Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބިވޭ (4)

Mimmi ❤️
March 9, 2017
5 Mins Read
61 Views
45 Comments

ބެލްކަނިން މާއިން އޮފީހަށް ދިޔަތަން ބަލަން ހުރި އަލްޔާ އަވަސްވެގަތީ މާއިން މެންގެޔަށް ދިޔުމަށެވެ. ދެފަހަރު ބެލް ޖަހާލުމުން ދޮރު ހުޅުވީ މިޝީއެވެ. އަލްޔާ އެތެރެއަށް ވަންނަމުން ގޭގެ ތެރެއަށް ނަޒަރު ހިންގާލިއެވެ. ކުޑަ ކުޑަ ސިޓިންގް ރޫމެކެވެ. އެއްފަރާތުގަ ފިލައިން ވަކިކުރެވިފަ ބަދިގެ ހުއްޓެވެ. ބަދިގޭގަ ގޭގަ ގެންގުޅޭ މީހާ ހުރީ ކައްކާށެވެ. ސިޓިންގްރޫމުގަ ހުރި ސޯފާގަ އިށީންދެލައިގެން މާން ކުރިމަތީ ހުރި ޓީވީއިން ދައްކަމުން ދިޔަ ކާޓޫނަކަށް ގެއްލިފައިނެވެ. މިޝީ އަލްޔާގޮވައިގެން ދިޔައީ ކޮޓަރިއަށެވެ. ކޮޓަރީގަ ހުރީ އާދައިގެ ބެޑްރޫމްސެޓެކެވެ. ފާރުގަ ލައްގާލާފަ  ގޮދަޑިއެއް ހުރިއިރު އެއީ މާއިން ނިދާ ގޮދަޑިކަން އަލްޔާއަށް އިނގުނެވެ. ކޮންމެ ދިމާލަކަށް ނަޒަރު ހިންގާލިނަމަވެސް ފެންނަނީ ސާފްތާހިރުކަމެވެ.

“ދޮންބެ ދައްތާ ކޮބާ ޕްލޭން އަކީ؟. މާންކޮއަކަށް ނުހުރެވޭނެ ދޮންބެ ކައިރީ ނުބުނެއެއް… އެހެންވެ ކޮޓަރިއަށް މިއައީ .. ” އަލްޔާ ގޮވައިގެން އައިސް އެނދުގަ އިށީނަމުން މިޝީ ބުނެލިއެވެ.

“ދޮންބެ ދައްތަ އަންނާނަން އިލެވެން ފޯޓީ ފައިވްގަ ކޭކާ ޑެކަރޭޓްކުރަން ބޭނުން އެއްޗެހި ހިފައިގެން… މިޝީވާނެ ހޭލާ ހުންނަން…” މާއިން އަށް ސަޕްރައިސްދޭނެ ގޮތް ރޭވުމަށް ފަހު މާން އާ ސަކަރާތް ޖަހަން އިނދެފަ އަލްޔާ ގެޔަށް ދިޔައީ އަލްވިންމެން ބްރޭކުން އަންނައިރު ނެތިއްޔާ ޝަކުވާ ކުރާނެކަން އިނގޭތީއެވެ.

” ކުޑަބެ އަލް ފޫހިވަނީ.. ލެޓްސް ގޯ ފޯ އަ ރައިޑް..” އަލްޔާ އައިސް ސޯފާގަ އިށީންނަމުން އަލަމްއަށް ބުނެލިއެވެ.

” ކުޑަބެ މިއަދު އޮފީހު ބިޒީކޮށް އުޅެފަ އައިމަ ވަރަށް ޓަޔަޑް.. ދޮންބެ އާއެކު ދޭބަ..” ގެޔަށް ވަދެ ވަދެ ހުރި އަލްވިންއަށް އިޝާރާތްކޮއް އަލަމު ބުނެލިއެވެ.

” ލެޓްސް ގޯ.. ދޮންބެ ހުއްޓާ އަލް ނުޖެހޭނެ ފޫހިވާކަށް..” އަލްވިން އައިސް އަލްޔާ ކައިރީ ސޯފާގަ އިށީންނަމުން ބުނެލިއެވެ.

” ޔެސް ދޮންބެ އިޒް ދި ބެސްޓް.. ކުޑަބެ ވަރަށް ފޮނި މިހާރު.. ޔަލްއަށް ހީވަނީ ގާލްފްރެންޑެއް ނެގީހެން..” އަލަމް ދާން ދެކޮޅު ހެދުމުން އަސްލުވެސް އަލްޔާ ހުރީ ދެރަވެފައެވެ. އަލަމް ކޮންމެސް ވަރަކަށް ބަދަލުވާކަން އަލްޔާއަށް ފާހަގަ ކުރެވުނެވެ.

 

އިރުއޮއްސޭމަންޒަރު ބަލާލުމަށް ފަހު އަލްޔާއާ އަލްވިން ގެއަށް އައީ އިރުއޮއްސުނު ފަހުންނެވެ. އޭރު މާއިންވެސް ނަމާދަށްދާން ގޭން ނިކުންނަނީއެވެ. ބޭއިހްތިޔާރުގަ އަލްޔާއަށް މާއިންއަށް ބަލާލެވުނެވެ. އެ މޫނު މަތިން ފެންނަނީ ހިތާމަވެރިކަމެވެ. އަލްޔާ އަލްވިން އާއެކު ފެނުމުން މާއިން ހިތައް އަރާނެ އެއްޗެއް ހަމަ ރަނގަޅަށްވެސް އަލްޔާއަށް އިނގެއެވެ. މާއިން ނަމާދުން ފައިބާހާއިރު ކޮއްފަ އަލްޔާ މާއިންއަށް ގުޅާލީ އެ އަޑުއަހާލާހިތުން ނެވެ. އެކި އެކި ވާހަކަތަށް ދައްކުމުގަ ތިބެފަ އަލްޔާ ފޯން ބޭއްވީ ފިހާރަޔަށް ދާންވެގެންނެވެ. ކޭކާ އެއްޗެހި ނުގަނެ ހުރުމުން އަލަމްއާއެކު ދިޔައީ ކުޑަކޮއް ޝޮޕިން ކޮއްލާށެވެ. އަލްޔާވަނީ އާލިމާ ކައިރީ މިރޭ ރައްޓެއްސެއްގެ އުފަންދުވަސް ފާހަގަ ކުރަންދާ ކަމަށް ބުނެފައެވެ. އާލިމާވެސް ދެކޮޅު ހެދުމެއްނެތި އެއްބަސްވީ އަލްޔާއަށް ކުރާ އިތުބާރުގެ ބޮޑުކަމުންނާ ދެވިފަވާ މާތް ތަރުބިއްޔަތުގެ ސަބަބުންނެވެ.

މިޝީ ދޮރު ހުޅުވާލިއިރު ކުރިމަތީ އަލްޔާ ކޭކަކާ ކޮތަޅެއް ހިފައިގެން ހުއްޓެވެ.

“ދޮންބެ ނިދާފަހެން ހީވަނީ ހިނގާ އަވަހަށް ޑެކަރޭޓް ކުރަން..” މިޝީ މިހެން ބުނެ އަލްޔާއާއެކު ތަން ޑެކަރޭޓް ކުރުމުގަ އެހީތެރިވެދިނެވެ.  ގަޑިން ބާރަ ޖެހިއިރު މާއިންއަށް ހޭލެވުނީ ފޯން ރިންގްވާ އަޑަށެވެ. ގުޅަނީ އަލްޔާއެވެ. މާއިން ފޯން ނަގާ ކަންފަތު ޖައްސާލިއެވެ.

“ހެޕީ ބާތުޑޭ ” މީ މާއިންގެ ބާތުޑޭކަން ހަނދާންވީވެސް އަލްޔާ އެހެން ބުނެލުމުންނެވެ.

“ހެހެ ތެންކްސް” މާއިން ނިދިއަޑުން ބުނެލިއެވެ.

މާއިން ސިއްހުނީ އެނދުގަ މިޝީއާ މާން ނެތުމުންނެވެ. އެއީ އަލްޔާމެން މާއިން ކޮޓްރިން ނެރެން ވެގެން ޕްލޭން ކުރި ގޮތެވެ. ހާސްވެގެން އެބަ ގުޅަމޭ ކިޔާފަ ފޯން ކަނޑާލުމަށްފަހު މާއިން ނިކުތީ ކޮޓަރިން ބޭރަށެވެ. ސިޓިންގްރޫމް އެއްކޮށް ނިވާލާފަ އޮތުމުން ނުތަނަވަސްކަންމަތީހުރެ މާއިންގޮސް ލައިޓް ޖެއްސިއެވެ. އޭރު ސޯފާ ކައިރީ ބިންމަތި ފޮރުވިފައިވަނީ ނުލާ ކަޅު ކުލައިގެން ބެލޫންތަކުންނެވެ. އަދި އެތާހުރި ކުޑަ މޭޒެއްމަތީ ކޭކު ހުއްޓެވެ. އެވަގުތު މިޝީއާ މާން ހެޕީ ބާތު ޑޭ ކިޔާލުމުން މާއިން ހައިރާންވެފަ އެދެކުދިންގެ މޫނަށް ބަލާލިއެވެ. މިޝީއާ ސުވާލު ކޮއްލަން އަނގަ ހުޅުވާލިތަނާ ބެލްޖެހި އަޑުއިވެނެވެ. މިއޮއްދަންގަޑީގަ އެ އައީ ކާކުބާއޭ މާއިންގެ ހިތަށް އެރިއެވެ. އަދި މިޝީއާ މާނު މިހުރިހާ ކަމެއް ކުރީ ކިހިނެތް ބާއޭ ހިތަށް އެރިއެވެ. “ދޮންބެދައްތަ..” މާންގެ ޖުމްލަ ފުރިހަމަ ނުވަނީސް މިޝީ މާންގެ އަނގަމަތީ އަތްއެޅިއެވެ. އެހެންވީމަ މި ހުރިހާ ކަމަކީ އަލްޔާގެ ކަންތަކޭ ހިތައް އަރާފަ ގޮސް ދޮރު ހުޅުވާލިއެވެ.

 

 

މާއިން ދޮރު ހުޅުވާލިއިރު ކުރިމަތީ އަލްޔާހުރީ ބޮޑު ބެލޫން ބޮޑިއެއް ހިފައިގެންނެވެ. ފުރަތަމަ ފަހަރަށް މާއިންއަށް އަލްޔާއަކީ ކާކުކަން އެނގެން އުޅޭތީ އަލްޔާ ހުރީ ޖެހިލުންވެސްވެފައެވެ. އަލްޔާ ބެލޫން ބޮޑި އެއްފަރާތް ކޮށްނުލެވިގެން އުޅެނިކޮށް ކުއްލިޔަކަށް ކަރަންޓް ދިޔުމުން އަލްޔާ ބިރުން ހަޅޭ ލަވައިގެންފަ މާއިންގެ ގައިގަ ބައްދައިގަތެވެ. އަލްޔާގައިން ދުވި މީރު ވަހުން މާއިންގެ ހިއްސުތައް ދިރުނު ކަހަލައެވެ. މަޑުމަޑުން އަލްޔާގެ ގައިގަ މާއިންވެސް ބައްދާލީ ހިމާޔަތް ދޭ ފަދަ ގޮތަކަށެވެ. މިކުރެވުނު ކަންތައް ހަދާންވީ ކުއްލިޔަކަށް މިޝީ އަތް ޖަހާލުމުންނެވެ.

” ފައިނަލީ އައި ސޯ ޔޫ ބޯތު ޓުގެދާ” އަލްޔާ މާއިންއާ ދުރަށްޖެހިލީ މިޝީ ލައިޓް ޖެއްސުމުންނެވެ. މީ މިޝީކޮއްލި ސަމާސައެއްކަން އިނގި އަލްޔާ ގާތަށް ހިނިއައެވެ.

“ޔޫ ނޯޓީ ގާލް..” އަލްޔާ މިޝީއަށް މުހާތަބުކޮއް ބުނި ޖުމްލަ މެދު ކަނޑާލީ މާއިން އަލްޔާއަށް ގޮވާލުމުންނެވެ.

“ސޯ އިޓްސް ޔޫ..” މާއިން ގަބޫލް ނުކުރެވޭފަދަ ގޮތަކަށް ބަލަން ހުރެ ބުނެލިއެވެ.

“ޔާ އިޓްސް މީ..” އަލްޔާ ހުރީ މިޝީ ކުރި ކަންތަކުން ފުދޭވަރަކަށް ލަދުގެންފައެވެ. އެކަން އަލްޔާގެ މޫނު މަތިން މާއިންއަށް ފާހަގަކުރެވުނެވެ. އެ މޫން މައްޗަށް ވަނީ މަޑު ފިޔާތޮށި ކުލައެއް ވެރިވެފައެވެ.

“ސޯ ލެޓްސް ކަޓް ދި ކޭކު…” މާން ނިދިއަންނަ ގޮތް ވުމުން ބުނެލިއެވެ. މާއިން ކޭކު ފެޅުމަށް ފަހު ފުރަތަމަ ކޭކު ކޮޅު ލެވީ މާންގެ އަނގަޔަށެވެ. އަލްޔާއަށް ކޭކު ކޮޅު ދެމުން އެ މޫނަށް ފުންކޮށް މާއިން ބަލާލިއެވެ. ހިތްތަށް ކަތިލާ ފަދަ ރީތި ކަމެކެވެ. އަލްޔާއަށްވެސް ކޭކު ކާން ހަދާން ނެތިފަ މާއިންގެ މޫނަށް ނަޒަރު ހުއްޓާލައިގެން ހުރެވުނެވެ. މާއިންގެ ހިތުގަ އެތަކެއް ސުވާލުތަކެއް އުފެދިފައި ހުންނާނެކަން އަލްޔާއަށް އިނގެއެވެ.

“ދޮންބެދައްތާ މާންއަށް އަދި ކޭކު ކޮޅެއް ދީބަ..” މާންގެ ތުއްތު ތުއްތު އަޑުން އެހެން ބުނެލުމުން ދެމީހުނަށްވެސް ހަމަ ބިމަށް އާދެވުނީ ދެނެވެ. އަލްޔާ މާން އަށް ކޭކު ކާން ދެމުން ދިޔަތަން ބަލަން ފޫހިކަމެއް ނެތި މާއިން އިނެވެ. އެހެން އިން އިރު އަލްޔާއާ ކުރަން ބޭނުން ބައިވަރު ސުވާލު މާއިންގެ ހިތުގަ ހުއްޓެވެ. ނަމަވެސް ކޮއްކޮމެން ތިބުމުން މާއިން ސުވާލުނުކޮށް މަޑުކޮއްލީއެވެ.

ކޭކު ކައިގެން މިޝީއާ މާން ނިދަން ދިއުމުން އަލްޔާވެސް ކޭކު ގެންގޮސް އައިސް އަލަމާރިޔަށް ލިއެވެ. އަލަމާރިއަށް ލާފަ އެނބުރިލި ވަގުތު ކުރިމަތީ މާއިން ހުރިތަން ފެނިފަ އަލްޔާ ދިޔައީ ސިއްސައިގެންނެވެ. މާއިން އަލްޔާގެ އަތުގަ ހިފައިގެން ގޮސް ސޯފާގަ އިށީންދެލިއެވެ.

“އާޔޫ މެރިޑް..” ފުރަތަމަވެސް މާއިން އެސުވާލު ކޮށްލުމުން އަލްޔާ ގާތަށް ހިނިވެސް އައެވެ. ނަމަވެސް އެކަން ބޭރުފުށުން ފާޅެއް ނުކުރެއެވެ.

“ޔާ އައިއޭމް މެރިޑް. ހަޒްބެންޑަށް ވަގަށް މިއައީ..” އަލްޔާ މަޖާވެލާފަ ބުނެލި ނަމަވެސް މާއިންގެ މޫން މަތިން ފެންނަނީ ސީރިއަސްކަމާއި ހާސްކަމެވެ.

“ދެން މާއިން ވެސް ދޯ… އަލް މެރިޑެށް ނޫނޭ…. އެއީ އަލްގެ ދޮންބެ… މާއިން ގެ ވާހަކަ ތަކުން އެއީ އަލްޔާކަން އަލް އަށް އިނގުނު، ނަމަވެސް ބުނަން ނުކެރުނީ އަސްލު…” އަލްޔާ އަށް ބުނެވުނީ އެހިސާބަށެވެ. މާއިން އައިސް އަލްޔާގެ ގައިގަ ބާރަށް ބައްދާލިއެވެ. އެ ބީހިލުމުން އަލްޔާގެ ހިއްސުތަށްވެސް ހޭލައްވާލިއެވެ. ދުވަހަކު ފިރިހެނެއްގެ އެފަދަ ބީހުމެއް އިހުސާސް ކޮށްފައި ނުވާ އަލްޔާއަށް ލިބުނީ ބުނެދޭން ނޭންގޭ ފަދަ އުފާވެރި ކަމެކެވެ. މާއިންގެ އަތުތެރޭގަ އުމުރަށް އެހެން އޮންނަން އަލްޔާ ބޭނުންވެއެވެ. މާއިން ވެސް ބޭނުން ވަނީ އަލްޔާއަކީ ހަމަ އެކަނި މާއިންގެ ހައްގަކަށް ހަދާށެވެ. މާއިންގެ ފެންވަރުން މާއިންއަށް ދެވުނު އުފަލެއް މާއިން އަލްޔާ ދޭނެއެވެ.

“އަލް އައި ލަވް ޔޫ ސޯ މަޗް…” އިޝްޤުން ފުރިގެންވާ ނަޒަރުން އަލްޔާއަށް ބަލާލަމުން މާއިން ބުނެލިއެވެ.އަލްޔާގެ މޫނު ވަގުތުން ރަތް ކުލަވެރިވެގެން ދިޔައެވެ. މާއިން އަލްޔާގެ މޫނާ މޫނު ކައިރިކޮއްލިއެވެ. މާއިންގެ ހޫނު ނޭވާތަށް އަލްޔާގެ މޫނަށް ފަހަރަކަށްވުރެ ފަހަރަކު ކައިރިން އެޅެމުން ދިޔައިރު އަލްޔާގެ ހިތްވަނީ އަވަސް ވެފައެވެ.

“އަލް ޑޫ ޔޫ ލަވް މީ..”  މާއިންގެ ނޭފަތް އަލްޔާގެ ނޭފަތުގަ ޖައްސާލުމަށްފަހު އަލްޔާގެ ލޮލަށް ބަލާލާފަ މަޑު މަޑުން ސުވާލު ކޮއްލިއެވެ.

އަލްޔާއަށް ޖަވާބު ދެވޭވަރެއް ނުވެއެވެ. އެހާ ކައިރީގަ މާއިން އިނުމުން އަލްޔާގެ ވިންދުއަވަސް ވަނީއެވެ. އަލްޔާގެ މޫނަށް ވެރިވަމުން ދިޔަ ކުލަތަކުން އަލްޔާވެސް މާއިން ދެކެ ލޯބިވާކަން މާއިން ދެނެގަތެވެ. ބޭ އިހްތިޔާރުގަ މާއިންގެ މަސްތުން ފުރިގެންވާ ތުންފަތަށް އަލްޔާއަށް ބަލާލެވުނީ އެކަމަށް ދައުވަތު ދޭފަދަ ގޮތަކަށެވެ. މާއިންއަށް ކެތްވީ އެހިސާބަށެވެ. އަލްޔާގެ އެ މަޑު ފިޔާތޮށި ކުލައިގެ ތުންފަތުގަ މާއިން އަށް ބޮސްދެވުނެވެ. އަލްޔާއަށް މާއިންގެ ކަރުގަ ދެއަތް ވާށާލުމަށް ފަހު ލޯމަރާލެވުނީ ލިބެމުން ދިޔަ އުފަލުގެ ބޮޑު ކަމުންނެވެ. ދެމީހުނަށް ހަމަ ނޭވާލެވުނީ އޭގެ  އިރުގަނޑެއް ފަހުންނެވެ. މާއިން އަލްޔާގެ ނިތްކުރިއަށް ބޮސްދީފަ ވަރަށް ލޯބިވެއޭ ބުނެލުމުން އަލްޔާގެ މޫނު އިތުރަށް ރަތްވެގެން ދިޔައެވެ. އަލްޔާގެ ރަތް ކުލަ އަރާފަ ވާ ތުންފަތް ފެނި ދެވަނަ ފަހަރަށްވެސް މާއިންއަށް އަލްޔާގެ ތުންފަތުގަ މަޑުމަޑުން ބޮސްދެވުނެވެ. އެ ނާޒުކު މަލެއްފަދަ ކުއްޖާ އޭނަގެ ހައްގަކަށް ވާނީ ކޮންއިރަކު ބާއޭ މާއިންގެ ހިތަށް އެރިއެވެ.

“ބޭބީ ދެން ގެއަށް ދާން ވީނު… މާ ލަސްވަންޔާ މަންމަވެސް ހިތްހަމަ ނުޖެހޭނެއްނު..” މާއިން އަލްޔާގެ އަތުގަ ހިފާލައިގެން ވާހަކަ ދައްކަން އިނދެފަ ސުވާލު ކޮއްލިއެވެ.

މާއިން ބޭބީ އޭ ކިޔާ އަލްޔާއާ މުހާތަބު ކޮއްލުމުން އަލްޔާގެ ހިތް އުފަލުންގޮސް ނަށާލިއެވެ. އަލްޔާ އާނއެކޭ ބުނެލީ ބަސްއަހާ ކުޑަކުއްޖަކު ފަދައިންނެވެ.  ނަމަވެސް ދެވަނަ ސިކުންތުގަ އިތުރަށް މާއިން އަތުތެރޭގަ ބޮނޑިވެލީ ދާންބޭނުން ނުވެޔޭ ބުނާފަދަ ގޮތަކަށެވެ. މާއިންގެ އެ ބާރުގަދަ ދެއަތުގެ ހިމާޔަތް އަލްޔާ އަބަދުމެ ބޭނުންވެއެވެ.

އަލްޔާ ހޭނޑް ބޭގް އަޅުވައިގެން އެ އެޕާޓުމެންޓްއިން ނިކުންނަން ހަދާލުމުން މާއިން އަނެއްކާވެސް އަލްޔާގެ އަތުގަހިފާ ގަޔާ ކައިރިކޮއްލިއެވެ.

“މާއިންގެ ސުވާލަށް ޖަވާބެއް ނުދެމެއްނު އަދިވެސް.. ޖަވާބު ދީފަ ދެވޭނީ… ޑޫ ޔޫ ލަވްމީ..” މާއިން ސުވާލު ތަކުރާރުކޮއްލުމަށް ފަހު އިތުރަށް އަލްޔާއާ ގާތްވެލިއެވެ.

އަލްޔާ ލަދުން އިސްޖަހާލިއެވެ.

“ތިހެން ލަދުގެންފަ ހުއްޓަކަސް ނުދެވޭނެ އިނގޭ..” މާއިން ލާނެތް ގޮތަކަށް ބުނެލިއެވެ.

“އައި ލަވް ޔޫ” މަޑު މަޑުން މިހެން ބުނެލާފަ ދުވެލާފަ އަލްޔާ ނިކުމެގެން ދިޔަތަން ބަލަން މާއިން ހެވިފަ ހުއްޓެވެ. އަލްޔާ އޭނަގެ ހަޔާތަށް އައުން ވެގެން ދިޔައީ ބަހާރު މޫސުމުގެ ފެށުމަށެވެ. އަލްޔާ މާއިން ދެކެ ކިތަންމެ ލޯބިވިޔަސް  އެފަދަ މުއްސަނދި އާއިލާއެއްގަ ހުރި ހަމަ އެކަނި އަންހެންދަރި މާއިން ފަދަ ދެރަ ނިކަމެއްޗަކާ ކައިވެނި ކުރަން އަލްޔާ ބައްޕަމެން ގަބޫލް ވާނެ ބާއޭ މާއިން ގެ ހިތަށް އެރިއެވެ.

އަލްޔާ ގޮސް ގެއަށް ވެންއިރު އެކަކުވެސް ފެންނަން  ނެތުމުން ގޮސްވަނީ ކޮޓްރިއަށެވެ. ފާހާނައަށް ވަދެ އެއްޗެހި ބަދަލު ކޮށްލައިގެން ނިކުތްއިރު މާއިން ގުޅަނީއެވެ.

“ބޭބީ ސަލާމަތުން ގެއަށް ދެވުނުދޯ..” ފޯން ނެގުމާއެކު މާއިން ކޮއްލީ ސުވާލެކެވެ.

“ހޫމް މިހިރީނު ސަލާމަތުން..” ބެލްކަންޔަށް ނިކުމެ މަތި ބަލާލަމުން އަލްޔާ ބުނެލިއެވެ.

“ވާއު ހާދަ ރީއްޗޭ މާއިންގެ ޕަރިންސެސް..” ބެލްކަނިން އަލްޔާއަށް ބަލަން ހުރެ މާއިން ބުނެލިއެވެ.

“ކީއްވެ އެއްޗެކޭ ނުބުނީ… ޔަގީން ޝައިވެފަ އެހެރީ… މާއިންއަށް މިލިބުނީ ހާދަ ޝައި ބޭބީ އެކޭ ދޯ..” މާއިން ލާނެތް ގޮތަކަށް ބުނެލިއެވެ.

“ހެހެ ދެން މާއިން” އަލްޔާ ތުއި ގޮތަކަށް ބުނެލިއެވެ.

“ތެންކްސް އަލޮޓް އަލް.. އެތަށް ޒަމާނަކަށް ފަހު މި ހަޔާތުގެ އުފާވެރި ކަމުގެ ދަންމަރު އަލް ތި ރޯކޮއްލަދިނީ… އެންމެ ހެޕީވީ ބާތުޑޭ ޕްރެޒެންޓަކަށް އަލް ލިބުނީމަ..” މާއިން އުފާވެލާފަ ބުނެލިއެވެ.

“ދެން މާއިންވެސް ނުޖެހޭނެ އިތުރަށް ހިތާމަ ކުރާކަށް… އަލް ހުންނާނަން އަބަދުވެސް މާއިންއާއެކުގަ” އަލްޔާވެސް ލޯބިން ބުނެލިއެވެ.

? ނުނިމޭ ?

20
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Mimmi ❤️

? ? Inspired by reader's comments ? ?

Other Articles

Previous

ހުވަފެން (13)

Next

އިންތިޒާރުގައި ހުރިން.. (12)

Next
March 9, 2017

އިންތިޒާރުގައި ހުރިން.. (12)

Previews
March 9, 2017

ހުވަފެން (13)

45 Comments

  1. ❤️ Mimmi ❤️ says:
    March 9, 2017 at 9:28 am

    Sorry for the delay.. Rey college ninmaafa ais upload kuran beli iru wifi eh nulibey. Ehnve reyga up koh nudhevny.. Enjoy Reading ?

    1. Positive says:
      March 9, 2017 at 11:06 am

      Kniraku next part up khdheneee

    2. ❤️ Mimmi ❤️ says:
      March 9, 2017 at 11:57 am

      Miadhu upkohla dheynan. Adhi mi up kury iyyege part ?

  2. mau says:
    March 9, 2017 at 9:51 am

    Me first dhw…??? vvvvv reethi mi part vx… Thnx Mimmi??????

    1. ❤️ Mimmi ❤️ says:
      March 9, 2017 at 11:58 am

      Yes mau first ? Thankx ?

  3. dhooni says:
    March 9, 2017 at 9:51 am

    wow vv v reethi mibaives

    1. ❤️ Mimmi ❤️ says:
      March 9, 2017 at 11:59 am

      Thankx dhooni ?

  4. Afoo says:
    March 9, 2017 at 10:00 am

    Wow v v v nice …

    1. ❤️ Mimmi ❤️ says:
      March 9, 2017 at 12:03 pm

      Thankx Afoo ?

  5. tui says:
    March 9, 2017 at 10:01 am

    Thankolheh avahah up kohdheyn v nu.nice story

    1. ❤️ Mimmi ❤️ says:
      March 9, 2017 at 12:03 pm

      Thankx tui. Miadhu adhi eh part upkohla dheynan ?

  6. mary says:
    March 9, 2017 at 10:34 am

    Wow haadha reechay waiting for next part

    1. ❤️ Mimmi ❤️ says:
      March 9, 2017 at 12:04 pm

      Thankx mary ?

  7. Shinnu says:
    March 9, 2017 at 10:53 am

    Wow v salhi

    1. ❤️ Mimmi ❤️ says:
      March 9, 2017 at 12:12 pm

      Thankx Shinnu ?

  8. Esfiya says:
    March 9, 2017 at 11:10 am

    Ok vara reethi hama

    1. ❤️ Mimmi ❤️ says:
      March 9, 2017 at 12:12 pm

      Thankx Esfiya ?

  9. sam says:
    March 9, 2017 at 12:50 pm

    Wow lovely kan please next part iam waiting

  10. yalvish says:
    March 9, 2017 at 12:55 pm

    Asl maain ehaa dhynah lobi kuraa kujjeh ehen ulhunyma kamaku nudhey ehaa.. ekam rythi.. adi ehaa bodah ekahala amalthah kiyaadhyfa huhnaathy yal ah kamaku nudhey..

  11. ??? says:
    March 9, 2017 at 1:20 pm

    wow. Waiting for next part

  12. Lovely girl says:
    March 9, 2017 at 1:53 pm

    This part is nice too

  13. pooh says:
    March 9, 2017 at 1:55 pm

    Beautiful story
    mimmi miadhu adhi eh part kiyaalan libeyne dhw

  14. Iskaa says:
    March 9, 2017 at 1:56 pm

    Vvvvvvvvvv reethi love this story..

  15. koohtha says:
    March 9, 2017 at 2:01 pm

    varah salhi mi partves. waiting for next part. Thankolheh avahah upkohdhehchey

  16. Saandy says:
    March 9, 2017 at 2:08 pm

    ވަރަށް ރީތި މިބައިވެސް… 5ވަނަ ބަޔަށް އެބަ ވަރަށް އިންތިޒާރުކުރަން

  17. Yey says:
    March 9, 2017 at 2:29 pm

    Alhe mimmige ehn story eh kiyaalan libuny dhw.. Adhi mi kiyan feshy. Varah reethi mi storyves

  18. Reader says:
    March 9, 2017 at 2:38 pm

    Miadhu kihaairaku upkohdheyni?

  19. Aayath says:
    March 9, 2017 at 2:42 pm

    Mivaahaka kurin kee handhaanvey.

  20. Alya says:
    March 9, 2017 at 3:05 pm

    varah varah varah reethi. Ekam maainge name varah girly

  21. rim says:
    March 9, 2017 at 3:15 pm

    V v v v v riiiiiiiiiiithi

  22. ReeXa says:
    March 9, 2017 at 5:38 pm

    Awesome

  23. addu koyya says:
    March 9, 2017 at 5:49 pm

    Varah loabi story ah?????

  24. Nooky says:
    March 9, 2017 at 8:30 pm

    Nice story avaha up koladhebal next part

  25. Xenn says:
    March 9, 2017 at 11:12 pm

    Next part kobaatha

  26. Ulya says:
    March 10, 2017 at 5:44 am

    Im so in love with this… ?????thanks dear

  27. riyaa says:
    March 10, 2017 at 6:54 am

    Mivaahaka aky copy vaahaka eh.

    1. ❤️ Mimmi ❤️ says:
      March 10, 2017 at 12:12 pm

      Riyaa mi vaahaka aky copy vaahaka eh nuun. Mi alhugandu furathama liyunu vaahaka. Mivaahaka kurinves esfiyaiga genesdhinin. Alun mi vaahaka mi publish kurany. Mi story feshumuge kurinves bunin mi alhugandu kurinves mi site ah liyefa in vaahaka ekey. Ekam eyah libunu commnt thakuge sababun kudhi kudhi chnges thakaa eku upkohlany ey. So copy vaahaka ekey bune commnt kuraairu kamuge hageegai balaalun muhinmu.

  28. Nooky says:
    March 10, 2017 at 8:53 am

    Kobatha next part up nukureveya nugens hutala vynu

    1. ❤️ Mimmi ❤️ says:
      March 10, 2017 at 12:21 pm

      Sorry ?
      Will upload today ?

  29. Nooky says:
    March 10, 2017 at 7:32 pm

    Kobatha next part buni up kuranme bt adhives nuvy

  30. Marfa says:
    March 10, 2017 at 8:00 pm

    Varareeethi Kobaa next part konirakun upkodheyny

  31. ❤️ Mimmi ❤️ says:
    March 11, 2017 at 1:06 am

    Thankx everyone for the lovely comments ??

  32. Faathee says:
    March 13, 2017 at 11:14 am

    Wow mimmi. Awesome hama. Sifa kurun tha ves haadha furihama ey

  33. sis says:
    May 28, 2017 at 9:26 am

    Reythi vvvvv loabii hahahahahahahahahahahahahahahahahah :'(:-*

  34. sis says:
    May 28, 2017 at 9:28 am

    Nic vv ehgey mimmii

Comments are closed.

All Right Reserved!