Hurihaa kiyuntherinnah ves v v v v bodah sorry vaahaka lasvaathy. engey mihaaru v v v bodah lasvehjekan. Princess lily ge laptop ga kuda mahsalaeh jehigen vaahaka up nukurevi lasvany… V v v bodah sorry. Try kuraanan miadhuves rangalhuvehjeyaa vaahaka up kuraanan… I’m realy sorry
“އަލާން… އަލާން…!” އަލާންއަށް އިސް އުފުލާބަލާލެވުނެވެ. އޭރު ތަންކޮޅެއްދުރުގައި މަޑުކޮއްލައިގެން އެހުރީ ހުދު އަލާންގެ ސޫރައެވެ. އެއްވެސް ތަފާތެއްނެތެވެ. “ހާދަ ފިނޑިއޭ…! ބަލަބަލާ ހުއްޓަ ކިހިނެއް މިވީ…! ހެހެހެ..” އެމީހާ އަލާންއަށް މަލާމާތްކުރިއެވެ. ” އަލާން… އަލާން….! ނިހާ އެދިޔައީ ކަލޭގެ ލޯބީގަ ކޮޅުފައިން ޖަހާފަ…! އެކަމަކު ކަލެއަކަށް އެއްވެސް ކަމެއްނުކުރެވުނު… ހެހެހެހެހެ.. !” ހެމުން އެމީހާ އަލާންގެ ކުރިމަތިން ގެއްލުނެވެ. “އަލާން…” އަލާން ފަސްއެބުރި ބަލާލީ ހަމަ އެއަޑު އަލާންގެ ފަހަތުން އިވުމުންނެވެ. “އަލާން ރޮނީތަ… […]
“އަހަރެންނަށް ހީވަނީ މަސްވެރިކަމާ ގުޅޭ ސާމާނު ވިއްކާ ތަނެއް މިހިސާބުގަ ވަރަށް ހިނގާނެހެން…” ނާއިފްވެސް ވާހަކައިގަ ބައިވެރިވެލަމުން ބުނެލިއެވެ. ” ތީ ވަރަށް ރަނގަޅު ހިޔާލެއް… މަސް ދޯނިތަކުން ފަޅުފުރިފަ އޮންނަންޔާ ވަރަށް ވިޔަފާރި ވާނެހެން މަށަށްވެސް ހީވޭ…” ” އާނ…އާނ.. މިހާދުއަށްވެސް ކަމުދިޔައީ ދޯ؟ މިވަނީ ރަނގަޅަށްތާ؟” އަޔާޒު އަކަށް މަޑަކުން ނީންދެވުނެވެ. ” ކިހިނެއްވީ..؟ ރަނގަޅު ހިޔާލެއްވިއްޔާ ކޮންމެ މީހަކު ބުންޏަސް އެވާނީ ރަނގަޅު އެއްޗަކަށްނު…” މިހާދު ހައިރާންވެފަ އިންދެ އަހާލި އެވެ. އެވަގުތަކީ […]
“އޯ ނޯ.. ނިހާ އެކަނި އެދިޔައީ. އަލާން ދިމާކޮއްލައިފިއްޔާ…؟” ނައިފްގެ ވިސްނުމަށް މިކަން އައީ އިރުކޮޅެއްފަހުންނެވެ. ނާއިފް އަވަހަށް ނިހާމާ ދިޔަދިމާލަށް ދާން ހިނގައިގަތެވެ. ” ނިހާ ހާސްވެދާނެތީ އަހަރެން ނުވެސްބުނަން ނިހާ ކައިރިއަކު މިތާ އަލާން އުޅޭ ވާހަކައެއް…!” ނާއިފް ގެ ހާސްކަން އިތުރުވިއެވެ. “ނާއިފް … ނާއިފް…!! ހަމަޖެހިބަލަ.. މަޑުކޮއްބަލަ…! އަލާން ދިޔައީ އެކޮޅަށްށޭ..! ” އަޔާޒް ކަފިވެފައިވާ މަގާދިމާލަށް އިނގިލި ދިއްކޮއްލަމުން ބުނެލިއެވެ. އަޔާޒް އިނގިލިން އިޝާރާތް ކުރީ ނިހާމާދިޔަމަގު ނޫން އަނެއްމަގައްށެވެ. […]
“ދެންވެސް އޮންނަނީތަ؟.. އެއޮށް ފަހެއްޖަހަން ދިހަމިނެޓަށްވީ… ހިނގާދާން ތުނޑިއަށް….”. އަޔާޒް ނާއިފްގެ ކޮނޑުގައި ޖަހާލަމުން ބުނެލިއެވެ. ނާއިފްއާއި އަޔާޒް ހިނގައިގަތީ ތުނޑިމައްޗަށް ދިއުމަށެވެ. ޖެހެމުންދާ ފިނި ވައިރޯޅިއާއި ގޮނޑުދޮށަށް ބީއްސަމުންދާ ކުދި ރާޅުތަކާއި އެކި ރާގުރާގަށް ގޮވަމުންދާ ދޫނިތަކުގެ އަޑުން މުޅި ތުނޑިމައްޗަށް ވެރިވެފައި ވަނީ އާދަޔާ ހިލާފް ހިތްގައިމު ކަމެކެވެ.މިހިތްގައިމު ވަގުތުގައި ތުނޑިމައްޗަށް އައިސް އެ މަޑުކޮށްލީ ނާއިފް އާއި އަޔާޒް އެވެ. މިވަގުތަކީ ނާއިފް އަށް ހަޔާތުގައި ވަރަށް މުހިއްމު ވަގުތެކެވެ. ހަމަ އެހާމެ […]
“ހީވޭތަ އަހަރެން އެކަން ހަނދާންނެތޭނެހެން… މި އިނާމުގެ ރަހަ ރަނގަޅަށް އެ ނިހާގެ އަރުތެރޭ ލައްވާނުލެވުނިއްޔާ މަށަކަށް އަލާންއެއް ނުކިޔާނެ….!” އަލާން ކޯތާފަތްމަތީ އަތްޖައްސާލަމުން ބުނެލިއެވެ. ހީވަނީ މިއަދު ނިހާމާގެ އަތުންލިބުނު ހޫނު ހަމަލާގެ ދިލަ އަދިވެސް ނުކެނޑޭހެންނެވެ. ނިހާމާ އޮތީ ކޮޓަރީގައެވެ. އޭރު ނިހާމާގެ ވިސްނުމާއި ހިޔާލުގައިވަނީ އެންމެކަމެކެވެ. މިއޮއްހުރިހާދުވަހު ނުލިބުނު ހިތްވަރެއް މިއަދު ނިހާމާއަށް ލިބުނުގޮތަކާމެދު ހުދު ނިހާމާވެސް ހައިރާންވިއެވެ. މީގެކުރިން އެވަރަށް އަލާން އުނދަގޫކުރިއިރުވެސް ނިހާމާއަށް އަލާންއަށް އެވަރުގެ ބަދަލެއްދޭކަށް ނުކެރެއެވެ. ނާއިފް […]
މިވާހކައިގެ 3 ވަނަ ބައި އަލުން ދިގުކޮން ގެނެސްދީފައި ވާނެއެވެ. ހަތަރުވަނަ ބައި ފެށޭނީ މިހާރު ތިންވަނަބައި ނިމިފައިވާ ހިސާބުންނެވެ. ފޫހިކަމެއްނެތި މިވާހަކަ ކިޔަމުންދާ ކިޔުންތެރިންގެ ސަމާލުކަމަށްޓަކާ މިކަން އަނގާލީމެވެ. އުންމީދުކުރަން 3ވަނަ ބައި އަލުން ކިޔާލާނެކަމަށް
ގޭތެރޭގެ ހުރިހާކަމެއް ނިންމާލުމަށްފަހު ނިހާމާ އައިސް ކުންނާރުގަސްދަށުގައި ހުރި ޖޯލީގައި އޮށޯވެލިއެވެ. އެއާއެކު އަނެއަކާވެސް ރޭގެ ހަނދާންތައް އާވާން ފެށިއެވެ. “އައްސަލާމް އަލައިކުމް…” ނިހާމާ ސިހިގެންދިޔައި ދޮރުމަތީގައި ހުރި މީހަކު ސަލާމްގޮވާލުމުންނެވެ. “ވާލައިކުމުއްސަލާމް…” ނިހާމާ ސަލާން ބަލައިގަންނަމުން އެދިމާލަށް ބަލާލިއެވެ. ފެނުނީ ގަބޫލުކުރަން ދަތިމަންޒަރެކެވެ. ކުރިމަތީހުރީ ރޭން ފެށިގެން ފެނިލުމަށް އެދި އިންތިޒާރުކުރަމުންދިޔަ ޒުވާނާއެވެ. ނާއިފް އެވެ. ހީވިހީވުމެކޭ ހީކޮއްލުމަށްފަހު ނިހާމާ އިސްދަށަށްޖަހާލިއެވެ. ދެވަނަފަހަރަށް އިސްއުފުލާ ބަލާލީ ފެނުނު މަންޒަރު ޔަގީންކޮއްލުމުގެ ބޭނުމުގައެވެ. ނިހާމާ ފެނުމުން ނާއިފްއަށްވެސް […]
“ނިހާ ޕްލީޒް.. އެނގޭތަ އަހަރެން މިހުންނަނީ ހަމައެކަނި ނިހާއަށްޓަކާ..! ވަރަށް ލޯބިވޭ.. ކީއްތަވާނީ އަހަރެންގެ ލޯބި ގަބޫލުކުރިއްޔާ” އަލާން ނިހާމާއާއި ކައިރިވުމައްޓަކައި އަޅާކޮންމެ ފިޔަވަޅަކަށް ނިހާމާ ފަހަތައް ފިޔަވަޅެއް އަޅައެވެ. އެންމެފަހުން ނިހާމާއަށް ފަހަތަށް ދަމުންގޮސް ޖެހެވުނީ ފާރުގައެވެ. އަލާން ނިހާމާގެ ދެފަރާތުން ފާރުގައި ދެއަތް ވިއްދާލިއެވެ. އެހެންނަމަވެސް ހުޝިޔާރުކަމާއެކު ނިހާމާ ކުއްލިއަކަށް އަލާން ފަހަތަށް ކޮއްޕާލާ ގެއާދިމާލައް ދުއްވައިގަތެވެ. މިކަމަށް ނުވިސްނާހުރި އަލާންގެ އަތްދަށުން ނިހާމާ ސަލާމަތްވެގެން ދުއްވައިގަން ވަގުތު އަލާން ވެއްޓުނީ މަގުމަތީގައިހެދިފައިވާ ފެންގަނޑަކަށްށެވެ. […]