Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތްއެކީ ދެވިއްޖޭ (10)

Nau Level 910 Stories100 Comments500 Comments100 Stories100 Login1K Comments
November 8, 2017 6 Mins Read
61 Comments

ފޮތުގެ ފުރަތަމަގަނޑު ފިޔަވައި އިތުރު ގަނޑަކު އެއްވެސް ލިޔުމެއް ލިޔެފައެއް ނެތެވެ. ފުރަތަމަ ގަނޑުގައިވަނީ ޝިވަންއަށް ނައިރާ ލިޔެފައިވާ ލޯބީގެ ފޮނި އިބާރާތްކޮޅެކެވެ. ހިކިފައިވި ޝިވަންގެ ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. ދެލޯފުރި ހޫނު ކަރުނަތައް އެލޮލުން އޮހޮރެންފެށީ އޭނާގެ ލޯބި ކާމިޔާބުކުރުމަށްޓައި ކަޑައްތުކުރަންޖެހޭ ދިގު ރާސްތާއާާ ކުރަންޖެހޭ ދިގު އިންތިޒާރު ހިތަށް އެރުމުންނެވެ. އެހެނަސް ޝިވަންގެ އެއްވެސް ޝަކުވާއެއްނެތެވެ. ކިތަންމެ ބޮޑު އިމްތިހާނަކާއި ކުރިމަތިލާންޖެހުނަސް މިފަހަރު އޭނާ ނައިރާގެ ލޯބި ކާމިޔާބުކުރާނެއެވެ. ހަމައެކަނި އޭނާގެ މިލްކަކަށް ނައިރާ ހަދާނެއެވެ.

** ** **

ދުވަސްތައް ހަލުވިކަމާއެކު ފާއިތުވަމުން ދިޔައެވެ. އެކިމީހުންގެ ދިރިއުޅުމުގައި އެކި ކުލަ ޖައްސަމުންނެވެ. ހިތާމަކުރާހާލު މާލެ ދޫކޮށް މެލޭޝިޔާއަށް އައި ނައިރާ، އަލްކާގެ ބުރަމަސައްކަތުން މިހާރުވަނީ ކޮންމެވެސް ވަރަކަށް ހަމަޖެހިފައެވެ. ނަމަވެސް މިހާރު އެއީ ކުރީގެ ނައިރާއެއްނޫނެވެ. ކުރީގައި އަބަދުމީހުންނާއި ސަކަރާތްޖަހާ މަޖާކޮށްއުޅުނު ކުއްޖާ މިހާރުހުންނަނީ އަބަދުވެސް ހަމަހިމޭންވެފައެވެ. ކޮންމެހެން ބުނަންޖެހިއްޖެ އެއްޗެއް ފިޔަވައި އިތުރު އެއްވެސް އެއްޗެއް އެދުލަކުން ބޭރެއްނުވެއެވެ.

އެކަކަށް ނޭނގުނަސް އެކަނިވާވަގުތުތަކު އަދިވެސް ނައިރާ ޝިވަންމަތިން ހަނދާންކޮށް ކަރުނަ އޮއްސައެވެ. ފޯނުގައިހުރި އެދެމީހުންގެ ފޮޓޯތަކަށް ބެލުމުގައި އެތައްވަގުތެއް ހޭދަކުރެއެވެ. ބައެއްފަހަރު ހިތަށް މާބޮޑަށް ތަދުވާންފެށުމުން ފޯނުން ފެންނަންހުންނަ ޝިވަންގެ ތަސްވީރާއި ވާހަކަދައްކާވެސް ހަދައެވެ. އެކަމުންވެސް ނައިރާގެ ހަލާކުވެފައިވާ ހިތަށް ހަމަޖެހުންލިބެމުން ދިޔައެވެ.

** ** **

ޝިވަންގެ ހާލަކީ ތޯއެވެ؟ ރިހެބްގައި ހޭދަކުރަމުންދިޔަ ދުވަސްތަކުގެ ތެރެއިން އެންމެދުވަހެއްވެސް އޭނާ ނައިރާމަތިން ހަނދާންނުކުރާ ދުވަހެއް ނުދެއެވެ. ނައިރާގެ ލޯބި ތަސްވީރަށް ބެލުމަކީ އެހިތަށްލިބޭ ފިނިކަމެވެ. ލޮލުން ކަރުނަ އޮއްސާހާލު ނައިރާގެ ހަނދާނުގައި ރެއާދުވާ ހޭދަކުރަމުން ދިޔައެވެ. ލިބޭހުސްވަގުތު ތަކުގައި ނައިރާ ދިން ފޮތުގައި އެހިތުގެ ޝުޢޫރުތަށް ލިޔަމުންދިޔައެވެ. ނައިރާއާ ދިމާވާ ދުވަހަކުން އެފޮތް ދިނުމުގެ އުއްމީދުގައެވެ. ކޮންމެ ރެއަކު ނިދުމުގެ ކުރިން އެލޯބި ތަސްވީރަށް ބަލައިލައެވެ. ހެނދުނު ހޭލުމަށްފަހުވެސް އެންމެފުރަތަ ކަމަކަށް ބަލައިލެވެނީ ހަމަ ނައިރާގެ ރީތި ތަސްވީރަށެވެ.

ރިހެބްގައި ހޭދަކުރަންފެށި ފުރަތަމަ ދުވަހުންފެށިގެން ޝިވަންއަށްވަނީ ވަރަށް އެދެވޭ ބަދަލުތަކެއް އަންނަންފަށައިފައެވެ. ދީނާއި ގާތްވެ އެހިތުގައި އިންދި އީމާންތެރިކަމުގެ އޮށުން މޫފަޅައި މުޅިހިތަށް ފެތުރިގެން ދިޔައެވެ. ބަރާބަރަށް ނަމާދު ކުރުމާއި ގުރުއާން ކިޔެވުމުގައި ލިބޭ ގިނަހުސްވަގުތު ޝިވަން ހޭދަކުރެއެވެ. ކުރެވިފައިވާ އެންމެހައި ކުދިބޮޑު ފާފަތަކަށް ތައުބާވެ އެނބުރި މާތް ﷲ ގެ ތެދުމަގަށް ރުޖޫޢަވެވުމުން އެމޫނުމަތީގައި ނުފިލާ ހިނިތުންވުމެއް ވެއެވެ. ކެތްތެރިކަމާއެކު ދުވަސްތައް ގުނަމުންދިޔަ ޝިވަންގެ ހިތުގައި ނައިރާ ކާމިޔާބުވާނެކަމުގެ ފުރިހަމަ ޔަގީންކަންވެއެވެ. ކޮންމެ ނަމާދަކަށްފަހު އޭނާގެ ލޯބިވެރިޔާގެ ރަށްކައުތެރިކަމަށްއެދި ދުޢާކުރުމުގައި ޝިވަން އެތައްވަގުތެއް ހޭދަކުރެއެވެ. ލޯތްބަކީ ކިހައި މާތް އަދި ވަރުގަދަ ޖަޒުބާތެއްކަން މިއަދު ޝިވަންއަށް އިހުސާސު ވެއްޖެއެވެ.

** ** **

ފޮތްކިޔަންއިން އަލްކާގެ ފޯނަށް މެސެޖެއް އައުމުން ބަލައިލިއެވެ. މިރޭ ބައްދަލުކުރެވޭނެތޯ އަހައި ޔައިޝް ކޮށްފައި އިން މެސެޖެ ފެނުމުން އަލްކާގެ ތުންފަތްމައްޗަށް ލޯބި ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. އަވަސް އަވަހަށް އާނއެކޭ ލިޔެލުމަށްފަހު މެސެޖް ކޮށްލިއެވެ.

“ޔާނީ. އާދެބަލަ އަހަރެން ލާނެ ހެދުމެއް ޗޫސް ކޮށްދެން. ޕްލީޒް.” ކޮޓަރީގައި ލެޕްޓޮޕް ހިފައިގެން ގޭމްކުޅެންއިން ޝަޔާނީ ގާތުގައި ހުއްޓެމުން އަލްކާ ބުނެލިއެވެ.

“އޫމް. އަނެއްކާވެސް ކަންތަކާ ލައިގަތީދޯ.” މޫނަށް ފާޑެއްގެ ވައްތަރެއްޖައްސައިލަމުން ޝަޔާނީ އަލްކާއާ ދިމާކޮށްލިއެވެ. އަދި އިނށީދެއިންތަނުން ތެދުވެ އަލްކާއާާ އެއްކޮށް ހިނގައިގަތެވެ.

“ކޮބާ ނައި؟” ނައިރާ ފެންނަންނެތުމުން އަލްކާ އަހައިލިއެވެ. “އަހަރެންނާއެއްކޮށް އަހަރެން ގޭމްކުޅޭތަން ބަލަން އިނދެފަ ފޫހިވަނީއޭކިޔާފަ ތިރިއަށް ދިޔައީ. ހީވަނީ ބަގީޗާއަށްހެން އެދިޔައީ. ނައި އަބަދުވެސް އިންނަތަނެއްނު އެއީ.” އަލްކާގެ ހެދުން އަލަމާރި ހާވަމުން ޝަޔާނީ ބުނެލިއެވެ.

“ހޫމް. ނައި އުޅޭ ގޮތުން ވަރަށް ދެރަވޭ. އެކަމަކު ކީކުރާނީ ދޯ.” އިސްޖަހައިލި އަލްކާގެ ހިތުގައި ކޮއްކޮއާމެދު ހަމްދަރުދީ އުފެދުނެވެ. ދެމީހުން ވާހަކައިގައިތިބެ އަލްކާ ލާނެ ރީތިހެދުމެއް ހޯދިއެވެ.

ޔައިޝްބުނި ގަޑި ޖެހުނުއިރު އަލްކާހުރީ ގޭދޮރުމަތީގައެވެ. ކާރުއައިސް އަލްކާ ގާތަށް މަޑުކޮށްލުމާއެކު ދޮރުހުޅުވައިފައި އަލްކާ އެރިއެވެ.

އާއްމުކޮށް ދެމީހުން ހިނގާލަންގޮސް އުޅޭ ޕާރކް ކައިރިއަށް ކާރު މަޑުކޮށްލަމުން ޔައިޝް ފޭބިއެވެ. އަލްކާވެސް ފޭބުމަށްފަހު ޔައިޝްގެ ފަހަތުން ހިނގައިގަތެވެ.

އަނގަތަޅަމުންދިޔަ އަލްކާއަށް ޔައިޝްގެ ހަމަހިމޭންކަން ފާހަގަވީ އިރުކޮޅެއްފަހުންނެވެ. ފާޑަކަށް ޔައިޝްގެ މޫނަށް ބަލައިލަމުން އަލްކާ ޔައިޝްއަށް ގޮވައިލިއެވެ.

ފުންވިސްނުމަކަށް ގެއްލިފައިހުރި ޔައިޝް ސިހިފައި އަލްކާ ގޮވައިލުމުން ބަލައިލިއެވެ. އަދި ގަދަކަމުން ހިނިތުންވެވޭތޯ މަސަތްކަތްކުރަމުން ދިޔައެވެ.

ބެންޗްގައި ޔައިޝް އިނށީދެލުމުން ގާތުގައި އަލްކާވެސް އިނށީނެވެ. ޔައިޝް ވާހަކަދައްކާނެ އިރެއްގެ އިންތިޒާރުގައި އިން އަލްކާގެ ހިތް ނުތަނަވަސްވަމުން ދިޔައީ ޔައިޝްގެ މޫނުމަތީގައިވާ ކުލަވަރުންނެވެ.

“އަލް. އަހަރެން ބޭނުން ވަރަށް ބޮޑު ވާހަކައެއް ދައްކައިލަން.” ތުންފަތުގައި ދަތްއަަޅައިލަމުން ޔައިޝް ބުނެލީ ހިސާބަކަށް ޖެހިލުންވެއިނދެއެވެ. ބުނެވޭ ވާހަކައެއްގެ ސަބަބުން އަލްކާ އޭނާއަށް ގެއްލިދާާނެ ކަމުގެ ބިރު އެހިތުގައި އަށަގަންނަމުން ދިޔައެވެ.

ވަކި އެއްޗެއް ނުބުނެ ޔައިޝް ބުނަންއުޅޭ ވާހަކައެއްގެ އިންތިޒާރުގައި އަލްކާ އިނެވެ. ފުންނޭވައެއްލުމަށްފަހު ޔައިޝް ވާހަކަފެށިއެވެ.

“އަލް. އަހަރެން.. އަހަރެން.. ބައްޕަ އަކަށް ވަނީ.” އަޅައަޅައިގަންނަމުން ޔައިޝް ބުނެލިއެވެ. އެޖުމުލަ އަލްކާގެ ކަންފަތާހަމައަށް ފޯރީ ހޮނުގުގުރިއެއްގެ ސިފައިގައެވެ. ގަބޫލުނުކުރެވިފައި އޭނާއާާ ދިމާއަށް ބަލަންއިން އަލްކާގެ މޫނަށް ޔައިޝް ބަލައިލިއެވެ. “މިޒްރާ ބަނޑުބޮޑު. އަހަރެންގެ ދަރިއަކަށް.” ދެލޯބޮޑުކޮށްގެން ހުއްޓުން އަރައިފައިއިން އަލްކާ ފެނުމުން ޔައިޝްގެ ހިތުގައި ޖެހުނެވެ.

އިރުކޮޅަކު އެހެން އިނުމަށްފަހު އަލްކާ ހޭންފެށިއެވެ. އެތަންފެނި ޔައިޝް ހައިރާންވިއެވެ. އެހައި ސީރިއަސް ވާހަކައެއް ދައްކަންހުއްޓައި އަލްކާ ހޭންވީ ސަބަބެއް ޔައިޝްގެ ސިކުނޑިއަކަށް ނުވިސްނުނެވެ.

“އެއްކަލަ ޔައިޝް. ތިއުޅެނީ އަހަރެންނާ ސަމާސަކުރާނަމޭ ހިތައި ދޯ. ހާދަ މޮޅޭ އެކްޓް ކުރަންވެސް. ވަރަށް ފޫހިވޭ. އަހަރެންނަށް އެނގޭ ޔައިޝް ތިކުރަނީ ސަމާސައެއްކަން. ސޯ ދެން ތިކަންތައް ހުއްޓައިލައިފައި އެހެން ވާހަކައެއް ދައްކަބަލަ.” ހުނުން މަތަކުރަމުން އަލްކާ ބުނެލިއެވެ.

“މީ ސަމާސައެއްނޫން. ހަގީގަތް.” ސީރިއަސްވެލައިފައި ޔައިޝް ބުނެލިއެވެ. “ކިހިނެއް ހަގީގަތަކަށް ވާނީ؟ ޔައިޝްއާ މިޒްރާއާ ދެމެދު އެއްވެސް ތިކަހަލަ ގުޅުމެއް ނުހިނގާއިރު. އަހަރެންނަކަށް ނުވިސްނުނު. ބަލަ އަހަރެންމީ މޮޔައެއްނޫނޭ. ހަމަ ހުރެބަހައްޓާފަ މީހަކު ބަނޑުބޮނޑުވޭތަ؟” އަލްކާއަށް އަނެއްކާވެސް ހެވުނެވެ.

އަލްކާއަށް ވިސްނައިދޭނެ ގޮތެއް ނޭނގިފައި ޔައިޝް އިރުކޮޅަކު އިނެވެ.”އަލް. މިއީ އަހަރެން އަލް ގާތު ނުބުނެ ސިއްރުކުރި ވާހަކައެއް. އެކަމަކު.. ކޮލެޖުގަ އެއްކަލަ އިވެންޓް އޮތްރޭ.. އަހަރެންނާ މިޒްރާއާ ދެމެދު.. އަހަރުމެންދެމެދު އެފަދަ ގުޅުމެއް ހިނގި. އެކަމަކު އެއީ އަހަރެން ގަސްތުގައެއްނޫން. ނޭނގެ އެރޭ އަހަރެންނަށްވެފަހުރި ގޮތެއް. މިޒްރާ އަހަރެންނަށް ސިފަވީ އަލްގެ ގޮތުގަ. އެހެންވެ އެރޭ އަހަރެންނަށް..” އިތުރަށް ވާހަކަ ކުރިއަށް ގެންދާނެގޮތެއް ނޭނގުމުން ޔައިޝް ވާހަކަދެއްކުން ހުއްޓައިލިއެވެ. އެދެލޮލުން ފެންނަންހުރި ކަރުނައިގެ އަސަރުން މިފަހަރު ޔައިޝް އެބުނީ ތެދެއްކަން އަލްކާއަށް ވިސްނުނެވެ.

ބުނާނެ ވަކިއެއްޗެއް ނޭނގިފައި ގަނޑުވެފައި އަލްކާ އިނެވެ. ދެލޮލުން އެއްވެސް ހިފެހެއްޓުމެއްނެތި ކަރުނައިގެ މުތީތައް ފައިބަމުން ދިޔައެވެ. އޭނާ ބުނާނީވެސް ވަކި ކީކޭ ހެއްޔެވެ؟ އޭނާއަށްވުރެ ކުރިން އެހެން މީހަކު ޔައިޝް މިލްކުކުރީއެވެ.

“އަލް. ކޮންމެވެސް އެއްޗެކޭ ބުނެބަލަ.” އަލްކާއިންގޮތްފެނި ހިތުޖެހިފައިއިން ޔައިޝް ބުނެލިއެވެ. “އަހަރެން.. އަހަރެން ކީކޭ ބުނަންވީ؟ ޔައިޝް ބުނެބަލަ. ކީކޭތަ އަހަރެން ބުނަންވީ؟ އަހަރެންނަކަށް ނޭނގެ.” އަލްކާގެ އަޑުގައި ހިތާމައާ ނުރުހުން އެކުލެވިގެންދިޔައެވެ. ކުއްލިއަކަށްއިވުނި ހަބަރެއްގެ ސަބަބުން އޭނާގެ މޫޑް މުޅިން ޚަރާބުވެއްޖެއެވެ.

“އަލް. އަހަރެންނަށް މައާފުކުރޭ. ޕްލީޒް. އެއީ އަހަރެން ގަސްތުގަ ކުރި ކަމެއްނޫން. އަހަރެންނަކަށް ނޭނގެ މިޒްރާ ބަނޑުބޮޑުކަމެއްވެސް. މިއަދު އަހަރެންނަށްވެސް އެކަން އެނގުނީ.” ކުއްވެރިއަކުފަދައިން އިސްޖަހައިގެންއިނދެ ޔައިޝް ބުނެލީ ހިތާމަވެރި ރާގަކަށެވެ.

“އަލް. އަހަރެން އަސްލުހުރީ ވީއެންމެ އަވަހަކަށް މިޒްރާ ވަރިކުރަން. އެކަމަކު.. ދެން.. ނޭނގެ.. މަންމައާ ބައްޕަ ހުއްޓަ އެކަންވެސް.. ” ޖުމްލަ ފުރިހަމަކުރާނެ ގޮތެއް ޔައިޝްއަކަށް ނުވިސްނުނެވެ.

“އެހެންވީމަ ދެންތިބުނީ ޔައިޝްއަކަށް އޭނަ ވަރިއެއްނުކުރެވޭނޭ ދޯ. ދެން އަހަރެން ކިހިނެއް ހަދަންވީ؟ ތިދިރިއުޅުމުން ދުރަށް ދާންވީތަ؟” ފުންނޭވައެއްލަމުން އަލްކާ އަހައިލިއެވެ.

“އަލް. އަހަރެން ނުބުނަމެއްނު ތިހެންނެއް. އެއްވެސް ހާލެއްގަ އަހަރެން ބޭނުނެއްނޫން އަލްއާ ވަކިވާކަށް.” ގޮތްހުސްވެފައިހުރި ޔައިޝް ބުނެލީ މަޑުމައިތިރި ރާގަކަށެވެ.

“އަލް ޕްލީޒް. އަހަރެން އަލްއަކާ ވަކިވާކަށް ބޭނުމެއްނޫން. ޕްލީޒް. އަހަރެންނަށް ވަގުތުކޮޅެއްދީ. އަހަރެން މިކަމަށް ހައްލެއް ހޯދާނަން.” އިސްތަށިގަނޑުގައި އަތްހިންގައިލަމުން ޔައިޝް ބުނެލީ އާދޭހާއެކުއެވެ.

“ހިނގާ ގެއަށްދާން. އަހަރެން ބޭނުމީ ގެއަށްދާން.” ޔައިޝްގެ ވާހަކަތަކަށް ދޭނެ ޖަވާބެއް އެވަގުތަކު އަލްކާއަކަށް ނުވިސްނުނެވެ. އެއަށްވުރެ މާބޮޑަށް އެހިތަށްވަނީ އަސަރުކޮށްފައެވެ. ހިތްވަރުކުރަން މަސަތްކަތްކުރި ނަމަވެސް އެދެލޮލުން ކަރުނަ އޮހޮރެމުން ދިޔައެވެ.

“އަލް އެކަމަކު އަހަރެން.” ޔައިޝްގެ ވާހަކަ މެދުކަނޑައިލަން ޖެހުނީ ކަރުނަވީ ދެލޮލުން އަލްކާ ބަލައިލުމުންނެވެ. “ޕްލީޒް. އަަހަރެން ބޭނުން އެކަނިވެލަން.” ހިތަށްކޮށްވައިވާ ފުންއަސަރާއެކު އާދޭހުގެ ރާގަކަށް އަލްކާ ބުނެލިއެވެ.

ބޯޖަހައިލަމުން އިންތަނުން ޔައިޝް ތެދުވެ ހިނގައިގަތެވެ. ފަހަތުން ރޮވިފައިހުރެ އަލްކާވެސް ހިނގައިގަތެވެ.

ގޭގެ ދޮރުމައްޗަށް ކާރު މަޑުކޮށްލުމާއެކު ޔައިޝްގެ މޫނަށް ބަލައިލުމެއްނެތި އަލްކާ ފޭބިއެވެ. އޭނާ ދިޔަތަންބަލަން ފެންކަޅިވެފައި ޔައިޝް އިނެވެ.

ކޮޓަރީ ދޮރުހުޅުވައިލައިފައި ވަންނަންއުޅުނު އަލްކާ ސިހުނީ ނައިރާގެ އަޑަށެވެ. “ދޮނޭ ކޮންތާކަށް ގޮސްފަ ތިއައީ؟” އަލްކާގެ ކޮނޑުގައި ފުރަގަހުން އަތްޖައްސައިލަމުން ނައިރާ އަހައިލިއެވެ.

ލޮލުން އޮހޮރެމުންދިޔަ ކަރުނަތަށް ހިންދަން މަސަތްކަތްކުރަމުން ހިތްވަރުކޮށްފައި ވާހަކަދެއްކޭތޯ އަލްކާ ބެލިއެވެ.

“މިއައީ ފްރެންޑަކާއެކު ބޭރަށް ގޮސްފަ. ނައި ކީކުރަނީ ނުނިދާ؟” ކޮޓަރިތެރެއަށް ވަންނަމުން އަލްކާ އަހައިލިއެވެ. “ކަމެއް ނުކުރަން. މިއުޅެނީ ފޫހިވާތީ. އެހެންވެ ދޮންތައާ ވާހަކަދައްކާލަން މިއައީ.” އަލްކާގެ ހިތުގެ ހާލު ނޭނގިހުރެ ނައިރާވެސް އަލްކާގެ ފަހަތުން ކޮޓަރިއަށް ވަނެވެ.

“ދޮންތަ ތިހުރީ ކަމެއްވެފަ ދޯ. ބުނެބަލަ. ކިހިނެއްވީ؟” އަލްކާ ރޯހެން ހީވުމުން ނައިރާ އަލްކާގެ އަތުގައިހިފައި އޭނާއާ ދިމާއަށް އަނބުރައިލަމުން އަހައިލިއެވެ. އެއާާއެކު އޭނާއަށް ހުއްޓުންއެރިއެވެ. ނުރޯން މަސައްކަތްކުރަމުންދިޔަ އަލްކާގެ ބަޑި ވަގުތުން ފަޅައިގެންދިޔައެވެ. ދެރަވެފައިހުންނަ ވަގުތެއްގައި މީހެއްގެ ހަމްދަރުދީ ލިބުމުން ވާނީ އެފަދަ ގޮތެކެވެ.

ނައިރާގެ ގައިގައި އޮޅުލައިގަނެގެންހުރެ ގިސްލަގިސްލާާފައި އަލްކާ ރޮމުން ދިޔައެވެ. އޭނާގެ ހާލުފެނި ނައިރާގެ ދެލޯވެސް ވަގުތުން ފެންކަޅިވިއެވެ.

“ދޮނޭ. އޭތްް. ކިހިނެއްވީތަ؟ ބުނެބަލަ. ޕްލީޒް ތިގޮތަށް ނުރޮއި. އަހަރެން ވަރަށް ދެރަވޭ ދޮނޭ ރޮންޏާ. ޕްލީޒް ބުނެބަލަ. ކާކު އަހަރެންގެ ދޮންތަ މިވަރަށް ރޮއްވީ؟ ބުނޭ. އަހަރެން އެމީހެއްގެ ދުވަސް ދުއްވައިލާނަން.” އަލްކާ ގޮވައިގެންގޮސް އެނދުގައި އިނށީނަމުން ކަންބޮޑުވެފައި ނައިރާ ވީގޮތެއް އޮޅުންފިލުވޭތޯ މަސަތްކުރަންފެށިއެވެ.

ނައިރާގެ ވާހަކަތަކުން އަލްކާ އިތުރަށް ހިތުގައިޖެހުން ނޫންކަމެއް ނުވިއެވެ. ނައިރާގެ މޭގައި ބޯއަޅައިލައިގެން އޮވެ އެތައްއިރެއްވަންދެން އަލްކާ ރުޔެވެ.

ރުއިރުއި ވަރުބަލިވީ ކަންނޭނގެއެވެ. މަޑު ގިސްލުމެއްގެ އަޑު ފިޔަވާ އިތުރުއަޑެއް އަލްކާގެ ފަރާތަކުން މިހާރު ނީވެއެވެ. ހަމަހިމޭންވެފައި އޮތް އެކޮޓަރިތެރޭގައި އެއަޑު ގުގުމަމުން ދިޔައެވެ. އޭރުވެސް ފަރާތަކަށް ގުޑިނުލައި އަލްކާގެ ގައިގައި ބައްދައިލައިގެން ނައިރާ އިނެވެ.

ކޮންމެވެސް ވަރަކަށް ހަމަޖެހުމާއެކު އަލްކާ ވާހަކަދެއްކޭތޯ ބެލިއެވެ. ނަމަވެސް އަރުތެރެ ހިކިފައިވުމުގެ ސަބަބުން އެއަނގައިން ބަހެއްބޭރުވާގޮތެއް ނުވިއެވެ. އަލްކާގެ ގައިން ދޫކޮށްލުމަށްފަހު ނައިރާގޮސް ފެންޖަގުން ތަށްޓަށް ފެންފޮދެއް އަޅައިގެން އައެވެ. އޭގެން ކޯވަރެއް ބޯލުމަށްފަހު އަލްކާ ނައިރާގެ މޫނަށް ބަލައިލިއެވެ. އަދި ހިތްވަރުކޮށްފައި ނައިރާގެ ސުވާލުތަކަށް ޖަވާބުދާރީވަމުން ދިޔައެވެ. ފެށިގެން ނިމެންދެން އޭނާ ޔައިޝްގެ ވާހަކަތައް ނައިރާއަށް ކިޔައިދިނެވެ.

“ދޮންތާ. އަހަރެންނަށް ހީވަނީ ޔައިޝް އެދުނުފަދައިން ކުޑަ ވަގުތުކޮޅެއް އޭނައަށް ދޭންވީހެން. ޔައިޝް އެބުނީނު ތިމައްސަލައަށް ހައްލެއް ހޯދާނަމޭ. ދޮންތަ ޔައިޝްއަށް އިތުބާރު ކޮށްބަލަ. ކޮންމެ މައްސަލައަކަށްވެސް ހައްލެއް އޮންނާނޭ.” އަލްކާގެ ކޮނޑުގައި ފިރުމައިލަމުން ނައިރާ އަލްކާއަށް ވިސްނައިދޭން މަސަތްކަތްކުރިއެވެ.

ވަކިއެއްޗެކޭ ނުބުނެ އެއްދިމާއަށް ގެއްލިފައި އަލްކާއިނެވެ. “ދޮންތަ ބޭނުންވަރަކަށް ވަގުތު ނަގަންވީ. ތީ ދޮންތަގެ ދިރިއުޅުން. ކަންކުރަންވީ ގޮތް އެނގޭނީ ދޮންތައަށް. އަހަރެން މިބުނީ އަހަރެންނަށް ހީވާގޮތުގަ އެންމެ ރަނގަޅުގޮތް.” ލޯތްބާއެކު ނައިރާ އަނެއްކާވެސް ބުނެލިއެވެ. ބޯޖަހައިލުން ފިޔަވައި އަލްކާ އިތުރު ޖަވާބެއް ނުދެއެވެ.

“ދެން ނިދާލެވޭތޯ ބަލާ. މާދަން ދޮނޭ ކޮލެޖަށްވެސް ދާންޖެހެއެއްނު. އަހަރެންވެސް މިދަނީ ނިދައިލަން. ގުޑްނައިޓް ދޮނޭ. ލަވް ޔޫ.” އަލްކާގެ ގައިގައި ކުޑަކޮށް ބައްދައިލައިފައި ނައިރާ އޭނާގެ ކޮޓަރިއަށް ދިއުމަށް ހިނގައިގަތެވެ.

ނައިރާ ދިއުމާއެކު އަލްކާ އެނދުގައި ޖައްސައިލިއެވެ. ޔައިޝް މަތިން ހަނދާންވުމުން އެހިތަށް ތަދުވިއެވެ. ފޯނަށް ބަލައިލިއިރު ޔައިޝްގެ އެތަށް މިސްކޯލްތަކަކާއި މެސެޖްތަކެއް އައިސްފައި ހުއްޓެވެ. އަވަސް އަވަހަށް ޔައިޝްގެ މެސެޖްތަށް ކިޔަންފެށިއެވެ. މައާފަށްއެދިފައި ޔައިޝްކޮށްފައިހުރި މެސެޖްތަކުން ވަގުތުން އަލްކާގެ ދެލޯފެންކަޅިވެގެން ދިޔައެވެ. ފޯނުމޭގައި ޖައްސައިލި އަލްކާއަށް އަނެއްކާވެސް ރޮވުނެވެ.

ކްލާހުގައި އިން އަލްކާ އިނީ ބިޒްނަސްގަޑި ޖެހިދާނެތީ ބިރުގަނެފައެވެ. ޔައިޝްއާ ކުރިމަތިލާނެހައި ހިތްވަރެއް އެހަށިގަނޑަކު ނެތެވެ. ރޭގައި ރަނގަޅަށް ނުނިދުމުގެ ސަބަބުން އެދެލޯވަނީ ފުދޭވަރަކަށް ރަތްވެ ދުޅަވެފައެވެ.

ބެލްގެ އަޑާއެކު އަލްކާ ސިހުނެވެ. ހިތްބާރުބާރަށް ތެޅެންފެށިއެވެ. ކްލާހަށް ވަދެގެންއައި ޔައިޝް ފެނުމާއެކު އަލްކާ އިސްޖަހައިލިއެވެ.

އަލްކާގެ މިއަމަލުން ޔައިޝްގެ ހިތް ޒަޚަމްވެގެން ދިޔައެވެ. އަދިވެސް އަލްކާ އެއިނީ އޭނާދެކެ ނުރުހިފައިކަމަށް ހީކުރެވި ހިތުގައި ރިއްސައިލިއެވެ. އަލްކާގެ ރުހުން ކޮންމެ ހާލެއްގައި ނަމަވެސް ހޯދަން ޔައިޝް ބޭނުމެވެ. އެލޯތްބަކީ އޭނާގެ ދިރިއުޅުމަށް ކިހައި މުހިންމު އެއްޗެއްކަން އެނގޭނީ ޚުދު އޭނާއަށެވެ.

ކްލާސް ނިމިގެން ދިޔައިރު ޔައިޝްގެ އެތައް ނަޒަރުތަކެއް މިލައިފައިވާ އަލްކާގެ މޫނަށް ހުއްޓެމުން ދިޔައެވެ. ނަމަވެސް ހަމަހިލާ އެންމެ ފަހަރަކުވެސް އިސްއުފުލާލައި އަލްކާ ޔައިޝްގެ މޫނަކަށް ބަލައެއްނުލައެވެ. ހިތުގައި ޖެހުނުނަމަވެސް ހިތްވަރުކޮށްފައި ޔައިޝް ފިލާވަޅާވެގެން ކުރިޔަށް ދިޔައެވެ.

ކޮލެޖު ނިންމާފައި ގެއަށްދާން އަލްކާ ނުކުތްވަގުތު ކާރު ކައިރީގައި ހުއްޓިލައިގެން ހުރި ޔައިޝް އެލޮލުގައި އަޅައިގަތެވެ. ނަމަވެސް ނުފެންނަކަމަށް ހަދާފައި ޝަޔާނީގެ އަތުގައި ހިފައިގެން އަލްކާ ހިނގައިގަތެވެ.

“އަލް.ޕްލީޒް ދެންތިގޮތްގަނޑު ދޫކޮށްބަލަ. ނުފެނޭތަ ޔައިޝް ދެރަވެފައިހުރި ވަރެއް. އޭނައާާ ކުޑައިރުކޮޅަަކަށްވިޔަސް ވާހަކަ ދައްކާލަބަލަ.” މިއަދު ހެނދުނު އަލްކާވަނީ ރޭގައިހިނގި ހުރިހައި ކަމެއް ޝަޔާނީއަށް ކިޔައިދީފައެވެ. އަލްކާއަށް ވިސްނައިދެވޭތޯ ޝަޔާނީ އުޅުނީ އެހެންވެއެވެ.

“މިވަގުތަކު ނޫން. އަހަރެން ގެއަށް ގޮއްސަ ޔައިޝްއަށް ގުޅާނަން.” މަގުމައްޗަށް ނަޒަރު ހުއްޓައިލަމުން އަލްކާާ ބުނެލިއެވެ. އެންމެރަނގަޅޭ ބުނުމަށްފަހު ޝަޔާނީ ޔައިޝްގެ މޫނަށް ބަލައިލަމުން ހިނިތުންވެލިއެވެ. އަދި ދެލޯމަރައިލަމުން ބޯޖަހައިލީ ހުރިހައިކަމެއްވެސް ރަނގަޅުވާނޭ ބުނާފަދަގޮތަކަށެވެ. ޝަޔާނީގެ މިއަމަލުން މާޔޫސްވެފައިހުރި ޔައިޝްގެ ހިތަށް ކުޑަނަމަވެސް ހަމަޖެހުމެއް ލިބިގެންދިޔައެވެ.

** ** **

“ކޮންތާކު ތެޅި ބާލާފަ ތިއައީ؟” ރިހެބްއިން އެނބުރި ގެއަށް އައިސް ވަތް ޝިވަންއާ ދިމާއަށް އޭނާގެ މަންމަ ހަޅޭލަވައިގަތެވެ. ވަކިޖަވާބެއްނުދީ ކޮޓަރިއާ ދިމާއަށް ޝިވަން ހިނގައިގަތެވެ. ކަޅިއަޅައިގެން ޝިވަން ގޮސް ކޮޓަރިއަށް ވަތްތަންބަލަން އޭނާގެ މަންމަ އިނެވެ.

ދުވަސްތައް ހަފްތާތަކަށް، ހަފްތާތައް މަސްތަކަށް ބަދަލުވަމުން ދިޔައެވެ. ވަޒީފާއެއް ހޯދުމަށް ޝިވަންކުރަމުންދިޔަ ހުރިހައި މަސަތްކަތެއް ދިޔައީ ބޭކާރުވަމުންނެވެ. ހަދާނެގޮތްހުސްވެ ޝިވަންގެ ހިތްވަރުއެލެން ފެށިއެވެ. ނައިރާ ދެކިލާހިތުން އެހިތްވަނީ މޮޔަވާން ކައިރިވެފައެވެ. ނައިރާގެ ހާލެއްވެސް އެނގެނީކީ ނޫންވިއްޔާއެވެ.

މަގުގެ އެއްފަރާތުން ހިނގަމުންދިޔަ ޝިވަންވަނީ މާޔޫސްވެފައެވެ. ހީހީފައި މަގުމަތިން ހިނގައިފައިދާ ކޮންމެ މީހެއްގެ މޫނަށް ޝިވަންއަށް ބަލައިލެވެއެވެ. އޭނާާވެސް އެގޮތަށް އުފާވެރި ދިރިއުޅުމެއް އުޅެން ބޭނުންވެއެވެ. ހީސަކަރާތްޖަހަން ބޭނުންވެއެވެ. ނަމަވެސް ރިހެބްއަށް ގޮސްފައި އައިފަހުން އޭނާގެ އެއްވެސް އެކުވެރިއެއްނެތެވެ. ކުރީގައި ޚިޔާރުކުރި ހުރިހައި ނުރަނގަޅު އެކުވެރިން ޝިވަންވަނީ ދޫކޮށްލާފައެވެ.

ރަސްފަންނުގައިހުރި ޖޯލިފަތީގައި ޝިވަން އިނށީދެލިއެވެ. އެއީ އޭނާއާ ނައިރާ ބައްދަލުކުރަން އަންނަތަނެވެ. ހިނިތުންވެލަމުން އެދުވަސްތައްމަތިން ޝިވަން ހަނދާންކުރަން ފެށިއެވެ. އިސާހިތަކު އެދެލޯފުރި ކަރުނަތައް އޭގެ މަގާމް ދޫކޮށް އޮހޮރެންފެށިއެވެ.

ރޮވިފައި އިން ޝިވަން ސިހިފައި ބަލައިލީ އޭނާގެ ކޮނޑުގައި މީހަކު ޖަހައިލުމުންނެވެ. އިސްއުފުލައިލައި ކުރިމަތީގައިހުރި މީހާއާދިމާއަށް ބަލައިލި ޝިވަންގެ ދެލޯބޮޑުވެގެންދިޔައެވެ. ހިނިތުންވެފައި އޭނާގެ މޫނަށް ބަލަންހުރި ޒުވާނާއާ ދިމާއަށް ބަލަންއިން ޝިވަންގެ ތުންފަތްމައްޗަށްވެސް ފަނޑު ހިނިތުންވުމެއް ވެރިވިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Nau

Level 910 Stories100 Comments500 Comments100 Stories100 Login1K Comments

A girl who loves reading and writing stories. My dream has always been to become a successful story writer. In Sha Allah. ❤

Other Articles

Previous

ސިއްރުން މިހިތާ ކުޅެނީހޭ (ސާދަވަނަބައި)

Next

ވޭންތަކުން ދިން ހިތި މާޒީ (13)

Next
November 8, 2017

ވޭންތަކުން ދިން ހިތި މާޒީ (13)

Previews
November 8, 2017

ސިއްރުން މިހިތާ ކުޅެނީހޭ (ސާދަވަނަބައި)

61 Comments!

  1. Nau says:
    November 8, 2017 at 3:41 pm

    Salaam all.. Sry mi bai kudakoh lasvyma.. Hope u all will like this part too.. Let me knw the mistakes ingey.. Next part in sha allah tmrw.. Hv a nice day.. N tc all.. Ly dears.. ❤

  2. Maan says:
    November 8, 2017 at 3:48 pm

    Nice vara reethi when next part and i’m first yeah

    1. Nau says:
      November 8, 2017 at 3:51 pm

      Hehe.. Ya ur first.. Thanks maan.. In sha allah tmrw..

  3. Mary says:
    November 8, 2017 at 3:59 pm

    Kaakubaa eii? Vvvv salhi…kiyaahithun indha enimunee??

    1. Nau says:
      November 8, 2017 at 4:44 pm

      Thanks mary

  4. Rsh says:
    November 8, 2017 at 4:03 pm

    V Reethi waiting for next part……

    1. Nau says:
      November 8, 2017 at 4:45 pm

      Thanks rsh

  5. Lam says:
    November 8, 2017 at 4:06 pm

    Vv reethi…waiting

    1. Nau says:
      November 8, 2017 at 4:45 pm

      Thanks lam

  6. Mau says:
    November 8, 2017 at 4:15 pm

    Alhey mirzaa dho. Pls yaeesh ah angabala eyee eyna dharieh noon kan 🙁 Varah interesting.. 😀

    1. Nau says:
      November 8, 2017 at 4:45 pm

      Thanks mau..

  7. Zuam says:
    November 8, 2017 at 4:15 pm

    Masha Allah …. mi part vas varah reethi…… waiting…..❤❤❤❤❤❤❤

    1. Nau says:
      November 8, 2017 at 4:46 pm

      Thanks zuam

  8. Limsha says:
    November 8, 2017 at 4:17 pm

    Nice ?

    1. Nau says:
      November 8, 2017 at 4:46 pm

      Thanks limsha

  9. mamee says:
    November 8, 2017 at 4:20 pm

    Vvvvvv reethi mi part ves thee hama number one …????????

    1. Nau says:
      November 8, 2017 at 4:46 pm

      Awwn.. Thanks mamee❤

  10. SJK...KOREAN says:
    November 8, 2017 at 4:27 pm

    vvvvvv salhi. rovey varuvi mi part kiyaafa..aslu kiyaa vaguthu dheravaa thankolhunnaa ufaa vaa thanhankolhun e feelings aslahvx kureyvey. so it means writing style varah molhy ey. NAU, u have that talent. 🙂 waiting for nxt part 😀

    1. Nau says:
      November 8, 2017 at 4:47 pm

      Awwnn.. Thank u sooooo much sjk.. Happy to knw that dear..?❤

  11. plx plx plx says:
    November 8, 2017 at 4:28 pm

    Nau plx today one part up kohdeebala plx plx plx plx nau plx

    1. Nau says:
      November 8, 2017 at 4:48 pm

      Hehe.. Will try ingey dear.. Thanks

  12. sana says:
    November 8, 2017 at 4:31 pm

    Not tmrw plx plx today…..can’t wait plx nau

    1. Nau says:
      November 8, 2017 at 4:48 pm

      Will try dear.. Thanks

  13. click a shot ? says:
    November 8, 2017 at 4:31 pm

    Varah salhi ingey mi part..kaakubaa a aee shivan kairiah…alhey yaish dhen kihinehbaa hadhany…waitting for next part..avaskohlachey…❤️?

    1. Nau says:
      November 8, 2017 at 4:49 pm

      Lets see.. Thanks click.. ❤

  14. Awa says:
    November 8, 2017 at 5:03 pm

    Wow… varah salhi ingey mi part vs.. waiting for the next one?

    1. Nau says:
      November 8, 2017 at 5:06 pm

      Thanks awa?

  15. Marie says:
    November 8, 2017 at 5:07 pm

    asluves cant wait.. avahah up kodheheeeee please

    1. Nau says:
      November 8, 2017 at 5:15 pm

      Thanks marie.. Will try dear..

  16. Ainth says:
    November 8, 2017 at 5:15 pm

    Anehka kaakubaa e aee???? V v v rythi mi baives… Anehbai avahah up kohdhehchey igey nau… Luv u

    1. Nau says:
      November 8, 2017 at 5:16 pm

      Yes dear.. Will try.. Lets see dhw.. Thanks ainth.. Ly too

  17. Xxxx says:
    November 8, 2017 at 5:25 pm

    V.nice dear

    1. Nau says:
      November 8, 2017 at 5:33 pm

      Thanks dear..

  18. Nashth says:
    November 8, 2017 at 6:11 pm

    nau kaakutha e ee mau dhw

    1. Nau says:
      November 8, 2017 at 6:24 pm

      Hehe.. Lets see who it is.. Thanks dear

  19. samahaa says:
    November 8, 2017 at 6:17 pm

    May dhw……..

  20. samahaa says:
    November 8, 2017 at 6:17 pm

    Mau dhw…..❔❔❔❔❔

    1. Nau says:
      November 8, 2017 at 6:25 pm

      Haha.. Lets see.. Thanks dear

  21. xim says:
    November 8, 2017 at 6:17 pm

    Vvvv reethu anehkaa eii kaaku baa????…. Waiting……when next part?????

    1. Nau says:
      November 8, 2017 at 6:25 pm

      Thanks xim.. As soon as possible..

  22. player says:
    November 8, 2017 at 6:18 pm

    I think mau

    1. Nau says:
      November 8, 2017 at 6:25 pm

      Lets see.. Thanks dear

  23. ham says:
    November 8, 2017 at 6:23 pm

    Kaaku baa dhw…… Waiting plx fast ingey NAU . story very nice you are number one NAU ??????????????????????????????????????

    1. Nau says:
      November 8, 2017 at 6:27 pm

      Awwwn.. Thanks alot ham.. ?

  24. yunaa says:
    November 8, 2017 at 6:26 pm

    nau… avahah upkohdhybaaa…..can’t wait…haadha salhiey..mashaa allah…..mirey up kohdhyba next part…

    1. Nau says:
      November 8, 2017 at 6:53 pm

      Thanks yunaa.. Will try ingey dear

  25. Ram says:
    November 8, 2017 at 6:30 pm

    V V salhi

    1. Nau says:
      November 8, 2017 at 6:54 pm

      Thanks ram

  26. nuz says:
    November 8, 2017 at 6:40 pm

    wow v reethi mi part vess well done dr ?????

    1. Nau says:
      November 8, 2017 at 6:54 pm

      Thanks nuz

  27. lol says:
    November 8, 2017 at 6:42 pm

    Haaaaaaada salhivaahakaeky v nice..?????

    1. Nau says:
      November 8, 2017 at 6:55 pm

      Hehe.. Thanks dear..

  28. shalu says:
    November 8, 2017 at 7:38 pm

    nau plx ahvas kohba cant wait ……. vara reethi alu ah ehhen nuhadhaba haadha deraveyey hyvanee hama kiyaa gadeega film balaaleveyhen vara reethi……

    1. Nau says:
      November 8, 2017 at 7:50 pm

      Awwnn.. Thank u soooo much shalu

  29. Shai says:
    November 8, 2017 at 8:29 pm

    Nau thee teacher ehtha . vvv reethi mi vaahaka . v kiyaa hithun kiyanee ?

    1. Nau says:
      November 8, 2017 at 9:17 pm

      No dear.. M a student gr 12 ga ulhey.. Hehe.. Thanks shai..

  30. Shai says:
    November 8, 2017 at 8:34 pm

    wow v nice story .

  31. Ais says:
    November 8, 2017 at 8:55 pm

    Magey favorite story esfiyage

    1. Nau says:
      November 8, 2017 at 9:14 pm

      Thank u sooo much ais..

  32. Shuza says:
    November 9, 2017 at 10:12 am

    Alheh haadha reethi ey mi part ves???dhen irakun up kurany waiting for next part…..,..??

    1. Nau says:
      November 9, 2017 at 10:31 am

      Thanks dear.. In sha allah soon..

Comments are closed.

Next Episodeހިތްއެކީ ދެވިއްޖޭ (11)←


All Right Reserved!