
ހުރީމެ އިންތިޒާރުގަ (12)
ސާހިލް ދިޔައީ ބޮޑުބޭބެގެ ގެއަށެވެ. ދޮރުގައި ޓަކި ޖަހާލުމާއިއެކު ހުޅުވައިފިއެވެ. ދޮރު ހުޅުވީ ބޮޑުބޭބެގެ އަންހެނުންނެވެ. ބޮޑުބޭބެއަށް ސާހިލް ފެނުމާއި އެކު އެތިވަރު ގޮވައިގަންނަން އަނގަ ހުޅުވާލައިފިއެވެ. ނަމަވެސް ކުއްލިއަކަށް ހުއްޓުން އަރައިފިއެވެ. ސާހިލް ލައިގެން ހުރި ހހެދުމާއި އަރައިގެން ހުރި ފައިިވާން ފެނިގެންނެއް ނޫނެވެ. ސާހިލްގެ ފަހަތުން އެ އައި ޒުވާނާ ފެނުމުންނެވެ. އަޅައިގެން ހުރި އައިނު ނަގާ ރަގަޅަށް ސާފު ކޮށްލައިފިއެވެ. ހަދާނަށް އަންނަމުން ދިޔައީ އޭނާގެ ޒުވާން ދުވަސްވަރެވެ. އޭރު އެކުގައި އުޅުނު ރަހްމަތްތެރިއެކެވެ. އެޒުވާނާ ހީވަނީ ހަމަ އޭނާގެ ތަސްވީރެއް ހެންނެވެ. އެކަމަކު އެހެންވާނީ ކިހިނެތް ހެއްޔެވެ. އޭނާގެ ފިރެހެން ދަރިޔެއް ހުރި ނަމަވެސް އޭނާ ވަނީ މަރުވެފަކަން ނޭނގޭ މީހަކު މިޝަހަރުގަވެސް ނޫޅޭނެއެވެ. ސިފަ އެއްގޮތް މީހުން ދުނިޔެމަތީން ފެނުނަސް މިވަރަށް ސިފަ ވައްތަރު މީހަކު އަދި ނުފެނެއެވެ. ނަމަވެސް މި ފެނުނީއޭ ހިތާ ސާހިލް ގާތު ކޮންކަމަކުތޯ ސުވާލު ކޮށްލުމަށް ފަހު އިށީދެއްޖެއެވެ
” އަޅުގަނޑު ބޮޑުބޭބެ ގާތަށް މިއައީ އެއްވެސް ކަމަކު އަދި އެއްޗެއްވެސް ބޭނުންވެގެންނެއް ނޫން. އަޅުގަނޑު ބޭނުންވަނީ މިތަނަށް އާދެވުނީ ކިހިނެތްތޯ ބަލަން ”
މި ސުވާލާއި ކުރިމަތިލާން ޖެހޭނެ ދުވަހެއް އަންނާނެކަން ބޮޑުބޭބެ ހާރޫނަށް މާކުރިންވެސް އެގެއެވެ. ސާހިލްގެ ހަދާންތައް ފޮހެވިގެން ގޮސްފައިވާކަން ޑޮކްޓަރުން ބުނެފައެވެ. ކޮންމެވެސް ދުވަހަކުން ހަދާންތައް އެބުރި އަންނާނެކަން ވަނީ ޔަގީން ކޮށްދީފައެވެ. ނަމަވެސް ހިތާމައަކީ މި ދުވަސް އައި އިރު އޭނާ ބަލާ ބޮޑުކުރި މީހުން ދުނިޔޭގަވެސް ނެތުމެވެ
” ތީ ކޮންތާކުން އައި ކުއްޖެއް ކަމެއް އަހަރެމެންނަކަށްވެސް ނޭނގެ. އެގޭ ހާވެސް ކަމަކީ އައްސޭރިފަށަށް ލައްގާފައި އޮއްވަ ހޮވި ކުއްޖެއްކަން. ސާހިލްގެ ހަދާންތައް ފުހެވިފައިވުމުން އެއްވެސް ކަމެއް އޮޅުމެއް ނުފިލި.. އެންމެ ފަހުން އެމީހުން ރީތި ނަމެއް ކިޔައި އެމީހުންގެ ދަރިއެއްގެ ގޮތައް ބެލީ ‘” ސާހިލްގެ ސުވާލަށް ޖަވާބުދިނީ ބޮޑުބޭބެގެ އަންހެނުންނެވެ .
ސާހިލް އަކީ ކާކުކަން ބުނެދީ ވަރަށް އަދަބު އަދާކޮށް ސާހިލް ދާން ހިނގައިގަތެވެ. ބޮޑުބޭބެވެސް ކުރީގެ ވެދިޔަ ކަންތައްތަކަށް މާފަށް އެދުނެވެ. ސާހިލްމެން ކާރަށް އެރި އިރުވެސް ބޮޑުބޭބެ ބަލަން ހުއްޓެވެ.
***************************************
ޔަޒަން ތައްޔާރުވަމުން ދިޔައީ އޭނާގެ އުފަން ފަސްގަނޑަށް ދިޔުމަށެވެ. އޭނާގެ އާއިލާގެ ގާތަށެވެ. އަދި ހަޔާތުގެ ބައިވެރިޔާ ކައިރަޔަށްވެސްމެއެވެ. ލޮލު ކުރިމަތީގައި ސިފަވެގެންދަނީ މަންމަ ވާނެ އުފަލެވެ. ޒައިރާއަށް ލިބޭނެ ހައިރާންކަމެވެ. ދެން އޭނާގެ މުޅި އުމުރު ހޭދަ ކޮށްލާނީ އޭނާދެކެ އެންމެ ލޯބިވާ މީހުންނާއި އެކުއެވެ. ހުސްވެސް އުފަލުން ފުރިފައިވާ ހިޔާލުތަކެވެ. މީގެ ކުރިން އެފަސްގަނޑުން ލިބުނު ހިތްދަތިކަން އެއްވެސް ވަރަކަށް ހަދާނަކަށް ނާދެެވެ. އެއަށްވުރެން އޭނާ އެހުރީ އުފަލުންނެވެ.
‘ ކިތަންމެ ދުރަށް ދިޔަ ނަމަވެސް އަބަދުވެސް އެކުވެރިޔެއްގެ ގޮތުގައި ހުރެދޭތި..” ރީހާން އަށް ހަޔާތުގައި މިހާތަނަށް ލިބުނު އެންމެ އިތުބާރު ކުރެވޭ އެންމެ ގާތް އެކުވެރިޔާ ދުރަށްދާތީ ހުރީ ހަގީގަތުގަވެސް ފެންކަޅިވެފައެވެ. ޔަޒަންއާއި ނުލާ އަލުން މަސައްކަތަށް ފެށުންވާނީ ވަރަށް އުދަގޫ ކަމަކަށެވެ. ޔަޒަން އާއި އެކު ހޭދަކުރެވުނު ދުވަސްތައްމަތިން އަބަދުވެސް ހަދާންވާނެކަން ޔަގީނެވެ.
*****
އަމާން އޮމާން ދަތުރަކަށްފަހު ޔަޒަންއަށް ރާއްޖެ އާދެވިއްޖެއެވެ. އެންމެ ފުރަތަމަވެސް އޭނާ ބެލީ މަންމައާއި ބައްދަލު ކުރެވޭތޯއެވެ.
ޔަޒަން ދޮރުގައި ޓަކިޖަހާލުމާއެކު ދޮރު ހުޅުވައިފިއެވެ.
” މަންމާ” މަންމަ ފެނުމާއެކު ޔަޒަންގެ ނަފްސް ކޮންޓްރޯލެއް ނުކުރެވުނެވެ. މަންމަގައިގަ އޮޅުލައިގަނެވިއްޖެއެވެ.
“މަގޭ ދަރިފުޅާ..” މަންމަ ޔަޒަންގެ މޫނުގައި ފިރުމާލިއެވެ. އޭނާގެ ލޯ އޭނާއަށް ކެހި ނުދޭނެކަން މަންމަ އަށް އެގެއެވެ.
” މަންމަ އަަށް އޭރުވެސް އެގޭ ތީ މަގޭ ދަރިފުޅުކަން. އަދި އެބުރި އަންނާނެކަން.. މީހުން ދަރިފުޅު މަރުވެއްޖެއޭ ބުންޏަސް މަންމަގެ މި ހިތައް ފެނޭ ދަރިފުޅު ދިރި ދުނިޔޭގަ ހުރިތަން.. މާތް ﷲ މިއަޅާގެ ދުއާ އިޖާބަ ކުރައްވައިފި.. ކޮންފަދަ ބޮޑު އުފަލެއް” މަންމަގެ ލޮލުން ހިފެހެްްޓުމެއްނެތި ކަރުނަތައް ފައިބައިގެންފިއެވެ. ޔަޒަން އަށްވެސް ވީ ހަމަ އެވަރެވެ. އަނެއްކާވެސް މަންމަގައިގަ ބައްދާގަތެވެ. ވަރަށްވެސް އަސަރުގަދަ ވަގުތުކޮޅެކެވެ.
ޔަޒަންއަށް ދިމާވިގޮތް ވަރަށް ތަފްސީލްކޮށް މަންމައަށް ކިޔާދީފިއެވެ. މަންމަވެސް ސުނާމީއަށް ފަހު އުޅުނު ހާލާއި ބައްޕަ ދުނިޔޭގައި ނެތްކަމާއި މާލެއަށް އަންނަން ޖެހުނުގޮތްވެސް ކިޔާދީފިއެވެ. ބައްޕަގެ މަރުގެ ހަބަރުން ޔަޒަންގެ ހިތް ކުދިކުދިވިކަހަލައެވެ. ނަމަވެސް ކޮންމެ މީހަކީވެސް މިދުނިޔެ ދޫކޮށްދާންޖެހޭނެ މީހެކެވެ. މިދުވަސް ދެކެން މަންމަ ހުރީތީވެސް ޔަޒަން އެކަލާނގެއަށް ޝުކުރުކުރިއެވެ.
މަންމަގެ ވާހަކައިން ކަނދޮޅުދޫ މީހުން މިހާރު ދިރިއުޅެނީ ދުވާފަރުގައިކަން އެގިއްޖެއެވެ. ޒައިރާއަކީ އޭނާގެ ކުޑައިރުގެ އެންމެގާތް އެކުވެރިޔާކަން ސާފްވެއްޖެއެވެ. ޔަޒަން ބޭނުންވަނީ ވީހާވެސް އަވަހަކަށް އެރަށަށް ދާށެވެ. ޔަޒަންއަކީ ދިވެއްސެއްކަން ކަމާއިބެހޭ ފަރާތްތަކަށް އެގެން ބޭނުންވަނީވެސް އެއަށްފަހުގައެވެ. އޭނާ ބޭނުންވަނީ މިހާތަނަށް މީހަކަށްދެވޭނެ އެންމެ ބޮޑު ސަޕްރައިޒް ޒައިރާއަށްދޭށެވެ. ޒައިރާއަށް އޭނާއަކީ ޔަޒަން ކަން އެނގުނީމަ ކިހާ އުފާވާނެ ހެއްޔެވެ.
ޔަޒަން ބޭނުންވީ މަންމަވެސް ގޮވައިގެންދާށެވެ. މަންމަ ކިތަންމެ ބޭނުންވި ނަމަވެސް ޗުއްޓީ ދުވަސްކޮޅެއްކަމުން ގޭގަ އެއްވެސް މީހަކު ނެތީސް ދެވޭކަށްވެސް ނެތެވެ. އެހެންވެ މަންމަ އެދުނީ ޔަޒަން އެކަނި ފުރަތަމަ ޒައިރާ ގާތައް ގޮސްލާފަ މަންމަ ބަލާ އައުމަށެވެ…
*****************
ހެދުނު 8 ޖެހި އިރު ބޯޓު އޮތީ ދުވާފަރު ބަދަރުގައެވެ. ލެފުމާއެކު ޔަޒަން ބޯޓުން ފުންމާލައިފިއެވެ. އެއްކޮނޑުގައި ދަބަސް އަޅުވާލުމަށްފަހު ލޮލައް އައިނު ހެޔޮވަރުކޮށްލިއެވެ. ތަންކޮޅެއް ދުރުގައި ހުރި އަންހެން ކުދީންތަކެއްގެ ނަޒަރު ގޮސް އެހުއްޓުނީ ޔަޒަންއަށެވެ.
” ހާދަ ހޭންޑްސަމް އޭ.. މިރަށު ކުއްޖެއްނޫން ޔަގީނުންވެސް” ޔަޒަންއަށް މި އަޑު ހަމަ ރީތިކޮށްވެސް އިވުނެވެ. ޔަޒަން އަކީ ކުރިން ފެނުނުމީހެއްކަން މިރަށުމީހުން ހަދާން ނެތުނީތާއޭ ޔަޒަންގެ ހިތައް އަރަމުންދިޔައެވެ. އެކަމަކު އެހެނެއްނޫނެވެ. ޔަޒަން ހުރީ ވަރަށް ބޮޑަށް ބަދަލުވެފައެވެ. އޭނާ މިހާރު އެހުންނަނީ ކުރީގެ ސާހިލް ހުންނަހެނެއް ނޫނެވެ. މިހާރު އޭނާ އެހުރީ އިސްކޮޅާއި އެއްވަރަށް ހަށިގަޑަށް ރޫފަޖެހިފައެވެ. ކުރިން ހުންނަ މިލަ މޫނު އަލިވެ ތާޒާވެފައެވެ.
ޔަޒަން ކުރިޔަށް ހިނގާ ހިނގަ ހުރެފައި އައިކޮޅަށް އަބުރާލައިފިއެވެ. އަނެއްކާވެސް އެރީ ބޯޓަށެވެ. ކަމެއް ހަނދާން ވެގެންނެވެ. ބޯޓުގެ ފާހާނާއަށް ވަނުމަށްފަހު ބަލާލީ އޭނާގެ މޫނަށެވެ. އޭނާ ރޭވިގޮތަށް ތައްޔާރުވާން ފެށިއެވެ. ބާވެފައިވާ ގަމީސްގަޑެއް ގަޔަށް ހެޔޮވަރު ކޮށްލިއެވެ. ބޮލުގެ އިސްތަށިގަނޑުގެ ތެޔޮލާ ތަތްކޮށްލިއެވެ. އެއަށްފަހު މޫނުގައި އަނދިރި ކުލައެއްހާކާލިއެވެ. މިހާރު އޭނާ ހިތްހަމަ ޖެހޭވަރުވެއްޖެެވެ. މީހުންނަށް އެއީ ކާކުކަން އެގިދާނެތީ ކުޑަކޮށް މޫނު ފޮރުވާލަމުން ބޯޓުން ފައިބައިފިއެވެ.
*މީހުންގެ ލޯތައް އޭނާއަށް އަމާޒު ނުވޭތޯ ދުއާ ކުރަމުން ކުރިޔަށް ހިނގަމުންދިޔައެވެ. އެންމެ ފަހުން އޭނާ ގޮސް ހުއްޓުނީ ޒައިރާ އުޅޭ ގެ ކައިރީގައެވެ. ނަސީބު ވަރަށްވެސް ރަގަޅެވެ. އޭރު ޒައިރާވެސް ގޭ ދޮރާށިން ނުކުންނަނީއެވެ. ޒައިރާއަށް އޭނާ ފެނުމާއެކު އެއީ ކާކުކަން އެގިއްޖެއެވެ…..
(ނުނިމޭ)
6 Comments!
Comments are closed.
Vrh rythi inge …
Ma sha allah❤❤❤
??
Thank u kokkx????❤❤
Varah reethi????????
maa sha Allah ❤❤❤❤❤❤❤
waiting for the next part ???
Thank you so much yanaa ????
Reethi ♥️ thankolheh dhigu kolla dheyn v nun next part, e zaira yah yazange loiibe hagge noon, eii laari yaa hedhi boothu kaafa huri anheneh
Shukuriyyaa pari ❤ ekam yazan ah ekan gaboolu nukureveythee massala akee .. dhen anna partga egidhaanethaa vaane gotheh