Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހުރީމެ އިންތިޒާރުގަ (11)

Nashyy Level 110 Stories100 Login
February 11, 2020 3 Mins Read
8 Comments

” އަހަރެންނަކީ ރީހާން. ތިގޮތަށް އަހަރެން ކަހަލަ ޒުވާނަކު ހުރީތީ ފެނުނީމަ ހަގީގަތުގަވެސް ވަރަށް ދެރަވެއްޖެ” ގެނައި ސައިތަށީގައި ހިފަމުން އޭނާ އަމިއްލަ އަށް ތައާރަފް ވެލިއެވެ.

ރީހާން ހުއްޓާނުލާ ވާހަކަ ދައްކަން ފެށުމުން ސާހިލްއަށްވެސް ވާހަކަ ދެއްކުމުގެ ހިތްވަރު ލިބިއްޖެއެވެ.

” އަޅުގަނޑު ކުރާނެ މަސައްކަތެއް ލިބޭތޯ.. ވަރަށް ގިނަ ތަންތަނަށް ދަތުރު ކުރެވިއްޖެ” އެންމެ ފަހުން ރީހާން ތަކުރާރުކޮށް ކުރި ސުވާލަށް ޖަވާބުދީފިއެވެ.

ކަންތައް މިވީ ހަމަ ރީހާން ހީކުރި ގޮތަށެވެ. އެއީ ހަމަ ރީހާން އަށް ދޭނެ ކަމަށް ހީކުރެވުނު ޖަވާބެވެ. މީގެ ކުރިން ހުދު ރީހާނަކީވެސް މި ފަދަ ހާލެއްގަވި މީހެކެވެ. އޭނާގެ މައިންބަފައިންނަކީ ކޮބާ ކަމެއް އަދިވެސް ނޭގެއެވެ. ހޯދަން ކިތަންމެ ބޭނުންވިޔަސް އެމީހުންގެ ނަމެއް ސިފައެއްވެސް ނޭގެއެވެ.

ރީހާން ހަދާން ހުންނަންފެށީން ސުރެންވެސް އުޅުނީ ވަރަށް އަނިޔާވެރި ބައެއް ކައިރީގައެވެ. ރީހާން ވަރުގެ އެތައް ކުޑަކުދީންނެއް އެމީހުން ގެންގުޅެއެވެ. ރީހާންމެން ލައްވާ ނޭންގާނީ އެތައް އަމަލެއް ކުރުވައެވެ. އެމީހުންގެ ކަމަކަށް ނޫނެކޭ ބުނެފި ކޮންމެ ކުއްޖެއްގެ އަދަބަކީ މަރެވެ. ރީހާން ތަސައްރަފް ފުދި ހެޔޮ ނުބައި ވިސްނޭ ވަރު ވުމުން އެތަނުން ފިލީއެވެ. އެއްތަނުން އަނެއްތަނަށް ދަތުރުކުރަނިކޮށް އަތުގައި ހިފީ ހެޔޮލަފާ މީހެކެވެ. މުއްސަންޖެކެވެ. ނަމަވެސް އެކަނިވެރިއެކެވެ.އެމީހާ މަރުވުމުގެ ކުރިން ރީހާންއަށް ހެޔޮ ނުބައި ވަކި ކޮށްދިނެވެ. ދުނިޔެ އުޅެންވީ ގޮތް ދައްކާދިނެވެ. މިއަދާ ހަމައަށް ވެސް ރީހާން އުޅެމުން އެދަނީ އޭނާ ދައްކައިދިން މަގުންނެވެ. ލިބިފައިމިވާ މުއްސަނދިކަމާއި އުފާވެރި ކަމުގެ އަސްލަކީ އެއީއެވެ.

އެތައް ގަޑި އިރެއްގެ ވާހަކަދެއްކުމަށްފަހު ރީހާން ގެއަށް ދިޔައީ ސާހިލް ގޮވައިގެންނެވެ.
އެ ބޮޑުގޭގައި އުޅެނީ ރީހާން އެކަންޏެވެ. އެއީވެސް ހަމަ ސާހިލް ފަދަ މީހެކެވެ. ތަފާތަކީ މުއްސަނދިކަމެވެ.

*****

ދުވަސްތައް ފާއިތުވަމުންދެއެވެ. ސާހިލް ދިޔައީ ރީހާންގެ ރެސްޓޯރަންޓްގައި މަސައްކަތް ކުރަމުންނެވެ. ދުވަހަކަށް ވުރެން ދުވަހެއް ސާހިލްގެ މައްޗައް އޮންނަ އިތުބާރާއި ޔަގީން ކަށް ދިޔައީ ބޮޑުވަމުންނެވެ. ދެމީހުންގެ ދޭތެރޭގައި އޮންނަ ގުޅުން ބަދަހިވެ ދެ ރަހުމަތްތެރިންނަށް ވެއްޖެއެވެ. ރީހާން ހީކުރި ވަރަށް ވުރެން ސާހިލް ކަންކަމަށް މޮޅުވެފައި ހުޝިޔާރެވެ. ބައެއް ކަހަލަ ކަންކަން ސާހިލްގެ އަތްމައްޗަށް އެއްކޮށް ދޫކޮށްލައިފިއެވެ. ވިޔަފާރީގެ ކަންކަމުގައި ސާހިލްގެ ހިޔާލާއި މަޝްވަރާއާއި ނުލާ ނުނިންމޭ ފަހަރުވެސް އާދައެވެ. ހުރިހާ ގޮތަކުންވެސް ރީހާނަށް މިހާރު ސާހިލް އަކީ ވަރަށް މުހިންމު މީހެކެވެ.

*****
އެހެން ދުވަސްތަކަކޭ އެއްގޮތައް މިއަދުވެސް ސާހިލް ބެލީ ޒައިރާއަށް ގުޅޭތޯއެވެ. ޒައިރާގެ ނަންބަރު އޮންނަނީ ނިއްވާލާފައެވެ. ވަރަށް ހަދާން ކޮށްގެން ފިހާރައިގެ ނަންބަރަށް ގުޅާލިއެވެ. ނަމަވެސް އެތަނުން ފޯނު ނެގީ ޒައިރާއެއް ނޫނެވެ. މިހާރު ޒައިރާ ފިހާރައިގެ ވަޒީފާ ދޫކޮށްލައިފިކަމަށް ބުންޏެވެ. ގުޅޭނެ ނަންބަރެއް ހޯދަ ދީބަލާށޭ ބުނުމުން ފޯނު ބާއްވައިފިއެވެ. ދެވަނަ ފަހަރަށް ގުޅުމުން ނުނަގައެވެ. ތިންވަނަ ފަހަރަާް ގުޅުމުން އިވުނީ އާދަންބެގެ ހަރުކަށި އަޑެވެ.

ނަމަވެސް ސާހިލް އުއްމީދު ކަޑައެއް ނުލައެވެ. މާގިނަ ދުވަހެއް ނުވެ ޒައިރާއާއި ހަމައަށް އޭނާއަށް ދެވޭނެއެވެ. އޭރުން އޭނާ މިތަނަށް އަންނާނީ ޒައިރާ ގޮވައިގެންނެވެ. ސާހިލްގެ އިންތިޒާރުގައި ޒައިރާ ހުންނާނެކަން ސާހިލްއަށް ޔަގީނެވެ. މީހުން ބުނެ އުޅެއެވެ. ދިގު އިންތިޒާރެއްގެ ނިމުމަކީ ފޮނި އެއްޗެކެވެ. ސާހިލްގެ ހިތުގައި ވިންދު ޖަހާހާ ހިދަކު ޒައިރާގެ ހަދާންތައް އޭނައާއި އެކުގައިވާނެއެވެ.

*****

ކުރިމަތީ އިން ޓީވީއިން ދައްކަމުންދިޔަ މަންޒަރު ތަކަށް ސާހިލް އިނީ ގެއްލިފައެވެ. ކޮންމެވެސް ގައުމަކަށް ސުނާމީއެއް އަރާ ރާޅުގެތެރެއަށް މީހުންނާއި އިމާރާތްތައް ގަރަގުވެގެން ދަނީއެވެ. ސާހިލްވެސް ރާޅާއެކު އޮޔާދާކަހަލައެވެ. ވަށައިގެން ހިނގާ އެއްވެސްކަމެއް ނޭގެއެވެ.

ސާހިލް އަށް ހޭވެރިކަންވީ ރީހާން އެތައް ފަހަރަކު ގޮވުމުންވެސް އަޑު ނީވުމުން އަތުގައި ހިފާ ތަޅުވައިގަތީމައެވެ.

ރީހާން ފެނުމުން ސާހިލް ދިޔައީ ސިހިގެންނެވެ
ހީވަނީ ބިރެއް ފެނުނުހެންނެވެ.

” ސާހިލްގެ ތަބީއަތް އެހާ ރަގަޅު ހެނެއް ހިޔެއް ނުވޭ.. ދާންވީނުން ގެޔަށް އަރާމު ކޮށްލަން.. ” ރީހާންފެނުމުން ސާހިލްއަށްވީގޮތް ފެނުމުން ކަމެއްގޯސްވެއްޖެހެން ހީވެއްޖެއެވެ.

ސާހިލް ބޮލުގެ އިޝާރާތުން އާއެކޭ ބުނެފައި ނުކުންނަން ހިނގައިގަތެވެ.

” ތިދަނީ ސައިކު ތަޅުދަނޑިވެސް ބާއްވާފައެއް ނުން” ރީހާން ދިއްކޮށްލި ތަޅުދަނޑީގައި ހިފި އިރުވެސް ސާހިލް ހުރީ ގަބުވެފަ ހުންނަ ފާޑަކަށެވެ.

ރީހާން އަށް އެކަން ފާހަގަ ކުރެވުނީ ތަންކޮޅެއް ފަހުންނެވެ. އޭނާ ކާރުގައި ގެއަށް ލާން ދެވުނުނަމައޭ ހިތައް އެރިއެވެ. ނަމަވެސް އޭރު މާ ލަސްވެއްޖެއެވެ. ރީހާން ބެލްކަންޏަށް ނުކުމެ ބަލާލިއިރު ސާހިލް ހިނގައްޖެއެވެ.

*****

ސާހިލް ސައިކަލް ދުއްވަމުން ދިޔައީ އޭގެ އެންމެ ބާރު ދުވެލީގައެވެ. ބޮޑު ބިޔަ ރާޅެއް ފަހަތުން އަރައިގެން އަންނަނީހެން ހީވަނީއެވެ. ދުއްވާ އެއްޗެހިން ނެއްޓެމުން ކުރިޔަށް ދިޔައީ ޓްރެފިކް ލައިޓަށްވެސް ބަލާލުމެއްނެތިއެވެ.

*****

އޭގެ 15 މިނެއްޓާއިރު ފަހެވެ. ރީހާން ސާހިލަށް ގެޔަށް ދެވުނުތޯ ބަލާލަން ގުޅައިފިއެވެ. ހަތަރުވަރަކަށް ފަހަރު ގުޅިފަހުން ފޯނުނަގައިފިއެވެ. އެކޮޅުން ވާހަކަ ދެއްކީ ސާހިލެއްނޫނެވެ.
ލިބުނު ހަބަރަކުން ހިނދުކޮޅަކުވެސް މަޑުނުކޮށް ކާރަށް އަރައިފިއެވެ.

ރީހާން އަށް ހޮސްޕިޓަލަށް ދެވުނުއިރު ސާހިލް ތެޅިފޮޅެނީއެވެ. ހަޅޭއްލަވަނީއެވެ. އޭނާ ކިޔާއެއްޗެއް އެއްޗެއް އެގޭ އެކަކުވެސް އެތާކުނެތެވެ. ހީވާ ގޮތުން އޭނާ ގޮވަނީ ކޮންމެވެސް މީހަކަށެވެ. އެކްސިޑެންޓުވިނަމަވެސް އޭނާއަށް ބޭރުފުށުން އެއްވެސް ގެއްލުމެއް ލިބިފައެއްނެތެވެ. ނަމަވެސް އޭނާއަށް އެވާގޮތްތަކުން ޑޮކްޓަރުންވެސް ތިބީ ހާސްވެފައެވެ.

ރީހާން އެތައް ފަހަރަކު ގޮވުމުން ސާހިލްގެ އަޑު މަޑުވެއްޖެއެވެ. ކުއްލިއަކަށް ރީހާން ގައިގަ ބައްދާލާ ރޯން ފަށައިފިއެވެ.

‘ އަހަރެންނަކީ ސާހިލެއް ނޫން . މީ ޔަޒަން…. އާ މީޔަޒަން.. އަހަރެން މިތަނުން ދިޔަދީ.. މަގޭ މަންމަ އަހަރެން ހޯދާނެ މިހާރު. ޒައިރާއަށްވެސް ވީގޮތެއް ނޭގެ” ސާހިލް ކުއްލިއަކަށް ދައްކަންފެށި ވާހަކައަކުން ރީހާން ހުރީ ހައިރާންވެފައެވެ. ސާހިލް އަށް ކުއްލި ޝޮކެއް ޖެހި މޮޔަވީކަންނޭގެއެވެ.

ނަމަވެސް ޑޮކްޓަރު ސާހިލް ރަގަޅަށް ބެލުމަށްފަހު ގެޔަށް ދިޔުމުގެ ހުއްދަދީފިއެވެ. ޑޮކްޓަރު ބުނުއްވީ ސިކުނޑިއަށް ލިބުނު ޝޮކަކުން ކުރީގެ ހަދާންތަކެއް އެބުރިއައީކަމަށެވެ. މާބޮޑު ކަމެއް ނުވާކަމަށެވެ. ރީހާންއަށް އަނެއްކާވެސް ލިބުނީ ހައިރާންކަމެވެ. ސިކުނޑީގައި ޖަމާވަމުންދާ ސުވާލުތަކުގެ ޖަވާބުތައް ދެން ލިބޭނީ ސާހިލްއާއި ވާހަކަ ދައްކައިގެން ކަމަށްވާތީ ގެޔަށް ދެވެންދެން ކެތްކޮށްލައިގެން ހުރީއެވެ.

ގެޔަށްދެވުމާއެކު ސާހިލް، ރީހާން ގާތު އެދެމުންދިޔައީ އޭނާ އުޅެބޮޑުވި ޝަހަރަށް ގެންގޮސްދިނުމަށެވެ. ހޯދަން ބޭނުންވަނީ އޭނާއަށް އެހާހިސާބަށް އާދެވުނުގޮތެވެ. އޭނާގެ އާއިލާގެ ގާތަށް ފޮނުވަން ނޫޅުނީ ކީއްވެގެންކަމެވެ.

ރީހާން ސާހިލް އެދުނުގޮތައް އެޝަހަރަށް ދިޔުމަށް ދަތުރުފަށައިފިއެވެ.
އެތައްގަޑިއިރަކަށްފަހު މަންޒިލާ ހަމައަށް އާދެވިއްޖެއެވެ. ސާހިލް ކާރުން ފޭބުމާއެކު ރީހާންވެސް އޭނާގެ ފަހަތުން ފައިބައިފިއެވެ. ރީހާން ފުރަތަމަ އުޅުނީ ސާހިލް އަންނަދެން ކާރުގައި މަޑުކުރާށެވެ. ހޫނުވެސް ގަދަވުމާއި އެކުގައެވެ. ނަމަވެސް އޭނާގެ ވިސްނުން ބަދަލުވީ ކީއްވެގެން ކަމެއް ނޭގެއެވެ. ބޭރު ރަގަޅަށް ބަލާލުމުން ކާރުން ނުފައިބައި އިންނާކަށް ހިތެއް ނުރުހުނެވެ.

ސާހިލް ދިޔައީ ބޮޑުބޭބެ ގެއަށެވެ. ދޮރުގައި ޓަކި ޖަހާލުމާއިއެކު ހުޅުވައިފިއެވެ. ދޮރު ހުޅުވީ ބޮޑުބޭބެގެ އަންހެނުންނެވެ. ބޮޑުބޭބެއަށް ސާހިލް ފެނުމާއެކު އެތިވަރު ގޮވައިގަންނަން އަނގަހުޅުވާލައިފިއެވެ. ނަމަވެސް ކުއްލިއަކަށް އޭނާ ހުއްޓުން އަރައިފިއެވެ. ސާހިލް ލައިގެން ހުރި ހެދުމާއި އަރައިގެން ހުރި ފައިވާން ފެނިގެންނެއް ނޫނެވެ…

( ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Nashyy

Level 110 Stories100 Login

Other Articles

Previous

……ހަގީގީ ލޯބި؟؟؟؟؟؟

Next

ހީވޭ ހިތް ބުނާހެން 7

Next
February 11, 2020

ހީވޭ ހިތް ބުނާހެން 7

Previews
February 11, 2020

……ހަގީގީ ލޯބި؟؟؟؟؟؟

8 Comments!

  1. Umny ??? says:
    February 11, 2020 at 8:45 am

    Nice and when is the next part

    1. Nashyy says:
      February 11, 2020 at 6:06 pm

      Thank u umny ❤❤ insha Allah v avah

  2. Ibsha says:
    February 11, 2020 at 4:28 pm

    Varah reethi…alhe 12 vana part avas kohlaadhy bala

    1. Nashyy says:
      February 11, 2020 at 6:08 pm

      Thank u ibsha.. varah avahah genes dheveythw balaanan. Keep reading ❤❤

  3. Yanaa says:
    February 11, 2020 at 4:43 pm

    Varah reethi❤❤❤❤❤❤❤
    maa sha Allah???????
    waiting for the next part❤?❤

  4. Yanaa says:
    February 11, 2020 at 4:49 pm

    Varah varah reethi..?❤?❤?
    maa sha Allah❤?❤?❤?❤
    waiting for the next part?❤?

    1. Nashyy says:
      February 11, 2020 at 6:10 pm

      Thank u for the lovely comment.. ❤❤❤❤❤❤❤ and insha Allah v avahah

  5. ވާހަކަ ކިޔާ ކުއްޖާ says:
    February 12, 2020 at 8:56 am

    ވަރަށް ރީތި މި ބައި ވެސް

Comments are closed.

Next Episodeހުރީމެ އިންތިޒާރުގަ (12)←


All Right Reserved!