Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ދޭނަން ހިތާ ޖާނާ..! 7ވަނަ ބައި

princess lily
January 30, 2016
4 Mins Read
83 Views
9 Comments

“އަހަރެންނަށް ހީވަނީ މަސްވެރިކަމާ ގުޅޭ ސާމާނު ވިއްކާ ތަނެއް މިހިސާބުގަ ވަރަށް ހިނގާނެހެން…” ނާއިފްވެސް ވާހަކައިގަ ބައިވެރިވެލަމުން ބުނެލިއެވެ.

” ތީ ވަރަށް ރަނގަޅު ހިޔާލެއް… މަސް ދޯނިތަކުން ފަޅުފުރިފަ އޮންނަންޔާ ވަރަށް ވިޔަފާރި ވާނެހެން މަށަށްވެސް ހީވޭ…”

” އާނ…އާނ.. މިހާދުއަށްވެސް ކަމުދިޔައީ ދޯ؟ މިވަނީ ރަނގަޅަށްތާ؟” އަޔާޒު އަކަށް މަޑަކުން ނީންދެވުނެވެ.

” ކިހިނެއްވީ..؟ ރަނގަޅު ހިޔާލެއްވިއްޔާ ކޮންމެ މީހަކު ބުންޏަސް އެވާނީ ރަނގަޅު އެއްޗަކަށްނު…”

މިހާދު ހައިރާންވެފަ އިންދެ އަހާލި އެވެ.

އެވަގުތަކީ އަލާންމެން ގުރޫޕް އައިސް އެތަނަށް ވަތް ވަގުތެވެ. އަލާން އަށް ނާއިފް އާއި މިހާދު އެއްތާކު ތިބިތަން ފެނުމުން ކެތްތެރިކަން ކޮޅުން ލިއެވެ.

” ދެ ޅިޔަނުން އެއްމޭޒެއްގަދޯ؟ ކަލޭ ބޭނުންހާ އެއްޗެއް ނުހެދޭނެ. ނިހާ އާ ވައި އެޅުނަސް ދުވަސް ދުއްވާލަން .. ހަނދާން ކުރާތި…” އަލާން އެ މޭޒާ ކައިރިވެލާފަ ބުނެލިޔެވެ.

” އެހެންތަ؟ ބުނަން ރަނގަޅު ވާހަކައެއް… ތިހެން އައިސް ފުއްޕާލީމަ މި ބުނަނީ މިތާ މިތިބަ ދެމީހުން ގައިގަ އިނގިލި ކުރި ޖައްސާލިޔަސް އަތުގެ ކުޑަހުޅުން ލުހެލާނަން…!! ކަލެއަށްނިހާ ލިބޭނެ ވަރަށް ލިބިފަ ތިހުރީ..! ރަށުތެރޭން ކޮންމެސް އެހެން ކަމަކާ އުޅޭ…!!!!” ދިފާއުގައި ތެދުވީ މިހާދު އެވެ.

މިހާދު މިހެން ބުނުމުން އެތަނުގައި ތިބި އެންމެން ހޭން ފަށައިފިއެވެ.އަދި އަލާން އަށް މަލާމަތްކޮށް ހޯއްގޮވަން ފަށައިފިއެވެ. އަލާން ގާތަށް އައީ އަމަށަކު ރުޅިއެއް ނުނެވެ. ބަލާކަށް ނުހުރެ ނާއިފްގެ ގަމިހުގައި ބާރަށް ހިފިއެވެ. މިހާދު ވަގުތުން ތެދުވެގެން ގޮސް އަލާންގެ އަތުގަ ހިފިގޮތަށް ފާރު ބުޑަށް ގުޅައަކަށް ޖަހައިފިއެވެ. އަތަށާއި ބޮލަށް ވީތަދުން އަލާން އަށް ރޮއެގަނެވުނެވެ. މިހާދު އައިއްސަ ހުރި ރޫޅި ފެނުމުން ގުރޫޕް މީހުން ދުވެ ފިލައިފިއެވެ.

” ހަނދާން ކުރާތި… މަގޭ ވަސްޖެހޭ މީހަކާވެސް ވައި ނޭޅޭތި…މިއީ ފުރަތަމަ އެތިފަހަރު. މިކަން ހަނދަން ކޮށްގެން އުޅޭތި…” ރުޅިއައިސް ރަތްވެފަ ވާ މިހާދު ބުނެލިއެވެ. އަދި ބިލް ދެއްކުމަށްފަހު އެތަނުން ތިންވެރިން ނުކުތެވެ.

” މިހާދު ތިހެން ހަދާކަށް ނުވާނެއްނު… ރުޅި ކޮންޓްރޯލް ކުރަން ވާނެ.. އެނގޭނު އެމީހުން ކަންތައް ހުންނަ ގޮތްކަން އެއީ..” މަޑުމަޑުން އަޔާޒްބުނެލި އެވެ.

” އެހެން ބޭނުންހާ އެއްޗެއް ހަދަންދެން މަޑަކުން ނީންދެވޭނެ… ނާއިފް އޭނަޔަށް ކީއްކުރީ އޭނަ ނާއިފް ގަޔަށް އަތްލާން ޖެހެނީ؟ ކަމެއް ނުކުރަންޏާ އެކަންތައް ވާނީ ބޮޑު…” އޭރުގެ ރުޅިގަނޑާއެކު މިހާދު ބުނެލިއެވެ. ނާއިފް އެއްވެސް އެއްޗެއް ނުބުނެ މަޑުމަޑުން ގެއާ ދިމާލަށް ދިޔައެވެ. އަޔާޒް އާއި ނާއިފް ގެއަށް ވަނުމުން މިހާދުވެސް ދިޔައީ ގެއާ ދިމާލަށެވެ.

ގޭތެރޭ ހެދިފައިވާ ބިޔަ ގަސްތަކުގެ ހިޔަލުގައި އިން ދޯލިފަތީގައި ނަފީސާ އާއި ނިހާމާ ތިއްބެވެ. ނަފިސާ އިނީ ހަނޑޫ ހޮވާށެވެ. ނިހާމާ ވާހަކަ ފޮތެއް ހިފައިގެން އިނެވެ. އެހެން އިރުކަޅު އިނުމަށްފަހު ނިހާމާ ހިތް އޮބިނޯވެގެން ބުނެލިއެވެ.

” މަންމާ… މަންމާ… ވާހަކައެއް ބުނަންވެފަ އެބައޮތް… މަންމަ ގަބޫލު ވާނަންދޯ؟..”

” އަނެއްކާ ކޮންވާހަކައެއް؟ކޮންކަމަކާތަ މަންމަ ގަބޫލު ވާންވީ؟ ނަފީސާ ނިހާމާގެ މޫނަށް ބަލައިލަމުން ބުނެލިއެވެ.

” އެއީ… އެއީ… މަންމަ އަށްއެނގޭތަ ނާއިފް؟ އޭނަގެ ވާހަކަ… އަހަރެން އޭނަޔަ ގުޅެން ބޭނުންވާހަކަ..”

” އެއީ އަޔާޒްމެން ގެއަށް އައިސް އެއުޅޭ ކުއްޖާތަ؟ މަންމަ ތިކަމާ ކީކޭ ބުނާނީ އެއީ ގޯސް ކުއްޖެއް ނޫން… މަންމަ ބޭނުމީ ނިހާމާ ރަނގަޅު ހަރުދަނާ ކުއްޖަކާ ގުޅެން… ވަކި މީހަކާ ގުޅޭކަށް މަންމަ ނުބުނާނަން… ދަރިފުޅަށް ނާއިފްވެސް ކަމުދަންޏާ މަންމަ އެކަމަކަށް ހުރަހެއް ނާޅާނަން…”

” އޯ…މަންމާ… މަންމަ ހާދަ ރަންގަޅޭ… މަންމަ ދެކެ ވަރަށް ލޯބިވޭ….!” “ދެން ތިހާ ތިއްތިނުވެ ދޮންބެ ގާތުވެސް އަހާލާތި ދޮންބެވެސް އުފާވާނީ އޭރުންނެއްނު…” ނިހާމާއައިސް ނަފީސާގެ ގައިގައި ބައްދާލުމުން ނަފީސާ ބުނެލިއެވެ.

ކަންދިމާ ކުރި ގޮތުން އެވަގުތަކީ މިހާދު އައިސް ގޯތި ތެރެއަށް ވަން ވަގުތެވެ. އެއައި ގޮތަށް އައިސް ހުއްޓުނީ ނިހާމާގެ ކުރިމަށްޗަށެވެ.

” ދަރިފުޅާ… މި ނިހާމާ މިކިޔާ އެއްޗެއް އެނގޭތަ؟… މިމަންޖެ އަށް ކަމުދާ ކުއްޖަކު ފެނުނިއްޔޯ…” މަލާމާތުގެ ރާގަކަށް ނަފީސާ ބުނެލިއެވެ.

” މަށަށް ހުރިހާ އެއްޗެއްވެސް އެނގިއްޖެ…!! ނިހާމާ އުޅޭ ގޮތް ވަރަށް ރަނގަޅަށް އެނގިއްޖެ…! ތާކުން މީހަކު ފެންނައިރަށް ހިތާވެގެން ވަރަށް ރީތި އުޅުމެއް ތިއުޅެނީ…!! މަންމަ އަށްވެސް ނިހާމާ އުޅޭ ގޮތެއް ނުބެލޭ…!!” ރުޅި އައިއްސަ ހުރިކަމަށް ހެދެމުން މިހާދު ބުނެލިއެވެ.

ނިހާމާ އަށް ވަގުތުން ރޮވިއްޖެއެވެ. ނަފީސާ ހައިރަން ކަމާއި އެކު ބަލަހައްޓައިގެން އިނެވެ.ވާނީވެސް އެހެންތާއެވެ. މިހާދު އަކީ ދުވަހަކުވެސް އެހެން ވާހަކަ ދެއްކި ކުއްޖެއްނޫނެވެ. އަދި ދެބެން އެކަކު އަނެކަކު ދެކެ ލޯބިވާ ވަރު އެނގޭތީއެވެ.ނިހާމާ ރޯތަން ފެނުމުން މިހާދު ގާތަށް އައީ އަމަށަކު ހިންޏެއް ނޫނެވެ. ނުހިފޭއްޓިގެން ބާރަށް ހޭން ފަށައިފިއެވެ. ނަފީސާ އަށް މިވާގޮތް ރެޔަކާލީ ދެނެވެ.

“އައްދޭ މަގޭ ކޮއްކޯފުޅަށް ރޯކަށްވެސް ނޭނގެ… ހައްހައްހާ… ތިޔޮށް ރޯ ގޮތެއްދޯ…ހައްހައްހާ…”މިހާދު ނިހާމާ އަށް މަލާމާތް ކޮށްލިއެވެ.

“ދޮންބެއަށް އެނގިއްޖެ ތިކިޔަން އުޅެނީ ނާއިފްގެ ވާހަކަކަން… ދޮންބެއަށް ކުރިންވެސް އެކަހަލަ އެއްޗެއް ހީވެފަ އޮތީ…މިއަދު އަދި މި ޔަގީންވީ… ކޮއްކޮވެސް ދޮންބެ ކައިރީ ނުބުނެ ސިއްރު ކުރީނު… އެހެންވެ ހިތަށް އެރީރަނގަޅު ލަނޑެއް ދޭނަމޭ…” މިހާދު ވަރަށް ހަމަޖެހިލައިގެން ވާހަކަ ދެއްކިއެވެ.ބަލާ ބެލުމަށް މިހާދުވެސް އެކަމާ ރުހޭކަމަށް ފެނެއެވެ.

“ދެން ދޯ…މި ދޮންބެ ގަނޑު ވަރަށް ގޯސްވާނެ… ދޮންބެ އެއްޗެހި ކީމަ ރޮވޭނެއްނު… ހީވީ ރުޅި އައިސްގެން ބުނީކަމަށް… ދޮންބެއާ ރުޅި” ދެލޯ ފުހެލާ ތުންދަމާލަމުން ނިހާމާ ބުންޏެވެ.

“ދޮންބެއަށް އެންމެ ރަނގަޅު ތިކަން ކުރިޔަސް…އެކަމަކު އެ އަލާން ގެ އުނދަގުލެއް ވަންޏާ ލަސްނުކޮށް ބުނާތި އިނގޭ….” އެކަމާ ރުހޭ ވާހަކަ ބުނަމުން މިހާދު ގޭތެރެއަށް ވަނެވެ. ނަފީސާ ވެގެން ދިޔަ ކަންތަކާ ހޭން އިނެވެ. ނިހާމާ ވީ އުފަލުން ދުއްވައިގަތީ ކޮޓަރިއާ ދިމާލަށެވެ.ލޯބިވާ ނާއިފް އަށް މި ޚަބަރު ދިނުމަށެވެ. ކޮޓަރިއަށް ވަނުމަށްފަހު އަވަސް އަވަހަށް ފޯނު ނަގާ ނާއިފްގެ ނަންބަރަށް ގުޅިއެވެ. ދެތިންފަހަރަކު ރިންގް ވެލިތަނާ ނާއިފް ފޯން ނެގިއެވެ.

“ކީކޭ ދޫނިގަނޑާ…!” ނާއިފް ފޯނުނަގަމުން ބުނެލިއެވެ.

“މަންމަ ވެސް ދޮންބެވެސް އޯކޭ ވެއްޖެ….!” ނިހާމާ އަވަސްއަވަހަށް އެއުފާވެރި ހަބަރު ނާއިފްއަށް ދިނެވެ.

“އެހެންތަ…!” ނާއިފް ވެސް ހީލަމުން ބުނެލިއެވެ.

“އެކަމަކު ހިއެއްނުވޭ މިއޮއް އުފާވެރި ހަބަރު ދިނީމަވެސް ނާއިފް އުފާވިހެނެއް…!” ނިހާމާ ޝަކުވާކޮއްލިއެވެ.

“އެހެންތަ…؟؟ ދެން ތިތާހުރި މީހަކަށް އަހަރެން ދަތްތައް ފެންނަވަރަށް ހެއުނަސް ކިހިނެއް ފެންނާނީދޯ.. ! ހެހެހެ…”” ނާއިފް ހޭންފެށުމުން ނިހާމާއަށްވެސް ހެއުނެވެ.

އޭގެ އެއްމަސް ފަހެވެ. ނީލްވިލާ ވަނީ އެކިކުލަކުލައިގެ ބޮކިތަކުން ޒީނަތްތެރިކުރެވިފައެވެ. މާހައުލުގެތެރޭގައި މީހުން ހޭލަމޭލަވެ އުޅޭގޮތުން ކޮންމެވެސް ބޮޑު ހަފްލާއަކަށް ތައްޔާރުވާކަން އެނގެއެވެ. ގޭތެރެވަނީ މަޑު ދަނބުކުލައާއި ހުދުކުލައިން ޒީނަތްތެރިކުރެވިފައެވެ. ގޭތެރޭގައި ނަފީސާ ހަރަކާތްތެރިވަމުން ދިޔަގޮތުންނާއި މޫނުމަތިން ފެންނަމުންދިޔަ ހާސްކަމުން ގަޑިއަށް ތައްޔާރީތަށް ނުނިމިދާނެތީ ހާސްވެފައިވާވަރު ހާމަކޮއްދެއެވެ.

“ކޮބާ ހުރިހާކަމެއް ނިމުނީތަ…؟ ކައިވެނި ކޮއްދޭމީހުން އަންނައިރަށްވެސް ..” ނަފީސާ ސިޓިންރޫމްގައި ބަހައްޓާފައިހުރި ވަށް މޭޒެއްގެމަތީ މެދަށްވާގޮތަށް މާފުޅި ބަހައްޓަމުން ސުވާލުކުރިއެވެ. އެމޭޒުގެ މަތީގައި ދަނބުކުލައިގެ ފޮތިގަނޑެއް އަޅާފައިއޮތެވެ. ވަށައިގެން ގޮނޑިއަތުރާފައިވެއެވެ. ފެންނަފެނުމަށްވެސް އެމޭޒަކީ ހާއްސަކަމަކަށް ތައްޔާރުކުރެވިފައިވާ މޭޒެއްކަން އެނގެއެވެ.

“މަންމާ ހާސްނުވެބަލަ…! ހުރިހާކަމެއް ނިމިއްޖެޔޭ..!” މިހާދު ޖަވާބުދެމުން ބަލާލީ ދޮރާދިމާލައްށެވެ. އޭރު ނާއިފްގެ އާއިލާ ވަދެގެން އަންނަނީއެވެ. ކައިރީގައި އަޔާޒްއާއި އަޔާޒްގެ މަންމަ ފަޒީލާއާއި ހުއްޓެވެ.

ކައިވެންޏަށް ނިހާމާގެ ރަށަށް ނާއިފްގެ އާއިލާ އައިސް ތިބީ ނާއިފްގެ އެކުވެރިޔާ އަޔާޒްގެ ގޭގައެވެ. އެއީ އަޔާޒް އާއި ފަޒީލާގެ އެދުމުގެ މަތިންނެވެ. ނާއިފްގެ އާއިލާގައި ނާއިފްއަކީ އެންމެ ދޮށީ ކުއްޖާއެވެ. ދެންތިބެނީ މީރާއާއި ފިރާޒްއެވެ. ފަރީޝާ އާއި އަރީޝްގެ މި އާއިލާއަކީ ވަރަށް ހަމަޖެހިގެން ދިރިއުޅެމުން އަންނަ ރަށުގެ ތަނަވަސް ގަދަރުވެރި އައިލާއެކެވެ.

“ކޮބާ ޒިޔާދުބެ…؟” މިހާދު އަޔާޒްއާއި ސުވާލުކުރިއެވެ.

“ބައްޕަދޯ… މިހާރު އަންނާނެ.. ” އަޔާޒް ބުނެލިއެވެ.

“އޭތް.. ކޮބާތަ ނިހާ..؟” އަޔާޒް ނާއިފްގެ ގައިގާ ކޮއްޓާލަމުން މިހާދުއާއި ސުވާލުކުރިއެވެ.

“އެހެރީނު…!” ނަފީސާ ނިހާމާގެ ކޮޓަރިއާދިމާލަށް ބަލާލަމުން ބުނެލިއެވެ.

އޭރު ނިހާމާ ކޮޓަރިން ނިކުމެގެން އަންނަނީއެވެ. މަޑު ދަނބުކުލައާއި ހުދުކުލައިން ޒީނަތްތެރިކުރެވިފައިވާ ކައިވެނީގެ ހެދުމުގެ ތެރޭން ނިހާމާ ފެންނަނީ ވަރަށްވެސް ފުރިހަމަކޮންނެވެ. އެމަންޒަރުބަލަން ހުރި ކޮންމެމީހަކަށްވެސް އެފަރިކަމާމެދު ތައުރީފުކުރެވޭހާވެއެވެ. އެހާވެސް ޗާލެވެ. އެންމެންނަށްވެސް ނިހާމާއަށް ބަލަންތިބެވުނީ ކަޅިވެސްޖަހާލަން ހަނދާންނެތިފައެވެ.

“އެންމެން ދެން ތިވަރަށް ނުބަލާ.. މަގޭދަރިފުޅަށް އެސްފީނާ ޖެހިދާނެ…!” ފަރީޝާގޮސް ނިހާމާގެ ގާތުގައި ހުއްޓެމުން ބުނެލިއެވެ.

“ހޫމް… ހޫމް… ކުޑޭ..! ދެން މަންމަ އަހަރެމެންނަކަށް ނުބަލާނެ.. ފަހަރި އެއީދެން ދަރިފުޅު….!” މީރާ ފިރާޒްގެ ކޮނޑުގައި ޖަހާލަމުން ބުނެލިއެވެ.

“މީރާ….!” ފަރީޝާ މީރާއަށް ބަލާލިއެވެ. އެއާއެކު އެންމެން އެކުގާ ހޭންފެށިއެވެ.

ތުނޑިމައްޗަށް ވެރިވެފައިވަނީ ފަނޑު ހަނދުވަރާއި ހަމަހިމޭންކަމެވެ. މަޑުމައިތިރިކަމާއެކު ގޮނޑުދޮށަށް ބީއްސްމުން ދިޔަ ރާޅުތަކުގެ އަޑުފިޔަވާ އިތުރު އަޑެއްނީވެއެވެ. ރާޅުޖަހާ ފަށުގައި އަލާން ހިނގަމުން ދިޔައިރު މޫނުމަތިން ފެންނަމުންދިޔައީ ނުތަނަވަސްކަމެވެ. އިންތިހާ ނަފްރަތާ ހާސްކަމެވެ. އަލާން ހިނގުންހިއްޓާލުމަށްފަހު އެހުރިތަނަށް ތިރިވިއެވެ. އޭރު އަތުގެ އިނގިލިތަށްވަނީ މުށްކަވާލެވިފައެވެ. ރުޅިއައިސް ރަތްވެފައިވާ ދެލޮލަށް ޖަމާވަމުންދިޔަ ކަރުނަތަށް ހޯސްލައިފައި އޮހިގަތީ އެއްވެސް އިހުތިޔާރަކާނުލައެވެ.

“އަލާން… އަލާން…!” އަލާންއަށް އިސް އުފުލާބަލާލެވުނެވެ. އޭރު ތަންކޮޅެއްދުރުގައި މަޑުކޮއްލައިގެން އެހުރީ ހުދު އަލާންގެ ސޫރައެވެ. އެއްވެސް ތަފާތެއްނެތެވެ.

“ހާދަ ފިނޑިއޭ…! ބަލަބަލާ ހުއްޓަ ކިހިނެއް މިވީ…! ހެހެހެ..” އެމީހާ އަލާންއަށް މަލާމާތްކުރިއެވެ.

” އަލާން… އަލާން….! ނިހާ އެދިޔައީ ކަލޭގެ ލޯބީގަ ކޮޅުފައިން ޖަހާފަ…! އެކަމަކު ކަލެއަކަށް އެއްވެސް ކަމެއްނުކުރެވުނު… ހެހެހެހެހެ.. !” ހެމުން އެމީހާ އަލާންގެ ކުރިމަތިން ގެއްލުނެވެ.

“އަލާން…” އަލާން ފަސްއެބުރި ބަލާލީ ހަމަ އެއަޑު އަލާންގެ ފަހަތުން އިވުމުންނެވެ.

ނުނިމޭ…

12
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

princess lily

Other Articles

Previous

މިވަނީ ލޯތްބޭ…. 2

Next

މިވަނީ ލޯތްބޭ.. 3

Next
January 30, 2016

މިވަނީ ލޯތްބޭ.. 3

Previews
January 29, 2016

މިވަނީ ލޯތްބޭ…. 2

9 Comments

  1. Rifaa says:
    January 30, 2016 at 10:54 am

    Nice…

  2. Rifaa says:
    January 30, 2016 at 10:57 am

    Me first yay me part vx v reethi…♡♡♡♡

  3. princess lily says:
    January 30, 2016 at 11:03 am

    yaaaaayy Rifaa… first….!!!!! n thanx thanx

  4. Eyn says:
    January 30, 2016 at 11:17 am

    Mihaareethi vaahakaeh adhi nukiyan..nxt part kiyaahithun hurevenyeh noon

  5. rose says:
    January 30, 2016 at 11:36 am

    Thedhekey ebuny… V v v rythi story eh meeee…. Keep it up princess lily…

  6. lyn says:
    January 30, 2016 at 11:58 am

    V reeth;-)i

  7. isha.. fathun says:
    January 30, 2016 at 3:40 pm

    vvvvvvv rythi sisoooo… heart din din vanyyy… waitin for nxt prt♥

  8. princess lily says:
    January 30, 2016 at 6:55 pm

    thanx thnx ishooooooooooo!!!!!!

  9. shahaa says:
    January 30, 2016 at 8:37 pm

    Hey stwry vvv nyc..mirey neih tha ithuru part eh ?

Comments are closed.

All Right Reserved!