ހިތްއެކީ ދެވިއްޖޭ (3)
“އަހަރެން އެހީވެދޭނަން. އެކަމަކު.. އަހަރެންނަކަށް ހިޔެއްނުވޭ ދުވަހަކުވެސް ޝިވަންދެކެ ލޯބިވެވޭނެހެނެއް. އެހެންވީމަ އަހަރެންގެ ފަރާތުން ލޯތްބަށް ނޭދޭނެކަމަށް އަހަރެން އުއްމީދުކުރަން.” ވަރަށް ހިތްވަރުކޮށްލައިފައި ނައިރާ ބުނެލިއެވެ. އެއާއެކު ޝިވަންގެ ހިތްހީވީ ތޫނު ހަންޖަރަކުން މީހަކު ޒަހަމް ކޮށްލިހެންނެވެ. ބުނާނެ އެއްޗެއް ނޭނގި ހުއްޓުންއަރައިފައި ނައިރާގެ މޫނަށް ބަލަން ޝިވަންއަށް އިނދެވުނީއެވެ. ލޮލުން އެއްވެސް ހިފެހެއްޓުމެއްނެތި ކަރުނަތައް ފައިބައިގަތީ އިތުރަށް ކެތްކުރަން އުނދަގޫވުމުންނެވެ.
ޝިވަންގެ ލޮލުން އޮހޮރެމުންދިޔަ ކަރުނަތައްފެނުމުން ނައިރާ އިސްޖަހައިލީ އެމަންޒަރުބަލަން އޭނާގެ ހިތަށް ކުޅަދާނަ ނުވުމުންނެވެ. ނަމަވެސް ޝިވަން އެއެދޭފަދައިން އޭނާއަށް ޝިވަންދެކެ ލޯބިވެވޭކަށްނެތެވެ.
“އިޓްސް އޯކޭ. އަހަރެންނަށް ވިސްނޭ. އަހަރެންފަދަ މީހެއްދެކެ ތިކަހަލަ ކުއްޖަކު ލޯބިނުވާނެކަން. އެއީކީ މައްސަލައެއްނޫން. ނައިރާގެ މަގާމުގަ އަހަރެން ހުރިނަމަވެސް ދޭނީ ހަމަ ތިޖަވާބު ކަންނޭނގެ. ކީކުރާނީ ދޯ. އަހަރެންގެ ތަގުދީރުގަ ލޯބި މިންވަރުކުރައްވާފަ ނެތީ ކަންނޭނގެ. ފުރަތަމަ މައިންބަފައިންގެ ލޯބިން މަހުރޫމުވީ. މިހާރު އަހަރެން އެންމެ ލޯބިވާ ކުއްޖާގެ ލޯބިންވެސް.. ޝުކުރިއްޔާ މިތަނަށް އައިސްދިނީތީ.” ހިތަށްކޮށްފައިވާ އަސަރުން ހިތުގެ އުދާސްތައް ފައްޗަކަށް އަމުނާލައިފައި ނައިރާއަށް ވާހަކަދައްކަންވެސް ފުރުސަތު ނުދީ ޝިވަން ތެދުވެގެން ހިނގައިގަތެވެ. ހުއްޓުން އަރައިފައި ނައިރާއަށް އިނދެވުނީއެވެ. ޝިވަން ބުނި ކޮންމެ ޖުމްލައެއް އޭނާގެ ކަންފަތްކައިރީގައި ތަކުރާރުވަމުން ދިޔަކަހަލައެވެ.
** ** **
ކްލާހުގައި އިން އަލްކާ އިންތިޒާރުކުރަމުން ދިޔައީ ބިސްނަސްގަޑި ފެށޭނެ ވަގުތަކަށެވެ. ޔައިޝްގެ ރީތި ސޫރަދެކިލާހިތުން މިހާރު ކެތްވަނީއެއްވެސް ނޫނެވެ. އިރުއިރުކޮޅާ އަތުކުރީގައި އޮތް ގަޑިއަށް ނަޒަރު ހިންގައިލައެވެ. ގަޑި ޖެހުމާއެކު އުފާވެލާފައި ގޮނޑީގައި ހަމަޖެހިލީ ކްލާހަށް ވަދެގެންއައި ޔައިޝް ފެނިފައެވެ. ހެނދުނުގެ ސަލާމް ގޮވައިލި ޔައިޝްގެ ނަޒަރުގޮސް އަލްކާގެ މޫނަށް ހުއްޓުނީ ކީއްވެކަން ހުދު އޭނާއަށްވެސް ނޭނގެއެވެ. ބޭއިޚުތިޔާރުގައި ޔައިޝްއަށް ހިނިތުންވެލެވުނެވެ. އެތަންފެނި އަލްކާގެ ހިތް އުފަލުން ނަށައިގަތެވެ.
ޔައިޝް ނަގައިދެމުންދިޔަ ފިލާވަޅު ޝައުގުވެރިކަމާއެކު އަޑުއަަހަން އަލްކާ އިނެވެ. އެއީ އެދުވަހުގެ އެންމެ ފަހު ގަޑިކަމުން ކްލާސް ނިމުމާއެކު އެންމެން ގެއަށް ދިއުމަށްޓަކާ ތައްޔާރުވެގެން ކްލާހުން ނުކުންނަން ހިނގައިގަތެވެ. އެއިރުވެސް ޔައިޝްގެ މޫނަށް ގެއްލިފައި އަލްކާއިން މަންޒަރުފެނުމުން ޔައިޝް ގާތަށް ކުޑަކޮށް ހިނިއައެވެ. އަތުގެ އިޝާރާތުން އަލްކާއަށް ގޮވަން އުޅުނު ޝަޔާނީ ގާތުގައި ދިއުމަށްބުނެ ޔައިޝް އަލްކާއާ ދިމާއަށް ހިނގައިގަތެވެ. މި ނުދަންނަ އަންހެންކުއްޖާގެ ސަބަބުން ޔައިޝްގެ ހިތަށް ގޮތްތަކެއް ވަމުންދާކަން ކަށަވަރެވެ. އެއްފަހަރު ޔައިޝްގެ މޫނަށް އަނެއްފަހަރު އަލްކާގެ މޫނަށް ބަލައިލުމަށްފަހު ޝަޔާނީ ކްލާހުން ނުކުތެވެ.
އަލްކާ ކުރިމައްޗަށް މަޑުކޮށްލުމަށްފަހު މަޑު މަޑުން އަލްކާގެ މޭޒުމަތީގައި ޔައިޝް އަތުން ޖަހައިލިއެވެ. އެއާއެކު ސިހިފައި އަލްކާ ދެފަރާތްބަލައިލިއެވެ. ކްލާހުގައި އިނީ އޭނާ އެކަނިކަން އެނގުމުން ގަތްލަދުން އަލްކާއަށް އިސްޖަހައިލެވުނެވެ. މީހަކު ވައްކަންކުރަން އުޅެނިކޮށް އަތުލައިގަތުމުން ކުރެވޭފަދަ އިހުސާސެއް އެވަގުތު އަލްކާއަށް ކުރެވެމުން ދިޔައެވެ. ހަށަންބަނދެލަމުން ޔައިޝް ސީދާ އަލްކާގެ ދޮންރީތި މޫނަށް ނަޒަރު ހިންގައިލިއެވެ.
“މިއަދު ގެއަށްވެސް ނުދާ ދުވަހަކީތަ؟” ހިނިތުންވެލަމުން ޔައިޝް އަހައިލިއެވެ. އެއާއެކު ލަދުގެންފައި އިން އަލްކާ ދެފަރާތަށް ބޯހޫރުވައިލިއެވެ. އޭނާ އެކަނި ބައިންދާފައި ޝަޔާނި ދިއުމުން ހިތާހިތާ އޭނާއާ ދިމާއަށް އަލްކާ ކުދިކިޔައިލިއެވެ.
“ކިހިނެއްވެފަ ކޮންމެ ދުވަހަކު ތިއިންނަނީ؟ އަނެއްްކާ ކިޔަވައިދޭ އެއްޗެއް އެނގޭތަ؟ މިބުނީ ފަސޭހައިން ދެނެގަނެވޭހޭ؟ ނޫނީ މިގަޑި ފޫހީތަ؟” ޔައިޝް އެހެން އަހައިލުމާއެކު އަވަސް އަވަހަށް ޔައިޝްގެ މޫނަށް ބަލައިިލުމަށްފަހު އަލްކާ ވާހަކަދައްކަންފެށިއެވެ.
“ނޫން ސަރ. އެއްގޮތަކަށްވެސް ތިހެނެއްނޫން. އަޅުގަނޑަށް ހުރިހައި އެއްޗެއްވެސް ވަރަށް ފަސޭހައިން ދެނެގެނެވޭ. އެންޑް މިއީ އަޅުގަނޑުގެ ފޭވްރިޓް ގަޑި. އަބަދުވެސް މިގަޑިއަށް އިންތިޒާރުކުރެވެނީ.” އަވަސް އަރުވައިލައިފައި ވާހަކަދެއްކި އަލްކާއަށް ކިޔުނު ނުކިޔުނު އެއްޗެއްވެސް ނޭނގެއެވެ.
“އެހެންތަ. އެކީވެ މިގަޑިއަށް އިންތިޒާރުކުރެވެނީ؟” މޭޒުގައި އަތްވިއްދައިލަމުން ޔައިޝް އަހައިލިއެވެ. “އެއީ.. އެއީ.. އުމް.. އަޅުގަނޑަށް ވަރަށް ކަމުދޭ ސަރ ކިޔަވައިދޭ ގޮތް. އެހެންވެ.” ކުޑަކޮށް ވިސްނައިލުމަށްފަހު އަލްކާ ބުނެލިއެވެ. “ދެން އޯކޭ ދިޔަސް. ޝަޔާނީ އެބަހުރި އިންތިޒާރުގަ ކްލާހު ބޭރު މަޑުކޮށްލައިގެން.” އަލްކާގެ މައުސޫމު ޖަވާބުތަކުން ހިނިއައިސްފައި ހުރި ޔައިޝް އޭނާ ދިއުމުގެ ހުއްދަ ދިނުމާއެކު އަވަސް އަވަހަށް އަލްކާ ކްލާހުން ނުކުތެވެ.
އޭރު ކުޑަދޮރު ފަހަތުގައި ނިވާވެގެން ހުރެ ޝަޔާނީ ހެމުންދިޔައެވެ. އެތަންފެނި ކަޅިއަޅައިލަމުން އަތުގައި އޮތް ދަބަހުން ޝަޔާނީގެ ކޮނޑުގައި އަލްކާ ޖަހައިލިއެވެ. “ޔާނީ ވަރަށް ގޯސް. އަހަރެން އެކަނި ބައިންދާފަވިއްޔަ ނުކުތީ.” ޝަޔާނީގެ މޫނަށް ބަލައިލަމުން އަލްކާ ޝަކުވާކޮށްލިއެވެ.
“ކީކުރާނީ ސަރ ބުނީ އަހަރެން ގާތު ބޭރަށް ދާށޭ އަލް އަށް ގޮވަން އުޅެނިކޮށް. އެހެންވެ އަހަރެން އައީ. އެހެންނޭ ވާނީ ކްލާހުގައި އިނދެގެން ފާޑުފާޑަށް ޑޭ ޑްރީމް ކުރަންޏާ.” ހުނުން މަތަކުރަން މަސައްކަތްކުރަމުން ޝަޔާނީ އަލްކާއާ ދިމާކޮށްލިއެވެ.
“އަސްލުވެސް ޔައިޝް ސަރ އެހެންބުނިތަ؟ އަޅޭ ސަރ ހާދަ ކިއުޓްއޭ. އަހަރެން ނުދެކެން އަދި އެހައި ސްމާރޓް ފިރިހެނެއް. އާހް. ސަރ ފެނުނު ދުވަހުން ފެށިގެން އަހަރެންގެ ހިތް އެއްކޮށް ސަރ އަތް ދެވިއްޖެ. ޔާނީ.. އައި އޭމް އިން ލަވް. ޔެސް. އައި އެމް އިން ލަަވް ވިތް ޔައިޝް. މުޅިއުމުރުގަވެސް ފުރަތަމަ ފަހަރަށް މީހެއްދެކެ ލޯބިވެވުނީ.” ހިނިތުންވެލަމުން ދަބަސް މޭގައި ޖައްސައި ބާރުކޮށްލަމުން އަލްކާ ބުނެލިއެވެ. އެއާއެކު ޝަޔާނީ އިތުރަށް އަލްކާއާ ދިމާކޮށްލިއެވެ.
އަލްކާގެ ދުލުން ނުކުތް ކޮންމެ ލަފްޒެއް ފަހަތުން އައި ޔައިޝްއަށް އަޑުއިވުނެވެ. އޭނާ ހިނގައިފައި އައިލެއް މަޑުކަމުން އަލްކާމެންނަށް އޭނާގެ ފިޔަވަޅުގެ އަޑު ނީވުނީއެވެ. އެޖުމުލަތައް އިވިފައި ޔައިޝް ގަނޑުވިކަހަލައެވެ. އަންހެންކުއްޖެއްގެ ދުލުން އޭނާދެކެ ލޯބިވާ ވާހަކަ އަޑުއިވުނު މިއީ ފުރަތަމަ ފަހަރެވެ. ޚުދު އޭނާގެ އަނބިހާގެ ދުލުންވެސް ދުވަހަކުވެސް އޭނާދެކެ ލޯބިވާ ވާހަކައެއް އަޑުއަހައިފައި ޔައިޝް ނެތެވެ. ހުއްޓުން އަރައިފައި ހުރި ޔައިޝްގެ ހިތް އެހެންނާ ނުތެޅޭފަދަ ގޮތަކަށް ތެޅިގަތީ އޭނާގެ އިޚުތިޔާރުން ބޭރުގައެވެ. އެހިތުގައި އަލްކާގެ މައްޗަށް ގޮތްނޭނގޭ އިހުސާސުތަކެއް އުފެދެމުންދިޔައެވެ. ބާރުބާރަށް ތެޅެމުންދިޔަ ހިތުގައި ޔައިޝްއަށް ފިރުމައިލެވުނެވެ. އަނެއްކާ އޭނާއަށްވެސް އަލްކާދެކެ ލޯބިވެވެނީބާވައެވެ؟
** ** **
އާޓިފިޝަލް ބީޗްގެ ގޮނޑިއެއްގައި އިނށީދެލައިގެންއިން ޝިވަން ވަނީ ފުންވިސްނުމަކަށް ގެއްލިފައެވެ. ދޭތެރެއަކުން އަތުގައި އޮތް ސިނގިރޭޓު ތުމުގައި ޖަހައިލައި ދުންތައް ބޭރަށް ފޮނުވާލައެވެ. ކުރިންރޭގައި ނައިރާއާ ދެމެދު ދެކެވުނު ވާހަކަތައް އެސިކުނޑި ތެރޭގައި ތަކުރާރުވަމުން ދިޔައެވެ. ނައިރާގެ ޖަވާބުން ހިތުގައި ޖެހުނު ނަމަވެސް ޝިވަން ހިތްވަރު އެލުވައިލާކަށް ބޭނުމެއްނޫނެވެ.
ފުންނޭވައެއް ލުމަށްފަހު އަތުގައި އޮތް ސިނގިރޭޓަށް ޝިވަން ބަލައިލިއެވެ. އިރުކޮޅަކު އެހެން އިނުމަށްފަހު އޭތި ބިންމައްޗަށް ވައްޓައިލާ ފައިން އަރާ ޗިސްކޮށްލިއެވެ. ނައިރާގެ ލޯބި ހޯދުމަށްޓަކައި އޭނާ ވަރަށް ބައިވަރު ކަންތައްތައް ބަދަލުކުރަން ޖެހޭނެކަން އެހިތަށް ވިސްނެއެވެ.
އުޑުގައި ރަނިކަންކުރަމުންދިޔަ ރޭގަނޑުގެ ރީތި ހަނދަށް ޝިވަން ބަލައިލިއެވެ. އަދި އެހަނދުގެ ނަލަ ބައިވެރިންނަށް ނަޒަރު ހިންގައިލިއެވެ. މޫދުގެ ލޮނުގަނޑު ހަނދުގެ ރިހި އަލިން ދިއްލިފައިވާއިރު އެކި ދިމަދިމާލުގައި ދިއްލައިފައިހުރި ބޮކިތަކުން މާހައުލަށް އިތުރު ފުރިހަމަކަމެއް ގެނެސްދެއެވެ.
“ނައި. އަހަރެން ތިލޯބި ހޯދާނަން. ކޮންމެ ކަމެއްކުރަން ޖެހުނަސް ހެޔޮ. ނައި ލޯބިވާނެ ކަހަލަ މީހަކަށް އަހަރެން ބަދަކުވާނަން. އަދި ނައިވެސް އަހަރެންދެކެ ލޯބިވާނެ. އާން. ލޯބިވާނެ.” އުޑުގައި ވިދަމުންދިޔަ ތަރިތަކަށް ބަލަމުން ހިތާހިތުން ޝިވަން ބުނެލިއެވެ. މާދަމާ މިއީ އެލޯބިހޯދުމަށްޓަކައި ޝިވަން އަޅަންޖެހޭ ފުރަތަމަ ފިޔަަވަޅު އަޅާ ދުވަހެވެ. ނައިރާގެ ރީތި ސޫރަ ހިތަށް ގެންނަމުން ޝިވަން ހިނިތުންވެލިއެވެ.
** ** **
ކުޑަދޮރުކައިރީގައި ހުއްޓިހުރި ނައިރާ ވިސްނަމުންދިޔައީ ޝިވަން ދެއްކިވާހަކަތަކާ މެދުއެވެ. ހަގީގަތުގައިވެސް ޝިވަން އޭނާދެކެ އެހައި ލޯބިވަނީ ހެއްޔެވެ؟ އެކަމަކު.. ނައިރާއަށް ދެފަރާތަށް ބޯހޫރުވައި ލެވުނެވެ. ކިތަންމެވަރަކަށް އެވާހަކަތަކާމެދު ނުވިސްނަންއުޅުނަސް ހިތުން އެކަންކަން ފިލާގޮތެއްނުވެއެވެ.
އެންމެފަހުން ސިކުނޑިއަށް ބަރުވާންހެދުމުން ކޮޓަރިން ނުކުމެ ގޭގެ ބިތްދޮށުގައި އޮންނަ ކުޑަ ބަގީޗާއަށް ދިޔައެވެ. އެތަނުގައި ހިޔާކޮށްފައިހުރި ކުޑަ އުނދޯލީގައި ނައިރާ އިނށީދެލިއެވެ. އަދި މައުރީނަށް ގުޅައި އޭނާގެ ފިކުރުތައް ހިއްސާކުރަން ފެށިއެވެ.
“ދެން ނައި ކިހިނެއްހަދަން ވިސްނަނީ؟” އިރުކޮޅަކު ވިސްނަން ހުރުމަށްފަހު މައުރީން އަހައިލިއެވެ. “ނޭނގެ ދޯ. އެރޭ ޝިވަން ދިޔައީ ކުޑަކޮށް ހިތްހަމަނުހެހި ހުރެފަހެން ހީވީ. ދެދުވަސްވެއްޖެ މަގެއްމަތިންވެސް ނުފެންނަތާ. ނޭނގެދެން އަހަރެންގެ އެހީ ބޭނުންވާނެކަމެއްވެސް. އެކަމަކު. އަހަރެން ހިޔެއްނުކުރަން އަސްލު ޝިވަން ހަލާކުކޮށްލީ ޚުދު އޭނާގެ މައިންބަފައިންކަމެއް. ވަރަށް ދެރަވޭ އެބަ އެރޭ އެހެން ބުނެވުނީމަ.” އުނދޯލި ހެޔޮވަރުވަރަކަށް ހެއްލަމުން ނައިރާ ބުނެލީ ދެރަވެފައި އިނދެއެވެ.
“ހޭ ނައި. ހަމަޖެހިބަލަ. މާދަން އަހަރެން ދާނަން ނައި ގާތަށް.ބަންދު ދުވަހެއްނު ދޯ. ގޮއްސަ ތިވާހަކަ ދައްކާނީ. އެެހެންވީމަ ދެންދޭ ހިތްހަމަޖައްސައިލައިގެން މިރޭ ނިދާލަން.” ނައިރާގެ ހާލާމެދު ކަންބޮޑުވެފައި ހުރެ މައުރީން ބުނެލީ ވިސްނައިދޭފަދަ ގޮތަކަށެވެ. އޭނާާގެ ބަސް ގަބޫލުކޮށް ނައިރާވެސް ފޯން ބޭވުމަށްފަހު ކޮޓަރިއަށް ދިޔައީ ނިދާލެވޭނެކަމުގެ އުއްމީދުގައެވެ.
** ** **
އަޔަން ބޯޑް ކައިރީ ގަމީސް އިސްތިރިކުރަން ހުރި ޔައިޝް އެނދުގައި ނިދައިފައި އޮތް މިޒްރާގެ މޫނަށް ބަލައިލިއެވެ. އެވަގުތު އޭނާގެ ހަނދާނަަށް އައީ ކައިވެންޏަށްފަހު އެންމެފުރަތަމަ ފަހަރަށް މިޒްރާ ގާތުގައި އޭނާގެ ގަމީހެއް އިސްތިރިކޮށްލުމަށް އެދުނު ދުވަހު މިޒްރާ ދިން ޖަވާބެވެ.
“ހޫން. ކިހާދެރަ ކަމެއްތަ؟ އަހަރެން މީ ކަލޭގެ އަޅެއް ނޫނޭ. ބުނިހައި ކަމެއް ކުރާކަށް. ކަލޭގެ ދެއަތްނެތީތަ އޭން އަހަރެން ލައްވާ ތިމަސަތްކަތްތައް ކުރުވަން ތިއުޅެނީ؟ ވަރަށް ފޫހިވޭ. ގޮސް އަމިއްލައަށް އިސްތިރި ކޮށްބަލަ.” މިޒްރާގެ ޖަވާބު ޔައިޝްގެ ކަންފަތްކައިރީގައި ގުގުމަމުން ދިޔަ ކަހަލައެވެ. ދެލޯފެންކަޅިވެގެން ދިޔައީ އެދުވަހަށްފަހު އޭނާ އުޅެންޖެހުނު ނިކަމެތި ހާލު އިހުސާސުވުމުންނެވެ.
ދުވަހަކު އަމިއްލައަށް ގަމީހެއް އިސްތިރިކޮށްފައިނުވާ ޔައިޝް އެދުވަހަށްފަހު އެކަންވެސް އަމިއްލައަށް ކުރަން ދަސްކުރިއެވެ. ކައިވެނި ކުރެވެމުން އެފަދަ ކަންކަމުގައި މަންމަ ގާތުގައި އިތުރަށް ކިޔަން ނުކެރުނީއެވެ.
މެލޭޝިޔާއަށް ބަދަލުވީއްސުރެ ގޭގައި ގެންގުޅޭ މީހަކު ލިބެންދެން ކައްކައި ގޭތެރެ ސާފުކޮށް އަދި އެއްޗެހި ދޮވެހެދީވެސް ޔައިޝް އަމިއްލައަށެވެ. ބައްޕައަށްޓަކައި އެހުރިހައި ކަމަކަށްވެސް ޔައިޝް ދިޔައީ އެއްވެސް ޝަކުވާއެއްނެތި ކެތްކުރަމުންނެވެ. ދުވަހަކުވެސް މިޒްރާ ދޫނުކުރުމަށް ބައްޕަ އެދިފައިވާތީ އެކަންކަމަށް ކެތްތެރިވުން ނޫންހެން ގޮތެއް މިއަދު އޭނާއަށް ނެތީއެވެ.
ޚިޔާލުތަކަށް ގެއްލިފައިހުރި ޔައިޝްގެ ހަނދާނަށް ކުއްލިއަކަށް އަލްކާގެ ޖުމުލަތައް އައެވެ. އެއާއެކު ނުތަނަވަސްވެފައިވާ ހިތަށް ހަމަޖެހުން ލިބިގެންދިޔައެވެ. ކީއްވެކަމެއް ނޭނގެއެވެ. އެނާޒުކު މަލެއްފަދަ ކުއްޖާ އޭނާގެ ހިތުން ޖާގައެއް އަތުލައިފިއެވެ. އަލްކާއަށް އެހިތް އެދިގޮވާތާ މިހާރު ހަފްތާއަކަށްވުރެ ގިނަދުވަސްވީއެވެ. ކްލާހުން ފެންނަ މަދު ވަގުތުކޮޅުތެރޭ ހިތްފުރެންދެން ޔައިޝް އަލްކާގެ ލޯބި ސޫރައަށް ބަލައެވެ. ނަމަވެސް އެއީ އޭނާ މުޅިދުނިޔެއަށް ސިއްރުންކުރާ ކަމެކެވެ. އަލްކާ ލޯބިވާކަން އެނގޭއިރުވެސް އެހިތުގެ ހާލު ބަޔާންކުރަން ޔައިޝް ފަސްޖެހެނީ އޭނާއަކީ މީހެއްގެ ފިރިއެއްކަން އެނގޭ ދުވަހު އަލްކާ އޭނާއާ ދުރުވެދާނެތީއެވެ. އެހެނަސް އޭނާ އުޅޭ ނިކަމެތި ހާލު ދަންނާނީ ކާކުހެއްޔެވެ؟ ދެލޯ މަރައިލުމަށްފަހު ޔައިޝްއަށް އިސްޖަހައިލެވުނެވެ. ދިރިއުޅުމުގައި މިފަދަ ބޮޑެތި މަޖުބޫރީތައް ދިމާވަނީ ކީއްވެހެއްޔެވެ؟ އަލަތު ލޯތްބެއް ވެވުނުއިރު އޭނާއަކީ މީހެއްގެ ފިރިއެކެވެ. އޭނާއަށް އަލްކާގެ ލޯބި ލިބޭނެބާވައެވެ؟
** ** **
ފޮތް ހިފައިގެން އެނދުމަތީގައި ދެފައި ވައްކޮށްލައިގެން އަލްކާ އިނީ ކުރިންދުވަހު ޔައިޝް ނަގައިދިން ފިލާވަޅު މުތާލިއާ ކުރާށެވެ. ވަކިހިސާބަކަށް ކިޔުނުތަނާ ޔައިޝްގެ ރީތި ސޫރަ އަލްކާގެ ކުރިމަތީގައި ސިފަވިކަހަލައެވެ. ރަކި ގޮތަކަށް ހިނިތުންވެލުމަށްފަހު ހިފައިގެންއިން ފަންސުރު އަނގަޔަށް ލެވުނީ ބޭއިޚުތިޔާރުގައެވެ. އަމިއްލަ ދުނިޔެއަކަށް ގެއްލިފައިއިން އަލްކާ ކުއްލިއަކަށް އޯކަށްދެމެމުން ފަންސުރު އަނގައިން ނެގިއެވެ. އޭރު އޭނާއަށްވަނީ ފަންސުރުގެ ފުލުގައި އިން ރަބަރުކޮޅުން ތަންކޮޅެއް ހަފައިލެވިފައެވެ. އަނގައިން ދިން ނުބައި ރަހައާއެކު މޫނަށް ފާޑެއްގެ ވައްތަރެއް ޖައްސައިލައިފައި އަނގައިތެރޭގައި އޮތް ރަބަރުކޮޅުގެ އެތިކޮޅުތައް ނެގިއެވެ. އަދި ފޮތް ބާވައިފައި ގޮސް އަނގަދޮވެ ހަދައިލައިގެން އައިސް މޭޒުމަތީގައި ހުރި ފެންޖަގުން ފެ ްތައްޓެއް އަޅައި ބޯލިއެވެ. ދެފަރާތަށް ބޯހޫރުވައިލަމުން އަލްކާއަށް އޭނާގެ ނިތްކުރިމަތީގައި މަޑުމަޑުން ޖަހައިލެވުނެވެ. މީހެއްދެކެ ލޯބިވިޔަސް މިވަރުވާން ޖެހޭހެއްޔެވެ؟ އޭނާއަށް ޔައިޝްދެކެ ލޯބިމިވެވެނީ ހާދަބޮޑަކަށެވެ.
** ** **
ބޮޑު ދޮރާއްޓެއް ލައިފައިހުރި ގެއެެއްގެ ދޮރުކައިރީ މަޑުކޮށްލަމުން މިޒްރާ ބެލްޖަހައިލިއެވެ. އެއާއެކު ގޭގައި ގެންގުޅޭ ނޯކަރަކު ދޮރުހުޅުވައިލިއެވެ. ކުރިމަތީގައި ހުރި މިޒްރާ ފެނުމާއެކު އިސްޖަހައިލަމުން އެނޯކަރު އޭނާ ވަންނަން ތަން ދެއްކިއެވެ.
“ކޮބާ ޒާން؟” އެގޭގެ ސިޓިން ރޫމްގައިހުރި އަރާމު ބޮޑު ސޯފާއެއްގައި ޖައްސައިލަމުން ހަރުކަށިކަމާއެކު މިޒްރާ އަހައިލިއެވެ. ހީވަނީ އޭނާ އެއީ އެގޭގެ ވެރިމީހާ ހެންނެވެ.
“ކޮޓަރީގަ.” ޖެހިލުންވެފައި ހުރެ އެނޯކަރު މީހާ ޖަވާބުދިނެވެ. އެމީހާގެ މޫނަށް ފާޑަކަށް ބަލައިލުމަށްފަހު މިޒްރާ ސިޑިއާ ދިމާއަށް ހިނގައިގަތެވެ.
ޒާންގެ ކޮޓަރީ ދޮރު ހުޅުވައިލައިފައި އެތެރެއަށްވަތް މިޒްރާގެ ނިތްކުރިމައްޗަށް ރޫއަރައިގެން ދިޔައެވެ. މިޒްރާ ފެނުމާއެކު ޒާންގެ ގައިގައި އޮޅުލައިގަނެގެން އިން އަންހެންކުއްޖާ އޭނާގެ ކޮލަށް ދޮނެއް ދިނުމަށްފަހު އެކޮޓަރިން ނުކުތުމަށް ހިނގައިގަތެވެ.
“އެއީ ކާކު؟ މިހާރު އަހަރެންނަށް ޒާން ގާތަށް ނާދެވޭ ވަގުތުތަކު އެހެން އަންހެންކުދިން ވައްދަންފެށީދޯ.” އެކުއްޖާ ދިއުމާއެކު ހިތްހަމަނުޖެހިފައި މިޒްރާ ބުނެލިއެވެ.
“ސްވިޓީ. ކަމޯން. އެއީ އެހެން ވެއްދި ކުއްޖެއްނޫނޭ. ދެން ދޫނިއަށްވެސް އެނގެއެއްނު އެކަން. އެހެންނޫނަސް މިޒްވެސް ތިއުޅެނީ މީހަކާ އިނދެގެނެއްނު. އަހަރެންނަށް ޔަގީން އެޔައިޝްގެ ފަރާތުން މިޒްއަށްވެސް އުފާލިބޭނެކަން. ދެން އަހަރެން އެހެން އަންހެނެއްގެ ފަރާތުން ހިތްހަމަޖެހުން ހޯދީމަ ކޮބާ މައްސަލައެއް؟ ދެމީހުންވެސް އެއްވަރެއްނު ވާނީ.” ލޯހަނިކޮށްލަމުން ކޮޅަށްހުރި މިޒްރާއާ ދިމާއަށް ބަލައިލައިފައި ޒާން ބުނެލިއެވެ.
“ތިހެން ބުނާއިރުވެސް ޒާން އަށް އެނގޭނެ އަހަރެން ޔައިޝްއާ އިނީ ލޯތްބަކުން ނޫންކަން. އަދި ޔައިޝްއާ އަހަރެންނާ ދެމެދު ތިކަހަލަ ގުޅުމެއް ނުހިނގާކަންވެސް. ހުއް ހާދަ ފޫއްސެއްވެޔޭ އެޔައިޝް ދެކެ. އަހަރެންގެ މައިންބަފައިން އަހަރެން ގަދަކަމުން އެފިރިހެނާއާ ދެވީ. އަހަރުމެން މާކުޑައިރުވެސް ހަމަޖެހިފައި އޮތް ކައިވެންޏެކޯ މިއީ. ދެން ނޭނގެ. އަހަރެން ހާދަ ޖެއްސުމެއްކުރަމޭ އެޔައިޝްއަށް. އެކަމަކު އެއީވާ ކެތްތެރި ފިރިހެނެއް. އެހައި ޖެއްސުން ކުރާއިރުވެސް އެފިރިހެނާ ނޫޅުނޭ އަހަރެން ވަރިކުރާކަށް. ވަރަށް ފޫހިވޭ.” ވާާހަކަ ދައްކަމުން މިޒްރާ އައިސް ޒާން ގާތުގައި އިނށީދެލިއެވެ. އޭނާގެ ވާހަކަތައްހުރި ގޮތުން ޒާންގާތަށް އައީ ނުލަފާ ހިންޏެކެވެ.
“ތިހާ ވަރުވަންޏާ މިޒް ވެއްޖެއެއްނު ޔައިޝް ގާތުން ސީދާ ވަރިއަށް އެދެން.” ޒާން މިޒްރާއާ ދިމާކޮށްލިއެވެ. “ނޫން. އޭރަށް ސަކަރާތް. އޭރަށް ހުރިހައި އިލްޒާމެއް އެޅޭނީ އަހަރެންގެ ބޮލު. އަހަރެން ބޭނުންވަނީ އަހަރެން އަމިއްލައަށް ވަރިއަށް ނޭދި ޔައިޝް އަމިއްލައަށް އަހަރެން ވަރިކުރާވަރު ކޮށްލަން. އޭރުންނެއްނު ރޮއެ ހޭރެމުން މަންމަމެން ގާާތަށް ގޮސްވެސް ބުނެވޭނީ އަހަރެންގެ އެއްވެސް ކުށެއްނެތި ޔައިޝް އަހަރެން ވަރިކުރީއޭ. އޭނާގެ ބޮލަށް ހުރިހައިކަމެއް ކަނޑައިލެވޭނީ އޭރަކަށްނު.” އެއްދިމާލަކަށް ގެއްލިހުރެ މިޒްރާ އެހެންބުނެލީ ރުޅިވެރި ރާގަކަށެވެ. އެއާއެކު އަނެއްކާވެސް ޒާން ހީލިއެވެ.
“އަހަރެމެން މިހެން އުޅެނިކޮށް ފަޅާއަރައިފިއްޔާޔޯ.” މިޒްރާގެ ހަށިގަނޑު ގަޔާލައި ފިއްތައިލަމުން ޒާން އަހައިލިއެވެ. “އެހައި ފަސޭހައިން ފަޅައެއް ނާރާނެ. އެޔައިޝް އެއީ ތަނެއް ދޮރެއް އެނގޭ ފިރިހެނެއްނޫން. އޭނައަށް ދޮންކަޅުމިންވެސް ނޭނގޭނެ. އެހެންނޫނަސް އަހަރެން ޒާން ގާތަށް ގިނައިން މިއަންނަނީ ޔައިޝް ގޭގައި ނޫޅޭ ވަގުތުތަކު.” ޒާންގެ ގައިގައި ބައްދައިލަމުން މިޒްރާ ހީލިއެވެ. “އެކަމަކު މިއަދުމީ ބަންދު ދުވަހެއްނު. ޔައިޝް ގޭގައި ނެތީތަ؟” ކުޑަކޮށް ވިސްނައިލަމުން ޒާން އަހައިލިއެވެ. “ޔަޕް. ވެއްޖެ އެކުވެރިޔަކާއެކު ބޭރަށް ގޮސް. ވަގުތު ބަލާފަ އަހަރެން އަވަހަށް މިއައީ އަހަރެންގެ ލޯބި ޒާން ގާތަށް.” ނުލަފާ ހިނިގަނޑެއް ޖަހައިލަމުން މިޒްރާ އެހެން ބުނެލުމާއެކު ޒާންވެސް ހޭންފެށިއެވެ. އަދި މިޒްރާ އިތުރަށް ގަޔާލައި ފިއްތައިލަމުން އޭނާ ގޮވައިގެން އެނދުގައި އޮށޯވެލިއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
21 Comments!
Comments are closed.







Assalaam alaikum.. Here is the third part of this story.. Hope u guys will like this part too.. Let me knw if there is a mistake.. Gud nyt all.. Tc?❤
V reethi mi part ves… varah ufaavey thihaa avahah up kohla dhineema
Heii.. me first dhw ?v salhi ingey
Varah Varah reethi…keep up the good work dear naufa???
Vvvvvvvvv reethi…love this story a lot….
Thank u soooo much all.. Sry knme myhehge comment ah vakin rep nukureveythy ingey.. Bxy vyma ehnve.. Anyways thanks.. And next part in sha allah tmrw..?
Nyc?
alhey haadha rangalhey nau well done dr story v obi????
Wow..mi part ves varah reethi ingey…mi mizra mi va anheneh…haadha fooseh veyey eyna ulhey vahtharun…pure yaish…?
haadha ragalhey naufa.mi site ga avaha vahaka up kodheni naufa.v ufaave.Thankx so much.v reethi mi part ves.
Hama best ingey naufa..lov it
Wowwww Nau… Superb… Aslu vx vvv nice story… N specially sifakurun vvv reethi… Keep it up… Waiting for next part…
Thank u sooo much dears.. ?
Masha ehbah heevey ma kurin ves kee vaahaka eh hen mi ehkan meega name tha badhal vefah huree ehkam mee hama ma kee vaahaka eh
Hey dear.. I dont thnk so.. Cox alhugandu mivaahaka miliyany adhi alah.. Its a new story..
Nau mi part ves v reethi enge…??????
dogeh masheh nukiyan mivaahakaeh sorry nau …mahy kuree kurinkiunu vaahakaenhen v b sorry..
kudoo konthaakun mivaahakaky ….mee nau amilla hiyaalah liyaavaahakathah hahthaaves.meehaku nukiyaa vaahakaehves nau akah nuliyevunennu dhw nau kudoo mibunaahothun viyya.
Evaahaka aa thafaathu kudakih ekam hama teacher akaa student akaa teacher ge wife aa ulheny. Vanee ves thihen.. Lets see dhen vaagotheh 🙂 keep it up dear.
Oh ehntha.. Alhey sorry.. Alhugandu aslahvx nukiyan mi name kiyaa n mihen vaa story eh.. Ehnve neenge.. Mi idea aaha hithah ery unique idea akah vaaney.. Ehnve liyan feshy.. Hehe.. Bt ehnnehvx nuvi dhw.. If i had known i wouldnt write it like this.. Sorry dear.. Hope its gonna be different.. ?
vvv rythi mi prt ves….