Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ތަޤްދީރު (29)

Nau Level 910 Stories100 Comments500 Comments100 Stories100 Login1K Comments
April 8, 2018 4 Mins Read
35 Comments

މަލްހާގެ މިހަރަކާތާއެކު ޔާނިކްގެ ހިތުގެ ހިނގުން އަވަސްވެގެންދިޔައެވެ. ފަނޑު ހިނިތުންވުމެއް އެތުންފަތްމަތީގައި ދުވެލީ ބޭއިޚުތިޔާރުގައެވެ. އިންތަނުން ތެދުވަމުން ލަސްފިޔަވަޅުތަކެއްގައި ޔާނިކް މަލްހާއާއި ދިމާއަށް މިސްރާބުޖެހިއިރު ދެހިތްވެސް ނެގިނެގިފައި ޖެހެމުންދިޔައެވެ. ޔޭއި އޭ ކިޔައިލަމުން ޒީވާން ދެއަތްޖަހަައިލަމުން ހީލިއަޑު އިވުނެވެ. މަލްހާ ގާތުގައި އިނށީދެލަމުން ޔާނިކް އިސްޖެހިފައިއިން މަލްހާގެ މޫނަށް ނަޒަރުހިންގައިލިއެވެ. އަދި ތުންފަތުގައި ދަތްއަޅައިލަމުން ލަސްލަހުން ގުދުވެ ޖަންބުކުލަ އަރަމުންދިޔަ މަލްހާގެ ދޮންކޯތާފަތުގައި އޭނާގެ ތުންފަތް ޖައްސައިލިއެވެ. ލަދުރަކި ހިނިތުންވުމަކާއެކު މަލްހާއަށް ދެލޯމަރައިލެވުނީ ހިތްހަމަޖެހިފައިއިނދެއެވެ.

އެތަންބަލަން އިނުމަށްފަހު ޒީވާން އެނދުން ފައިބައިގެން އައިސް މަލްހާއާއި ޔާނިކްއާ ދެމެދަށްވަނެވެ. އަދި ލޯބިން ދެމީހުންގެ ގައިގައި އެކުޑަކުޑަ ދެއަތް ވަށައިލަމުން ބައްދައިލިއެވެ. މަލްހާވެެސް ޒީވާންގެ އަތުގައި ހިފައިގެނެސް އެކުޑަ އަތްތިލައަށް ބޮސްދިނެވެ.

“ބައްޕަގެ ދޫނި. އަވަހަށް ހިނގާ ސައިބޯންދާންދޯ. ބައްޕަ އަންނާނަން ކުޑަކޮށް ފެންވަރައިލައިގެން އިނގޭ. އައިސް ދެކުދިން އެއްކޮށް ސައިބޯނީ ދޯ.” ޒީވާން އުރައިލަމުން އެފަންއިސްތަށިކޮޅު ހާވައިލައިފައި ޔާނިކް ބުނެލިއެވެ. ހެވިދިލިފައިއިނދެ ޒީވާން ބޯޖަހައިލިއެވެ. އެއާއެކު މަލްހާގެ އުނގުގައި ޒީވާން ބެއިނދުމަށްފަހު ތުވާލި ހިފައިގެން ޔާނިކް ފާޚަނާއަށް ވަނެވެ.

** ** **

ޑޮކްޓަރ ރިޕޯޓްތައް ބަލަމުންދިޔަ ވަގުތު ލިވްޔާއާއި ރާއިދްގެ މޫނުމަތިން ކަންބޮޑުވުން ފާޅުވަމުންދިޔައެވެ. ޑޮކްޓަރުގެ މޫނުމައްޗަށް އަރައިފައިބަމުންދިޔަ ކުލަވަރުން ކޮންމެވެސް ކަމެއް ގޯސްވެއްޖެކަން އަންގައިދެމުންދިޔައެވެ.

ދެއަތްދެއަތާ މޮޑެމުން ލިވްޔާގެ ރާއިދްގެ މޫނަށް ބަލައިލިއެވެ. އެވަގުތު ރާއިދްވެސް ލިވްޔާއާއި ދިމައަށް ބަލައިލީ ހާސްވެފައިއިނދެއެވެ. ކޮންމެވެސް ބޮޑުކަމެއް ވާންއުޅެނީއޭ އެހިތަށް އަރަމުންދިޔައީ ކީއްވެގެންކަމެއް ޚުދު ރާއިދަކަށްވެސް ނޭނގެއެވެ. ޑޮކްޓަރުގެ ޖަވާބެއްގެ އިންތިޒާރުގައި ދެމީހުން ނޭވާ ހިފަހައްޓައިލައިގެންތިބީއެވެ.

“ޑޮކްޓަރ އިޒް އެވްރިތިންގް އޯލްރައިޓް؟” އެންމެފަހުން ކެތްނުވެގެން ރާއިދް އަހައިލިއެވެ. އެއާއެކު ކަންބޮޑުވެފައި ޑޮކްޓަރު ފަހަރަކު މީހެއްގެ މޫނަށް ބަލައިލިއެވެ. އަދި ފުންނޭވާއެއްލަމުން ރިޕޯޓްތައް މޭޒުމަތީ ބެހެއްޓުމަށްފަހު ކުޑަކޮށް ހަމަޖެހިލިއެވެ. ދެެކެވެންމިއުޅޭ ވާހަކައަށް ތައްޔާރުވެލިކަހަލައެވެ.

“އައިމް ސޮރީ ޓް ސޭ ދިޒް. ބަޓް. ރިޕޯޓްތަކުން ދައްކާގޮތުންނަމަ ލިވްޔާ ދުވަހަކުވެސް މަންމައަކަށް ނުވާނެ. ލިވްޔާގެ ރަހިމުގަ ދަރިއަކު އުފުލޭނެހާ ބާރެއްނެތް.” ސީރިއަސް ރާގަކަށް ޑޮކްޓަރު ދެމީހުންގެ މޫނަށް ބަލަންއިނދެ ބުނެލި ޖުމުލަތަކާއެކު ލިވްޔާއަށް ހީވީ އޭނާގެ މޫނުމަތީގައި މީހަކު ބާރު އެތިފަހަރެއް ޖެހިހެންނެވެ. އެވާހަކަތައް އޭނާގެ ކަންފަތާއި ހަމައަށްއައީ ހޮނުގުގުރިއެއްގެ ސިފައިގައެވެ. އޭނާ ވަށައިގެންވި މާހައުލު އެނބުރިގަތްކަހަލަ އިހސާސުއް ވީއިރު އޭނާއަށް ރާއިދްގެ މޫނަށް ބަލައިލެވުނީ ކަންބޮޑުވެފައި އިނދެއެވެ. އޭރު ރާއިދްވެސްއިނީ ހަރަކާތެއްނެތި ހުއްޓުންއަރައިފައެވެ. އިވުނު ވާހަކަތައް ގަބޫލުނުކުރެވިފައި އިންކަހަލައެވެ. ލިވްޔާގެ ނަޒަރު އޭނާގެ މޫނަށް ސީދާވެފައި ހުރިހެންހީވެ ރާއިދްވެސް އެދިމާއަށް ބަލައިލިއެވެ. ލިވްޔާގެ މޫނުމަތިން ފާޅުވަމުންދިޔަ ކުލަވަރުން ދާދި ދެންމެއަކު އެއިވުނު ވާހަކަތަކަކީ ހުވަފެނެއްނޫނަކް ޔަގީންކޮށްދެމުންދިޔައެވެ. ބުނާނެ އެއްޗެއް ރާއިދްގެ ސިކުނޑިއަކަށް ނައެވެ.

ތުންފަތުގައި ދަތްއަޅައިލަމުން ލިވްޔާ ޑޮކްޓަރާއި އެކިއެކި ސުވާލުތައް ކުރަމުން ކަންކަން އޮޅުންފިލުވަމުންދިޔައެވެ. އެހުރިހައި އިރުވެސް ބަހެއްނުބުނެ އެއިންގޮތަށް ރާއިދް އިނީއެވެ. ފުންޚިޔާލަކަށް ގެއްލިފައި އިންކަހަލައެވެ. ދޭތެރެއަކުން ރާއިދްގެ ފަރާތުން ހިތްވަރުގެ ބަސްކޮޅެއް ލިބޭމެކަމަށް ހިތައި ލިވްޔާއަށް ރާއިދާއި ދިމާއަށް ބަލައިލެވެއެވެ. ނަމަވެސް ރާއިދް އިންގޮތްފެނި އެހިތުގައި ޖެހެމުންދިޔައެވެ. ހިތްވަރުކޮށްގެން ނުރޯންއިނެއްކަމަކު އެހިތް ފޮތިފޮތިވެ ޗިސްޗިސްވަމުން ދިޔައެވެ. މަންމައަކަށްވާން ބޭނުންނުވާނީ ކޮންއަންހެނެއް ހެއްޔެވެ؟ އެހައިބޮޑު ނިޢުމަތަކުން މަހުރޫމުވުމުން ދެރަނުވާނީ ކާކުހެއްޔެވެ؟ ލިވްޔާއަށް އިސްޖަހައިލެވުނެވެ. އެންމެހިނދުކޮޅަކުވެސް އެތަނުގައި މަޑުކޮށްފިނަމަ އޭނާ ހިފަހައްޓައިގެންހުރި ކަރުނަތައް އޭގެ މަގާމްދޫކޮށް އޮހިގެންފާނެހެން ހީވުމުން ޑޮކްޓަރަށް ޝުކުރު އަދާކުރުމަށްފަހު ރާއިދް ގައިގައި ކުޑަކޮށް ކޮށްޓައިލަމުން ލިވްޔާ އެތަނުން ނުކުންނަން ހިނގައިގަތެވެ.

ކާރުތެރެއަށް ފެތުރިފައިވީ މަރުފަދަ ހިމޭންކަމެވެ. ދެމީހުންކުރެ އެކަކުވެސް އަނގައަކުން ނުބުނެއެވެ. ވާހަކަދެއްކޭވަރަށްވުރެ ދެމީހުންގެ ހާލަތުވެސްވަނީ ގޯސްވެފައެވެ. ކޮންމެ މީހަކަށްވެސް ވިސްނެމުންދިޔައީ ދެންމެވީ ކަންތަކާއި މެދުގައެވެ. ލިވްޔާގެ ލޮލުން ހޯސްލައިފައި ކަރުނަތައް ފައިބަމުންދިޔައިރު ރާއިދް އަދިވެސްއިނީ ގަބޫލުނުކުރެވިފައި ކަހަލަގޮތަށެވެެ.

ރާއިދްގެ ސިކުނޑީގައިވީ ތުއްތު ޒީވާންގެ ހަނދާންތަކެވެ. އޭނާ އެންމެ ފުރަތަމަ ބައްޕައަކަށްވާންއުޅޭކަމުގެ އުފާވެރި ޚަބަރު ލިބުނު ދުވަހު އެހިތަށް އަރައިފެއިބި އުފާވެރި އިހުސާސުތަކެވެ. އެންމެ ފުރަތަމަ އެތުއްތު ފުރާނަ އޭނާއަށް އުރައިލެވުނުއިރު ހިތުގައިވި ބަފައިވަންތަކަމުގެ ޖަޒުބާތުތަކެވެ. މަލްހާ އާއި މެދުގައި ކޮންމެ ގޮތަކަށް ކަންތައްކުރެވުނު ނަމަވެސް އޭނާއަށ ޒީވާނާއި މެދުގައި ކަންތައްކުރެވުނީކީ ރަނގަޅަކަށްނޫންކަން އެވަގުތު އޭނާއަށް އިހުސާސުވަމުންދިޔައެވެ. ޒީވާނާއި މެދުގައި ފަރުވާކުޑަ ކޮށްލެވުނީތީ އަމިއްލަ ނަފުސް ކުށްވެރިކުރެވެމުންދިޔައެވެ. ދެންދުވަހަކުވެސް އޭނާއާއި ދިމާއަށް ބައްޕާއޭ ކިޔައިފައި ޒީވާން ގޮވައިލާނެއަޑު އޭނާއަށް ނީވޭނީހެއްޔެވެ؟ ރާއިދްއަށް ލޯމަރައިލެވުނެވެ. ހިތުގައި ރިހެމުންދިޔަވަރުން ގާތުގައި އިން އޭނާގެ ލޯބިވާ އަނބިމީހާ ރޮމުންދިޔަ މަންޒަރުވެސް ރާއިދްއަށް ނުފެންނަފަދައެވެ.

ކުއްލިއަކަށް ރާއިދަށް ކާރު މަޑުކޮށްލެވުނީ ކުޑަކުދިންގެ ޕާރްކް ތެރެއިން ނުކުމެގެންދިޔަ މަލްހާއާއި ޔާނިކާއި ޒީވާން ފެނުމުންނެވެ. ޔާނިކް ގާތުގައިހުރެ މަޑުމަޑުން މަލްހާ ހިނގަމުންދިޔައިރު ޔާނިކްގެ ކޮނޑުމަތީގައި އިން ޒީވާން މަޖާވެފައި ކޮންމެވެސް ކަމަކާ ހެމުން ޔާނިކްގެ އިސްތަށިގަނޑު އެކުޑަކުޑަ އަތްތިލައިން ހާވަމުންދިޔައެވެ. އެމަންޒަރުފެނި ރާއިދްގެ ބުމަގޮށްޖެހިގެން ދިޔައެވެ. ޔާނިކްގެ މަގާމުގައި ހުންނަންޖެެހޭނީ އޭނާއޭ ހިތަށްއަރަންފެށީ ކުއްލިއަކަށެވެ. އެއާއެކު ޔާނިކާއި މެދުގައި ހިތުގައި ހަސަދަވެރިކަމުގެ ރާޅުބާންޏެއް އުފެދުނެވެ.

ވީނުވީއެއްނޭނގި ރާއިދް ކާރު ހުއްޓައިލުމުން ހައިރާންވެފައި ލިވްޔާ ރާއިދާއި ދިމާއަށް އޭނާގެ މިލައިފައިވާ މޫނު އަނބުރައިލިއެވެ. އެވަގުތު ރާއިދްގެ ރުޅިވެރިނަޒަރު ސީދާވެފައިވީ ދިމާއަށް ލިވްޔާވެސް ބަލައިލިއެވެ. ހީސަމާސަކުރަމުންދިޔަ މަލްހާއާއި ޔާނިކާއި ޒީވާން ފެނުމުން ހިންދިރުވައިލަމުން ލިވްޔާ ރާއިދާއި ދިމާއަށް އަނެއްކާވެސް ބަލައިލިއެވެ. އެދެމީހުންނަށް އެފަދަ ދުވަހެއް ނުއަންނާނޭ ހިތަށްއެރުމާއެކު އަނެއްކާވެސް ލިވްޔާއަށް ރޮވެންފެށިއެވެ.

ގެއަށްއައިސް ވަތްއިރުވެސް އެދެމީހުންގެ ދެމެދުގައި ރަސްކަންކުރަމުންދިޔަ ހަމަހިމޭންކަމަށް ނިމުމެއްނައެވެ. ލިވްޔާއަށް ރާއިދްގެ އެހަމަހިމޭންކަމުން އުނދަގޫވަމުންދިޔަ ނަމަވެސް ރާއިދް އެކަމާ އެހައި އަޅައިލާހެނެއް ހިއެއްނުވެއެވެ. ދާދި ދެންމެއަކު ފެނުނު މަންޒަރުން ރާއިދްގެ ތަބީއަތުވަނީ އެއްކޮށް ޚަރާބުވެފައެވެ.

“ރާދު.” ހިތިގޮތަކަށް ލިވްޔާ ގޮވައިލީ ރާއިދްގެ ފަރާތުން އެވަގުތު ލޯތްބާއި އޯގާތެރިކަމަށް ބޭނުންވެފައި ހުރި ވަރުންނެވެ. “ހޫމް.” ރާއިދްގެ ފަރާތުންލިބުނު ފަރުވާކުޑަ ޖަވާބާއެކު ލިވްޔާގެ ހިތް ބިއްލޫރިކޮޅެއް ފަދައިން ކުދިކުދިވެގެން ދިޔައެވެ.

“އަހަރެން. އަހަރެން ބޭނުން އަލުން ޓެސްޓް ހަދަން. އެހެން ޑޮކްޓަރަކަށް ދައްކަންބޭނުމީ. ފަހަރެއްގަ މަގެއްވެސް ފެނިދާނު.” ލޮލުގެ ހިމަކޮޅުން ފައިބަމުންދިޔަ ކަރުނައިގެ މުތީތައް ފުހެލަމުން ލިވްޔާ ހިތްވަރުކޮށްފައި ބުނެލިއެވެ. މިފަހަރުވެސް ވަކި އެއްޗެކޭނުބުނެ ރާއިދް ހަމައެކަނި މަޑު ހޫންއަކުން ފުއްދައިލީއެވެ. ލިވްޔާގެ ހިތްވަރުއެލޭގޮތްވިއެވެ. ބާރު ހިނގުމެއްގައިގޮސް ފާޚަނާއަށް ވަނުމަށްފަހު ފެންމާގަނޑު ދޫކޮށްލަމުން އޭގެ ދަށުގައި އިނށީނެވެ. އެއާއެކު އޭނާގެ ބަޑިފަޅައިގެން ދިޔައެވެ. އަޑުން އަޑުނަގައި ލިވްޔާއަށް ރޮއިގަނެވުނީ ބޭއިޚްތިޔާރުގައެވެ. މިއަދު އޭނާ ބޭނުންވި ހުރިހައި އުފަލެއް ލިބިހުރެވެސް ހުސްކަމެއް އޭނާއަށް އިހުސާސުވަމުން ދިޔައެވެ. އެހަޔާތުގައިވި ފަޅުކަން އިހުސާސުވިއެެެެވެ. ރާއިދްގެ ފަރާތުން ފެންނަމުންދިޔަ ފަރުވާކުޑަ ހަރަކާތްތަކުގެ ސަބަބުން އެހިތަށް އިތުރަށް ތަދުވަމުންދިޔައެވެ. ލޯބިވާ ހުރިހައި އެންމެން ތިބެމެ މިއަދު ލިވްޔާއަށް އިހުސާސުވަމުންދިޔައީ ހަމައެކަނި އެކަނިވެރިކަމެވެ.

ފާޚާނާ ތެރެއިން ހުއްޓުމެއްނެތި ލިވްޔާގެ ގިސްލުމުގެއަޑު އިވެމުންދިޔައިރުވެސް އެކަމަށް ފަރުވާލެއްނެތި އެނދުގެ އެއްފަރާތުގައި އިނށީދެ އެއްދިމާއަކަށް ގެއްލިފައި ރާއިދް އިނެވެ. އިރުގަނޑަކު އެވޭނުންފުރިގެންވި ގިސްލުމުގެ އަޑު އިވިފައި މަޑުމަޑުން ހުއްޓެމުން ހުއްޓެމުންގޮސް ހުއްޓުނެވެ. ހީވާގޮތުން އޭނާ ރޮއިރޮއި ވަރުބަލިވީއެވެ. މޫނުދޮވެ ތާޒާވެލައިގެން ލިވްޔާ ނުކުތްއިރު ނިތުގައި އަތްބާވައިލައިގެން ރާއިދް އޮތެވެ. އެންމެފަހަރަކުވެސް އެދެލޯ ހުޅުވައިލައި ލިވްޔާއާއި ދިމާއަކަށް ރާއިދް ބަލައެއްނުލިއެވެ. ފުންނޭވާއެއްލަމުން ލަސްފިޔަވަޅުތަކެއްގައި ލިވްޔާ އައިސް ރާއިދާއި ޖެހެގެން އެނދުގައި ހުސްކޮށްއޮތް ޖާގައިގައި އޮށޯވެލުމަށްފަހު ދެލޯމަރައިލިއެވެ.

** ** **

ދުވަސްތައް އޭގެ ހަލުވިމިނުގައި ފާއިތުވަމުން ދިޔައެވެ. ފާއިތުވެދާ ކޮންމެ ދުވަހަކާއެކު ޔާނިކާއި މަލްހާގެ ގުޅުންވެސް ދިޔައީ ވަރުގަދަވެ ކުރިލައި ހެދެމުންނެވެ. އެއްވެސް ޖެހިލުންވުމެއްނެތި އެކަކު ހިތުގައި އޮންނަ އެއްޗެއް އަނެކަކާއި ހިއްސާކޮށްލެވެއެވެ. އެކުގައި ގިނަ ވަގުތުތައް ދެމީހުން ހޭދަކުރަންފެށި އެކަމުން ދެހިތަށްވެސް ހަމަޖެހުންލިބޭތީއެވެ.

ނުބުންޏެއްކަމަކު މަލްހާގެ ހިތުގައިވި ރާއިދްގެ ނަން ދުވަހެއް ދުވަހަކަށް ފަނޑުވަމުންގޮސް އެހިތުގައި ޔާނިކްގެ ނަން ގަަދަ އަކުރުން ފެވިގެންދިޔައެވެ. ޔާނިކްގެ ހިތްގައިމު ރީތި ސޫރަ އެހިތުގެ އެންމެ އަޑީގައި ބިންވަޅު ނެގިގެންދިޔައީ މަލްހާއަށްވެސް ނޭނގިއެވެ. ކޮންމެ ދުވަހަކު ޔާނިކް އެނބުރި އޮފީހުން އަންނާނެ ވަގުތަކަށް މަލްހާއަށް އިންތިޒާރުކުރެވެންފެށީ އޭނާއާއި އެކުގައި ވަގުތުތައ ހޭދަކުރާހިތްވާލެއް ބޮޑުކަމުންނެވެ. މަލްހާގެ އުޅުމަށް އަންނަމުންދިޔަ ކުދިކުދި ބަދަލުތައް ޔާނިކްއަށްވެސް ފާހަގަވަމުންދިޔައެވެ. ހިތާހިތުން އޭނާއަށް އެކަމާމެދުގައި އުފާކުރެވެނީ މަލްހާ އޭނާއާއި ގާތްވާކަމުގެ ފޮނި އިހުސާސުކުރެވެމުން ދާތީއެވެ. އެލޯބިލިބެނ ދެންމާގިނަދުވަހެއްނެތޭ ޔާނިކްގެ ހިތް ބުނެލާކޮންމެ ފަހަރަކު އުފަލުން ނަށައިގަންނަން އޭނާ ބޭނުންވެއެވެ. އޭނާގެ ކެތްތެރިކަމުގެ މޭވާ މިހައި ފޮނިވެދާނެ ކަމަކަށް ފަހަރެއްގައިވެސް ޔާނިކް ހިއެއްނުކުރެއެވެ.

** ** **

ފާއިތުވެދިޔަ ދުވަސްތަކުގައި ރާއިދާއި ލިވްޔާގެ ގުޅުމަށްވަނީ ބޮޑު ޒަލްޒަލާއެއް އައިސްފައި ކަހަލައެވެ. ލިވްޔާގެ އެދުމަށް އެކިއެކި ޑޮކްޓަރުންނަށް ލިވްޔާ ދެއްކި ނަމަވެސް އެކަންވެސްވީ ބޭކާރެވެ. ކޮންމެ ޑޮކްޓަރެއްގެ ފަރާތުންވެސް ލިބެމުންދިޔައީ ހަމަ އެއްޖަވާބެކެވެ. އެކަމާ ލިވްޔާ މާޔޫސްވެގެންދިޔައިރު ރާއިދް އިތުރަށް ލިވްޔާއާއި ދުރުވުންނޫންހެންކަމެއް ނުވިއެވެ. އަދު ލިވްޔާ ހިތާމަކޮށް ކަރުނަނާޅާ ހަމައެންމެ ދުވަހެއްވެސް ނުދެއެވެ.

ލިވްޔާއަކީ ދަރިންލިބުމުން މަހުރޫމުވެފައިވާ އަންހެނެއްކަން އިނގުނު ހިސާބުން ރާއިދް ލިވްޔާމަތިން ފޫހިވާންފެށިއެވެ. އޭނާ އެކަން ރަނގަޅުކުރަން މަސައްކަތް ކުރިނަމަވެސް އެކަންވަނީ އޭނާއަށް ނުވެފައެވެ. ލިވްޔާއާ މެދުގައި ފަރުވާކުޑަކުރެވޭތީ ޚުދު އޭނާވެސް ދެރަވެއެވެ. އެހެނަސް ދަރިއެއްގެ ލޯތްބަށް ރާއިދް ބޭނުންވެފައިވީ މާބޮޑަށެވެ. ސިއްރު ސިއްރުން މަލްހާއާއި ޔާނިކްއާއެކުގައި ޒީވާން އުޅެމުންގެންދާ އުފާވެރި ދިރިއުޅުން ރާއިދް ބަލަމުންދިޔައެވެ. އެކުއްޖާ ގާތަށް ރާއިދް ދާންބޭނުންނަމަ އެކަމަށް މަލްހާ އެއްވެސް ހުރަހެއް ނުއަޅާނެކަން އޭނާއަށް އެނގެއެވެ. އެހެނަސް އޭނާ މަލްހާގެ ކުރިމައްޗަށްދާނީ ކޮންމޫނަކާއިއެކު ހެއްޔެވެ؟ އޭނާގެހުރި ހަމައެކަނި ދަރިފުޅާ ކުރިމަތިލާނީ ކޮންހައިސިއްޔަތަކުން ހެއްޔެވެ؟ އެދަރިފުޅު އެންމެ ބޭނުންވި ދުވަހު އޭނާވަނީ އެކުއްޖާ އޭނާގެ ހިމާޔަތުންނެރެ ބޭރުކޮށްލައިފައެވެ. މިހުރިހައިކަމަކާ ވިސްނާވިސްނާ ރާއިދްގެ ބޯހާސްވަމުންދިޔައެވެ. ހީނަރުވަމުންދިޔަ އޭނާއާއި ލިވްޔާގެ ގުޅުން ސަލާމަތްކުރުންވެސް ރާއިދްއަށް މިއަދު އެހައި މުހިއްމުނޫން ކަހަލައެވެ. އެއަށްވުރެ ބޮޑަށް އޭނާއަށް ވިސްނެމުންދިޔައީ މަލްހާއާއި ޒީވާނާއި މެދުގައެވެ. ކީއްވެކަމެއް ޚުދު އޭނާއަކަށްވެސް ނޭނގެއެވެ. ގައިމު އޭނާ މަލްހާ ދޫކޮށްލީ ބޭނުންނުވެގެންނެވެ. ވީއިރު މިއަދު އެނިޔަނެތި އަންހެންކުއްޖާއާއި ދޭތެރޭ އެހައިވަރަށް ވިސްނެންވީ ކީއްވެހެއްޔެވެ؟ އެހިނިތުންވުން ފެނުމުން އޭމާއަށްވެސް ހިނިތުންވެވެނީ ކީއްވެހެއްޔެވެ؟ އަބަދު ޒީވާނާއި އެކުގައި މަލްހާ ހީސަމާސަކުރާތަން ބަލަންހިތް އެދެނީ ކީއްވެހެއްޔެވެ؟ ހައްތަހަިއިވެސް ޖަވާބު ނޭނގޭ ސުވާލުތަކެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Nau

Level 910 Stories100 Comments500 Comments100 Stories100 Login1K Comments

A girl who loves reading and writing stories. My dream has always been to become a successful story writer. In Sha Allah. ❤

Other Articles

Previous

އަނދިރިފަރާތް 33

Next

ލޯބީގެ ރާސްތާއަކީ ކަރުނައޭ 2

Next
April 9, 2018

ލޯބީގެ ރާސްތާއަކީ ކަރުނައޭ 2

Previews
April 8, 2018

އަނދިރިފަރާތް 33

35 Comments!

  1. Nau says:
    April 8, 2018 at 7:03 pm

    Salaam all.. I knw this part is lil bit shrt.. Actually dhn othy lst part. So i wanted to make it lil lng.. Ehnve mi part shrt kohly ingey. Hope u all like this part too.. Nxt part in sha allah on tuesday.. Kyp waiting.. Thanks everyone.. Ly all❤?

  2. lotus says:
    April 8, 2018 at 7:12 pm

    Yey finaly kiyaalan libunee… v salhi.. waitin for the next prt.. keep up the good work nau???

  3. Anonymous says:
    April 8, 2018 at 7:13 pm

    Wow vv reethi ❤️

  4. lotus says:
    April 8, 2018 at 7:15 pm

    Aslu??? Dhen othee last part tha??? Alhey thihaa avahah story ninimmaga… haadha kiyaa hivvey mi story… hehehe???

  5. Navya says:
    April 8, 2018 at 7:15 pm

    Nice ❤

  6. Sana says:
    April 8, 2018 at 7:18 pm

    Varah reethi????
    Haadha kuru Kohlee mi part ?
    Keep going Nau??

  7. Waitin says:
    April 8, 2018 at 7:19 pm

    Alhey haadha shrt ey dhw.. foohi.. nau heevany bayaku kiyaa aadheys kuraathy vaahaka liyany hen.. v faruvaa kuda.

  8. Shafa says:
    April 8, 2018 at 7:20 pm

    Yey me first dhw..mi partvs vv reethi..gud luck

  9. Any says:
    April 8, 2018 at 7:35 pm

    Alhey nau mi vahaka eha avahah ninmakah nufeney ma avas aruvalafa nuliyey pls adhi malhage mom menge baives gennan vaane dhow any way story v nice ❤???

    1. Think says:
      April 8, 2018 at 8:34 pm

      Yeah dw. Mal ge mom mn ge bai gennan vaane. Eyrun story reethi vaany

  10. Pinky shifoo says:
    April 8, 2018 at 8:05 pm

    Wow… V v v reethi ingey mi part vx ❤️❤️❤️… Keep up the good work Nau ???… Curiously waiting for the next part ???

  11. Naai says:
    April 8, 2018 at 8:11 pm

    Very nice Waiting for next part please upload fast

  12. Axy says:
    April 8, 2018 at 8:41 pm

    Alhey Nau hama nimmalanee tha? ????

  13. naanee says:
    April 8, 2018 at 9:11 pm

    mal and livya ge mom and dad ah hageegai engenvaane ehnnu.. livya hedhi makaru ….. waitin

  14. Zuam says:
    April 9, 2018 at 9:12 am

    Wow….. varah reethi… waiting

  15. Mary says:
    April 9, 2018 at 1:27 pm

    V v loabi mi part ves, abadhuves mivaahaka kiyaahiyyvanee, he he thanks avahah up kollaba

  16. Queen angela? says:
    April 9, 2018 at 2:01 pm

    VARAH reethi..Ekam Avahah nimmaathiive????? Varah dheravey…

  17. unique says:
    April 9, 2018 at 10:38 pm

    of course we’ll wait… im really surprised to see raaidh….but ok then dhw…. intereting

  18. Maain says:
    April 9, 2018 at 11:07 pm

    Adhi neyngennun ebai naannaane kameh..

  19. Fathu says:
    April 10, 2018 at 1:51 am

    ?

  20. Nau says:
    April 10, 2018 at 3:51 pm

    Salaam all.. Lst part vyma its taking me time to write ingey.. I want the end to be beautiful n this part to be lng.. So mirey in sha allah type koh nimunuhaa avahah upkohlaanan.. Kyp waiting for tnyt.. ❤

  21. Black fathafolhi says:
    April 10, 2018 at 6:51 pm

    Hama waiting ga belun varehves neyge up vithw ??

  22. lotus says:
    April 10, 2018 at 6:59 pm

    Waitin waitin waitin… kiyaalaa hithun hureveneekee noon.. heheh???

  23. Aisha says:
    April 10, 2018 at 7:28 pm

    Waiting ga .. minute aku ehffaharu up vi tho eba beley. . Avahan up kohdhya. Pls

  24. Eleven says:
    April 10, 2018 at 8:34 pm

    Impatiently waiting

  25. ... says:
    April 10, 2018 at 8:42 pm

    Thihn bunyas hieh nuve mirey up vaane heneh

  26. Mare says:
    April 10, 2018 at 8:46 pm

    Haadha lahey.. Avas kohbaa

  27. Laylerr says:
    April 10, 2018 at 8:51 pm

    Waiting waiting waiting ..?

  28. Waitin says:
    April 10, 2018 at 8:56 pm

    Haadha lahey dhw.. fahun fahun aissa nau foohi vy ey dhw stry liyan.. ehnve dhw bunaa dhuhuves up nuvany.. up viyas vany dhuvas nimen kairi vanikoh.. thidhen v kada.. v foohi dhen

    1. Nau says:
      April 10, 2018 at 9:35 pm

      No dear. Ehn vany hama haqeegathugavx bxy kamun.. Ehn noon nama abdhuvx bunaa tym ah up kuran.. Bodu kameh jehunyma mifaharu stry ah mihen vy. I sincerely apologise for that.

  29. Anonymous says:
    April 10, 2018 at 8:58 pm

    Haadha lahey…. thihaa varah nuvaane meehunge hiy thalhuvaakah… mihaaru kehthrrikan kolhun laifi vaahaka kiyaahithun…dhen avahah up kohdheebala

  30. Khaleesi says:
    April 10, 2018 at 9:16 pm

    Nau kobaa tha? Vaahaka up vi thw belunu adhadheh vx neyge please avas kohbah nau
    And by the way don’t get demotivated by the negative comments ngeh. People won’t understand until same thing happens to them. Don’t get fed up or bored to write always think there are people who are waiting for your story like me ☺️? and pls make it soooooooon ???

  31. lotus says:
    April 10, 2018 at 9:16 pm

    i feel kinda stupid.. story ge endin ah wait kuraa iru miyo vaa hotheh.. ai fai finive hrt beat avas vanee… heheh.. alhugadu mi inee story kiyaafa nooney nunidhan mirey.. pls avaha up kohdheeba.. story ge inthizaaruga dhen mivarah hrt beat avas vanyya hrt attack eh nujehuniyya ragalhu.. waitin waitin???

  32. Mona says:
    April 10, 2018 at 9:23 pm

    Hurihaa enmen nidhan dhey avaha…hendhunu heylaa iru up kohlaane…mireyaku nuvaane thi wriiter akah…dhen konmes haasaru thakei dhamaafa 100 faharu sorry liyefa onaane…same drama

  33. Nau says:
    April 10, 2018 at 9:34 pm

    No dears. Sry lasvyma.. Ending vyma i tried to make it lng.. Ehnve lasvy.. Sry again.. Nw innane up kohfa. M really sry?

Comments are closed.

Next Episodeތަޤްދީރު (30) ފަހުބައި←


All Right Reserved!