އިންޖެކްޝަންގެ ބާރު ހުރިވަރު ސިކުންތުކޮޅެއްގެ ތެރޭގައި ފެންނަން ފެށްޓެވެ. ފަހު މަންޟަރަކަށް ފެނުނީ، ފުސްކޮށް، ރިފާޝާ، ބިމަށް ދެމޭ މަންޟަރެވެ. ހަމަ އެ ޖެހި ކަށީގެ ބާރުންނެވެ.

…………..

މަޑުމަޑުން ދެލޯ ހުޅުވާލީމެވެ. ދިއްލާފައި ހުރި ގަދަ އަލީގެ ސަބަބުން، މާ ގިނައިރަކުނުުހުރެވުނެވެ. މަންޟަރު ނުފެންނަނީސް ޖެހުނީ، ދެލޯ މަރާލާށެވެ.

ދެވަނަ ފަހަރަށްވެސް ލޯ ހުޅުވާލީމެވެ. އެއާއި އެކު ކައިރީގައި ވަމުން ދިޔަ ކަންކަން ފެނި، ހިތަށް އިތުރު ހާސްކަމެއް ވަނެވެ. އަހަރެންނަށް ހުރެވުނީ، ގޮނޑިމަތީ ކޮށްޅަށް ތިބި ތިން އަންހެން ކުދިންނާއި ފުދޭވަރަކަށް ދުރުގައެވެ. ވަރުގަދަ ނައިލޯނު ވާގަނޑަކުން، ދެއަތް ފުރަގަހަށްލައި، ތަނބަކާއި އެކު އައްސާފައެވެ. ތެޅި ގަތީމެވެ. މިޝްމެން ކައިރިއަށް ދާންބޭނުންވެފައި ހުރިލެއް ބޮޑުކަމުންނެވެ. ނަމަވެސް ކުރެވެން ނެތް ކަމެއް ކުރާނީ ކިހިނަކުން ހެއްޔެވެ.

“އަހ… މާޒިން…” އައިސް، އަހަރެންގެ ކުރިމަތީ ހުއްޓިލި ފިރިހެން މީހާ ބުނެލިއެވެ.

މީގެ ކުރިން ދުވަހަކުވެސް ފެނިފައިނުވާ މީހެކެވެ. މުޅިން އާ މޫނެކެވެ. ޢާންމުކޮށް އުޅޭ ދިވެހިންނަށްވުރެ ހަމުގެ ކުލަ ކަޅުވެފައި، މައްޗަށް ނަގާފައި ހުރި އިސްތަށިގަނޑުވެސް ތަފާތެވެ. ކަންފަތް ތޮރުފާލައިފައި ހުރި އިރު، ކަރުގައިވެސް، ރިހި ފަށެއް އޮތެވެ.

“ތީ ކާކު؟” ރުޅިވެރިކަމާއި އެކު އަހަރެން އަހާލީމެވެ. އެއިރުވެސް، އަހަރެންގެ ނަޟަރު ހުރީ މިޝްކާއާއި ދިމާއަށެވެ. ދެން ހުރި ދެމީހުނާ ޚިލާފަށް، މިޝް ކުރުކަމުން، ކިރިޔަ ކިރިޔާ ހުރެވޭ ކަމެވެ.

“މަ މީ ކާކު ކަމެއް ނޭންގޭތަ؟؟ ދެން ކައެއަށް ކޯޗެއް އިނގެނީ؟” ހުނުމަކާއި އެކު، ތެދުވެ ގޮސް، އެމީހާ، ގޮނޑިތައް ކައިރީ މަޑުކޮށްލިއެވެ. ދެންމެ ދެންމެ، އެއިން ގޮނޑިއެއް، ފައިންޖަހާ ވައްޓާލަފާނެޔޭ، އަހަރެންގެ  ހިތަށް އަރަމުން ދިޔައެވެ.

“ހިމްޔާން ޕްލީސް…. ދެން ދޫކޮށްލަބަ….” އަހަރެންނަށް ހައިރާން ކަމެއް ލިބުނީ، މިޝްކާ ވާހަކަދައްކަން ފެށުމުންނެވެ. މިޝްކާއަށް މި މީހެއް އެނގުނީ ކިހިނަކުންހެއްޔެވެ.

“މަ އޭރުވެސް ބުނިން ދޯ، ކައެ ބޭބެކައިރީ، ނުބެހޭ ކަންކަމާ ނުބެހޭށޭ ބުނާށޭ..” އެބުނާ ހިމްޔާން، މިޝްކާއާއި ޖެހޭ ނުޖެހޭ ހިސާބުގަ ހުއްޓިލަމުން ބުނެލިއެވެ.

“ދެން ކީއްވެތަ އެންމެންނަށް ތި ގޮތްގޮތް ހަދަނީ؟ ހިމް ބުނީމެއްނު ހިމްއަކީ ކްރިމިނަލެއް ނޫނޭ… މިހެނެއްް ނޫޅެމޭ. ދެން ކީއްވެތަ؟” ވާހަކަ ދައްކަމުން ދިޔައިރުވެސް، މިޝްކާއަށް ދިޔައީ ގިސްލެވެމުންނެވެ. އަހަރެންނަށް ޖެހުނީ ވާނުވާގައި ހުންނާށެވެ.

“ކައެގެ ގަމާރު ކަމެއްނު މީހަކު ލޯބިވެޔޭ ބުނާއިރަށް ރަށްޓެހިވުން.. ދޮގެއް ހެދިޔަސް އެނގެނީކީ ނޫން. އިންޒާރެއް ދިނަސް ޤަބޫލުކުރަނީކީ ނޫން.. ހުސްވެސް ކަލޭގެ ގަމާރުކަމުން ވާ ކަންކަން…” މިޝްއާއި ދިމާއަށް، ޝަހާދަތް އިނގިލި ދިއްކޮށްގެން ހުރެ، ހިމްޔާން، ވާހަކަދައްކަމުން ދިޔައެވެ. މިޝްކާގެ ކަމަކީ ގިސްލަގިސްލާފައި ރުއިމެވެ.

“މަށަށްވެސް މިތާ ވާނުވާ އަންގާލީމަ ދޯ، ބޮލުން ސުވާލުމާކުތައް ފިލާނީ..” އެހެން ހުރެފައި އަހަރެން ގޮވާލީމެވެ. އެއިރު، ހިތުގައި އޮތް ބިރުވެރިކަން، ކޮންމެވެސް ވަރަކަށް ފިލައިފިއެވެ. މީނަ މި އުޅެނީ ހަމައެކަނި ކުޑަކޮށް މަޖާ ކޮށްލަން ކުޅިވަރު ކުޅެންކަން ވިސްނިގެންނެވެ. އެހިތުގައި މިޝްމެނަށް ގޮތެއް ހަދަން އޮތްހެން ހީނުވާތީއެވެ.

“ކައެ ކޮއްކޮއާ މަށާ… އެއީ މަ މިތިންމަސް ދުވަހު މަޖާކޮށްލަން ކުރިކަމެއް. އެކަމަކު ކައެމެން މިތަނަށް ގެނެސް ތިތިބީ، މިކަމާ އެއްވެސް ގުޅުމެއް އޮވެގެނެއް ނޫން..” ހިމްޔާން، އަޑު ހަރުކޮށް ވާހަކަދައްކަމުން ދިޔައެވެ.

“ދެން؟” ކެތްތެރިކަމުގެ ކުޑަކަމުން އަހަރެން އެހީމެވެ.

“ފުރަތަމަ ކަމަކަށް، ކަލޭ… ކަލެއާ ހެދި މަގޭ ކޮއްކޮ، ރޭގަ އެ މަރުވީ. ދެން މިހިރަ އެލީޒާ.. އަހާބަލަ، ނުކުރަނީ ކީތްތޯ؟ އެކުވެރިޔެކޭ ކިޔައިގެން ގެންގުޅުނަސް، މިހާރު މޮޔަވެފަ ހުރި ޔޫހާއަށް ދިމާކޮށް ޖެއްސުން ކުރުން، އެއީ މީނަ އެންމެ ކުރާހިތުންކުރި ކަންތައް.. ކުރިން ކައެމެން ދެމީހުން އެއް ސްކޫލެއްގަ އުޅުން އިރު، މާޒިނަށްވެސް ހުންނާނީ، ފެނިފަ، އެލީޒާ، ޔޫހާއަށް ޖެއްސުން ކުރާތަން… މަ ވަރަށް ދުވަހު ކެތް ކޮށްފިން މިދުވަސް ބަލާ ހިތުން. މިއޮތީ ވަގުތު އައިސްފަ.” ފަހަރަކު މީހަކަށް އިނގިލި ދިއްކުރަމުން، ހިމްޔާން، ވާހަކަދައްކަމުން ދިޔައެވެ. ތެދެކެވެ. އެލީޒާއާއި އޭނާގެ އެކުވެރިން ޔޫހާއާ ހަނގާ ކުރާކަން، އެއީ އަހަރެންނަށް އޮޅިފައި އޮތްކަމެއް ނޫނެވެ. އެހެނެއްކަމަކު، އަހަރެން ދެން އެކަމަކާ ބެހެންވީ ކީތްކުރަން ހެއްޔެވެ. ކުރިން އޮތް އެކުވެރިކަމުގެ ސަބަބުން، އެއިރު، އެލީޒާ ކުރާ ގޯސްކަންކަން އަހަރެން ނުވެސް ބަލަމެވެ. ރުހުމުގެ ލޮލަކަށް އައިބެއް ނުފެންނާނޭ ބުނެއުޅެއެއް ނޫންހެވެ. ދެން އަހަރެން ގަސްތަކާއި އެކު ކޮށްފައި އޮތްކަމެއް މިތާ އެބެތް ހެއްޔެވެ؟ މޮޔަވެގެން އުޅޭ ފިރިހެނެކެވެ.

“ދެން ކަލެއާ ޔޫހާޔާ، އަހަރެމެންނާ ކޮންކަމެއް..” އެނގެން ބޭނުންވެގެން އަހަރެން އެހީމެވެ.

“އެއީ މަގޭ ދެބެއިންގެ ދެދަރި ކޮއްކޮއޭ… އަތުގަ ފައިސާ ހުރީމަ، ކައެމެނަށް ހީވަނީ، ކުރާ އެއްވެސް ކަމެއް އެހެން ބަޔަކަށް ނޭންގޭނޭ. މިމީހުން ކިޔާވަރުން، ޔޫހާ، އަނެެއް ގޭންގު މީހަކާ ރަށްޓެހިވީ… ވީކަމެއް ނޭންގެ، ކިރިޔާ އެ ސަލާމަތް ވީ…” ދެންވެސް ކުށްވެރި ވީ އެލީޒާއެވެ. ވަރަށް އެނގޭ ދަންނަބެކަލަކަށް ވެ ހުއްޓަސް، އަހަރެންނަށްވެސް އެނގޭ މިންވަރު ވަރަށްވުރެވެސް ކުޑަތާއެވެ.

“ކައެމެން، މެދުގަ އޮތް ކޮރަޕްޝަންއާ، ވެފައި ހުރި ޚިޔާނާތްތަކާ ހުރެ މިތާ ފަސާދައެއް އޮތިއްޔާ އުފެދިފަ އޮތީ… އެކަމަކު ކަމެއް ވާއިރަށް، ހުރިހާ ކަމެއްވެސް އަހަރެމެން، ގޭންގުތައް ބޮލަށް… މަސްތުވާ އެއްޗެއް އެތެރެކުރާއިރަށްވެސް، ކުޑަ ގޮޅިއަށް ދާނީ އަހަރެމެން. އެކަން ކުރަން ބުނި މީހުނާ، މަގު ފަހި ކޮށްދިން މީހުނާ ފައިސާ ދިން މީހުން، ހަމަ އުފަލާ އަރާމުގަ… އަހަރެމެން މީ ކައެމެންގެ އަޅުންނެއް ނޫނޭ…. މިކަމަކާ ހެދި ކިތައް ފަހަރު ކައެ މެންނަސްވެސް އިންޒާރު ދެއްވިއްޖެ… އެކްސިޑެންޓު ކޮށްކޮށްވެސް، ވިސްނޭކަށް ނޫޅުން.. އެހެންވީމައޭ، ހެލިކޮޕްޓަރު ވެސް ގޮއްވާލަން ޖެހުނީ..” ހިމްޔާންގެ ވާހަކަ ކުރިއަށް ގެންދެވުނީ އެހިސާބަށެވެ. އައި ކުއްލި ރުޅިއާއި އެކު، އަހަރެން، އަތްތެރެއަށް ލައްވާފައި އޮތް ދެވަޅިން ކުރެ އެއް ވަޅި ހޫރާލީމެވެ.  ހެލިކޮޕްޓަރު ވައްޓާލީވެސް މިމީހުން ހެއްޔެވެ. އެ ހާދިސާގައި އަހަރެމެންނަށް ދެވުނީ ކިހާވަރެއްގެ އަނިޔާއެއްކަން ނުދަތީ ކީއްވެހެއްޔެވެ.

އެއްލި ވަޅި ގޮސް ޖެހުނީ ބިމުގައެވެ. ދެއަތްމެ އައްސާފައި އޮތުމުން، މިޒާނުން ކައްސާލީއެވެ. އެހެންނޫންނަމަ، ހެރުނީހީ، ސީދާ ހިމްޔާންގެ ގައިގެ ކޮންމެވެސް ހިސާބަކަށެވެ. އަހަރެން އެހާ ދަށްވާނޭ ހީ ނުކުރައްޗެވެ.

އިރުކޮޅަކު ވަޅިއަށް ބަލަން ހުރެފައި، ހިމްޔާން، ފުން ނަޒަރަކުން އަހަރެންނަށް ބަލައިލިއެވެ. އެއަށްފަހު މިޝްކާމެންނާއި ދިމާއަށް ހިނގައިގަތެވެ. ވާން އުޅެނީ ކީތްކަން އެނގުނުހިނދު، އަހަރެންނަށް އަނެއްކާވެސް ތެޅިގަނެވުނެވެ. ލަސްކުރުމެއްނެތި، ދެން އޮތް ވަޅިވެސް، އެއް އަތަށް ހެޔޮވަރުކޮށްލީމެވެ.

ހިމްޔާން ގޮސް މަޑުކޮށްލީ، ރިފާޝާ ކައިރީއެވެ. އަދި އަނެއްކާވެސް އެނބުރި އަހަރެންނަށް ބަލައިލިއެވެ. ކޮންމެ ގޮތެއް ވިޔަސް ހެޔޮކަމަށް، އަހަރެން، ވަޅި ހަރަކާތްކޮށްލީމެވެ. ހުރި ތޫނުކަމާއި އެކު، ހަންގަނޑުގައި ޖެހުނު ހިނދު ކަފައިގެން ދިޔައެވެ.

ނުލަފާ ހިނިތުންވުމެއް ދީފައި، ހިމްޔާން، ރިފާޝާ ހުރި ގޮނޑި ކޮއްޕާލިއެވެ. ރިފާޝާގެ ބާރާއި އެކުވެސް، ގޮނޑި، ހުރިތާ ނުހުއްޓެވެ. ދިޔަބާރު މިނުގައި ގޮސް ވެއްޓުނެވެ. މަންޟަރު ފެނުމާއި އެކު، ދެލޯ މަރާ ތަގުޅިކޮށްލެވުނެވެ.

“ހަހް… ތިހެން ހުރެބަލަ. މާ ގިނައިރަކު ނުހުރެވޭނެއްނު” ހިމްޔާން، ވާހަކަ ދައްކާ އަޑަށް އަހަރެން ލޯ ހުޅުވާލީމެވެ. ދެއްކި ވާހަކައެއް ދެއްކީ ރިފާޝާއާއެވެ. ކޮންމެވެސް ގޮތަކުން، އަތް އައްސާފައި އޮތް ވާކޮޅު މޮހާލުމަށްފަހު، ވާގަނޑުގެ މަތީގައި އަތުން ހިފާއްޓައިގެން ހުރެ އަމިއްލަ ބަރު، އުފުއްލައިގެން ހުރުމުން، ވާގަނޑަށް، މެހުނަ ނުދީ، ރިފާޝާއަށް ހުރެވެނީއެވެ.

ހިތުގައި އުންމީދުގެ ހުޅުކޮޅުދިއްލުނެވެ. ތަދުވިނަމަވެސް، އަހަރެން އައްސާފައި އޮތް ވާގަނޑު ކަނޑާލެވޭތޯ، އަނެއްކާވެސް މަސައްކަތް ފެށީމެވެ. އަތަށް ކިތަންމެ އަނިޔާއެއް ލިބުނަސް، އެހެން ބައެއްގެ ފުރާނަ، ދިޔަނުދީ ހިފެއްޓުން މާ މުހިންމެވެ.

ދެން ހިމްޔާންގޮސް ހުއްޓިލީ އެލީޒާގެ ކުރިމަތީގައެވެ. މޫނަށް ވައްތަރުތަކެއް ޖައްސަޖައްސާފައި ގޮނޑިކޮއްޕާލިއެވެ. ނަސީބު ރަނގަޅުކަމުން، އެލީޒާއަށްވެސް އަތް އައްސާފައި އޮތް ވާގަނޑު މޮހާލެވޭވަރު ވިއެވެ. އެލީޒާވެސް، ރިފާޝާ ކަންތައްކުރި ގޮތަށް، ވާގަނޑުގައި އެލިގަތެވެ. ރިފާޝާ ހުއްޓެއް ކަމަކު، އެވަރަށް ތަޖުރިބާ ނެތަތީ، އެލީޒާއަށް މާ ގިނައިރު ނުހުރެވޭނެކަން، އެލީޒާގެ މޫނުމަތީ ފާޅުވާން ހުރި ވަރުބަލިކަމުންވެސް، އެނގޭވަރުވެއެވެ.

ދެންހުރީ މިޝްއެވެ. މި އެންމެނަށްވުރެ ފިނޑިވެފައި، ބާރު ކުޑަވާނެއެވެ. މަސައްކަތް ކުރަމުންދިޔަ ނަމަވެސް، އަތް އައްސާފައި އޮތް ވާގަނޑުވެސް، މޮހެން އުޅޭ ކަމުގެ ނިޝާނެއް ނުފެނެއެވެ. އަހަރެންގެ ހިތު ވިންދު ދިޔައީ އަވަސްވަމުންނެވެ. މިޝްއަށް ގޮތެއް ވާތަން، ބަލަން އަހަރެންނަށް ކެތް ވާނެ ހެއްޔެވެ.

ހާސްވީމާ ވާނެ ގޮތް ދެން އެނގެއެއްނޫންހެއްޔެވެ. މަސައްކަތަށްވެސް އަންނާނީ ލަސްކަމެވެ. އަހަރެންގެ އަތް އައްސާފައި އޮތް ނައިލޯނު ގަނޑަށްވުރެ، އަތުގައި ވަޅިއެޅޭލެއް ގިނަވާން ފެށިއެވެ. ހެސްކިޔާފައި ލޭތަށް އޮހެމުން ދިޔައެވެ.

“ހިމްމް…” ރޮއެގެން ކަމެއް ހައްލު ކުރެވެންޏާ މިޝްކާ އެކަން ކުރާނެއެވެ. ނަމަވެސް، ހިމްޔާން ހުރީ، މިޝްކާގެ ގިސްލުމަށް އަޅާލާ ކަހަލަ ގޮތަކަށްނޫނެވެ. އިންސާނިއްޔަތު ކަމެއްވެސް ނެތީއެވެ. ކަމަކަށް ބަދަލު ހިފަން ބޭނުންވިޔަސް މިވަރު ތަންކޮޅެއް ބޮޑުނޫންހެވެ. އެހެންނޫނަސް ބަދަލު ހިފަން މިތާ ވެފައި އޮތީ ކީތްހެވެ. މިމީހުން ކަންތައް ބޮޑުކޮށްލަނީ މާ އަވަހަށެވެ.

“މިޝް!!!!” ގޮނޑި ކޮއްޕާލުމާއި އެކު، އަހަރެންނަށް ހަޅޭއްލަވައިގަނެވުނެވެ. ލަސްވުމެއްނެތި، މިޝްކާގެ ހަށިގަނޑު، އެލުނެވެ. ހަމަ އެއާއިއެކު، ރޯމަހެއްހެން، މިޝްކާ ތެޅިގަތެވެ.

އަތަށް، ހަމަށް ނާރަށް ބެލުމެއްނެތި، އަހަރެން، ވަޅި ހަރަކާތް ކޮށްލީމެވެ. ވާގަނޑު ކެނޑުމާއިއެކު، އަހަރެން ދުއްވައިގަތީމެވެ.

ފިލްމުތަކުގައި ހެން، ހިމްޔާން މަރާލާނެ، ލަޓިބުރިއެއް ނޫނީ، ދަނގަނޑުގަޑެއް ނެތެވެ. އިންސާނަކަށް ދިރިއުޅެވޭނެ ފެންވަރަށް ހަދާފައިވާ އެ ކޮޓަރިން، އަހަރަެންނަށް ލިބުނު ހާވެސް އެއްޗަކީ، ކުނިކަހާ ސާފުކުރާ، ފިހިގަނޑެވެ. ކުރާނީ ކީތްހެވެ. ހަމަލާއެއް ދެވޭނީވެސް ހަމައެކަނި އަތުޖެހުނު އެއްޗަކުން ނޫންހެވެ. ނެގި ގޮތަށް އަތަށް ހެޔޮވަރު ކޮށްލާ، ހިމްޔާންގެ ބޮލުގައި އެތިފަހަރެއް ޖެހީމެވެ.

ނަރޫޓޯމެންހެން ވިއްސައިގެން ނުދިޔަ ނަމަވެސް، އަހަރެން ޖެހި ބާރު މިނުން، ހިމްޔާން، ބޮލުގައި އަތް އަޅާލިއެވެ. ވަގުތު ބޭކާރު ކުރުމެއް ނެތި، އަހަރެން، މިޝްކާ ކައިރިއަށް ޖެހިލީމެވެ. ފުރަތަމަ އަހަރެން އުޅުނީ، މިޝް އުފުއްލާ ލެވޭތޯއެވެ. ތެޅޭވަރުން އެކަން މާ ބޮޑަށް ކާމިޔާބެއް ނުވިއެވެ. ދެން އަހަރެން ގޮނޑި ނަގާ، މިޝްގެ ފައި ޖެހޭނެ ގޮތް ހަދައިދިނީމެވެ. ނަމަވެސް، އިތުރު ކަމެއް ނުކުރެވި އުޅެނިކޮށް، ހިމްޔާން، އަހަރެން ކޮއްޕާލިއެވެ. އެކަމަށް ސަމާލު ނުވެވި ހުރުމުގެ ސަބަބުން، އަހަރެން ގޮސް ޖެހުނީ ބިންމައްޗަށެވެ. ސިކުންތެއްވެސް ބޭކާރު ނުކޮށްލާ ދެވަނަ ފަހަރަށްވެސް، ހިމްޔާން، މިޝްގެ ގޮނޑި ވައްޓާލިއެވެ.

ވެއްޓުނު ބާރުމިނުގައި އަހަރެން ތެދުވީމެވެ. ކަކުލުގައި ހުރިއްޔާ ހުރި ބާރެއްލައި ޖެހުމާއި އެކު، ހިމްޔާންވެސް، ތަޅުންގަނޑަށް ވެއްޓުނެވެ. ގޮނޑި ނަގަން ބެލިއިރު، ވިއްސައިގެން ގޮސްފައި އޮތީ މާ ދުރަށެވެ. ސިކުނޑިއަށް ދެވަނަ ޚިޔާލެއް އައިކަން ހަމަ ނަސީބެވެ. އަތުގައި އޮތް، ތޫނު ތިލައިން، މިޝްކާގެ އަތް އައްސާފައި އޮތް ވާގަނޑު ކަނޑާލުމާއި އެކު، ބަރަކަސް، އެ ހަށިގަނޑު މައްޗައް އުފުލާލީމެވެ.

“މިޝް…. ވާގަނޑުގައި ހިފާބަ… މިޝް..” އަހަރެން ބުނަމުން ދިޔައީމެވެ. ނަމަވެސް، ބަސް ޤަބޫލުކުރާކަށްވެސް މިޝްކާ ނޫޅުނެވެ. އަހަރެންގެ ފިނޑި ކޮއްކޮގަނޑު، ބިރު ގަންނަނީ މާ ބޮޑަށެވެ. އެ ޙާލަތުގައި ބިރު ގަންނާނެވެސް ތާއެވެ. ހަނގުރާމަ ކުރަމުން އެ ދަނީ މަރުގެ ތުންފަތްމަތީއެވެ.

“މިޝް!” ފިހިގަނޑުގެ ހަމަލާއެއް ބުރިކަށްޓަށް އެރުމާއި އެކު، އަހަރެން، ކުރިއަށްވުރެ ބާރަށް ގޮވާލީމެވެ. އަތޮޅުވެރިންނަށް ވަލުގައި ހިތްޕެއެވެ. މި ހާލަތުގައި، އަހަރެންނަށް، މިޝްކާގެ ހަށިގަނޑު އުފުލޭނީއެވެ. ވަލުގައި ހިފުމާއި ނުހިފުން، އޮތީ މިޝްކާގެ އަތްމަތީއެވެ.

އަހަރެން ކޮއްޕާލަން، އައި ހިމްޔާންގެ ހަމަލާއި ދިފާޢުވާންވެސް ޖެހުނީ އެހެން ހުރެއެވެ. ބަދަލުގައި ދެވުނު ހަމަލާވެސް، މާ ބޮޑު އެއްޗަކަށް ނުވިއެވެ.

ތަންކޮޅެއް ލުއިވިހެން ހީވުމުން އަހަރެން މައްޗަށް ބަލައިލީމެވެ. މިޝްކާ ވަލުގައި ހިފީއެވެ. ލިބުނު ހަމަޖެހުމާއި އެކު އެކީހެން، ފިހިގަނޑުގެ ހަމަލާއެއް އަހަރެންގެ ގަޔަށް އެރިއެވެ. ވިތަދަކާއި ތަދެއް ބަހައްޓާފައި އަހަރެން ތެދުވީމެވެ. ގޮސް ހިމްޔާން ކޮއްޕާލީމެވެ. ތަނެއްދޮރެއް ފަހުމްނުވިޔަސް، ޓީވީއިން ދައްކާ ރެސްލިން މުބާރާތްތައްވެސް ބެލީ ސަބަބަކަށްޓަކައެވެ. އަހަރެންގެ އަތުގައި އޮތް ހަތިޔާރަކީ، ހަމައެކަނި، ތޫނު ތިލައެވެ. ކިތަންމެ ކުރަން ބޭނުން ނުވި ކަމެއް ނަމަވެސް، ހިމްޔާންގެ އަރިކަށިން ފެށިގެން ތިރިއަށް ފަލަމަސްގަނޑުގެ މެދަކާ ހިސާބަށް، އަޅާލީމެވެ. މާ ފުންކޮށެއްވެސް ނޫނެވެ. ހަމައެކަނި މަގުސަދަކީ ހިމްޔާނަށް، ތަދަކީ ކޯޗެއްކަން ކިޔައިދިނުމެވެ. ކިރިޔަ ކިރިޔާ ސަލާމަތުން ތިބި، އަހަރެންގެ ބެލުމުގެދަށުގައި ތިބި ތިން އަންހެން ކުދިން، ސަލާމަތުގެ އައްސޭރިއަށް ގެންދާނެ ވަގުތުކޮޅެއް ހޯދާށެވެ..\

“އާހްހް…” ހުރި ބަރު، އަޑުން، ހަޅޭއްލަވައިގަތެވެ. މުޅިތަންވެސް، އެއަޑުން ގުގުމާލިއެވެ. އަވަސް ވަގުތެއްގައި، ހަމަލާއެއްްލިބެން ނޭދޭތީ، އަހަރެން އަނެއްކާވެސް ހިމްޔާން ކޮއްޕާލީމެވެ. މިކަހަލަ އަނިޔާ ދިނުމަކީ، ކިތަންމެ ދަށު ދަރަޖައިގެ ކަމެއް ނަމަވެސް، ފަހަތުގައި، ކިރިޔަ ކިރިޔާ ދަން ނުޖެހި އެތިބީވެސް ހަމަ އިންސާނުންނެވެ.

އެލީޒާގެ ޙާލު ހުރީ ވަރަށް ދަށުގައެވެ. ޢުމުރު ދުހު ޕަރޓީ ތަކުގައި މަޖާ ކުރާ މީހާ، ގައިގައި ވަރެއް ނެތް ޙާލު، ބިރުން ތުރުތުރު އަޅައަޅާ ހުއްޓާ، ވަލެއްގައި އެލިގެން ހުންނަން ޖެހުމުން، ކިހާ ބޮޑު ވޭނެއް އިހުސާސްވާނެ ހެއްޔެވެ. މިޝްކާގެ ޙާލުވެސް ވަކި ރަނގަޅެއް ނޫނެވެ. މި އެންމެން ތެރެއިން އެންމެ ބަރުވެފައި ބުރަހެލި ވާނީވެސް، ހަމަ މިޝްކާއެވެ.

ޙާލަތަށް ވިސްނާ، އެންމެ ރަނގަޅުގޮތް ކަމަށް ބަލާ، އަހަރެން، ރިފާޝާގެ ވާގަނޑު ކަނޑާލީމެވެ. ދެން ތިބި މީހުނަށް އެހީއެއް ވެވޭނީވެސް، ރިފާޝާއަށް ކަމަށް ވީތީއެވެ. އަނެއް ދެމީހުންކުރެ މީހެއް ސަލާމަތް ކުރި ނަމަ، އަވަހަށް ފިލަން ދުއްވައި ނުގަންނާނެކަމެއްވެސް ނޭންގެއެވެ.

ރިފާޝާގެ ފުރިހަމަ އެހީ ލިބުނު ނަމަވެސް، ދެން ދިމާވި މައްސަލަ، ތަންފުކެއްވެސް ކުޑައެއް ނޫނެވެ. ހިމްޔާންގެ ހަޅޭކުގެ އަޑަށް، ދިމަދިމާއިން، މީހުންއެއްވާން ފެށިއެވެ. ކުރީ ޒަމާނު ހަނގުރާމައަކަށް އަންނަ ލަޝްކަރެއް ވަރު ނުވިނަމަވެސް، ފަސް މީހުނަކީވެސް، ހަމަ އެކަނި އަހަރެން ކުރިމަތިލާން، ގިނަ އަދަދެކެވެ. ރިފާޝާ އެލީޒާމެންގެ، ކަންކަމާއި ހަވާލުމުން، އަހަރެން، އެ އައި މީހުންގެ ޒިންމާ ނެގީމެވެ. މަޖުބޫރުވެގެންނެވެ. އެހެންގޮތެއް ނެތީމައެވެ.

އަހަރެން ވަކިވަކިން، އެންމެނަށް ބަލައިލީމެވެ. އަހަރެން މީ، މި އެންމެން، އެއް އަތުން ޖަހާ ވިއްސާލެވޭވަރުގެ މީހެކޭ ހީވާކަހަލައެވެ. ނަމަވެސް ހުރި ހުރިހާ ކެރުންތެރިކަމެއް، އެމީހުންގެ އަތުގައި ހުރި ހަތިޔާރު ފެނިފައި ދިޔައެވެ. ވަޅިޔާއި ކަޓަރެވެ. މީހަކު ކޮށާ ކުދިކޮށްލެވޭނެ އެއްޗިއްސެވެ. ކަނޑިއާ ބަޑި ނެތް ކަމެއްވެސް ނޭންގެއެވެ.

“އެމާރޖެންސީ…” ރިފާޝާ، ބުނެލި އަޑު އިވުނެވެ. އެންމެންގެ ނަޟަރުވެސް އެ ދިމާއަށް ހުއްޓުނެވެ. ފާޑެއްގެ އަންހެން ކުއްޖާގަނޑެއް ހަމަ ހުރެފަ އެމަރޖެންސީއޭ ބުނުމުން ވާނީ އެހެންނޫންހެވެ. ރިފާާޝާ އެކުރީ ކީތްކަން، އަހަރެންނަށް ފަހުމްވީ މާ ފަހުންނެވެ. އަހަރެމެން ލައިގެން ތިބި ސޫޓްގައި، ހަރުކޮށްފައިވާ، ޑިވައިސްއިން، އެމްއެސްއޭގައި އަހަރެމެން ކަންކަން ބަލާ މީހުނަށް، އަޑުގެ މެސެޖު ފޮނުވޭނެއެވެ. އަހަރެންގެ ސިކުނޑިއަށް ކިުރިން އެ ޚިޔާލު ނައީ ކީއްވެބާއެވެ. ތަޖުރިބާކާރު ރިފާޝާވެސް، އަހަރެންނަށް ހަނދާން ނުކޮށްދިން ކަމެވެ.

ކޮޓަރީގެ އެއް ބިތުގައި މިޝްކާއާއި އެލީޒާ ބައިތިއްބައިގެން ރިފާޝާއާއި އެކު، އަހަރެން، ކުރެވެން ހުރި ކަމެއް ވިއްޔާ ކުރަމުން ދިޔައީމެވެ. އިތުރު ބަޔަކަށް ގެއްލުމެއް ވިޔަ ނުދީ، އޮތް ޙާލަތުގައި ކަންކަން ބެހެއްޓޭތޯއެވެ. އަހަރެމެން ދެމީހުނަށް، ބިޔަ ވަރުގަދަ، ހަ ފިރިހެނުން ހިފާއްޓަން ޖެހުމުން، އެކިވަރުގެ އަނިޔާ ލިބެމުން ދިޔައެވެ. ކިތަންމެ ޓްރެއިނިންނެއް ހަދާފައި ތިބި ބަޔަކަށްވިޔަސް، ކަންކަން ވާނީވެސް ވަކި މިންވަރަކަށް ނޫންހެވެ.

ނަސީބު އަތުގައި ހިފީ، އަހަރެމެން ދެމީހުން، ލެއިން ފޯވެ، މުޅި ގައިން ވަރު ދޫވާން ވެފައި ވަނިކޮށެވެ. އެމްއެސްއޭގެ ތިން ހަތަރު މީހަކު އައިސް، އަހަރެމެންނާއި ބައިވެރިވެ، ދާދި އަވަހަށް، ހިމްޔާންއާއި އޭނާގެ ބައިވެރިން، ހައްޔަރު ކޮށްލިއެވެ. ހަމަ ޖެހުމުގެ ނޭވާއެއް ލެވުނީ އެ ހިސާބުންނެވެ.

………………

“ދޮންބެ..” ފުލުހުން އައުމުގެ ކުރިން ދިޔުމަށްޓަކައި ވޭނަށް އެރުމުން މިޝްކާ އައީ، އަހަރެންގެ ކައިރިއަށެވެ. ވީ ކަންތަކާ ބިރު ގަންފައި ހުރި ވަރު، އެންމެ ފަހަރަކު އެ މޫނަށް ބަލައިލުމުންވެސް ފެނެއެވެ.

“އެ އައީ ކޮން ބައެއް؟” މިޝްކާގެ ސުވާލު ކުރިމަތިނުވެ ނުދިޔައެވެ. އިތުރަށް ރެކެވޭނެ ގޮތެއް ނެތީތީ އަހަރެން، ވީ އެންމެ ކުރުކޮށް، ކިޔައިދިނީމެވެ. އެވެސް މަޖުބޫރުވެގެންނެވެ. ކޮންމެ މީހަކަށް އެނގުނަސް، ޢާއިލާ މީހުނަށް އެނގުމަކީ އަހަރެން އެންމެ ބޭނުން ނުވާ ކަންތަކެވެ. ބައްޕަ ޖާސޫސަކަށް އުޅުނު އިރުވެސް، އިޚުތިޔާރު ކުރީ އެގޮތެވެ. ނަމަވެސް، އަބަދަކު އެންމެނަށް ސިއްރަކުންވެސް ނޫޅެވޭނެއެވެ.

“ކިހިނެއް މިޝްކާއާ ހިމްޔާން؟” ރަނގަޅު ސުވާލު ކުރަން އެނގުނީ ރިފާޝާއަށެވެ. ރިފާޝާ ސުވާލު ކުރުމާއި އެކު، އަހަރެންނަށްވެސް ވަގުތުން މިޝްކާއަށް ބަލައިލެވުނެވެ.

“އެއީ…. އެއީ.. ހިމް ދެކެ ލައިކްވާތީ… އެހީމަ ނޫނެކޭ ނުބުނެވުނީ..” އިސްޖަހާލަމުން މިޝްކާބުނެލިއެވެ. މިޝްކާވެސް އުޅެނީ އެގޮތަށް ހެއްޔެވެ؟ ކުރިން އަހަރެން ނުދެނަ ހުރީމެވެ. ޢުމުރުގެ ހަގު ކަމާއި، ހިމްޔާންގެ ގޯސްކަމަށްވެސް ނުވިސްނިއެވެ.

“ދެން.. އެއީ މީހަކު ލޯބި ވާވަރު މީހެއްތަ؟” ސަވާރުވި ރުޅިއާއި އެކު އަހަރެން ބާރަށް ބުނީމެވެ. އަދިވެސް އަމިއްލަ މީހާ މަރާލަން ހިތުލައިގެން އުޅޭ މީހުނާ ރަށްޓެހި ވީމަ، ގޮތްގޮތް ވާނެއެވެ. މިޝްކާގެ ގަމާރުކަމުންވެސް ދިރިއުޅުމަށް އުނދަގުލެވެ.

“އެއީ ވާ އެއްޗެއް ނޫނޭ… އޮޅިގެން ވެވުނީ..” ރަކި ގޮތަކަށް އެހަނަސް ދެރަވެފައި، ހީލަމުން، ދެންވެސް ވާހަކަ ދެއްްކީ މިޝްކާއެވެ. އަދިވެސް، މިޝްއަށް ހިމްޔާން ގޯސްވާކަށްވެސް ނޫޅެއެވެ.

“ތިޔެއް ނޫނޭ… މިޝްއަކަށް ނޭންގޭތަ މިޝް ކުޑަކަމެއް؟ އިހަށްދުވަހު ތި ފުރުނީ އެންމެ ސޯޅަ… އަދި މީހުނާ އެއްކޮށް އުޅެ ވަރެއް ނުވެއެއްނު؟” އަހަރެން މިޝްކާ ކުށްވެރި ކުރީމެވެ. އަންހެން ކުދިން ބަސްއަހަން ޖެހޭނެއެވެ. ހިމްޔާން ކަހަލަ ތާކުން ތާކު ނުޖެހޭ މީހުނާ އެއްކޮށް އަހަރެންގެ ކޮއްކޮ އުޅެން ވެއްްޖިއްޔާ ދެން ވާނީ ކިހިނެއް ހެއްޔެވެ؟

“އެއްވެސް ކަމެއްގަ މިޝް ނުވާނެ ބޮޑެއް… އެކަމަކު ޒިން ބޭނުންވީމަ އެލީނާ ކުޑަޔަކަސް ހަމަ އޯކޭ… އެކަމަކު ހަމަ ޒިން ކޮއްކޮއެކޭ، ތި އީންއެކޭ ޢުމުރުގަ ނެތް ކަންނޭންގެ ފަރަޤެއް.. އީން ވީމަ ސޯޅަ އަހަރަކަސް އޯކޭ.. މިޝްވީމަ އޯކޭއެއް ނޫން..” ކޮންމެ ކަމަކަށްވިޔަސް ރިފާޝާ އަނގަ ބާނަން ވާނެއެވެ. އަހަރެންގެ ގަމާރު ކޮއްކޮއަށް އެހުރިހާ އެއްޗިއްސެއް ކިޔާކަށް ނޭންގުނީހެވެ. އެކަމަކު ރިފާޝާ، މަތިން ބައިން ޖެހިގެން، އެލީނާއާ މިޝް އަޅާކިޔަން ވެއްޖެއެވެ. ޤަބޫލުކުރަން ބޭނުން ނުވިޔަސް، ރިފާޝާވެސް ހެދީ ދޮގެއް ނޫނެވެ.

“އީން؟” ކުއްލިއަކަށް ސިކުނޑީގައި ވެރިވެގަތް ޚިޔާލާއި އެކު، އަހަރެން ހާސްވިއެވެ. ހިމްޔާން ކުރިންވެސް އޮތީ، އެލީނާއަށް ގޮތެއް ހަދާނެ ކަމަށް އިންޒާރު ދީފައެވެ. ވީއިރު، އެލީނާ ކޮބައި ހެއްޔެވެ؟

ޖިންސު ޖީބަށް އަތް ޖަހާ އެތެރެ ފޮތިގަނޑުވެސް ބޭރަށް ނެރުނީމެވެ. ފޯނެއްނެތެވެ. ހުރިހާ ޖީބެއް ބެލިއްޖެއެވެެ. އަހަރެންގެ އަތަކު އަހަރެންގެ ފޯނެއް ނެތެވެ. މިޝްގެ ފޯނު ވީކަމަށްވަނީ ގޭގައެވެ. ކުރިން އެލީނާ އަހަރެންނާއި ވާހަކަ ދެއްކީ އެލީޒާގެ ފޯނުންނެވެ. މާނައަކީ އެލީޒާގެ ފޯނުވެސް ވީ ގޭގައޭއެވެ. ވޯކީ ޓޯކީ އޮތް ހިނދު ރިފާޝާވެސް ފޯނެއް ނުގެނެއެވެ.

“ދެން އަނބުރާލާފަ ދާންވީ؟ މިހާރު ޕޮލިސްވެސް އުޅޭނެ..” އަހަރެމެންގެ ވާހަކަތައް އަޑުއިވިފައި ދުއްވަން އިން މީހާ، އަހަރެންނަށް ބުނެލިއެވެ. ފައިބަން ޖެހެނީ މާ ދުރުނޫން ހިސާބަކަށް ކަމުން، އަހަރެން އަހަރެން، އެދުނީ ވީހާވެސް އަވަހަކަށް، ފައިބާ މަންޒިލަށް ގެންގޮސްދިނުމަށެވެ. ދެން އެފޯނު ހޯދުމަށް ވުރެ އާ އެއްޗެއް އަތުޖެއްސިއްޔާ މާ ރަނގަޅުވާނެތީއެވެ.

……………

އަހަރެމެންގެ އިންތިޒާރުގައި އެމްއެސްއޭއަށް ގެންދާނެ ލޯންޗެއް އޮތް ނަމަވެސް، އަހަރެން އެރީ ފަޅުގައި އަޅާފައި އޮތް ސަފާރީއަށެވެ. ފުރަތަމަ އަތުޖެހުނު ފޯނު ނަގައި އެލީނާއަށް ޑައިލްކޮށްލީމެވެ. އަތަށް ލިބިފައި ހުރި ޒަޚަމުންނާއި ހިމްޔާންމެނާ ދިމާ ކުރުމުން ލިބުނު ޒަޚަމަކަށްވެސް ފަރުވާލެއް ނެތެވެ. ވާ ތަދަށް ވުރެ އެލީނާ މާ މުހިންމީއެވެ.

“އަޅެ… ފޯނު ނަގާބަލަ…” ފޯނު ނުނެގުމުން ދެވަނަ ފަހަރަށްވެސް ގުޅަމުން، އަހަރެން ކުދިކިޔަމުން ދިޔައީމެވެ. ކޮންމެ ކަމެއްވިޔަސް އަހަރެން ގުޅީމާ ފޯނު ނަގަން ޖެހޭނެ ނޫންހެވެ. ތަންކޮޅެއް ކައިރީގަިއި ތިބެވުނު ނަމަ، މިހާރު ދުވެފައިވެސް އެގެއަށް ގޮސްފީމުހެވެ.

“އެލީނާ ފޯނު ނިވިފައެއްނޫންތަ އޮތީ… އެލީޒާ ފޯނަށް ގުޅާބަ…” އަހަރެން އުޅެމުން ދިޔަ ޙާލު ފެނިފައި މިޝްކާ ބުންޏެވެ.

“ނިއްވާލާފަ އޮތް ނަމަ މަވެސް މިވަރަށް ގުޅާނެތަ؟ ނަންބަރު އެނގޭނަމަ، މިހާރު އެ ފޯނަށް ގުޅައިފީމުސް ދޯ..” ވެފައި ހުރި ހާސްކަމާއި އެކު އަހަރެންނަށް ވާހަކަ ދެއްކުނީ ދައްކަން ޖެހޭ ވަރަށްވުރެ ރުންކުރުކޮށެވެ. އިތުރަށް، އަހަރެންގެ ހާސްކަން ބޮޑުކުރަން ނުހަދާ، އެލީޒާއައިސް، އެލީޒާގެ ނަންބަރު ޖަހައިދިނެވެ.

ގިނައިރު ތަކެއް ރިންގުނުވެ، ފޯނު ނެގިއެވެ. އެކޮޅުން ވާހަކަ ނުދެއްކުމުން، ނެގީ ކާކުކަން ނޭންގޭ ޙާލު، އިސްވެ ވާހަކަ ދައްކަންވެސް ޖެހުނީ އަހަރެންނަށެވެ.

“އީން؟” ގޮވާލީމެވެ.

“ޒިންތަ؟” އެލީނާގެ އަޑެވެ. ކޮންމެވެސް ވަރެއްގެ ހާސްކަމެއް ހުރި ނަމަވެސް، ސީރިޔަސް ކަމެއް ވެގެން އުޅޭ ފަދަ ނިޝާނެއް ނެތެވެ. އަހަރެން ހުމްމް އަޅުވާލުމާއި އެކު، އެލީނާ އެހީ އަހަރެން ކޮންތާކު ތޯއެވެ.

“ކިހިނެއް ވީ؟ އީން ކޮންތާކު ތިހުރީ؟ ގެ ރަނގަޅަށް ތަޅުލާފަތަ ހުރީ؟” ޖަވާބު ދިނުމުގެ ބަދަލުގައި، އަހަރެން ކުރީ ސުވާލެވެ.

“ކޮޓަރީގަ މީނީ.. ކޮބާ ދޮންތަމެން؟” އެލީނާގެ ޖަވާބުން އަހަރެންނަށް ހިތް ހަމަ ޖެހުން ލިބުނެވެ. އެހެންކަމުން އެލީޒާއާއި މިޝް ގޮވައިގެން، މި ދަނީ ކަމުގައި ބުނެ ފޯނު ކަނޑާލީމެވެ.

……………

ފަހުން ކޮންމެސް އިރަކުން، އަހަރެންނާއި ރިފާޝާ އެމްއެސްއޭ އަށް ދާން ނިންމާފައި، ބޭސްފަރުވާގެ ކަންތައް ނިންމާލީ ސަފާރީއިންނެވެ. ޒަޚަމްވެފައި ވަނީ އަހަރެންނާއި ރިފާޝާކަމުން، މާ ބޮޑަށް ހާސްވާކަށް ނުޖެހުނެވެ. އަހަރެމެންނަށް ތަދަށް ކެތްކޮށްލައިގެން ތޔިބެވިދާނެއެވެ. ކަންތަކާ ޖެހޭނީ ދެންތިބި ދެމީހުނަށް ގޮތެއް ވެއްޖިއްޔާއެވެ. އެމީހުންގެ ޙާލުވެސް މާ ރަނގަޅެކޭ އަހަރެން ނުބުނާނަމެވެ. މިޝްކާވެސް، އެލީޒާވެސް ހުރީ މީހަކަށް ގަނެވޭނެ އެންމެ ބޮޑަކަށް ބިރު ގަނެފައެވެ. ކިރިޔަ ކިރިޔާ ފުރާނަ ސަލާމަތްވުމުން، އެހެން ނުވާންވީވެސް ކީތްވެހެއްޔެވެ.

…………….

“އަޔާޒްއަށް ކިހިނެއްވީ؟” އެނބުރި ގެއަށް ދިޔުމުގެ ކުރިން ވަރުބަލި ފިލުވާލާ، ބިރު ކަނޑުވާލަން މަޑުކޮށްލި ވަގުތުކޮޅުގައި އަހަރެން ރިފާޝާ ކުރެން އަހާލީމެވެ.

“އަޔާޒްއޭ؟ ޔަޒްއަށް ކިހިނެއް ވީ؟” އެލީޒާއަށް ހީވީ އަމިއްލަ މީހާއަށް ކަމެއްވިހެންނެވެ. އަހަރމެެންގެ ޙަޔާތަށް އަލަށް ތަޢާރަފްވި މި ސިހުރުގެ ކަންތަކަކީ، ގަދަފަދަ ކަމެއްތާއެވެ. ހަމަ ގައިމުވެސް އާދައިގެ ކަމެއް ނޫނެވެ.

“އެއިރު އަހަރެމެން ލޯންޗުގަ ހުއްޓެއްްނު ޖުޑަފިރިހެން ކުއްޖެއް؟ މާ މައުސޫމްކޮށް ހުއްޓަސް، ހަމަ ނުބައިބައި ބޮހެއް. ހެލިކޮޕްޓަރަށް އަރާ މައްޗަށް އެރި ތަނާހެން އެކުއްޖާ، ކޮންމެސް އެއްޗަކާ ކުޅެގެން، ނުދުއްވޭ ގޮތެއްވީ… ދެންއިނގެއެއްނު ހެލިކޮޕްޓަރުގެ ކޮމްޕްލިކޭޓެޑް ވަރު. އެއިރަކު އެއީ އޭނަ ކުރި ކަމެއް ކަމެއް ނުއެއް އިނގޭ. ލޭންޑުކުރަންވެގެން، އަހަރެމެން އުޅެގަތް ވަގުތު، ކޮންމެސް ތޫނު އެއްޗަކުން، އެކުއްޖާ، އަޔާޒްއަށް ހަމަލަ ދިނީ. ބައިވަރު ހަތިޔާރު ހުރި އޭނަ އަތުގަ. ހެލިކޮޕްޓަރު ނުވެއްޓި ވޭތޯ ބަލަމުން، އަހަރެމެން ދެމީހުނަށް އެކުއްޖާ ހިފާއްޓާ ނުލެވުން. އެންމެ ފަހުން، އޭނަ، އަޔާޒްކޮއްޕާލީ…. ނަސީބުވެސް ދެރައީ. އެއޮތް ބޮޑު ކަނޑު އޮއްވަ، ވެއްޓުނު ބާރު މިނުގަ އަޔާޒް ޖެހުނީ، އަހަރެމެން ދުއްވި ލޯންޗަށް…” ރިފާޝާ ކިޔައިދެމުން ދިޔައެވެ.

“އަޅެ މަގޭ ޔަޒްޒް…. ކާކު އެހެން ހެދީ؟ މަ އެމީހަކު މަރާލާނަން..” ޤަބޫލު ނުކުރެވޭ ފަދަ ގޮތަކަށް ބަލަމުން އެލީޒާ ބުނެލިއެވެ. “ދެން ގެއްލުމެއް ވިތަ؟ ވަރަށް އަނިޔާ ލިބުންދޯ؟”

“ނޫން…. ބައިވަރު ގެއްލުމެއް ނުލިބެ… ޖެހުނު ގޮތަކުން އަތް… ބިނދުނީ..” ފަހު ޖުމުލައިން އަހަރެންނަށްވެސް ފުދޭ ވަރެއްގެ ޝޮކެއް ލިބުނެވެ. އަޔާޒްއާ ނުލައި އަހަރެމެންނަށް އެއްކަމެއްވެސް ނުކުރެވޭނެއެވެ. މީހަކީ އެއީ ނޫންހެވެ. ދެން އަޔާޒްވެސް، ލޯންޗަށް ވެއްޓިގަތީ ކީއްވެހެއްޔެވެ.

“ކޮންތާކުތަ ޔަޒް ވީ؟ މަ ބޭނުން ދާން… ޕްލީޒް ގެންދޭ..” އެލީޒާ އާދޭސް ކުރަށް ފެށްޓެވެ. ނަމަވެސް ދެން އެހުރި ގޮތަށް މީހަކު ހޮސްޕިޓަލަށް ގެންދެވޭ ހެއްޔެވެ. ވަގުތުން ދެކޮޅު ހެދީމެވެ. އެލީޒާ ހުރީ ދޫކުރާކަހަލަ ގޮތަކަށް ނޫނެވެ. ގޮތެއްވީ އީންއަށް ނަމަ އަހަރެންވެސް ދުލެއް ނުކުރާނަމެވެ. ކުރި ހުރިހާ އާދޭސް ތަކާއި އެކު، އަހަރެމެން ގެއަށް ގޮސް ރީތިވެލައިއގެން، އެންމެން ހޮސްޕިޓަލަށް ދާން އެއްބަސްވެ، ގެއަށް ދާން ނައްޓާލީމެވެ. ހުދު އަހަރެންވެސް، އަޔާޒާއި ލުވެއިޒް އޮތް ޙާލެއް ބަލަން ޖެހެއެވެ.

…………

“ފަހުން ދޯ މަންމަކައިރިއަށް ދާނީ؟ ގޮއްސިއްޔާ އަވަހަކަށް ނުއެއް ފޮނުވާނެ. ކޮންމެހެންވެސް އެބަޖެހޭ ހޮސްޕިޓަލަށް ދާން..” އެލީޒާ، ގެއަށް ލައިފައި، ދަމުން، އަހަރެން މިޝްކާ ކައިރީ ބުނީމެވެ. އެލީޒާ ގެއަށް ލީ އިރު، އީން ފެނި ވާހަކަ ދައްކާލެވުމުން އަހަރެންގެ މޫޑު ހުރީ މުޅިން ރަނގަޅުވުފައެވެ. އެހެން ނޫނަސް ރޯމާ ދުވާލު، އިތުރު ހާދިސާއެއް ހިނގާފާނެ ކަމަށް އަހަރެންގެ ހިތް ދޮގުކުރެއެވެ.

“އޯކޭ.. އެކަމަކު ނޭންގެ މިހާރު ހޮޓެލްގަ ހުރި މިޝްގެ ހެދުންޔތައް އުކާނުލާ ކަމެއްވެސް..” ބިރުވެރިކަން ދޫކޮށްލާ، މަޖާ ކޮށްލަން، މިޝްކާ ބުނެލިއެވެ.

“އުހުނ… ދޮންބެ ބުނިން މިޝްގެ އެއްޗެހީގަ އަތް ނުލައްޗޭ އެއްވެސް މީހަކު… މިއިން ޒަމާނަކު މީހަކު އެތަނަކަށް ނުވަންނާނެ.. ނޭންގެ، އޮތީ ހިރަފުސް ފޮޅާފަ ކަމެއްވެސް..” އަހަރެންވެސް މަޖަލުގައި ބައިވެރި ވެލީމެވެ. ސަކަރާތް ޖަހަމުން، މަތީ ފްލޯރއަށް އަރަން ދިޔައީމެވެ. ސިއްސައިގެން ދިޔައީ، ލިފްޓު ދޮރު މަތީ ހުއްޓި ހުރި އަންހެން ކުއްޖާ ފެނިފައެވެ. ފައިން ފެށިގެން ބޮލަށް ބަލައިލީމެވެ. ހަމަ އެއާއި އެކު، ބިރުވެރިކަމުގެ ސާލެއް ހިތަށް ވެރިވެގަތެވެ.

94

16 Comments

 1. jiji

  October 1, 2019 at 3:19 am

  😣😣😣alhey v undhagoo kiyan..gina akuru nufeney

 2. Meekkomee

  October 1, 2019 at 6:09 am

  Woww varah reethi mi part ves ❤️😍😍😍…..but undhagoo Gina ahkuru tha nufen naathyyy……. Monster Naruto balan dhwww🤭🤭🤭🤭😉😉😉😉😉😉 whn is next part…waiting for it😘😘😘😘😘 LYSM ❤️❤️❤️❤️❤️😘😘😘😘😘😘😘😘

  • Luc!F3r

   October 1, 2019 at 2:27 pm

   Do u watch it?

 3. Jan

  October 1, 2019 at 6:58 am

  Monstaaaaa… alun mi part up kohdheyn veenu varah try kohfin kiyan ekam vx gina than than nufennaathy varah undhagoo..😔😔 Maazin ge molhu trick thah vx ingeyny ebaya ehkoh kiyunyma ehnu.. kiyan ingun bai thah salhi bt pleees alun kiyan ingeyne hen up kohdhevidhaane tha monsteeee😘😘😘

 4. Nash

  October 1, 2019 at 9:59 am

  Can you please up this part once again.. I really want to read it.. Kiyan ingun hisaabu varah Salhi.

 5. ވާހަކަ ކިޔާ ހިތުން ހުރި ކުއްޖެއް

  October 1, 2019 at 10:43 am

  !އެޔޮއް ކިޔާހިތުން ހުއްޓަ ވާހަކަ ކިޔާލުމުގެ ފުރުސަތު ލިބުނަސް އެއްގޮތަކަށްވެސް ކިޔޭގޮތެއްނުވި…. މާޒިންގެ އެންމެ ރީތި ހިސާބު އަދި ކިޔޭގޮތްވެސް ނުވަނީ…. ހާދަ ވަރަކަށް ދެރަވެޔޭ އެބަ…. މިހާރު ރޮވޭވަރުވެސް ވެއްޖެ…. އަލުން މިބައި ލައިދޭންވީނު….ނޫނެކޭ ނުބުނާނައްޗޭ!އޭރުން ހައްތަހާ ދެރަވާނީ

 6. Monsta

  October 1, 2019 at 1:35 pm

  Alhey damn… Kihinehh miothyy aissa… 😢😢 Really sorry guyss… Submitting it again right now ingey 😔😔

 7. Shina

  October 2, 2019 at 10:36 am

  If you are submitting it again please do it fast I’m really curious to read it 😍😍😍actually I read it a little from the first page of this and I’m really curious 💕💕💕💕💕please be fast

 8. Zoe

  October 2, 2019 at 6:24 pm

  Vaahakaige dhebai kulha ebbai nufenw😂😂 avahah submit kurahchey inge☺️☺️

  • Shina

   October 17, 2019 at 10:01 pm

   Yep ekamaku kudakoh engey vaagothei 😥😥😥I’m not sure that I could wait any more 🙁🙁🙁🙁looking forward (Khwaa) means monster in Chinese

 9. Danger

  October 2, 2019 at 10:46 pm

  Monstiii.. mi part alun up kohdheeba.. pleaseee avahah

 10. 🖤Dhona🖤

  October 28, 2019 at 8:21 pm

  Darling plx thankolheh avahah mi part up kohladheebila plx …. I’m dying to read this prt… Plx🤗🤗🤗😊😊🤗🤗

 11. Uranium_235

  November 22, 2019 at 8:30 pm

  Guys, monsta ithuriahh mi site ga mi story eh nuliyaane.. Readers ahh nufenna gothah writer ahh ves mi story ge half nufeney.. And 30th ge fahun liyunu episodes monsta liyuny hama ekani site ga.. Evves copy ehh noannaane.. So mi monsta ge first story ahh vefa, alun neii baithah liyefa submit kurumaky faseyhakamakah nuvaanethy, ithurah monsta, mi site ga vaahaka kuriah gendhan gastheh nukurey…

 12. Bro

  March 26, 2020 at 12:58 pm

  Ey dhen mi vaahaka nimmaalytha… How dare u monsta… Reply eh dheebala… Pls

 13. Uranium isthiufaa

  March 26, 2020 at 3:57 pm

  Balaaehnnu kae thy kaaku monsta ey kiyaafa anga aruvan… Monsta pls buneba mi vaahaka kiyaaleveyne gotheh… Mi site ga nuliyenyaa dhe liyan gasthukiraa site nanves buneladheeba… Vaahka ehkkoh nimendhey genesdheynamey kiyaafa bodu karaehnnu thifalhaaly… Btw varah reethi monsta ge vaahakatha… Vakivedhiyayas vess varah reethi keep it up man… Bro kadathankolhaky mihen hadhaathyey vaahaka liye nimmaalaafaehnnu huttaalaany man… Komme dhuvahaku ethahfaharaku eba balan uo kureytho… Ummeedhu kuran reply kuraanekamah….

 14. Monsta

  May 21, 2020 at 7:20 am

  ވާހަކަ ނުނިމެނީސް ހުއްޓާލަން ޖެހުނު ކަމަށް ހުރިހާ ކިޔުންތެރިންގެ ކިބައިން ވެސް ވަރަށް ބޮޑަށް މަޢާފަށް އެދެން. މި ސައިޓުން ކަމުގައި ނުވިޔަސް، ވާހަކަ އިތުތަށް ގެނެސްދޭނަން އިންޝާﷲ

Comments are closed.