Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބިވޭ (5)

Mimmi ❤️
March 11, 2017
5 Mins Read
87 Views
28 Comments

“ދެން މާއިންވެސް ނުޖެހޭނެ އިތުރަށް ހިތާމަ ކުރާކަށް… އަލް ހުންނާނަން އަބަދުވެސް މާއިންއާއެކުގަ” އަލްޔާވެސް ލޯބިން ބުނެލިއެވެ.   އެކި ވާހަކަތަށް ދެއްކުމުގަ ތިބެފަ ނިދުނު އިރެއްވެސް ނޭންގެއެވެ. އަލްޔާއަށް ހޭލެވުނީ އަލަމް ބްރޭކަށް އައިސްފަ ގޮވުމުންނެވެ. “ގުޑް މޯނިންގް ޝައި ބޭބީ… ލަވް ޔޫ ލޯޑުސް..” ފޯންގައިން މާއިންގެ މެސެޖް ބަލާލާފަ އަލްޔާގެ މޫނަށް އެރި ކުލަވަރު އަލަމްއަށް ހަމަ ރަނގަޅައްވެސް ފެނުނެވެ.

“އެހްމް ކޮންކަމެއް ކޮންކަމެއް.. އަލްކޮއަށް ހާދަ ވަރެއްތިވީ މެސެޖް ކިޔާލާފަ…” އަލަމް ކޮޓަރިން ނިކުންނަމުން އަލްޔާ އާ ދިމާ ކޮއްލިއެވެ.

އަލްޔާގެ ހިޔާލަށް އައީ ރޭގެ އެވަގުތު ކޮޅެވެ. މާއިން އޭނަގެ ގައިގަ ބައްދާލި ގޮތެވެ. ތުންފަތުގަ ބޮސްދިން ގޮތެވެ. އެ ހަނދާންތައް އާވެފަ ގައިން ހީބިހި ނަގައިގެން ދިޔައެވެ. ލަދުން ބާލީހުގަ މޫނު ފޮރުވާލެވުނެވެ.

އަލްޔާ ސައިބޯން ދިޔައިރު އަލްޔާގެ މޫނު މަތިން އެހެންޔާ ނުފެންނަ އުފާވެރި ހިނިތުންވުން އެންމެނަށްވެސް ފާހަގަ  ކުރެވުނެވެ.

“ދޮންބޭ އައި ތިންކް އަވާ ލިޓްލް ޕްރިންސެސް އިޒްއިން ލަވް..” އަލަމް އަލްޔާއަށް އަޑު އިވޭވަރަށް އަލްވިން ކައިރީ ބުނެލިއެވެ. އެވަގުތު އަލަމްއަށް ބަލާލާފަ  އަލްޔާ އަނގަޔަށް ވައްތަރެއް ޖައްސާލިއެވެ.

“ދޮންބޭ އަލް އެބޮތް ކުޑަވާހަކައެއް ދައްކާލަން ވެފަ.. ސައިބޮއެ ނިމިގެން އަލްގެ ކޮޓްރިއަށް އަންނައްޗޭ.. މި ކުޑަބެއަށް އަޑު އިވޭ ވަރަކަށް ނުބުނާނަން..” އަލްޔާ ތުން އޫ ކޮއްލާފަ ބުނެލިއެވެ.

“ނުވެސް އުޅެން އަޑު އަހާކަށް..” އަލަމްވެސް ދެރަ ނުވާންވެގެން ބުނެލިއެވެ.

” ދަރިފުޅުމެން ހާދަ އޮލަ ވާހަކައެއްގަ.. ޔަގީން މިހާރުވެސް އަލަމް އަލްޔާއާ ދިމާ ކުރަނީކަން..” އާލިމާވެސް ޝިޔާމް ގޮވައިގެން އައިސް ސައިބޯން އިށީންދެލަމުން ބުނެލިއެވެ.

“ދަރިފުޅާ ކޮބާ ކައިވެނީގެ ކަންތައް ކިހާ ހިސާބެއްގަ އޮތީ؟  ނާޔާ އަންނަމަހުގަ އަންނަ ވާހަކަ ރޭގަ މިސްކިތުން ދިމާވެގެން ގާސިމް ބުނި…” ޝިޔާމް އަލްވިން އާ ދިމާލައް ބަލާލަމުން ބުނެލިއެވެ.

“ދެން ހަމަ އާދައިގެ ކުޑަވަރެއްގެ ހަފްލާއެއް ބާއްވަން ކަމަށް މި ވިސްނަނީ ހަމައެކަނި އާއިލާ މީހުނަށް.. ނާޔާވެސް އެހާ ބޮޑު ޕާޓީއެއް ބާއްވާ ހިޔާލެއް ނުކުރޭ..” އަލްވިންގެ ވާހަކައަށް އަލްޔާވެސް ތާއީދު ކުރިއެވެ.

 

ޝިޔާމް އާ ގާސިމް އަކީ ކުރިންސުރެ ގާތް ދެ ރަހްމަތްތެރިންނެވެ. މިހެންކަމުން ކުޑައިރުއްސުރެ ނާޔާ އެގެޔަށް އައިސް އުޅެއެވެ. ނާޔާއަކީ ސަކަ މިޖާޒެއްގެ ކުއްޖަކަށް ވުމުން ނާޔާއައިސްފިއްޔާ އެ ގޭތެރެ އޮންނާނީ ހަލަބޮލިވެފައެވެ. ނަމަވެސް ގްރޭޑް ދިހައެއް ނިންމުމަށް ފަހު  ގާސިމް ބޭނުންވީ ނާޔާއަށް ކިޔަވައި ދިނުމަށް ލަންކާއަށް ދިރިއުޅުން ބަދަލުކުރާށެވެ. ނާޔާ ކިޔެވުން ނިންމާލާފަ ރާއްޖެއަންނަ އިރު އަލްވިން އާ ނާޔާ ވަނީ މީގެ އެއް އަހަރު ކުރިން ލޯބީގެ ގޮތުން ގުޅިފައެވެ. ފޭސްބުކާ ވައިބާ ފަދަ ސޯޝަލް މީޑިއާތަކުން ދެމީހުންގެ ލޯބީގެ ވަގުތުތަށް ހޭދަ ކުރަމުން ދާއިރު ރައްޓެހިވިފަހުން ނާޔާ ހަމަލޮލަށް ފެނުމުގެ ނަސީބް އަދި އަލްވިންއަކަށް ނުލިބެއެވެ. މިހެން ކަމުން އަލްވިން އިންތިޒާރު ކުރަމުން އެދަނީ ނާޔާ ފެންނާނެ ދުވަހަކަށެވެ.

ސައިބޮއެ ނިންމާލައިގެން އަލްވިން ދިޔައީ އަލްޔާގެ ކޮޓަރިއަށެވެ.

“ޕްރިންސެސް ކޮންވާހަކައެއް ދައްކަންތަ ދޮންބެ ގެނައީ…” އަލްވިން އައިސް އަލްޔާ ގާތު އެނދުގަ އިށީނަމުން ބުނެލިއެވެ.

“ދޮންބޭ އަލްއަށް ކުއްޖަކު ދެކެ ލޯބި ވެވި އަދި އެކުއްޖަކީ ވަރަށް ދަތިހާލުގަ އުޅޭ ކުއްޖަކަށް ވެއްޖިއްޔާ ބައްޕަމެން ޤަބޫލް ވާނެތަ..؟” އަލްޔާ ކޮއްލި ސުވާލުގެ ޖަވާބުގަ ބުނާނެ އެއްޗެއް އަލްވިންއަކަށް ވެސް ނޭންގުނެވެ. ޝިޔާމް ދަރިންގެ އުފަލަށް ވިސްނިނަމަވެސް އޭނަގެ ގަދަރާ އަގު އޭނަ ހިފަހައްޓާނެއެވެ. ނާޔާއާ ކައިވެނި ކުރަންވެސް އެހާ ގަބޫލުވީ ނާޔާއަކީ ގާސިމްގެ ހުރި ހަމައެކަނި ދަރިއަށްވެފަ ޝިޔާމްއާ އޮތް އެކުވެރި ކަމުގެ ސަބަބުންނެވެ.

“ތިއައް ބުނާނެ އެއްޗެއް ހަމަ ނޭންގެ ދޮންބެއަކަށްވެސް” މާޔޫސީ ގޮތަކަށް އަލްވިން ބުނެލިއެވެ. އެވަގުތު އަލްޔާގެ ލޮލުން ބަބުޅަމުންދިޔަ ކަރުންތައް އަލްވިންއަށް ފެނުނެވެ. ދުވަހަކުވެސް އެ ދެލޮލުން ކަރުނަ ތިއްކެއް ވެއްޓޭތަން ބަލަން އަލްވިންއަށް ކެތެއް ނުވާނެއެވެ.

“ބޭބީ ރޮނީތަ؟ އަދި ރޯވަރެއް ނުވެއެއްނު.. ދޮންބެއަށް ކިޔާދީބަ ވެގެން އުޅޭގޮތް… އޭރުން ދޮންބެއަށްވެސް ހެލްޕް ވެދެވިދާނެއްނު..” އަލްވިން އަލްޔާގެ ކަރުނަތައް ފޮހެލަމުން ބުނެލިއެވެ.

އަލްޔާ އަލްވިންއަށް މާއިންގެ ވާހަކަ ކިޔާދިނެވެ.

“މާއިން ދޯ… އެއީ ވަރަށް ރަނގަޅު ކުއްޖެއް… ދޮންބެ ވަރަށް ލައިކްވާ ކުއްޖެއްއެއީ… އޮފީހުގަ ވެސް މަސައްކަތައް ވަރަށް ފަރުވާތެރިވާނެ… ދޮންބެ ބުނިން މަސައްކަތައް ބަލާފަ ޕްރޮމޯޝަން ދޭ ވާހަކަ… މިފަހަރުގެ ޕްރޮމޯޝަން ލިސްޓްގަ ހިމެނޭ މާއިންވެސް… އަލްކޮބޭނުމިއްޔާ ދޮންބެ އޭނައަށް އެސިސްޓެންޓް އެޗްއާރު މެނޭޖާ ޕޮސިޝަން ދީފާނަން.. އޭނަގެ އެބަހުރި އެ ޤާބިލްކަން. އޭރުން އެ ދަތިހާލުގަ އުޅޭކައް އޭނަޔަކަށް ނުޖެހޭނެ. އަނެއްކާ ބައްޕަގެ ވިސްނުންވެސް ރަނގަޅު ވެދާނެ..” އަލްވިން ވިސްނާލާފަ ބުންޏެވެ.

“ތޭންކްސް ޔުއާ ދި ބެސްޓް ދޮންބޭ..” އަލްޔާ އުފަލުން އަލްވިން ގައިގަ ބައްދާލިއެވެ.

“ބަޓް ޕްރޮމިސް މީ ވަން ތިންގް… ދެން ދުވަހަކުވެސް އެ ގޮތަށް ނުރޯނެކަމަށް..” އަލްވިން އަލްޔާގެ ބޮލުގަ ފިރުމާލަމުން ބުނެލިއެވެ.

“އައި ޕްރޮމިސް..” ޅަ ކުއްޖަކު ފަދައިން އަލްޔާބުނެލިއެވެ.

“ސޯ ޔޫ ޓޫ އާ މޭޑްލީ އިން ލަވް ދޯ..” އަލްވިން އަލްޔާއާ ދިމާކޮއްލަމުން ކޮޓަރިން ނިކުތެވެ. އަލްޔާ ނިންމީ އެކަން މާއިން އަށް ސިއްރުކޮއްފަ ބާއްވަންށެވެ. އެ ގޮތައް ނޭންގި ހުއްޓާ ޕްރޮމޯޝަން ލިބުމުން މާއިން މާ އުފާވާނެތީއެވެ. ގޭގަ އިނދެ އިނދެ ފޫހިވެގެން ހަވީރު އަލްޔާ ދިޔައީ މިޝީ މެން ގެޔަށެވެ. އޭރު މިޝީ އިނީ ޓީވީއިން އަންނަމުންދިޔަ ފިލްމެއް ބަލާށެވެ. ގޭތެރަށް ވަދެވުމާއެކު ރޭގެ ހަނދާން އާވެފަ އަލްޔާ ލަދު ގަންނަގޮތްވިއެވެ. މިޝީކައިރީ ސޯފާގަ އިށީންދެލައިގެން ޓީވީ ބަލަން އަލްޔާވެސް މަޑުކޮއްލިއެވެ. އޮފީސް ނިންމާފަ މާން ގޮވައިގެން ގެއަށް ވަދެގެން އައި މާއިން ފެނުމުން އަލްޔާގެ ވިންދު އަވަސްވިއެވެ. އަދި ލަދުވެތި ހިނިތުންވުމެއް އެ މޫނު މައްޗަށް ވެރިވިއެވެ.

 

 

“ދޮންބެ ދައްތަ ދަނީ އިނގޭ މިޝީ… އަންނާނަން ފަހުން..” އަލްޔާ ނިކުންނަން ހިނގައިގަތުމުން މާއިން އަލްޔާގެ އަތުގަ ހިފާލިއެވެ.

“ބޭބީ ހަމަ ދަނީތަ ހާދަ އަވަހަކަށް… އައި ހޭވް އަ ގުޑް ނިއުސް ޓް ޝެއާ ވިތު ޔޫ..” މާއިން އަލްޔާއަށް އެކަނި އަޑު އިވޭ ވަރަށް ބުނެލިއެވެ. މާއިން އެ ބުނީ ޕްރޮމޯޝަން ލިބުނު ވާހަކަ ކަން އަލްޔާއަށް އިނގެއެވެ.

“މިރޭ އަންނާނަމޭ..” ބުނެފަ އަލްޔާ ނިކުމެގެން ދިޔައީއެވެ. މަޤްރިބް ނަމާދު ކޮއްލައިގެން އަލްޔާ ބެލްކަންޏައް ނިކުމެލީ ކޮޓްރީގަ އޮންނަން ފޫހިވެގެންނެވެ. ނަމަވެސް މިރޭ ބެލްކަނީގަ އާދަޔާ ހިލާފް މީރު ވަހެއް ހިފާފަ ހުރިކަން އަލްޔާއަށް ފާހަގަ ކުރެވުނެވެ. ބެލްކަނިން ބޭރު ބަލާލިއިރު މާއިން މިސްކިތުން ފައިބައިގެން އަންނަނީއެވެ. ފޫހި ކަމެއްނެތި އެމަންޒަރު ބަލަން ހުއްޓާ އަލްޔާ ސިހުނީ ވަރަށް ކައިރިން މީހަކު އަލްޔާއަށް ގޮވާލުމުންނެވެ. ފަހަތް ބަލާލިއިރު އެއްވެސް މީހަކު ފެންނާކަށް ނެތެވެ. އަލްޔާ ކުޑަކޮށް ބިރުގަތް ނަމަވެސް ހީވި ގޮތެއްކަމަށް ނިންމާފަ ކޮޓްރިއަށްދާން ނެގި ފިޔަވަޅު ހުއްޓުނީ ބެލްކަނީގަ ހުރި މާ ގަސްތަކުތެރެއިން  އައްޔެއް ފެނުނުހެން ހީވިގެންނެވެ. އިސްފިޔަ ޖަހާލާހާ އަވަހަށް އެ އަލި ގެއްލުމުން ބިރުން ހުރީމަ ހީވި ގޮތެއްކަމަށް ވިސްނާފަ  އަލްޔާ ދިޔައީ ކޮޓަރިއަށެވެ.

އަލްޔާ މާއިންމެން ގެޔަށް ދިޔައިރު މާއިން ސޯފާގަ އޮށޯވެލައިގެން އޮތެވެ.

“ކޮބާ މިޝީމެން..” ޖެހިގެން އިން ސޯފާގަ އިށީންދެލަމުން އަލްޔާ ބުނެލިއެވެ.

“މާން ނިދައިފި… މިޝީވެސް ބޮލުގަ ރިއްސައޭ ކިޔާފަ ބޭސް ކައިގެން ނިދައިފި..” މާއިން  ސޯފާއިން ތެދުވެލަމުން ބުނެލިއެވެ.

“ބޭބީ ހިނގާ ކާންދާން މާއިން ހުންނާނެ ނޫޑްލްސް ކައްކާފަ… އަލްއާ އެކު ކާންވެގެން ނުކައި މިހިރީ މިރޭ އަންނާނަމޭ ބުނީމަ…” ބަދިގެއާ ދިމާލަށް ހިނގައިގަންނަމުން މާއިން ބުނެލިއެވެ.

“މާއިންތަ ކައްކަނީ މިހާރު..” އަލްޔާވެސް ފަހަތުން ހިނގައި ގަންނަމުން ސުވާލުކޮއްލިއެވެ.

“ނޫން އެއީ މިޝީ ނުކާންވެގެން އުޅުނީމަ.. މިޝީއަށް ވަރަށް މީރުވާނެ މާއިން ކައްކާ ނޫޑްލްސް..” މާއިން ބުނެލިއެވެ.

“ހާދަ މީރޭ… އަލްއަށްވެސް ނޭންގޭނެ މިހާ މީރުކޮށް ކައްކާކަށް.. ދެން ބަލި ވީމަ އަލްވެސް ބޮޑާހާކާނީ މާއިންގެ ނޫޑްލްސް ކާން..” އަލްޔާ ނޫޑުލްސް ކޮޅެއް ކާލާފަ މާއިންއަށް ތައުރީފްކޮށްލިއެވެ. އެކި ވާހަކަ ތަކުގަ ތިއްބާ ކައި ނިމިއްޖެއެވެ.

“އަލް ހާދަ ރީއްޗޭ..” ކައިނިމިގެން އަލްޔާ ތަށި ދޮންނަ މަންޒަރު ބަލަން ހުރެފަ މާއިން ބުނެލިއެވެ.  ޝައުގުވެރިކަމާއެކު އަލްޔާގެ ކޮންމެ ހަރަކާތަކަށް ފަރުވާތެރިކަމާއެކު ބަލަން މާއިން އިނެވެ. އަލްޔާ ލަދުވެތި ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ. ތަށިދޮވެ ނިމުމުން އައިސް މާއިން ކައިރީ ސޯފާގަ އިށީންދެލިއެވެ.

“އަލް ބޭބީ ޕްލީޒް ދުވަހަކުވެސް މާއިން ދޫކޮއްލާފަ ނުދައްޗޭ… މާއިންގެ ހުރިހާވެސް ހިތްހަމަޖެހުމަކީ ތީ.. މާއިންއަށް އަލްއާ ވަކިން ފަޅި ސިކުންތުކޮޅަކަށްވެސް ކެތް ނުވާނެ މިހާރު… ބޭނުމީ އަލްއާ މެރީ ކުރަން ވީހާވެސް އަވަހަށް.. މިހެން ރައްޓެހިވެގެން އުޅުން އެއީ އަސްލު އެހާ ރަނގަޅު ކަމެއްނޫނެއްނު..” މާއިން ވަރަށް ލޯބިން ބުނެލިއެވެ. އަލްޔާ އެއްޗެކޭ ބުނަން ހަދާލި ތަނާ ކޮޓަރިތެރޭން ވަރަށް ބާރަށް އެއްޗެއް ވެއްޓުނު އަޑު އިވިގެން މާއިން އެދިމާލަށް ދުއްވައިގަތެވެ.

“އަނެއްކާ މާން އެނދުން ވެއްޓުނީތަ؟” މާއިން އައިސް ސޯފާގަ އިށީންދެލުމުން އަލްޔާ ސުވާލުކޮށްލިއެވެ.

“ނޫން އެއީ މަގުމަތިން އިވުނު އަޑެއްކަން ނޭންގެ..” މާއިން ވިސްނާލާފަ ބުނެލިއެވެ.

” ނޫން ކޮޓަރިން ހަމަ އެ އަޑުއިވުނީ..” އަލްޔާވެސް ވިސްނާލާފަ ބުނެލިއެވެ.

މާއިންއެހާ ކައިރީ އިނުމުން އަލްޔާ މާއިން އަތުތެރެއަށް ބޮނޑިވެލިއެވެ.

“ދޫނީ އެހާ ލޯބިވޭތަ މާއިން ދެކެ..” މާއިން އަލްޔާގެ އެ ހަރަކާތުން ސުވާލު ކޮއްލިއެވެ.

“ވަރަށް ބޮޑަށް ލޯބިވޭ… ދުވަހަކުވެސް މާއިން ދެރަވާކައް ނުޖެހޭނެ… އަލް އަބަދުވެސް މާއިންގެ މީހެއްގެ ގޮތުގަ ހުންނާނަން..” އަލްޔާވެސް މަޑުމަޑުން ބުނެލިއެވެ.

” އެހެން ވިއްޔާ ލެޓްސް ގެޓް މެރިޑް.. މި ރިލޭޝަން ހަލާލު ރިލޭޝަންއަކަށް ހަދަން ބޭނުން ވަނީ.. އަސްލު ތިގޮތަށް މަންމަމިނަށް ނޭންގި ރޭގަނޑު އައުން އެއީ އެހާ ރަނގަޅުކަމެއް ނޫނެއްނު.. މަންމަމެނަށް ވިސްނޭނީ އެހެން ގޮތަކަށްވިއްޔާ..” މާއިން އަލްޔާއަށް ވިސްނަދެވޭތޯ މަސެއްކަތް ކުރިއެވެ. މާއިންވެސް މިހާރު ބޭނުން ވަނީ ވީހާވެސް އަވަހަށް ކައިވެނި ކުރާށެވެ.  އެރޭ އަލްޔާ ގެޔަށް އައީ މާއިން ދެއްކި ވާހަކައާ ކޮންމެވެސް ވަރަކަށް ހިތްހަމަނުޖެހިފަހުރެއެވެ. ނަމަވެސް އެކަން މާއިންއަކަށް ނުދައްކައެވެ.

އަލްޔާ އެއްޗެހި ބަދަލުކޮއްލައިގެން ބެލްކަންޔަށް ނިކުތީ ވާރޭ ވެހޭހެން ހީވެގެންނެވެ. އޭރު ވަރަށް ތުނި ތުނިކޮށް ވާރޭ ވެހެމުން ދެއެވެ. ކުއްލިޔަކަށް ވާރޭ ބޯކޮއްލުމުން އަލްޔާ ދުވެފަ ކޮޓަރިއަށް ވަނީ ފަހުން ރޭ ވާރެޔާ ތެމިގެން ދޮންބެމެން ހިތްހަމަ ނުޖެހުނު ހަނދާން ވެފައެވެ. ނަމަވެސް ވާރެޔާ ތެމޭހިތްވިލެއް ބޮޑު ކަމުން އޭނައަށް ކެތެއް ނުކުރެވުނެވެ. ހީވަނީ ނުފެންނަ ބާރަކުން އޭނަ ވާރޭ ތެރަށް ގެންދަން ބޭނުން ވާ ހެނެވެ. އަލްޔާއަށް ހޭލެވުނު އިރު އޭނަ އޮތީ ބެލްކަނީގަ އުއްޑުން އޮށޯވެލައިގެނެވެ. ރޭގަ ވާރޭ ވެހުމުގެ ސަބަބުން ކޮންމެވެސް ވަރަކަށް ބެލްކަނީގެ ފެން ހެދިފަވެއެވެ. އަލްޔާއަށް ފުންމައިގެން ތެދުވެވުނީ މި އޮވެވުނުތަނާ މެދު ވިސްނާލާފައެވެ. އޭނަ ބެލްކަނީގަ އޮންނަންވީ ކީއްވެ ހެއްޔެވެ؟

ރޭގަ ވާރެޔާ ތެމޭ ހިތުން ބޭރަށް ނިކުމެފަވެސް އެތެރަށް ވެން ހަނދާން ހަމަ ރަނގަޅަށް ވެސް އެބަހުއްޓެވެ. އެހެން ވިއްޔާ ނިދީގަ ބެލްކަންޔަށް ނިކުމެވުނީ ބާއެވެ. އެކަމް އެއީ ދުވަހަކުވެސް ވީ ކަމެއް ނޫނެވެ. ކޮންމެވެސް ވަރަކަށް ބިރުގަތް ނަމަވެސް އަލްޔާ ނިދީގަ ވީ ކަމެއް ކަމަށް ނިންމާފަ ކޮޓަރިއަށް ދިޔައެވެ.

ފޯނު ބަލާލިއިރު މާއިން ބައިވަރު ފަހަރު ގުޅާފަ ހުއްޓެވެ. އަލްޔާ ގެއަށް އައިގޮތައް ހަބަރެއް ނުވީމައެވެ.

“ފައިނަލީ ބޭބީ މޯނިންގް ވީ ދޯ… ރޭގަ ހާދަވަރަކަށް ގުޅީމޭ. މާ ފިނިރެޔެއް ވީމަ ނިދުނީ ދޯ…” މާއިން އަލްޔާ ފޯނު ނެގުމާއެކު ބުނެލިއެވެ. އަލްޔާ އަދިވެސް އިނީ ވިސްނުމެއްގައެވެ. ކިތަންމެ ހަނދާން ނައްތާލަން ބޭނުން ވިޔަސް އޭނަގެ ހިތުގަ ދަނީ ސުވާލުތަށް ފުނިޖެހެމުންނެވެ.

“ބޭބީ ވާހަކަ ދައްކަބަ.. އާ ޔޫ އޯލް ރައިޓް..” އަލްޔާ ބަހެއް ނުބުނުމުން މާއިން ހާސްވެފަ އިތުރަށް ސުވާލު ކޮށްލިއެވެ.

❤️ ނުނިމޭ ❤️

34
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Mimmi ❤️

? ? Inspired by reader's comments ? ?

Other Articles

Previous

މިކްޔާން

Next

ހުވަފެން (15)

Next
March 11, 2017

ހުވަފެން (15)

Previews
March 10, 2017

މިކްޔާން

28 Comments

  1. ❤️ Mimmi ❤️ says:
    March 11, 2017 at 1:17 am

    GUys here is the 5th part. Dailykoh upkohdheyn bunyas exam dhuvaskolhu v ma bxy kamun aslu upkoh nudheveny. And mi copy ekey kiyaa kudhinnah bunelan othy mi ehves meehehge story eh copy kohfa eh nuuney. This is my own very first story. Mi story kurinves esfiyaiga genesdhinin. Alun mi genesdheny kuryge story ah libunu commnts thakah balaafa conmes varakah chng kohlaafa..
    Anyways Enjoy Reading ❤️

  2. Rish says:
    March 11, 2017 at 2:11 am

    Mi loabi ge biruveri vaahakayeh tha.mi bai ves vara reethi.n this is my first comment.

    1. ❤️ Mimmi ❤️ says:
      March 12, 2017 at 4:07 pm

      Kudakoh biruverivedhaane. Thankx Rish ❤

  3. Rish says:
    March 11, 2017 at 2:12 am

    N goodluck for exam

    1. ❤️ Mimmi ❤️ says:
      March 12, 2017 at 4:08 pm

      Thankx Rish ❤

  4. BoO says:
    March 11, 2017 at 2:38 am

    Biruverii vaahaka akah badhalhu vany tha?? Interesting ?

    1. ❤️ Mimmi ❤️ says:
      March 12, 2017 at 4:09 pm

      Kudakoh biruveri vedhaane.. Thankx BoO ❤

  5. riyaa says:
    March 11, 2017 at 7:58 am

    Mivaahaka keen. Alya aa jinni eh alhaaganefa hunnany. Mee kurin ves mimmi liyefa in vaahaka eh tha?

    1. sam says:
      March 11, 2017 at 8:02 am

      Yea. Me ves keen. Alyaa ah v varu kohlaane

    2. ❤️ Mimmi ❤️ says:
      March 11, 2017 at 8:25 am

      Yes mee kurinves esfiyaiga mimmi.genesdhin story eh. Alun mi publish kurany kudhi chnges aa eku..

  6. rain says:
    March 11, 2017 at 9:10 am

    Maain amillayah maain kiyaathy v hadi.. anhen kudhin aahmukoh amilla namun kiyany.. ekam vx foni sifa eh gothuga ahrn dekeny.. firihen vantha firihenaku ehen kiyaane hen hieh nuvey..

    1. Lovely girl says:
      March 11, 2017 at 11:40 am

      Dear ehen kiima adabuverikan ingeny
      Anywys varah reethi mi story love it

    2. mary says:
      March 11, 2017 at 1:25 pm

      Ur right rain maves v foohivey ehan kiyaathy

    3. ❤️ Mimmi ❤️ says:
      March 12, 2017 at 4:10 pm

      Hehe asluves dhw.. Thihen bunyma mimmi ahves ehn feel vejje.. Ebai rangalhu kohlaanan ingey ❤

  7. She you says:
    March 11, 2017 at 9:26 am

    Kurin mi story mimmi liyuny kon namegga
    Mimmi namuga nufenunu
    Btw hama great story
    V v v like hama
    Dhen buneba thy mimrah mimmi tha dear

    1. ❤️ Mimmi ❤️ says:
      March 12, 2017 at 4:28 pm

      Kurin liyuny ehn ID akun. Now e ID in delete kohlaafa alun mi publish kurany. “mimrah” thibuny kikey? Btw thankx she you ❤

  8. Crazi says:
    March 11, 2017 at 10:57 am

    Plz kurin liyunee kon name ehgah story..,plz balaalan beynun kihaa chnges tho gennnah nee..but story hama habes

    1. ❤️ Mimmi ❤️ says:
      March 12, 2017 at 4:31 pm

      Sorry kurin liyunu story innaany admin ah request kohgen esfiyain nagaafa mi id in post kuranvegen. Btw thankx crazi ❤

  9. maisha says:
    March 11, 2017 at 8:50 pm

    V reethi story eh mee. Mimmi thy kon rasheh tha

    1. Ina says:
      March 12, 2017 at 12:40 pm

      He is from L. Maavah

    2. ❤️ Mimmi ❤️ says:
      March 12, 2017 at 4:32 pm

      Thankx Maisha ❤

    3. ❤️ Mimmi ❤️ says:
      March 12, 2017 at 4:35 pm

      No ina. I am not from Laamu Maavah. but varah kairi kohfi ? Cx I am from laamu Atoll ?

  10. hhhh says:
    March 12, 2017 at 8:39 pm

    Ehaa reecheh noon…shine ge vaahakathah kiyaabala kihaa rythi…

    1. ❤️ Mimmi ❤️ says:
      March 13, 2017 at 1:41 am

      I know right ?
      Hhhh nubunyas mimmi shinege story thah baraabarah kiyan. Shinege mihaathanah publish kuri hurihaa story ehves kiyaafa hunaany. She is my idol. Mimmi ah ingey mimmi liyaa vaahaka shinege story aa gaaives nukureveynekan. Cox she is one of the best writer in Maldives ?

  11. toin says:
    March 13, 2017 at 8:01 am

    Mee kurin genesdhin vaahakaeh tha, kuri ki henheevey varah

  12. Brainless says:
    March 14, 2017 at 8:31 pm

    Mimmi you are from l.atoll..
    Seriously.. I’m from L.Gan??????

  13. e-vane says:
    March 16, 2017 at 9:32 pm

    Vaahaka v reethi

  14. nadha says:
    March 27, 2017 at 9:54 pm

    vaahakaige baeh bas bas liyefa hurigoiyy kamaku nudhey
    misaalakah “mamma minnah”
    dhivehi bahuga ekahala baheh inna heneh hiyeh nuvey
    ‘mamma mennah ” ehen kee dhaane

Comments are closed.

All Right Reserved!