Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ހަގީގަތަކީ ކޮބައިހޭ؟…17

Mysterious Woman Level 310 Stories100 Comments
April 16, 2026 3 Mins Read
0 Comments

ނަބީހު އާއި ނަވީން ތިބީ ނަބީހުގެ ގޭގެ ލިވިންގރޫމުގައި ކޮފީއަށް އިންސާފުކުރާށެވެ. ނަވީންގެ ކައިރީގައި މަލްޝަބާ ވެސް އިނެވެ. ދަރިފުޅު އެތައް އަހަރަކަށްފަހު ފެނުމުން މައިލަގޮނޑިއަށް ކެތެއް ނުކުރެވުނެވެ. މަލްޝަބާގެ ލޮލުން ކަރުނަ ފައިބައިގަތީ ބަލަބަލާ އިންދައެވެ. އެއީ އޭނާގެ ދެ ކުދިންގެ ތެރެއިން އޭނާ އެންމެ ލޯބިވާ ހަގު ދަރިފުޅެވެ.

“ދަރިފުޅާ…މިކޮޅުގައި އުޅޭ އިރު މަންމަ ކައިރިއަށް ނައީ ކީއްވެ ތަ؟….ހާދަ ދުވަހެއް ވެއްޖޭ ދަރިފުޅު ނުފެންނަތާ ވެސް….މަންމަމެން ކައިރީ އުޅޭން އަންނަންވީނުން….” މަލްޝަބާ ޝަކުވާކޮށްލިއެވެ. “މިއައީނު…އަހަންނަށް މާ ފަސޭހަ ވަކިން އުޅެން….” ނަވީން ކުރު ޖަވާބެއް ދިނެވެ. ދަރިފުޅުގެ ދުރުކަމުން މަލްޝަބާގެ ހިތަށް ވަރަށް އަސަރުކުރިއެވެ. “ކޮބައި ނުހައިކު؟….” ކޮފީގެ މީރު ރަހައިން އަރު ތެތްމާލަމުން ނަބީހު އަހާލިއެވެ.

އެވަގުތު ބޭރު ދޮރުން އެތެރެއަށް ވަނީ އިސްކޮޅުން ދިގު ކޯޓު ފަޓުލޫނުގައި ހުރި ޒުވާނެކެވެ. ބަލާބެލުމަށް ތިރީހުގެ ދެވަނަ އަހަރު ގުނަމުންދާ ޒުވާނެކެވެ. ބޮލުން ފެށިގެން ގޮސް ފަޔާއި ހަމައަށް ބަލާލުމުން އެއީ ކިހައި ފެންވަރެއްގެ މީހެއްކަން އިނގޭނެއެވެ. އެ ޒުވާނާގެ މިސްރާބު ހުރީ ނަވީން ތިބި ސޯފާތަކާއި ދިމާލަށްށެވެ.

“ހެލޯ މޯމް، ޑޭޑް…އަހާ ވީން ވެސް އެބައިން ދޯ؟….އަސްތާ ކޮން ކޮޅަކުން އިރު އެރި ދުވަހެއްބާ…..” ނުހައިކު އައިސް ނަވީން އާއި ޖެހިގެން އިން ސޯފާގައި އިށީންނަމުން އަހާލިއެވެ. ނުހައިކު ފެނުމުން ނަބީހު އާއި މަލްޝަބާގެ މޫނުން އުފާވެރިކަމެއް ފެނުނެވެ. ނަވީން ވެސް މަޑުމަޑުން ހީލިއެވެ. “ދަރިފުޅާ ޓްރިޕް ކިހިނެއް ދިޔައީ؟…” ނަބީހު އަހާލިއެވެ. “ބަރާބަރު ހަމަ އިޓަލީގައި ތިބި ބައެއް އިސްވެރިންނާއި ވެސް ބައްދަލުކޮށްލިން…އެންޑު އާންޓު އެންޑް އަންކަލްމެންނާއި ވެސް ބައްދަލުވި….” ނުހައިކު ކުރުކޮށް ދަތުރުގެ ޚުލާސާ ކިޔައިދިނެވެ. ނުހައިކު އެއައީ އިޓަލީގައި ތިން މަސް ދުވަސް ހޭދަކޮށްފައިއެވެ. މަލްޝަބާ ނޯކަރަކަށް ގޮވާލާފައި ނުހައިކަށް ކޮފީ ގެނެސްދިނުމަށް އަމުރުކުރިއެވެ.

“ވީ ގޮޓް އޭން އިންވިޓޭޝަން….” ނަބީހު ބުނެލިއެވެ. ނަވީން ސުވާލުގެ ނަޒަރަކުން ބަލާލިއިރު ނުހައިކު މާނަފުން ހިނިތުންވުމެއް ވެރިކުރުވިއެވެ. “ޔޫ މީން….ޓުނައިޓްސް އިވެންޓު؟….” ނުހައިކު ޔަގީންކުރަން އަހާލިއެވެ. “ޔެސް….ވީ ހޭވް ޓު ގޯ….” ނަބީހު ބުނެލިއެވެ. “ވީން…..މެހެކާއި ގުޅުން އަދި ވެސް ބާއްވަން ތަ؟….” ނުހައިކު އަހާލިއެވެ. މިއަޑަށް މަލްޝަބާ ވެސް ބަލާލީ ސުވާލުގެ ނަޒަރަކުންނެވެ. އެއީ އަދި އޭނާއަށް ނޭނގޭ ކަމެކެވެ. “ހޫމް….” ނަވީން ދިނީ ކުރު ޖަވާބެކެވެ. “ދެން…އެ އާއިލާއަށް އެނގ……” މަލްޝަބާގެ ޖުމުލަ ނަބީހު މެދުކަނދާލިއެވެ. ދެ ފަރާތަށް ބޯ ހޫރާލީ މިވަގުތު އެވާހަކަ ނުފެށުމަށްށެވެ. މަލްޝަބާ ވެސް ހަނުހުރީ އެއީ އެންމެ ރަނގަޅުގޮތް ކަމަށްވާތީއެވެ.

“އާރް ސީ” ކުންފުނި ފެނިގެންދަނީ ބޮކިފަތިތަކުން ޖަރީވެފައިވާ ތަނެވެ. މަޑު އޮރެންޖު ކުލަ އެކުލެވޭ ބޮކިފަތިތައް ކުންފުނީގެ މަތިން ފެށިގެން ގޮސް ތިރި އާއި ހަމައަށް އެލުވާލާފައި ހުރުމުން ޝާހީ ގޮތެއް ހުރެއެވެ. ދޮރުންގެ ދެ ފަރާތުގައި ވަށައިގެން ގަސް ޕޮޓުތައް ބަހައްޓާފައިވެއެވެ. އެއިން ކޮންމެ ޕޮޓެއް ފެހި ކުލައިން ދިއްލާފައި ހުރުމުން ވަރަށް ވެސް ތަފާތެވެ. އެވަގުތު ވެސް ކުންފުނީގެ ބައެއް މުވައްޒަފުން ޙަރަކާތްތެރިވާތަން ފެނެއެވެ. އެއިން ކޮންމެ މީހަކު ވެސް ލާފައި ވަނީ މިރޭ އޮންނަ ޑިނަ ނައިޓުގެ ތީމާ ގުޅޭ ގޮތަށް ނޭވީ ބްލޫ ކުލައިގެ ތަފާތު ރީތި ހެދުންތަކެވެ. ފިރިހެން މުވައްޒަފުން ނޭވީ ބްލޫ ކުލައިގެ ކޯޓު ފަޓުލޫނުގައި ފެނިގެންދާއިރު ވަރަށް ހިތްގައިމެވެ. އެތަނުގައި ބައެއް ފްޓޯގްރާފަރުން ޙަރަކާތްތެރިވާތަން ވެސް ފެނެއެވެ.

އާރާ ވެސް މިރޭ ފެންނަނީ ވަރަށް ޝާހީކޮށްނެވެ. ނޭވީ ބްލޫ ކުލައިގެ މިނާތަކުން ޖަރީވެފައިވާ ރީތި ހެދުމުގައި ފެންނައިރު ފިރިހެނުންގެ ޖާދޫގައި ޖެހޭނެކަން ގައިމެވެ. އިސްތަށިގަޑުގައި ވެސް ވިދުން އަރާ ދައްޗެއް އެއް ފަރާތުގައި ހަރުކޮށްފައި ހުރުމުން އާރާގެ މޫނާއި ވަރަށް ގުޅެއެވެ. ހިމަ ކަށިލީ ފައިވާނަކަށް އަރާފައިވުމުން އަސްލު އިސްކޮޅަށްވުރެ އޭނާގެ އިސްކޮޅު ދިގުކަމަށް ދައްކައެވެ. މިރޭ އޭނާގެ ރީތިކަން ދައްކަން ބޭނުމީ އެންމެ މީހަކަށްށެވެ. އެ ބެލުމަށް ޓަކައި އޭނާ ފިދާވާން އެހެރީ ތައްޔާރަށްށެވެ.

ކުންފުނީގެ ބައެއް އަންހެން މުވައްޒަފުން އެތުރިލައިގެން ތިބީ މައި ދޮރާއި ދިމާލުގައި އަޅާފައި އޮތް ރަތް ދޫލައިގެ ދެ ފަރާތުގައެވެ. ކޮންމެ މުވައްޒަފެއްގެ އަތުގައި ރީތި ޑިޒައިނަކުން ހަދާފައިވާ ވަށިގަނޑެއްވެއެވެ. އެ ވަށިގަނޑުތަކުގައި މާ ކޯޅިތައް އަތުރާފައިވެއެވެ. އެއީ މިރޭ އެ ޙަފުލާއަށް އަންނަ މެހެމާނުންނަށް ދޭން ތައްޔާރުކޮށްފައިވާ އެއްޗެކެވެ. އަދި ކުންފުނީގެ އެތެރޭގައި ވެސް ބައެއް މުވައްޒަފުން ޙަރަކާތްތެރިވަމުންދެއެވެ. ޙަފުލާ އޮތީ އެންމެ މަތީ ފަންގިފިލާގައި ކަމުގައިވާތީ ދާންވީ މަގު ދައްކައިދިނުމަށް ޓަކައި މުވައްޒަފުން އެތުރިލައިގެން ތިއްބެވެ. ލިފްޓު ކައިރީގައި ވެސް އަދި ލިފްޓު އެތެރޭގައި ވެސް ކުންފުނީގެ މުވައްޒަފެއްވެއެވެ. މިހުރިހާ ކަމެއް މިހެން އޮތް އިރު ވަރަށް ތަރުތީބުން ކޮންމެ ކަމެއް ވެސް ރޭވިފައިވާކަން ފާހަގަކުރެވެއެވެ.

ޙަފުލާއަށް ދަޢުވަތު ދީފައިވާ މީހުންގެ ތެރެއިން ބައެއް މީހުން އޭރު ވެސް އަންނަމުންދިޔައެވެ. ހުސްވެސް ފެންނަނީ ކޯޓު ފަޓުލޫނުގަ އާއި ހަފުލާގެ ތީމާއި ގުޅޭ ނޭވީ ބްލޫ ކުލައިގެ ހެދުމުން ޖަރީވެގެންދިބި ތަނެވެ. ކޮންމެ މީހެއް ވެސް ވަދެގެންދަނީ މޭމަތީގައި މާކޯޅިއެއް ހަރުކުރުމަށްފަހުއެވެ. ލިފްޓާއި ހަމައަށް ދާއިރު ލިފްޓުގެ ބޭރުގައި ހުރި މުވައްޒަފަށް ދައުވަތު ކާޑު ދެއްކުމަށްފަހުގައި ނޫނީ މައްޗަކަށް ނޭރެއެވެ. މިއީ ވެސް ޙަފުލާއިން ފެންނަ ތަފާތުކަމެކެވެ.

ބަންކުއެޓް ހޯލު ވެސް މިރޭ ފެންނަނީ ގަނޑުވަރެއްހެންނެވެ. ލޯ ތަރަތަރަ ޖަހައިގެންދާފަ ޗާންދަލިޔާތަކުން ތަން ފަޅުފިލުވާފައިވެއެވެ. ހޯލުގެ އެކި ހިސާބުތަކުގައި މޭޒުތައް އަތުރާފައިވާއިރު ކޮންމެ މޭޒެއްގެ މަތީގައި ވެސް ހުދު ފޮތިގަނޑެއް އަޅާފައިވެއެވެ. އަދި މޭޒުގެ މެދުގައި ނޭވީ ބްލޫ ކުލައިގެ ސެޓިން ފޮތިގަނޑެއް އަޅާފައިވެއެވެ. ގޮޑިތަކުގައި ވެސް ހަމަ މިގޮތަށް ފޮތިގަނޑު އަޅާ ގޮޑިތައް ފޮރުވާފައިވާއިރު ތަފާތަކީ ގޮޑިތަކުގެ ފުރަގަހުގައި ޓައިގެ ބައްޓަމަށް ފޮތިގަނޑެއް ހަރުކޮށްފައިވާކަމެވެ. ކޮންމެ މޭޒެއްގެ މެދުގައި ވެސް މާ ވާހެއް ބަހައްޓާފައިވެއެވެ. އޭގެ އިތުރަށް ދައުވަތު ދެވިފައިވާ މެހެމާނުންގެ ނަންތައް ވެސް ފެންނަ ގޮތަށް ނަން ބޯޑެއް ކޮންމެ މޭޒެއްގެ މަތީގައި ބަހައްތާފައިވެއެވެ. އޭރުން އެމީހަކަށް ޚާއްސަވެގެންވާ މޭޒު ފާހަގަވާނެތާއެވެ. އަދި ހަމައެހެންމެ ކޮންމެ ގޮޑިއެއްގައި ވެސް ގިފްޓު ޕެކެއް ބަހައްޓާފައިވެއެވެ. އެއީ ޙަފުލާއަށް އަންނަ މެހެމާނުންނަށް ދެވޭ ހަދިޔާއެކެވެ.

ހޯލުގެ އެންމެ ކޮޅުގައި ސްޓޭޖެއް ތައްޔާރުކޮށްފައިވެއެވެ. ބޮޑު ސްކްރީނެއް މެދުގަ އާއި ދެ ފަރާތުގައި ވާއިރު މިވަގުތު އެ ސްކްރިންތަކުން ފެންނަނީ ސާޅީސް ވަނަ އަހަރީ ދުވަސް ރީތި ލިޔުމަކުން ލިޔެފައިވާ ތަނެވެ. ސްޓޭޖުގެ ވާތް ފަރާތުގައި ޕޯޑިއަމް އެއް ވާއިރު ފޯޑިއަމް ފަޅުފިލުވާލުމަށް ޓަކައި ބޮޑު މާ ކޯޅިއެއް ބަހައްޓާފައިވެއެވެ. އަދި ސްޓޭޖުގެ މެދުގައި “ވަން އޮންލީ” މައިކެއް ބަހައްޓާފައިވެއެވެ. މުޅި މާޙައުލަށް ބަލާއިރު ނޭވީ ބްލޫގެ އަސަރު ފެންނަމުންދެއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Mysterious Woman

Level 310 Stories100 Comments

A Mysterious Woman who loves to read & write stories of different categories.

Other Articles

Previous

ހިތް ދެވިއްޖޭ ކަލާއަށް ޓަކައި 3

Next

މަގޭ ރަންކޮޅާ 3

Next
April 16, 2026

މަގޭ ރަންކޮޅާ 3

Previews
April 16, 2026

ހިތް ދެވިއްޖޭ ކަލާއަށް ޓަކައި 3



All Right Reserved!