Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ދޭނަން ހިތާ ޖާނާ…! 4ވަނަ ބައި

princess lily
January 27, 2016
3 Mins Read
49 Views
9 Comments

“ހީވޭތަ އަހަރެން އެކަން ހަނދާންނެތޭނެހެން… މި އިނާމުގެ ރަހަ ރަނގަޅަށް އެ ނިހާގެ އަރުތެރޭ ލައްވާނުލެވުނިއްޔާ މަށަކަށް އަލާންއެއް ނުކިޔާނެ….!” އަލާން ކޯތާފަތްމަތީ އަތްޖައްސާލަމުން ބުނެލިއެވެ. ހީވަނީ މިއަދު ނިހާމާގެ އަތުންލިބުނު ހޫނު ހަމަލާގެ ދިލަ އަދިވެސް ނުކެނޑޭހެންނެވެ.

ނިހާމާ އޮތީ ކޮޓަރީގައެވެ. އޭރު ނިހާމާގެ ވިސްނުމާއި ހިޔާލުގައިވަނީ އެންމެކަމެކެވެ. މިއޮއްހުރިހާދުވަހު ނުލިބުނު ހިތްވަރެއް މިއަދު ނިހާމާއަށް ލިބުނުގޮތަކާމެދު ހުދު ނިހާމާވެސް ހައިރާންވިއެވެ. މީގެކުރިން އެވަރަށް އަލާން އުނދަގޫކުރިއިރުވެސް ނިހާމާއަށް އަލާންއަށް އެވަރުގެ ބަދަލެއްދޭކަށް ނުކެރެއެވެ. ނާއިފް ކައިރީ ހުރުމުން ނިހާމާއަށް ލިބުނު ހިތްވަރެއްކަމުގައި ނިހާމާއަށް ގަބޫލުކުރެވުނެވެ.

ނިހަމާއެކޭ އެއްފަދައިން ނާއިފްގެ ހާލަކީވެސް ހަމަމިއެވެ. ނިހާމާގެ ހިޔާލުތަކުގައި ވަގުތުހޭދަވަމުންދިޔަ ގޮތްވެސް ނާއިފްއަށް ނޭނގޭކަހަލައެވެ. ހޭދަވެގެންދާ ކޮންމެ މިނެޓަކު އެތައްފަހަރަކު ނިހާމާ ފެނިލުމަށް އެދި ކުރެވޭ ހިޔާލެވެ.

“ކޮންހިޔާލެއްގަ..؟” ކޮޓަރިތެރެއަށް ވަދެގެންއައި އަޔާޒް ވާހަކަދެއްކީ ނާއިފްއާއެވެ. އޭރު ނާއިފް އޮތީ އެނދުގައި އޮށޯވެލައިގެންނެވެ.

“ތިކަން ކުރިއަށްދޭތައެބަ..؟” އަޔާޒް އެނދުގައި އިށީނދެލިއެވެ.

“ކޮންކަމެއް؟”ނާއިފްތެދުވެ އިށީނދެލިއެވެ.

“ނޭނގޭކަމަށް ހަދާނެކަމެއްނެތް… ތިވިސްނާ ކަންތަށް..” އަޔާޒް ނާއިފްއަށް ބަލާލިއެވެ.

“އެކަންދޯ.. ވޭތޯމިއުޅެނީ..” ނާއިފް ބޯކަހާލަމުން ބުނެލިއެވެ.

“ތިހެނެއް ނުވާނެ.. ތަންކޮޅެއް ކެރިގެން ތިކަމާކުރިމަތިލައިބަލަ.. މިރަށުން ދާންވާނީ ތިކަންކޮއްފަ…” އަޔާޒް ވިސްނާދިނެވެ.

“ފެނުނީމަ ކިޔަންއުޅޭ ހުރިހާއެއްޗެއް ނުކެރޭ ކިޔާކަށް..” ނާއިފް ބުނެލިއެވެ.

“ހުރިހާއެއްޗެކޭ.. ތިއުޅެނީ ގިނައެއްޗެހިތަކެއް ކިޔާފަ ނިހާ ރޮއްވާލަންތަ..؟ ލޯބި ހުށަހަޅަންވެސް ދަސްކޮއްދޭންވީދޯ…!” އަޔާޒް ހީލަމުން ބުނެލިއެވެ.

“އަޔާޒްހާ މޮޅެއްނުވާނެ..” ނާއިފް އަޔާޒް އަށް ބަލާލަމުން ބުނެލިއެވެ.

“އޯކޭ.. އޯކޭ.. ތިބުނީ މޮޅު ގޮތެއް ބުނެދޭށޭދޯ… ގުޅަންވީނު…” ނާއިފް ބަލަންއިންގޮތުން އަޔާޒް ވިސްނާލިއެވެ.

“ކޮބާ ނަންބަރު..! އެބައިންތަ؟” ނާއިފް އެހިޔާލަށް ތާއީދު ކުރިއެވެ.

“އާނ.. އެއްފަހަރު މިހާދު ޖޮބަށް މާލެދަމުން ގޭގެ ކަންތައްތައް ބަލާށޭ ބުނި.. އޭރު ރޭގަނޑުތާކަށް ދިޔަސް ނިހާ ގުޅާފަބުނާނެ ގެންގޮސްދޭން. މިހާދުވެސް ނިހާވެސް މަށަށް ވަރަށް ޓްރަސްޓް ކުރާނެ.. އަސްލު މަ ނާއިފްއަށް ޓްރަސްޓް ކުރާތީ މިކަމުގަ މި އެހީވަނީ.. ނިހާއަށް ދެރައެއް ނުދޭތި” އަޔާޒް ނަންބަރު ލިބުނުގޮތް ކިޔާދިނެވެ. އަޔާޒް އަވަސްއަވަހަށް ފޯނުނަގާ ނިހާގެ ނަންބަރު ހޯދަންފެށިއެވެ.

ގަޑިން އެގާރަ ޖެހީއެވެ. ނިހާމާއޮތީ ނުނިދިފައެވެ. އިރުއިރުކޮޅުން ގަޑިބަލާލައެވެ. ހީވަނީ މިރޭ ވަގުތުދާލެއް ލަސްވެގެން އުޅޭހެންނެވެ. ކުއްލިއަކަށް ނިހާމާގެ ފޯނުރިންގުވާންފެށިއެވެ. އޭރުގުޅަމުންދިޔައީ ސޭވް ނުކުރާ ނަންބަރަކުންނެވެ.

“””” ކާކުތަ؟ އަނެއްކާ އަލާންގެ ކަމެއްބާ..؟””” ނިހާމާ ނަންބަރަށް ބަލަންއިނދެ ވިސްނާލިއެވެ. ފޯނު ކެނޑުމަށްފަހު އިރުކޮޅެއްފަހުން އަނެއްކާވެސް ހަމަ އެނަންބަރުން ގުޅަންފެށިއެވެ. ފަސްވަނަފަހަރަށް ގުޅުމުން ނިހާމާ ފޯނުނެގިއެވެ.

“ހަލޯ…!”

” ނިހާތަ؟” އެކޮޅުން އިވުނީ އަލާންގެއަޑެއް ނޫނެވެ. ކާކުކަން ދެނެގަންނަން ނޭނގުނަސް އެއަޑު ކޮންމެސްތާކުން އިވިފައިވާހެން ނިހާމާއަށް ހީވިއެވެ.

“ހޫމް…!” ނިހާމާ ޖަވާބުދިނެވެ.

“މީ ނާއިފް.. ކުޑަ ވާހަކައެއްދައްކާލަން…” ނާއިފްގެ މިޖުމުލައިން ނިހާމާގެ ހިތް އަވަސްވިއެވެ.

“ކޮންވާހަކައެއް…؟ ބުނޭ…!” ނިހާމާ ސުވަލުކުރިއެވެ.

‘މާދަމާ ހަވީރު… ފަހެއްޖަހާއިރު.. ތުނޑިމަތިން ބައްދަލުކުރެވިދާނެތަ..؟” ނާއިފް ޖެހިލުންވެހުރެ ސުވާލުކުރީ ނިހާމާދޭނެ ޖަވާބެއް ނޭނގޭތީއެވެ.

” ހޫމް ވިސްނާލާނަން..”‘ ނިހާމާ އަވަސް ޖަވާބެއްދިނެވެ.

“އަހަރެން އިންތިޒާރު ކުރާނަން… ! ” ނާއިފް ފޯނު ކަނޑާލިއެވެ.

ނިހާމަ ފޯނުބާއްވާފައި އެނދުން ތެދުވިއެވެ. އަދި ކޮޓަރިތެރޭ ދެކޮޅަށް ހިނގަންފެށިއެވެ.

” އޯހ.. އަޅޭ..! ހަމަ އަސްލުވެސް ނާއިފްތަ ؟ މީހުވަފެނެއްތަ…؟ އޯހ…..!!” ނިހާމާ އަށް އުފަލުން މިހެން ބުނެވުނީ ބާރަށްށެވެ.

“ދަރިފުޅާ… ނިހާމާ.. ކިހިނެއްވީ…؟” ނިހާމާގެ އަޑުއިވުމުން ނަފީސާއައިސް ދެފަހަރަކު ނިހާމާ ނިދާ ކޮޓަރީ ދޮރުގައި ޖަހާލިއެވެ.

” ކަމެއްނުވޭ މަންމާ… ފިލްމެއް ބަލަނީ….!” ނިހާމާ އަވަސްއަވަހަށް ޖަވަބުދިނެވެ.

“މިހާރު ވަރަށް ލަސްވެއްޖެ.. ތި ފިލްމު ނިއްވާލާފަ ނިދާދެން…!” ނަފީސާ އެނބުރި ހިނގައިގަންނަމުން ބުނެލިއެވެ.

ނާއިފްއާއި އަޔާޒް ތިބީ ނާއިފްގެ ކޮޓަރީގައެވެ. ނާއިފް ހުރީ ކުޑަދޮރުން ބޭރުބަލާށެވެ. އޭރު އަޔާޒް އިނީ އެނދުމަތީ އިށީނދެއެވެ.

” ކީކުރަން މީޓުކުރަން ބުނީ..؟ ލޯބިވާ ވާހަކަ ބުނާކައްނު ގުޅީ…” އަޔާޒް ވާހަކަދެއްކީ ނާއިފް އާއެވެ.

“އަހަރެން އެވާހަކަ ބުނަން ބޭނުމީ ނިހާގެ ކުރިމަތީހުރެފަ.. ” ނާއިފް އެނބުރި އަޔާޒްއަށް ބަލާލިއެވެ.

“އޯހ… އެހެން ދޯ..! ނިހާ ދާނެތަ..؟” އަޔާޒް ގެ މިސުވާލުން ނާއިފްއަށް ބުނާނެއެއްޗެއް ނޭނގިފައި ހުރެވުނެވެ.

“ނޭނގެ! ދާނެހެންވެސް ބައެއްފަހަރު ހީވޭ” ޔަގީންނުވާކަހަލަ ރާގެއްގަ ނާއިފަށް ބުނެވުނެވުނެވެ.

“އަނެއްކާ ގަޑިކިޔާފަ ދާން ނުކެރިފަ ނުގޮސް ހުންނާނީކީ ނޫން” މިކަމާ ސައްލާ ކުރަން އެތައް އިރަކު ތިބުމަށްފަހު ނިދުމަށްޓަކައި އަޔާޒް އޭނާގެ ކޮޓަރިއަށް ދިއުމަށް މިސްރާބު ޖެހިއެވެ.ނާއިފްވެސް ނިދާލެވޭތޯ އެނދުގައި އޮށޯވެލިއެވެ.

އާދައިގެ މަތިން ނިހާމާ ގޭތެރޭގެ މަސައްކަތްތައް ކުރުމުގައި އަވަދިނެތި އުޅެމުންދެއެވެ.ނަމަވެސް އެހެން ދުވަސް ތަކާ ހިލާފަށް މިއަދު ނިހާމާގެ ހަރަކާތްތައް އަވަހެވެ. ހީވަނީ ތަނަކަށް ދިއުމަށް ގަޑި ޖެހޭތީ އަވަސް އަރުވާލައިގެން އުޅޭހެނެވެ. ނަފީސާ އަށް ބަދިއަށް އާދެވުނީ ނިހާމާ ހެނދުނުގެ ނާސްތާ ތައްޔާރު ކޮށް ނިމެން އުޅެނިކޮށެވެ.

” އައްދޭ…މިއަދު ކޮންކޮޅަކުން އިރުއަރައިގެން އުޅޭ ދުވަހެއް؟”ނިހާމާގެ އަވަސް ހަރަކާތްތައް ބަލަން ހުރި ނަފީސާ ބުނެލިއެވެ. މިއަޑަށް ސިއްސައިގެން ގޮސް ނިހާމާގެ އަތުގައި ހުރި ރިހަ ބޯތަށި ނުވެއްޓުނީ ހަމަ ކިރިޔާއެވެ.

“ސާބަސް ދަރިފުޅާ..!” ނިހާމާ ސިހިގެން ދިޔަލެއްބޮޑުކަމުން ނަފީސާ އަށް ބުނެވުނެވެ. މީގެ ކުރިން ނިހާމާ އަކީ އެގޮތަށް ސިއްސައިގެން ދާ ކުއްޖެއް ނޫނެވެ.

” ކިހިނެއްވީ ދުވަހެއް މީ އަނެއްކާ؟” ދެވަނަ ސުވާލު ނިހާމާއާއި އަމާޒުވިއެވެ.

” ކަމެއްނުވޭ މަންމާ… ނޭންގިހުއްޓާ މަންމައެހެން ބުނީމަ ވީގޮތެއްނު…” ނިހާމާ ޖަވާބުދިނެވެ.

ގަޑިން ހަވީރު ހަތަރެއް ޖެހީއެވެ. ކެތްމަދުވެފައިވާ ނިހާމާ މުށިމަސް ބައިގަނޑަކަށް ދަހިވެތިކަމާއި އެކު ބަލަމުން ބުރުޖަހަމުންދާ ހަންޖެއް ފަދައިން ގޯތިތެރޭ ބުރުޖަހާލަ ޖަހާލާ ހުއްޓެވެ. ” ހާދަލަހޭ ގަޑިހިނގާލެއް..” ހިތް އެދޭ ޒުވާނާއާއި ބައްދަލު ވެލުމަށް ކެއްމަދުވެފައިވާ ނިހާމާ ހިތާހިތުން ކިޔާލިއެވެ.

ނާއިފް ފެންވަރާ ރީތިވެލައިގެން ދޯލިފަތީގައި އޮތެވެ. ހީވާގޮތުން ފުން ހިޔާލެއްގެ ތެރެއްށް ގެއްލިފައެވެ.

“އޯ…! ގަޑިކައިރި ވާތީ ތިއްތި ހެދިގެން ކިޔާނެ އެއްޗެއް ވިސްނަންދޯ މިއޮތީ އިޝްގީ ބޯއީ..!”… ބޭރުން އައިސް ގެއަށް ވަންނަމުން އަޔާޒް ނާއިފް އަށް މަލާމާތް ކޮށްލިއެވެ.

“އެއްކަލަ އަޔާޒް …އަދިވެސް މަލާމާތް ކުރެވޭތޯ ބަލާ އަހަރެން ނާވަސް ވާވަރެއް އަޔާއަކަށް ނޭނގޭނެ… ދެންވެސް ބުނާނެ އެއްޗަކާއިމެދު މަޝްވަރާއެއް ދީބަލަ…” ވަރަށް ސީރިއަސް ރާގެއްގަ ނާއިފް ބުނެލިއެވެ.”

އޯކޭ..އޯކޭ.. އަޔާ ބުނަން އޮތީ ތިކަހަލަ ކަމެއް ކުރެވޭނީ ވަރަށް ކެރިގެން ކުރިމަތިލައިގެން… ނާއިފް ނިހާ އާ މެދު ދެކޭ ގޮތާއި ކުރެވޭ އިހްސާސް ނުހިފަހައްޓާ ކިޔާލަދީ އަދި ލޯބި ހުށައަޅާ…އެއަށްފަހު ނިހާއަށް ބޭނުން އެއްޗެއް ބުނުމުގެ ފުރުސަތުދީ.. އޭރުން ނިހާގެ ވިސްނުން ހުރިގޮތެއް އެނގިދާނެ..” ކުޑަކުއްޖަކަށް ނަސޭހަތްދޭ ބީދައިން އަޔާޒް ނާއިފް އަށް ކިޔައިދިނެވެ. “ދެންވެސް އޮންނަނީތަ؟.. އެއޮށް ފަހެއްޖަހަން ދިހަމިނެޓަށްވީ… ހިނގާދާން ތުނޑިއަށް…”. އަޔާޒް ނާއިފްގެ ކޮނޑުގައި ޖަހާލަމުން ބުނެލިއެވެ.

ނުނިމޭ..

19
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

princess lily

Other Articles

Previous

އަހަރެން….

Next

ލޯބިން އެކީގަ ވާނަމޭ.. (10)

Next
January 27, 2016

ލޯބިން އެކީގަ ވާނަމޭ.. (10)

Previews
January 27, 2016

އަހަރެން….

9 Comments

  1. princess lily says:
    January 27, 2016 at 4:12 pm

    sory kurukon mi part genesdhevunynaa. mirey adhi ithuru part eh genesdheveytho balaanan… eyrun dhigukon kiyaaleveyne…

  2. shahaa says:
    January 27, 2016 at 4:13 pm

    Okay nyc

  3. isha.. fathun says:
    January 27, 2016 at 4:55 pm

    Ahdhey magey sis haadha molhey sifa kohdheyn.. aslu vs v nyc.. hyvey mikan kuran kerijjeyyaa prfect future eh mikamun fennaane hen… ekm ayax aa nulaey thundiah dhaanyyy

  4. princess lily says:
    January 27, 2016 at 5:46 pm

    ehentha.. thanks……….!!!!

  5. misty says:
    January 27, 2016 at 7:03 pm

    Very nice.. When next part??

  6. princess lily says:
    January 27, 2016 at 7:48 pm

    thnks misty… mirey aneh part leveytho miblany. faharehga thankolheh lasvedhaane. faharehga 10 ge fahun

  7. lyn says:
    January 27, 2016 at 8:17 pm

    Nice. 🙂

  8. lyn says:
    January 27, 2016 at 8:19 pm

    V reethi

  9. Aimsithu says:
    January 27, 2016 at 8:33 pm

    Oh…yeah feeling thundi mathi loabi.. waiting waiting. ..

Comments are closed.

All Right Reserved!