Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތްއެކީ ދެވިއްޖޭ (6)

Nau Level 810 Stories100 Comments500 Comments100 Stories100 Login1K Comments
November 6, 2017 5 Mins Read
61 Comments

“ނޫން ނައި. ވަރަށް ބޮޑަށް ޝުކުރިއްޔާ. އެކަމަކު ދެން އަހަރެން ނައިގެ އެހީއެއް ބޭނުމެއްނޫން. ﷲ އިރާދަފުޅުން އަހަރެންނަށް އެކަނިވެސް މިކަން ވާނެ. އެހެންމީހަކަށް އަހަރެންގެ ސަބަބުން ބޮޑު ތަކުލީފެއް އުފުލަން ޖައްސާކަށް އަހަރެން ބޭނުމެއްނޫން.” އެހެން ބުނެލުމަށްފަހު ޝިވަން އިންތަނުން ތެދުވިއެވެ. ސިހިފައި ނައިރާއަށް ޝިވަންގެ މޫނަށް ބަލައިލެވުނެވެ. މިވީ ކިހިނެއްހެއްޔެވެ؟

ކުރިއަށް ހިނގައިގަތް ޝިވަންގެ އަތުގައި ނައިރާ ހިފެހެއްޓިއެވެ. ހުއްޓެމުން ޝިވަން ނައިރާގެ މޫނަށް ބަލައިލީ ސުވާލުގެ ނަޒަރަކުންނެވެ. އެއާއެކު ނައިރާ ޝިވަންގެ ކުރިމަށްޗަށް އެރިއެވެ.

“އަހަރެން ޝިވަންދެކެ ލޯބިވެޔޭ ބުންޏަސްތަ؟ އަހަރެންގެ ލޯތްބާއި އޯގާތެރިކަން ޝިވަންއަށް ލިބޭނޭ ބުންޏަސްތަ؟” ސީދާ ޝިވަންގެ މޫނަށް ބަލައިލަމުން ކެރިހުރެ ނައިރާ އަހައިލިއެވެ. ނައިރާގެ ސުވާލުތަކުން ޝިވަންގެ ދެލޯބޮޑުވެގެން ދިޔައެވެ.

“ނައި ހަމަތަ މިރޭ؟” ނައިރާގެ ކޮނޑުގައި ހިފައި ތަޅުވައިގަންނަމުން ޝިވަން އަހައިލިއެވެ. “އާން އާން އަހަރެން މިހުރީ ހަމަހޭގަ. އަހަރެން ޝިވަންދެކެ ވަރަށް ލޯބިވޭ. ވަރަށް ވަރަށް ލޯބިވޭ.” ވެފައިހުރި ދެރައިން ނައިރާއަށް ހަޅޭލަވައިގަނެވުނެވެ.

ޝިވަންއަށް ނައިރާގެ ކޮނޑުން ދޫކޮށްލެވުނެވެ. ގަނޑުވެފައި ކަހަލަ ގޮތަކަށް ރޮމުންދިޔަ ނައިރާއަށް ބަލަހައްޓައިގެން ޝިވަން ހުރެވުނެވެ. “އެކަމަކު ނައި ބުނީމެއްނު އަހަރެންދެކެ ލޯތްބެއް.” އެހިސާާބަށް ޝިވަން ބުނިތަނާ ނައިރާ އޭނާ ހުއްޓުވިއެވެ. “އޭރު އެހެން ބުންޏަސް މިހާާރު އަހަރެންނަށް ޝިވަންދެކެ ލޯބިވެވިއްޖެ. ޕްލީޒް ޝިވަން ތިގޮތަށް އަހަރެން ދޫކޮށްލާފަ ނުދޭ. އަހަރެން މޮޔަ ވެދާނެ. ޕްލީޒް. އާދޭސް ކުރަން.” ޝިވަންގެ ދެއަތުގައި ހިފައިލަމުން ގިސްލާ ރޮމުންދިޔަ ނައިރާ ބުނެލިއެވެ.

ޝިވަންއަށް ކެތްވީ އެހިސާބަށެވެ. ނައިރާގެ އަތުގައި ހިފައި އޭނާއާ ދިމާއަށް ދަމައިގަތެވެ. އެދިޔަ ބާރުމިނުގައި ނައިރާގޮސް ތަތްވީ ޝިވަންގެ ތަނަވަސް މޭމަތީގައެވެ. ދެއަތުން ޝިވަންގެ ހަށިގަނޑުގައި ވަށަލައި ނައިރާ ޝިވަން ގައިގައި ބައްދައިލިއެވެ. ދެލޯމަރައި ބާރުކޮށްލަމުން ޝިވަންވެސް ނައިރާގެ ހަށިގަނޑު އޭނާގެ ގަޔާލައި ފިއްތައިލިއެވެ. ރޮމުން އެކަކު އަނެކަަކުގެ ގައިގައި އޮޅުލަމުން ދެމީހުން ދިޔައެވެ. އެތެއް ދުވަހެއްގެ ފޮނި އިންތިޒާރު ކާމިޔާބުވުމުން ޝިވަންގެ މޫނުމަތިން ހިތްހަމަޖެހުން ފާޅުވާން ހުއްޓެވެ.

“އައި ލަވް ޔޫ ނައި.” ޝިވަން އަށް ބުނެވުނެވެ. “އައި ލަވް ޔޫ ޓޫ ޝިވަން.” ނައިރާއަށްވެސް ބުނެލެވުނީ ލޯތްބާއެކުއެވެ. ޝިވަން ނައިރާ އޭނާގެ ގަޔާ ދުރުކޮށްލަމުން އެލޯބި މޫނަށް ނަޒަރުހިންގައިލިއެވެ.

“ދެން ނުރޮއްޗޭ. ނައި ރޯތަން ބަލާކަށް އަހަރެންގެ މިހިތަކަށް ކެތެއްނުވޭ. އެނގޭ.” ވަރަށް ލޯތްބާއެކު ނައިރާގެ ލޮލުން ފައިބަމުންދިޔަ ކަރުނަތައް ފުހެލަމުން ޝިވަން ބުނެލިއެވެ. “ޝިވަންވެސް ނުވާނެ ރޮއިގެނެއް. އޭރަށް އަހަރެންވެސް ނުރޯނަން.” ޝިވަންގެ ކޯތާފަތުގައި އަތުގެ ނުފުށުން ފިރުމައިލަމުން ނައިރާ ބުނެލިއެވެ. އެއާއެކު ހިނިތުންވެލަމުން ނައިރާ ބޯޖަހައިލިއެވެ.

“ދެން ހިނގާ އަވަހަށް ގެއަށް ދާން. ވަރަށް ލަސްވެއްޖެއްނު. ނައި މާދަން ސްކޫލަށްވެސް ދާން ޖެހޭނު ދޯ. އަވަހަށް ގޮސް ހިތްހަމަޖައްސައިލައިގެން ނިދާލަ އެނގޭ.” ނައިރާގެ މޫނުގައި ހިފަހައްޓައިލަމުން އޭނާގެ ނިތްކުރިއަށް ބޮސްދެމުން ޝިވަން ބުނެލިއެވެ. ނައިރާ ބޯޖަހައިލަމުން މައުރީންއަށް ގުޅައިލުމަށްފަހު ހިނގައިގަތެވެ. ފަހަތުން ޝިވަންވެސް ހިނގައިގަތެވެ.

** ** **

ދުވަމުން ތެޅެމުން ފޮޅެމުން ކަހަލަ ގޮތަކަށް ގެއަށް އައިސް ވަތް އަލްކާ ފެނިފައި ޓީވީ ބަލަން ސޯފާގައި އޮށޯވެލައިގެން އޮތް ޝަޔާނީ ތެދުވިއެވެ. އަލްކާ މާއުފާވެފައި ހުއްޓައިފެނުމުން ޝަޔާނީ ސުވާލުކުރަން ފެށިއެވެ. އެއާއެކު ދަބަސް ސޯފާމަތީގައި ބާވަމުން އަލްކާ އިނށީނެވެ. އަދި އޭނާއާ ޔައިޝްއާ ދެމެދު ހިނގައިދިޔަ ހުރިހައިކަމެއް ޝަޔާނީއަށް ކިޔައިދިނެވެ.

“އަސްލުވެސްތަ؟ ސަރ ގެ ވައިފް ހަމަ އެހާ ގޯސްތަ؟ ނަސީބެއްނު ސަރ އަށް މިކަހަލަ ރަނގަޅު ކުއްޖަކު ލިބުނުކަންދޯ. އެހައިނުބައި އަންހެނެން ސަރ އަކަށް ހައްގެއް ނޫން.” އަލްކާގެ ވާހަކަތައް އަޑުއަހައިފައި ޝަޔާނީ ބުނެލިއެވެ. އެވާހަކަތަކަށް އަލްކާވެސް އެއްބަސްވިއެވެ.

“އޭ ތިއެއްނޫނޭ. މިއަދު ދިން ޓެސްޓް ފަސޭހަތަ؟” ސޯފާގައި ހަމަޖެހިލަމުން ޝަޔާނީ އަހައިލިއެވެ. “ޔެސް. ވަރަށް ފަސޭހަ.” އެހެން ބުނެލަމުން އަލްކާ ސޯފާއިން ތެދުވެ ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ.

** ** **

ސިޓިން ރޫމްގައި ޓީވީބަލަންއިން ޔައިޝް ސިހިފައި ބަލައިލީ ކޮންމެވެސް މީހަކު ނިކަން ބާރަށް ގޭގެ ދޮރު ހުޅުވައިލުމަށްފަހު ޖެހިއަޑަށެވެ. ނިތަށް އެރިރޫތަކާއެކު އިންތަނުން ތެދުވި ޔައިޝްގެ ދެލޯބޮޑުވެގެން ދިޔައީ ގޭތެރެއަށް ވަދެގެން އައި މިޒްރާ ހުރި ހާލު ފެނުމުންނެވެ.

މަސްތުވެފައިހުރި ހާލު ދެކޮޅަށް ހެއްލެމުން ކަހަލަ ގޮތަކަށް މިޒްރާ ސިޓިންރޫމް ތެރެއަށް ވަދެގެން އައެވެ. ކުރިމަތީގައި ކޮޅަށްހުރި ޔައިޝް ފެނުމުން ކަޅި އަޅައިލިއެވެ. އޭނާގެ އަތުގައި އޮތް ރާފުޅި ފެނުމާއެކު ޔައިޝްގެ ބޮލަށް ހީވީ އެނބުރުން އަރައިގެން ދިޔަހެނެވެ.މިޒްރާގެ އުޅުން މިހާރު އެހައިހިސާބަށްވެސް ދިޔައީ ހެއްޔެވެ؟ ޔައިޝްއަށް ދެފަރާތަށް ބޯހޫރުވައިލެވުނެވެ.

“މިޒްރާ ތީކޮންކަމެއް؟” އަޑުގެ ނެތްތަނަށް ޔައިޝަށް ހަޅޭލަވައިގަނެވުނެވެ. “ކަލެއަށް ކީއްތަ ކޮންމެ ކަމަކަސް؟” އަމިއްލަ ފައި މައްޗަށް ކޮޅަށް ނުހުރެވޭ ހާލުވެސް މިޒްރާ ރުޅިއައިސްފައި ބުނެލިއެވެ.

“ކަލެއާހެދި އަހަރެންގެ މުޅި ދިރިއުޅުން ބަރުބާދުވީ. އަދި އެބައަހައެންނު މީ ކޮންކަމެއްހޭ؟ ކަލެއަށް ރީތިކޮށް ނުފެންނަނީތަ؟ ދެލޯ އަނދިރިވީދޯ. ދާންވީނު އައިނު ހައްދަން.” ޝަހާދަތް އިނގިލި ޔައިޝްއާ ދިމާއަށް ދިއްކޮށްލަމުން މިޒްރާވެސް އަޑުގެ ނެތްތަނަށް ހަޅޭލަވައިގަތެވެ. ބުނާނެ އެއްޗެއް ނޭނގި އަނގަ ތަންމިނަށް ހުޅުވައިގެން ޔައިޝްއަށް ހުރެވުނީއެވެ.

“ހުއް. އަދި އަހަރެންގެ ބައްޕަވެސް އައިސް އަހަރެންނަށް މަޖުބޫރުކޮށްފިއޭ މިމީހާގަނޑަ ކައިވެނިކުރަން. ހިތުން ވަރަށް ފޮނިވެފަދޯ ތިހުރީ އަހަރެންނާ ކައިވެނިކުރެވުނީމަ.” ޔައިޝް ވަކިޖަވާބެއް ނުދިނުމުން އަނެއްކާވެސް މިޒްރާ ހަޅޭލަވައިގަތެވެ.

“ބަލަ އަހަރެންވެސް ކަލެއާ އިނީ އިންނަހިތަކުން ނޫނޭ. އަހަރެންގެ ބައްޕަގެ އެދުމަށް އަހަރެން ކަލެއާ ކައިވެނިކުރީ.” ޔައިޝް ގާތަށްވެސް ރުޅިއައެވެ.

“އެކަމަކުވެސް ހެޔޮ. ކަލޭ ނުޖެހެއެއްނު އެކަކު ބުންޏަސް އަހަރެންނާ ކައިވެނިކުރާކަށް. ކީކުރަން އަހަރެންނާ އިނީ؟ އޭން؟ ކީއްކުރަންހޭ؟ އައި ހޭޓް ޔޫ.” އެހެންބުނެލަމުން އަތުގައި އޮތް ބޮޑު ބިއްލޫރި ރާ ފުޅި މިޒްރާ ޔައިޝްއާ ދިމާއަށް އެއްލިއެވެ.

ނުވިސްނައިހުރި ޔައިޝްއަށް އެރާފުޅި އައިސް އޭނާގެ ނިތްކުރީގައި ޖެހުމުގެ ކުރިން ރެކެވުނީ ހަމަ ކިރިޔާއެވެ. އަވަސްހަރަކާތަކާއެެކު ތިރިވި ޔައިޝްގެ ގައިގައި ނުޖެހި، އެރާފުޅި ގޮސް ސިޓިންރޫމްގެ ފާރުގައި ޖެހިފައި ވެއްޓި ތެޅުނެވެ. މުޅިތަނަށް ބުރައިގެން ދިޔަ ކުދި ބިއްލޫރިކޮޅުގެ އެތިކޮޅެއް ޔައިޝްގެ ފަޔަށްވެސް ހެރުނެވެ. އެތަންފެނިފައި ކާމިޔާބީގެ ހިނިތުންވުމެއް މިޒްރާގެ ތުންފަތްމަތީގައި ދުވެލިއެވެ. އަދި އޭނާއާ ވީފަރާތުގައިހުރި ފާރުގައި މަޑުމަޑުން ހިފަހައްޓައިގެންހުރެ ގޮސް ކޮޓަރިއަށްވަނެވެ.

ބިއްލޫރި އެއްޗެއް ތަޅައިގެންދިޔަ އަޑަށް ބަދިގޭގައި ކައްކަންހުރި ޝުމީ ދުވެފައިކަހަކަ ގޮތަކަށް ސިޓިންރޫމަށް ނުކުތެވެ. އެތަންއޮތް ހާލުފެނިފައި އޭނާގެ ދެލޯބޮޑުވެގެން ދިޔައެވެ. ސޯފާގައި އިނށީދެލައިގެން އިން ޔައިޝްގެ ފައިން ލޭއޮހޮރެމުންދިޔަތަން ފެނުމުން ޝުމީ އަވަސްވެގަތީ ފަސްޓް އެއިޑް ބޮކްސް ބަލައިދިއުމަށެވެ. މިއީ މިޒްރާގެ ކަމެއްކަން ވަގުތުން އޭނަގެ ސިކުނޑިއަށް ވިސްނުނެވެ.

ޝުމީ އައިސް ޔައިޝްގެ ފައިން ކަނޑައިގެން ގޮސްފައިހުރިތަނުގައި ބޭސްއަޅައިލަދިނެވެ. ނުބުންޏަސް ޔައިޝްގެ ލޮލުން ފެންނަމުންދިޔަ ވޭނުން އޭނާގެ ހިތަށްވެސް ތަދުވިއެވެ. އޭނާއަކީ އެގޭގެ މަސައްކަތުމީހާ ކަމުން ގޭތެރޭގައި ހިނގާ ހުރިހައިކަމެއް ކަހަލަ ގޮތަކަށް ޝުމީއަށް އެނގެއެވެ.

“މިތަން ސާފުކޮށްލާ.” ޝުމީ ގާތުއެހެން ބުނެލުމަށްފަހު ޔައިޝް ގޮސް ގޭގައި ހުންނަ ކުޑަ ލައިބްރެރީއަށް ވަނެވެ. އެތަންބަލަންހުރި ޝުމީ އަވަސްވެގަތީ ސިޓިންރޫމަތެރެ ސާފުކޮށްލުމަށެވެ.

ލައިބްރެރީގައި ބެހެއްޓިފައިހުރި ކުޑަ ސޯފާ ގޮނޑީގައި ޔައިޝް ޖައްސައިލިއެވެ. ބޮލުގައި އަތްހިންގައިލަމުން ދެންމެހިނގި ހާދިސާއާމެދުގައި ވިސްނައިލިއެވެ. މިޒްރާގެ އަމަލުތައް ދަނީ ދުވަހުން ދުވަހަށް މައްޗަށެވެ. ވިސްނައި ވިސްނައި ބޮލުގައި މަޑު ރިހުމެއްވެސް އުފެދެން ފަށައިފިއެވެ. އެހެންކަމުން ޔައިޝް ބޭނުންވީ އެވަގުތު ކުޑަކޮށް އަރާމުކޮށްލާށެވެ.

** ** **

އާރޓިފިޝަލް ބީޗްގެ ގޮނޑިއެއްގައި އިނށީދެލައިގެން ނައިރާއާ ޝިވަން ތިއްބެވެ. ޖެހިލާ ހިތްގައިމު މަޑުރޯޅިތަކާއެކު ނަށަމުންދިޔަ ނައިރާގެ ފަންއިސްތަށިގަނޑަށް ނަޒަރު ހުއްޓައިލައިގެން ޝިވަން އިނެވެ. އަދިވެސް މިއީ ހަގީގަތެއްކަމަށް ގަބޫލުކުރަން ޝިވަންއަށް ދަށްޗެވެ.

އޭނާގެ އަލަތު ލޯބި މިހައި ފަސޭހައިން ކާމިޔާބުވެދާނެކަމަށް ގަބޫލުކުރަން ހަމަ ދަތިވަނީއެވެ. ނަމަވެސް ނައިރާގެ އަސަރުގަދަ ފުންދެލޮލުން އޭނާއަށްޓަކައިވާ ތެދުވެރި މަތިވެރި ލޯބި ޝިވަން ދުއްޓެވެ. ޚިޔާލުތަކުގެ ތެރޭގައިއިން ޝިވަންއަށް ހިނިތުންވެލެވުނެވެ.

“ކީއްވެ ތިހެނީ؟” ޝިވަންގެ މޫނަށް ބަލައިލި ނައިރާ ހައިރާންކަމާއެކު އަހައިލިއެވެ. އެއާއެކު ޝިވަން ދެފަރާތަށް ބޯހޫރުވައިލީ ކަމެއްނުވެއޭ ބުނުމުގެ ގޮތުންނެވެ.

“އަދިވެސް އަހަރެންނަށް ހީވަނީ މީ ހުވަފެނެއްހެން. ނައި ތިހާ ފަސޭހައިން އަހަރެންނަށް ކާމިޔާބު ކުރެވިދާާނެކަމަށް ގަބޫލުކުރަން ހަމަ އުނދަގޫވަނީ.” ނައިރާގެ ސާފު ލޯބި މޫނަށް ގެއްލިފައިއިން ޝިވަން ބުނެލިއެވެ. ޝިވަންހުރިގޮތް ފެނުމުން ނައިރާގެ ގާތަށް އައީ ލާނެތް ހިންޏެކެވެ.

“އައްދޯއި.” ޝިވަންގެ އަތުގައި ނައިރާ ވިކައިގަތުމުން ސިހިފައި ޝިވަންއަށް ހަޅޭލަވައިގަނެވުނެވެ. “މިހާރު އެނގިއްޖެއްނު މިއީ ހަގީގަތެއްކަން. ހުވަފެނެއްނޫންކަން. ދޯ.” ޝިވަންއަށް ވީގޮތްފެނިފައި ނައިރާ ބާރަށް ހޭންފެށިއެވެ. ހެމުންދިޔަ ނައިރާގެ މޫނަށް ފާޑަކަށްބަލަން ޝިވަން އިނެވެ.

“މިހާރު ކިހިނެއްވީ މާފާޑަކަށް ތިބަލަނީ؟” ނިތްއަރުވައިލަމުން ހެވިފައި ނައިރާ އަހައިލިއެވެ. “އަަހަރެން ދުވަހަކުވެސް ނުދެކެން ނައިގެ ތިސިފައެއް. އަބަދުވެސް ފެންނަނީ ވަރަށް މަޑުން ހުންނަތަން. އެހެންވެ އަހަރެން ހީކުރީ ތީ ވަރަށް މަޑުމައިތިރި ކުއްޖެއްކަމަށް.” ޝިވަންގެ ވާހަކަތަކުން ނައިރާ ހީލިއެވެ.

“ނޫން. އަސްލު އަހަރެން ވަރަށް ކަންތައްބޮޑުވާނެ. ހެހެ. ނުދަންނަމީހުން ކުރިމަތީ މަޑުން ހުއްޓަކަސް ދަންނަމީހުން ކުރިމަތީ އެގޮތަށް މަޑުން ހުންނަން އަހަރެންނަށް ވަރަށް އުނދަގޫ.” ޝިވަންގެ ކޮލުގައި ހިފައި ރަތްކޮށްލަމުން ނައިރާ ބުނެލިއެވެ. ނައިރާގެ ސަކަ މިޒާޖުފެނިފައި ޝިވަންއަށްވެސް ހެވުނެވެ.

“އޫމް. އެހެންވީމަ ކުރިން އަހަރެންނަށް ހީކުރެވުނީ މުޅިން ނުބައިކޮށްދޯ.” ނައިރާގެ ކޮލުގައި މަޑުމަޑުން ޖަހައިލަމުން ޝިވަން ދިމާކޮށްލިއެވެ. ދެމީހުން ހެމުން އެކި ސަކަރާތް ޖަހަމުންދިޔައެވެ.

“ނައި އަހަރެން އަދި ނައި ގާތު ވާހަކައެއްބުނަންވެފަ އެބައޮތް.” ހުނުންމަތަކުރަމުން ނައިރާގެ މަޑުކަފަކޮޅެއްފަދަ އަތްތިލާގައި ހިފައިލުމަށްފަހު ސީރިއަސްްވެލައިފައި ޝިވަން ބުނެލިއެވެ.

ޝިވަން ބުނަންއުޅޭ ވާހަކައެއް އަޑުއެހުމުގެ ގޮތުން ނައިރާވެސް ސީރިއަސްވެލައިފައި ޝިވަންގެ މޫނަށް ބަލައިލިއެވެ.

“ނައި. އަހަރެން އެބަ ގަސްތުކުރަން އަންނަމަސް ފެށޭހިސާބު ރިހެބްއަށް ދާން.” ނައިރާގެ ކޮލުގައި އަތުގެ ބޮޑުވައި އިނގިލިން މަޑުމަޑުން ފިރުމައިލަމުން ޝިވަން ބުނެލިއެވެ. އެއާއެކު ނައިރާގެ ތުންފަތްމައްޗަށް ފުޅާ ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. އުފަލުންގޮސް ޝިވަންގެ ގައިގައި އޮޅުލައިގަނެވުނެވެ. ޝިވަންވެސް ނައިރާގެ ގައިގައި ބައްދައިލަމުން ހިނިތުންވެލިއެވެ.

“އަހަރެން ބޭނުން މިމަހުގެ ބާކީ މިއޮތްދުވަސްތަކުގައި ނައިއާ އެއްކޮށް އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލަން.” ނައިރާާގެ މީރުވަސްދުވާ އިސްތަށިގަނޑުގައި މަޑުމަޑުން ތުންފަތްޖައްސައިލަމުން ޝިވަން ބުނެލިއެވެ. “އަހަރެން މިއަދު ވަރަށް އުފާވެއްޖެ. މާތް ﷲ އިރާދަފުޅުން އަހަރެންގެ ޝިވަން ތިހުރިހައި ނުބައި ކަމަކާ ދުރުވާނެ. ﷲ ޝިވަންގެ ތިމަސައްކަތުގައި ބަރަކާތް ލައްވާށި. އާން ލޯބީ. ދެން މިއޮތް މަދު ދުވަސްކޮަޅުގަ އަހަރެންވެސް ބޭނުން ގިނަވަގުތުތަކެއް ލޯބިއާއެއްކޮށް ހޭދަކުރަން. ކިރިޔާ ހުސްވަގުތެއް ލިބުނަސް އަހަރެން އަންނާނަން ޝިވަންއާ ބައްދަލުކުރަން.” ޝިވަންގެ އިސްތަށިކޮޅު ހާވައިލަމުން ނައިރާ އުފާވެލައިފައި ބުނެލިއެވެ. ވީއުފަލެއްގެ ބޮޑުކަން ޝިވަންގެ ލޮލުން ކަރުނަ ނިރާލިއެވެ. ހަޔާތުގެ ބައިވެރިއަކަށް އޭނާފަދަ މީހަކަށް މިއިޚުތިޔާރު ކުރެވުނީ ކޮންފަދަ ހެޔޮލަފާ މާތް ކުއްޖެއްހެއްޔެވެ؟ ޝިވަންއަށް ﷲ އަށް ޙަމްދުކޮށްލެވުނެވެ.

** ** **

ކޮލެޖަށްދާން ތައްޔާރުވެގެން ކޮޓަރިން ނުކުތް ޔައިޝް ހައިރާންކަމާއެކު ގޭގެ ދޮރާދިމާއަށް ބަލައިލީ ހުއްޓުމެއްނެތި ބެލްގެ އަޑުއިވެމުންދާތީއެވެ. މިހައި ހެނދުނާ އެގެއަށް އަންނާނީ ކާކުބާއެވެ؟

ލައިގެންހުރި އަޅިކުލައިގެ ގަމީހުގެ އަތްކުރި އޮޅަމުން ދޮރާ ދިމާއަށް ޔައިޝް ހިނގައިގަތެވެ. ތަޅު ހުޅުވައިލުމަށްފަހު ދޮރު ހުޅުވައިލި ޔައިޝްގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ދޮރުމަތީގައި ތިބި ދެމީހުންނާ ދިމާއަށް ކަންބޮޑުވެފައިހުރިފަދަ ނަޒަރަކުން ބަލަން ޔައިޝްއަށް ހުރެވުނެވެ. ދެލޯމަރައިލަމުން ހިންދިރުވައިލެވުނީ ދެންކަންތައްވާނެ ގޮތަކާއިމެދުގައި ވިސްނައިލަމުންނެވެ.

Share Article

Follow Me Written By

Nau

Level 810 Stories100 Comments500 Comments100 Stories100 Login1K Comments

A girl who loves reading and writing stories. My dream has always been to become a successful story writer. In Sha Allah. ❤

Other Articles

Previous

މީޝާ ( ކިޔުންތެރިންގެ ސަމާލުކަމަށް)

Next

ކުށްވެރި ލޯބި 3

Next
November 6, 2017

ކުށްވެރި ލޯބި 3

Previews
November 6, 2017

މީޝާ ( ކިޔުންތެރިންގެ ސަމާލުކަމަށް)

61 Comments!

  1. Naufa says:
    November 6, 2017 at 11:12 am

    Hey all.. Salaam.. Here is the sixth part of this story.. Hope u all will like this part too.. Let me knw the mistakes ingey.. Hv a nice day everyone..

  2. Shuza says:
    November 6, 2017 at 11:17 am

    Dhen vaani kihineh tha alheh varah curious veeba varah salhi waiting for next part

    1. Naufa says:
      November 6, 2017 at 3:12 pm

      Thanks dear..

  3. Shuza says:
    November 6, 2017 at 11:19 am

    Me dhw first

  4. TCgirl says:
    November 6, 2017 at 11:21 am

    It’s superb……????

    1. Naufa says:
      November 6, 2017 at 11:27 am

      Thank u

  5. Naaf says:
    November 6, 2017 at 11:22 am

    Nice…kaakuba e ae…?

    1. Naufa says:
      November 6, 2017 at 11:27 am

      Lets see dhw.. Thanks dear

  6. Mary says:
    November 6, 2017 at 11:23 am

    Me first dhw. Vvvv reethi

    1. Naufa says:
      November 6, 2017 at 11:28 am

      Thanks mary

  7. unaal says:
    November 6, 2017 at 11:25 am

    vrh reethi .. anehka kn bayeh al n shayaa ..or yaish ge parents ..curious to know .. nau ure the best .knmme dhuva haku migothah up kohdheythy vrh ufaavey luv u so much

    1. Naufa says:
      November 6, 2017 at 11:29 am

      Thanks dear.. Lets see dhw.. Ly too

  8. Yaal says:
    November 6, 2017 at 11:26 am

    Very good. Writings improove vey eba. Ly nau

    1. Naufa says:
      November 6, 2017 at 11:30 am

      Really? Happy to knw that. Thanks yaal

  9. Sidhu says:
    November 6, 2017 at 11:28 am

    Nau ge mi story v salhi feshigen kiyan… bt comment eh nukohlevey….story vsalhi

    1. Naufa says:
      November 6, 2017 at 11:31 am

      Thanks sidhu.. Happy to see ur comment

  10. minion says:
    November 6, 2017 at 11:29 am

    Ey warah reethi ige story … Keep it up…

    1. Naufa says:
      November 6, 2017 at 11:32 am

      Thanks minion

  11. Xaal says:
    November 6, 2017 at 11:31 am

    Wow vrh salhi mi story yageen ey miruzaa ge bitun thoache dhw

    1. Naufa says:
      November 6, 2017 at 11:33 am

      Hehe.. Hingaa dhw balamaa.. Thanks xaal

  12. shalu says:
    November 6, 2017 at 11:47 am

    vara reethi koniraku next part.

    1. Naufa says:
      November 6, 2017 at 11:50 am

      Thanks shalu.. In sha allah liye ninunuhaa avahakah upkoh dheynan..

  13. SJK...KOREAN says:
    November 6, 2017 at 11:52 am

    hi nau. hws u?? nau mihaaru aslu varah bodah improved. mistakes vx alhaeh nuganey. vaahaka reethi kamun kanneynge dhw. nau ge writing style hunna gothun hyvany hama vaahaka kiyaalaairu film eh balaaleveyhen. hehe ehaa vx bodah vaahakaig thereah vadhevey. n feelings thah genessa hunna goih varah salhi. keep up the good works dear. konthaakunbaa nau mihaa molhah vaahaka liyan dhaskury 😉 😉 😉 waiting for nxt part. 😀 loves <3

    1. Naufa says:
      November 6, 2017 at 12:08 pm

      Hehe.. Alhey thank u soooooo much sjk.. V happy veheje improve vaa vaahaka bunyma.. Thank u dear.. Ly?❤

    2. Naufa says:
      November 6, 2017 at 12:11 pm

      Adhi eh suvaalah javaabu nudhevey dhw.. M doin grt.. Hw abt u? N ya. M waiting for ur story ingey.. Hope to see it soon.. ?

    3. SJK...KOREAN says:
      November 6, 2017 at 1:11 pm

      Same here. Hama great. ??Yeah keep waiting. In sha allah varah avahaa genesdheynan ???

  14. Ram says:
    November 6, 2017 at 11:55 am

    E a ee yaish GE manma aabappa hen heevanee

    1. Naufa says:
      November 6, 2017 at 12:09 pm

      Lets see dhw dear.. Thanks

  15. Mary says:
    November 6, 2017 at 12:09 pm

    Dhen vaan ulhenee kihinehbaa….nice ?

    1. Naufa says:
      November 6, 2017 at 12:12 pm

      Lets see.. Thanks mary

  16. saadhu says:
    November 6, 2017 at 12:17 pm

    hmm v reethi bunaane eche ne.comment nukola hama nuhureveni vahaka reethi kamun.hehehe?

    1. Naufa says:
      November 6, 2017 at 12:23 pm

      Hehe.. Thanks saadhu..

  17. Rau says:
    November 6, 2017 at 12:19 pm

    Varah salhi mi vaahaka

    1. Naufa says:
      November 6, 2017 at 12:24 pm

      Thanks rau

  18. xim says:
    November 6, 2017 at 12:20 pm

    Wow v reethi waiting….

    1. Naufa says:
      November 6, 2017 at 12:25 pm

      Thanks xim

  19. Shau Aria says:
    November 6, 2017 at 12:50 pm

    Yaish ge mom and dad kanneynge e ai dho…. ?
    Story varah reethi ?

    1. Naufa says:
      November 6, 2017 at 1:02 pm

      Lets see dear.. Thanks shau

  20. Mee says:
    November 6, 2017 at 1:12 pm

    Eii yaish ge parents dhw.. Stry varah loabi.. Miadhu adhi eh part up kolla dhyba nau.. Pls pls plsssssssss…

    1. Naufa says:
      November 6, 2017 at 2:28 pm

      Lets see dhw mee.. N thanks dear.. N ya m already tyrin on that.. Hehe..

  21. Sam says:
    November 6, 2017 at 1:43 pm

    Hii nau… nau thee kon grade ehge kujjeh tha??? Story vrh salhi n waitingss. ..??

    1. Naufa says:
      November 6, 2017 at 2:30 pm

      Hi sam.. M in gr 12.. Thanks dear..

  22. someone says:
    November 6, 2017 at 1:46 pm

    nice story nau…you have improved a lot. i like it…

    1. Naufa says:
      November 6, 2017 at 2:31 pm

      Thanks dear.. Happy to knw that..

  23. Any says:
    November 6, 2017 at 1:51 pm

    Alhey hadha rychey mivaahaka love you ????

    1. Naufa says:
      November 6, 2017 at 2:32 pm

      Thanks any.. Ly too dear

  24. Àxu says:
    November 6, 2017 at 1:58 pm

    Hey nau… its my first comment… commnt nukuriyas kiyan inge mi story… vvvv nice hama… v best stry eh… ? so eagerly waiting for the next part naaafaaa…???❤ ly

    1. Naufa says:
      November 6, 2017 at 2:34 pm

      Hey axu.. Haha.. Thanks love.. Kyp waiting.. Adhi one part up kuran kamah miulheny.. Hehe.. Ly too sis.. ?❤

  25. Anonymous says:
    November 6, 2017 at 2:37 pm

    police vahttaaleee…. hahahahahaha….. mifaharu dhaany mizra govaigen….. hahahahahahaaa…….

    1. Naufa says:
      November 6, 2017 at 2:48 pm

      Hehe.. Mizra ah nikan rangalhu landeh dheynvy dhw.. Thanks dear..

  26. sheen says:
    November 6, 2017 at 2:38 pm

    v reethi

    1. Naufa says:
      November 6, 2017 at 2:49 pm

      Thanks sheen

  27. Sallu says:
    November 6, 2017 at 2:52 pm

    Kihaa maai kujjeh. Emme kuda minun aura nivaa kuran ves neygey. And ehen gai goalhi koh ulhemun e dua kuranee. Lol

    1. Naufa says:
      November 6, 2017 at 3:11 pm

      Hehe.. Ya dhw.. Wait.. Adhi naira ahvx visneyne. Thanks for the comment sallu..

  28. bao says:
    November 6, 2017 at 3:45 pm

    Nau vaahaka v best v salhi.???….sallu yah bunelan divehi film kulheneeves divehin ekam burugaaeh naalhaa nuvithaakah divehi filmakun duvahakuves namaad kohlaathan fenuntha?

  29. lol says:
    November 6, 2017 at 3:50 pm

    thihenvihyaa maalyga rahngalhu hama emme kuhjakuves noolhynethaa boy friend aaeku thibunaa gothah ulhykudin vvvvvv gina.burugaaves alhanee namakah.

    1. Sallu says:
      November 6, 2017 at 4:27 pm

      So you are supporting things like that dhw. And rangalhu meehun ves ulhey gey.

  30. lol says:
    November 6, 2017 at 5:41 pm

    thee bunammiulhy vaahakayaky. Kithamme gae goalhikoh ulhunas aura nivaakuran nyngunas emeehehge ulheye rangalhukudin visnykudin.theena lavva rangalhu jawaab hoadan aharen bynunvi.right…. thivaru visnunukanves rangalhu..ehen nunnama demafirinnakah duvaaeh nukurevynethaa aee emme gae goalhikoh hulhynee emeehun.denves visnaafa faad kiyahchy.

    1. Sallu says:
      November 6, 2017 at 10:19 pm

      bunantha vaahaka eh. Dhemafirinnah dua kureveyne. But mi vaahakaiga aee thafaathu haalatheh. So pls stop interfering in others comments

  31. click a shot ? says:
    November 6, 2017 at 7:35 pm

    Finally naira and shivan gulhunydhw..they make such a cute couple..??.and nai ulhey goi varah majaa…by the way yaish ge parents kaneyge a aee…or alka ?? Next part in suvaal thakuge javaabu libeyne dhw…mi part ves hama fabulous ingey nau…????mistakes eh ehaabodakah mipart in faahagaeh nuve…mihaaru enme best stories thaku thereyga mi story ves himenije…askuves Varah reethi…keep it up nau…ly??❤️❤️???

  32. lol says:
    November 7, 2017 at 12:41 am

    Mivaahakaega eves meehakah duvaaeh nukurevy kahala haalatheh genesfa inkamakah evves meehaku faahagaeh nukury.u nunee.nubae kameh nunee deenun byru nuvaakomme haalathehgaves duvaakurevyne mivaahakaega masthuvaa thakethi bynun kuri kuhjaa e masaekae kuranee heyo magah elhen ehenveema eynage hihniyae v rangalhu den anekaku eyna heyomagah alhuvan eheevedinumugegothun duvaakuranee den kobaa thibunaa haalathakee emeehunnah duvaanukurevyne hama evves sababeh ne.dulun kiyaegen duvaa nukurevee haalathehvihyaa hithun ves duvaakurevy.

Comments are closed.


All Right Reserved!