Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ހުރީމެ އިންތިޒާރުގަ (9)

Nashyy Level 110 Stories100 Login
January 28, 2020 3 Mins Read
5 Comments

ހ” އަހަރެން ވަރަށް ބޮޑު ކަމެއް ޖެހިގެން މީގެ ކުރިންވާނީ ލޯނެއް ނަގާފަ. ކޮންމެ މަހަކުވެސް އަހަރެންނަށް ލިބޭ ވަރަކުން އެމީހާއަށް ދެން. އެކަމަކު މިހާރު އެމީހާ ލޯނު އަވަހަށް ނުދައްކައިގެން ވަރަށް އެއްޗެހި ކިޔާ. އެހެންވެ މިހުންނަނީ ވަރަށް ހާސްވެފަ. މަންމަމެންނަށް އެގިއްޖެއްޔާ ވާނެ ގޮތެއްވެސް ނޭނގެ” ޒައިރާ ގެ ސިކުނޑީގައި ރޭވި ބަސްތައް ސާހިލް ކުރިމައްޗަށް އޮއްސާލިއެވެ.

” ކިހާ ވަރެއް ބާކީ ދައްކަން ޖެހެނީ ” ޒައިރާ ލޯނު ނެގީ ކޮން ބޮޑު ކަމެއް ދިމާވެގެންތޯ ވެސް ސާހިލް ބަލާކަށް ބޭނުމެއް ނުވިއެވެ. ސާހިލް ބެލީ ޒައިރާއަށް އެހީއެއް ވެދެވޭތޯއެވެ. މިއަދު ހެދުނު މުސާރައިގެ ގޮތުގައި ލިބުނު ފައިސާ އަދިވެސް އެ އޮތްގޮތަށް ޖީބުގައި އެބައޮތެވެ.

” 15000 ރުފިޔާ.. ކުރިޔަށް އޮތް 4 މަސްދުވަހުގެ ތެރޭގައި ދައްކަންޖެހޭނޭ ބުނީ ” ޒައިރާ ހުރީ ސާހިލްގެ ޖީބުން ނެގި ރުފިޔާ ތަކަށް ބަލާށެވެ.

” ލޯނު ދައްކާ ނިމެންދެން ކޮންމެ މަހަކުވެސް ޒައިރާ އަހަރެންގެ މުސާރަ އެއްކޮށް ނަގާ” ސާހިލް އަތުގައި އޮތް 5000 ރުފިޔާ ޒައިރާގެ އަތަށްލައި ދިނެވެ. ޒައިރާ އަށް އެހީއެއް ވެދެވުނީތީ ސާހިލް ހުރީ އުފަލުންނެވެ.

ހުރިހާ ކަމެއްވެސް މިވަނީ ޒައިރާ ބޭނުންވާ ގޮތަށެވެ. ވަރަށް އަވަހަށް އެންމެ ފަހުގެ ފޯނެއް ގަނެލެވޭވަރުވާނެއެވެ. ޒައިރާ އެބުރި ދާން ހިނގައިގަތީ މަކަރުވެރި ހިނިތުންވުމަކާއިއެކުއެވެ. ޒައިރާ ގޮސް ލޯމަތިން ގެލެންދެން ސާހިލް އެހުރިތަނުގައި ހުއްޓެވެ. މީގެ ކުރިން ހިތަށް ނުލިބޭ ވަރުގެ ހިތްހަމަޖެހުމެއް ލިބިއްޖެއެވެ. އެންމެ ލޯބިވާ ފަރާތައް އެހީއެއް ވެދެވުނީތީއެވެ.

**

ދުވަސްތައް ވޭތުވަމުންގޮސް 4 މަސް ވީއެވެ. ކޮންމެ މަހެއްގެވެސް ސާހިލްގެ މުސާރަ ނަގަނީ ޒައިރާއެވެ. މުސާރަ ލިބޭކަމެއްވެސް ސާހިލް އަކަށް ނޭގެއެވެ. ސާހިލް ހުންނަނީ ކިރިޔާ ބަނޑުހައި ކަން ފިލާވަރުގެ ކާއެތިކޮޅެއް ކާލައިގެންނެވެ. އެވެސް ލޮނުލައިގެން ކައްކާލާފަ ހުންނަ ހުސް ބަތް ކޮޅެކެވެ. ކޮންމެ މަހަކުވެސް ހަސަންބެ ހަނޑޫދެއެވެ. ނަމަވެސް ލައިގެން ކާނެ އެއްޗެހި ޖެހެނީ މުސާރަ ލިބުމުން ގަންނާށެވެ.
ނަމަވެސް ސާހިލްގެ އެއްވެސް ޝަކުވާއެއްނެތެވެ.
ސާހިލް މިހާލުގައި އުޅޭއިރު ޒައިރާ އަތުގައި އޮންނަނީ އެންމެ ފަހުގެ ފޯނެވެ. ގެންގުޅެނީ އެންމެ މިޒަމާނުގެ އަތްދަބާހާއި އަތުކުރީގަޑިއެވެ. ސާހިލްއަށް މިތަކެތި ފެނުނަމަވެސް ޒައިރާ ދޭތެރޭ ޝައްކުގެ ޒައްރެއްގެ މިންވަރުވެސް ނުއުފެދެއެވެ. ޒައިރާ އެހާވަރަށް ވަނީ އޭނާގެ ބާރުގެ ދަށަށް ސާހިލް ގެނެސްފައެވެ.

****

ރޭގަނޑު 11 ޖަހަނީއެވެ. ފިހާރަ ބަންދުކުރާ ގަޑިވެސް ޖެހެނީއެވެ. މިރޭ ހަސަންބެގެ ބަލިހާލަތު ހުރިގޮތުން ފިހާރައަށް ނާންނާނެކަން ޒައިރާއަށް އެގެއެވެ.

” ހިނގާ ދަމާ. މިރޭ ހަސަންބެއަކަށް ނާދެވޭނެޔޯ ބުނީ” ޒައިރާ ފިހާރައިގެ ލައިޓްތައް ނިއްވާލަމަށް ފަހު ފިހާރައިން ނުކުންނަން ހިނގައިގަތެވެ. މިއީ ޒައިރާ ހޯދަމުން އައި ދަނޑިވަޅެވެ. މި ފުރުސަތު ބޭކާރު ކޮށްލާކަށް އޭނާ ބޭނުމެއް ނުވެއެވެ.

ސާހިލް ހުރީ ބޭރުގައެވެ. އަދިވެސް ޒައިރާ ބޭރަކަށް ނުނުކުމެއެވެ. ޒައިރާ ހުރީ ފޯނެއްގައެވެ.

” ރައްޓެއްސަކު ގުޅީއޭ ނުކުންނަނިކޮށް” ޒައިރާ ފިހާރު ތަޅުލާފައި ސާހިލް ކައިރިޔަށް އައެވެ. ކުރިޔަށް ހިނގައިގަތީ ދެމީހުން އެކުގައެވެ.

ގޯޅި ގަނޑުގެ އެންމެ އަދިރި ހިސާބުން ޒައިރާގެ ހިނގުން ތަންކޮޅެއް ބާރު ކޮަށްލިއެވެ.

” ހާދަ ބާރަކަށް ތި ދަނީ.. އަހަރެން ކައިރީގަ ހުންނަ އިރުވެސް ބިރުގަނޭތަ ” ސާހިލް ޒައިރާގެ އަތުގައި ހިފާ ބާރު ކޮށްލިއެވެ. ޒައިރާ ސާހިލްގެ އަތް ދުރުކޮށްލެވޭތޯ އުޅެންފެށިއެވެ. ބަލާ މީހަކަށް ހީވާނީ ގަދަކަމުން ޒައިރާގެ އަތުގައި ސާހިލް ހިފައިގެން އުޅެނީ ހެންނެވެ.

” މީހަކަށް ފެނިދާނެތީތަ. ނެތޭ އެއްވެސް މީހަކު” ޒައިރާ އުޅޭ ގޮތުން ސާހިލް އަށް ހެވެނީއެވެ.

” އެކަމަކު މަށަށް ހީވަނީ ހަމަ ބަޔަކު އެބަ އުޅޭހެން” ޒައިރާ އަށް މިހެން ބުނެވުނު ކަމެއް ނޭގެއެވެ. 5 މީހުންގެ ގުރޫޕެއް އެދެމީހުން ވަށާލައިފިއެވެ.

” ކަލޭ ހާދަ ގޮތެއްވެސް ނެތޭ.. ހަމަ އަންހެނަކު ފެންނަ އިރަށް ތިބެހެނީ” އެތަނުން އެކަކު ސާހިލް ދުރަށް ކޮށްޕާލައިފިއެވެ. ސާހިލްގެ ބޯ ގޮސް ޖެހުނީ ފާރުގައެވެ.

” ޒައިރާ..ދެން..” ސާހިލް އަށް ބުނަން އުޅުނު ޖުމްލަ ފުރިހަމަ ކުރެވޭގޮތެއް ނުވިއެވެ. ދެން ހުރިމީހާ އައިސް އަނގަމަތީގައި އެތި ފަހަރެއް ޖަހައިފިއެވެ.

ސާހިލް އަށް ހޭވެރިކަން ވީއިރު ހުރީ ހަސަންބެމެންގޭ ދޮރުމައްޗަށް ގެނެހެވެ. ދެމީހުން ހުރީ ދެ އަތުގެ ކޮނޑުހުޅުގައި ބާރަށް ހިފަހައްޓައިގެންނެވެ.ސާހިލް އަށް ތަންތަން ފެންނަވަރުވަނީވެސް ކިރިޔާއެވެ. އަގައާއި ނޯށުން ލޭ ފައިބަމުންދިޔައެވެ.

މާގިނައިރުތަކެއްނުވެ މީހުންގެ އަޑުގަދަކަމުން ހަސަންބެގެ ދެމަފިރިން ބޭރަށް ނުކުމެއްޖެއެވެ. ހަމަ ނުކުތުމާ އެކު ސާހިލް ހަސަންބެގެ ކުރިމައްޗަށް ވައްޓާލައިފިއެވެ.

” ހިސާބަށް ވުރެން ކަންތައްތައް މައްޗަށް ދިޔާމަ ވާންވީ ގޮތްވެފަ މިއޮތީ”

ހަސަންބެ އަށް ހުރީ ވަނީ ކީއް ކަމެއް ނޭގިފައެވެ.

” މި ސޮރު ކީއްތަ ކުރީ ކަލޭމެންނަށް ” ސާހިލްގެ ވިޔާނުދާ އެއްވެސް ކަމެއް މިހާތަނަކަށް ހަސަންބެއަކަށް ފެނިފައެއް ނެތެވެ.

” ކީއްހޭ ކުރީ މިރޭ އަހަރެމެންނަށް މިފެނުނީ ގަދަކަމުން އެމަންޖެގެ އަތުގަ ހިފަނިކޮށް. މިކަމެއް ހިނގާތާ އެތައް ދުވަހެއްވެއްޖެ.. އެންމެ ފަހުން އެމަންޖެއަށް ކެތްނުވެގެން ގުޅާފަ ގެނައީ” ޒައިރާގެ ބޮޑުބޭބެ ދައްކަމުން ދިޔަ އެއްވެސް ވާހަކައެއް ސާހިލް އަކަށް އެގޭވަރެއް ނުވެއެވެ. އެއަށްވުރެން ބޮޑު ގައިގަ އަޅަމުންދިޔަ ވޭން ބޮޑެވެ.

ހަސަންބެ ހުރީ އެ ދައްކާ ވާހަކަތައް ގަބޫލު ކުރަން ދަތިވެފައެވެ. އޭނާ އަށް ފިހާރަ އަށް ވަދެވުނަސް އަބަދުވެސް ފެންނަނީ ދެމީހުން ހެވިފައި ވާހަކަ ދައްކާތަނެވެ.

” އެހެނޭ ވާނީ ތިމާއަށް ތިމާ ފެނިފަ ހުންނަ ކުދިން ފިހާރައިގަ ގެންގުޅެންޏާ. މީގެ ކުރިން ގެނައި ސޮރަށްވެސް ހަމަ މިހެންނޭ ހެދީ” ހަސަންބެގެ އަންހެނުން ބުނަންބޭނުންވާ އެތި ހަސަންބެއާއި ދިމާއަށް ބުނެލާފަ ގޭތެރެއަށް ވަނީއެވެ. ޒައިރާގެ ބޮޑުބޭބެގެ ރުޅިގަނޑުދިޔައީ އިތުރަށް ގަދަވެގެންނެވެ.

” މާދަމާ މީނަ މިރަށުން ފޮނުވާ ނުލާފިއްޔާ ކަމާބެހޭ ފަރާތައް ރިޕޯޓު ކުރާނީ. އޭރުން ކަލެއަކަށްވެސް ސަލާމަތެއް ނުވެވޭނެ”
އެމީހުން އެތަނުން ދިޔައީ ހަސަންބެއަށްވެސް ވަރުގަދަ އިންޒާރެއް ދީފައެވެ.

ހަސަންބެ މަސައްކަތްކުރީ ސާހިލް ނެގޭތޯއެވެ. ސާހިލްއަށް ކޮޅަށް ތެދުވޭ ވަރު ވީވެސް ވަރަށް މަސައްކަތުންނެވެ. ހަސަންބެ ސާހިލް ކޮޓަރިއަށް ވެއްދުމަށްފަހު މާދަމާ މާލެ ދިޔުމަށް ތައްޔާރުވާން އަންގައިފިއެވެ. ސާހިލް ހހަލަހަ މަސައްކަތައް ފަރުވާތެރި މީހަކު ދެން ހޯދުމަކީ އެހާ ފަސޭހަ ކަމަކަށް ނުވާނެކަންވެސް އެގެއެވެ. ނަމަވެސް މަސްލަހަތާއި އަމިއްލަ ރައްކާތެރި ކަމަށްޓަކައިވެސް ސާހިލް ފޮނުވާލަން އެބަޖެހެއެވެ.
****

އަނެއްދުވަހެވެ. ސާހިލް އޮތީ މާލެ ދިޔުމަށްޓަކައި ބޯޓުގައެވެ. ހަށިގަނޑުގައި އަޅަމުންދާ ވޭނަށްވެސް ކެތްކުރެވެނީ ކިރިޔާއެވެ. އެހާލުގައިވެސް އޭނާ ވިސްނަމުން ދިޔައީ ޒައިރާއާއި ދޭތެރޭގައެވެ. އޭނާގެ ސަބަބުން ޒައިރާއަށް މިދެވުނީ ކިހާބޮޑު ދެރައެއް ހެއްޔެވެ.؟ އެފަކީރަށް ގެއިން ނުކުންނަންވެސް ކެރޭނެބާއެވެ؟ ޒައިރާގެ އެހެން ބުނުމުން އަތުން ދޫކޮށްލެވުނުނަމައެވެ. ފިހާރައިން ބޭރުގައި ޒައިރާ އޭނާއާއި ވާހަކަ ނުދައްކާ ސަބަބަކީ ކޮބައިކަން މި އެގުނީ އަދި ކިރިޔާއެވެ. ސާހިލް ކުއްވެރި ކުރެވެމުން ދިޔައީ އޭނާގެ އަމިއްލަ ނަފްސެވެ. ޒައިރާ މިކަހަލަ ލަޑެއްދީފާނެކަމަށް ހިޔާލަކަށްވެސް ނާދެއެވެ. އޭނާ ޒައިރާ ދެކެވަނީ ހަގީގީ ތެދުވެރި ލޯތްބެވެ.

ސާހިލް ހިތުގައި އަޒުމުކަޑައެޅިއެވެ. ޒައިރާއަށްޓަކައި ވަފާތެރިކަންމަތީ ހުރުމަށެވެ. ދިވެހީން ގަބޫލު ކުރާވަރުގެ މީހަކަށްވެ އެބުރި ޒައިރާގާތައް އައުމަށެވެ. ޒައިރާ އޭނާގެ މީހަކަށް އަދި ހަދާނެއެވެ. ޒައިރާ އޭނާއަށްޓަކައި މުޅި އުމުރުވެސް ހުންނާނެކަމަށްވަނީ ވައުދުވެފައެވެ. ޔަގީނެވެ. ޒައިރާ އޭނާއަކަށް ބޭވަފާތެރިއެއް ނުވާނެއެވެ. ސާހިލް ގަބޫލު ކުރެއެވެ. ޒައިރާގެ ހިތުގައިވެސް ވަނީ އޭނާއަށްޓަކައި ތެދުވެރި ލޯތްބެވެ. ލޯބިން ގުޅޭ ދެހިތެއް ސަފުން ވަކި ކުރެވިދާނެހެއްޔެވެ؟ ނުކުރެވޭނެއެވެ. އެކަކަށްވެސް އެ ދެހިތުގައިވާ ލޯތްބެއް ވަތްކެއްނުކުރެވޭނެއެވެ. މިއީ ސާހިލްގެ ހިތް ބުނާގޮތެވެ.

( ނުނިމޭ)

Share Article

Follow Me Written By

Nashyy

Level 110 Stories100 Login

Other Articles

Previous

ތެދުވެރި ލޯބި- 13

Next

މަޢާފް( އިޢުލާން)

Next
January 28, 2020

މަޢާފް( އިޢުލާން)

Previews
January 28, 2020

ތެދުވެރި ލޯބި- 13

5 Comments!

  1. Umny ??? says:
    January 28, 2020 at 10:42 pm

    Nice and when is the next part

    1. Nashyy says:
      January 29, 2020 at 8:45 am

      Thank u ❤. Insha Allah v avah

  2. Umny ??? says:
    January 28, 2020 at 10:42 pm

    And I am the first yey

    1. Nashyy says:
      January 29, 2020 at 7:17 am

      ❤

  3. ވާހަކަ ކިޔާ ކުއްޖާ says:
    February 2, 2020 at 12:16 am

    ކޮންދުވަހަކު 10ވަނަ ބައި ގެނެސް ދެނީ

Comments are closed.


All Right Reserved!