Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ހުރީމެ އިންތިޒާރުގަ (14)

Nashyy Level 110 Stories100 Login
March 14, 2020 3 Mins Read
4 Comments

ޔަޒަން، މަޑުމަޑުން އައިސް ޒައިރާއާއި ޖެހިގެން އިން ޖޯލީގައި އިށީނެވެ. މިހާރު އެއިނީ ދެމީހުންގެ ނޭވާގެ އަޑު އިވޭހާ ކައިރީގައެވެ. ޒައިރާގެ ހިތުގެ ތެޅުން އަވަސްވާންފެށިއެވެ. ޔަޒަން މިހާކައިރިން ފެނިދާނެކަމަށް ޒައިރާ ހީވެސް ނުކުރެއެވެ. ޒައިރާގެ ހިތައް އަރާ ފައިބަމުންދާ ޝުއޫރުތައް ޔަޒަންއަށް ފެންނަ ކަހަލައެވެ. ޔަޒަން މަޑުމަޑުން ޒައިރާގެ އަތްތިލާގައި ހިފާލިއެވެ.

ޒައިރާއަށް ސިއްސައިގެން ގޮސް ހޭލެވުނީ މަންމަ ކޮޓަރީގެ ދޮރުގައި ތަޅާ އަޑަށެވެ.

” ދަރިފުޅާ ތެދުވެބަލަ މިހުރީ ނާޒިމް އައިސް.” މި އަޑު އިވުމުން ޒައިރާ ވީ ފޫއްސެވެ. ނާޒިމް އާއި އިންނާނަމޭ ކިޔާގެން އުޅުނަސް އެއީ ޒައިރާ ބޭނުންވާގޮތެއްނޫނެވެ. އެ ގުޅުން ނިމުމަކަށް ގެންނާނެ މޮޅު ރޭވުންތަކެެް ރާވާތާވެސް އެތައް ދުވަހެއްވެްްޖެއެވެ. އެކަމަށް ރަގަޅު ދަނޑިވަޅަކާއި ދިމާވާ ގޮތެއްވެސް އަދި ނުވެއެވެ. ނާޒިމް ހުރީ އޭނާއި ކައިވެނި ކުރަން ހިފާލާފައެވެ. ޒައިރާއަށްޓަކައި އޭނާ ނުކުރާ ކަމެއްނެތެވެ. އަނެއް ކޮޅުން ޒައިރާގެ އާއިލާވެސް ހުރީ މިކަމަށް ނުހަނު ރުހި ގަބޫލުވެގެންނެވެ. ނަމަވެސް ޔަޒަން ފެނުނު ފަހުން ނާޒިމް އަކީ އަދި އޭނާ އެންމެ ބޭނުންވާ ސިފަތައް ހުރި މީހާ ނޫންކަން ޔަގީން ވެއްޖެއެވެ. އެ ގުޅުން ދަމަހައްޓާކަށް މިހާރު އެއްގޮތަކަށްވެސް އޭނާ ބޭނުމެއްނޫނެވެ.

*******

ޒައިރާ އެތައް ފަހަރަކު ދޮރާށި ކައިރިއަށް ނުކުމެއްޖެއެވެ. ނަމަވެސް ޔަޒަން ފެންނަގޮތެއްް ނުވިއެވެ. މެންދުރު ފަހު ޖޯލިފައްޗަށް ހިޔާ އެރުމުން އޭނާ ނުކުމެ އިނީ ޖޯލީގައެވެ. ކޮންމެވެސް ވަގުތަކުން ޔަޒަން ބޭރަށް ނުކުންނާނެތާއެވެ. އެގެއަށް ވަންނަންވީއޭވެސް ހިތައް އަރައިފިއެވެ.އެކަމަކު ގެ ކިތަންމެ ކައިރި ނަމަވެސް ޒައިރާ އާންމުކޮށް އެގެޔަށް ވަދެއެއް ނޫޅެއެވެ. ކިތަންމެ ދިގު އިންތިޒާރެއް ކުރަން ޖެހުނު ނަމަވެސް ޒައިރާ ނިންމީ ޖޯލީގައި އިންނާށެވެ.

މާ ގިނަ އިރުތަކެއް ނުވެ ޔަޒަން ނުކުމެއްޖެއެވެ. ނަމަވެސް ކޮޑުގައި އަޅުވާލާފައި އޮތް ދަބަސް ފެނުމާއެކު މާޔޫސް ވެއްޖެއެވެ. ޔަޒަން އެހާ އަވަހަށް ފުރައިގެން ދަނީހެއްޔެވެ؟ ނަމަވެސް އަދި ގޮތް ހުސްވާކަށް ނުވޭތާއެވެ. ޒައިރާ ޖޯލިން ތެދުވެ ޔަޒަން އާއި ދިމާއަށް ހިނގައިގަތެވެ.

” ހާދަ އަވަހަކަށް ތި ފުރަނީ. އަދި އެހެން ފަހަރަކުންވެސް ފެންނާނެކަމަށް އުއްމީދުކުރަން” ވަދާއީ ސަލާމް ކޮށްލުމަށް ޒައިރާ އަތް ދިއްކޮށްލިއެވެ. ނަމަވެސް އެވަގުތަކީ ޒައިރާގެ މަންމަވެސް ދޮރާށިން ނުކުމެ ޒައިރާއަށް ގޮވާލިވަގުތެވެ. ޒައިރާ ދިއްކޮށްލި އަތުގައި ޔަޒަން އަށް ނުހިފެނީސް ޒައިރާ އަތް ތިރި ކޮށްލައިފިއެވެ.

” ނާޒިމް އެބަ ގުޅާ މަންމަ ފޯނަށްް ޒައިރާއަށް ނުގުޅިގެން” މަންމަ މިހެން ބުނެފައި ގެއަށް ވަނީ އެވެ. ޒައިރާގެ މޫނުމައްޗަށް އަރާފޭބި ކުލަވަރު ޔަޒަންއަށް ނުފެންނާނެކަން ޔަގީނެވެ. އޭރު ޔަޒަން ވޮލެޓުން ކޮންމެވެސް އެއްޗެއް ހޯދަނީއެވެ.

ޔަޒަން ވޮލެޓުން ކަރުދާސް ކޮޅެއް ނަގާ ޒައިރާއަށް ދިއްކޮށްލިއެވެ. ސައްތާރަށް ނުކުމެވުނީ އެ ދަނޑިވަޅުގައެވެ.

” ހިނގާ ދަމާ” ޔަޒަން ޒައިރާއާއި ދިމާއަށް ބަލާވެސްނުލާ ސައްތާރުއާއި އެކީ ބޯޓުކައިރިޔަށް ދިޔުމަށް ހިނގައިގަތީއެވެ.

” އަދި މިރަށަށް އަންނަ ކަހަލަ ގޮތަކަށް ދޯ ތިހުރީ.. އެކަމަކު ބުނަންތަ ވިދާ ކޮންމެއެއްޗަކީ ރަނެއް ނޫން” ސައްތާރުގެ ބުނެލީ މާނަ ފުން ބަސްކޮޅެކެވެ. ނަމަވެސް ޔަޒަންއަށް އެ ބުނިއެއްޗެއް ވިސްނޭކަށް މާގިނައިރެއް ނުނެގިއެވެ.

ޒައިރާ ކަރުދާސްކޮޅަށް ބަލާލިއެވެ. އުފަލުން މޮޔަވާވަރުވެއްޖެވެ. އޭގައިވަނީ ޔަޒަންއަށް ގުޅޭނެ ނަންބަަަރެވެ. ޒައިރާ ބޭނުންވި ހުރިހާކަމެއް ހާސިލްވިކަހަލައެވެ. އަވަސް އަަވަހަށް ފޯނު ނަގައި ނަންބަރު ފޯނުގައި ރައްކާކޮށްލއެވެ. ޒައިރާ ބެލީ ޔަޒަން އަށް ޝުކުރުގެ ބަސްކޮޅެއް ޔަޒަން އަށް ފޮނުވާލެވޭތޯއެވެ. ލިޔެވޭވަރުވީ އެންމެ ބަހެކެވެ. ނާޒިމް ގުޅީއެވެ. އައީ އަމަށަކު ރުޅިއެއް ނޫނެވެ.

ޔަޒަން އަށް ހޭލެވުނީ ބޯޓު މާލޭ ބަދަރަަށް ލެފުމުންނެވެ. ގަަަޑި ބަަލުމަށް ފޯނު ނެގި އިރު ޒައިރާގެ ފޯން ކޯލަކާއި މެސެޖްއެއް އައިސް އިނެވެ. ފަރުވާކުޑަގޮތަަަަކަށް ފޯނަށް ބަލާލުމަށް ފަހު ޖީބަށްލީއެވެ. އަދި ޒޒައިރާ އަަަށް ޖަަވާބު ދިނުމުގެ ވަގުތު ނުޖެހެނީއެވެ..

ޔަޒަން އަށް މަންމަ ކަައިރިޔަަށް އާދެވުނު އިރު އެގޭގައި އޭނާއަށް މަރުހަބާ ކިޔުމަށްޓަކައި އެގޭ އެންމެން ތިއްބެވެ.

” އަހހަރެމެންނަށް މާފް ކުރޭ.. ކުރިން އެއްވެސް ވަރަކަށް އެގުނުނަމަ …” އަހުމަދުގެ ވާހަކަ މެދުކަނޑާލީ ޔަޒަންނެވެ.މާޒީގައި ހިނގާ ދިޔަ ކަމެއްގެ ވާހަކަ ނުދެއްކުމަށް އެދެމުންނެވެ. މަންމަ މިއަދާ ހަމައަށްވެސް ބަލާދިނީތީ ޝުކުރުވެެރިވަމުންނެވެ.

***

އާ ދުވަހަކަށް އިރުއެރީ މުޅި ރާއްޖެ ސިއްސައިގެން ދިޔަ ހަބަރަކާއި އެކުގައެވެ. ސުނާމީގައި ގެއްލުނު ދިވެހި ރައްޔިތެއް ފެނުނު ހަބަރެވެ. ޔަޒަން ހުރި ގެ ކައިރި ތޮއްޖެހިއްޖެއެވެ. ނޫސްވެރިންނާއި އާންމުންނެވެ. އެތައް ސުވާލުތަކެއް އެއްފަަހަރާ އެތައް ބަޔަކު ކުރަމުންދިޔައެވެ. ޔަޒަންގެ މައުލޫމާތު ސާފުވީވީހެން ދިވެހިން ދިޔައީ ލަދުން އިސްޖެހެމުންނެވެ. އެގޮތައް ކަންތައް ނުކުރެވުނުނަމައޭ ހިތައް އަރަމުން ދިޔަ އެތައްބަޔެކެވެ. ދިވެއްސަކަށްވީތީ މިއަދު ވާންވީ ފަހުރު ކަމެއް ގަންނަންވީ ލަދުކަމެއް ޔަޒަންއަށްވެސް ހުރީ ނޭގިފައެވެ.

ޒައިރާއާއި ހަމަ އަށްވެސް މިހަބަރުތައް ފޯރާކަށް މާގިނަ އިރުތަކެއް ނުނެގިއެވެ. ޔަޒަންގެ އެނބުރިއައުމަށްވުރެން ބޮޑަށް އޭނާގަތީ ލަދެެވެ. ކުޑަ އިރުގެ އެންމެންގާތް އެކުވެރިޔާއަށް ހެދުނު އިހާނާތްތެރި ގޮތްތައް ހިތައްއަރާފައެވެ. ޔަޒަންގެ ކިބައިން މާފަށްއެދެން ބޭނުންވިނަމަވެސް ގުޅަން ކެރޭނީވެސް ކިހިނެތް ހެއްޔެވެ؟ ޔަޒަން އޭނާ ދެކެ އިންތިހާއަށް ލޯބިވިއިރު އޭނާ ދިނީ ކެއްސެވެ.

ޒައިރާ އަނެއްކާވެސް ފޯނު ނެގިއެވެ. ޔަޒަންގެ ފަރާތުން އޭނާ ބޭނުންވަނީ މާފް ލިބުމެވެ. އެކަމަކު ޔަޒަން އޭނާއަށް މާފް ކުރާނެބާއެވެ. އެތައް އިރަކު ވިސްނަން އިނުމަށްފަހު ޔަޒަންގެ ނަންބަރަށް ގުޅާލިއެވެ. މާ ގިނަ އިރުތަކެއް ނުވެ ފޯނު ނަގައިފިއެވެ.

” އަހަރެން މި އިންތިޒާރު ކުރަނީވެސް ތި ކޯލަށް” ޔަޒަންގެ އަޑު އިވުމުން ޒައިރާގެ އަށް ވީގޮތްވެސް ނޭގުނެވެ. މުޅި މީހާ ތުރުތުރުއަޅަންފަށައިފިއެވެ. އެއްޗެކޭ ބުނަން އަނގަ ހުޅުވާލިނަމަވެސް އަޑު ވަނީ ބެދިފައެވެ.

” އެނގޭ ވާހަކަ ދައްކަން އުނދަގޫ ވާނެކަންވެސް.. އަހަރެންގެ އަސްލު އެގުމުން ޒައިރާ އަހަރެންނަށް ގުޅަން ބޭނުންވާނެކަން އެނގޭތީ ނަންބަރު ދިނީވެސް” ޔަޒަންގެ ވާހަކަ ދެއްކަމުން ދިޔައީ ވަރަށް ހަމަ ޖެހިގެން ހުރެއެވެ.

” އަ..އަހަރެންނަށް މާފް ކޮށްދީ..” ދައްކަން ބޭނުންވާ ކިތަންމެ ވާހާކައެއް ހުރި ނަމަވެސް ޒައިރާއަށް ބުނެވޭ ވަރުވީ މިހާވަރަށެވެ.

” އަހަރެންގެ ހިތް ޒައިރާއަށް ހަމަ ވަރަށް ސާފް.. އެންމެ ކުޑައިރުގެ އެކުވެރި ކަމަށްޓަކާވެސް އަހަރެން ޒައިރާއަށް މާފްކޮށްފިން” ކުޑައިރުގެ ހަދާންތައް އާކުރަމުން ޔަޒަން ބުނި މިބަސް ކޮޅުން ޒައިރާގެ ހިތް އުފަލުން ފުރުނެވެ.

( ނުނިމޭ )

Share Article

Follow Me Written By

Nashyy

Level 110 Stories100 Login

Other Articles

Previous

ތެދުވެރި ލޯބި 17

Next

ނޭދެން ވަކިވާކަށް (16)

Next
March 14, 2020

ނޭދެން ވަކިވާކަށް (16)

Previews
March 14, 2020

ތެދުވެރި ލޯބި 17

4 Comments!

  1. Ram says:
    March 14, 2020 at 2:42 pm

    Maasha Allah VVV Reethi???????

    Log in to Reply
    1. Nashyy says:
      March 15, 2020 at 6:14 pm

      Thank you ram ??❤❤❤

  2. Yanaa says:
    March 14, 2020 at 6:50 pm

    Varah Varah reethi ?????
    maa sha Allah ❤❤❤❤❤❤❤
    waiting waiting??????

    Log in to Reply
    1. Nashyy says:
      March 15, 2020 at 6:16 pm

      Thank u dear ❤❤❤❤????

Leave a Reply Cancel reply

You must be logged in to post a comment.


All Right Reserved!