މާފުން ކަނޑުގެ ތެރެއިން ދިވެހި ރާއްޖޭގެ ރަށްތައް އުފެދިގެން އައިރު އަހަރެން އޮތީ އެެއިން ރަށެއްގެ މެދުގައެވެ. ހައިރާންން ކުރުވަނިވި ކަންތައްތަކުން ފުރިފައިވާ މިދުނިޔެއަށް ލޯހުޅުވާލެވުނުއިރު އަހަރެންނަކީ ވަރަށް ތަފާތު ތަނެކެވެ. އަހަރެންގެ ގައިގާ ވަށައިގެން ހިތް އުފާކޮށްދޭނެ ދިރުމެއް އެއިރަކު ނުވެއެވެ. އަހަރެންގެ އަނގައިގެ ފެންގަނޑުގައި ފުމެއުޅޭނެ މަހެއްނެތެވެ. ލަވަކިޔައިދޭނެ ރީތި ދޫނިތަކެއް، ހާލިހަދާލާނެ ގަހެއްނެތެވެ. އަހަރެންނަށް ލިބިފައިވީހާވެސް ނިޢުމަތަކީ ގަނޑުފެންކޮޅެއްހާ ފިނި ފެންގަނޑެވެ. އަހަރެން އެގޮތުގައި މާގިނަ ޒަމާންތަކެއް ހޭދަކުރާކަށް ނުޖެހުނެވެ. ޗަކަވެލި ބިމުގައި، […]
ލުވެއިޒް އެއްޗެކޭ ނުބުނާތީ އަހަރެމެންނަށް ޖެހުނީ އެ ތަނުގައި ތިބޭށެވެ. ޝާން ދެފަހަރަކު ބުނުމެންވެސް ލުވެއިޒް ދާކަށް ނޫޅުނެވެ. “މާޒިން……” ކުރެހިފައިވި އަޑަކުން ލުވެއިޒް ގޮވާލުމުން އަހަރެން ލުވެއިޒްއަށް ބަލައިލީމެވެ. “އެކުވެރި ކަމުގެ ޙައްޤުގައި އަހަރެން ބުނާ ގޮތް ހަދައިދީ…” “ކީތް ކޮށްދެންވީ؟” އެހިއިރުވެސް އަހަރެންގެ ހިތުގައި ބިރުވެރި ކަމެއް ވިއެވެ. އެކުުވެރިކަމގެ ޙައްޤުގައޭ ބުނާނީ ކިޔަން އުޅޭ ކަމެއް ވަރަށް ވުރެން ބޮޑު ވީމައެވެ. ކަޑައެއްޗެކޭ ނުކިޔައްޗެވެ. “މަ ދުވަސްކޮޅަކަށް ކެނެޑާއަށް ޖައްސާލާނީ… ދުވަސްކޮޅެއް މީންސް، […]
އަޔާޒްގެ ފަހަތުން ގޮސް އަހަރެން ސޯފާގައި ޖައްސާލީމެވެ. ރިފާޝާ ހުއްޓުނީ ސްކްރީން ކައިރީއެވެ. “މީ މިހާރު އަހަރެމެން ސްޕައި ކުރާ ދެމީހުން.” އަހަރެންނަށް ހީވީ މީހަކު އަހަރެން ބުރަކަށީގައި ޖެހީ ހެންނެވެ. ދެލޯ އަތަށް ނައީ ކިރިޔާއެވެ. “ޖިހާން އެން އިބާނާ؟” ޤަބޫލު ކުރާނީވެސް ކިހިނަކުން ހެއްޔެވެ. ލިބުނު ސިހުމާއިއެކު ސްކްރީން ކައިރިއަށް ދެވުނީ އިޚްތިޔާރުންވެސް ބޭރުގައެވެ. “ޔާހް… ސޮރީ ޒިން، އެކަމަކު އެމްއެމްއޭ އަށް ބަޔަކު، މިދިޔަ މަހު ރިޝްވަތު ދީ، ފައިސާތަކެއް ހޯދައިފާވާކަމަށް ސާފު ހެކި މިއޮތީ..” އަޔާޒް އައިސް […]
އަހަރެންނަށް ބެލެމުން ދިޔައީ ފޯނަށެވެ. އީންގެ ލޮކޭޝަން ލިބުމުން، ދެން ނުބަލާ ހުރެވޭނީވެސް ކިހިނަކުން ހެއްޔެވެ. އީންގެ ލޮކޭޝަންއެއް ނޫނެވެ. އީންގެ ޖެކެޓުގެ ލޮކޭޝަންއެވެ. ދާ ގޮތަށް ގޮސް ދޮންނަ މެޝިނަށް ނުލައިފިއްޔާ ރަނގަޅެވެ. ފޯނަށް ގެއްލިފައި ހުރެވުނު ވަރުން، ހޮޓެލްގައި ތިބި މީހުންކިޔަމުން ދިޔަ އެއްޗިހި އަޑެއްވެސް ނީވުނެވެ. އަސްލު އަޑު އިވުނެވެ. ގެޓު ނުވީއެވެ. “ސަރ، ލިފްޓުން ކަރަންޓު….” ބުނިމީހަކަށް ބުނެވުނީ އެހިސާބަށެވެ. ލެއްޕެން ދިޔަ ލިފްޓުދޮރުގައި އަތް ޖައްސާލެވުމާއި އެކު ކޮންމެވެސް ގޮތެއްވިއެވެ. […]
އަހަރެން ކޮޓަރި ދޮރު ހުޅުވާލާފައިވެސް ނެގި ފިޔަވަޅު ހުއްޓާލީމެވެ. އެތެރެއަށް ވަން އަންހެން ކުއްޖާފެނިފައެވެ. އެއީ އެލީނާ ނޫން ދެވަނަ އެހެން މީހެއް ނޫނެވެ. އެއްކަލަ ކާލިން މަންޖެއެވެ. ރީތިކޮށް ބޯ ގަތާލާފައި، ޔުނީފޯރމްގައި ހުރި އިރު، އެލީނާ ފެންނަލެއް މާ ފުރިހަމައެވެ. އެކަމަކުވެސް ކުރާނީ ކީތްހެއްޔެވެ. އެލީނާ އަކީ އަހަރެންގެ މީހެއް ނޫނެވެ. އެލީނާއަށް އަހަރެން ފެނުމުގެ ކުރިން އަވަސްއަވަހަށް އަހަރެން އެތެރެއަށް ދެމިގަތީމެވެ. އެނދުގައި އޮށޯވެލެވުމާއި އެކު ޚިޔާލުތައް އައިސް ބޯ ފުރާލިއެވެ. އީންގެ […]
ހެނދުނު ހޭލި އިރުވެސް ބޮލުގައި ރިއްސަމުން ދިޔައެވެ. އެހެންނަމަވެސް، އަހަރެން ރީތިވެލައިގެން ބޭރަށް ނިކުތީމެވެ. ރީތިވުމޭ މި މާނަކުރީ ފެންވެރި ކަމަށެވެ. ނަމަކަށް އަތުން ބޯވެސް ރީތިކޮށްލީމެވެ. ދެން އަހަރެން ދިޔައީ މަންމަ ގެއަށެވެ. “ހާދަ ގޮތަކަށް؟ ބަލީތަ؟” “ހްމްމްމް…… ސްކޫލަށް ގުޅާފަ މާދަމާ ބުނޭ މަ ބައްޔޭ. އުނހުނ، ކޮންމެހެން ބޮޑު ދޮގުތަކެއް ހަދާނެ ކަމެއް ނެތް.. ބުނޭ މި އަންނަ ހަފްތާ ސްކޫލަކަށް މަ ނުދާނެޔޭ….” އަހަރެން މަންމަގެ ޖަވާބަކަށް ބެލުމެއްނެތި ކޮޓަރިއަށް ވަދެ […]
ގަޑިއަށް ބަލަހައްޓައިގެން ވަގުތު ނުގުނިއެއްކަމަކު އަހަރެން ހުރީ އަށްގަޑި ބައިނުވެގެން ލަސްވެފައެވެ. މިހާރު އީން ނުފެނި އަހަރެންނަށް ނޭވާވެސް ނުލެވެނީއެވެ. ކުރާނީ ކީތްހެވެ. އެމަންޖެ މަށަށް ހަދާފަ ހުރީ ވަރުގަދަ ސިހުރެކެވެ. އަހަރެން އެދުނުގޮތަށް އަށެއްޖެހިއިރު، އަޔާޒް އަހަރެން ބަލައި އައެވެ. އޭނައަށް ގުޅަންޖެހުނީ، މިނިވަން ދުވަސްކަމުން، ލައިސެންސް ނެތި ސައިކަލު ދުއްވާލައިފިއްޔާ، ގަޑިއަށް ނުދެވިދާނެކަމުގެ ބިރަށެވެ. ހިތް ތެޅޭލެއް ބާރު ކަމުން އެކްސިޑެންޓުވެސް ވެދާނެ ނޫންހެވެ. ދުވަސްތަކަކަށްފަހު، ސްކަލްސިކްސް އަށް ވަދެވުމުން ބަޔާންކުރަންދަތި އިހުސާސްތަކެއް ވިއެވެ. […]
“ކާލިންއޭ.. ކާލް… ދޮންތަޔާ އެއްކޮށްވެސް އުޅުންތަ؟ ދެން އައްޗީޑި.. އެކަމަކު އޭނަ ބުނީ….” އަހަރެންގެ ބޯ މާޒީއަށް ވުރެ އީންއަށް މުހިންމު ވީ ކާލިންއެވެ. ރަޝިޔާ މަންމައެއްގެ ރީތި ދަރިއެއް ވީމަ ވާނީވެސް އެހެންނެވެ. އެކަމަކު އޭނަ ދުނިޔޭގަ ހުރީކީވެސް ނޫނެވެ. “ކާލިން ކިހިނެއްވީތަ؟” އަހަރެން އެހީމެވެ. “އެލީނާ.. ކައެ ބޭނުންހާ މީހަކު ކައިރީ ކިޔޭ ފެންވަރުގެ ވާހަކަޔާ އެ ނޫން ވާހަކަތައް ދަންނާތި” އަހަރެން ސިހުނީ ތަންކޮޅެއް ދުރުގައި ހުރި މޭޒެއްކައިރީ ތިބި ބަޔަކު ވަރަށް […]
މާޒިންގެ ނަޒަރުން ………… އަހަރެންނަށް ހޭލެވުނީ، ވަރަށް ލަސްވެފައި ހުއްޓައެވެ. ހޮނިހިރު ދުވަހެއްކަން ވެސް ނަސީބެވެ. އަބަދެކޭވެސް އެއްގޮތަށް ތެދުވެ އަހަރެން ފޯނު ބަލައިލީމެވެ. ސިހުނީ ލުވެއިޒް ބައިވަރު މެސެޖުކޮށްފައި ހުރުމުންނެވެ. ދެތިން ފަހަރަކު ގުޅާފަ ވެސް އިނެވެ. ރޭގެ ހާދިސާ ލުވެއިޒްއަށް އެނގުނީހެއްޔެވެ. އަލީނާ ގެއަށް ގޮސް ލުވެއިޒް ކައިރީ ކިޔާލީހެވެ؟ އަނެއްކާ އަނެއް ހަކަންތަކެވެ. މި އަންހެން ކުދިންނަށް މީހުން ކައިރީ ކިޔަން ޖެހޭ ވާހަކައާއި ކިޔަން ނުޖެހޭ ވާހަކަވެސް ވަކިކުރާކަށް ނޭންގޭނެއެވެ. މެސެޖުތައް […]