ދުވަހަކަށްފަހު ދުވަހެއް ފާއިތުވަމުން ދިޔައީ ރައިޝާގެ ހިތުގައިވާ ބުނުން އިތުރަށް ސާފުކޮށްދެމުންނެވެ. މާއިޝްއާ ދޭތެރޭ އެ ހިތުގައިވާ އިހުސާސްތައް އިތުރަށް ފުންވަމުންނެވެ. އެ ޒުވާން ހިތުގައި މާއިޝްއަށް ދެވިފައިވާ މަތިވެރި މަޤާމު ސިކުނޑިއަށް ޔަޤީންކޮށްދެމުންނެވެ. އާއެކެވެ. އޭނާ3ަށް މާއިޝް ދެކެ ލޯބިވެވިއްޖެއެވެ. ވަރަށް ބޮޑަށް ވެވިއްޖެއެވެ. މާއިޝް ފެންނަ ކޮންމެ ފަހަރަކު ވިންދު އަވަސްވެފައި، މާއިޝް ނެތުމުން އެ ހިތަށް ލިބޭ ފަޅުކަމުން ރައިޝާއަށް ހުރިހާ އެއްޗެއް ފަހުމްވެ އެނގިއްޖެއެވެ. ލޯތްބަކީ ހިތުގައި އުފެދޭ ތެދުވެރި، ޙަޤީޤީ އިޙްސާސެއްކަން އެނގިގެން ހިނގައްޖެއެވެ. އެހެންނަމަވެސް، އޭނާގެ ހިތް ވަނީ ސުވާލުތަކުން ފުރިފައެވެ. އޭނާއަށް މާއިޝް ލިބޭނެބާވައެވެ؟ މާއިޝްގެ ލޯބި ޙާސިލްވާނެބާވައެވެ؟ އޭނާގެ ހިތުގެ ޝަކުވާތަކަށް ލުޔެއް ލިބޭނެބާވައެވެ؟ ލޯތްބަކީ އެއްބަޔަކަށް ފޮނި، އަނެއް ބަޔަކަށް ހިތި އެއްޗެއް ކަމަށް ވާނަމަ، އޭނާގެ ލޯބި ފޮނިވާނެބާވައެވެ؟ ނުވަތަ ހިތިވާނެބާވައެވެ؟ ލޯބީގެ ދުނިޔޭގައި އޭނާ ވާނީ ކާމިޔާބު މީހަކަށްބާވައެވެ؟ ނޫންނަމަ، ނާކާމިޔާބު މީހަކަށްބާވައެވެ؟ އޭނާގެ ފުރަތަމަ ލޯބި އޭނާއަށް ޙާސިލްވާނެބާވައެވެ؟

***********************

އޮކްޓޯބަރު މަސް ނިމި، ނޮވެމްބަރު މަހަށް އެޅުމާއި އެކުހެން އެކުހެން ރައިޝާއާއި، ނައިރާއަށް ހުސްވަގުތެއް ލިބޭކަމަކަށް ނުވެއެވެ. އަބަދުވެސް އުޅޭނީ ސްކޫލުގައެވެ. ސްކޫލް ގަޑިއެއް ނޫންނަމަ އެކްސްޓްރާ ކްލާސްތަކާއި، ޓިއުޝަންތަކާއި، ފިލާވަޅުތަކުން ދުވަސް އެއްކޮށް އޮންނާނީ ތޮއްޖެހިފައެވެ. އަހަރުގެ ފައިނަލް އެގްޒާމްތައް ފެށެން ހަފްތާއަކަށް ވުމާއެކުހެން ކާންވެވެސް ވަގުތެއް ލިބޭ ކަމަކަށް ނުވެއެވެ. އަރާމު ކުރުމާއި، ނިދުމަކީ ރައިޝާމެންނަށް މުޅިން ބީރަށްޓެހި ކަމަކަށްވެ، ނިމިއްޖެއެވެ. ބައެއްފަހަރު މާ ބޮޑަށް ބޯ ހާސްވުމުގެ ސަބަބުން މީހުންނާ ދިމާލަށް ބާރަށް އެއްޗެހި ބުނެވޭ ފަހަރުވެސް އާދެއެވެ. އެހެންނަމަވެސް، އާއިލާ މެމްބަރުންގެ އެއްބާރުލުމާއި އެކު ރައިޝާއާއި، ނައިރާގެ މަޤްސަދަކަށްވީ މައިންބަފައިން ފަޚުރުވެރިވާ ވަރުގެ މޮޅު ނަތީޖާއެއް ހޯދުމެވެ. އެ ޢަޒުމުގެ މަތީގައި ފައިތިލަ ސާބިތުކޮށް، އިތުރު އެހެން އެއްވެސް ކަމަކާ ނުވިސްނާ ރައިޝާއާއި ނައިރާގެ ހުރިހާ ވަގުތެއް ހުސްކުރަމުން ގެންދިޔައީ ކިޔެވުމަށެވެ. ލޯބީގެ ކަންކަމާއި، ދުރުވެލާ ހުރިހާ ސަމާލުކަމެއް ހަމައެކަނި ކިޔެވުމަށް ހުސްކުރަން ބޭނުންވި ނަމަވެސް، މާއިޝްގެ ހަނދާންތައް އަބަދުވެސް ރައިޝާގެ ހިތުގެ ކަނެއްގައި ފޮރުވިފައި ވެއެވެ. ނައިރާގެ ޙާލަކީވެސް މިއެވެ.

*******

އެނދުމަތީގައި ފޯނު ހިފައިގެން ކުޅެން އޮތް މާއިޝްއަށް ސިހުމެއް ލިބުނީ ކޮޓަރީގެ ދޮރުގައި ޓަކި ޖަހާ އަޑު އިވުމުންނެވެ. ތަޅުނުލާ ހުރުމުން ހުޅުވާށޭ ބުނެވުނީ ދޮރު ހުޅުވަން ދާން ބޮޑު ކަމަކަށް ވުމުންނެވެ. ދޮރު ހުޅުވި މާނާ އެއްފަހަރު މާއިޝްއާ ދިމާލަށް އަނެއް ފަހަރު ކޮޓަރި ތެރެއަށް ބަލައިލުމަށްފަހު ދެފަރާތަށް ބޯހޫރުވާލީ ކޮޓަރިތެރެ އޮތް ގޮތުން ބޮލަށް އުނދަގޫވާތީއެވެ. ކިތަންމެ ވަރަކަށް ނަސޭހަތް ދިނަސް، މާއިޝް ބަދަލު ނުވާނެކަން އެނގޭތީ ޕިސް ތަޅާލިއެވެ.

“ދޮންތަ ކަމަކުތަ..؟” މާއިޝް އަހާލީ މާނާ އެއްޗެކޭ ނުބުނެ ހުރުމުންނެވެ. ކުރަން އައި ކަންތަކުގެ މަތިންވެސް މާނާ ހަނދާންވީ އެވަގުތުއެވެ. “އާނ.. ޑޭޑް ބުނީ ގޮސްބަލާށޯ.. މާޝްއާ ވާހަކަ ދައްކާލަން ވެގެން..” މާނާ އެހެން ބުނުމާއި އެކު މާއިޝްގެ މޫނުމަތީގައި ކުރެހުނީ ފޫހިކަމުގެ ކުލަވަރުތަކެވެ. މިތަން ވަރަށް ރަނގަޅަށްވެސް މާނާއަށް ފެނުނެވެ. ދާން ނުދާން ކަހަލަ ގޮތަކަށް އޮވެފައި، މާއިޝް ތެދުވީ ނުގޮއްސިނަމަ، އަންނާނެ ރޯޅި އެނގޭތީއެވެ. މާއިޝް ދޮރުން ބޭރަށް ނުކުންނަން އުޅުމުން މާނާ މާއިޝްގެ އަތުގެ މުލައްދަނޑީގައި ހިފާ ހުއްޓުވިއެވެ. މާއިޝް މާނާއާ ދިމާލަށް ބަލައިލުމަށްފަހު އެއްބުމަ އަރުވާލީ ކިހިނެއްވީހެއްޔޭ އަހާލާ ފަދަ ގޮތަކަށެވެ. “މާޝް.. ޔޫ ނޯ ދޯ.. ޑޭޑްގެ ގޮތް އިނގޭނު މާޝްއަށްވެސް.. ޑޯންޓް ޓްރައި ޓު ބީ އެރޮގެންޓް އިންފްރޮންޓް އޮފް ހިމް.. ޑޯންޓް ޓޯކް ބެކް ޓު ހިމް.. އޯކޭ..؟” މާނާ ބުނެލީ އަމާންގެ ގޮތް ވަރަށް ރަނގަޅަށް އެނގޭތީއެވެ. އަމާންގެ ފަރާތުން މާއިޝްއަށް އެއްވެސް ކަހަލަ ގެއްލުމެއް ވާން ނޭދޭތީއެވެ.

“އައިލް ބީ ފައިން ސިސީ.. އެއީ މުޙައްމަދު އަމާން ވިއްޔާ މީ މުޙައްމަދު އަމާންގެ ދޮށީ ފިރިހެން ދަރިފުޅު މާއިޝް މުޙައްމަދު އަމާން.. އައި ހޭވް ހިޒް ލާސްޓް ނޭމް.. ސޯ، ސަމްޓައިމްސް އައި ޝުޑް ބީ ލައިކް މައި ޑޭޑް ރައިޓް…؟ ދެން އޮންލީ ހީ ވިލް ބީ ޕްރައުޑް އޮފް މީ..” ހިނިތުންވެލުމަށްފަހު މާނާގެ ކޮލުގައި ހިފާލުމަށްފަހު މާއިޝް، ކޮޓަރިން ނުކުމެގެން ދިޔައެވެ. މާއިޝް ދިޔުމުން މާނާއަށް ދެފަރާތަށް ބޯހޫރުވާލެވުނެވެ. “ގޯޑް.. ދިސް ކިޑް.. މި ކުއްޖާ އެ އުޅެނީ ބައްޕަ އަތުން މަރުވާނެ ގޮތެއް ނޭނގިގެން..” ފުން ނޭވާއެއް ބޭރުކޮށްލުމަށްފަހު މާނާވެސް ކޮޓަރިން ނުކުންނަން ހިނގައިގަތެވެ. އެހެންނަމަވެސް، މާއިޝްގެ ކޮޓަރި ތެރެ އޮތް ގޮތް ފެނިފައި މަޑުކޮށްލެވުނެވެ. ފުން ނޭވާއެއް ބޭރުކޮށްލަމުން މާނާ އެ ކޮޓަރި ސާފުކުރަން ފެށީ އޮތް ގޮތުން ބޮލަށް އުނދަގޫ ވާތީއެވެ. ކިތަންމެ ވަރަކަށް ކިޔަސް މާއިޝްގެ އަމިއްލަ އަތުން އެ ކޮޓަރި ސާފު ނުކުރާނެކަން އެނގޭތީއެވެ.

*******

ސިޑިން ފޭބުމަށްފަހު މާއިޝް ފުން ނޭވާއެއް ބޭރުކޮށްލީ ބައްޕައާ ކުރިމަތިލުމަށް ތައްޔާރު ވެލަމުންނެވެ. އޭނާގެ ބައްޕަގެ ގޮތް އެންމެ ރަނގަޅަށް އެނގޭ އެކަކަށް އޭނާ ވުމުން މާއިޝް ސޯފާގައި އިން އަމާންގެ ކައިރިއަށް ދިޔައީ ވަރަށް ފުރިހަމައަށް ތައްޔާރު ވަމުންނެވެ.

މަޑު ހިނގުމެއްގައި އޭނާގެ ކައިރިއަށް އައި މާއިޝްއާ ދިމާލަށް ބަލައިލަމުން އަމާން އަތުގައި ހުރި ކޮފީ ތަށި ސޯފާގެ ކުރިމަތީގައި ހުރި ބިއްލޫރި، ވަށް މޭޒު މަތީގައި ބަހައްޓާލިއެވެ. ކަރުގައި އަޅާފައިވާ ޓައީގައި ހިފައި، ކުޑަކޮށް ދޫކޮށްލަމުން އަމާން އޭނާގެ ވާހަކަ ފެށިއެވެ.

“މާއިޝް..” އަމާން ގޮވާލި އަޑަށް އިސްޖަހައިގެން ހުރި މާއިޝް ހަމަ އެކަނި ހޫމް ލައްވައިލިއެވެ. މާއިޝްގެ މި ޢަމަލު ފެނި، އަމާން ކުޑަކޮށް ހިތްހަމަ ނުޖެހޭ ގޮތްވިއެވެ. “މާއިޝް.. ތީތަ ބޮޑު މީހަކު ވާހަކަ ދެއްކުމުން ޖަވާބުދާރީ ވާން ޖެހޭ ގޮތަކީ..؟” އަމާންގެ އަޑު އައީ ހިނދަކަށްވުރެ ހިނދެއް ބާރުވަމުންނެވެ. އޭރުވެސް މާއިޝް ހުރީ އިސްޖަހައިގެންނެވެ. އަމާން އެއްޗެކޭ ކިޔާކަންވެސް ނޭނގޭ ފަދައެވެ. “މާއިޝް! މާއިޝްއާއޭ ބައްޕަ މި ވާހަކަ ދައްކަނީ..” އަމާން އިތުރަށް އަޑަށް ބާރުލަމުން އެހެން ބުނި އިރުވެސް މާއިޝްގެ ފަރާތުން އެއްވެސް ޖަވާބެއް ނައެވެ. ފުން ނޭވާއެއް ބޭރުކޮށްލަމުން އަމާން ރުޅި ކޮންޓްރޯލް ކުރެވޭތޯ ބެލިއެވެ. “މާއިޝް.. ކިޔެވުމުގެ ކަންތައް ދަނީ ކިހިނެއް..؟” އަމާން މިފަހަރު އަހާލީ ތަންކޮޅެއް މަޑުންނެވެ. “ރަނގަޅު..” މާއިޝް ބެލީ ވީހާވެސް ކުރުކޮށް ޖަވާބު ދެވޭތޯއެވެ. މާއިޝްގެ ހުރި ބޯހަރުކަމާއި، ފަރުވާކުޑަ ކަން ފެނި އަމާން އިހުނަށްވުރެ ރުޅި ގަދަ ވާން ފެށިއެވެ. “ރަނގަޅު؟ މިހެން އެކަނި މާއިޝްއަށް ބުނެވެނީ..؟ ބައްޕައަށް ޔަޤީން މާއިޝް މިއިން ދުވަހަކު ފޮތެއްގަ އަތް ނުލާކަންވެސް.. އެންމެ ފަހުން ނެގި ޓެސްޓުންވެސް ފަންސާހަށް ވުރެ މަތިން ލިބުނުތަ…؟” މަލާމާތުގެ ރާގަކަށް އަމާން އެހެން ބުމުން މާއިޝްގެ ލޭ ކެކިގަތެވެ. އިތުރަށް ބައްޕަ އޭނާ ލަދުގަންނަވާލާ، ބޭޒާރުކޮށްލުމުގެ ފުރުސަތެއް ނުދޭނަމޭ އޭނާގެ ހިތަށް އެރިއެވެ. އަމާންއަށް ޖަވާބު ދޭން އޭނާ ތައްޔާރު ވީ އެހެންވެއެވެ.

“ބައްޕާ.. އަޅުގަނޑުގެ ކުށްތަކާއި، ހަދާ ގޯސްތަކުގެ ވާހަކަ ދައްކާއިރު އެންމެ ފަހަރަކުވެސް ބައްޕަ ވިސްނާލިންތަ ބައްޕައަށް ހެދޭ ގޯސްތަކާއި މެދު..؟ އެންމެ ކުޑައިރުއްސުރެ މިއަދާ ހަމައަށް.. މިއަދާ ހަމައަށްވެސް އަޅުގަނޑަކަށް ބައްޕައެއްގެ ލޯތްބަކީ ކޯއްޗެއްކަމެއް އެނގިފަކާ ނެތް.. ބައްޕަ ހީކުރަނީ މުއްސަނދި ކަމުންނާއި ތަނަވަސް ކަމުން ހުރިހާ އުފަލެއް ލިބުނީ ކަމަށްތަ..؟ ބައްޕަ ހީކުރަނީ ފައިސާއަކީ މުޅި ދުނިޔެ ކަމަށްތަ..؟ ދުވަހަކުވެސް ބައްޕަ އަހާލިންތަ އަޅުގަނޑުގެ ހާލު ކިހިނެއްތޯ..؟ ދުވަހަކުވެސް ބައްޕަ އަހާލިންތަ އަޅުގަނޑު ހުރީ ކައިގެންތޯ..؟ އެންމެ ކުޑަމިނުން އަޅުގަނޑާ ދިމާލަށް ދުވަހަކުވެސް ދަރިފުޅާއޭ ކިޔާފަ ގޮވާލިންތަ..؟ ނޫން.. ބައްޕަ ހީކުރަނީ މި މުއްސަނދި ކަމުން އަޅުގަނޑަށް ހުރިހާ އުފަލެއް ލިބޭ ކަމަށްތަ..؟ ބައްޕަ ހީކުރަނީ އަޅުގަނޑު ބޭނުްވަނީ އަގުބޮޑެތި އެއްޗެއްސާ، ތަނަވަސް ދިރިއުޅުމެއް ކަމަށްތަ.؟ ނޫން ބައްޕާ.. މި މުއްސަނދިކަމާއި، ތަނަވަސްކަން މިހާރުވެސް އަޅުގަނޑުގެ އަތުން ނިގުޅައިގަތަކަސް އަޅުގަނޑުގެ އެއްވެސް ފަރުވާލެއް ނެތް.. އެއްވެސް ޝަކުވާއެއް ނެތް.. އެކަމަކު، ބައްޕަގެ ލޯބި.. މި ހުރިހާ އެއްޗެއް ޤުރުބާން ކޮށްފައި ބައްޕަގެ ލޯބި ލިބޭނެ ނަމަ، އަޅުގަނޑު އުފަލާއެކު އެކަން ކުރާނަން.. އެއްވެސް ފަސްޖެހުމެއްނެތި ކުރާނަން.. ބައްޕަގެ ހުރިހާ ވަގުތެއް އަބަދު ވިޔަފާރީގެ ކަންކަމުގައި ހޭދަކުރާއިރު އެއްފަހަރުވެސް ހަނދާންވިތަ ބައްޕަގެ އަންތބެއް ހުރިކަން..؟ ބައްޕަގެ ތިން ދަރިން އެބަ ތިބިކަން..؟ ބައްޕަގެ އާއިލާއެއް އޮތް ކަން..؟ އެމީހުންނަށް ބައްޕަ ތި ހޯދާ ފައިސާއަށްވުރެ ބައްޕަގެ ލޯތްބާ އަޅާލުން މުހިންމުކަން..؟ ނޫން.. މިއަދު ތިގޮތަށް މަހުޖަނެއްހެން އުޅެވިދާނެ.. އެކަމަކު މާދަމާ މަރުވެގެން ދާއިރު މި މުދަލުގެ ތެރެއިން ޒައްރެއްގެ މިންވަރުވެސް ނުގެންދެވޭނެ.. ހަމަ އެކަނި ގެންދެވޭނީ ކުރާ ހެޔޮ ޢަމަލުތައް.. ވިސްނާ ބައްޕާ.. ތައުބާވޭ.. މާދަމާވެސް ބައްޕަގެ އަތުން މި ތަނަވަސްކަން އަތްލުމުގެ ކުޅަދުންވަންތަކަން މާތް ﷲ އަށް ލިބިގެން ވޭ.. ބައްޕާ.. ބައްޕަ ތިގޮތަށް އުޅެފައި ދެން އަޅުގަނޑާ ދިމާލަށް ބުނެވޭނެ އެއްޗެއް އެބަ އޮތްތަ..؟ ބައްޕަ ހިތުން ބައްޕައަކީ އެންމެ މޮޅު މީހާއޭ ހީވިޔަސް–” މާއިޝް ދައްކަމުން ދިޔަ ވާހަކަ މެދުކެނޑުނީ އަމާންގެ އަތުން މާއިޝްގެ ކޮލަށް އަރައިގެން ދިޔަ ހޫނު ޙަމަލާއިންނެވެ.

ޤަބޫލު ނުކުރެވިފައި ހުރެ މާއިޝްއަށް އަމާންއާ ދިމާލަށް ބަލައިލެވުނެވެ. މާއިޝްގެ އިތުރުން އެތާ ހުރި މާހީންއަށްވެސް އަނގަމަތީގައި އަތް އަޅާލެވުނީ ޤަބޫލު ނުކުރެވިފައި ހުރެއެވެ. މިވީހާ ތަނަށް މާއިޝްއާ ދިމާލަށް އަމާން ކިތަންމެ ވަރަކަށް ހަޅޭއްލަވައި ހެދިޔަސް، މާއިޝްއަށް އަނިޔާއެއް މި ކުރީ އަދި އަލަށެވެ. އެވަގުތު ސިޑިން ފައިބައިގެން އައި މާނާއަށްވެސް އަމާންގެ އެ ކުއްލި ޢަމަލު ފެނި، ލިބުނު ސިހުމުން ދެލޯ ބޮޑުކޮށްލެވުނެވެ. މާއިޝްގެ ވާހަކަ އިވިފައި، ކަރުނަ ފާއްދާލި އެ ދެލޮލުގައި ރުޅިވެރިކަމުގެ އަލިފާން ކަނި ބުރަން ފެށީ އަމާންގެ އެ ޢަމަލު ފެނިފައެވެ. ފުރާނަ ފަދައިން ލޯބިވާ އޭނާގެ ކޮއްކޮގެ މޫނުމަތީގައި ޖެހީތީ އަމާން ދެކެ ރުޅި އާދެވުނެވެ. ގޮސް، މާއިޝް އެ ބުނީ ދޮގު ވާހަކައެއް ނޫނޭ ކިޔާ ހަޅޭއްލަވައިގަންނަން ބޭނުން ވިޔަސް މާނާއަށް އަމާންއާ ކުރިމަތި ލުމުގެ ހިތްވަރެއް ނުލިބުނެވެ. މާނާއަށް ކުރެވުނުހާވެސް ކަމަކީ ދުރުގައި އެ މަންޒަރު ބަލަން ހުރުމެވެ.

“ބައްޕާ…” މާއިޝްއަށް ވައި އަޑުން ބުނެވުނެވެ. އޭރު އަމާން ޖެހިލެއް ބާރުކަމުން މާއިޝްގެ ތުންފަތް ފަޅައިގެން ގޮސް ލޭ އަންނަމުން ދިޔައެވެ. ފިރހެނަކަށް ވިޔަސް ކެތްވާނީ ވަކި ވަރަކަށެވެ. ކިތަންމެ ހިތްވަރު ގަދަވިޔަކަސް، މާއިޝްއަށްވެސް އަބަދު އޭނާގެ އިޙުސާށްތައް ފޮރުވައިގެން ނޫޅެވޭނެތާއެވެ. ބައްޕަގެ އެ އަނިޔާވެރި ޢަމަލުން އެ ހިތުގައި ރިއްސާލިކަމަށް އެވަގުތު މާއިޝްގެ ލޮލުން ފައިބައިގަތް ކަރުނަތައް ހެކިވާނެއެވެ. އެހެންނަމަވެސް، މި މަންޒަރު ފެނި، އަމާންގެ ހިތަށް ކުޑަވެސް އަސަރެއް ކުރިހެނެއް ހިޔެއް ނުވެއެވެ. މާއިޝް މަސަލަސްކޮށް، މާއިޝްގެ ކިބައިން މައާފަށް އެދުމުގެ ބަދަލުގައި އަމާން އަނެއްކާވެސް މާއިޝްއާ ދިމާލަށް ހަޅޭއްލަވައިގަތީއެވެ. “މާއިޝް! ހަމަ މިހާރު ކޮޓަރިއަށް ދޭ! ސްކޫލަށް ދާން ނޫން ގޮތަކަށް ޓެސްޓުތައް ނިމެންދެން ކޮޓަރިން ނުކުމެގެންނެއް ނުވާނެ! ޓެސްޓުތަކުން ބައްޕަ ބޭނުންވާ ވަރަށް މާރކްސް ނުހޯދިއްޖެއްޔާ–” އެހިސާބަށް ބުނެވުނު ތަނާހެން މާއިޝް އަމާންއަށް ފަސްދީފައި ހިނގައިގަތެވެ. ސިޑި ކައިރީގައި ރޮވިފައި ހުރި މާނާއާ ދިމާލަށް ބަލައިލުމަށްފަހު، ތިމަންނަ ރަނގަޅޭ ބުނާ ފަދަ ގޮތަކަށް ހިނިތުންވެލިއެވެ. މާއިޝް ގޮސް ކޮޓަރިއަށް ވަންނަން ދެންވެސް މާނާއަށް ހުރެވުނީ ބަލާށެވެ.

“އޭނަ ހޯދަން ގޮސްގެންނެއް ނުވާނެ.. އެގޮތަށް ބޮޑާހާކާ ކޮންމެ ފަހަރަކު މާހީން ކުޑަކުއްޖެއްހެން ގެންގުޅޭތީ ބޮޑުވާން ދަސްނުވެފައި އެ ހުންނަނީ..” އަމާން ހީވީ އިންޒާރެއް ދިންހެންނެވެ. މާހީންއަށް ކުރެވުނުހާވެސް ކަމަކީ ބޯޖަހާލުމެވެ. އެއާއެކު ދެން ފެނުނީ ސޯފާ މަތީގައި އޮތް ކޯޓު ހިފައިގެން އަމާން ކޮޓަރިއާ ދިމާލަށް މިސްރާބު ޖެހި ތަނެވެ. އަމާން ދިޔުމާއެކު މާހީން ކަބަޑުން ފަރސްޓް އެއިޑް ބޮކްސް ހިފައިގެން ގޮސް ސިޑި ކައިރިއަށް ދިޔައެވެ. އަމާން ބުންޏެއް ކަމަކު، އޭނާއަށް ދަރިފުޅާ ދުރުގައި ހުރެވޭނެހެއްޔެވެ؟ ނޫނެކެވެ. މައިންނަކީ ލިބޭހާ އިންޒާރަކަށް ގޮތް ހުސްވެފައި ތިބޭހާ ނިކަމެތި ބައެއް ނޫނެވެ. ދަރިފުޅާއި މެދުގައި ހިތުގައި އުފެދިފައިވާ މައިވަންތަކަމުގެ ލޯތްބާއި، ކުލުނަކީ އެއަށްވުރެ މާ ވަރުގަދަ ބާރެކެވެ. ފެންކަޅިވެފައިވީ ދެލޯ ފުހެލަމުން މާހީން ސިޑިން އަރަން އުޅެނިކޮށް ހުއްޓުވީ މާނާއެވެ. “މަންމަ ދޭ އިހަށް ރެސްޓް ކޮށްލަން.. އަހަރެން ދާނަން މާޝްއަށް ފަރސްޓްއެއިޑް ދޭން..” ގަދަކަމުން ކަހަލަ ގޮތަކަށް ހިނިތުންވެލަމުންް މާނާ ބުނެލިއެވެ. އެއާއެކު މާހީންވެސް ހިނިތުންވެލާފައި ފަރސްޓްއެއިޑް ފޮށި މާނާއާ ހަވާލު ކުރިއެވެ. މާނާގެ ބޮލުގައި ފިރުމާލުމަށްފަހު، މާހީން ކޮޓަރިއަށް ދިޔައީ އަމާން ގޮވާ އަޑު އިވުމުންނެވެ.

*******

ފުން ނޭވާއެއް ދޫކޮށްލުމަށްފަހު މާނާ މާއިޝްގެ ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. އެވަގުތު ފެނުނު މަންޒަރަކުން އޭނާގެ ހިތް ކުދިކުދިވި ކަހަލައެވެ. އެނދުމަތީގައި މާއިޝް ދެފައި މޭގައި ޖައްސާލައިގެން އިނީ މޫނު ފޮރުވާލައިގެންނެވެ. ދެންމެ މާނާ ސާފުކުރި ކޮޓަރި ތެރެ މިހާރު ވަނީ އެފުށް މިފުށަށް ޖަހާފައެވެ. މާއިޝްއާ ކައިރިވަމުން ދިޔަ ވަރަކަށް މާނާގެ ހިތް އިތުރަށް ކުދި ކުރަމުން ދިޔައީ އިވޭ މަޑު ގިސްލުމުގެ އަޑުންނެވެ. މާއިޝްއަކީ ކޮންމެ ކޮންމެ ކަމަކާ ރޯ ކުއްޖެއް ނޫނެވެ. ވަރަށް ހިތްވަރު ގަދަވާނެއެވެ. އެހެންނަމަވެސް، އިންސާނަކަށް ކެތް ކުރެވޭނީވެސް ވަކި ވަރަކަށް ނޫންހެއްޔެވެ؟ މާއިޝް އިން ގޮތް ފެނި މާނާގެ ލޮލަށްވެސް ކަރުނަތައް ބޮނޑިވެގަތެވެ. އޭނާގެ ކޮއްކޮ އަމިއްލަ ދިފާޢުގައި ވާހަކަ ދެއްކުމުންވެސް ލިބުނީ އަނިޔާއެވެ. އެހެންނަމަވެސް، ކޮއްކޮއަށްޓަކައި ހިތްވަރު ކުރަމުން މާނާ ގޮސް މާއިޝްގެ ކައިރީގައި އެނދުމަތީގައި އިށީނދެލިއެވެ.

“މާޝް…” މާނާ މަޑުމަޑުން ގޮވާލިއެވެ. މާއިޝްގެ ޖަވާބެއް ނައުމުން މާނާ ދެވަނަ ފަހަރަށްވެސް ގޮވާލިއެވެ. އެއާއެކު މާއިޝް މޫނު ހިއްލައިލިއެވެ. އެ މޫނު ފެނުމުން މާނާގެ ލޮލުން ކަރުނަތައް ފައިބަތީ އެއްވެސް އިޚްތިޔާރަކާ ނުލައެވެ. މާއިޝްގެ މުޅި މޫނުމަތީގެ ދިރުން ވަނީ ގެއްލިފައެވެ. ރޮއެފައި ހުރުމުގެ ސަބަބުން ދެލޯ ވަނީ ރަތްވެ، ދުޅަވެފައެވެ. މޫނުމަތީގައި އެއްވެސް ދިރުމެއް ނެތެވެ. ކަނާތު ކޯ ހުރީ ރަތްވެފައެވެ. އެ ދިމާލުން ތުންފަތް ފަޅައިގެން ގޮއްސަ ހުރި ތަނުން އައިއްސަ ހުރި ލޭތައް ހުރީ ހިކިފައެވެ.

މާނާ ފަރސްޓް އެއިޑް ބޮކްސް ހުޅުވާލަމުން މާއިޝްއާ ކައިރިއަށް ޖެހިލިއެވެ. އަދި ކަފަކޮޅަކުން ލޭތަށް ސާފުކޮށްލިއެވެ. ދެން ކުޑަ ކަފަކޮޅަކަށް ޑެޓޯލްކޮޅެއް އަޅާލުމަށްފަހު ތުންފަތުގައި މަޑުމަޑުން ޖައްސާލިއެވެ. ކަފަކޮޅު އައިސް ހަމަ ޖެހުމާއެކުހެން މާއިޝްގެ އަނގައިން ވޭނީ އާހުގެ އަޑެއްް ނުކުތެވެ. މާއިޝްއަށް ތަދުވީކަން އެނގުމުން މާނާ ވަރަށް ފަރުވާތެރިކަމާއެކު ތުންފަތް ސާފުކޮށްލުމަށްފަހު ބޭސް ހާކާލަދިނެވެ. އެ ހުރިހާ އިރަކުވެސް މާއިޝް އިނީ އިންގޮތަށެވެ. މާނާ ބޭސް ހާކާ ނިންމާލުމަށްފަހު ފަރސްޓް އެއިޑް ބޮކްސް ހިފައިގެން އެނދުން ތެދުވިއެވެ. ފުން ނޭވާއެއް ދޫކޮށްލުމަށްފަހު، މާއިޝްގެ ބޮލުގައި ފިރުމާލާފައި ކޮޓަރިން ނުކުތީ މާއިޝްއަށް އެކަނިވެލާނެ ވަގުތުކޮޅެއް ދިނުމުގެ ގޮތުންނެވެ. މިވަގުތު މާއިޝްގެ ހިތުގައި އަޅާނެ ވޭން އޭނާއަށް އިޙުސާސް ކުރެވޭތީއެވެ.

*******

މާނާ ނުކުތުމާއި އެކުހެން މާއިޝްގެ ބަޑި ފަޅައިގެން ދިޔައެވެ. ބައްޕަ އޭނާ ދެކެ އެހާ ނަފްރަތު ކުރަން ޖެހުނީ ކީއްވެބާވައޭ ހިތަށް އެރިއެވެ. އޭނާ ހަމައެކަނި އިއްވާލީ އޭނާގެ ހިތުގެ އަޑެވެ. ބޭރުކޮށްލީ ހިތުގެ އުދާސްތަކެވެ. ކިޔައިދިނީ ހިތުގެ ޝަކުވާއެވެ. އެހެންނަމަވެސް، ބަދަލުގައި އޭނާއަށް ލިބުނީ ވޭނެވެ. ހިތާމައެވެ. ޒަޚަމެވެ. ބައްޕަގެ އެ ވިހަ ގަދަ ބަސްތަކުންނާއި. އަނިޔާވެރި ޢަމަލުން މާއިޝްގެ ހިތުގައި ބައްޕައާއި މެދު ނަފްރަތު އުފެދުނެވެ. ކުޑައިރުއްސުރެ މިއަދާ ހަމައަށްވެސް، ބައްޕަގެ ކުރިމައްޗަށް އަރާ ކޮންމެ ފަހަރަކުވެސް، އޭނާ ކުރިމަތިލާން ޖެހެނީ ބައްޕަގެ ތޫނު ޚަންޖަރެއް ފަދަ ވިހަގަދަ ބަސްތަކުންނެވެ. އެ އަނިޔާވެރި ބަސްތަކުން މިއަދާ ހަމައަށްވެސް އޭނާގެ ހިތަށް ލިބިފައިވާ ޒަޚަމްތައް ވަނީ ނުފިލާނޭ ބޮޑެތި ކޫރުތަކަކަށް ބަދަލުވެފައެވެ. ކުޑައިރުއްސުރެ ނުލިބިފައިވީ ބައްޕަގެ ލޯތްބަށް އޭނާ ފެންބޮވައިގަނެފައިވީ ވަރު އިނގޭނީ ހަމަ އޭނާއަށެވެ. އެހެންނަމަވެސް، އޭނާ އަދިވެސް ހިތްވަރުކުރާނެވެއެވެ. ބައްޕަގެ ލޯބި ލިބެންދެން އޭނާ ކެތްކުރާނެއެވެ. ބައްޕައަށް ވިސްނި، ތައުބާވާނެ ދުވަހަކަށް އޭނާ އިންތިޒާރު ކުރާނެއެވެ. އޭނާގެ ހިތުގެ ޝަކުވާތަކަށް ލުޔެއް ލިބޭތޯ ﷲ ގެ ޙަޟްރަތުގައި ކެތްތެރިކަމާއެކު ދުޢާ ދަންނަވާނެއެވެ.

ނުނިމޭ…

27

9 Comments

 1. Princess

  June 13, 2021 at 3:19 pm

  Wow v salhi mi Bai alheyyyy maaish ge bappa haadha goahey dhw 😭😭😭😭😭 Hama fen kalhi vegge 😭😭😭😔😔😔😔

 2. Nayaa

  June 13, 2021 at 3:53 pm

  Salaam dear readers.. How r u all? Hope u r all keepin’ fine.. Here is the 14th part and hope u gys loves this part as well.. next part liyumuge masakkaiy alhugandu mihaaru mi dhanee kuramun.. liye nimunuhaa avakah mirey submit kohleveythw vrh balaanan insha allah.. ss and tc.. lysssssmmmm

 3. Nayaa

  June 13, 2021 at 3:54 pm

  In reply to princess…
  Tysm kudahthaa.. Yes Maaish ge bappa haadha goahey dhw.. nayaa vx vrh dhera vejje.. ly.. ss

 4. 🌹Ril🌹

  June 13, 2021 at 6:11 pm

  Eyyyyyyy naayuuuu koyaa ingeytha miadu mee konduvaheh Kan .💜💜💜 Today is BTS 8 th anniversary. I am so exited . 💜💜I did wish them though but they may not see my wishes 💜💜💜💜. But I am soooo happpy. ❤️❤️💜💜💜💜💜
  Stry ah jehilaana . ❤️❤️
  Masha Allah vrh reethi mi part vxx as usual ❤️❤️❤️❤️❤️❤️
  Keep it up .❤️❤️❤️❤️❤️
  Aleyyy maaish dad haadha nulafaeyy. 😤😤😒😒😒😒😒😒😒😁😁😆😆
  Pis pis . 😒😒😒
  Aleyy dhn avaha raiiii and maaish❤️❤️❤️ guluvaalaacheyy ingeyy naayuuu . ❤️❤️❤️❤️I am so curious heheh.❤️❤️😆😆
  Btw waiting for the next part ❤️❤️
  Lysssssmm ❤️❤️
  Stay safe❤️❤️ and tvgc ❤️❤️

  • Nayaa

   June 14, 2021 at 5:58 am

   hehe yhh ingey nayoo ah vx.. ekm kihineh wish kuranee? ril sis ah ngeynu nayoo ah wish kuran undhagoo vaane kan.. alhey even if they don’t see it they will surely be thankful for u.. they love armys more than anything.. right?
   tysssssm dear sisyyy.. aaish ge dad dhww.. insha allah adhi rangalhuvaane..
   rai and maaish gulhvumuge kurin nai and aash gulhuveythw mi ulheny.. noolhen mi stry ehaa avahah ninmaalaakah.. 35 prts ah vure gina vaane kanneynge.. adhi rangalahh stry nuves feshe.. hehe
   keep waiting.. insha allah miadhu submit kohlaanan..
   lymmmm
   stay safe nd tc u too

 5. Princess

  June 13, 2021 at 9:54 pm

  V reethi mi part vex v avahah genesdhehchey ingey vaguthu vee vrakun nayooooooo Kokky miss vey v ❤️❤️❤️❤️❤️❤️❤️😭😭😭

  • Nayaa

   June 14, 2021 at 5:59 am

   tyssmm kudahthaa.. yhh mihaaru exam thah vx nimifa otheema free time libey.. nxt prt mihaaru innaanee vrh bodu bai nimifa.. miadhu submit kohlaanan insha allah.. keep waiting.. nayoo vx vrh miss vey kudahtha aa ikko aa enmen mathinvx

 6. ŘęęśhÅ ÇøřõňÄ

  June 14, 2021 at 9:45 am

  Ehem Ehem
  Maaish :'(:'(:'(:'(:'(:'(😭😭😭😭😭😭😭😭😭what the hell u moya galhi nulafaa Amaanu Ibnu Faaroshi Kiba????
  Kaley Keekey hithah araigen Maaish gaiga thi jeheee??? Aaaiiiinnnn?,? Eii thimaage dhoshee Firehen dhari eyyyyyyy…. Rai kairy Mi vaahak nubunaathi ingye Nayaa Pateyl… 😭😭😭😭😭mi Vaahaka Rai ah engihjjehyya…. Neynge vaane gotheh vx 😭😭😭😭hama badi falhaigen dhaane 😦😧😩😖😭😭😭😭😭
  Anehkka Maaish akee Amaanu ge dharieh noon thr? Keehvve baa egolaa esoru dheke ehaa rulhi aranee? 🤔
  Klw gayaaaa… Naira aa Raisha fakeeru 🤦🤦🤦😂😂😂😂Koya Thihen lai nuganegen ulhunas bitun mathin Handhaan nahthaanulahcheyy… Lwbiige kan kan side ehgga bahahttaalaa dhn mi dhuvas kolhu.. Manjey Ma hama hairaan vehjje thioh dhivehssah molhu meehaa vx ‘FINAL EXAM’ ey jahaafa ineema 🤤🤤😕😕😕’FAHU IMTHIHAAN ‘ey jehuneehehnu… Manjeyyyyy adhi ingye thr eboathey V bodu vaahak eh.. Chatib ah vadhebala maadhan asheh noonee Nuvaeh ga.. Kiyaidheynan

  Lysssssssssssssssmmmmmmm ingey lwbi auntyyyyy ❤️❤️❤️♥️♥️♥️♥️♥️♥️♥️♥️
  Mysssssssssssssssssmmmmmmmmmmm😘😘😘😘😘😘😘😘😘😘😘😘😘😘😘
  SS
  SH
  TC
  TYSM
  BS

 7. Nayaa

  June 14, 2021 at 5:03 pm

  In reply to Reesh…
  hahahahaha amaan dhw.. eyna bahattaa.. adhi visneyne insha allah.. haha aan rai kairiyaku masheh nubunaanan.. ekm naira ah engijjeyyaa raisha ah ingeykah maa gina ireh nunagaane dhw.. hehehehe.. maaaish akee hama amaan ge dhari ekey.. eii amaan ge goiy hama..
  haha raisha aa naira aa hus kiyavanee ey koyaa.. ekamaa haas nuvey.. e dhemeehun faas kohlaanan mifaharu.. haha ma dhw.. ma dhivessah kithanme molhakas dhn meehun ehen kiyaathee ehen liyelee.. dhn fahu imthihaaney keema vrh odd dhw.. hehe.. dhn faharakun rangalhu kohlaanan..
  hmm maadhamaa on vannaanan..
  lymmmmmmmmmmmmmmmm nd mymmmmmmmmmmmmmmm lwbi kokkyyyy
  u too ss
  ss
  tc

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!