Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ތަޤްދީރު (27)

Nau Level 910 Stories100 Comments500 Comments100 Stories100 Login1K Comments
April 3, 2018 7 Mins Read
35 Comments

“ދެންހިނގާ އެތެރެއަށް. އިރުއޮއްސެނީ. ޒީވާންއަށް ކާންދޭގަޑި ޖެހެނީ.” އިރުކޮޅެއްގެ ހިމޭންކަމަށްފަހު މަލްހާ އަނެއްކާވެސް ބުނެލިއެވެ. އާއެނކޭ ބުނަމުން ޔާނިކްވެސް އިންތަނުން ތެދުވެ ގެއާއި ދިމާއަށް ހިނގައިގަތެވެ. މަލްހާގެ ފަހަތުން ހިނގަމުންއައި ޔާނިކް ގޭތެރެއަށް ވަނުމުގެކުރިން އުޑާއި ދިމާއަށް ބަލައިލަމުން ހިނިތުންވެލީ ހީވެސްނުކޮށްހުއްޓައި އޭނާގެ ހުވަފެންތަކުގައި ކުލަޖެހެމުންދާތީއެވެ. ދާދި އަވަހަށް މަލްހާ އޭނާގެ ހައްގަކަށްވާނެއެވެ. އެދުވަހަކުން މަލްހާގެ ދިރިއުޅުމަށް ހިތާމައިގެ ކުޑަވެސް ހިޔަންޏެއް އެޅުނަކަ ޔާނިކް ނުދޭނެއެވެ. ހުރިހައި ހިތާމަތަކަށް މަލްހާ ފޮރުވައިލާނެއެވެ. މުޅި އުމުރަށެވެ. ލޯތްބާއެކު މަލްހާގެ ކޮންމެ އެދުމެއް އޭނާ ފުރިހަމަކޮށްދޭނެއެވެ. އަބަދުވެސް އެތުންފަތްމަތީގައި އުފާވެެެރިކަމުގެ ހިނިތުންވުމެއް ބެހެއްޓުމަށް އަމިއްލަ ނަފުސަށް ވައުދުވަމުން ޔާނިކް ގޭތެރެއަށް ވަންނަން ހިނގައިގަތެވެ.

** ** **

“މަލް. ވަޓް އެމް އައި ހިއަރިންގް؟ އަސްލުވެސް ސަރ އާ މެރީކުރަނީތަ؟ އައި ކާންޓް ބްލީވް. ފައިނަލީ. އަހަރެން ވަރަށް ވަރަށް އުފާވެއްޖެ.” މަލްހާގެ ކެބިންގެ ދޮރުގައި ޓަކި ޖަހައިލުމަށްފަހު އެތެރެއަށް ވަންނަމުން ނޫރާ ހިނިތުންވެފައި ބުނެލިއެވެ. ނޫރާގެ މޫނަށް ސުވާލުގެ ނަޒަރުން މަލްހާ ބަލައިލީ އޭނާ ގާތުގައި އެވާހަކަ ބުނީ ކާކުހޭ އަހައިލާފަދަ ގޮތަކަށެވެ. އެކަން ނޫރާއަށް ވިސްނުނީކަންނޭނގެއެވެ. ހިނިގަނޑެއް ޖަހައިލަމުން އައިސް މަލްހާގެ މޭޒުދޮށުގައި ހުރި ހުސްގޮނޑީގައި އިނށީދެހަމަޖެހިލިއެވެ.

“ކާކު ނޫ ގާތު ބުނީ؟” ހެވިދިލިފައި އޭނާގެ މޫނަށްބަލަންއިން ނޫރާއާއި ދިމާއަށް ހައިރާންކަމާއެކު ބަލަންއިނދެ މަލްހާ އަހައިލިއެވެ. “އަހަރެން ގާތުވެސް ބުނާނެ މީހަކު ވެދާނު.” ދިމާކުރާފަދަ ރާގަކަށް ނޫރާ ބުނެލިއެވެ. “ދެން ޕްލީޒް ބުުނެބަލަ ނޫ.” އާދޭހާއެކު މަލްހާ އެހެންބުނެލުމާއެކު އޯކޭ އޯކޭއޭ ބުނެލަމުން ނޫރާ ގޮނޑީގައި ހަމަޖެހިލިއެވެ.

“އަހަރެންގާތުބުނީ ޔާނިކް ސަރ.” ލުއި ހިނިތުންވުމަކާއެކު ނޫރާ ޔާނިކްގެ ނަންބުނެލުމުން ބޯޖަހައިލައިފައި މަލްހާވެސް ހިނިތުންވެލިއެވެ. އެދެމީހުންގެ މައިންބަފައިންގެ އެދުމުގެމަތިން ކުރެވެން އުޅުނު ކައިވެނިރޫޅުނުފަހުން އެދެމެދުގައި ވަރުގަދަ އެކުވެރިކަމެއް އުފެދިފައިވާކަން މަލްހާއަށްވެސް އެނގެއެވެ. ޔާނިކް އެހައިލޯބިއެވަނީ ކޮންކުއްޖެއްދެކެކަން އެނގެން ނޫރާ އަބަދުވެސް ބޭނުންވިއެވެ. ފަހަރެއްގައިވެސް އެއީ މަލްހާއަށްވެދާނެއޭ އެހިތަކަށް ނުއަރައެވެ. އެހެނަސް އެކަން އިނގުނު ހިސާބުންފެށިގެން އެގުޅުމާއިމެދު އެންމެ އުފާކުރިއެކަކީ ނޫރާއެވެ. ޔާނިކްފަދަ ފިރިއެއްލިބޭނީ ނަސީބުވެރިއަކަށޭބުނެ އެތައްފަހަރަކު މަލްހާއަށް ވިސްނައިދެން އޭނާ އެހައިވަރުން މަސައްކަތްކުރީވެސް އެހެންވެއެވެ. މިއަދު އޭނާގެ އެހުވަފެނުގައިވެސް ﷲ އިރާދަފުޅުން ކުލަޖެހިގެންދަނީއެވެ. ނޫރާއަށް ޙަމްދުކޮށްލެވުނީ އުފާވީވަރުންނެވެ.

“ނޫ އަހަރެން މަންމަމަތިން ވަރަށް ހަނދާންވޭ. ހިތަށްއަރާ އަހަރެންގެ ކައިވެނީގަވެސް މަންމައާ ބައްޕަ ބައިވެރިވާނެނަމައޭ.” ހިތުޖެހިފައި މަލްހާ ބުނެލިއެވެ. އިރުކޮޅަކު މަލްހާގެ މިލައިފައިވާ މޫނަށް ބަލަންއިނުމަށްފަހު ނޫރާ މަލްހާގެ އަތުގައިހިފައި ބާރުކޮށްލީ ހިތްވަރުދޭގފަދައިންނެވެ. “އިނގޭތިކަން. މަލްއާ ދޭތެރޭ ކިތަންމެ ގޯސްކޮށް ކަންތައްކުރިނަމަވެސް އެއީ މަލްގެ މައިންބަފައިންވީމަ ތިކަހަލަ އިހުސާސުތައް ކުރެވޭނެ. މަލް ބޭނުންނަމަ މަލްގެ މަންމައަށް ގުޅައިލައިފައި ބުނޭ ކައިވެނިކުރަންއުޅޭ ވާހަކަ. އެމީހުން އަންނަންބޭނުންނަމަ އަންނާނެ.” ނޫރާއާއި ދިމާއަށް ބަލަންއިން މަލްހާގެ ދެލޯވަނީ ފެންކަޅިވެފައެވެ. ގަދަކަމުން ހިނިތުންވެލަމުން މަލްހާ ނޫރާގެ ވާހަކައަށް އެއްބަސްވިއެވެ. އޭނާއަށް ބުނެބިދާނެއެވެ. އެހެނަސް އާބިދާމެން އަންނާނެކަމުގެ އެއްވެސް ޔަގީންކަމެއް ނެތެވެ. ފުންނޭވާއެއްލަމުން މަލްހާއަށް ގޮނޑީގައި ލެގިލެވުނެވެ. “ރިލެކްސް މަލް. ﷲ އިރާދަފުޅުން ހުރިހައިކަމެއްވެސް ރަނގަޅުވާނެ.” ނޫރާ ދެންވެސް މަަސައްކަތްކުރަމުންދިޔައީ މަލްހާއަށޤ ހިތްވަރުދީ އޭނާ ހަމައަކަށް އެޅުވޭތޯއެވެ. ތެދަށްބުނާނަމަ ނޫރާފަދަ އެކުވެރިއެއް ލިބުނަތީ މަލްހާ ޝުކުުރުކުރެއެވެ. މިޒަމާނުގައި އެފަދަ ތެދުވެރި އިޚްލާސްތެރި އެކުވެރިންވެސް ހޯދުމަކީ ނުހަނު ދަތިކަމެކެވެ.

** ** **

ގޭގެ ސިޓިންގްރޫމްގައި ހާސްވެފައި ދެއަތްދެއަތާމޮޑެން މަލްހާ އިނީ މިރޭ ޔާނިކްގެ މައިންބަފައިން އޭނާއާއި ބައްދަލުކުރަން އަންނަވާހަކަ ޔާނިކް ގުޅައިފައިބުނުމުންނެވެ. ގާތުގައިއިން އީނާލް މަލްހާގެ ހަރަކާތްތައްހުރިގޮތުން އިރުއިރުކޮޅާ ހީލައެވެ. ގަޑިކައިރިވަމުންދިޔަވަރަކަށް މަލްހާގެ ހާސްކަން ދިޔައީ އިތުރުވަމުންނެވެ.

“ކަންބޮޑުނުވެބަލަ މަލް. މަންމައާ ބައްޕަ ވަރަށް ކޫލްވާނެ.” އީނާލް ބުނެލިއެވެ. އެއާއެކު އީނާލްއާ ދިމާއަށްބަލައިލަމުން މަލހާ ހިނިތުންވެލިއެވެ. އަދި ގާތުގައިއިން ޒީވާންގެ އިސްތަށިކޮޅުއަތުން ރީތިކޮށްލިއެވެ. ގޭގެ ބެލް ޖަހައިލިއަޑަށް މަލްހާގެ ހިތުގެހިނގުން އަވަސްވެގެންދިޔައެވެ. ކަންބޮޑުވެފައި އީނާލްގެ މޫނަށް ބަލައިލިއެވެ. ގޭގެ ދޮރާދިމާއަށް ބަލައިލަމުން އީނާލް އެދިމާއަށް ހިނގައިގަތެވެ.

ދޮރުމަތީގައިތިބި ފާއިޒާއާއި ލުތުފީގެ ގައިގައި ބައްދައިލަމުން އެތެރެއަށްވަނުމަށް ތަންދައްކަމުން އީނާލް ޔާނިކްގެ ގައިގައިވެސް ކުޑަކޮށް ބައްދައިލިއެވެ. ބޭރުފުށުން ކިތަންމެ ހަމަޖެހޭކަން ދެއްކިއެއްކަމަކު ޔާނިކްވެސްހުރީ ހާސްވެފައެވެ. ހުރިހައިކަމެއްވެސް ރަނގަޅުވުމަށްއެދި ދުޢާކޮށްލަމުން ޔާނިކްވެސް އީނާލްގެ ފަހަތުން ގޭތެރެއަށް ހިނގައިގަތެވެ.

ސޯފާގެ އެއްފްރާތުގައި ޒީވާން ގާތުބައިންދައިލައިގެންއިން މަލްހާއަށް ފާއިޒާ ބަލައިލީ ލޯތްބާއެކުއެވެ. އޭގެ އަނެއްސޯފާގައި މުހުސިނާ އީނާލްގެ އެއްމަހުގެ ދަރިފުޅު ލުބާ އުރައިލައިގެން ނާނާ ކިޔަން އިނެވެ. ފާއިޒާ އެދިމާއަށް ހިނގައިގަތީ މާމަ ދަރިފުޅު އުރައިލަންބޭނުންވެފައިހުރިވަރުންނެވެ. އެހެނަސް އޭގެކުރިން މަލްހާއަށް ބަލްއިލަމުން ފާއިޒާ ސަލާމްގޮވައިލީއެވެ. މަޑުމައިތިރި ރާގަކަށް މަލްހާ ސަލާމުގެ ޖަވާބުދެމުން ފާއިޒާގެ ހިނިތުންވެފައިވާ މޫނަށް ބަލައިލިއެވެ.

ފާއިޒާއަތަށް ލުބާ ދެމުން މުހުސިނާ ކާކޮޓާރިއާދިމާއަށް ހިނގައިގަތީ މެހެމާނުންނަށްޓަކައި ފިނިބޮއިމެއް ތައްޔާރުކޮށްލުމުގެ ނިޔަތުގައެވެ. ލުތުފީ ގާތުގައި ޖެހިގެންހުރި ޖާގައިގައި އިނށީދެލަމުން ޔާނިކް ސިއްރުވެރި ނަޒަރަކުން މަލްހާގެ ރަތްވަމުންދިޔަ ދޮންމޫނަށް ހިތްގައިމު ގޮތަކަށް ބަލައިލިއެވެ. އެއާއެކު އެތުންފަތްމައްޗަށް ހިނިތުންވުމެއް ވެެރިވެގެންދިޔައީ ދާދި އަވަހަށް މަލްހާ އޭނާގެ ހައްގަކަށްވާނެކަން އިނގުމުންނެވެ.

ލަސްކުރަން ނުހަދައި ލުތުފީ އެމީހުން އައި ބޭނުމައިގެން ކުރިއަށްދާން ފެށިއެވެ. ދެމީހުނާއި ވާހަކަދައްކަމުން ކައިވެނިކުރާނެ ރަނގަޅު ތާރީޚަކާއި ތަނަކާއި ޕާޓީ ބާވާނެތަނަކާއި ހުރިހައިކަމެއް ހަމަޖައްސަމުންދިޔައެވެ. ދޭތެރެއަކުން ފާއިޒާވެސް އޭނާގެ ޚިޔާލުތައް ހުށައަޅަމުން ދިޔައެވެ. މަލްހާގެ މަޑުމައިތިރިކަމާއި ލަދުރަކި ސިފަދެކެ ފާއިޒާއާއި ލުތުފީވެސް ވަރަށް ގަޔާވިއެވެ. ހިތާހިތުން އެމީހުންގެ ފިރިހެންދަރިފުޅުގެ ހޮވުމަށް އެމީހުންނަށް ތަޢުރީފުކޮށްލެވުނެވެ.

** ** **

ކޮޓަރީގައި އަތަށް ފޯނުލައިގެން މަލްހާއިނީ ޚިޔާލަކަށް ގެއްލިފައެވެ. އާބިދާއަށް ގުޅާނީތޯ ނޫނީ ނޫންތޯ ހިތަށްއަރަމުންދިޔައިރު މަލްހާއިނީ ގޮތެއްނިންމަން އުނދަގޫވެފައިކަހަލައެވެ. ފުންނޭވާއެއްލަމުން އެންމެފަހުން މަލްހާ ފޯނުން އާބިދާގެ ނަމްބަރު ހޯދައިލަމުން ޑައިލް ކޮށްލިއެވެ. އެކޮޅުން ފޯންރިންގްވާއަޑުއިވެން ފެށުމުން މަލްހާއަށް ދެލޯމަރައިލެވުނެވެ.

“ހަލޯ.” އިރުކޮޅަކު ފޯންރިންގްވުމަށްފަހު އެކޮޅުން ފޯނުނެގިއެވެ. އާބިދާގެ އަޑުޖެހުމާއެކު މަލްހާއަށް ހިތްހަމަކެހުމާއެކު ދެލޯމަރައިލެވުނެވެ. “މަންމާ.” ހިތްވަރުކޮށްފައި މަލްހާ ގޮވައިލިއެވެ. އާބިދާ މަޑުމަޑުހޫންއެއްލައްވައިލިއެވެ. އެއަޑުގައިވި މަޑުމައިތިރިކަމުން މަލްހާ ހައިރާންވިއެވެ.

“އަހަރެން ވާހަކައެއްބުނަންވެގެން.” އަނެއްކާވެސް މަލްހާ ބުނެލިއެވެ. މިފަހަރުވެސް ހަމައެކަނި ހޫންއަކުން އާބިދާ ފުއްދައިލިއެވެ,ލ. “އަހަރެން.. އަހަރެން މިއުޅެނީ ދެވަނަ ކައިވެންޏެއްކުރަން.” ވަރަށް ހިތްވަރުކޮށްފައި މަލްހާ ބުނެލިއެވެ. އެއާއެކު އެދެމެދަށް މަރުފަދަ ހަމަހިމޭންކަމެއް ފެތުރިގެންދިޔައެވެ.

“ދަރިފުޅުގެ ކައިވެނީގަ ﷲ ބަރަކާތްލައްވާށި.” އެހެންބުނެލަމުން މަލްހާއަށް ވާހަކަދައްކާނޭ ފުރުސަތެއްވެސްނުދީ އާބިދާ ފޯނު ކަނޑައިލިއެވެ. “މަންމާ.. މަންމާ..” ދެފަހަރަކު އެހެން ގޮވައިލަމުން މާޔޫސްކަމާއެކު މަލްހާ އިސްޖަހައިލިއެވެ. ނަމަވެސް އެންމެފަހުން އާބިދާގެ ދުލުން ބޭރުވި ޖުމުލަ މަލްހާގެ ކަންފަތްބުޑުގައި ގުގުމަމުންދިޔައީ އެތުންފަތްމައްޗަށް ފަނޑުހިނިތުންވުމެއް ވެރިކުރުވަމުންނެވެ. “މަންމަމެން އަންނާނެނަމަ.” ފޯނުގެ ސްކްރީނަށް ބަލަހައްޓައިގެންއިނދެ މާޔޫސީ ރާގަކަށް މަލްހާއަށް ބުނެލެވުނެވެ.

** ** **

“ކާކުތަ ފޯނުކުރީ؟” ފޯނު ބޭއްވީއްސުރެ އޭގެއަށް ބަލަހައްޓައިގެން ރޮވިފައިއިން އާބިދާ ފެނުމުން ކިޔަންއިން ނޫސް އެއްފަރާތެއްގައި ބާވަމުން ސަލީމް އަހައިލިއެވެ. އެހެނަސް އާބިދާގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުނެވެ. ފޯނުގެ ސްކްރީނަށް ނަޒަރު ހުއްޓައިލައިގެންއިނދެ މަޑުމަޑުންރޮމުންދިޔައެވެ.

“އާބިދާ. ކާކުތަ ގުޅީ؟ ކިހިނެއްވީތަ؟ ކީއްވެތިރޮނީ؟” ކަންބޮޑުވެފައި އާބިދާގެ ކޮނޑުގައި އެއްއަތުންްހިފައި ގަޔާ ކައިރިކޮށްލަމުން ކަންބޮޑުވެފައި ސަލީމް އަހައިލިއެވެ. “މަލް.. މަލްހާ.” އިރުކޮޅެއްގެ ހިމޭންކަމަށްފަހު އާބިދާ ޖަވާބުދިނެވެ. “މަލްހާ ކީކޭބުނެގެންތަ އާބިދާ ތިރޮނީ؟” ދެންވެސް ަ
ސަލީމް އަހައިލީ ކަންބޮޑުވެފައިއިނދެއެވެ.

“ސަލީމް. އަހަރުމެންހެ މަލްހާ ދެވަަނަ ކައިވެންޏެއްކުރަނީ.” ސަލީމްގެ މޫނަށް ނަޒަރުހުއްޓައިލަމުން އާބިދާ ބުނެލިއެވެ. “އެހެންތަ؟ ކާކާ؟” އާބިދާ އެހެންބުނެލުމާއެކު ސަލީމް އަހައިލިއެވެ. “ނޭނގެ. އަހަރެން ނުއަހަން. އަހާކަށް ނުވެސްކެރުނު. ސަލީމް އަހަރެންނަށް ހީވަނީ.. އަހަރެމެންނަށް މަލްހާ ދޭތެރޭ ކަންތައްމިކުރެވުނީ އެންމެ ރަނގަޅަކަށްނޫންހެން.” ދެލޮލުން ހުއްޓުމެއްނެތި އޮހޮރެމުންދިޔަ ކަރުނަތައް އަތުގެ ނުފުށުން ފުހެލަމުން އާބިދާ ކުށްވެރިރާގަކަށް ބުނެލިއެވެ. އެވާހަކަތަކާއެކު ސަލީމަށްވެސް ފުންނޭވާއެއްދޫކޮށްލަމުން އިސްޖަހައިލެވުނެވެ.

“ކީއްވެކުއްލިއަކަށް ތިހެންތިބުނީ؟ މަލްހާ އެއްޗެކޭ ބުނީތަ؟” އާބިދާގެ މިލައިފައިވާ މޫނަށް ބަލަންއިނދެ ސަލީމް އަހައިލިއެވެ. އެއާއެކު ނޫނެކޭބުނުމުގެގޮތުން އާބިދާ ދެފަރާތަށް ބޯހޫރުވައިލިއެވެ. އަދި އިރުކޮޅަކު ވިސްނަންއިނުމަށްފަހު ލިވްޔާގެ ކައިވެނިޕާޓީގައި ނޫރާ އޭނާއާދިމާއަށް ބުނެލި ވާހަކަތައް ސަލީމަށް ކިޔައިދިނެވެ.

“އެދުވަހުން ފެށިގެން އަހަރެންނަށް އެކަމާމެދުގަ ވަރަށް ވިސްނޭ. ހިތަށްއަރަނީ ލިވީ އެދުވަހު ދެއްކީ ހަމަހަގީގަތުގައިވެސް ތެދުވާހަކތަކެއްބާވައޭ. އެހެންވެއްޖެނަމަ އަހަރުމެންގެ ސަބަބުން އަހަރުމެންގެ ދޮށީ ދަރިފުޅުގެ ހަޔާތް އެބަރުބާދުވީ. މިހާރު އެކަހަލަ އެއްޗެހި ހިތަށްއަރާވަމުން އަހަރެން ލަދުގަނޭ މަލްހާއާ ވާހަކަދައްކަންވެސް. މިއަދު އެދަރިފުޅު ގުޅީމަވެސް އަހަރެންނަށް ނުލިބުނު އެހައި ހިތްވަރެއް އެދަރިފުޅާ ވާހަކަދައްކައިލާކަށްވެސް. އެންމެކުޑަމިނުން ކައިވެނިކުރާ ތާރީޚެއްވެސް ކައިވެނިކުރަނީ ކާކައިކަމެއްވެސް އޮޅުންފިލުވައިލާނެހައި ހިތްވަރެއް އަހަރެންގެ ނެތް.” އަނެއްކާވެސް އާބިދާއަށް ރޮވުނެވެ. އެރޭ ޕާޓީއިން ފެނުނުއިރު މަލްހާއަށް އައިސްފައިހުރި ބަދަލުގެ އިތުރުން ނޫރާ ދެއްކިވާހަކަތައް އޭނާގެ ކަންފަތްބުޑުގައި އިރުއިރުކޮޅާ ތަކުރާރުވަމުންދަނީއެވެ. ނުވިސްނަން އުޅުނަސް ވިސްނެނީއެވެ.

“އާބިދާ. ތިކަމުގަ އާބިދާއެކޭ އެއްވަރަށް އަހަރެންގެ ކުށްވެސްވޭ. ދެން ތިވަރަށް ނުވިސްނާ. މަލްހާ ކައިވެނިކުރަންވީމަ އަހަރެންގެ ވަލީ ހޯދަން ގުޅާނު. ދެން ހުއްޓައިލާ. ރުއިގެންވާނެ ފައިދާއެއްނެތް. ވެދިޔަތަން ވެދިޔައީ.” ސަލީމްގެ އަޑުގައިވެސްވީ މާޔޫސްކަމެވެ. ދެލޮލުން އޮހެމުންދިޔަ ކަރުނަތައް ފުހެލަމުން އާބިދާ ބޯޖަހައިލިއެވެ. މިހުރިހައިކަމެއްގެ ހަގީގަތއް އޭނާ ހޯދަންބޭނުންވީ ކީއްވެކަމެއް ޚުދު އޭނާއަކަށްވެސް ނޭނގެއެެވެ. އެހެނަސް މިހުރިހައިކަމެއްގައި ފޮރުވިފައިވާ ކޮންމެވެސް ހަގީގަތެއްވާކަން މިއަދު އާބިދާގެ ހިތް ބުނަންފަށައިފިއެވެ.

** ** **

“ކޮބާ ކޮންދުވަހަކަށް ފައިނަލްކުރީ؟” ބްރޭކްގަޑީގައި ކެންޓީނުގެ މޭޒެއްދޮށުގައި ކޮފީބޯންިނދެ ނޫރާ އަހައިލިއެވެ. “އަންނަމަހު 26ގަ” ކުޑަކޮށް ލަދުގަނެފައިއިނދެ މަލްހާ ބުނެލިއެވެ. އެއާއެކު ނޫރާ ޔޭއި އޭ ކިޔައި ކުޑަކޮށް ހަޅޭލަވައިގަތެވެ. “ސާބަސް ނޫ. ހީވަނީ ކުޑަޖުއްޖެއްހެން.” ދެފަރާތަށް ބޯހޫރުވައިލަމުން މަލްހާ ހޭންފެށީ ނޫރާ ޖައްސަމުންދިޔަ ވައްތަރުތައް ފެނިފައެވެ.

“އައި އެމް ސޯ ހެޕީ. ފައިނަލީ އަހަރެންގެ އެންމެ ކްލޯޒް ފްރެންޑް އުފަލުގައި އުޅޭތަން ފެންނާނޭ ހިތަށްއަރަނީ. އެދުވަހެއް ދެކޭހިތުން އަހަރެން މިއިނީ ކެތްމަދުވެފަ.” ޖޯޝަ ފޯރީގައި ނޫރާ ބުނެލިއެވެ. ކުޑަކޮށް ހިނިތުންވެލަމުން މަލްހާ އިސްޖަހައިލިތަންފެނި ނޫރާ ކުޑަހިނދުކޮޅަަކަށް ހަމަހިމޭންވިއެވެ.

“ކިހިނެއްވީ މަލް؟” މަލްހާއާ ދިމާއަށް ބަލަންއިނދެ ނޫރާ އަހައިލިއެވެ. އޭރު އެއަޑުގައި ހިސާބެއްގެ ކަންބޮޑުވުމެއްވެސް އެކުލެވިފައިވިއެވެ. “ނޫ. އަހަރެން. އަހަރެެން ޔާނިކްދެކެ ލޯތްބެއްނުވޭ. ހިތަށްއަރަނީ އަހަރެންނަށް ޔާނިކް އުފަލުގައި ގެންގުޅެވިދާނެބާއޭ؟” މަލްހާ އޭނާގެ ހިތް ނުތަނަވަސްކުރަމުންދިޔަ ކަންތައް ނޫރާއާ ހިއްސާކޮށްލީ އެހިތަށް ކުޑަނަމަވެސް ހަމަޖެހުމެއް ލިބޭނެކަމުގެ އުއްމީދުގައެވެ.

“ޔަގީނެއްނު. ކަންބޮޑުނުވެބަލަ. އަހަރެންނަށް ޔަގީން ޔާނިކް މަލްއަށް ދެރައެއްނުދީ ވަރަށް އުފަލުން ގެންގުޅޭނެކަން. ހީ ކާންޓް ސީ ޔޫ ސޭޑް. އެހެންނޫނަސް މަލް އޭނަދެކެ ލޯބިވާނެ ދުވަހަކަށް ޔާނިކް އަބަދުވެސް އިންތިޒާރުކުރާނެ. އެހެންވީމަ ތިހެން ނުވިސްނާ. އެއްކޮށް އުޅެންފެށީމަ ﷲ އިރާދަފުޅުން ލޯބިވެސްވެވޭނެ.” ކަންތައްވީ މަލްހާ އުއްމީދުކުރިގިތަށެވެ. ނޫރާއާއި ވާހަކަ ދައްކައިލެވުމުން އެހިތަށް ހަމަޖެހުމާއި ސާބިތުކަން ލިބިގެންދިޔައެވެ. ވަގުތުން ލުއި ހިނިތުންވުމެއް އެތުންފަތްމަތީގައި ދުވެލިއެވެ.

** ** **

އުފަލާއި ފޯރިއާއެކީގައި ޔާނިކާއި މަލްހާގެ ކައިވެނީގެ ތައްޔާރީތައް ކުރިއަށްދަމުން ދިޔައެވެ. މުޅި އާއިލާ އެންމެން އެކަމުގައި މަޝްއޫލުވެގެން އުޅެމުންދިޔަގޮތްފެނި މަލްހާ އޭނާގެ އާއިލާމަތިން ވަރަށް ހަނދާންވިއެވެ. އެހެނަސް އެހުރިހައި ހިތާމައަކާއި ޝަކުވާއެއް ހިތުތެރޭގައި ފޮރުވައިލަމުން މަލްހާވެސް ހިނިތުންވެހުރެ އޭނާގެ ދެވަނަ ކައިވެނީގެ ތައްޔާރީގައި އެންމެ ފުރިހަމަ ގޮތުގައި ބައިވެރިވަމުންދިޔައެވެ.

ޔާނިކްއަށް ހީވަނީ އުފަލުގެ ޢީދެއް އައިސްގެން އުޅެހެންނެވެ. އެންމެ ހިނދުކޮޅަކުވެސް އެހިތްގައިމު ތުންފަތްމަތިން ހިނިތުންވުން ފިލައިގެން ނުދެއެވެ. ކައިވެނީގެ އެކިއެކި ތައްޔާރީތައް ޖުރިއަށްދާތަންފެންނަ ކޮންމެ ދުވަހަކު އޭނާއަށް ﷲ އަށް ޙަމްދުކޮށްލެވެނީ އެއުފާވެރިން އަބަދަށް ލެހެއްޓެވުމަށް ދުޢާކުރާ ހާލުގައެވެ.

ކައިވެންޏަށް ތިންދުވަހަށް ވީއިރު ބޮޑެތި ހުރިހައި ތައްޔާރީތަކެއްވަނީ އެއްކޮށްހެން ނިމިފައެވެ. އަތުގައި އޮތް ކައިވެނީގެ ކާޑަށް ބަލަން ޔާނިކްއިނީ ހިތްހަމަޖެހިފައެވެ. އިރުކޮޅަކު އެހެން އިނުމަށްފަހު އަތުކުރީގައިއޮތް ގަޑިއަށް ބަލައިލަމުން އިންތަނުން ޔާނިކް ތެދުވިއެވެ. އަދި ކާރުގެ ތަޅުދަނޑި ނަގަމުން ގެއިން ނުކުމެ ކާރަށް އަރައި ދުއްވައިލިއެވެ.

** ** **

ގޭގެ ބެލްގެ އަޑާއެކު ކޮޓަރީގައި ޓީވީ ބަލަންއޮތް ރާއިދް ނިތަށް ރޫއަރުވައިލަމުން އޮތްތަނުން ތެދުވެ ގަޔަށް ޓީޝާރޓެއް މަހައިލަމުން ކޮޓަރިން ނުކުންނަން ހިނގައިގަތެވެ. ދޮރުހުޅުވައިލަމުން ނުކުތްއިރު ހީނާ ހުޅުވައިފައިވާ ދޮރުން ގޭތެރެއަށްވަތް ޔާނިކް ފެނިފައި ރާއިދްއަށް ހުރިފިޔަވަޅުމަތީގައި ހުއްޓެވުނެވެ. ގޭތެރެއަށްވަތް ޔާނިކްގެ ލޮލުގައި ރާއިދް އަޅައިގަތުމާއެކު ސަލާމް ގޮވައިލިއެވެ. ބޯޖަހައިލަމުން ރާއިދް ސަލަާމް ބަލައިގަތުމަށްފަހު އިނށީނުމަށް ދައުވަތުދިނެވެ.

“ކޮންކަމަކު މިގެއަށް ތިއައީ؟” ފަރުވާކުޑަ ރާގަކަށް ރާއިދް އަހައިލިއެވެ. “އަހަރެންނެތިން ވާހަކަ ދިގުކުރާކަށް. އަހަރެން މިއައީ މީތި ދޭންވެގެން.” އަތުގައިއޮތް ކާޑު ރާއިދަށް ދިއްކޮށްލަމުން ހިނިތުންވެފައިއިނދެ ޔާނިކް ބުނެލިއެވެ.

“މީ ކޮންއެއްޗެއް؟” އޭގައި ހިފަމުން ރާއިދް އަހައިލިއެވެ. “ހުޅުވަައިފައި ބަލައިލަބަލަ. އޭރުން ތިއީ ކޮންއެއްޗެއްކަން އިނގިދާނެ.” ސޯފާގައި ކުޑަކޮށް ހަމަޖެހިލަމުން ޔާނިކް އެސުވާލުގެ ޖަވާބުދިނެވެ.

ފާޑަކަށް ޔާނިކްއަށް ބަލައިލަމުން ރާއިދް ކާޑު ހުޅުވައިލުމަށްފަހު އޭގައިވީ ލިޔެފައިވާ ލިޔުންކޮޅު ކިޔައިލިއެވެ. އެއާއެކު އޭނާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ގަބޫލުނުކުރެވިފައި އޭނާ އަށް ޔާނިކްގެ މޫނަށް ބަލައިލެވުނެވެ. “ކިހިނެއްވީ؟” ނިތްއަރުވައިލަމުން ޔާނިކް އަހައިލިއެވެ.

“މަލް. ކަލޭ ހަމަ އަސްލަށްވެސް މަލްހާއާ ކައިވެނިކުރަނީތަ؟ މަލް މިކައިވެންޏަށް ރުހިގަބޫލުތަ؟” ހައިރާންވެފައިނދެވުނު ވަރުން ރާއިދަށް އަހައިލެވުނެވެ. “ޔެސް. ވީ އަރ ގެޓިން މެރިޑް.” ފަޚުރުވެެރިކަމާއެކު ޔާނިކް ބުނެލިގޮތުން ރާއިދްގެ ދެބުމަގޮށްޖެހިގެން ދިޔައެވެ. ހަގީގަތުގައިވެސް މަލްހާ ޔާނިކާއި ކައިވެނިކުރަން އެއްބަސްވީހެއްޔެވެ؟ އެއަޑުއިވިފައި އޭނާއަށް މިހައި އުނދަގޫ މިވަނީ ކީއްވެހެއްޔެވެ؟ މަލްހާ ދޫކޮށްލީ ޚުދު އޭނާއެވެ. މަލްހާއަކީ މިހާރު އޭނާއާ އެއްވެސް ގުޅުމެއްހުރި މީހެއްވެސް ނޫންވިއްޔާއެވެ؟ އޭނަ ކޮންމެމީހަކާ ކައިވެނިކުރިޔަސް ރާއިދްއަށް ކީއްހެއްޔެވެ؟

ރާއިދް އިންގޮތްފެނި ޔާނިކްއަށް ހިނިތުންވެލެވުނެވެ. “ހަނދާންވޭތަ އަހަރެން އެދުވަހު ބުނީމެއްނު ﷲ އިރާދަކުރެއްވިއްޔާ އަހަރެމެންގެ ކައިވެނިވެސް ވަރަށް އަވަހަށް ކުރެވޭނޭ. މިއޮތީ އެދުވަސް އައިސްފަ.” ސީދާ ރާއިދްގެ މޫނަށް ބަަލަންއިނދެ ޔާނިކް ބުނެލިއެވެ. އެއީތެދެކެވެ. އެދުވަހު ޔާނިކްވަނީ އޭނާއާއި ދިމާއަށް އެހެން ބުނެފައެވެ. އެހެނަސް އެއީ އެހައި ސީރިއަސްކޮށް ޔާނިކްބުނި ވާހަކައެއްކަމަކަށް ރާއިދް ހިއެއްނުކުރެއެވެ.

“ރާއިދް ހީކުރީ ރާއިދް މަލް ދޫކޮށްލީމަ ދެން މަލްދެކެ ތެދުހިތުން ލޯބިވާނެ އިތުރުމީހެއް ނުލިބޭނެކަމަށްތަ؟ ރާއިދްއަށް ގޮތްހުސްނުވިއިރު މަލްއަށް ކީއްވެ ގޮތްހުސްވަންވީދޯ. އެނީވޭސް އަހަރެން މިއައީ ހަމައެކަނި ތިކާޑުދޭންވެގެން. އުއްމީދުކުރަން ރާއިދްގެ ދެމަފިރިން އަހަރުމެންގެ ކައިވެނި ޕާޓީގައި ބައިވެރިވާނެކަމަށް. ދެން ގޮސްލީ.” އިންތަނުން ތެދުވެ ގެއިން ނުކުންނަން ހިނގައިގަންނަމުން ޔާނިކް ބުނެލިއެވެ. އެއިރުވެސް ބުނާނެ އެއްޗެއް ނޭނގިފައި ރާއިދަށް އިނދެވުނީއެވެ. އަދިވެސް އެކަން ގަބޫލުކުރަން އޭނާއަށް އުނދަގޫވެފައިވާކަހަލައެވެ.

“ކާކުތަ އައީ؟” ގޭގެ ބެލް ޖެހިއިރު ލިވްޔާ އުޅުނީ ފާޚަނަިގައެވެ. އެހެންކަމުން ކޮޓަރިން ނުކުންނަމުން އެންމެ ފުރަތަމަވެސް އޭނާ އެސުވާލުކޮށްލީ ރާއިދް އިންގޮތްފެނިފައެވެ. “ޔާނިކް.” އެއިންގޮތަށް އިނދެ އެއްވެސް އަސަރެއްނެތި ރާއިދް ބުނެލިއެވެ. “އެހެންތަ. އެކީކުރަންށޯ މިގެއަށްއައީ؟” ސޯފާގައި ރާއިދާއި ޖެހިގެން އިނށީދެ ހަމަޖެހިލަމުން ލިވްޔާ ރާއިދްގެ މޫނަށް ބަލައިލީ ރާއިދްގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުމުންނެވެ.

“ރާދު. ކިހިނެއްވީތަ؟” ރާއދިްގެ އަތުގައި ހިފައި ކުޑަކޮށް ތަޅުވައިލަމުން ލިވްޔާ އަހައިލިއެވެ. “މި ކާޑު ދޭންވެގެން އައީ.” ލިވްޔާއަތަށް ކާޑު ދިއްކޮށްލަމުން ރާއިދް ޔާނިކްއައި ސަބަބު ބުނެދިނެވެ.

“މިކޮން ކާޑެއް؟” ރާއިދް ދިއްކޮށްލި ކާޑުގައި ހިފަމުން ލިވްޔާ އަހައިލިއެވެ. ވަކި ޖަވާބެއްނުދީ ރާއިދް އެއިންގޮތަށް އިނީއެވެ. ރާއިދާއި ދިމާއަށް އިރުކޮޅަކު ބަލަންއިނުމަށްފަހު ލިވްޔާ އެކާޑު ހުޅުވައިލަމުން ބަލައިލިއެވެ. އެއާއެކު އޭނާއަށްވެސްވީ ރާއިދަށް ވީވަރެވެ.”ސީރިއަސްލީ. ދޮންތަ ޔާނިކްއާ މެރީ ކުރަނީތަ؟ އަޮހް އައި ކާންޓް ބްލީވް ދިސް.” ހައިރާންކަން ރަސްކަންކުރަމުންދިޔަ ލިވްޔާގެ މޫނުމައްޗަށް ވަގުތުން ފުޅާ ހިނިތުންވުމެއް ވެރިވިއެވެ. މަލްހާ އެހެންމީހަކާއި ކައިވެނިކޮށްފިނަމަ އަބަދުގެ އަބަދަށް އެމީހުންގެ ދިރިއުޅުމުން މަލްހާގެ ދުރަށްދިޔައީއެވެ. ވީއިރު ރާއިދްވެސް އުފާކުރަންވީ ނޫންހެއްޔެވެ؟ ރާއިދް އިންގޮތްފެނި ލިވްޔާ އެހަަައި ހިތްހަމައެއްނުޖެހުނެވެ.

“ރާދު ވީ ޝުޑްބީ ހެޕީ. އަހަރުމެންގެ ދިރިއުޅުމުން ދޮންތަގެ ހިޔަނި އަބަދަށްފިލީ. ދެން ކީއްވެ ރާދު ތިފާޑަށް ތިއިންނަނީ؟ މިއެއްނޫންތަ އަހަރުމެން ބޭނުންވިގޮތަކީ.” ހިތްހަމަނުޖެހިފައި ލިވްޔާ ބުނެލިއެވެ. އެއާއެކު އެއްދިމާއަކަށް ގެއްލިފައިއިން ކަހަލަ ގޮތަކަށްއިނދެފައި ރާއިދް ލިވްޔާަގެ މޫނަށް ބަލައިލަމުން އިންތަނުން ތެދުވިއެވެ. “އައި ނޯ ލިވީ. އައި ނޯ ވީ ޝުޑްބީ ހެޕީކަން. އެކަމަކު ނޭނގެ ކީއްވެކަމެއް އަހަރެންނަކަށް އެއްވެސް އުފާވެެެރިކަމެއް އިހުސާސެއްނުވޭ. އަދިވެސް ތިޚަބަރު ގަބޫލުކުރަން އަހަރެންނަށް ދަތިވަނީ.” އެހެންބުނެލަމުން ލިވްޔާއަށް ވާހަކަ ދައްކާނެ ފުރުސަތެއް ދިނުމެއްނެތި ބާރުހިނގުމެއްގަަައިގޮސް ރާއިދް ކޮޓަރިއަށްވަދެ ދޮރުލައްޕައިލިއެވެ. ރާއިދްގެ ބަސްތަކާއި އަމަލުން ހައިރާންވީވަރުން އިންތަނުން ތެދުވެ އަނގަ ހުޅުވިފައި ލިވްޔާއަށް ހުރެވުނީއެވެ. އެއްގޮތަކަށްވެސް ރާއިދް އެހެންބުނަން ޖެހުނު ސަބަބެއް އޭނާއަކަށް ނުވިސްނުނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Nau

Level 910 Stories100 Comments500 Comments100 Stories100 Login1K Comments

A girl who loves reading and writing stories. My dream has always been to become a successful story writer. In Sha Allah. ❤

Other Articles

Previous

ލޯބިނުވިޔަސް ފިރުމާލަދީ 10

Next

ބޭނުންވަނީ ޔާރާ… 5

Next
April 3, 2018

ބޭނުންވަނީ ޔާރާ… 5

Previews
April 3, 2018

ލޯބިނުވިޔަސް ފިރުމާލަދީ 10

35 Comments!

  1. Nau says:
    April 3, 2018 at 6:36 pm

    Salaam.. Here is the 27th part. Hope u guys will like this part too. Let me knw the mistakes n enjoy reading.. Nxt part in sha allah thursday ga.. Kyp waiting.. Thanks alot all.. Ly so much dears?❤

  2. ina says:
    April 3, 2018 at 6:43 pm

    hehe so nice. first me

  3. Ash says:
    April 3, 2018 at 6:47 pm

    I am first.ohoh. v reethi mi partves. Waiting for next part…

  4. Think says:
    April 3, 2018 at 6:55 pm

    Wow. V reethi. Dhn part rh miah vure dhigu koh genes dhehchey. Waiting for the nxt part ?

  5. Hairaan says:
    April 3, 2018 at 6:56 pm

    Varah reethi

  6. Aki says:
    April 3, 2018 at 6:57 pm

    varah furihama ekamu thankolhe kuree mi part

  7. Shafa says:
    April 3, 2018 at 7:03 pm

    Yey finally second dhw vv reethi mi partvs..waiting for next part❤?

  8. Yass says:
    April 3, 2018 at 7:26 pm

    Very nice

  9. lotus says:
    April 3, 2018 at 8:00 pm

    Wow.. v salhi.. let me guess……… raaidh still likes mal……….???

  10. Any says:
    April 3, 2018 at 8:07 pm

    Wow wow nau loabiii hadharychey v kiyahihvey next part ??❤???

  11. Navii says:
    April 3, 2018 at 8:08 pm

    Wow.. Masha Allah .. Vvvvvvv reethi mi part ves… Waiting for next part ingey..

  12. Axy says:
    April 3, 2018 at 8:09 pm

    V V reethi ?

  13. Pinky shifoo says:
    April 3, 2018 at 8:14 pm

    Maasha Allah mi part vx v v v reethi ❤️❤️❤️… Eagerly waiting for the next part ???…

  14. Anonymous says:
    April 3, 2018 at 8:23 pm

    haadha lahunney mihaaru thi up kuranee???????

  15. sum sum ? says:
    April 3, 2018 at 8:48 pm

    Then othee last part tha??
    Varah reethi???

  16. Anonymous says:
    April 3, 2018 at 9:25 pm

    Vrh vrh reethi mi part vx waitin for next part

  17. Minnie✨ says:
    April 3, 2018 at 9:56 pm

    Salaam Nau..????? How’s you??? ???? Varah dhuvas kollaafa anekkaa ves mi comment eh kollee….????? Hama as usual, mi episode ves hama Superrrrrb..❤❤❤❤ Varah kiyaa hithun indha thi nimmaale..?????? Dhn ekamu ves Thursday ah wait kuran dhw jeheynee… ???? Mal and Yaanik marry kuraathee varah happy…?????? Nau Mal gaathu bunahche Mal ge wedding ah Minnie ah invite kurahchey… ???? Hehehe….. All the best Cutie..????? Love you…❤❤❤❤❤?????✨✨✨

    1. Minnie✨ says:
      April 3, 2018 at 10:06 pm

      And one more thing Nau…✨✨✨ Nau Stories thakuga Cover pic edit kurany kon app akun kan bunedheefaanan tha??? ?????

  18. Zaana says:
    April 3, 2018 at 10:15 pm

    Luv the story..❤❤❤ can’t wait for the next part..??

  19. Friends says:
    April 3, 2018 at 11:04 pm

    Hey finally v dhuvas kohfa mi comm kolany . Mi stry mi dhany hama v furihama kon ingey dear.ummedh kuran nimen dhen vex mi gothah dhaane kamah.liviya mennah e yoih v gotheh dhw.haha.
    Friends ah heevany mi noora mi ulheny malha aa ehaa part vegen mal kokko rahtehi vegen ulhey thiy kan nyge dhw.
    Waiting nw part. V salaan nau.???

  20. Anonymous says:
    April 3, 2018 at 11:54 pm

    Jusst perfect ❤️

  21. Niha says:
    April 4, 2018 at 6:35 pm

    Nau.. varah reethi mi part ves..❤❤.. waiting for the next part….☺

  22. Black fathafolhi says:
    April 5, 2018 at 11:07 am

    Haadha lahey up vaaleh avas kobbala

  23. Mare says:
    April 5, 2018 at 1:54 pm

    Kon irakun tha up Kurany??

  24. Shafa says:
    April 5, 2018 at 3:52 pm

    When story up kurany..?waiting waiting..?❤?

  25. Nau says:
    April 5, 2018 at 4:04 pm

    Salaam guys. M sry to say this.. Bt kuda kameh dhimaavumuge sababun tday ge part upkoh dheveyny maadhan mrnin ga.. Sry all.. In sha allah tmrw mrning i will upload the next part..

  26. Waitin says:
    April 5, 2018 at 5:00 pm

    Haha… evy 3 days ah mihaaru.
    Dhen haftha eh dhen maheh.. v hehvaa.. thee writers aky..

    1. Ffff says:
      April 5, 2018 at 5:44 pm

      V fake

  27. What says:
    April 5, 2018 at 5:47 pm

    Asluves v hehvaa. Thihaavarun vaahaka nuliyan vynu

    1. Shafa says:
      April 6, 2018 at 9:52 am

      Konme meehakuvs baivaru kanthah thakeh kuramu ithurah mikahala kameh kuranya dhathi thakaa kurimathi laan jeheyne..hama ekani naueh noon..aharumen ehmmenvs…ehn v ma thigothah ehchehi bunegen nuvaane??..eiyvs insaaneh…amihlla ah visnaaleema ingeyne ekahala haalehthehga hurihyya aharun ulheyne haaleh☺☺..hurihaa kamakaa visnan jeheyne gaimuvs..ehn v ma we should understand and we should thank nau for uploading the story on time noonas… ??Nau ah time libunu varakun hama upload Eba kurey story..hamagaimuvs I understand her situation.. And will always support ..ly nau..❤??

  28. lotus says:
    April 5, 2018 at 6:02 pm

    Alhey…. soooo sad?… but wil wait… hopes everthings ok with u nau… v ha avahaka up kohdheh chey….???

  29. Sana says:
    April 5, 2018 at 8:39 pm

    Alhey nau ???
    Varah dhera vey bunaa dhuvahah up koh Nudheythee ??

  30. Mia says:
    April 5, 2018 at 10:25 pm

    Varah kos koh thi genesdheny

  31. ss says:
    April 6, 2018 at 2:01 am

    thinkpofitive . vaajaka liyaa kudhinnah ves insaanuh nay.

  32. Khaleesi says:
    April 8, 2018 at 12:00 pm

    When is the next part????

Comments are closed.

Next Episodeތަޤްދީރު (28)←


All Right Reserved!