއާޝްއަށް އެކަކު އަނެކަކާ ދިމާލަށް ބަލައިލެވުނެވެ. އެހެން އިރުކޮޅަކު ތިބުމަށް ފަހު ތުންއަނބުރާލާފައި ދެމީހުންވެސް ގޮސް ދެމީހުންގެ ކޮޓަރިއަށް ވަދެ ދޮރު ތަޅުލިއެވެ. ދުރުން މި މަންޒަރު ބަލަން ތިބި ނުހާއާއި ރީޝާ ތިބީ ހީހީ ހަލާކުވެފައެވެ.

*******

އާދީއްތަ ދުވަހު ސްކޫލަށް ގޮސް ރައިޝާއާއި ނައިރާ ކްލާހަށް ވަނީ އެކުއެކީގައެވެ. ކްލާހަށް ވަދެވުމާއެކު ރައިޝާއަށް އެންމެ ފުރަތަމަވެސް ބަލައިލެވުނީ މާއިޝްގެ މޭޒާ ދިމާލަށެވެ. އެ މޭޒު ހުސްކޮށް ހުރި ތަން ފެނުމުން ރައިޝާއަށް ލިބުނު ހައިރާންކަމުގެ އިހުސާސްގެ މައްޗަށް ކަންބޮޑުވުމާއި، ދެރަ އިސްކުރިއެވެ. ރައިޝާ މާ ވަރަކަށް އެ ދިމާލަށް ބަލަން ފެށުމުން ނައިރާ ކަރުކެހިލާފައި ރައިޝާއަށް ގޮވާލިއެވެ

“އެހެމް އެހެމް.. ޅިޔަނު ހޯދަނީތަ.. ވެދާނެ ބަލިވީ ކަމަށްވެސް.. ހާލު ބަލައިލަން ދާންވާނު ދޯ..” ލާނެތްކަމާއެކު ނައިރާ އެހެން ބުނުމުން ރައިޝާ ލޯ އަޅާލިއެވެ. “ޕިސް.. ސާބަސް.. ދެން ހަމަ ބަލައިލީއޭ.. އެހެންނޫނީ ކޮންމެ ދުވަހަކުވެސް އެންމެ ކުރިން ކްލާހަށް ވަދެ އިންނާނީ އޭނައަށް ވީމަ..” ރައިޝާ އަމިއްލަ ދިފާޢުގައި ވާހަކަ ދެއްކިއެވެ. އެއާއެކު ނައިރާގެ އަނގައިން ބޭރުވީ ލުއި ހުނުމެކެވެ. މާއިޝް އުޅެނީ ބަލިކަމުންނޭ ބުނަން ބޭނުންވިޔަސް އަދި އެހެން ބުނެވޭކަށް ނެތެވެ. މިއަދު މާއިޝް ނައިރާއަށް ގުޅާފައި ސްކޫލަށް ނުދެވޭނެ ވާހަކައާއި، މާއިޝް ނެތުމުން ރައިޝާ ހަދާ ނުހަދާއެއް ބަލައިދިނުމަށް އެދުމުން ނައިރާ އެއްބަސްވިއެވެ. ފާއިތުވީ ދުވަސްތަކުގެ ތެރޭގައި ނައިރާއާއި މާއިޝްގެ ދޭތެރޭގައިވެސް ވަނީ ގާތް ރަޙްމަތްތެރިކަމެއް އުފެދިފައެވެ. ވަރަށް ގިނަ ކަންކަމުގައި ދެމީހުން އެކަކު އަނެކަކަށް އެހީތެރިވެއެވެ. މި ފާއިތުވީ އެއް ހަފްތާގެ ތެރޭގައި ނައިރާއަށް މާއިޝް ވަރަށް ރަނގަޅަށް އެނގި ދަސްވެއްޖެއެވެ. ފޮތުގެ ބޭރުގަނޑު ކިތަންމެ ހަޑިވިޔަސް އެތެރޭގައި ކިތަންމެ ރީތި އެއްޗެއްވެސް ލިޔެފައި އޮވެދާނޭ ބުނާ އުސޫލުން މާއިޝްގެ ބޭރުފުށްވެސް އެތެރެފުށާ ވަރަށް ތަފާތުކަން ނައިރާއަށް ވަރަށް ރަނގަޅަށް އެނގި، ހާމަވެއްޖެއެވެ.

މުޅި ދުވަސް އެއްކޮށް މާއިޝް ނުފެނުމުން ރައިޝާ އިނީ މޫޑު ސަކަރާތްވެފައެވެ. މާއިޝްއަށް ކަމެއް ވީބާއޭވެސް އޭނާގެ ހިތަށް އަރަމުން ދިޔައެވެ. ކުއްޖަކު ކައިރި އަހާލަން އުޅެފައިވެސް އޭނާ މަޑުކޮށްލީ މާއިޝް އެއްވެސް ކުއްޖަކާ ވާހަކަ ނުދައްކާކަން ހަނދާންވުމުންނެވެ. އަނެއްކޮޅުން ނައިރާ ދިޔައީ ރައިޝާގެ ޙަރަކާތްތައް ވަރަށް ގާތުން ބަލަމުންނެވެ. މިއަދު ބްރޭކް ގަޑީގައިވެސް ރައިޝާ އެއްވެސް އެއްޗެއް ނުކައި އިނުމުން ނައިރާ އިނީ ކުޑަކޮށް ހާސްވެފައެވެ. ފިލާވަޅުތަކަށް ދޭންވާ ސަމާލުކަން ނުދެވި، ކޮންމެވެސް ފުން ޚިޔާލެއްގެ ތެރޭގައި އިންނަ ކަންވެސް ނައިރާއަށް ފާހަގަ ވިއެވެ. މީ އެހެންނޫނީ ދުވަހަކުވެސް ރައިޝާ އުޅުނު ގޮތެއް ނޫނެވެ. ރައިޝާ މާއިޝް ދެކެ ހަމަ އެހާ ލޯބިވޭ ބާވައޭ ނައިރާގެ ހިތަށް އެރިއެވެ. ދޭތެރެ ދޭތެރެއިން އޭނާގެ ގާތަށް ހިނި އަންނަނީ ކޮންމެވެސް ލޯބީގެ ލަވަޔަކާ ރައިޝާއާއި މާއިޝްގެ ހަޔާތާ ގުޅުވާލެވުމުންނެވެ. އެހެންނަމަވެސް، މިއަދު ނައިރާގެ އެ ޙަރަކާތްތައްވެސް ރައިޝާއަށް ފާހަގަ ކުރެވޭ ކަމަކަށް ނުވިއެވެ. އެއަށްވުރެ ބޮޑަށް ރައިޝާ އިނީ މާއިޝްގެ ޚިޔާލުތަކަށް ގޮސް ގެނބިފައެވެ. މާއިޝްގެ ހަނދާންތައް އެ ހިތަށް އުނދަގޫކުރަމުން ދިޔައެވެ

ސްކޫލް ނިމުނީކަން އަންގައިދޭ ބެލް އެޅުމުން ހުރިހާ ކުދިންވެސް ދަބަހަށް ފޮތްތައް އަޅާ، ހަމަކޮށް، ހުރިހާ އެއްޗެއް ހިފައިގެން ކްލާހުން ނުކުންނަން ފެށިއެވެ. ނައިރާވެސް ދަބަސް ކޮނޑުގައި އަޅުވާލުމަށްފަހު ރައިޝާއާ ދިމާލަށް ބަލައިލީ ދާން ހިނގާށޭ ބުނަމުންނެވެ. އެހެންނަމަވެސް، އޭރުވެސް ރައިޝާ އިނީ އިން ގޮތަށް ހުއްޓިފައެވެ. ނައިރާ ފުން ނޭވާއެއް ދޫކޮށްލުމަށްފަހު ރައިޝާގެ މޫނުމަތީގައި އަތް ހޫރުވާލުމުން ސިހިފައި ރައިޝާ ތެދުވިއެވެ. އަދި ނައިރާއާ ދިމާލަށް ބަލައިލިއެވެ. “ކޮބާ މެޑަމް.. މަށާ ދިމާލަށް ބަލަންވީކީ ނޫނޭ.. ގެއަށް ދާން ތައްޔާރު ވާންވީ.. މިހާރު އެންމެން އެ ދިޔައީ.. އިރުއޮއްސުނަސް ނުދާންތަ ތި އިންނަނީ..؟” ނައިރާ އަރިކަށީގައި އަތް ވިއްދާލައިފާ ވާހަކަ ދެއްކިއެވެ. “އާނ.. މި ދަނީ..” ރައިޝާގެ ޖަވާބު ސާދާވެފައި ކުރެވެ. “މިއަދު ކެމިސްޓްރީ އިން ދިން ނޯޓްސްތައް ނުލިޔަމެއްނު.. މެކްސް އިން ދިން ޕްރޮބްލެމްތަކާ، ފިޒިކްސްް އިން ދިން ނޯޓްސްތައްވެސް މަ ޑީއެމް ކޮށްލާނަން.. ނޭނގޭ އެއްޗެއް އޮތިއްޔާ މަށަށް ގުޅާ.. މާދަމާ އަންނަ އިރަށް ނިންމައިގެން އަންނާތި..” ނައިރާ ހީވަނީ މިއަދު އެއްކޮށް ރައިޝާ ކުރާ ކަންތައް ޖާސޫސް ކުރަން އިން ހެނެވެ. ރައިޝާ ހިނިތުންވެލާފާ ނައިރާއަށް ޝުކުރު އަދާކުރީ އެހާ ރަނގަޅު އެކުވެރިއެއް ލިބުނީތީ ﷲ އަށް ޝުކުރު ކުރަމުންނެވެ. ގެއަށް ދިޔަ މަގުމަތީގައި ރައިޝާ ޔާޝްމެން ކައިވެނި ކުރަން އުޅޭ ވާހަކަ ނައިރާއަށް ކިޔައިދިނެވެ. މާ ކުރީއްސުރެވެސް ކައިވެންޏަށް ނައިރާއަށް ދަޢުވަތު ދިނީ އެ ދުވަހަކީ ނައިރާއަށް ވަރަށް ޚާއްސަ ދުވަހަކަށް ވާނެކަމާއި، ޚާއްސަ ވަނީ ކިހިނެއް ވެގެން ކަންވެސް ރައިޝާއަށް އެނގޭތީއެވެ. ކޮންމެހެންވެސް ޕާރޓީއަށް އަންނަންވާނެ ކަމަށް ބުނަމުން ރައިޝާ ވަކިވެލި އިރު އެ މޫނުމަތީގައި ވަނީ ހިތްހަމަޖެހުމުގެ ހިނިތުންވުމެކެވެ. ކުޑަ އިރުކޮޅަކަށް ނަމަވެސް، މާއިޝްގެ ޚިޔާލުތަކުން ރައިޝާއަށް ދުރުވެވުނު ވަގުތަކީ އެއީއެވެ.

*******

ގެއަށް ވަތް ގޮތަށް ނައިރާ މިސްރާބު ޖެހީ ކޮޓަރިއާ ދިމާލަށެވެ. ކޮޓަރިއަށްވަދެ، ފެންވަރާ، އެއްޗެހި ބަދަލުކޮށްގެން، ނައިރާ ނަމާދުކޮށްލިއެވެ. ކައިގެން އައިސް އެންމެ ފުރަތަމަވެސް ނައިރާ މާއިޝްގެ ނަމްބަރަށް ޑައިލް ކޮށްލިއެވެ. އެންމެ ފުރަތަމަ ރިންގާއެކު މާއިޝް ފޯނު ނެގިއެވެ. ހީވަނީ މާ ކުރިންވެސް ނައިރާގެ ކޯލެއްގެ އިންތިޒާރުގައި ހުރި ހެންނެވެ.

“ކޮބާ.. ކިހިނެއް ވަނީ..؟” މާއިޝް އަހާލީ ކެތްތެރިކަން ކުޑަވެފައިވާ މީހެއް ފަދައިންނެވެ. އެއާއެކު ނައިރާގެ ހިނިގަނޑު ދިޔައީ ފަޅައިގެންނެވެ. “ބަލަ މަންޖޭ.. ކީއްތަ ވީ.. މަގޭ އަޑު ހަމަ އެހާވެސް ހުތުރީތަ..؟ އަޑު އިވޭ އިރަށް ތި ހޭން ފަށަނީ..؟” މާއިޝް އަހާލިއެވެ. “ހަހަހަ.. ނޫނޭ.. ކަލެއަކަށް ނޭނގޭނެ މިއަދު ރައި އުޅުނު ގޮތެއް.. ކްލާހަށް ވަދެފަ އެންމެ ފުރަތަމަވެސް ބަލައިލީ ކަލޭގެ ޑެސްކާ ދިމާލަށް.. ކަލޭ ނެތްކަން އެނގުނީމަ އެ ފަކީރުގެ މުޅީ މޫޑުވެސް ހުރީ ކަޓާފަ..  މިއަދު އެއްވެސް ލެކްޗަރ އެއް ރަނގަޅަށް އަޑެއް ނާހަ.. ބްރޭކް ގަޑީގަ ލަންޗެއް ނުކައި.. އެއްވެސް ނޯޓްސް އެއް ނުނިންމަ.. ހުވާ މި ބުނީ މަގޭ ހިތަށް އެރި ހަމަ ކަލޭ އެ މަންޖެއަށް ހަދާފަ ހުރި ޖާދޫ މޮޅީއޭ.. ހަހަހަހަ..” ނައިރާ ހުރިހާ އެއްޗެއް އަކުރުން އަކުރަށް ކިޔައިދިން އިރު މާއިޝްގެ ހިތަށް ވަނީ ބަޔާންކުރަން ނޭނގޭފަދަ ހިތްހަމަޖެހުމެއް ލިބިފައެވެ. ރައިޝާގެ ލޯބި ލިބޭނެ ކަމުގެ އުންމީދު އެ ހިތުގައި އާ ވެގެން ދިޔައެވެ. އިރުކޮޅަކު ނައިރާއާ ވާހަކަ ދައްކާލުމަށްފަހު މާއިޝް ފޯނު ކަނޑާލީ ހުރިހާ ނޯޓްސްތަކާއި، ފިލާވަޅުތައް ފޮނުވައިދިނުމަށް އެދިފައެވެ. އެހެންކަމުން ފޯނު ބޭއްވި ގޮތަށް ނައިރާ އަވަސްވެގަތީ ރައިޝާއަށާއި މާއިޝްއަށް ފިލާވަޅުތައް ފޮނުވުމަށެވެ.

*******

ދުވަހަކަށްފަހު ދުވަހެއް ފާއިތުވަމުން ދިޔައީ ރައިޝާގެ ހިތުގައިވާ ބުނުން އިތުރަށް ސާފުކޮށްދެމުންނެވެ. މާއިޝްއާ ދޭތެރޭ އެ ހިތުގައިވާ އިހުސާސްތައް އިތުރަށް ފުންވަމުންނެވެ. އެ ޒުވާން ހިތުގައި މާއިޝްއަށް ދެވިފައިވާ މަތިވެރި މަޤާމު ސިކުނޑިއަށް ޔަޤީންކޮށްދެމުންނެވެ. އާއެކެވެ. އޭނައަށް މާއިޝް ދެކެ ލޯބިވެވިއްޖެއެވެ. ވަރަށް ބޮޑަށް ވެވިއްޖެއެވެ. މާއިޝް ފެންނަ ކޮންމެ ފަހަރަކު ވިންދު އަވަސްވެފައި، މާއިޝް ނެތުމުން އެ ހިތަށް ލިބޭ ފަޅުކަމުން ރައިޝާއަށް ހުރިހާ އެއްޗެއް ފަހުމްވެ އެނގިއްޖެއެވެ. ލޯތްބަކީ ހިތުގައި އުފެދޭ، ތެދުވެރި، ޙަޤީޤީ އިޙުސާސެއްކަން އެނގިގެން ހިނގައްޖެއެވެ. އެހެންނަމަވެސް، އޭނާގެ ހިތް ވަނީ ސުވާލު ތަކުން ފުރިފައެވެ. އޭނާއަށް މާއިޝް ލިބޭނެބާވައެވެ؟ މާއިޝްގެ ލޯބި ޙާސިލްވާނެބާވައެވެ؟ އޭނާގެ ހިތުގެ ޝަކުވާތަކަށް ލުޔެއް ލިބޭނެބާވައެވެ؟ ލޯތްބަކީ އެއްބަޔަކަށް ފޮނި، އަނެއް ބަޔަކަށް ހިތި އެއްޗެއް ކަމަށް ވާނަމަ އޭނާގެ ލޯބި ފޮނިވާނެ ބާވައެވެ؟ ނުވަތަ ހިތިވާނެ ބާވައެވެ؟ ލޯބީގެ ދުނިޔޭގައި އޭނާ ވާނީ ކާމިޔާބު މީހަކަށްބާވައެވެ؟ ނޫންނަމަ، ނާކާމިޔާބު މީހަކަށްބާވައެވެ؟ އޭނާގެ ލޯބި އޭނާއަށް ޙާސިލްވާނެބާވައެވެ؟

ނުނިމޭ…

30

15 Comments

 1. ŘęęśhÅ ÇøřõňÄ

  June 9, 2021 at 6:03 pm

  miothy up vefa ehnnu koyaaa…

  • ŘęęśhÅ ÇøřõňÄ

   June 9, 2021 at 6:19 pm

   miothy up vefa ehnnu koyaaa…ey maadhan cmnt eh kohllalaann ingey bradhaa

  • Nayaa

   June 10, 2021 at 1:18 pm

   hmm i’m waiting for ur cmnt

 2. LamHaa

  June 9, 2021 at 8:13 pm

  V v reethi vaane ingey mi part vx Naayoo ♥️
  Aash n raisha ulhey goiy v majaa.. hehee bandage thadhu vehje.. rai ah vee goiy dhw maaish school ah nudhiyaeema.. rai aa maaish aa avas musthagu balehga gulheyne adhi
  Waiting for the nxt part
  Lyyysssmm loabi kolhu ♥️💕♥️
  Myyysssmmm
  Stay safe and Tc 😘

  • Nayaa

   June 10, 2021 at 1:16 pm

   tyssssmmm lam dhooniii… hehe majaa dhw.. aan rai ah eyoh v gothakun nayaa kairiyah vx hini ai.. hehe… yhh insha allah vrh avahah gulheyne.. keep waiting.. mirey submit koleveythw balaanan.. lymmmm… mymmm… u too ss nd tc

 3. 🌹Ril🌹

  June 9, 2021 at 10:31 pm

  Heyy naayu❤️❤️
  Vrh Sali mi part vxxx❤️❤️
  Masha Allah❤️❤️
  Hehehehe Haada funny eyy mi siblings ❤️🤣🤣🤣🤣❤️❤️
  Maaish vxx aslu haada funny eyy❤️❤️🤣🤣
  Dhw hhahahah❤️❤️
  Vrh Sali Hama ❤️❤️
  Keep it up dhoonee❤️❤️
  Vrh happy vi Alun stry kiyan libuny maa❤️❤️❤️❤️❤️
  Anywayss waiting for the next part ❤️❤️
  Stay safe❤️❤️ and tvgc❤️❤️
  Lysssssmm❤️❤️
  Myssssmmm❤️❤️

 4. Nayaa

  June 10, 2021 at 10:23 am

  salaam dear readers.. hope u liked this prt as well.. next prt insha allah mirey submit kohlaanan.. keep waiting… lots of love from me.. ss and tvgc

 5. Nayaa

  June 10, 2021 at 10:31 am

  in rpl to ril sis…
  tysssssm sisyyy.. hehe vrh majaa dhw… thnx.. yhh maaish vrh funny dhw.. nayaa mi vhk liyun huttaeh nulaana insha allah.. ingeny mashakee kuran hithulaifi konme kameh vx kohfa noonee dhoo nukuraaa meeheh kan dhw 😉 hahaha… yhh will keep it up… thnx a lot sisyyy.. lymmm.. ss and tc

 6. Princess

  June 10, 2021 at 10:36 am

  Nayoooo. Kobaatha mi vhk ge 12 vana part??????

 7. Nayaa

  June 10, 2021 at 10:58 am

  in reply to princess…
  stry ge 12 vana prt iyye noon kuree dhuvau up kurin.. 2 vana page ga innaane…

  • Princess

   June 10, 2021 at 11:41 am

   Ok kiyaifin mihaaru enpartvex v reethi eyyyy test faseyhatha nayoooo?

  • Nayaa

   June 10, 2021 at 1:18 pm

   yhh test vrh faseyha but islam vrh undhgoo quiz mifaharu.. dhaskohfa huri gothakah naadhe enme suvaaleh vx.. 5 suvaalu nubai quiz in… hiyeh nukuran ehaa bodu ehcheh madhuvaane kamakah vx.. ekm business in full libeyne insha allah.. science and dhiehi in vx libeyne iraaadhakurevviyyaa. dhn maths ga dhww…. haha dhn ingeynu dhw.. anyways eby? test faseyhatha?

 8. euphoria

  June 10, 2021 at 2:28 pm

  hellw sis ge loabi loabi shaayan dear…im so srry i knw vrh lahun kan dear ge stry ah sis ah cmmnt eh mi kurevenii bt hama tst dhuvas kolhu v ma bxy kamn cmnnt nukurevign miulhenii…i saw ur cmnnt on the trailer of this stry nd hama bunelan othy vvvvvvvvvvvvvvvvvvvvvvvvv ufaaviey e fenifa… vvvvv ufaavi… nd no need to thnk me ngey hihh varaaeku kohfiyyaa insha allah mikan kaamiyaabu kamaa eku kurumakii undhagu kameh nun.. ekan mihaaru dear prove kohdhemn thi dhanii… dhuvahakah vure dhuvaheh dear ge stry liyumuge hunaru kuri araa kan ufalaaeku faahaga kuran maasha allah….. vvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvv furihama mi vhk….really proud of u…may allah protect ur amazing talent frm evil eyes…mi stry sis ah haassakohli vhk bunelaafa iniima vs vvvv happy vi…feshuniisure vs mi stry kiyan bt cmmnt eh nukurevuniima im really srry fr that dear…..
  adhivs ehfaharu bunelan beynumiiii vvvvvvvvvvvvvvvvvvvvvvvvv furihama ey mi vhk… keep goig insha allah u can do this….. negative cmnnt libunas dont loose ur hope just try to make it perfect than before… prove them that u can aslo be a perfect writer ngeyy… lysssssssssssssmmmmmmmm dearr…. myssssssssssssssmmmmmmmm… stay safe nd take care…

 9. euphoria

  June 10, 2021 at 2:47 pm

  nd hw’s yuh dear??? hope u r doing great…

 10. Nayaa

  June 10, 2021 at 7:51 pm

  OMG OMG OMG….. magey lwbi lwbi euphoria sis gandu… is that really u sisoo?? alhey hama gaboolu vx nukurevey.. omggg… yhhh alhugandu hama baraabaru insha allah… sis khinehtha?vrh ufaa vejje sis ah mee kaaku kan enguneema vx.. i’m sooo happy… hehe
  yhhh i can understand it’s totally fine darl.. aluganduge vx test dhuvaskolhu v ma aslu vvv bxy… aheyyy sis happy ci dhw sis ah dedicate kohfa in tha fenuneema.. u deserve it sisyyyy… u r not just a writer to me, u r like a sister to me… no need to thank ey bunyas just i can’t let it go without thanking u dhw… TYSSSSSSSSSSSSSSSSMMM my dear sisooooo… yess insha allah i will one of the most famous authors in this site like u one day… thnx for ur support sis… will never forget it.. alheyyyyyyy tyssssssssssmmmm dear sisyyy gandooo… alheyy e ok vane cmnt eh nukohlevunas.. remeber when i commented on ur stry for the first time? alhugandu vx buneemennu sorry ey… but sis buneemennu sorry ey nubunaaney evaru kankamah dhw.. hehe… the same goes for u too sis.. cmnt eh nukohevunas stry kiyaalikan enguneema hama vvvv happy…
  THANQ SOOOO MUCHHHH DEAR SISOOOO.. yess insha allah hama migothuga kuriyah dhaanan sis role-model akah balaigen.. i will never loose hope.. alhugandu famous uthor akah vaa dhuvahkun abadhuvx handhaan bahattaanan enme furathama writing ge there ah vannan inspirate kohdhinee sis kan.. yess negative comments akah i won’t stop bcz i have ppl who love me ore than the ppl who hate me… the ppl that hate me r just jealous of me.. that can’t demotivate me bcz i have ppl like u to motivate me.. i could have never come this far without u sis.. u r my whole time biggest inspiration.. yess insha allah hama dhuvahakah vure dhuvaheh liyuntherikan rangalhu kureveythoa alhugandu abadhuvx masakkaiy kuraanan.. thi dhin naseyhaiy thakuga hifaigen hama migothuga kuriyah dhaanan insha allah.. lymmmmmmmmmmmmmmmm nd mymmmmmmmmmmmmmmmm dear sisooooooo… u too ss nd tc…
  THIS COMMENT MADE MY DAY.. IT’S MY FAVOURITE COMMENT OUT OF ALL.. ONCE AGAIN TYSSSSSSSMMM MY DEAR SISYYYYY…

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!