މާ ގިނަ އިރު ނުކޮށް ކިޔާރާ، ފޯނު ކަނޑާލުމުން، އަހަރެން ގޮސް، އެނދުގައި އވެލީމެވެ. އެއިރުވެސް ހުރެވުނީ ހިނިތުންވެފައެވެ. ދެވަނަ ފަހަރަށް ފޯނު ރިންގުވާން ފެށީ، ދެބަދޭތެރޭ އޮއްވައެވެ. ނަގާ ހިތް ނުވެފައި އޮވެވެސް، ކާކުތޯ ބަލައިލީމެވެ. އެއާއި އެކު، މުޅި ގައިން ހީބިހި ނަގައިގެން ދިޔައެވެ. ނަގަން ހިތް އެދެއެވެ. ނަމަވެސް، ހަމަ އެ ސިކުންތުކޮޅުވެސް ޝަކުވާތައް އަހަރެންގެ ސިކުނޑި ފުރާލިއެވެ. އަހަރެން މަޑުމަޑުން ފޯނު ސްކްރީންގައި ފިރުމާލީމެވެ. ހަމަ ފޯނު ނަގަންވީ ހެއްޔެވެ؟ ……………………………………………………………………. […]
“ކޮބާ އޮޓޯޕްސީ ރިޕޯރޓް..” ފުރަތަމަވެސް އަހަރެން ސުވާލު ކޮށްލީމެވެ. ލުވެއިޒް އެއްވެސް އެއްޗެކޭ ނުބުނެއެވެ. “އެންމެ އެއްޗެއް. އެއް ކަންތަށް މަށަށް ސާފު ކޮށްދީ..” ޝަޔާން ލުވެއިޒްއާއި ދިމާއަށް ބުނެލިއެވެ. ލުވެއިޒް އިސް ޖަހާލީއެވެ. އަހަން އެއުޅޭ އެއްވެއް މާކުރިންވެސް، އިނގޭ ކަހަލައެވެ. “މަރުވިއިރު، ބަނޑަށް ތިން މަސް. ކާކު ދަރިއެއް؟” …………………. “ބުނެބަލަ… ކާކު ދަރިއެއްހޭ..” ހަމަ ހިމޭން ކަމުގެ ވަގުތުކޮޅަކަށްފަހު ދެންވެސް ގުގުމައިގެން ދިޔައީ ޝަޔާންގެ އަޑެވެ. “މަށަކަށް ނޭންގެ.” މަޑުމަޑުން، ލުވެއިޒް ބުނެލިނަމަވެސް، […]
އެހެން އަހަރެމެން ތިބޭތާ އެތައް އިރެކެވެ. އެންމެންނަށް ދޮރާ ދިމާއަށް ބަލައިލެވުނީ، ބެލް ޖެހި އަޑަށެވެ. މީހަކު ހައިރާން ނުވާނެ ހެއްޔެވެ. ދާހިތްލާ ފޯވެފައި، މާނޭވާ އެހުރީ އެނޫން ދެވަނަ އެހެން މީހެއް ނޫނެވެ. “ޝާން…؟؟؟” …………………. ފުރަތަމަ ފަސް މިނިޓު ޝާން ހޭދަ ކުރީ، މާ ނޭވާ ލުމުގައެވެ. އެއައީ، ކިލޯ މީޓަރެއް ދުވެފައި ކަމަށްވެސް ވެދާނެއެވެ. އެ ހުރިހާ އިރު އަހަރެމެން އެންމެންނަށް، ކުރެވުނު ހާވެސް ކަމަކީ، ދެލޯ ވެއްޓޭވަރަށް ބޮޑުކޮށްގެން ބެލުމެވެ. “ލުވެއިޒްއާ، […]
“ޒިން މަށަކަށް ނޭންގެ ތިމީހުން ތިކިޔާ ލޮއިތްބަކީ ކޯޗެއްކަމެއް. އުފާވެރި އިހުސާސެކޯ. އެކަމަކު، ފިރިހެނުން ތިވާ ލޯބިން ހިތްދަތި ކަން ނޫން އެއްޗެއް ލިބޭތަ… މަވެސް ބޭނުމޭ އުފަލުގަ ހިތް ހަމަ ޖެހިގެން ދިރިއުޅެން.. އެންމެނަކަށް މާޒިންހެން ހެވިފަ ދިރިއެއް ނޫޅެވޭނެ. އެކަން ޤަބޫލު ކޮށްބަ..” އެލީނާގެ އަޑާއި ލޮލުގައިވީ އާދެހޭއެވެ. ނަމަވެސް އަހަރެންނަށް އެކަންކަން އެނގޭނީ ކިހނެއްހެއްޔެވެ. ކިޔައިދޭނީ ކާކު ހެއްޔެވެ. “އެލީނާ ކާލިން ދެކެ އެހާ ލޯބި ވަނީ އީން ދެކެ ވީ ލޯބިން […]
ކޮންޓްރޯލުން ނައްޓައިގެން އައި ކާރު އެދިޔަ ބާރު މިނުގައި ގޮސް، ޖެހުނީ، ކުރިމަތީ އޮތް ކާރުގައެވެ. ބާރު އަޑުފަށްގަނޑާއި އެކު، އެ ކާރު، ކޮންޓްރޯލުން ނައްޓައިގެން ގޮސް، ކޮންމެވެސް ވަރަކަށް ކަހާލާފައި ބްރިޖުގެ ކައިރީގައި ޖެހިފައި މަޑުވިއެވެ. ގަތް ބިރާއެކު އަހަރެންނަށް އަޑުގެ ނެތްކޮޅަށް ހަޅޭތް ލަވައިގަނެވުނެވެ. “އެލީނާ…..” …………………. ކޮޅު ކޮޅަށް އެކިއެކި މީހުން ހަރަކާތްތެރި ވަމުން ދިޔައިރު އަހަރެންނަށް ހުރެވުނީ ގަނޑުވެފައެވެ. ޕޮލިހުންނާއި ނަރުހުން، އިރު ކޮޅުކޮޅާ އަހަރެންގެ ކުރި ކަނޑަމުން، ބާރަށް ހިނގާފައި […]
ބޭނުން ވީ ކޮޓަރިއަށް ގޮސް، އަރާމުކޮށް ނިދާލާށެވެ. އީން ހުވަފެން ބަލާލާށެވެ. ނަމަވެސް އަހަރެން ދިޔައީ ބަނދަރަށެވެ. އަދި، ނުނިންމާ ކަމެއް އޮތީމާ، އެކަން ނިންމާލާށެވެ. އަހަރެން ދިޔައިރު، ރިފާޝާ، އިންތިޒާރުގައި ހުއްޓެވެ. ލޯންޗު އޮތީ ރެޑީކޮށްފައެވެ. އަހަރެން ފެނުމުން، ރިފާޝާ، ނުލަފާ ގޮތަކަށް ހީލިއެވެ. އަހަރެންވެސް އޭގެ ބަދަލު، ހިނިތުންވުމެއް ދިނީމެވެ. އަޔާޒް އެއްބަސް ނުވިއަސް އަހަރެމެން، މިކަން ކުރާނަމެވެ. ރިފާޝާ ލޯންޗު ދުއްވަން އިން އިރު، އަހަރެމެން ދެމީހުން ނޫން އިތުރު މީހަކު އެ […]
“ޔަޒް….އީން.. ބަލަ އީން..” އަހަރެން ބައްތިރީސް ދަތާއެކު ދައްކާލީމެވެ. ކުރިންވެސް އެ މޫނުން ފެނުން ކުލައެވެ. “ޔޫ ނީޑް މެޑިކަލް އެސިސްޓެނސް…” ރިފާޝާ ހުންނަނީ ޒާތީގޮތުން އަހަރެންނާއި ޖައްސާލާފައެވެ. ނޫނީ އެއީ އަހަރެންނަށް ހީވާ ގޮތްހެއްޔެވެ؟ އަޔާޒްވެސް އަޅާ ނުލާ ދިޔައީއެވެ. އަހަރެން ފޯނު ބަލައިލީ ދެނެވެ. އެވީ ކިހިނެއް ހެއްޔެވެ. މިހާރަކު ނެތެވެ. އިނީ އެއްކަލަ އެއްޗެވެ. ނޮޓް އެވޭލެބަލް އޯއެވެ. އެކަމަކު އަހަރެން އެ ދެކުނީމެވެ. އަހަރެން އަހަރެންގެ އީން ދެކުނީމެވެ. ކެމެރާ ރޯލް […]
“ޔަޒް….އީން.. ބަލަ އީން..” އަހަރެން ބައްތިރީސް ދަތާއެކު ދައްކާލީމެވެ. ކުރިންވެސް އެ މޫނުން ފެނުން ކުލައެވެ. “ޔޫ ނީޑް މެޑިކަލް އެސިސްޓެންސް…” ރިފާޝާ ހުންނަނީ އަހަރެންނާއި ޖައްސާލާފައެވެ. ނޫނީ އެއީ އަހަރެންނަށް ހީވާ ގޮތްހެއްޔެވެ؟ އަޔާޒްވެސް އަޅާ ނުލާ ދިޔައީއެވެ. އަހަރެން ފޯނު ބަލައިލީ ދެނެވެ. އެވީ ކިހިނެއް ހެއްޔެވެ. މިހާރަކު ނެތެވެ. އިނީ އެއްކަލަ އެއްޗެވެ. ނޮޓް އެވޭލެބަލް އޯއެވެ. އެކަމަކު އަހަރެން އެ ދެކުނީމެވެ. އަހަރެން އަހަރެންގެ އީން ދެކުނީމެވެ. ކެމެރާ ރޯލް ހުޅުވާލީ […]
އިރުކޮޅަކަށް ހިނގާލާފައި، އީން، ދިޔައީއެވެ. ދެން އެރޭ، ހިނގާލަންވެސް ޖެހުނީ، އެކަންޏެވެ. އީން ހުރި ނަމަ، އެރޭ ހާދަ ފުރިހަމަވީހެވެ. ދެމީހަކު ވަރަށް ބާރަށް ދުވެފައި އައީ، ބައިގަޑި އިރެއް ހާއިރު ފަހުންނެވެ. މޫނު މަތީގައިވީ ހާސްކަމެވެ. “މާޒިން… އެލީނާ ދެކުނިންތަ؟” މާނޭވާލަމުން، އެލީޒާ ބުނެލިއިރު، އަޔާޒްގެ މޫނުމަތީވެސް ވީ ހާސްކަމެވެ. އެލީނާ ދެކުނީ ދެންމެ ނޫންހެވެ. ރަނގަޅަށްވިއްޔާ މިހާރު އޮންނާނީ ނިދާފައެވެ. “އާނ… ބައިގަޑިއިރެއް ހާއިރު ކުރިން…. ގެސްޓް ހައުސްއަށް ދިޔައީ… ގޭޓާ ހިސާބަށް ދަންދެން، […]