ނިމުން އަސްފާން ހުރީ ވަގުތަކަށް ބަލަބަލަ ކަހަލައެވެ. އަސްފާންގެ ފަރާތުން ލިބެމުންދިޔަ ލޯބީގެ އިސްގީ މަސްތީ ފިރުމުން ތަކުގެ ސަބަބުން ، ހަށިގަނޑަށް ލިބެމުންދިޔަ އުފަލާއި ހިތްހަމަޖެހުމުގެ އަވާގައިޖެހި، އެކަމަށްއެދި ގެއްލިފައިހުރި ބިސާރާއަށް ވަގުތުތައް ހޭދަވަމުންދިޔަގޮތެއް ޢަމަލުކުރެވެމުންދިޔަގޮތެއް ވެސް ނޭނގޭ ކަހަލައެވެ. މިސްކިތުތާޅަފިލީން ރަށުތެރެއަށް ފެތުރިގެންދިޔަ އިސާނަމާދު ބަންގީގެ ބާރުއަޑާއި އެކުހެން ބިސާރާ ސިއްސައިގެން ދިޔައެވެ. އެއާއެކުހެން މުޅިތަނަށް ފެތުރިގެން ދިޔަ ދުންގަނޑުގެ ތެރޭން އުފެދުނު އަލިފާންގަނޑާ އެކުވެގެން އަސްފާން މައްޗަށް އަރައިގެން ގޮސް ޖައްވުގެތެރެއަށް ގެއްލިއްޖެއެވެ. […]
ފެށުން އުމުރުން އަށާރަވަރަކަށް އަހަރުގެ ބިސާރާއަކީ ރީތިކަމާއި ފުރިހަމަކަމަށް ބަލާނަމަ ފާހަގަކުރެވޭފަދަ ރީތި އަދި ފުރިހަމަ ޒުވާނެކެވެ. ހިމަތޮޅި ލޫޅާފަތި ހަށިގަނޑެއް ލިބިފައިވާ ބިސާރާއަކީ އެންމެ މިހާރުގެފެޝަންތަކަށް ލޯބިކުރާ އަދި ބިސާރާ ބޭނުންކުރާ ޒަމާނީ ހެދުންތަކާއި ރީތިވުމަށް ބޭނުންކުރާ ޒަމާނީތަކެތީގެ ސަބަބުން އޭނާގެ ރީތިކަމަށް އިތުރު ފުރިހަމަކަމެއް ލިބިފައިވާ ޒުވާނެކެވެ. ބިސާރާގެ މަންމަ ނަޒްމީނާ އާއި އާމިލްގެ މަންމަ ސާމިޔާއަކީ ދުރުތާ ތިމާގެ ދެމީހުނަށް ވުމުގެ އިތުރުން ކުޑައިރުއް ސުރެ އެކުގައި އުޅެމުންއައި ވަރަށް ގާތް ދެއެކުވެރިންނެވެ. […]
ނުވަވަނަބައި ރަށުތެރޭން ފާޅުވަމުންދާ ހަމަހިމޭންކަމާއި ފަޅުކަމަށް އެއްވެސް ބަދަލެއް ނާދެއެވެ. ވިސާމް ގެއަށް ދިޔައިރު އަލީ އަހްމަދު އޮތީ ނިދާފައެވެ. އަލީ އަހްމަދުގެ ސަބަބުން އޭނާއަށް އޭނާގެ ލޯބި ކާމިޔާބުވީތީ ހިތާ ހިތުން އޭނާއަށް ޝުކުރުއަދާކުރަމުން ވިސާމް އަރާ އެނދުގައި އޮށޯތުމާއެކުހެން އޭނާއަށް ނިދިއްޖެއެވެ. ފަތިސްނަމާދު ވަގުތުގެ ބަންގިއާއެކުހެން ރަށުތެރެއަށް ހަލަބޮލިކަން ވެރިވާން ފެށިއެވެ. އަޅުވެރިން މިސްކިތާއި ދިމާއަށް ދިޔައިރު ބައެއް މީސްމީހުން އެހެން ކަންކަމާއިގެން ވެސް އުޅެން ފެށިއެވެ. ހާލާއި ކާޅުގެ އަޑު ފަހަރަކަށްވުރެ ފަހަރެއް […]
ނިމުން ހަނދާނުން ފޮހެލަން ދަތިވި ކޮޅިގަނޑެއްފަދަ އެރޭގެ ނަމުގައި ނަރުގިސް ލިޔެފައިވާ އެލިޔުމަކީ ޙަޤީޤީ ހާދިސާއެއް ކަމަށް ވެސް ލިޔެފައިވެއެވެ. ވެހެމުންދިޔަ ބޯ ވާރޭއާއި ކުރަމުންދިޔަ ގަަދަ ވިއްސާރައަށް މާބޮޑު ބަދަލެއް ނައި ނަމަވެސް ދިހައެއް ޖަހާންވީރު ކޮންމެވެސް ވަރަކަށް ވާރޭ ތުނި ކޮށްލައިފިއެވެ. ކޯހުގެ ބައެއް މަސައްކަތްތައް ނިންމުމަށްޓަކައި ކޮންޕިއުޓަރު ކައިރީގައިއިން ނަރުގިސް ސިއްސައިގެން ދިޔައީ މޭޒުމަތީގައި އޮތް އޭނާގެ މޯބައިލްފޯނު ރިންގްވާން ފެށުމުންނެވެ. އެއާއެކުހެން އަވަސް އަވަހަށް ފޯނުނަގަމުން ބަލާލިއިރު އޭނާއަށް ގުޅަނީ އަމްދާންމެން […]
ފެށުން ކައިވެނިކުރާން ހަމަޖެހިފައިވާ ދުވަސް ކައިިރިވަމުން ދިޔައިރު ނަރުގިސް އާއި އަމްދާންގެ މޫނުމަތިން ފާޅުވަމުން ދިޔަ އުފަލާއި ހިތްހަމަޖެހުން އިތުރުވަމުން ދިޔައެވެ. ހިނިތުންވުމުގެ ކުލަވަރު ގަދަވަމުން ދިޔައެވެ. ނަރުގިސް އާއި އަމްދާންގެ ލޯބީގެ ގުޅުމަކީ ދެޢާއިލާއިން ވެސް ނުހަނު ހިތްހަމަޖެހޭ ގުޅުމަކަށް ވާކަމީ ދެ ލޯބި ވެރިންގެ ހިތްހަމަޖެހުން އިތުރުވެގެން ގޮސްފައިވާ ކަމެކެވެ. ނަރުގިސް އާއި އަމްދާންގެ ލޯބީގެ ބައްދަލުވުންތައް އާންމުކޮށް ބާއްވަމުންދަނީ ނަރުގިސްމެން ގޭގައި ކަމަށްވާތީ ވަރަށް ގިނައިން ނަރުގިސްގެ މަންމަ މަރިޔަންދީ އާއި ބައްޕަ […]
އަށްވަނަބައި ދުންކިބައިގެ ދުމުގެ ކުލަ ރަތަށް ބަދަލުވެގެން ދިއުމާއެކު އަލީ އަހްމަދު ކިޔެވެލީގެ އަޑު ބާރުކޮށްލީ ކަމެއް އެނގިގެން ކުރި ފަދައަކުންނެވެ. އަދި ވަރަށް ޝައުޤުވެރިކަމާއެކު އަވަސް އަވަހަށް ވަށައިގެން ހޯދާލިއެވެ. އޭރު އޭނާގެ މޫނުމަތިން ފާޅުވަމުން ދަނީ ހިތްހަމަޖެހުމާއި ކާމިޔާބުގެ އަސަރުތަކެވެ. އޮޔާއި ވަޔާ ރާޅާއެކު ވެލިގަނޑުގައި ބީހެމުންދިޔަ ފަންވަތްތަކުގެކުލަ ރަތްވާން ފެށިތާ މާގިނައިރެއް ނުވަނީސް ހުރިހާ ފަންވަތެއްގެ ކުލަ ރަތަށް ބަދަލުވެގެން ދިޔައެވެ. ފަރުމަސްވެރިކަމުގައި އުޅުމަށްފަހު ރަށާއިދިމާއަށް ދަތުރުކުރަމުން އައި ދޯނީގެ ކުނބުކުރިން ކުއްލިއަކަށް […]
ހަވީރު ހަތަރުގަޑި ތިރީސްކަން ހާއިރެވެ. ރަށުގެ އަތިރިމަތީގައި ހަރަކާތްތެރިވަމުން ދިޔަ މީހުންގެ ތެރެއިން ގިނަބަޔެއްގެ މިސްރާބަކަށް ވެފައިވަނީ ފެރީގިމަތަ އެވެ. ސަރުކާރުން ދެމުންދާ ދަތުރުފަތުރުގެ ފަސޭހަ ނިޒާމުގެ ތެރެއިން މާލެއިން އަންނަ ގާތް ތިމާގެ މީހުންނާއި ރައްޓެހިންނާއި ބައްދަލުކޮށްލާ އެމީހުންނަށް މަރުޙަބާ ކިޔުމަށް އެބައިމީހުން އަވަސްވެފައި ވެއެވެ. ހެދިހުރި ކަސްރަތީ ހަށިގަނޑަކާއި ފުރިހަމަ އިސްކޮޅެއް ލިބިފައިވާ ވިސާމަކީ އުމުރުގެ ޒުވާންދުވަސްތައް ގުނަމުންދިޔަ ޒުވާނެކެވެ. ވިސާމަށް ލިބިފައިވާ ފުރިހަމަކަމަށް އިތުރު ކުރިއެރުމެއް ލިބިފައިވަނީ އޭނާގެ ފުނާއެޅުމުގައި ގެންގުޅޭ ޒަމާނީ […]
ފަހުބައި ނުހަނު ހަމަޖެހިލައިގެން އެހާމެ އަރާމުގައި ނިދާލާފައިއޮތް ފާތާނިކެ ފެނުމާއެކުހެން ނާގިތުގެ މޫނުމަތިން އުފަލާއި ހިތްހަމަޖެހުން ފާޅުވެގެން ދިޔައެވެ. އެއާއެކުހެން ހަމަޖެހުމުގެ ނޭވާއެއްލަމުން ގައިން ހިރަފުސްފޮޅާލިއެވެ. އަދި ވަރަށް ޝައުޤުވެރިކަމާއެކު މުޅި ކޮޓަރިތެރެއަށް ނަޒަރު ހިންގާލިއެވެ. ނާގިތު މަޑުމަޑުން ގޮސް މޭޒުކައިރިއަށް ހުއްޓުމާއެކުހެން އޭނާގެ ނަޒަރު އަމާޒުވީ މޭޒުމަތީގައިއޮތް ފޯނަށެވެ. އެފޯނު އެންމެ ފުރަތަމަ ފެނުނު ދުވަހުން ފެށިގެން، އެފޯނަށް އެދިއެދިހުރި ނާގިތުގެ މޫނުމަތިން ފާޅުވަމުންދިޔަ އުފަލާއި ހިތްހަމަޖެހުން އިތުރުވެގެން ދިޔައެވެ. އެއާއެކުހެން ހިނިތުންވެސް ވެލެވުނެވެ. ފޯނު […]
ދެވަނަބައި ވެދިޔަ ކަންތަކުގެ ސަބަބުން މުޅި ޢާއިލާގެ ވިސްނުން ބަދަލުވެގެން ދިޔައެވެ. އިސާހިތަކު މޯލްޑިވްސް ޕޮލިސް ސާވިސް އަތޮޅު ސްޓޭޝަނަށް ގުޅައި އެހަބަރު ދިނެވެ. ޕޮލިސްސްޓޭޝަންގެ ބޭކަލުން ރަށަށް ވަޑައިގެން އެބޭކަލުންގެ މަސައްކަތް ފެއްޓެވިއެވެ. އަދި އެބޭކަލުންގެ މަސައްކަތަށް ބޭނުންވާ ހުރިހާ މަޢުލޫމާތެއް ނަގައިގެން އެރަށުން ފުރައިގެން ދިޔައިރު ރަށުގެ ރައްޔިތުން އެކަމަކަށް މާބޮޑު ސަމާލުކަމެއް ނުދެއެވެ. ހަމައެހެންމެ ގިނަބަޔަކަށް ވާނުވާ ވެސް ނޭނގެއެވެ. ދުވަސްތަކާއި ރޭތައް މާޒީއާއި އެކުވަމުން ދިޔައިރު، ފާތާނިކެގެ މަރުގެ ސަބަބުން އެޢާއިލާގެ […]