Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހުރީމެ އިންތިޒާރުގަ (13)

Nashyy Level 110 Stories100 Login
March 5, 2020 4 Mins Read
5 Comments

މީހުންގެ ލޯތައް އޭނާއަށް އަމާޒު ނުވޭތޯ ދުއާ ކުރަމުން ކުރިޔަށް ހިނގަމުން ދިޔައެވެ. އެންމެ ފަހުން އޭނާ ގޮސް ހުއްޓުނީ ޒައިރާގެ ގެ ކައިރީގައެވެ. ނަސީބު ވަރަށްވެސް ރަގަޅެވެ. އޭރު ޒައިރާވެސް ގޭ ދޮރާށިން ނުކުންނަނީއެވެ. ޒައިރާއަށް އޭނާ ފެނުމާއި އެކު އެއީ ކާކު ކަން އެގިއްޖެއެވެ.

” ކަލޭ އަނެއްކާވެސް އައީތަ؟ ” މަގުގެ ދެފަރާތް ބަލާލުމަށްފަހު ޔަޒަން ކައިރިޔަށް އައެވެ.

” ކަލެއަށް ކޮށްލި ވަރު ކުޑައީތަ އަދިވެސް” ޒައިރާގެ އަޑުގައި ހުރީ ރުޅިވެރިކަމެވެ.

ޔަޒަން ހުރީ ހައިރާންވެފައެވެ. މިއީ ހަމަ އޭނާދެކެ އިންތިހާއަށް ލޯބިވަމޭ ބުނި ޒައިރާބާއެވެ.

” އެކަމަކު ޒައިރާ ބުނީމެއްނުން އިންތިޒާރު ކުރާނަމޭ. ” ޔަޒަން ހުރީ ޒައިރާގެ މޫނަށް ބަލަހައްޓައިގެންނެވެ.

” ޒައިރާވެސް އަހަރެންދެކެ ލޯބި ވަމެއްނުން” ޔަޒަންގެ ވާހަކަ ދެއްކުމުގައި ކުރިން ހުންނަ ކޮށިކަމެއް ނުހުންނަކަށް އެނގޭވަރަށް ވުރެން ޒައިރާ ހުރި ރުޅި އައިސްފައެވެ.

” ލޯތްބޭ…. ކަލޭ ކަހަލަ މީހަކުދެކެ ކާކު ލޯބިވާނީ.. އަހަރެން އިންތިޒާރުގަ ހުންނަ ތީ ކާކު.. ” ޒައިރާގެ ކޮންމެ ބަހެއް ޔަޒަންގެ ހިތް ކުދިކުދި ކުރަމުން ދިޔައެވެ. ޔަޒަން ވީ ދެރައިން އިސް ޖަހާލީއެވެ. ކުރި ފޮނި އުންމީދުތައް ހިނދުކޮޅެއްގެ ތެރޭގައި ފެނަށްވެގެން ދިޔައީއެވެ. އިންތިޒާރުގެ ނިމުން މިހާ ހިތިވެދާނެ ކަމަށް ހީކޮށްލެވިފައިވެސް ނެތެވެ.

” މިތަނުން ދާން އުޅޭ.. މިހާރު ޖަވާބު ލިބިއްޖެއެއްނުން” ޒައިރާ އެހެން ބުނެފަ ހިނގައިގަންތަނާ ޒައިރާގެ ކައިރިޔަށް އައިސް ހުއްޓާލީ ސައިކަލެކެވެ. ޒައިރާ އެ ސައިކަލް ފަހަތަށް އެރިއެވެ. ޔަޒަން އާއި ދިމާއަށް ބަލާލުމަށްފަހު ސައިކަލުގައި އިން ޒުވާނާގެ ގައިގަ ބައްދާލިއެވެ. މިއީ ޒައިރާގެ އައު ލޯބިވެރިޔާކަން އަންގާލީއެވެ.

ސައިކަލް ލޮލު ކުރިމަތިން ގެއްލެންދެން ޔަޒަން ހުރީ އެދިމާއަށް ބަލާށެވެ. އެއަށްފަހު މަޑުމަޑުން އެބުރި އައި ކޮޅަށް ދާން ހިނގައިގަތެވެ. ލޮލުގައި ޖަމާވެފައިވާ ކަރުނަތައް އޮހިގަތީދެނެވެ. ނަމަވެސް ކަރުނަތައް ފޮހެލާ ކުރިއަށް ހިނގައިގަތީ އަމިއްލަ ނަފްސަށް ހިތްވަރުދެމުންނެވެ. ދުނިޔެއަކީ މިއީއެވެ. އިއްޔެއް ހެއްވާލަ ދިން މީހާ މިއަދު ރޮއްވާލައެވެ.

***

ބޯޓަށް އެރުމަށްފަހު ޔަޒަން ލައިގެން ހުރި ހެދުން ބަދަލު ކޮށްލާ ރީތިވެލިއެވެ. އެއަށް ފަހު ބޯޓުގައި ކުރިން އޭނާ އޮތް ޖާގައިގައި އޮށޯވެލިއެވެ. އެބުރި މާލެދެވޭނީވެސް ދެ ދުވަސް ފަހުންނެވެ. އެންމެ އަވަހަށް ފުރަންވެސް އޮތީ މި ބޯޓެވެ. އަވަހަށް ދާންބޭނުންނަމަ ދެން ޖެހޭނީ ކައިރި ރަށަކުން ފުރާ އެއްޗެއް އޮތްތޯ ބަލާށެވެ.

” ކީއްވެ މިތާ މިއޮތީ .. ކޮން ރަށަކު ކުއްޖެއްތީ” ބޯޓުގެ ވެރިޔާގެ ލޮލުގައި ޔަޒަން އަޅައިގަތުމާއި އެކު ޔަޒަން ކައިރިޔަށް އައެވެ.

” އަޅުގަނޑު މާލެ.. އެހެން ރަށަކަށް ދާން ވެގެން އައީ . އެކަމަކު މިރަށަށް އާދެވުނީމަ މި އެގުނީ މީ އަދި އެހެން ރަށެއްކަން” ޔަޒަން ވާހަކައެއް ހަދާލިއެވެ. ދޮގެއްކަން ޝައްކުވެސް ނުވާރަށެވެ.

“އެހެންވިއްޔާ ހިނގާ ފައިބަމާ. އަހަރެމެން ގޭގައި މަޑު ކޮށްލާފަ ދާނީ . ކޮންރަށަކަށް އަސްލު ދާން ތި އުޅެނީ.. ގެޔަށް ގޮސް އެރަށަށް ދެވޭގޮތެއް ހަމަޖައްސާލާނީ” ސައްތާރު ފަހަތުން ޔަޒަންވެސް ބޯޓުން ފައިބައިފިއެވެ.

” އަޅުގަނޑު ދާން އުޅުނީ މި އަތޮޅުގެ ރަށަކަށްވެސްނޫން. އެހެންވީމަ މި ބޯޓުން މާލެ ދާނީ”

” ރަގަޅުވާނެ އަހަރެމެންގޭގަ މަޑުކޮށްލާނީ މި ދެ ދުވަހު” ސައްތާރުގެ އަޑުގައި ހުރީ ހިތްހެޔޮކަމެވެ. އެކަމަކު ކީއްވެ ހެއްޔެވެ. ދިވެއްސެއްވީމަ ހެއްޔެވެ؟ ކޮންމެ ގޮތަކަށް ވިޔަސް އެ ވެދިން އެހީތެރިކަމަށް ޔަޒަން ޝުކުރު އަދާކުރީ ސާފު ހިތަކާއި އެކުގައެވެ.

ވާހަކައިގައި ތިބެގެން ސައްތާރުގެ ގެޔާއި ހިސާބަށް އާދެވުނު އިރެއްވެސް ނޭގެއެވެ.

” މި އާދެވުނީނުން ގެޔަށް.. ހިނގާ ވަންނަމާ” ސައްތާރު އެހެން ބުނި އަޑު ޔަޒަންއަށް އިވުނު ހެނެއް ހިޔެއް ނުވެއެވެ. އޭނާ ހުރީ ފާޑަކަށް ހުއްޓުން އަރާފައެވެ. ވާނީވެސް އެހެންތާއެވެ. ޖެހިގެން އެއިނީ ޒައިރާގެ ގެއެވެ.

” ހިނގާ ވަންނަން އެތެރެއަށް” ޔަޒަން ދިޔައީ ސިހިގެންނެވެ. އަވަސް އަވަހަށް ސައްތާރު ފަހަތުން ގެޔަށް ވަންނަން ހިނގައިގަތެވެ.

” މި ސޮރަށް ކޮޓަރި ތައްޔާރު ކޮށްދީބަލަ ވަރަށް އަވަހަށް” ގޭ ސިޓިންގ ރޫމުގައި އިން ސައްތާރުގެ އަންހެނުން އެހެން ބުނުމާއެކު ތެދުވެއްޖެއެވެ. ކޮޓަރި ތައްޔާރުކޮށްލަންދެން ސިޓިންގ ރޫމުގައި މަޑުކޮށްލަން ބުނެފައި ސައްތާރު ދިޔައީ ބަދިގެއާއި ދިމާއަށެވެ. މެންދުރަށް ކާން ތައްޔާރު ކޮށްފައިވޭތޯ ބަލާލާށެވެ.

މާގިނަ އިރަކު އިންނާކަށް ނުޖެހުނެވެ. ސައްތާރުގެ އަންހެނުން އައިސް ކޮޓަރިއަށް އައުމަށް ބުނެފިއެވެ. ބޮޑު ރީތި ކޮޓަރިއެކެވެ. ކޮޓަރީގައިވާ ކޮންމެ އެއްޗެއްވެސް އެހާމެ ތަރުތީބެވެ.

” މިއީ އަހަރެންގެ ދޮށީ ދަރިފުޅުގެ ކޮޓަރި. އޭނަ މިހާރު އިތުރަށް ކިޔަވަން މާލޭގައި ހުރީ” ސައްތާރު ކޮޓަރިއަށް ވަންނަމުން ބުންޏެވެ.

” ފެންވަރާލާ ހަދައިގެން އާދޭ ކާން. ” ސައްތާރު ބޭރަށް ނުކުތުމުން ޔަޒަން ދޮރު ލައްޕާލިއެވެ. ހާދަ ފުރިހަމަ މެހެމާންދާރީއެކެވެ. މި މެހެމާންދާރީ ހައްގުވަނީ ވަކިބަޔަކަށް ހެއްޔެވެ.؟ ޔަޒަން ހިތާ ހިތާ މިސުވާލު ކޮށްލަމުން ފާހާނާއަށް ވަނެވެ.

ހަވީރުގެ ވަގުތެވެ. ޔަޒަން މަޑުކޮށްލައިގެން ހުރީ ފޫހިވާތީއެވެ. ޒައިރާއަށް ގެއިން ނުކުމެވުނީވެސް އެވަގުތެވެ. ދޮރާށި ކައިރީގައި އެހުރީ މިރަށު މީހެއް ނޫންކަން ޒައިރާއަށް ޔަގީނެވެ. ޒައިރާއަށް އެތައްފަހަރަކު އޭނާއާއި ދިމާއަށް ބެލިއްޖެއެވެ. ޒައިރާއަށް ޔަގީނުންވެސް ޔަޒަން ވަރަށް ކަމު ހިނގައްޖެއެވެ. ޒައިރާގެ އެންމެ ހިތް އެދޭ ކަހަލަ ސިފަތަކެއް ހުރި މީހެއް އަލަށް ފެނުނު ކަހަލައެވެ.

ޔަޒަންއަށް ޒައިރާ ބަލަން ހުރިކަން އެގުނީ އިރުގަނޑެއް ފަހުންނެވެ. ހަމަ ފެނުމާއިއެކު ދޮރާށީން އެތެރެއަށް ވަނުމަށް ހިނގައިގަތެވެ. އަނެއްކާ ޒައިރާއަށް އޭނާއަކީ ކާކުކަން އެގުނީބާއެވެ.

ރޭގަޑު 8 ޖެހި އިރުވެސް ޔަޒަން އޮތީ ކޮޓަރީގައެވެ. ބޭރަށް ނުކުންނަން ބޭނުންވެސް ނުވަނީއެވެ. އެންމެފަހުން ޔަޒަން ކޮޓަރިން ނުކުތީ ކާން ގޮވުމުންނެވެ. ކާހިތް ނެތްނަމަވެސް އެވަރަށް ގޮވުމުން ނުނިކުމެ އޮންނާކަށްވެސް ނުކެރުނެވެ.

ރޭގަނޑުގެ ކެއުން ނިންމާލުމަށް ފަހު ޔަޒަން ނިކުތީ ބޭރުށަވެ. ދޮރާށި ކައިރީ މަޑުކޮށްލުމަށްފަހު ކައިރީގައި އިން ޖޯލިފަތިން ޖޯއްޔެއްގައި އޮށޯވެލިއެވެ. ޖޯލިފަތި އިނީ މަގުގެ އެއްފަރާތުގައި އެގެއާއި ޒައިރާމެންގެޔާ މެދަށް ވާގޮތަށެވެ. ނަމަވެސް މި ގަޑީގަގައި އެ ޖޯއްޔަށް ޒައިރާ އަތުވެދާނެއެކޭ ޔަޒަން ހިޔެއް ނުކުރެއެވެ.

” ވަރަށް ރީތި ރެޔެއްދޯ؟” ޒައިރާ އުޑުމަތި ބަލާލަމުން ޖޯއްޔެއްގައި އިށީނެވެ. އިށީނީ އެ ދެމެދަށް އެއްޖޯލި ބައިންދާފައެވެ.

ޔަޒަން އެއްވެސް އެއްޗެކޭ ނުބުނެ ހީލީއެވެ. ޔަޒަން ބޭނުންވީ އެތަނުން ތެދުވެގެން ދާށެވެ.އެކަމަކު ކުއްލިއަކަށް ތެދުވެގެން ދާކަށްވެސް ނުކެރުނެވެ. ކުރިމަތީ އިން ގޭގެ ބިޔަ އަނބުގަހުގެ ހިޔަނީގެ ސަބަބުން މާ ބޮޑަކަށް މޫނު ސާފުކޮށް އެނގޭވަރެއްވެސް ނުވާނެއެވެ. އެހެން ކަމުން ޔަޒަން ނިންމީ ޒައިރާ އެތަނުން ދަންދެން އަގައިން ނުބުނެ އިންނާށެވެ. ނަމަވެސް އެތައް އިރެއްވީއިރުވެސް ޒައިރާ އެތަނަކުން ދާކަށް ނޫޅުނެވެ.

” މިރަށު ކުއްޖެއް ނޫންދޯ. ކޮން ނަމެއް ކިޔަނީ؟ ” އެ ދެމެދުގައިވާ ހަމަހިމޭންކަން ފޫ ދުއްވާލީ ޒައިރާއެވެ. ލަދަކާ ހުރެ ތަދެއް ނުފިލާނެތާއެވެ. އެހެންކަމުން ޒައިރާ ބޭނުންވީ މައުލޫމާތު އޮޅުންފިލުވަންފެށިއެވެ.

” ޔަޒަން” ޔަޒަން އަގައިން ބުނަން ބޭނުން ނުވި ނަމަވެސް އޭނާގެ ނަން އިވުމުން ޒައިރާއަށް ވާގޮތް ބަލާލަން ބޭނުންވިއެވެ.

” ޔަޒަން…..” ޒައިރާ ދެތިން ފަހަރަކަށް އެ ނަން ކިޔާލިއެވެ. އެއީ އޭނާ އަށް އާ ނަމެއް ނޫނެވެ.

” ކިހިނެތްވީ މާ ހަޑި ނަމަކީތަ” ނަން އިވުމުން ޒައިރާއަށް ކޮންމެވެސް ގޮތެއް ވެއްޖެކަން ޔަޒަން އަށްވެސް ފާހަގަ ކުރެވުނެވެ.

” ނޫނޭ ވަރަށް ރީތި ނަމެއް.. ތިނަން އިވުނީމަ ހަމަ ކުއްލިއަކަށް ކޮންމެވެސް މީހެއް މަތިން ހަނދާންވީ. އެއް ނަން ކިޔާ އެތައްބަޔަކު ދުނިޔޭގަ އުޅޭނެތާ” ޒައިރާ ޖޯލީގައި ރަގަޅަށް ހަމަޖެހިލަމުން ބުންޏެވެ. ވާހަކަ ދައްކާލާނެ ރަގަޅު މައުލޫއެއް ލިބުނީތީ އޭނާ ހުރީ ވަރަށް ހިތްހަމަޖެހިފައެވެ. އޭނާ ބޭނުންވިގޮތަށް ޔަޒަންއާއި ގާތް ގުޅުމެއް އުފެއްދުމަށް ލިބުނުމިއީ ރަނުގެ ފުރުސަތެކެވެ.

” ވެދާނެއެއްނުން މީ އެ ޔަޒަން ކަމަށްވެސް” ޔަޒަން ސީރައަސް ގޮތެއް އަޑަށް ނުގެނެސް ބުނެވޭތޯ މަސައްކަތް ކުރިއެވެ.

” ހެހެހެ އެޔަޒަން އެއް ދެން ނާންނާނެ އެއްނުން.. އޭނަވީ މީގެ އެތަކެއް އަހހަރު ކުރިން މަރުވެފަ.. ޢޭނާ އެންމެ ފަހުން ދުށީވެސް އަހަރެން.. ދެން އަޔަސް އަންނާނީ އޭނާގެ ރޫހު ތޯއްޗެއް'” ޒައިރާގެ މި ބަސްތަކުން ޔަޒަން އަށް ވަރަށް އަސަރުކުރިއެވެ. ކުޑައިރު އެންމެ އެކުގައި އުޅުނު ރަހްމަތްތެރިޔާގެ ވަކިވެދިޔުންމުންވެސް ޒައިރާއަށް މާބޮޑު އަސަރެއް ކުރިހެން ހީނުވީތީއެވެ.

” ދަނީތަ ދެން؟ ” ޔަޒަން ޖޯލިން ތެދުވުމުން ޒައިރާ ބުންޏެވެ. ޔަޒަން އެހާ އަވަހަށް މިތަނުން ދާކަށް ޒައިރާ ބޭނުމެއް ނުވިއެވެ. އޭނާ ހޯދަން ބޭނުންވާ ލައްކަ މައުލޫމާތު އަދިވެސް އެބަހުއްޓެވެ.

” ވަރަށް ނިދި އެބައާދޭ” ޔަޒަން ޒައިރާއާއި ދިމާއަށް ބަލާވެސް ނުލާ ގެއަށް ވަނުމަށް ހިނގައިގަތެވެ.

ޒައިރާގެ ލޮލަކަށް ނިދި އަންނަގޮތެއް ނުވިއެވެ. ނިދޭނީވެސް ކިހިނެތް ހެއްޔެވެ؟ ލޯ މަރާލާއިރަށްވެސް ފެންނަނީ ޔަޒަންގެ ސޫރައެވެ. ކަންފަތުގައިވަނީ ޔަޒަންގެ ޖާދުވީ އަޑެވެ. އޭނާގެ ހިތައް މިވާގޮތްތައް ޔަޒަންއާއި ހަމައަށް އަދި ފޯރު ކޮށްދޭނެއެވެ. ޔަޒަންގެ ހިތް ހޯދުމަށް އޭނާއަށް ކުރެވުނުހާ ކަމެއް ކުރާނެއެވެ.

*******

ގަޑިން މެންދަމުން އަލިވެ 2 ޖަހަނީއެވެ. ޒައިރާ ނުކުތީ ބޭރު ޖޯއްޔަށެވެ. އޭނާ ފުރަތަމަ ދިޔައީ ސިއްސައިގެންނެވެ. މީހަކު މިގަޑީގައި ޖޯލީގައި އިނދެދާނެ ކަމަކަށް އޭނާ ހިޔެއް ނުކުރެވެ. ނަމަވެސް ޖޯލީގައި އިނީ ޔަޒަންކަން އެނގުމުން ހިތައް ހަމަޖެހުމެއް ލިބުނެވެ.

” އަހަރެންވެސް ނުނިދިގެން މި ނިކުތީ” ވާހަކަ ދެއްކީ ޔަޒަންއެވެ. ޔަޒަންގެ އަޑު ޖެހުމުން ޒައިރާހގެ ގައިން ހީބިހި ނަގައިގަތެވެ. އެއްވެސް އެއްޗެކޭ ނުބުނެ މަޑު މަޑުން އައިސް އެންމެ ކައިރިޔަށް އިން ޖޯލީގައި އިށީނެވެ.

އެ ދެމެދުގައިވަނީ ހަމަ ހިމޭންކަމެވެ. ވާހަކަ ދައްކަމުން ދިޔައީ ހިތުންނެވެ. ޒައިރާއަށް ދައްކަން ބޭނުންވާ ކިތަންމެ ވާހަކައެއް ހުރިނަމަވެސް އިނީ ދޫ ހަރަކާތް ކޮށްލަންވެސް ނޭގިފައެވެ. ޔަޒަންވެސް ހަމަ އެހާލުގައެވެ. ނަމަވެސް ކޮންމެވެސް އެކަކު މިހަމަ ހިމޭންކަމަށް ނިމުމެއްް ގެންނަން ޖެހޭނެތީ އިސްނެގީ ޔަޒަންއެވެ.

ޔަޒަން، މަޑުމަޑުން އައިސް ޒައިރާއާއި ޖެހިހެން އިން ޖޯލީގައި އިށީނެވެ. މިހާރު އެއިނީ ދެމީހުންގެ ނޭވާގެ އަޑު އިވޭހާ ކައިރީގައެވެ. ޒައިރާގެ ހިތުގެ ތެޅުން އަވަސްވާންފެށިއެވެ. ޔަޒަން މިހާކައިރިން ފެނިދާނެކަމަށް ޒައިރާ ހީވެސް ނުކުރެއެވެ. ޒައިރާގެ ހިތައް އަރާ ފައިބަމުންދާ ޝުއޫރުތައް ޔަޒަންއަށް ފެންނަ ކަހަލައެވެ. މަޑުމަޑުން ޒައިރާގެ އަތްތިލާގައި ހިފާލިއެވެ………..

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Nashyy

Level 110 Stories100 Login

Other Articles

Previous

ކީއްވެ ހެއްޔެވެ؟

Next

ވާނަމޭ އުމުރަށް އެކީ ޖާނާ (6)

Next
March 5, 2020

ވާނަމޭ އުމުރަށް އެކީ ޖާނާ (6)

Previews
March 5, 2020

ކީއްވެ ހެއްޔެވެ؟

5 Comments!

  1. Yanaa says:
    March 5, 2020 at 8:44 am

    Varah varah reethi ❤❤❤❤❤❤
    maa sha Allah ???????
    waiting waiting ???????

    1. Nashyy says:
      March 5, 2020 at 9:01 pm

      Thank you yanaa ❤❤❤❤

  2. Yanaa says:
    March 5, 2020 at 8:44 am

    Varah varah reethi ❤❤❤❤❤
    maa sha Allah ???????
    waiting waiting ???????

  3. Ram says:
    March 5, 2020 at 11:35 am

    Maasha Allah VVV reethi???

    1. Nashyy says:
      March 5, 2020 at 9:02 pm

      Thank u Ram ❤❤❤

Comments are closed.

Next Episodeހުރީމެ އިންތިޒާރުގަ (14)←


All Right Reserved!