ފޮށިގަނޑުތަކާއި ކޮތަޅުތައް އެއްފަރާތް ކޮށްލާފައި ދެކުދިން ވެގެން ރައިޝާގެ ކޮޓަރި ސާފުކޮށްލިއެވެ. އޭރު ބޭރުގައި ނުހާއާއި، ރިޔާޒްއާއި، ނިޝާގެ އިތުރުން ޔާޝްއާއި ރީޝާވެސް ވާހަކަ ދައްކާ އަޑު އިވެއެވެ. ރިއާޝް ވީ ރިޔާޒް ބުނެގެން ފިހާރައަކަށް ގޮހެވެ. ކޮޓަރި ސާފުކުރުމަށްފަހު ދެކުދިން ރައިޝާގެ އެނދުމަތީގައި އޮށޯވެލީ ވަރުބަލިވެފައި ހުރުމުންނެވެ. “ނައީ..” ރައިޝާ ގޮވާލުމުން ޖަވާމުގައި ނައިރާ ހޫމް ލައްވާލިއެވެ. “މާދަމާ ނައި ވާނެ އިނގޭ ވަރަށް ރީތިވާން..” ރައިޝާ އެއްމިޔަކަނުން ހީލަމުން ބުނެލިއެވެ. “އެއީ..؟ ކީއްކުރަން މަ ރީތިވަނީ..؟ ބަލަ މެޑަމޫ މަށެއް ނޫނޭ ކައިވެނި ކުރަން މިއުޅެނީކީ..” ނައިރާ މާ ބޮޑު ކަމަކަށް ނުހަދާ ބުނެލިއެވެ. އެއާއެކު ރައިޝާގެ ތުންފަތްމައްޗަށް ވެރިވީ ލާނެތް ހިނިތުންވުމެކެވެ. “ކައިވެނި ނުކުރިޔަކަސް…… ސްޓިލް އިޓް މޭ ބީ ޔުއަރ އެނިވަރސަރީ ޑޭޓް..” ރައިޝާ އެންމެ ފަހުން ބުނެލި ޖުމްލަ ނައިރާއަށް އަޑު ނީވޭ ވަރަށް ބުނެލުމަށްފަހު އަމިއްލަ ނަފްސަށް ހިނިތުންވެލިއެވެ.

*******

“ވާއު…” ވެޑިންގ ޑްރެސް ހެޔޮވަރުކޮށްގެން ކޮޓަރިން ނުކުތް ރައިޝާއަށާއި ނައިރާއަށް އެއްފަހަރާ ކަހަލަ ގޮތަކަށް ބުނެވުނެވެ. އޭރު ސިޓިންރޫމުގައި ތިބީ ރައިޝާއާއި، ނައިރާގެ އިތުރުން ނުހާއާއި ނިޝާއެވެ. އެ ހުދުކުލައިގެ ބޮޑު ވެޑިންގ ޑްރެސް ލައިގެން ހުރި އިރު ރީޝާ ހީވަނީ ހަމަ އަސްލުވެސް ޕަރީއެއް ހެންނެވެ.

“ވާއު.. ސޯ ބިއުޓިފުލް.” ނައިރާ ސޯފާއިން ތެދުވެގެން ގޮސް ރީޝާ ގާތު ހުއްޓިލިއެވެ. ނައިރާއާ އެކުއެކީ ރައިޝާވެސް ރީޝާއަށް ތައުރީފް ކޮށްލަމުން ތެދުވިއެވެ. “ވަރަށް ރީތި ކުޑަބެ ދައްތާ..” ރައިޝާ ކުޑަބެ ދައްތައޭ ބުނުމުން ރީޝާ ލަދުން އިސްޖަހާލިއެވެ. މި މަންޒަރު ފެނި ނުހާއާއި ނިޝާގާތަށްވެސް ހިނިއައެވެ. ރީޝާ ލަދުގަތް ތަން ފެނުމުން ރައިޝާއަށާއި ނައިރާއަށް ހީވަނީ އިތުރު ފޯރިއެއް އެރިހެންނެވެ. އިތުރަށް ރީޝާއާ ދިމާކުރަމުން އެކުދިން ގެންދިޔައެވެ. “ހޫމްމް.. މާދަމާ ޔާޝްބެއަށް ރީއްތަ ފެނިފަ ހުރި ތަނަށް ދެމިގެން ނުވެއްޓެއްޖިއްޔާ ހެއްދެވި ފަރާތަށް ހާސް ފަށުން ޝުކުރު ހުރި..” ސީލިންގާ ދިމާ މައްޗަށް ބަލާލަމުން ނައިރާ ވަރަށް ފިލްމީކޮށް ބުނެލި ގޮތުން ރައިޝާއަށްވެސް ހިތްވަރު ލިބުނެވެ.

“އާނ.. އެބުނާހެން.. މަންމާ އައިމް ޓެލިން ޔޫ ދިސް އިން އެޑްވާންސް.. ރައިއަކަށް ކުޑަބެ ވެއްޓެއްޖިއްޔާ ނަގާކަށް ނޫޅެވޭނެ.. ކުޑަބެ ވެއްޓެއްޖެއްޔާ ނަގަން ވިއްސަކަށް މީހުން ބޭނުންވާނެ.. ސިފައިންގެ ޓީމެއް ރެޑީކޮށްފަ ބަހައްޓާތި ކޮންމެސް.. އެހެންނޫނީ ކިހިނެއް ސުހާގްރާތް ބާއްވާނީވެސް ދޯ..” ހިނިގަނޑެއް ޖަހާލުމަށްފަހު ރައިޝާ އެހެން ބުނެލި ގޮތުން ރީޝާގެ މުޅިމޫނު ރަތްވިއެވެ. މިތަން ފެނުމުން ނުހާއާއި ނިޝާވެސް ހިނިގަނޑެއް ޖަހާލީ އެކުދިންގެ ލާނެތްކަން ފެނިފައެވެ. “ހޫމްމް.. ދެން އޯކޭއޭ.. އެވަރަށް ރީއްތަ ލަދު ނުގަންނަވާބަލަ.. ދެކުދިން އަވަހަށް ހެދުން ރެޑީކުރޭ.. މަންމަމެން މި ދަނީ ދެން ހުރި ބައެއް ކަންކަން ނިންމަން.. ހިނގާ ނިޝާ ދަމާ.. މި މީހުން ތިބެދާނެ މިހެން ސަކަރާތް ޖަހަން ކިތަންމެ އިރެއް ވިޔަސް..” ލުއި ހުނުމަކާއެކު ނުހާ ނިޝާގެ އަތުގައި ހިފައިގެން ގޮސް ބަދިގެއަށް ވަނެ.. ރީޝާވެސް ހެދުން ބަދަލުކުރަން ކޮޓަރިއަށް ވަނުމުން ރައިޝާއާއި ނައިރާ ސޯފާގައި އިށީނދެލައިގެން ތިބީ އަނގަތަޅާލާށެވެ.

*******

“ހޯ ހޮއެ ހޮއެ.. ހާދަ ހާދަ ހާދަ ހާދަހާ ހޭންސަމް އޭ ދޯ..” ޔާޝް ހެޔޮވަރު ކުރުމުގެ ގޮތުން ކައިވެންޏަށް ލާ ގަމީސް ލައިގެން ކޮޓަރިން ނުކުތުމާއިއެކު ރިއާޝް ތައުރީފް ކޮށްލިއެވެ. “ހޫމް ހޫމް.. ތެންކިޔު މައި ޑިއަރ ޖެންޓަލްމެން.. އައި ނޯ ދެޓް އައި އޭމް ހޭންޑްސަމް، ހޮޓް، ސްމާރޓް އެންޑް—“ފޮނިވެލާފައި ޔާޝް ގިރުވާނުގައި ހިފާ ކޮޅަށް ޖަހާލާފައި، ބުނަން އުޅުނު ޖުމުލަ ފުރިހަމަ ނުކުރެވުނީ އަހުޝަމް ވާހަކަ ދައްކަން ފެށުމުންނެވެ. “ހޯތް ބްރޯ.. ހީ ޖަސްޓް ކޯލްޑް ޔޫ ހޭންސަމް.. ދެން އަންހެން ކުއްޖެއްވެސް ނޫނިއްޔަ އެހެން އެ ބުނީކީ.. ހަމަ ތިހާ ފޮނިވާން ޖެހޭ..؟” ޔާޝްއާ ދިމާކޮށްލުމަށް އަހުޝަމް ބުނެލި ޖުމުލައިން ޔާޝްގެ ދެލޯ ހަނިވިއެވެ. “ޑޫޑް.. ސަމްޓައިމްސް އައި ތިންކް އޭޒް ޓު ވައި އައި އީވެން ޗޯޒް ޔޫ ޓު ބީ މައި ބެސްޓް ފްރެންޑް.. އާފްޓަރ އޯލް، އޯލް ޔޫ ޑިޑް ވޯޒް ގިވިން މީ ހެޑޭކްސް އިން ދި ޕާސްޓް ފައިވް އިޔަރސް..” ހިނިގަނޑެއް ޖަހާލަމުން ޔާޝް އޭނާގެ ދުވަސްވީ ރަޙްމަތްތެރިޔާއާ ދިމާކޮށްލިއެވެ. “ހަހަހާ އޯކޭ އޯކޭ.. ނައު ބޯތް އޮފް ޔޫ ޕްލީޒް ޑޯންޓް ސްޓާރޓް ޔުއަރ ސިލީ ވޯލްޑް ވާރ ތްރީ.. އައި ހޭޓް ޓު ބީ ދަ ތަރޑް ވީލް އެންޑް ޔޫ ގައިޒް އާރ ޖަސްޓް މޭކިން މައި ޑޭ ވޯރސް..” ދެއަތް މައްޗަށް ނަގާލަމުން ރިއާޝް އެހެން ބުނެލި ގޮތުން ޔާޝް އަދި އަހުޝަމްގެ ގާތަށްވެސް ހިނިއައެވެ.

“ހޫމްމްމް.. ސޭސް ދި ވަން ހޫ އޯލްވޭޒް ޕިކްސް ފައިޓްސް ވިތް ހިސް ލިލް ސިސް..” އަމިއްލަ ދިފާޢުގައި ޔާޝް އެހެން ބުނެލި ގޮތުން ރިއާޝް ބޯ ކަހާލީ ދޭނެ ޖަވާބެއް ނޭނގުމުންނެވެ. “ހަހަހާ.. އާޝް ކަޑަވީ ދޯ..” ޔާޝް އަނެއްކާވެސް މަލާނމަތްކޮށްލިއެވެ. “ހޫމްމް.. އާޝް ކަޑަ ކުރަން ދޯ މީނާ މި އުޅެނީ.. މަ ބުނީ ދޮންބެގެ ސުހާގްރާތްގަ ވާނެ ގޮތަކާމެދުގައޭ މަށަށް މި ވިސްނެނީ.. ފޯރި ހުންނާނެތާ.. ދޯ އާޝް..؟” އަހުޝަމް ވަރަށް ވެލާފައި އާޝްއަށް ދޯ އެއްލުމުން އާޝްވެސް ގޮސް އަހުޝަމްގެ ކޮނޑަށް އަތްވައްޓާލިއެވެ. ދެމީހުން އަތާއަތް ޖަހާލުމަށްފަހު ޔާޝްއާ ދިމާކުރަން ފެށުމުން އެތާ ހުންނަން ނުކެރިގެން ގަމީސް ބަދަލުކުރަންށޭ ކިޔާފައި ގޮސް ކޮޓަރިއަށް ވަނެވެ. މި މަންޒަރު ބަލަން ތިބި ރިއާޝްއާއި އަހުޝަމްގެ ހިނިގަނޑު އެކުއެކީ ފަޅައިގެން ދިޔައެވެ

*******

ފާޚާނާއިން ނުކުތް ނައިރާއަށް ބަލާލަމުން ރައިޝާ އަވަސްކުރަން ބުނެލީ ފުރާ ގަޑި ކައިރި ވާތީއެވެ. ރައިޝާގެ އެދުމަށް ނައިރާ މިއަދު އެ ގެއަށް ފެންވަރަން އައީ ދެކުދިން އެއްކޮށް ޕާޓީއަށް ދާން ތައްޔާރުވުމުގެ ގޮތުންނެވެ. ނައިރާ ފާޚާނާއިން ނުކުތް އިރު ރައިޝާ އެއްކޮށް ނިމިގެން ހުރި ތަން ފެނުމުން ދެލޯ ބޮޑު ކޮށްލެވުނެވެ. އެހެންޏާ ރައިޝާ ނުނިމިގެން އަބަދުވެސް ނައިރާ ހުންނާނީ ކުދި ކިޔާލަކިޔާލައެވެ. އެހެންނަމަވެސް، މިއަދު ނައިރާ ފެންވަރާ ނިމުމުގެ ކުރިން ރައިޝާ ރީތިވެ ނިމިގެން ހުރިތަން ފެނުމާއިއެކު ނައިރާގެ ބޮލުގައި ސުވާލުމާކެއް އެޅުނު ކަހަލައެވެ. ކޮންމެސް ކަމެއް ވާން އުޅޭ ކަމަށް އެހިތުގެ ކަނަކުން އިންޒާރު ދެމުން ގެންދިޔައެވެ. އެއްޗެއް ބުނަން އަނގަ ހުޅުވާލި ތަނާހެން ރައިޝާ ނައިރާގެ އަތުގެ މުލައްދަނޑީގައި ހިފައި، ގެނެސް ޑްރެސިންގ ޓޭބްލްގެ ކައިރީގައި ހުރި ގޮނޑީގައި ބޭންދިއެވެ. އަދި ނައިރާޢަށް އެއްޗެއް ބުނާނެ ފުރުސަތެއް ނުދީ ނައިރާގެ ބޮލުން ފެން ހިއްކައިދިނުމަށްފަހު، ލައިގެން ހުރި ބޮޑީޝޫޓް މަތިން ހެދުން ލާން އެންގިއެވެ. ރައިޝާގެ ޙަރަކާތްތައް އަވަސްވެފައި، ދެ ނޭވާ ދޭތެރެއިން ތަސްބީޙަ ފައްޗެއްހެން “އަވަސްކުރާށޭ” ކިޔާލަ ކިޔާލަ އުޅުނު ގޮތުން ނައިރާ ހުރީ ވާނުވާގައެވެ.

“ނައީ.. ތި ރީއްޗަށް އިނދެބަ ލިޕްސްޓިކް ޖައްސާ ނިމެންދެން.. ތިވަރަށް ތެޅެންޏާ ބޭރަށް ގޮސްދާނެ..” ނައިރާ ތެޅޭ ވަރުން ރައިޝާ ތަންކޮޅެއް ބާރަށް ބުނެލިއެވެ. “ޕިސް ޕިސް.. ރައީ.. މިދެން ކޮން ކަމެއް.. މިވަރަށް މޭކަޕް ނުކުރިޔަސް ރަނގަޅުވާނޭ.. ދިސް އިޒް ނޮޓް މައި ވެޑިންގ އެނީވޭސް..” ނައިރާ ކުރި ސުވާލަށް ޖަވާބު ދިނުމެއް ނެތި، ރައިޝާ ފެއްޓީ ނައިރާގެ ޝޯލް އަޅުވާށެވެ. ފަނަރަ ވަރަކަށް މިނެޓު ހިނގި ފަހުންް ރައިޝާ ހިތްހަމަޖެހޭ ވަރަށް ނައިރާ ތައްޔާރު ކުރެވުނެވެ. އެވަގުތު ނިޝާ ކޮޓަރި ދޮރުގައި ޓަކި ޖަހާލާފައި ނުކުންނަން ބުނުމުން އެންމެ ފަހު ފަހަރަށް ރައިޝާ ނައިރާގެ ދެކޮނޑުގައި ހިފާފައި ގޮތްގޮތަށް އަނބުރާލާފައި ބަލާލިއެވެ. ހިތްހަމަނުޖެހޭ އެއްވެސް ކަމެއް ނެތުމުން ދަބަސް ހިފައިގެން ބޫޓަށް އަރާފައި ދެކުދިން އެކީގައި ކޮޓަރިން ނުކުތެވެ.

ރައިޝާގެ ކޮޓަރީގެ ދޮރު ހުޅުވުނު އަޑަން ނުހާއަށާއި ނިޝާއަށް އެ ދިމާއަށް ބަލައިލެވުނެވެ. މަޑުމަޑުން “މާޝާ ﷲ” އޭ ބުނެވުނީ ދެކުދިންގެ ރީތިކަމާއި ފުރިހަމަކަން ފެނިފައެވެ. ޕާރޓީގެ ކުލައަކީ ކަޅާއި ހުދުކުލަ ކަމުން ދެކުދިންވެސް ހެދުން އަޅާފައި ތިބީ އެ ކުލަތަކާ އެއްގޮތަށެވެ. ކަޅުކުލައިގެ ވިދާ ފޮތީގެ ފައިތިލަ ފޮރުވޭ ވަރުގެ އެ ހެދުން ފަހަތު ފަސްބަޔަށް ދިގުކޮށްލެވިފައި ވުމުން ވަރަށް ރީއްޗެވެ. އުނަގަނޑާ ދިމާލުން ކަޅުކުލައިގެ މާ ފަލަ ނޫން ބަންދެއް އައްސާފައި، ބަންދުގައި އިން ހުދުކުލައިގެ މާ ވެސް ވަރަށް ފުރިހަމައެވެ. އުނަގަނޑުން ފެށިގެން ތިރިއަށް ހުރި ބައިގައި ރޫ ޖައްސާފައި ވާ ގޮތް ނުހަނު ރީއްޗެވެ. އަޅައިގެން ތިބި ކަޅުކުލައިގެ ޝޯލް އެންމެ ޒަމާނީ ގޮތަށް ސްޓައިލް ކޮށްލާފައި ހުރީ ދެކުދިން އެއްގޮތަކަށެވެ. ޝޯލްގެ މަތިން ބޮލުގައި އަޅާފައިވާ ހުދުކުލައިގެ ބޭންޑާއި، ކަރުގައި އަޅާފައިވާ ކަޅުކުލައިގެ ފަށުން އެކުދިންގެ ރީތިކަން އިތުރަށް ފުރިހަމަ ކޮށްދެއެވެ. އަރައިގެން ތިބި ކަޅު ކުލައިގެ އުސް ބޫޓުވެސް އެ ދެކުދިންނާ ވަރަށް ގުޅެއެވެ. ދެކުދިން އެއްގޮތަކަށް ހެދުން އަޅާފައި ހުރުމުން ކުޑަކޮށް ވައްތަރު ކަމަށްވެސް ދައްކައެވެ.

“މަންމަމެން ހާދަ ވަރަކަށޭ ތި ބަލަނީ..” ލަދުން ހުރެ ރައިޝާ އެހެން ބުނެލި ގޮތުން ނުހާއާއި ނިޝާމެން ކައިރިއަށް ހިނި އައެވެ. “ހިނގަ ދާން އަވަހަށް.. ބައްޕަމެން މިހާރު އެ ތިބީ ފުރަން ގޮސް..” އަވަސްއަރުވާލާފައި ނުހާ އެހެން ބުނުމުން ރައިޝާމެންވެސް ގެއިން ނުކުތެވެ. ކާރުގައި ބަނދަރާ ހަމައަށް ދެވުމުން އެންމެން ފައިބާފައި ރިޔާޒްމެން ފެނޭތޯ ބަލާލިއެވެ. އެވަގުތު ރިޔާޒް ހަނާއަޅާލި ތަން ފެނުމުން ނުހާމެން އެ ދިމާއަށް ހިނގައިގަތެވެ.

ދުރުން ހިނގާލާފައި އޭނާއާ ދިމާލަށް އައި ނައިރާއާ ދިމާލަށް ބަލަން ހުރެވުނު ރިއާޝްއަށް އިތުރު އެހެން ދިމާލަކަށް ބަލާލަންވެސް ނުކުޅެދުނެވެ. އެހާވެސް އެ ހިތުގެ ރާނީ މިއަދު ފުރިހަމައެވެ. އެ ރީތި ޕަރީ ކުރިމަތިން ގެއްލިދާނެ ކަމުގެ ބިރަށް ރިއާޝްއަށް އެސްފިޔަ ޖަހާލަންވެސް ނުކެރުނެވެ. ނައިރާގެ ޙާލަކީތޯއެވެ؟ ރިއާޝް އޭނައާ ދިމާލަށް ހުރި ގޮތުން ލަދުން އިސްދަށަށް ޖެހި އިރު ބަނޑުގައި ކޮކާ އުދުހޭ ކަހަލަ އިހުސާސެއް ކުރެވުނެވެ. އެހެންނަމަވެސް ރިއާޝްގެ ރީތިކަމަށް ހިތާހިތުން ތަޢުރީފް ކުރެވުނު ޢަދަދުވެސް ނޭނގެއެވެ. ހުދުކުލައިގެ ގަމީހާ އެއްކޮށް ލާފައި ހުރި ކަޅުކުލައިގެ ޖިންސުން ރިއާޝްގެ ފިރިހެންވަންތަކަން ދެގުނަ ވެފައިވާ ކަހަލައެވެ.

އެކަކު އަނެކަކުގެ ރީތިކަމުގެ ޖާދޫގައި ޖެހިފައި ތިބި ރިއާޝް އަދި ނައިރާޢަށް ހޭވެރިކަން ވީ ރައިޝާ ކަރުކެހެލި އަޑަށެވެ. އޭރު އެހެން އެންމެން ލޯންޗަށް އަރައިފިއެވެ. އަވަސްއަވަހަށް ނައިރާވެސް ލޯންޗަށް އެރިއެވެ. ރިއާޝް ލޯންޗަށް އަރަން އުޅުމާއި އެކު ރައިޝާ ރިއާޝްގެ މުލައްދަނޑީގައި ހިފާ ހުއްޓުވިއެވެ. “ނަރވަސް..؟” ރައިޝާ އަހާލީ ހަމައެކަނި އެހެންނެވެ. ތެޅިތެޅި އޮތް ހިތަކާއެކު ރިއާޝް ބޯ ޖަހާލިއެވެ. ރައިޝާ ފުން ނޭވާއެއް ދޫކޮށްލިއެވެ. “އިޓްސް ގޮނަ ބީ އޯކޭ.. ޓްރަސްޓް މީ.. ހޫމްމް..؟” ކުޑަ ކުއްޖަކަށް ވިސްނައިދޭހެން ރައިޝާ ބުނެލިއެވެ. “އައިލް ޓްރައި.. ތެންކްސް ރައީ.. ފޯރ އެވްރީތިން..” ރިއާޝް ހިނިތުންވެލިއެވެ. ބަދަލުގައި ރައިޝާވެސް ހިނިތުންވެލާ ރިއާޝްގެ ބުރަކަށީގައި މަޑުމަޑުން ޖަހާލުމަށްފަހު ލޯންޗަށް އެރިއެވެ. ރައިޝާގެ ފަހަތުން ރިއާޝްވެސް ލޯންޗަށް އެރިއެވެ. ބޭބެއާ ކޮއްކޮއާ އެއްގަލަކަށް އަރާ ފަހަރުވެސް އާދޭތާއެވެ!

*******

“އަނބި ޤަބޫލު ކޮށްފިން..” ޔާޝްގެ އަނގައިން ބޭރުވި ޖުމްލައާއި އެކު މީހުންގެ އަތްތިލަބަޑީގެ އަޑުން މުޅި ތަން ގުގުމާލިއެވެ. ޔާޝް ރީޝާއާ ދިމާއަށް ބަލާލުމަށްފަހު ވަރަށް ލޯބިން ރީޝާގެ ނިތަށް ބޮސްދިނުމުން ރީޝާގެ މުޅި މޫނު ލަދުން ގޮސް ރަތްވިއެވެ. އެވަގުތު އެތަނުގައ ދެވަނަ ފަހަރަށްވެސް ގުގުމާލީ މީހުން އަތްތިލަބަޑީގެ އަޑެވެ. މި މަންޒަރު ބަލަން ތިބި ނުހާއާއި ރިޔާޒް ގޮސް ރިއާޝްއާއި ރީޝާއަށް މަރުޙަބާކީ ލޮލުން ކަރުނަ އަންނަ ޙާލުގައެވެ. އެންމެ ފަހުން އެމީހުންގެ ލޯބިވާ ދަރިފުޅު އަމިއްލަ ދިރިއުޅުމެއް ފަށަނީއެވެ. އަމިއްލަ ފައިމައްޗަށް ތެދުވެ، އަމިއްލަ މީހާގެ އިތުރުން އަނބިމީހާގެ ހުރިހާ ޒިންމާތަކެއް ނަގަން ތައްޔާރުވީއެވެ. އުންމީދަކީ އެމީހުން ޔާޝްއަށް ދިން ތަރުބިއްޔަތުގެ މަތީގައި ޔާޝް އުޅުމެވެ. މަންމަގެ ލޮލުން އައި ކަރުނަތައް ޔާޝް ނުހަނު ލޯތްބާއެކު ފުހެލަދިނެވެ. އެވަގުތު ރައިޝާމެން އައިސް ރިއާޝްއާއި، ރީޝާ ގެންދިޔައެވެ. މީހުންނާ ސަލާމްކުރަން ހުންނަން ޖެހޭ ތާނގާ ބެހެއްޓުމަށްފަހު ރައިޝާ ދިޔައީ ރީޝާއަށާއި ރިއާޝްއަށް ތައުރީފް ކޮށްލާފައެވެ.

ޙަޤީގަތުގައިވެސް މިއަދު ރީޝާ ވަރަށް ރީއްޗެވެ. ވަރަށް ފުރިހަމައެވެ. ހުދުކުލައިގެ އެ ބޮޑު ވެޑިންގ ޑްރެސް ރީޝާގެ ހިމަތޮޅި ހަށިގަނޑާ ނުހަނު ގުޅެއެވެ. އެ ރީތި މުށި ކުލައިގެ ރާޅު އިސްތަށިގަނޑު ހުދު ކުލައިގެ ޝޯލް އަކުން މިއަދު ވަނީ ފޮރުވާލެވިފައެވެ. ޝޯލްގެ މަތީގައި ހަރުކޮށްލެވިފައި އިން ތާޖުން ރީޝާ ހަމަ އަސްލުވެސް މިއަދު ހީވަނީ ރާނީއެއް ހެންނެވެ. ބުރުގާ އެޅުމުން އަދި މާ ލޯބިކަމަށް ދައްކައެވެ. ޔާޝްވެސް ލާފައި ހުރި ހުދުކުލައިގެ ގަމީހުންނާއި، ކަޅު ކުލައިގެ ފަޓުލޫނުން ވަރަށް ރީއްޗެވެ. ގަމީހުގެ މަތިން ލާފައި ހުރި ޖެކެޓާއި، އަޅާފައިވާ ޓައީ އިން ވަރަށް ފިރިހެންވަންތަ ކަމަށް ދައްކައެވެ. އެހެންޏާ އަބަދު ލައިގެން އުޅޭ އިރާފައި ހުންނަ ޖީންސްއާ ފާޑުފާޑުގެ މަންޒަރު ޖެހި ޓީޝާޓްތައް ލައިގެން ހުރުމަށްވުރެ މާ ފިރިހެންވަންތަ ކަމަށް ދައްކައެވެ. އަބަދު ހާވާލާފައި އޮންނަ އިސްތަށިގަނޑުވެސް މިއަދު ޖެލް ލައި އޮމާންކޮށްލާފައި ވާތީ ވަރަށް ފުރިހަމައެވެ. ހިނިތުންވުމާއެކު، މެހެމާނުންނާ ސަލާމް ކުރަން ޔާޝްއާއި ރީޝާ ތިއްބެވެ.

*******

“ދޮންބޭ.. ޔޫ އާރ އޯކޭ ނޯ..؟ ވައި އާރ ޔޫ ޓްރެމްބްލިން ސޯ މަޗް..؟ އެންޑް ޔޫ އާރ ސްވެޓިން..” ރައިޝާ އަހާލީ ރިއާޝް އއްތާކު ދެފައި ނުޖެހިގެން އުޅޭތީއެވެ. “ޑޫޑް.. އައިމް ނަރވަސް އޭޒް ހެލް.. ވަޓް އިފް ޝީ ސޭސް ނޯ..؟ ވަޓް އިފް ޝީ ހޭޓްސް މީ..؟ ވަޓް އިފް އައި އެންޑް އަޕް ގެޓިން ރިޖެކްޓެޑް..؟ ވަޓް އިފް އައި—” ރިއާޝްގެ ވާހަކަ ފުރިހަމަ ނުކުރެވުނީ ރައިޝާ ވާހަކަ ދައްކަން ފެށުމުންނެވެ. “ވޯހ ވޯހ ބްރޯ.. ކާމް ޑައުން.. ޓޭކް އަ ޑީޕް ބްރެތް.. އިންހޭލް.. އެކްސްހޭލް.. ލުކް އެޓް މީ.. ލުކް އިންޓު މައި އައިސް.. ނައި ލަވްސް ޔޫ.. ޔޫ އާރ ހަރ އެވްރީތިންގ.. ނައި ދުވަހަކުވެސް ދޮންބެގެ ލޯތްބަށް ނޫނެކޭއެއް ނުބުނާނެ.. އައިމް ޝުއަރ.. ޖަސްޓް އާސްކް ހަރ.. އެންޑް ސްޓޮޕް ބީންގް ސޯ ޑްރާމެޓިކް.. ޖަސްޓް ބީ އަ މޭން އެންޑް ޕްރޮޕޯޒް.. އޯކޭ..؟” ވިސްނައިދޭ ކަހަލަ ރާގެއްގައި ރައިޝާ ބުންޏެވެ.

“ރައީ.. އައި ތިންކް އައި އީވެން ފޮރގޮޓް މައިސް ސްޕީޗް.. އައި ޕްރެކްޓިސްޑް އިޓް މޯރ ދޭން އަ ހަންޑްރެޑްސް އޮފް ޓައިމްސް އިންފްރޮނޓް އޮފް މައި މިރޯރ..” ރިއާޝް ހީވަނީ ދެފައި އެއްތާކު ނުޖެހިގެން އުޅޭހެންނެވެ. “ދޮންބޭ.. ވަޓް އިޒް ދަ ނީޑް ފޯރ އަ ސްޕީޗް..؟ ޖަސްޓް ސްޕީކް ޔުއަރ ހާރޓް އައުޓް.. ޖަސްޓް ޓެލް ހަރ ހައު ޔޫ ފީލް.. ދެޓްސް އިޓް.. އިޓްސް އޭޒް ސިމްޕްލް އޭޒް ދެޓް.. ރައިޝާ ބުނެލިއެވެ. “ހަހް.. އީޒީ ފޯރ ޔޫ ޓު ސޭ—” “ލާލާ.. އައި ކާންޓް ހިއަރ ޔޫ.. އައިމް ގޮނަ ބްރިންގް ނައި.. ޕްރޮޕޯޒް އިފް ޔޫ ވޯންޓު.. އިފް ޔޫ ޑޯންޓް ވޯންޓު، ދެން ފޮރގެޓް އިޓް..” އެހާ ހިސާބަށް ބުނެލުމަށްފަހު ރައިޝާ ދުއްވައިގަތީ ރިއާޝްއަށް އެއްޗެއް ބުނާނެ ފުރަސެއް ނުދީއެވެ. “ބަޓް…… އާހްގްގް.. ނެވަރ މައިންޑް.. ލެޓްސް ޖަސްޓް ގެޓް އޯވަރ ވިތް އިޓް.. ތިންކް ޕޮޒިޓިވް ރިއާޝް.. ކާމް ޑައުން..” ރިއާޝް އަމިއްލަ ނަފްސަށް ވިސްނައިދޭން މަސައްކަތް ކުރިއެވެ. އަމިއްލަ ނަފްސު ހަމައަކަށް އަޅުވާލުމަށް ފުން ނޭވާއެއް ދޫކޮށްލިއެވެ. އެވަގުތު ރައިޝާ ނައިރާގެ ލޯމަތީގައި ފޮތިކޮޅެއް އަޅައިގެން އަންނަ ތަން ފެނުމާއެކު ރިއާޝް ތައްޔާރު ވެލިއެވެ.

*******

“ރައީ.. ވަޓް ދި ހެލް އިޒް ހެޕެނިން..؟ ޔޫ ހޭވް ބީން އެކްޓިންގ ރިއަލީ ވިއަރޑް ސިންސް ޔަސްޓަރޑޭ..” ރައިޝާ އޭނާ ގެންދާ ތަނެއް ނޭނގުމުން ނައިރާގެ އަނގައެއް ނުހުއްޓެއެވެ. ރާޅު ޖަހާ އަޑު އިވޭތީ މިއީ މޫދު ކައިރިކަން އެނގެއެވެ. މީހުންގެ ހަލަބޮލި އަޑު ނީވޭތީ މިއީ ކައިވެނީގެ ހަފްލާ އޮތް ތަނާ ފުދޭވަރަކަށް ދުރު ހިސާބެއްކަން އެނގެއެވެ. ނޭނގެނީ ރައިޝާ އޭނަ މިތަނަށް ގެނައި ސަބަބެވެ. ލޯ މަތީގައި އަޅާފައިވާ ފޮތިކޮޅުން އެއްވެސް ތަނެއް ނުފެނެއެވެ. ވަކި ހިސާބަކަށް ގެންގޮސްދީފައި ރައިޝާ އޭނާގެ ގައިން ދޫކޮށްލިއެވެ. “ޓޭކް ދި ބްލައިންޑް ފޯލްޑް އޮފް..” އެހެން ބުނުމަށްފަހު ރައިޝާ ދުރަށް ދުއްވައިގަތް ކަން ނައިރާއަށް އެނގުނީ ފިޔަވަޅުތަކެއްގެ އަޑު އިވުމުންނެވެ. ވާން މި އުޅެނީ ކީއްކަން ނޭނގޭ ހާލު، ނައިރާ ލޯމަތީގައި އަޅާފައިވާ ކަޅުކުލައިގެ ފޮތިކޮޅު ނެގިއެވެ. އެވަގުތު ފެނުނު މަންޒަރަކުން ނައިރާގެ ހިތް ތެޅިގަތީ އެޔެއް މިއެއް ބަލާފަކާ ނޫނެވެ. ވަގުތުން އަނގަމަތީގައި އަތް އެޅުނު އިރު، ދެ ލޮލަށް ކަރުނަތައް ބޮނޑިވެގަތެވެ.

ނުނިމޭ…

34

3 Comments

  1. Nayaa

    June 16, 2021 at 11:48 am

    Salaam my dear readers.. Hope you liked this part as well.. Next part liyumuge masakkaiy alhugandu mihaarukuramun mi gendhanee.. Insha allah maadhamaa submit kohleveythw vrh masakkaiy kuraanan.. Stay safe.. Take care.. Lysm dear readers.. Keep waitng for the next part..

  2. Princess

    June 16, 2021 at 3:29 pm

    Heoe hoe hoey v reethi ingey nayoooo mi part vex kobaatha test kihinehvaanee nayooo Kokky❤️❤️❤️

  3. 🌹Ril🌹

    June 16, 2021 at 8:31 pm

    Hello naayuuu❤️❤️💖
    Masha Allah vrh sali mi part vxxx❤️❤️
    OMG finally riaash propose kuran dhw euleny❤️❤️. I am, so exited. ❤️❤️❤️
    Also so curious ❤️❤️❤️❤️
    Hehehehehe❤️❤️❤️😅😅😅
    Yaash ge weddings vxx nimuny dhw. ❤️❤️
    Waiting for the next part❤️❤️
    Lysssmmm❤️❤️
    Myssssmmm❤️❤️
    Stay safe❤️❤️ and tvgc💖💖

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!