ކިތަންމެ ބޭނުން ނުވިޔަސް އަހަރެން ބެލްއަށް ފިއްތާލީމެވެ. ރުކާން އަހަރެންނަށް ވަމުން ދިޔަ ގޮތް ބަލަން ހުއްޓެވެ. އެހެން ނުވާންވީ ސަބަބެއްވެސް ނެތެވެ. މިހާރު އެއީ އަހަރެންގެ ޙަޔާތުގެ އެއްބައި ނަމަވެސް އެމީހުންނަކަށް އަހަރެންގެ މާޒީއެއް ނޭންގޭނެއެވެ. ޑިއުޓީ އޮތުމުން މަޑު ނުކޮށް ޖިހާން ދިޔައީއެވެ. ދޮރު ހުޅުވީ ލުވެއިޒްއެވެ. މަ ކަހަލަ ނިދަންމިޔަރެއް އެހާ ހެނދުނު ފެނުމުން އޭނާ ރަނގަޅަށްވެސް ހައިރާން ވިއެވެ. އެއަށްވުރެ ބޮޑަށް ހައިރާން ވީ، ފަހަތުގައި ހުރި ރިކް ފެނިފައެވެ. ރުކާން […]
“ޒިން، ދިސް އިޒް ކްރޭޒީ.” ސައިކަލުގެ ކުރީގައި އިން ރުކާން އަހަރެންނާއި ދިމާލަށް ބުނެލިއެވެ. އަހަރެން ބަދަލުގައި ލާނެއް ހިނިތުންވުމެއް ވެދުންކޮށްލީމެވެ. އިސްކަންދަރު ސްކޫލް ގޭޓާއި ދިމާއަށް ބަލަހައްޓައިގެން އަހަރެމެން އެތާ ތިބޭތާ އެއިރުވެސް ދޮޅު ގަޑިއިރު ވެދާނެއެވެ. އަހަރެން އެކި މީސްމީހުންނަށް ޓެކްސްޓު ކުރަމުން ދިޔައިރު، ގަޑިއަށް ފަރުވާ ނުބެހެއްޓިއެއްކަމަކު އެއްވެސް ކަމެއް ނެތިފައި ރުކާން އިނީ ފޫހިވެގެން މަރުވާވަރު ވެފައެވެ. ޖިހާން ގެނެވުނުނަމަ ހުއްޓާނުލައި ކުސްތެޅީސް ކަންނޭންގެއެވެ. “ބްރޯ ކެތްލަވާބަލަ. ޔަނާ… ހާދަ ސަޅި […]
އެތައް އިރެއްގެ އިންތިޒާރީ އަކަށް ފަހު ކުއްޖަކު އައިސް ދޮރު ހުޅުވިއިރު ދަންވަރު އެއްގަޑި ބައިވެދާނެއެވެ. ވަދެގެން އައީ ލޫޅާފަތި، ދޮން އަންހެން ކުއްޖެކެވެ. ހުދު ހެދުމުގައި ހުރި އިރު އިސްތަށިގަނޑު އޮތީ ރީތިކޮށް ހުޅިއެއް ޖަހާފައެވެ. ބަލާބެލުމަށް ފަންސަވީސް އަހަރަށް ވުރެ ދޮށްޓެއް ނުވާނެއެވެ. ހަމަ ގައިމުވެސް ދިވެއްސެއް ނޫނެވެ. “ކަލޭމެންނަށް ހީވަނީ މަ މީ މިތާ ބަހައްޓަން ގެނައި އަސީރެކޭތަ؟ ބަލަ މަ ކުރަން ހުރި ކަންތައް މަދުވެގެނެއް ނޫޅެމޭ. ކިހާ ދެރަކަމެއްތަ؟ މަ […]
“މާޒް، ހާދަ ދުވަހެއް ކޮށްލާފަ؟ ކައި ކައިރިއަށް ޖައްސާލާފަ ދޯ؟” މެނޫ ދިއްކޮށްލަމުން އަހަރެންނާއި ދިމާއަށް ޝީން ހިނިތުންވެލިއެވެ. އަހަރެންވެސް ހިނިތުންވުމަކުން ފުއްދާލީމެވެ. ……….. “ސްޕައި” އޭ ބުނުމުން ނަމުގައި އެއީ ވަރަށް މަޖާ ކަމެކޭ ހީވެދާނެއެވެ. އެއީ މުޅިން ދޮގު ހީއެއްވެސް ނޫނެވެ. ނަމަވެސް…. “ބްރޯ ކެތްލަވާބަލަ. ޔަނާ… ހާދަ ސަޅި ބިޓެކޭ” އަހަރެން މަޑުމަޑުން ރުކާންގެ ކޮނޑުގައި ޖަހާލީމެވެ. ކަލެއަށް ރަނގަޅުވާނޭ ބުނާފަދައަކުންނެވެ. “ކައެ ތީ ކާކުތަ ރީތި ހަޑި ބިޓުން ކިޔަން.” ބަދަލުގައި […]