Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ކޮރޯނާ

Nashyy Level 110 Stories100 Login
April 15, 2020 5 Mins Read
19 Comments

އަހަރެންނަށް ހޭލެވުނީ ގަޑި ސޯނާވާ އަޑަށެވެ. ގަޑިން ހަތަރު ގަޑި ބައިވީއެވެ. އިރުކޮޅެއްފަހުން ފަތިސް ނަމާދު ބަންގިވެސް ގޮވާނެއެވެ. އަވަސް އަވަހަށް ތެދުވެ ވަނީ ފާހާނާ އަށެވެ.

އެހެން ދުވަސް ދުވަހެކޭ އެއްގޮތަށް ފަތިސް ނަމާދަށް ފަހު އަތިރިމަށްޗަށް ދިޔުމަށް ތައްޔާރުވާން ފެށީމެވެ. ގަޔަށްދޫ ކަޅު ބޮޑު ހެދުމަކާއި އެކު ކަޅު ބުރުގަލެއް އަޅާލީމެވެ. އެއަށް ފަހު އިތުރު ފޮތިގަނޑަކުން ލޯ އެކަނި ފެންނާނެހެން މޫނު ނިވާ ކޮށްލީމެވެ.

ބޭރަށް ދާން ނުކުތްއިރު ބޮޑުދައިތަ އިނީ ސިޓިންގ ރޫމުގައެވެ. އަހަރެން ފެނުމާއެކު މޫނު އަނބުރާލީއެވެ. ބޮޑުދައިތަގެ ރުހުން ހޯދޭތޯ އަހަރެން ހާދަ މަސައްކަތެއް ކޮށްފީމެވެ. ނަމަވެސް ބޮޑު ދައިތަގެ ލޯބި އަލުން ހޯދާނެ ގޮތެއް ނުވިސްނުނެވެ. ކުރެވުނު ކުށަށް ތައުބާވެއްޖައީމެވެ. އެކަލާނގެއީ އަޅުތަކުންގެ ތައުބާ ގަބޫލު ކުރައްވާ ރަސްކަލާނގެއެވެ. ބޮޑުދައިތަގެ ހިތުގައި އަހަރެންނާމެދު ލޯބި އުފެދުން އެއީ އަހަރެންގެ އަބަދުމެ ދުއާއެވެ.

އަތިރިމަށްޗަށް ދިޔުމަށް ފަހު ދޮންވެލިގަނޑުމަތީގައި އިށީނެމެވެ. މިއަދުވެސް އަތުގައި އޮތް ފޯނު ހުޅުވާލީ ހެދުނުގެ ޒިކުރުތައް ކިޔާލުމަށެވެ. އެއަށްފަހު ރާއްޖޭހެ ހަބަރުތައް ބަލާލުމަށް ނޫސްތައް ބަލަންފެށީމެވެ. އަހަރެންގެ ލޮލުގައި ފުރަތަމަވެސް އަޅައިގަތީ ތާރީހުގައެވެ. މިއަދަކީ 2040 ވަނަ އަހަރުގެ ޖެނުއަރީ 15 ވަނަ ދުވަހެވެ. ަމަޑުމަޑުން އަހަރެންގެ ލޮލުގެ ކުރިމަތީގައި ސިފަވާންފެށީ 2020 ވަނަ އަހަރުގެ މިދުވަހެވެ.

އޭގެ ފަހުން 20 އަހަރުވީއެވެ. އެއީ އަހަރެންގެ އެންމެ ޒުވާން ދުވަސްވަރެވެ. އޭރު އަހަރެންގެ އުމުރުންވެސް 20 އަހަރެވެ. އަހަރެން އުޅެބޮޑުވީ މުއްސަނދި ދިރިއުޅުމެއްގައެވެ. ބައްޕައަކީ ވިޔަފާރިވެރިއެކެވެ. 4 ފިހާރަޔާ 4 ރިސޯޓެއްގެ ވެރިއެކެވެ. ގެސްޓުހައުސް ވިޔަފާރީގަވެސް ބައްޕަ އުޅުެްވަނީ އެންމެ ކުރީގައެވެ. އޭގެ އިތުރުން ބައްޕަގެ ރެސްޓޯރަންޓު ކެފޭ ކައިރި ގައުމު ތަކުގައިވެސް އެބަހުއްޓެވެ. އަހަރެންނަށް ފައިސާއަކީ ފެންފަދަ އެއްޗެއްކެވެ. ލޯތްބާ އެކުއެކީ ފައިސާއިން ބައްޕައާއި މަންމަވަނީ އަހަރެންގެ ހިތް ފުރާލަދީފައެވެ. ދުނިޔޭގައި އަހަރެންދާން ބޭނުންވެ ނުދެވިފަ އެއްވެސް ގައުމެއް ނެތެވެ. އަހަރެމެންނަކީ 100 އިންސައްތަ މުސްލިމް ގައުމަކަށް އުފަންވެފައިވާ ބަޔެއް ނަމަވެސް ދިރިއުޅުމުގައި ވަނީ ހުޅަނގުގެ ގޮތް ގަނޑެވެ. މަންމައާއި ބައްޕަ ދެކޭ ގޮތުގައި ތަހުޒީބު ވުމަކީ އެއީއެވެ. ގުރުއާނުން އަކުރެއް ކިޔާލަން ނޭގުނުނަމަވެސް ހެވެ. އިނގިރޭސިބަހުން ފަރިތަކަމާއެކު ވާހަކަދައްކާލެވުނީމަ ވީއެވެ. އަހަރެން ރާއްޖޭގައި ތައުލީމު ހާސިލް ކުރީ ގްރޭޑް 10 އަކާއި ހަމައަށެވެ. އެއަށްފަހު މަތީ ތައުލީމު ހާސިލް ކުރުމަށް ފޮނުވީ އިނގިރޭސި ވިލާތަށެވެ. އެތަނުގައި އަހަރެން އުޅެމުން ދިޔައީ ކިހިނެތް ކަމަށް ހެއްޔެވެ؟ ދުވަސްތައް ހޭދަކުރަމުންދިޔައީ މަޖާކުރުމުގައެވެ. އެއީ އަހަރެން އަބަދުވެސް ބޭނުންވާ މިނިވަންކަމެވެ. ހެއްދެވި ފަރާތްމަތިން ހަނދުމައެއްނެތެވެ. މަރުވާނެކަމާއި އަމަލު ތަކުގެ ހިސާބު ބެއްލެވޭނެ ކަމާމެދު ކުޑަކޮށްވެސް ވިސްނައެއް ނުލަމެވެ. ދުނިޔަވީ އުފަލުގައި އަހަރެންވަނީ މަސްތުވެފައެވެ.

2020ވަނަ އަހަރު ފެށެނީއެވެ. ކޮލެޖުތައް ބަންދުވެފައިވީނަމަވެސް އަހަރެން ނިންމީ އައު އަހަރު ފާހަގަ ކުރުމަށް ފަހު މާލެ އައުމަށެވެ. ދުވަސްވަރަކީ ޗައިނާ ގެ ވޫހާން ސިޓީއިން ގޮތްނޭގޭ ބަލިމަޑުކަމެއް ފެތުރެމުން އައި ދުވަސްވަރެވެ. އާދެ! ކޮރޯނާ ވައިރަސް ފެތުރެމުން އައި ދުވަސްވަރެވެ. ޗައިނާއިން ބޭރަށް އަދި އެ ވައިރަސް ފެތުރެމުން ނުދާތީވެ އެހެން ގައުމުތަކުން މިކަމަށް މާ ބޮޑުކަމަކަށް ނުހަދައެވެ. ހަމައެކަނި ބަލަމުން ދިޔައީ ޗައިނާ މީހަކު ނުވަތަ ޗައިނާއަށް ގޮސްފައިވާ މީހަކު ޤައުމަށް އެތެރެވޭތޯއެވެ.

އައު އަހަރު ފެށުނު ރެއެވެ. ހުރިހާ ރައްޓެހިންނާއި އަހަރެންގެ އައު ލޯބިވެރިޔާއެކު އައު އަހަރު ފާހަގަ ކުރަންފެށިއްޖެއެވެ. އެރޭގެ ބާރަޖެހުމާއެކު ނެގި ފޯރިއާއެކު ރޭ ނިމިދިޔަ ގޮތްވެސް ނޭނގެއެވެ. އަހަރެންގެ އައު ލޯބިވެރިޔާ ޗެން އަކީ ޗައިނާގެ ޒުވާނެކެވެ. އޭނާ ޗައިނާއަށް ގޮސް އެބުރި އައީ ކިހިނެތް ކަމެއް ނޭގެއެވެ. އިނގިރޭސިވިލާތުގައި ވެސް މާ ބޮޑު ފިޔަވަޅުތަކެއް އެޅިފައި ނެތީތާއެވެ. އަހަރެންގެ ވަދާއީ ޕާޓީ ކަމުން އެރޭ އޭނާ އަހަރެންނާއި ވަކިވާ އެންމެ ހިނދުކޮޅެއްވެސް ނާދެއެވެ.

އޭގެ ދެ ދުވަސް ފަހުން އަހަރެން ތައްޔާރުވަމުންދިޔައީ ރާއްޖެ އައުމަށެވެ. ޗެން އައު އަހަރު ފާހަގަ ކުރުމަށްފަހު ދިޔައީ އޭނާގެ ގައުމަށެވެ.

އަހަރެން ހުރީ އެއާޕޯޓުގައެވެ. ފޯނު އަތްދަބަހުން ނެގީ ފުރަން އަދި ވަގުތުތަކެއް އޮތުމުން ފޫހިފިލުވާލުމަށެވެ. ފޯނު ހުޅުވާލިއިރު
ޗެންގެ 10 ވަރަކށް ކޯލު އިނެވެ. ދެން އިނީ މެސެޖެކެވެ. މެސެޖުގައި ވަނީ އޭނާ އަށް ކޮރޯނާ ވައިރަސް ޖެހިފަ ކަމުގައެވެ. މެސެޖު ނިންމާލާފައިވަނީ ހެޔޮ ދުއާ ކޮށްދިނުމަށް އެދިއެވެ. އަހަރެންގެ ހިތަކަށް މާބޮޑު އެއްޗެއްނޭރިއެވެ. އޭނާ ބަލިވިއްޔާ އަހަރެންނަށް ކޮންކަމެއް ހެއްޔެވެ. ރާއްޖެ ދިޔުމަށްފަހު އެއީ އަހަރެން ދަންނަމީހަކަށްވެސް ނުވާނެއެވެ. އަހަރެން އެ މެސެޖު ފޯނުން ފޮހެލީއެވެ. އަހަރެންގެ ހަށިގަނޑު ވަނީ ނުރައްކަލަކަށް ހުށައެޅިފައި ކަމުގައި އަހަރެން ގަބޫލު ކުރާކަށްވެސް ބޭނުމެއް ނޫނެވެ. އެ ވައިރަސް އަހަރެންގެ ހަށިގަނޑަށް ވަންނާކަށް އަހަރެންނަކީ ޗައިނާ މީހެއް ނޫނެވެ. ޗައިނާއަށް ދިޔަ މީހެއްވެސް ނޫނެވެ. ޗައިނާ މީހުން ކައިއުޅޭ ޖަނަވާރާއި ސޫފާސޫއްޕެއް އަހަރެން ކައެއް ނޫޅެމެވެ. ފޯނު އަތްދަބަސްތެރެއަށްލީ ޗެންގެ މެސެޖްތަކާއި ނަންބަރު ފޯނުން ފޮހެލުމަށް ފަހުގައެވެ. އެކަމުގައި އަހަރެންގެ ސިކުނޑި ގޮއްވަން ބޭނުންނުވާތީއެވެ. އޭނާ އެބަލީގައި މަރުވެ ނިމިގެން ހިނގައިދާނެ ނޫންހެއްޔެވެ.

ޢަހަރެންގެ އިސްތިޤްބާލުގައި މަންމައާއި ބައްޕަ އައިސް ހުއްޓެވެ. މިތަނުގަވެސް މާބޮޑެތި ފިޔަވަޅުތަކެއް އެވަގުތު އަޅާފައެއް ނެތެވެ. ވޭތުވެ ދިޔަ 14 ދުވަސް ތެރޭ ޗައިނާއަށް ދަތުރު ކޮށްފައިނުވާތީ އިތުރު އުދަގުލަކާއި ކުރިމަތިލާކަށް ނުޖެހުނެވެ.

ކުރިޔަށް އޮތް 14 ދުވަސްތެރޭ ބޭރުތެރެއަށް ނުކުމެ ނޫޅުމަށް އަންގާފައިވީނަވެސް މާލެ އާދެވުމާއެކު އަހަރެންބެލީ ރައްޓެހިންނާއި ބައްދަލު ކުރެވޭތޯއެވެ. ރެއާ ދުވާލު ހޭދަކުރަމުން ދިޔައީ ރައްޓެހިންނާއެކު އެކި ރެސްޓޯރަންޓު ތަކާއި ކެފޭތަކުގައެވެ. އަދި އެންމެ ހާއްސަ އެއްކަމަކަށްވީ ބައްޕަ އަހަރެންގެ 20 ވަނަ އުފަންދުވަސް އައުމާއެކު ބައްޕަ ބޭއްވި ޕާޓީއެވެ. ހުރިހާ ރައްޓެހިންނާއި އާއިލާ އަށް ދައުވަތުދެވުނު ޕާޓީއެކެވެ. މިގޮތުގައި ހަފްތާއެއް ނިމިދިޔުމުން އަހަރެން ބޭނުންވީ ބޮޑުދައިތަގެ ރަށަށް ދިޔުމަށެވެ. ބައްޕަ އާއިލާގަވެސް މާލެއަށް ދިރިއުޅުން ބަދަލު ނުކުރާ ހަމައެކަނި މީހަކީ ބޮޑުދައިތައެވެ. އެއީ މަންމައާއި ބައްޕަ ފިޔަވައި އަހަރެންދެކެ އެންމެ ލޯބިވާ މީހާއެވެ. އަހަރެން އުޅޭ އުޅުން އިސްލާހު ކުރުމަށް ބޮޑުދައިތަ ވަރަށް މަސައްކަތް ކުރެއެވެ. ނަމަވެސް އަހަރެން އެ ނަސޭހަތްތައް އެއް ކަންފަތުން އަޑުއެހުމަށް ފަހު އަނެއްކަފަތުން ބޭރުކޮށްލަމެވެ.

އަހަރެން ބޮޑުދައިތަގެ ރަށަށް ދާން ފުރައިފީމެވެ. މައިންބަފައިންނާއި ރައްޓެހިންނާއި އެމީހުންގެ އާއިލާ ވަނީ ކިހާ ބޮޑު ނުރައްކަލެއްގަ ކަމެއް އެއިން މީހަކަށް އިހްސާސްވެސް ނުވާނެއެވެ. އަހަރެންނާއި ޗެންގެ ގުޅުމާއި ޗެންގެ ބަލީގެ ވާހަކައެއް އެއްވެސްމީހަކާ ހިއްސާއެއް ނުކުރަމެވެ.

ބޮޑުދައިތަގެ ރަށަށް އައިފަހުންވެސް ހަފްތާއެއް ވަނީއެވެ. ފެންނަމުންދިޔައީ އާދައިގެ ރޯގާގެ އަލާމާތްތަކެވެ. ކަރުގައި ރިއްސުމާއެކު ބޮލުގައިވެސް އެވަރަށް ރިއްސައެވެ. ކާއެއްޗެއްގައި ވަހެއް ރަހައެއް ނުހުރެއެވެ. އަހަރެން ހުރީ ދޭތެރެއަކުން ތަދުކަޑުވާ ބޭހެއް ކާލަ ކާލައެވެ. އަހަރެން މާ ގިނައިން ބޭރަށް ނުކުމެ ނޫޅުނަސް މިގެ އަކީ އަބަދުވެސް މީހުން އެކި ކަންކަމުގައި ވަދެ ނުކުމެވާ ގެއެވެ. އަނެއްކޮޅުން ބޮޑުދައިތަކީވެސް މާގިނަ ވަގުތު ގޭގައި މަޑުވާ މީހެއް ނޫނެވެ.

މާލެއިން ކޮރޯނާ ވައިރަހުގެ އަލާމާތްތައް ފެެެނި މީހުންތަކެއް އެކަހެރި ކކުރިތާ މާގިނަ ދުވަހެއް ނުވެއެވެ. އެރަށުގެ މީހުންނަށް ރޯގާގެ އުދަގޫތައް ވާންފަށައިފިއެވެ. ސިއްހީ މަރުކަޒު ރޯގާއަށް ޑޮކްޓަރަށް ދެއްކުމަށް ދާ މީހުންނާއިގެން ތޮއްޖެހިއްޖެއެވެ. މީހުންގެ ހާލު ދެެަށަށް ދާން ފަށައިފިއެވެ. ރަށު ކައުންސިލުން މިކަމާމެދު ކަންތައް ބޮޑުވެ ކަމާ ބެހޭ ފަރާތް ތަަކަށް އަންގައިފިއެވެެެ. މިކަން އެގުމާއެކު ރަށް އެއްކޮށް ބަންދު ކޮށްފިއެެވެ. އެއްވެސް މީހަކަށް ރަށުން ބޭރަކަށް ނުދެވެއެެވެ. އަދި އެހެން ރަށަކުންވެސް އެރަށަކަށް އެއްވެެސް މީހަކަށް ނޭރެއެވެ. ޒަރޫރީ ބޭނުމެެއްގައިވެސް ގެއިން ބޭރަށް ނުކުތުމަކީ މުޅިން މަނާކަމަކަށްވެއްޖެއެވެ. ކަމުގެ ބިރުވެރިކަން ރޭކާލީ ދެނެވެ. ލަސްތަކަެއް ނުވެ ސިއްހީ މާހިރުންގެ ޓީމެއް ރަށަށް އަތުވެއްޖެެެެވެ. އެމީހުން ބެެލިބެލުމުން ރަށުގެ ގިނަ ބައެއްގެ ފަރާތުން ބަލީގެ އަލާމާތްތައް ފެނެއެވެ. ކޮރޯނާއަށް ރަށުގައި ތިބި އެންމެން ޓެެސްޓް ކުރަން ފަށަްިފިއެވެ. ޓެސްޓުގެ ނަތީޖާ ލިބެން އަދި ދުވަސް ކޮޅެއް ނަގާނެއެވެ .

ދެތިން ދުވަސްތެރޭ ޓެެސްޓްތަކުގެ ނަތީޖާ ލިބިއްޖެއެވެ. އެންމެންވެސް ވަނީ މި ބައްޔަށް ފައްސިވެފައެވެ. ރަށުގެ އެންމެންނާއި އަހަރެންވެސް ކކަމުބަލިޖެހޭ މީހުންނަށް ހާއްސަކޮށް ފަރުވާދިނުމަށް ހަމަޖެހިފައިވާ
ހޮސްޕިޓަލަށް ގެެންދެވިއްޖެއެވެ. އާބާދީގައި ހަތަރު ސަތޭކައެްްހާ މީހުން އުޅޭ އެެރަށް އެއްކޮށް ފަޅުވެއްޖެއެވެ. މާގިނަ ދުވަހެއް ނުވެ ހޮސްޕިޓަލަށް ގެންދިޔަ ގިނަބަޔަކު މަރުވާން ފަށައިފިއެވެެ. ޑޮކްޓަރުންނާއި ނަރުހުންގެ މަސައްކަތް ހުއްޓުމުކަށް އައިސްގެެެނެއް ނޫނެވެ. މިބައްޔަށް ހާއްސަ ބޭހެއް ، ވެކްސިނެއްވެސް ހޯދިފައި ނެތީއެވެ. ހިތްދަތި މަންޒަރެެެކެވެ. ލޯބިވާ އެންމެން ވަކިބެގެން އެދަނީ ކުރިމަތީގައެވެ. ބޮޑުދައިތަގެ ފިރިމީހާއާއި ދެ ދަރިންވެސް ނިޔާވެެއްޖެެެއެވެ.

ޑޮކްޓަރުންނާއި ނަރުހުންގެ ފުރިހަމަ އަޅާލުމާއެކު އަހަރެންގެ ބަލިދިޔައީ ދުވަހަކަށްވުރެން ދުވަހެއް ރަގަޅުވަމުންނެވެ. މި ބަލީގައި އެކަހެރި ކުރެވޭ މީހުން ބަހައްޓަން ހަމަޖެހިފައިވާ ތަނަށް އަހަރެެެެން ބަދަލުކޮށްފިއެވެ. މިވީހާ ދުވސްވީއިރުވެސް އަހަރެންގެ މައިންބަފައިން އަހަރެެންނަކަށް ނުގުޅައެވެ. އަހަރެންގެ ހާލުބަލަން މަސައްކަތްވެސް ނުކުރަނީ ހެެއްޔެވެ؟ މިފަދަ އެތައް ސުވާލުތަކަކުން އަހަރެންގެ ސިކުނޑި ފުރިބާރުވަމުން ދިޔައެވެ.

އޭގެ ދެތިން ދުވަސްފަހުން ހުރިހާ ކަމެއް ސާފްވާން ފަށައިފިއެވެ. މަންމައާއި ބައްޕަވެސް މި ދުނިޔެއަކު ނެތެވެ. އެމީހުންވެސް ނިމިއެދިޔައީ މި ބައްޔާ ހަނގުރާމަ ކުރަނިކޮށެވެ. އަހަރެންގެ ހަދާނަށް އައީ ޗެންގެ މެސެޖެެވެ. އަހަރެންގެ ގައިގަވެސް ވައިރަސް ހުރެދާނެ ކަމާއި އެހެންމީހުންނަށް ވައިރަސް ޖެހޭ ގޮތަށް ނޫޅުމަށް ދީފައިވާ ނަސޭހަތެވެ. ނަމަވެސް އަހަރެން މި ހުރިހާ ކަމަކަށް ފަރުވާ ކުޑަ ކޮށްލީއެެވެ. މި ހުރިހާ ކަމެއް މިވީ ހަމަ އަހަރެންގެ ސަބަބުންނެވެ.

ކކުއްލިއަކަށް ވައިރަސް ފެތުރިގެން ދިޔުމަށް ހަދާނެ ގޮތް ހުސްވެއްޖެްެވެ. ބަލި ކޮންޓްރޯލު ކުރުމަށް ކިތަންމެ މަސައްކަތެއް ކުރިނަމަވެސް ބައްޔަށް ފައްސިވާ މީހުންގެ އަދަދު ދިޔައީ ގިނަވަމުންނެވެ. މަރުވަމުންދާ މީހުންގެ ގަބުރުތައް ދިޔައީ ފުނިޖެހެމުންނެވެ.

މިބަލި ރާއްޖެ މީހުންގެ ތެރޭގައި ފެތުރެން ދިމާވި ސަބަބުތައް ހޯދުމަށް ކެޑި ނޭޅި މަސައްކަތް ކުރަމުންދިޔައެވެ. ވަގަކަށް ހާސް ދުވަހޭ ވެރިއަކަށް އެއް ދުވަހޭ ބުނާ ބުނުމަކީ ދޮގެއް ނޫނެވެ. އެންމެ ފަހުން އަހަރެންގެ ހިތުގައި އޮބަހައްޓައިގެން ހުރި ސިއްރު ފާޅުވެއްޖެއެވެ. ހޯދި ހޯދުންތަކާއި ކުރި ދިރާސާ ތަކުން އެންމެންގެ އިގިލިތައް ގޮސް ހުއްޓުނީ އަހަރެންނާއި ދިމާއަށެވެ. އެންމެ ފަހުން އަހަރެން މިވޭތުވެ ދިޔަ ދުވަސްތަކުގައި އިނގިރޭސިވިލާތުން ދިމާވި މީހުންގެ މައުލޫމާތުވެސް ހޯދައިފިއެވެ. އަހަރެންގެ ހުރިހާ ރައްޓެހިން ވަނީ މި ބަލި ޖެހިފައެވެ.

އަހަރެންގެ މައުލޫމާތު ކަމާބެހޭ ފަރާތްތަކުން ކިތަންމެ ސިއްރު ކުރަން އުޅުނުނަމަވެސް އެކަމެއް ނުވިއެވެ. ސޯޝަލް މީޑިޔާގައި އެކިމީސް މީހުން އެކިކަހަލަ ޕޯސްޓްތައް ކުރަންފަށައިފިއެވެ. އެއިން ކޮންމެ ޕޯސްޓަކަށްވެސް އަހަރެންނަށް ކުރަން ފެށީ ފުރައްސާރައެވެ. އެންމެންގެ ނަޒަރުގައި އަހަރެންނަކީ ގާތިލެކެވެ. މީހުންގެ ބަދުދުއާ ފިޔަވައި އިތުރުއެއްޗެއް ނުވެއެވެ. ދިވެހިން އަހަރެންގެ ބޮލުގައި މިސް ކޮރާނާގެ ތާޖު އަޅުވައިފިއެވެ. މި ހުރިހާ ކަމަކުން އަހަރެންނަށް ކުރަން ފެށި ހިތްދަތި އަސަރުތަކުން އަމިއްލައަށް މަރުވުމަށްވެސް ކިތަންމެ ފަހަރަކު ހިތައްއެރިއެވެ. ނަމަވެސް އަހަރެންގެ ނަފްސް ބަލިމަޑުކަމެއްގެ ތެރެއަށް ދޫކޮށްލާކަށް ހިތެއް ނުއެދުނެވެ. އަހަރެން ﷲ ގެ މަގަށް ރުޖޫއުވީމެވެ. ވޭތުވެދިޔަ ދުވަސްތަކުގައި ކުރެވުނު ހުރިހާ ކަމަކަށް ލަދުވެތިވާ ހާލު ތަޢުބާވީމެވެ. އެކަލާނގެ ރުއްސެވުމާއި ފުއްސެވުމަށް އެދި ދުއާކުރުންމަތީ ދެމިހުރީމެވެ.

ދުނިޔަެގެ މަޝްރަހު މުޅިން ބަދަލުުުުވެއްޖެއެވެ. އާރާއި ބާރު ދައްކަމުންދިޔަ ގައުމުތައް ނިކަމެތިވެއްޖެއެވެ. ގަދަބަސް ބުނަމުުންދިޔަ ވެރިންގެ އަނގަތައް މައިތިރިވެއްޖެއެވެ. ދުނިޔޭގެ އެންމެ މުއްސަނދި ގައުމުތައްވެސް އެހީ އަށް އެދި ސަލާންޖަހަނީއެވެ. ﷲގެ ކުޅަދުންވަންތަކަމާއެވެ. މިއަދު މުުޅިދުނިޔެ ކުޑަކަކޫ މައްޗަށް ތިރި އެކޮށްލީ ހަމަ ލޮލަށްވެސް ނުފެންނަ ވައިރަހެއްގެ ސަބަބުންނެވެ. މާތް ގެ ކުޅަދުންވަންތަ ކަމަށް ގޮންޖަސަމުން ދިޔަމީހުންނަށް މިއަދު މިވަނީ މި ބައްޔަށް ފަރުވާއެއް ހޯދުމަށް ނުކުޅެދިފައެވެ. މުސްލިމުުުންގެ ނަން ފޮހެލަން މަސައްކަތް ކުރި ގައުމުތަކުން މިއަދު މިވަނީ ބަންގީގެ އަޑު ގުގުމަން ފަށައިފިއެވެ. މިއަދު އެބައިމީހުންނަށްވެސް ކަމުދަނީ އިސްލާމީ ސަގާފަތެވެ. މުސްލިމުންގެ ހެދުން އަޅަންޖެހޭ ގޮތެވެ. އެގައުމުތަކުގައި ތިބި ރައްޔިތުންވެސް އެގޮތައް ހެދުން އެޅުމަށް ވެރީންވެސް އެތިބަ ގޮވަނީއެވެ. މިއީ އިބްރަތަކަށް ނުފުުުުދޭތޯއެވެ. ވިސްނާ ފިކުރުކުރާ ކޮންމެ މީހަކަށް މިބަލި މަޑުކަމުން އިބުރަތްތެރި އެތައް ފިލާވަޅުތަކެއް ލިބޭނެ ކަން ޔަގީނެވެ. ތައުބާވުމަށް ލަސްނުކުރާށެވެ. މިއީ ﷲ ގެ މަގަށް ރުޖޫއުވެ ސާބިތުވެހުރުމަށް ލިބިދިން ފުރުސަތަކެވެ.

އަހަރެން ބަލިން މުޅީން ފަސޭހަވެއްޖެއެވެ. ނަމަވެސް އަހަރެންނާއި ހަވާލުވާނެ މީހަކު ނުވިއެވެ. މައިންބަފައިން މިއަދުމިވަނީ އަހަރެންގެ ސަބަބުން ގެއްލިފައެވެ. ރައްޓެއްސެއް ތިމާގެ މީހަކުވެސް އަހަރެން ބަލައެއް ނުގަތެވެ. ނުރުުހުމާއެކުވެސް އެންމެ ފަހުން އަހަރެންނާއި ހަވާލުވީ ބޮޑުދައިތައެވެ.

ބޮޑުދައިތަގެ ގެއަށް އަހަރެން ގެންދިޔަނަމަވެސް އަހަރެން ހޭދަ ކުރަންޖެހުނީ އެކަނިވެރި ދުވަސްތަކެކެވެ. އަހަރެންނަށް ލިބެމުން މިދަނީ އަހަރެންނަށް ހައްގުު އަދަބެކެވެ. ބޮޑުދައިތަ ހުުވަފަތްވެ ދަރީންކޮޅު ގެއްލިގެން އެދިޔައީ އަހަރެންގެ ސަބަބުންނެވެ.

އަހަރެންނަށް ހިޔާލީ ދުނިޔެއިން ނުކުުމެވުނީ ދޯންޏެއްގެ އިންޖީނު އަޑާއިއެކުގައެވެ. ދެލޯ ފުހެލުމަށްފަހު އެފަދަ ބަލިމަޑުުުކަމެއް އަލުން ދުނިޔެއަށް ނުފޮނުއްވުުން އެދި ދުއާކުރީމެވެ.

(ނިމުނީ)

އެންމެ މީހެއްގެ ފަރުވާކުޑަ ކަމުންވެސް އެތައް ބައެއްގެ ފުރާނަ ގެެއްލިގެން ހިނގައިިިދާނެ.. ފަރުދީ ޒިންމާ ފުރިހަމަ އަށް އަދާކުރައްވާ ކަމާބެހޭ ފަރާތްތަކުން އަންގާ އެންގުންތަކަށް ކިޔަމަންވާށެވެ… ދުޢާ ކުރުމާއި ޒިކުރު ކުރުން މަތީ ދެމި ހުންނަވާށެވެ
…. މިގައުމާއި މުޅި ދުނިޔެއިން މި ބަލިމަޑުކަން ފިއްލަވާށި!

Share Article

Follow Me Written By

Nashyy

Level 110 Stories100 Login

Other Articles

Previous

އާރާ

Next

އިމްތިހާން 3

Next
April 15, 2020

އިމްތިހާން 3

Previews
April 15, 2020

އާރާ

19 Comments!

  1. Ahuu says:
    April 15, 2020 at 11:47 pm

    Aameen
    So sad story ????

    1. Nashyy says:
      April 16, 2020 at 6:00 pm

      keep praying and be safe ?

  2. Yanaa says:
    April 16, 2020 at 12:22 am

    Aameen ❤️❤️❤️❤️ Varah reethi maa sha Allah ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ iburathei libeyne story eh ❤️❤️❤️❤️❤️❤️

    1. Nashyy says:
      April 16, 2020 at 5:59 pm

      Thank u ❤ n be safe ❤❤❤

  3. Sany says:
    April 16, 2020 at 12:46 pm

    Aameen.. Maa sha Allah❤️ varah reethi.

    1. Nashyy says:
      April 16, 2020 at 5:58 pm

      Thank u ❤ n be safe ❤❤

  4. Yuma says:
    April 16, 2020 at 1:46 pm

    Varah iburaitheri vaahaka eh…. Maashaa Allah Varah reethi

    1. Nashyy says:
      April 16, 2020 at 5:57 pm

      Thank u ❤ n be safe dear

  5. Saydu says:
    April 16, 2020 at 5:24 pm

    Mee hama hageegatheh tha nashy??

    1. Nashyy says:
      April 16, 2020 at 5:56 pm

      nuney hiyaalee vahaka eh ?

  6. Xee says:
    April 16, 2020 at 8:11 pm

    Vrh salhi. Ekm hama hih biru gannany. Heevany hama mi kahala kameh raahje ah dhimaa vaan eba ulheyhen. Baivaru meehun thakeh maruvaan ulhey hen. Raahje therein vx ethah bayaku fassi vaan ulheyhen. Ekm vrh ibraitheri mi vaahaka

  7. ??? says:
    April 17, 2020 at 5:25 pm

    Vrh iburehtheri vaahaka eh maasha allah ? keep going like this.

    1. Nashyy says:
      April 18, 2020 at 11:33 am

      Thank u so much green hearts ????

  8. shaiiii says:
    April 18, 2020 at 5:27 pm

    aameen
    awwn vv nice

  9. AROON BUN ALI WAHEED says:
    April 23, 2020 at 5:31 pm

    Love stories

  10. AROON BUN ALI WAHEED says:
    April 23, 2020 at 5:32 pm

    Varah reethi

  11. AROON BUN ALI WAHEED says:
    April 23, 2020 at 5:35 pm

    Varah reethi ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  12. AROON BUN ALI WAHEED says:
    April 23, 2020 at 5:37 pm

    Varah ???????

  13. AROON BUN ALI WAHEED says:
    April 23, 2020 at 5:40 pm

    Varah ???????

Comments are closed.



All Right Reserved!