އާދުވަހަކަށް އިރު އަރައިފިއެވެ. ސާހިލް އޮތީ ބޯޓުގައެވެ. ދާން އުޅެނީ ކޮންތަނަކަށް ކަމެއްވެސް ނޭގެއެވެ. ބޯޓުގެ ގެ ގަޑުތެރެއިން ނުކުމެލާ ވަށައިގެން ބަލާލިއެވެ. ވަށައިގެންވަނީ ގަދަ ނޫކުލައިގެ މާސިންގާ ކަޑެވެ. ދުރުދުރުން ކުދި ކުދި ރަށްތައް ފެންނަން ހުއްޓެވެ. އެތައްގަޑިއިރަކަށް ފަހު ރަށަށް އާދެވިއްޖެއެވެ. ރަށުގެ މަލަމަތި ފެނުނީންސުރެން ސާހިލް ހުރީ ރަށާ ދިމާއަށް ބަލާށެވެ. ހާދަ ރީތި ރަށެކެވެ. ދުވަސްވެފައިވާ އެންމެ ގެއެއްވެސް ފެންނާކަށް ނެތެވެ. ” ދުވާފަރަށް މިއާދެވުނީ. ހިނގާ ފައިބަމާ” ސާހިލް ގެނައި […]
ދުވަސްތައް ފާއިތުވަމުން ގޮސް ހަމަސްވީއެވެ. ދިވެހި މި ރާއްޖެއަކީ ސާުިލް އުއްމީދު ކުރި ކަހަލަ ތަނަކަށް ނުވިއެވެ. ކުލަޖެހިދާނެކަމަށް ދެކުނުހާ ހުވަފެންތައް ފެނަށްވެއްޖެއެވެ. މިއީ އިންސާނީ ވަގުފާރީގެ މަރުކަޒެކެވެ. މަސްތުވާ ތަކެއްޗާއި ވައްކަން ކުރުމާ ފޭރުމާއި ނޭންގާނީ އެތައް އަމަލެއްގެ ބޮޑުހާއްޔެކެވެ. މީހުން ކަތިލެވެމުންދަނީ ބިރެއްނެތިއެވެ. ކުށެއްނެތި ގަތުލުކޮށްކެވިފައިވާ އެތައް ބަޔެކެވެ. އިންސާފެއް ނުލިބި އެތައް ދުވަހެކެވެ. ދުނިޔެމަތީގައިވާ ސުވަރުގެއޭ ކިޔާ ނަންދެމުންދަނީ ކީއްވެގެން ކަމެއް ވިސްނާ ވިސްނާވެސް ސާހިލް އަކަށް ނޭގުނެވެ. މެހެމާންދާރީ އަދާ ކުރުމުގަ […]
ސާހިލް ވިސްނަމުން ދިޔައީ ވަޒީފާއެއް ހޯދާނެ ގޮތަކާއި ދޭތެރޭއެވެ. މި މާހައުލާއި މުޅިން ދުރަށް ދިޔުމަށެވެ. އޭނާގެ ވެސް އަމާޒަކަށް ވީ އެ ހިސާބުގަނޑުގައި އުޅޭ ކަރީމެވެ. އެ ހިސާބުގަނޑުގައިވެސް ކިރިޔާވެސް ފުދިގެން އުޅޭ މީހަކީ އެއީއެވެ. އޭނާ މެދުވެެރިކޮށް އެތައްބަޔަކު މިހާރުވެސް ވަޒީފާ ހޯދައިގެން ހިނގައްޖެއެވެ.. ނަމަވެސް އެބުރި އަންނަނީ ވަޒީފާއަށްދާ ވަރަށް މަދުމީހެކެވެ. އަނބިންނާއި ދަރިން ތިބެނީ ވާއެއް ނުވާއެއް ނޭގިފައެވެ. އެތަނަށް ދެވުނީމަ އަންނަހިތް ނުވަނީވެސް ކަންނޭގެއެވެ. ނަމަވެސް ސާހިލްގެ ފަރުވާލެއް އެކަމުގައި […]
ކަޝަފް އެމީހަކަށް ގެނައި ހަދިޔާ އެމީހަކަށް ދެމުންދިޔައެވެ. ހުސްވެސް އަގުބޮޑު އެއްޗެއްސެވެ. ކޮންމެ މީހަކަށް ވެސް އެންމެ ގުޅޭނެ ހެދުމެވެ. މީރުވަސްދުވާ ސެންޓާއި އެކިކަހަލަ ޗޮކުލެޓެވެ. ” ބައްޕައަށް ހީވަނީ މިގަމީސް މާ ކުޑަވާނެހެން.. އެހެންނޫނަސް މި ލާންކެރޭވަރަށް ވުރެން ބައްޕަ މުސްކުޅިއެެއް ނޫންތަ.. އެކަމަކު ގަމީސް ވަރަށް ރީތި” ބައްޕަ އަށް ގެނައި ގަމީސް ގައިގަޖައްސާލަމުން ބުންޏެވެ. ‘ އެކަމަކު މިގަމީސް ވަރަށް ހެޔޮވަރުވާނެ” ބައްޕަ ދެވަނަ ގަމީސް ވެސް ނިއުޅާލިއެވެ. އެންމެން ކެޑި ޕާރުސަލް […]
“ތާޖު ވިލާ ” އަށް ވަދެވުނު އިރު ގޭގައި ތިބި އެންމެން ތިބީ ކަޝަފްގެ އިންތިޒާރުގައެވެ. މާމައާއި ބޮޑުދައިތައިގެ ދެ ދަރިން ތާނިޔާ އާއި އާޔަތުތިބީ ކަޝަފް އަށް މަރުހަބާ ކިޔުމަށް ތައްޔާރުވެގެންނެވެ. އާޔަތު އާއި ކަޝަފްއަކީ އެއް އުމުރެއްގެ ދެކުދިންނެވެ. ތާނިޔާވެސް އުމުރުގަ ބާ ބޮޑު ފަރަގެއް ނީދެއެވެ. ތާނިޔާ އެދެކުދިންނަށް ވުރެން ހަގީ ދޮޅު އަހަރެވެ. ބޮޑުދައިތަގެ ދެން ހުންނަނީ ފިރެހެން ދަރިފުޅު ސަމީރެވެ. ކަޝަފް އަށް ވުރެން 3 އަހަރު ދޮށީ ސަމީރު […]
ދުވަސްތައް މާޒީއާ އެކުވަމުން ގޮސް ސުނާމީ ކާރިސާއަށް 12 އަހަރު ވީއެވެ. ސުނާމީގައި ގެއްލުން ލިބުނު ރަށްތަކުގެ މީހުން އެހެން ރަށްރަށުގައި ވަޒަންވެރި ކޮށްފިއެވެ. ކިތަންމެ ގިނަ އަހަރުތަކެއް ވޭތުވެ ދިޔަނަމަވެސް އެ ދުވަހުގެ ބިރުވެރިކަން ހިތުން ފިލާގެން ނުދެއެވެ. ***** ހޫނުމޫސުމުގެ ހިތްގައިމުދުވަހެކެވެ. ވަށައިގެން ވަނީ ފެހިކަން ގަދަ ގަސްތަކެވެ. އެކި ކުލަ ކުލައިގެ މާތަކުން ގަސްތައްވަނީ ޖަރީވެފައެވެ. މާދުރަށް ދާންދެން ފެންނަން އޮތީ ފަރުބަދަ ތަކާއި ވާދީތަކެވެ. ބަލާފޫހިނުވާނެ ގުދުރަތީ މަންޒަރެކެވެ. ސާހިލް އިނީ […]
ޔަޒަން އަށް ހޭލެވުނީ ފަތިސް ނަމާދުގެ ބަންގީގެ އަޑަށެވެ. އަވަހަށް ތެދުވީ ފަތިސް ނަމާދަށް ދިޔުމަށެވެ. އުމުރުން 9 އަހަރުގެ ޔަޒަން ކިތަންމެ ކުޑަނަމަވެސް ނަމާދަށް ދިޔުމަށް އޭނާއަށް ގޮވާކަށް ނުޖެހެއެވެ. އެންމެ ތުއްތު އިރުންސުރެންވެސް އޭނާގެ މައިންބަފައިން ދަސްކޮށްދިނުމަށް އެންމެ އިސްކަމެއް ދިނީ އަޅުކަންތައްތަކަށެވެ. ދީނާއި ހިލާފް ފިކުރުތަކާއި ދިމާލަށް އެބުރިގެން ހިގާދާނެތީ ގަންނަ ބިރެއްގެ ބޮޑުކަމުންނެވެ. ބޭރުގެ ގިނަ އަދަދެއްގެ އެހެން ދީންތަކުގެ މުދައްރިސުން މަދަރުސާގައި ކިޔަވާދެމުންދާއިރު އެއީވެސް ވުން ދުރުކަމެއްނޫނެވެ. ގިނަ ފަހަރަށް […]