Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ހުރީމެ އިންތިޒާރުގަ (8)

Nashyy Level 110 Stories100 Login
January 18, 2020 3 Mins Read
5 Comments

ދުވަހަކަށް ފަހު ދުވަހެއް ފާއިތުވަމުން ދިޔައެވެ. ސާހިލަށް ޒައިރާއާއި ދޭތެރޭ ވިސްނާ ވިސްނުންވެސް ދިޔައީ އިތުރު ވަމުންނެވެ. އެކުގައި މަސައްކަތް ކުރިނަމަވެސް އެދެމީހުންގެ މެދުގަައި މާ ގިނަ ވާހަކަތަކެއް ނުދެކެވެއެވެ. ޒައިރާއާ ކިތަންމެ ވާހަކަ ދައްކަން ބޭނުންވިނަމަވެސް ޒައިރާ ކޮންމެހެން ބުނަންޖެހޭ އެއްޗެއް ނޫނީ ނުބުނެއެވެ. ކަސްޓަމަރުންނެތި ލިބޭ ހުސްވަގުތު ތަކުގައިވެސް ޒައިރާ އިންނާނީ އަތުގައި އޮންނަ ފޯނަށް ގެއްލިފައެވެ.

މިގޮތުގައި މާގިނަދުވަހެއް ނުވެއެވެ. ޒައިރާ އަށް ސާހިލްގެ ފަރާތުން ކަންތައްތަކެއް ފާހަގަ ވާން ފަށައިފިއެވެ. ޒައިރާ އާއި ދިމާއަށް ކަޅިޖަހާ ނުލާ ބަލަން ހުންނަކަމެވެ. އޭނާ އަގައިން ބުނެފިނަމަ އެތައް އިރެއް ވަންދެން ސާހިލް ހެވި ދިލިފައި ހުންނަ ކަމެވެ. ސާހިލްގެ ހިތުގައި ހިނގާ ހުރިހާ ކަމެއް މޫނުމަތިން ފެންނަން ފަދައެވެ. ޒައިރާވެސް އޭނާގެ ސިކުނޑީގައި މޮޅެތި ރޭވުންތަކެއް ރާވަންފަށައިފިއެވެ. އެންމެ ފުރަތަމަ ކަންކުރާނެ ގޮތާަި އެންމެ ފަހހުން ވާނެގޮތާއި ހަމައަށެވެ. އެގޮތުން ސާހިލްއާ މަޑުމަޑުން ގުޅުން ބަދަހި ކުރަންފަށައިފިއެވެ. ޒައިރާ ހީކުރިވަރަށް ވުރެން ކަންކަން ވަމުން ދިޔަލެއް ފަސޭހައެވެ.
” ސާހިލް އަހަރެން ދެކެ އެހާ ލޯބިވޭހެއްޔެވެ ” ޒައިރާ ސާހިލްގެ މޫނަށް ބަލަހައްޓައިގެން ހުރެ ބުންޏެވެ.

” ގަބޫލް ނުކުރެވެނީތަ.. ޒައިރާ އަށްޓަކައި އަހަރެން މަރުވާންވެސް މިހުރީ ތައްޔާރަށް.. ” ސާހިލް މަޑުމަޑުން ޒައިރާގެ އަތުގައި ހިފާލިއެވެ. ޒައިރާ ސާހިލްގެ އަތުތެރެއިން ކުއްލިއަކަށް އަތް ދަމާގަނެފިއެވެ.

” ސާހިލް ވާނެ މިއަދު މިތަން ސާފް ކޮށްލަން” ޒައިރާ ކަރުކެހިލަމުން ތަންކޮޅެއް ބާރަށް ބުންޏެވެ. ސާހިލް އަށް ވީގޮތެއް ރޭކާލާވަރުވީ ކުޑަ އިރުކޮޅެއް ފަހުންނެވެ.. އޭރު ކަސްޓަމަރަކު ފިހާރަތެރެއަށް ވަންނަނީއެވެ.

******

ދުވަސްތައް ފާއިތުވަމުންދާ ގޮތްވެސް ސާހިލަކަށް ނޭގެއެވެ. ޒައިރާގެ ލޯތްބާ އޯގާތެރިކަމުން ސާހިލްގެ ހިތް ފުރި އުތުރި އަރަނީއެވެ. މީގެ ކުރިން އުޅުނު ހިތްދަތި ހާލުގެ މަތިން އެއްކޮށް ހަނދާން ނެތިއްޖެއެވެ. ހޭލާ ހުންނައިރުވެސް ނިދީގަވެސް އެ ނޫން ނަމެއް ނުކިއެވެ. ސާހިލް ދެކެމުން އެދަނީ މިހާތަނަށް އޭނާ ހުވަފެނުގަވެސް ފެނިދާނެކަމަށް އުންމީދުވެސް ނުކުރާކަހަލަ ދުވަސްތަކެކެވެ. ސާހިލްއާއި ވަކިނުވުމަށް ޒައިރާވެސް އެތައްވައުދުތަކެއް ވެއްޖެއެވެ. ސާހިލްވައްޓާލުމަށް ފުރަގަހުން ޒައިރާ ކޮންނަމުންދިޔަ ވަޅުގަނޑުގެ ފުންކަމެއް ސާހިލް އަށް ރޭކާވެސް ނުލާވަރަށް އޭނާގެ ޖާދޫގައި ޖައްސައިފިއެވެ.

މާރިޗް މަހުގެ އެންމެފަހު ދުވަހެވެ. ފިހާރައަށް ވަން އިރު ޒައިރާ އިނީ ފައިސާ ތަކެއް ގުނާށެވެ.

” އަން މިއޮތީ ސާހިލްގެ މުސާރަ” ޒައިރާ ފައިސާތައް ގުނާ ނިންމާފައި ސާހިލްއަށް ފައިސާތައް ދިއްކޮށްލަމުން ބުންޏެވެ

ސާހިލް ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ހާދަ ބައިވަރު ރުފިޔާއެކެވެ. މިހާ ގިނަ ރުފިޔާތަކެއް އެއްފަހަރާ އޭނާއަށް ފެނުނުވެސްމީ ފުރަތަމަ ފަހަރެވެ.

” ބަލާލަބަލަ 5000ރ އޮތްތޯ” ޒައިރާ މިހެން ބުނުން ސާހިލް ފައިސާތަކަށް ބަލާލިއެވެ.

” ކީއްކުރަން އަލުން ގުނަންވީ. ޒައިރާ ދިން އެއްޗެއް ވިއްޔާ އޮންނާނީ ހަމައަށް” އަމިއްލަ ނަފްސައްވުރެން ބޮޑަށް ޒައިރާއަށް އޭނާ އިތުބާރުކުރެއެވެ.

” އަސްލު 3000ރ ހަސަންބެ ދޭން އުޅުނީ. އެކަމަކު ސާހިލްގެ މަސައްކަތް ފުރިހަމަވާހަކަ ދެއްކުމުން މުސާރަ ބޮޑު ކުރީ. ސާހިލްގެ ހާދަ ރަގަޅު ވާހަކައެއް މަ ދެއްކީމޭ. އަދި ހަސަންބެ ހުރީ މި މަހު މުސާރަދޭ ގޮތަކަށްވެސް ނޫނޭ” ޒައިރާ މުސާރަ ލިބުނު ގޮތުގެ ވާހަކަ ކިޔާދިނެވެ.

މިވާހަކަތައް އަޑު އިވުމުން ޒައިރާދެކެ ވާ ލޯބި އެތައް ގުނައަކަށް އިތުރުވެގެން ދިޔައެވެ. އޭނާ ސާހިލް އާއި ދޭތެރޭ ކިހާ ވިސްނާ ހެއްޔެވެ. ކިހާ ލޯބިވޭ ހެއްޔެވެ. ސާހިލްގެ ދެލޯ އުފަލުންގޮސް ފެންކަޅިވެއްޖެއެވެ.

**
އެރޭގެ 8 ޖަހާއިރެވެ. ރޭގަނޑުގެ ޑިޔުޓީފެށުނީއެވެ. ޒައިރާގެ މޫނުމަތިން ކުރިން ފެންނަ އުފާވެރިކަމެއްނެތެވެ. ސާހިލް އެތައްފަހަރަކު ސުވާލު ކޮށްފިއެވެ. ކޮންމެ ފަހަރަކުވެސް ޖަވާބަކަށްވަނީ ޑިޔުޓީ ނިންމާފައި ކިޔާދޭނެކަމުގައެވެ. ސާހިލް ހުރީ ޑިޔުޓީ ނުނިމިގެން ލަސްވެފައެވެ. އޭނާއަށް ޔަގީނެވެ. ޒައިރާއަށް ވަރަށް ބޮޑު ކަމެއް ދިމާވެއްޖެއެވެ. ޒައިރާ އަށް ދިމާވާ ކޮންމެ ކަމެއްގައި ސާހިލް ބައިވެރިވާންބޭނުމެވެ. ޖާނާއި މާލު ގުރުބާންކޮށްގެންވެސް ޒައިރާއަށް އޭނާ އެހހީވާނެއެވެ.

ޑިޔުޓީ ނިމޭލެއް ލަސްކަމުން ސާހިލް ދެކޮޅަށް ހިނގާލަ ހިނގާލަ ހުއްޓަ އެގާރަ ޖަހައިފިއެވެ. މިއީ ހަސަންބެވެސް އެދުވަހުގެ ހިސާބު ނިންމުމަށްޓަކައި ފިހާރައަށް ވަންނަ ގަޑިއެވެ.

” ސާހިލްދެންދޭ މިތާގައި މަޑުނުކޮށް. އިރުކޮޅަކުން އަހަރެން ދާނަން” ޒައިރާއަށް ހަސަންބެ އަންނަތަން ފެނުމުން ބުންޏެވެ.

ސާހިލް އަށް އެއްޗެކޭ ބުނެވޭވަރު ނުވަނީސް ހަސަންބެ އަތުވެއްޖެވެ. ސާހިލް ބޭރަށް ނުކުމެ ގުދަން ކައިރީހގައި މަޑުކޮށްލިއެވެ. މަގުމަތިން މީހެއްގެ ހިލަންވެސް ނުވެއެވެ.

މާ ގިނަ އިރެއް ނުވެ ޒައިރާ ފިހާރައިން ނުކުމެއްޖެއެވެ. ޒައިރާ މަގުގެ ދެ ފަރާތް ރަގަޅަށް ބަލާލުމަށްފަހު ހިނގައިގެންފިއެވެ. ސާހިލް އާއި ހަމައަށް ނާދެވެނީސް ހަސަންބެ ފިހާރަ ބަންދު ކޮށްފައި ނުކުމެއްޖެއެވެ. ހަސަންބެ ތަނެއް ބަލާވެސް ނުލާ އެދިޔަގޮތައް ގޭ ދޮރާށިން ވަދެއްޖެއެވެ.

” ދެން ބުނެބަލަ ކީއްވެ މާ ދެރަވެފަ ތިހުރީ” ސާހިލްއަށް ޖަވާބު ނުލިބުނު ސުވާލު އަނެއްކާވެސް ޒައިރާއަށް ކޮށްލިއެވެ.

” އަހަރެންނަކަށް ނޭނގެ މިވާހަކަ ބުނެދޭނެ ގޮތެއް ވެސް” ޒައިރާ ދުރުބަލަހައްޓައިގެން ހުރެ ބުންޏެވެ.

” ބުނެބަލަ.. އަހަރެންނަށް ވެވޭވަރު ކަމެއްވިއްޔާ ކޮށްދޭނަން. ޒައިރާ ތިޔަހެން ދެރަވެފަ ހުންނާތީ މި ހިތައް ހާދަ އަސަރެއް ކުރޭ” ޒައިރާ އަތްތިލައި ނަގާ ސާހިލްގެ ތުންފަތުގައި ޖައްސާލަމުން ބުންޏެވެ.

” ތީ މަގޭ ހުރިހާވެސް މީހަކީ.. ޒައިރާ އަށް ކުރިމަތިލާންޖެހޭ ކޮންމެ ކަމެއްގަ އަހަރެންވެސް ހިއްސާވާން ބޭނުން” އަނެއްކާވެސް ވާހަކަ ދެއްކީ ސާހިލްއެވެ. ޒައިރާ އެހުރި ގޮތައް ހުރީއެވެ.

****

ޒައިރާއަށް ދިމާވެގެން މިއުޅެނީ ކޮންކަމެއްބާއެވެ؟. ހަމަ ހަގީގަތުގަވެސް ބުނަން ޖެހިލުންވާވަރުގެ ކަމެއް ދިމާވީބާއެވެ.؟ ސާހިލްގެ އެހީއަކަށް އޭނާ އެދޭނެބާއެވެ. ނޫނީ މީ އޭނާގެ ހީލަތްތެރި ރޭވުންގަޑުގެ ބަޔަކަށްވެސް ވެދާނެބާއެވެ؟. މި ހުރިހާ ސުވާލުތަކުގެ ޖަވާބަށް ކުރިޔަށް އޮތް ބަޔަށް އިންތިޒާރު ކޮށްލައްވާށެވެ.

Share Article

Follow Me Written By

Nashyy

Level 110 Stories100 Login

Other Articles

Previous

މިޝްކާ (ޓްރެއިލަރ)

Next

ވާނަން އުމުރަށް – 40 – ފަހުބައި

Next
January 19, 2020

ވާނަން އުމުރަށް – 40 – ފަހުބައި

Previews
January 18, 2020

މިޝްކާ (ޓްރެއިލަރ)

5 Comments!

  1. Umny ??? says:
    January 19, 2020 at 7:17 am

    Nice and when is the next part

    1. Nashyy says:
      January 27, 2020 at 6:46 pm

      Thank u..❤ n insha Allah liyevunuhaa avahakah next part

  2. Ram says:
    January 19, 2020 at 8:11 am

    Haada kury tankolheh digu kohlabala

  3. Ram says:
    January 19, 2020 at 8:14 am

    Maasha Allah V reeti

    1. Nashyy says:
      January 27, 2020 at 6:48 pm

      Thank u ram ?❤

Comments are closed.


All Right Reserved!