އޯގާވީ ހިތަކުން…10
އީނާއާއި އަލްޔަސް ތިބީ ގޭގެ ޓެރެސްގައި ހުރި އުނދޯލީގައެވެ. މެންދުރުގެ ވަގުތައް ވިޔަސް އިރުގެ ހޫނު ކަމުގެ އަސަރެއް ނުކުރެއެވެ. ދޭތެރެއަކުން ފެންތިކިތައް ފައިބައިގަންނައިރު ގުގުރާލައެވެ. އަތުގައި އޮތް އައިސްޕެކުން އަލްޔަސްގެ ނިތުގައި ދުޅަވެފައިވާ ހިސާބުގައި އީނާ މަޑުމަޑުން ގަނޑުފެން ހާކާލަދިނެވެ. އަލްޔަސް އަށް ތަދުނުވާނެހާ މަޑުންނެވެ.
”ތަދުވޭތަ؟…” އަލްޔަސް ލޯމަރާލުމުން އީނާ ސުވާލުކުރިއެވެ. އަލްޔަސް އަށް ހާނިކަވުމުން އީނާ ހުރީ ދެރަވެފައެވެ. މާރާމާރީ ނުހިންގާ ދޫކޮށްލިނަމައެވެ. މިއަދު އަލްޔަސްގެ ރުޅިގަނޑުފެނި އޭނަ ޖެހިލުންވި ހިނދުކޮޅެއްވެސް އައެވެ. ދެން ސަނާގެ އުނދަގޫވެސް އިންތިހާއަށް ބޮޑުވާނެއެވެ.
”އުހޫނ…” އަލްޔަސް ނޫނެކޭ ބުނުމުގެ ގޮތުން ދެފަރާތަށް ބޯހޫރާލާފައި ބުންޏެވެ. އީނާގެ އަތުގައިވާ ޖާދޫއިން ތަދު ވަންތަނެއްވެސް ނޭގެއެވެ.
”ރުޅިއައިއްސަ މިހިރީ، ސޭމް ކީއްވެތަ ފައިޒާންގެ ގައިގަ ޖެހީ؟ އޭނަ ދޫކޮށްލި ނަމަ…..” އީނާ އަލްޔަސްގެ އަތުގައި ހިފާލަމުން އެއަތަށް ފިތާލިއެވެ.
”އޭރުންނެއްނު އޭނަގެ އުނދަގޫ ދެވަނަ ފަހަރަށް ނުފޯރާނީ، އީން ނުހުއްޓުވިނަމަ މިއަދު އޭނަ މަރުވާނެ އަހަރެން އަތުން…..” އަލްޔަސް ރުޅިވެރިކަން އެކުލެވިފައިވާ ރާގަކަށް ބުނެލިއެވެ. އަދިވެސް އެރުޅިގަނޑު ފިނިވާ ގޮތެއް ނުވެއެވެ.
”ސޭމް ޕްލީސް، ދެން އެކަން މަތިން ހަނދަން ނައްތާލަމާ…. ސޭމް ޕްރިޒަންއަށް ދާން ޖެހުނުނަމަ އަހަރެން ކިހާ ދެރަވާނެ؟….. ޕްރޮމިސްމީ ދެޓް ޔޫ ވިލް ނޮޓް ޑޫ ސަޗް އެ ފޫލިޝް ތިންގް……” އީނާ އަލްޔަސްގެ ކޮނޑުގައި ބޯއަޅާލިއެވެ. ފައިޒާންއަށް ބޮޑުކަމެއްވެ، އަލްޔަސް ޕޮލިސް ސްޓޭޝަނަށް ގެންދެވުނުނަމަ އޭނަގެ ހިތް ފަޅިފަޅިވެގެން ދާނެކަން ގައިމެވެ. އަލްޔަސްގެ ސިނގުރުޅިގަނޑު މަތަކުރަން ދަސްކުރަން އެބަ ޖެހެއެވެ. އެހެންނޫންނަމަ އޭގެ ނޭދެވޭ ނަތިޖާއެއް ނިކުމެދާނެއެވެ. އެދުވަހަކުން އޭނަ މޮޔަވެދާނެއެވެ.
”އޯކޭ ، ޕްރޮމިސް، ދެން އީނޫއާ ދުރަށްދާނެ ވަރުގެ ކަމެއް އަހަރެން ނުކުރާނެކަން ހަނދާނުގަ ބަހައްޓަން ވާނެއެއްނު…. ޔޫ އާރ މައި އެވްރީތިންގް، ހުމްމްމް ދެން ވިސްނަމުން ގޮސް ޑިޕްރެސް ވާނީއެއް ނޫން…” އަލްޔަސް އީނާގެ އުނަގަނޑު ކަނާއަތުން ވަށާލަމުން އޭނަގެ ހަށިގަނޑާ ކައިރިކޮށްލިއެވެ. އަލްޔަސްގެ ތަނަވަސް މޭގައި މޫނު ޖައްސާލަމުން އީނާ ވާރޭ ވެހޭ މަންޒަރަށް ސަމާލުކަން ދިނެވެ. އެހަށިގަނޑުގެ ހޫނުން އޭނަގެ ހިތް އަވަސް ވެލިއެވެ. އަލްޔަސްގެ ހަށިގަނޑުން ދުވާ މީރުވަހުން އެކަނިވެސް ސިކުނޑި ވަރުގަދަ ހައިޖާނެއްގެ ތެރެއަށް ގަންބަވާ ލައިފިއެވެ.
އަލްޔަސް އީނާގެ ހިމަހޯލި އިނގިލިތަކާ ކުޅެމުން ގޮސް އެއަތްތިލަ ގެނެސް ތުންފަތުގައި ޖައްސާލިއެވެ. އީނާގެ އަތަށް އެޅެން ފެށި ހޫނު ނޭވާތަކުން އޭނައަށް ނޭވާ ހިފަހައްޓާލެވުނެވެ. އެނޭވާތަކުން އެކަނިވެސް ހިތާއި ކުޅެލީ ވަރަކަށެވެ. ހަށިގަނޑުގެ ހިމަނާރުތަކާ ހަމައަށް ދުވެލީވެސް ކަރަންޓް ބާނީތަކެވެ. ދެން ދެކެވެން ފެށީ ދެމީހުންގެ ހުވަފެނީ ދުނިޔޭގެ ވާހަކައެވެ. ދެޒުވާނުން އެކީގައި ކުލަނެތް އެހުވަފެނީ ދުނިޔޭގައި ކުލަ ޖައްސަން ފެށިއެވެ. ލޯތްބާއި އޯގާތެރިކަމުގެ މައްޗަށް އެޅުނު ވަރުގަދަ ބިންގަލެކެވެ. އެއަށް އިތުރު ބާރެއް ގެނެސްދިނީ އިތުބާރުންނެވެ. އީނާވެސް ނުހަނު ފޯރިއާއެކު ކައިވެނީގެ ވާހަކަތަކާއި ބައިވެރިވިއެވެ.
”ދެމީހުން ހަނީމޫން ހަދާލަން ދާނީ ކަޝްމީރަށް ދޯ؟… ބްރޯ ބުނި އެއީ ވަރަށް ރީތި ތަނެކޭ، ސްޕެޝަލީ އިން ވިންޓާރ…. ދެމީހުންނަށް ނުލާހިކު ރޮމޭންޓިކްކޮށް ވަގުތު ހޭދަކޮށްލެވޭނެ ޖަސްޓް ޔޫ އެންޑް މީ….” އަލްޔަސް އެހެން އިނދެފެއި ދެއްކި ވާހަކައަކުން އީނާ ގަތީ ލަދެވެ. ވަގުތުން އަލްޔަސްއާއި ދުރަށް ޖެހިލަމުން ފުން ނޭވާއެއް ލިއެވެ.
”ސޭމް، އަދި ވަރަށް ގިނަ ދުވަސް ބާކީ އެބައޮތް، ދެން މެރިއޭޖް ކައިރިވީމަ ހަނީމޫން ހަދަންދާނެ ތަނެއްގެ ވާހަކަ ދައްކާނީ…” އީނާ ހަށަން ބަނދެލިއިރު މޫނުވަނީ ރަތްކުލައިން ފޭދިފައެވެ. އަލްޔަސް ދައްކާ ލާނެތް ވާހަކަތަކުން ބައެއް ފަހަރު ލަދުން ގޮސް މޯޅިވެދާނެހެން ހީވާ ފަހަރުވެސް އާދެއެވެ.
”އޯކޭ އޭސް ޔޫ ވިޝް ލަވް…” އަލްޔަސް ލުއި ހިނިތުންވުމަކާއެކު އީނާގެ ކަންފަތް ދޮށުގައި މަޑުމަޑުން ބުންޏެވެ. އީނާ ލަދުގެންފައި ވުމުން އަލްޔަސްއަށް ބަލަން އިނދެވުނެވެ. ނިކަން ލޯތްބެވެ. އީނާގެ ކަނދުރާގެ ލޯލިތައް ކޮޅަށް ޖެހުނު އިރު އީނާގެ މެޔަށް ފިނިވެގެން ދިޔައެވެ. އެހިތްގައިމު އަޑު ކަންފަތުގެ ތެރޭގައި މިލިއަން ފަހަރު ގުގުމާލިއެވެ. ކޮންފަދަ ފިރިހެންވަންތަ އަޑެއް ހެއްޔެވެ؟ ދުވަހަކު އެއަޑު އަހާ ފޫހިނުވާނެއެވެ. ހަމަހޭވެރިކަންވީ ހޮނުގުގުރީގެ އަޑުންނެވެ.
ކުޑަ ހަޅޭކެއްގެ އަޑާއެކު އީނާ ފުންމައިގެން ގޮސް ވަނީ އަލްޔަސްގެ އަތު ތެރެއަށެވެ. އަލްޔަސްގެ ހިމާޔަތް ލިބުމުން ހިތުގެ ތެޅުމަށް ކުޑަ ލުޔެއް ލިބުނެވެ. ހުވަފެނަކަށް ގެއްލިގައި އިންދާ އެފަދަ ނާމާން އަޑެއް އިވުމުން ބިރު ނުގަންނާނީ ކާކުހެއްޔެވެ؟ މޫނު ހުދުވެ މޭގަނޑުވަނީ އަނގަޔަށް އައިސްފައެވެ. އަދިވެސް ބިރުފިލައިގެން ނުދެއެވެ.
އަމިއްލަ ޒަމީރާއި ޝަކުވާކުރަމުން ޓެރެސްއަށް އެރި މައިމޫނާއަށް އަލްޔަސްއާއި އީނާ ފެނީ ހީވީ އުޑުބޮލަށް ވެއްޓުނު ހެންނެވެ. އޭނައަކީ ބަދުނަސީބު ވެރިއެކެވެ. ތަޤުދީރު އޭނައަށް ދެނީ ކެއްސެވެ. ދުވަހަކު އޭނަގެ ރޭވުމެއް ކާމިޔާބު ނުވެއެވެ. ނުވީތާކަށް އޭނަގެ ރޭވުންތައް އަބަދު ”ބެކްފަޔާރ” ވުން ނޫންކަމެއް ނުވެއެވެ. މިފަހަރު އަތުން ލާރިގަނޑު ދޫވެގެން ދިޔައިރު އެކައްޗެއްވެސް ހާސިލެއް ނުވެއެވެ. ލިބުނު ފިލާވަޅުގެ އެހީގައި އިސްލާހު ވާކަށްވެސް މައިމޫނާ ނޫޅެއެވެ.
މައިމޫނާ ޓެރެސްއަށް އައީ ވާރެއާއި އެކަނިވެރިން އެކުވެރިއެއް ކަމުގައި ދެކިގެން ވެއްޓިފައިވާ އަނދުވަޅުގަނޑުން މައްޗަށް އަރާށެވެ. ނަމަވެސް ފެނުނު މަންޒަރުން މޫޑު ގޯސްވުން ނޫންކަމެއް ނުވިއެވެ. އިތުރަށް އަނދުވަޅުގެ ތެރެއަށް ވެއްޓި އަނދިރިވުން ނޫންކަމެއްވެސް ނުވިއެވެ.
އީނާއަކީ އިންސާނެއްގެ ސިފައިގައި ހުރި ބޮޑު ވިގަނިގަނޑެކެވެ. މީދާ މަރާބޭސް ނުވަތަ ނިދާބޭސް ދީ އޯވާރ ޑޯސްކޮށްގެން މަރާލަން ވީއެވެ. ނަމަވެސް އާހިރުގައި ބެދޭނީ އޭނައެވެ. ޖަލަށްވެސް ދާން ޖެހޭނީ އޭނައެވެ. އެހެންވުމުން އެފަދަ ސޭކު ވިސްނުމަކަށް ދިއުން ރަގަޅެއް ނުވާނެއެވެ. އެހެންނޫނަސް އޭނަކީ ނުބައި މީހެއް ނޫނެވެ. ސައިކޭޓްރިސްޓެއްގެ އެހީހޯދައިގެން އީނާ މޮޔަކޮށްލަން ވީހެއްޔެވެ؟ އެކަމަށްވެސް ފައިސާ ބޭނުންވާނެއެވެ. ހިތާމައަކީ އަތުގައި ފައިސާ ފޮއްޗެއްވެސް ނެތީމައެވެ. އީނާގެ ކޭޝްކާޑު ވަގަށް ނަގައިގެން އޭގައި ހުރި ފައިސާކޮޅު ދޮވެލަން ވީއެވެ.
މައިމޫނާ ކޮޓަރިއަށް އައިސް އެނދުގައި ޖައްސާލިތަނާ ރޮވިއްޖެއެވެ. ރަމީޒުއާ ދިމާއަށް ހިތާހިތުން ވަރަކަށް އެއްޗެހި ގޮވާލެވުނެވެ. ބަދުދުޢާވެސް ކުރިއެވެ.
”ވަރެއްގެ ރަމީޒުގަނޑެއް، ދޮގު ހަދާލާފައި ފިލީ، ބޮޑު ވަގެއް. މާލެއިން ފެނިއްޖެއްޔާ ޕޮލިހާ ހަވާލުކުރާނީ، ޔަޤީނޭ އެ އީނާގެ ޖާދޫގައި ޖެހި އޭނަވެސް މަގު އޮޅުނީކަން، ފެންނަ ކޮންމެ މީހެއްގެ ހިތަށް ސިހުރު ހަދަން ދަންނަ މަންޖެއެއް… އޭނަ ރަގަޅަށް ހޭއަރުވާލާނަން….” މައިމޫނާ ކަރުނަތަށް ފޮހެލިއެވެ. ރުއިމަކުން ކުރާނެ ފައިދާއެއް ނޯންނާނެއެވެ. ބަލިކަށިވެ މާޔޫސްވުން ނޫންކަމެއް ނުވާނެއެވެ. ގަސްތަކުގެ ކުރިފަޅާ ބަންދުވެފައިވާ މަގަކަށް އާދެވުމުން އެމަގުން ކުރިއަށްދާން އޮންނާނެ ހަމައެކަނި ގޮތަކީ ގަސްތަކުގެ ކުރި ކޮށައި އަމިއްލައަށް މަގު ހެދުމެވެ. ދެވަނަ ގޮތަކީ އައިކޮޅަށް އަނބުރާލާފައި ދިއުމެވެ. ނަމަވެސް އޭނައަކީ އެހާ ފަސޭހައިން ބަލި ގަބޫލުކުރާނެ މީހެއް ނޫނެވެ. އޭނަވެސް ކުރިއަށް ދާނެއެވެ. ނަމަވެސް ކިހިނެއް ހެއްޔެވެ؟ ހިޔަޅުގެ ވިސްނުން ލިބިފައިވާ މައިމޫނަގެ ސިކުނޑި މަސައްކަތެއް ނުކުރިއެވެ. ލިބިފައިވާ ހިތާމަ އެހާމެ ބޮޑެވެ.
***
ޑޮކްޓަރަށް ދައްކަން އެޕޮރިންޓެމެންޓް ލިބުނީ ދެދުވަސް ފަހުންނެވެ. ޔަޒްދާން އާއި ފަލަކްގެ އެދުމުގެ މަތިން އަވްޝަންގެ ދެމަފިރިން އަވަށްގަނޑު ބަލާލަން ނިކުތެވެ. ދެދުވަސް ވަންދެން ވާރޭ ވެހުމުން މަގުތައް ވަނީ ހިސާބަކަށް ކިލަނބުވެފައެވެ. ހެނދުނުގެ ވަގުތަށް ވުމުން ދުންފިނީގެ ބޮޑެތި ގަނޑުތަކުން މަންޒަރު ފުސްކޮށްލާފައި އޮތެވެ. އިރުގެ ދޯދިތައް ވިލާތައް ފޫއަޅުވާލާފައި ، ދުރުދުރަށް ދާންދެން ރަން ކުލައަކުން އުޑުމަތި ފަވާލަފައި ވާއިރު ދޫނިތައް އެސޮރުމެންގެ ލޯބި އަޑުން ރާގުތައް ޖަހަމުން އުދުހިލާފައިދާ މަންޒަރު ފެނެއެވެ. ކާޅުތައްވެސް ހޭރޭ އަޑު މެދުކެނޑުމެއް ނެތި އިވޭއިރު ބޮލުގައި ބެރަކުން ތަޅާހެން ހީވެއެވެ.
ރާނިޔާ ހުރީ އަވްޝަންގެ ގައިގައި ބައްދާލައިގެންނެވެ. އޭނަ ފިންޏަށް ބަލިކަށިވުމުން މުޅިމީހާ ވަނީ ފިނިވެފައެވެ. އަވްޝަން ރާނިޔާގެ އަތަށް ފިތާލަމުން ނިތަށް ބޮސްދިނެވެ. އަވްޝަންގެ ހަށިގަނޑުގެ ހޫނުން ރާނިޔާއަށް ކުޑަ ލުޔެއް ލިބުނެވެ. އިރުގެ ހޫނުކަން ފެތުރޭލެއް ލަސްވުމުން ފަޒާ އޮތީ ގަނޑުހިފާފައެވެ.
”ރީ، ކުރީފަހަރު ނެގި ޓްރީޓްމެންޓްތައް ފެއިލްވީ ކީއްވެގެންތަ؟ ގައިމު އެފަހަރު ޑޮކްޓަރު ބުންޏެއްނު ސަކްސެސްފުލް ވާނެޔޭ؟….” ހަނި ގޯޅިގަނޑަކުން ހިނގަމުން ފަލަކް ސުވާލުކުރިއެވެ. ރާނިޔާއާއި އަވްޝަން ދަރިފުޅަކަށް ކުރާ އިންތިޒާރު ފެނި އޭނަ ހާދަ ދެރަވެއެވެ. ދެމަފިރިންގެ ކައިވެންޏަށް ހަތަރު އަހަރުވީއިރުވެސް ކުއްޖަކު ދެއްވުމަށް އެދި ކުރާ ދުޢާތަކާއި ދިގު އިންތިޒާރަށް ނިމުމެއް ނާދެއެވެ. އޭނަ ނަމަ ހިތް ހަލާކުވީސްކަން ކަށަވަރެވެ. މިހާރުވެސް މައްސަރުކަންތައް ކުރިމަތިނުވާނަމަ ކުޑަވަރެއްގެ ޕެނިކް އެޓޭކެއް ލިބެއެވެ.
”އެފަރު ކުޑަ ކޮމްޕްލިކޭށަންސްތަކެއް ދިމާވީ….” ރާނިޔާ ދިނީ ކުރު ޖަވާބެކެވެ. ދެން އިތުރު ސުވާލެއްކޮށް ރާނިޔާއަށް އިތުރު އަނިޔާއެއް ލިބިދާނެތީ ފަލަކް ހިޔާރުކުރީ ހަމަހިމޭންކަމެވެ. އޭނަ ދުވަހަކުވެސް އެކަމާގުޅެގޮތުން ސުވަލެއް ނުކުރެއެވެ. ނަމަވެސް މިފަހަރު ނުހުރެވިގެން އަހާލެވުނީއެވެ.
ދިގުކޮށް ގޮސް ދުރަށް ފެތުރިފައިވާ ކޯރުތައް ފެނި ލިބުނު އުފާ ދުލަކުން ބަޔާން ނުކުރެވޭނެއެވެ.. ފެންކޯރުގެ ތެރޭގައި އުފެދިފައިވާ ބާނީގެ ތެރޭން ކުދި މަސްތައް ފުންމާލާ ހަދައެވެ. ކޯރާއި ވިގިދެން ހުރި ވޯޓާރ ފޯލްއިން ފެންތައް ފައިބައިގެން ދާއިރު ބުރުއްސައިގެންދާ ކުދި ފެންތިކިތަކަށް އިރުގެ ދަޅަތައް އެޅި އޭގެތެރިން ވިދާލަނީ ވިއްސާރަދުނި ތަކެވެ. އެކިފަށްތަކަށް ބެހިފައިވާ ދުނީގެ ތެރެއިން ޗާލުކޮށް ވިދަނީ ރަތްކުލައެވެ. ފޮޓޯ ނަގަން ރީތި ތަނެކެވެ.
ކޯރުގެ އައްސޭރީގައި ހެދިފައިވާ މާތަކާއި ގަސްތަކުގެ ގޮފިތައް ލެނބި ކޯރުގެ ފެންގަޑުގެ ތެރެއަށް ބޯބާނައިގެން ތިއްބެވެ. ރަތާއި ރީނދޫކުލައިގެ ކުޑަމާތައް ވިދިވިދިގެން ފޮޅިފައިވާއިރު ހީވަނީ ކުޑަ ދޫލައެއް ފަތުރާލާފައި ވާހެންނެވެ. ގުނާ އަދަދު ނުކުރެވޭހާ ގިނަ ކޮކާތައް ފިޔަގަނޑުތައް ތަޅުވާލާފައި އުޅޭއިރު ހާދަ ފުރިހަމައެވެ. ގުދުރަތުގެ ރީތި ތަސްވީރުތަކެވެ.
”މިތާ ކައިރީ އަދި އޮންނާނެ، ޓިއުލިޕް ،އައިސް ލޭންޑް ޕޮޕީސް އެންޑް ލެެވެންޑާރ ފާރމެއް، ރީއަށް ފެނިޖެއްޔާ މޮޔަ ވެދާނެ…” ފަލަކްއަށް ފެނި ބާވެފައިވާ މަންޒަރުތަކެއް ވިޔަސް އޭނަގެ ހިތުން މިމަންޒަރުތައް ހޯދާފައިވާ މަގާމަށް ފަނޑުކަމެއް ނާދެއެވެ. ނުވެސް އަންނާނެއެވެ. ޔަޒްދާންއާއި އޭނަ އެންމެގިނައިން ވަގުތު ހޭދަކޮށްފައިވަނީ މިތާންގައެވެ. ލޯބި ހަނދާންތަކުން ފުރިފައިވާ ތަނެކެވެ.
”ދެން ޓްރީޓްމެންޓް ނިމުނީމަ ތިތަން ބަލާލަން ދާނީ…” ރާނިޔާ ބޮޑު ގާގަޑެއްގެ މަތީ އިށީންނަމުން ދިގު ތަނޑިތަކަކާއެކު ފޮޅިފައިވާ ލިލީ މާތަކެއް ބިނދެލިއެވެ. ކޮންމެ ފަހަރަކު ތަންތަން ބަލަން ދާން އުޅެފައިވެސް ބޭހުގެ ކަންތަކާހެދި އެއްވެސް ތަނެއް ބަލާލަން ނުދެވެއެވެ. ޑޮކްޓަރަށް ދައްކަން ގޮސްފިނަމަ ދުވަހުގެ ބޮޑުބައި ހޭދަވާނީ އެތާންގައެވެ.
”ވަރަށް ކައްސާނެ ބަލައިގެން އުޅެއްޗޭ…” އަވްޝަން ރާނިޔާގެ ހަރަކާތްތަކަށް ބަލަން ހުރެފައި ބުންޏެވެ. ރާނިޔާ އިނީ ފެންނަ ޤުދުރަތީ ރީތި މަންޒަރުތަކުން އުފާވެފައެވެ. ރާއްޖެއިން ނުފެންނަ ފަދަ ބޮޑެތި ދޫނިތައް އުދިހިލާފައި ދާއިރު ބަލަހައްޓައިގެން އިނދެވެއެވެ. ސިޓީން ބެރުގައިވާ ހިސާބަކަށް ވުމުން ދުއްވާތަކެތީގެ އުނދަގުލެއް ނުފޯރައެވެ.
ރާނިޔާގެ ތުންފަތް ފޫއަޅުވާލަފައިވާ ފަރި ހިނިތުންވުން ފެނި އަވްޝަންއަށް ލިބުނީ ބޮޑު އުފަލެކެވެ. ރާނިޔާ އަބަދު ހެވިފައި ހުންނަތަން ދެކެން އޭނަ ބެނުމެވެ. އެކަމަށް އޭނަ ކޮންމެފަދަ ޤުރުބާނީއެއްވެސް ވެދާނެއެވެ. މައްސަލައަކީ މައިމޫނާ އަބަދު ރާނިޔާއާއި ޖައްސާލަފައި އުޅޭތީއެވެ. ވަކިން އެޕާރޓްމެންޓެއް ހިފައިގެން ބަދަލުވާން އުޅެފައިވެސް އެހިޔާލު ދޫކޮށްލީ މަންމަ އާއި ބައްޕަ ދެރަވެދާނެތީ އެވެ. އަންނަ ރުޅީގައި މައިމޫނާއަށް ރޯޅިނުބާލާ ދުކޮށްލަނީ އޭނަ އިންތިހާއަށް ކެތްކުރާތީއެވެ.
ހެނދުނުގެ ނާޝްތާއަށް ފަހު ރާނިޔާ ދިޔައީ އެމީހުންނަށް ހާއްސަ ކުރެވިފައިވާ ކޮޓަރިއަށެވެ. އޭސީ ނިއްވާލަމުން އޭނަ ކުޑަދޮރުތަކާއި ބެލްކަނީގެ ދޮރުތައްވެސް ހުޅުވާލިއެވެ. ތެތްފިނިކަން އެކުލެވިފައިވާ ރޯޅިތައް އައިސް ހަންގަނޑުގައި ބޮސްދީފައި މިނިވަންކަމާއެކު ދޫކޮށްލި އިސްތަށިގަނޑާއި ކުޅެލިއެވެ. އެސީގެ ފިނިކަން ހިފާލާފައިވާ މާހައުލު ތެރޭގައި ވައިރޯޅިތައް އެނބުރެން ފެށުމުން މާބޮޑަށް ފިނިވިއެވެ. ރާނިޔާ ބެލްކަނިއަށް ނިކުމެލަމުން ރެއިލިންގެ ހަނި ދަގަނޑުހޮޅިތަކުގައި ހިފާލަމުން ގަސްތަކާއި މާތަކުން ހިސޯރުކޮށްފައިވާ ކުޑަ ބަގީޗާއަށް ބަލާލައިފިއެވެ. ކަޅި ހިންގާލާ ކޮންމެ ދިމާލަކުން ފެންނަނީ ޗާލުކަމެވެ. ބެލްކެނިއާއި ޖެހިގެން ކަހަލަގޮތަކަށް ހުރި އަނބުގަހުގައި މަޑުކޮށްލައިގެން ތިބި ސްޕެރޯތަކުގެ އަޑު މެދުކެނޑުމެއްނެތި އިވެއެވެ.
ރާނީޔާގެ ލޮލުން ކަރުނަ ހިލުނީ އިހްތިޔާރަކާ ނުލައެވެ. މިހާރަކަށް އައިސް އޭނަ މާބޮޑަށް ޖަޒުބާތީ ވަނީއެވެ. އެކަނިވެލާއިރަށް މައިމޫނާގެ ރަހުމެއް ނެތް ޖުމްލަތައް ކަންފަތުގައި ހަރުލައެވެ. އޭނަ އެޖުމްލަތަކާ މެދު ނުވިސްނަން ގަދަ ހެދިޔަސް ހަމަ ވިސްނެނީއެވެ. އެއީ ވިހަގަދަ ޖުމްލަތަކެވެ. މައިމޫނާދެކެ އޭނަ މިހާރު ވަރަށް ބޮޑަށް ފޫހި ވެއްޖެއެވެ.
އެގޮތުގެ މަތިން ވިހި މިނެޓް ފާއިތުވެގެން ދިޔައެވެ. އެސްފިޔަތުން ފުރޭނިގެން އައިސް ވެއްޓިފައިވާ ކަރުނަތައް ފޮހެލަންވެސް ރާނިޔާ ބޭނުމެއް ނުވިއެވެ. ހިތްފުރެންދެން ރޯލަން ބޭނުންވީއެވެ.
އަވްޝަން ރާނިޔާގެ ފަހަތުން އައިސް ކުޑަ ގޯނާ އެއްކޮށްލަމުން ރެއިލިންގްއަށް ލެނގިލާއިރަށް އަނގަޔަށް ނުބައި ގޮތެއް ހަދާލެވުނެވެ. ރާނިޔާގެ މޫނު ފެނި އޭނަ ކަންބޮޑުވިއެވެ.
”ރިނީ، ކިތައް ފަހަރުތަ އަހަރެން ބުނާނީ އެހާ ބޮޑަށް ކަންކަމާމެދު ނުވިސްނާށޭ، އެވްރީ ތިންގް ވިލް ބީ ފައިން، ރިނީ ހާސްވާތީ ރަގަޅަށް އެއްވެސް ކަމަކާމެދު ނުވިސްނެނީ، ބީ ޕޮޒިޓިވް، ހިތްވަރާއެކު މަސައްކަތްކޮށް ކަންކަމާ ކުރިމަތި ލީމަ ކާމިޔާބު ލިބޭނީ، އެހެން ނޫންނަމަ ހިތްވަރު އެލި ބަލިކަށިވެދާނެ، ސްޓްރެސްވުން ނޫންކަމެއް ނުވާނެ…. މީހުން ދައްކާ ބޭކާރު ވާހަކަތަކަށް ސަމާލުކަން ނުދީބަލަ، ޕްލީސް….” ރާނީޔާގެ ކޮނޑުގައި ދެއަތުން ބާރަކަށް ހިފަހައްޓާލަމުން އަވްޝަން ބުންޏެވެ. އެރީތި މޫނުން ފާޅުވަނީ ހިތުގައި ޖެހިފައި ހުރިވަރެވެ. ރާނިޔާ ރުއިން އެއީ އޭނައަށް ހޭލާ ހުރެގެން ފެންނަ ބިރުވެރި ހުވަފެނެކެވެ.
ރާނިޔާ ލަސްލަހުން އިސްއުފުލާލަމުން އަވްޝަންގެ ދެލޮލަށް ބަލާލިއެވެ. އެދެލޮލުގައިވަނީ ލޯތްބެވެ. ނިމުމެއްނެތް ލޯތްބެވެ. ތާއަބަދު އެކުގައި ވާނެކަމުގެ މެސެޖްތަކެވެ. ރާނިޔާ ތުންފަތުގައި ދަތް އަޅާލިއެވެ. އޭނަ ރުއިމުން އަވްޝަން ވެސް ދެރަވާނެއެވެ. ހިތްވަރު ކުރަންވީއެވެ. ހިތްވަރާއެކު މަސައްކަތްކޮށް މާތްﷲއަށް ދުޢާ ކުރުމުން ނޫނީ ކާމިޔަބެއް ނުލިބޭނެއެވެ. ޝަކުވާކޮށް ހެދުމުން ބަލިކަށިވުން ނޫންކަމެއް ނުވާނެއެވެ. ފުރަތަމަ ކަމަކަށްވެސް މައިމޫނާގެ ބަދު ބަސްތައް ސިކުނޑިން ނެރެ އެއްފަރާތްކޮށްލަން ވީއެވެ. އެއީ ނުބައި މީހެކެވެ. އޭނައަށް ދުވަހަކު ރަގަޅުކަމެއް މެދުވެރިވުމަށް ނޭދޭ އަންހެނެކެވެ. އެފަދަ މީހަކު ބުނެފައިވާ ބަސްތަކާމެދު ވިސްނުމުން ލިބޭނީ މޮޅިވެރިކަމެވެ. އަވްޝަން އޭނައަށް ނަސޭހަތްދިން އަދަދެއް ނޭގެއެވެ.
”އަހަންނަށް ބަލާބަ، ކިތައް ފަހަރުތަ އަހަރެން ބުނާނީ ރިނީ ދޫކޮށްނުލާނަމޭ…. ކުއްޖަކު ނުލިބުނަސް އަހަންނަށް ހޮޔެ، ތި ލޯތްބާއެކު މުޅި އުމުރު ހޭދަކުރެވިދާނެ…..” އަވްޝަން ރާނިޔަގެ މޫނުގައި ހިފަހައްޓާލިއެވެ. ރާނިޔާއާއި އަވްޝަންގެ ހަތަރުކަޅި ބައްދަލުވިއެވެ. ރާނިޔާ ފުން ނޭވާއެއްލިއެވެ.
”ޝާން….” ރަނިޔާގެ ދުލުން ވާގި ދޫވިއެވެ. އަވްޝަން އޭނަގެ ޝަހާދަތް އިނގިލި ގެނެސް ޖެއްސީ ރާނިޔާގެ ތުންފަތުގައެވެ. ރާނީޔަގެ ލޮލުގައި ވިދާބަބުޅަމުންއައި ކަރުނަތައް ހިނދުނެވެ. ނުރައްކާތެރި ދަރަޖައަކަށް ކައިރިވެރިފައިވާ އަވްޝަންގެ ރީތި ސޫރަ ފެނުމުން ރާނީޔާއަށް ދެލޯ މަރާލެވުނީ ބޭއިހްތިޔާރުގައެވެ. އެލޯބި މޫނުގައި މަޑުމަޑުން ފިރުމާލެވުނެވެ.
”ދެން ދުވަހަކު ނުރޯތި، އައިލް ބީ ވިތް ޔޫ….” އަވްޝަންގެ ދިގުވެފައިވާ ތުނބުޅި ރާނިޔާގެ ކަނދުރަގައި ބީހިގެން ދިޔައިރު ރާނިޔާގެ ގައިން ހީބިހިނަގައިގެން ދިޔައެވެ. ބާރަކަށް އަވްޝަންގެ ބައިމަތިފުޅާ ހަށިގަނޑުގައި ބައްދާލެވުނުއިރު އަވްޝަންގެ ތުންފަތުގެ ހަދިޔާއިން ރާނިޔާގެ ހުރިހާ ހިތާމަތަކެއް ފިލައިގެން ދިޔައެވެ. އޭނަ އެވަގުތު ގަސްދުކުރީ ހިތާމަތަކާ ދުރުވާށެވެ. ކެތްތެރިވާށެވެ. ކުއްޖަކު ނުލިބުނަސް އަވްޝަންގެ ލޯތްބާއެކު މުޅި އުމުރު ހޭދަކުރެވިދާނެއެވެ.
***
އީނާއާއި އަލްޔަސް ތިބީ ސުނާމީބިނާ ކައިރީގައެވެ. އިރުއޮއްސެމުން ދިޔަ ވަގުތައް ވުމުން އެހިސާބުގަނޑު ވަނީ މީހުންތަކުން ފުރާލާފައެވެ. ގިނައީ ނޫކަށިފުރައިގެ ކުދިންތަކެވެ. ދިޔަވަރު ހިކިފައި ވުމުން މުޅި މޫދުގައި ވަނީ ކުޑަ ގާތަކުގެ ދޫލައެއް ފަތުރާލާފައެވެ. ގާތަކުގެ ދެމެދުގައިވާ ހުސްތަނަށް ޖަމާވެފައިވާ ފެންކޯރުތައް ވަނީ ފާޑެއްގެ ރަތް އޮރެންޖް ކުލައަކުން ޕެއިންޓެވެފައެވެ.
”ސެލްފީ؟…” އަލްޔަސް އޭނަގެ ފޯނު ނަގަމުން ބުނެލިއެވެ. އީނާ އަލްޔަސްއާއި ކައިރިއަށް ޖެހިލަމުން ސެލްފީއެއް ނަގަން ތައްޔާރު ވެލިއެވެ. ދެތިން ފޮޓޯގަނޑު ނެގިއިރު ހިތްހަމަޖެހާވަރުގެ ފޮޓޯއެއް ނެގުނެވެ.
”މައި ގޯޑް، ސޭމް ހިނގާބަލަ މަސްކާށި ކާން، ޕްލީސް، ޕްލީސް، ޕްލީސް، ކްރޭވިންގް ފޯރ އިޓް…” އީނާ އިނީ ދުރުގައި ހުރި ގާޑިޔާ ދޮށަށް އެއްވެފައި ތިބި މީހުންތައް މަދު ނުވެގެންނެވެ. މީހުން މަދުވުމާއެކު އޭނަ އަލްޔަސްގެ އަތުގައި ހިފާ ދަމަމުން ތެދުވާން އެދުނެވެ.
”މިދަނިއްޔޭ، އީނޫ އަތަށް ދެމީމަ އަތަށް ތަދެއްވެސް އަރައިފި….” އަލްޔަސް ތެދުވެލަމުން ޖިންސްގެ ޖީބަށް ފޯނު ލިއެވެ. ގަދަ ފެހިކުލައިގެ ޓީޝާޓަކާއި ކަޅުކުލައިގެ ޖިންސެއްގައި އަލްޔަސް ހުރިއިރު ޝަޚްޞިއްޔަތު ވަރުގަދަކަން ހާމަކޮށްދެއެވެ.
އީނާ ގާޑިޔާ ކައިރިއަށް ހުއްޓޭއިރަށް ފެނުނު މަންޒަރަކުން އީނާގެ ލޯ އެދިމާއަށް ދަތުރު ކުރިއެވެ. ކުޑަކޮށް އޭނަ ހުރީ ނުތަނަވަސް ވެފައެވެ. ސައިކަލުން ގޮސް ޖެހިގެން އޮތް ގޯޅިއަށް އެޅީ ޒަލަފް ނޫން ދެވަނަ މީހެއް ނޫނެވެ. ޒަލަފްގެ ސައިކަލުގެ ފަހަތު ސީޓުގައި އިނީ ކޮން އަންހެންކުއްޖެއް ހެއްޔެވެ؟ ރޫޔާ ހެއްޔެވެ؟ އެކަމަކު މިއަދު ރޫޔާ ގެއިން ބޭރަކަށް ނުދެއެވެ. އެސައިންމެންޓްތައް ނިންމަން ރޫޔާ އުޅެނީ އަވަދިނެތިއެވެ. އީނާއަށް ވިސްނާލެވުނެވެ.
”ހޭއި ކޮންކަމަކަށް ގެއްލިފަ؟…” އަލްޔަސް ފައިސާ ދައްކަމުން އީނާގެ އަތުގައި ހިފާލުމާއެކު އީނާ ދިޔައީ ސިއްސައިގެންނެވެ..
(ނުނިމޭ)
11 Comments!
Comments are closed.
enJoy reading…. 11th vanabai Saturday ga upkohladeynan, inshaallah, faharehga mi baiga kuh huredhane if anyone notice such mistakes let me know… 🙂 dhen rangalhu kuravi kameh ves vaanama angaalahchey, and thnx to all readers 🙂 <3
vvvv nice.
V reeeeeethi mi bai vas
އަވްޝަން އީނާގެ އަތަށް ފިތާލަމުން ނިތަށް ބޮސްދިނެވެ aslu innaany awshan raaniyage athah fithaalamun nithah bos dhineve. dhw mutha?? ekamakuves vaahaka hama varah nice…keep it up the gud work:)
ey thn eena roo gaathu bunaany dho xalaf ehn anhen kujjakaa eky ulheyey………roo ah dhoka dheny ey….eyrn rooo eena dheke rulhi annan fashaany dhooo……plx muthaa ehn viya nudhechey….maimoona beynun vaa knthah furihama nukuracheyyy….eena n rooo nujassacheyyy…plx….plx….btw vaahaka vvvvvvv habeys……waiting 4 da nxt prt…..
vvv nice vaahakaei…muthaaa iwnt to cntct u…
nice………
Vvvvvvvvvvvvv nyc, dhenves maimoona islaahu vaakah nulhey dhoa ? Nulafaa miheh
thanks to all….. liuu ehaa loabin ulhei dhekudhin ge dhemedhah vananan mamoona akahves faseehaeh nuvane eh nu. let see dhoa, hey marri mi page in mutha aaa contact kurevene https://www.facebook.com/pages/Stories-By-Mutha/429291827161512 leave a message and i’ll add u in fb ….. once again thnxxxxx to the readers 🙂 . leen ethankolhu rangalhu kohfin, thnx ingey
woww v habeys ingey
Mutahiru?